Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 24

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
November 19, 2018 10 Mins Read
12 Comments

ސޯފީއާއެކު ސުޕަމާރކެޓަށް ވަދެ ވިޔަފާރިކޮށްލައިގެން ނިކުތް ތޫގާއަށް ސުޕަރމާކެޓަށް ވަންނަން އައި ނަހީކް ފެނުމާއެކު ދިމާކޮށްލަން ބޭނުންވި އެވެ. ނަހީކް ފެނި ސޯފީ ލޮލަށް ގޮތެއް ހަދާލަމުން ތުން ދަމާލި އެވެ. ކިތަންމެ ރުޅިއަޔަސް ނަހީކްގެ ފިރިހެންވަންތަ ސިފަތައް ފާހަގަ ކުރެވި ސޯފީގެ ހިތުގައި ރިއްސާލިއެވެ. އޭނަ ނަހީކް ހާސިލު ކުރަން ނުކުރާކަށް ކަމެއް ނެތެވެ. ހަށިގަނޑުގެ ވަނާތަކާއި ރީތިކަން އިޝްތިހާރުކޮށްގެން ނަހީކް ވާވައްދަން ތިއްތި ދައްކަމުން ދުވެވުނު އަދަދެއް ވެސް ނޭގެއެވެ. އެހެން ފިރިހެނަކު ނަމަ އޭނަގެ ފަރި ހަރަކާތްތަކުން ދުނިޔެއިން މޮޔަވީސްކަން ގައިމެވެ. ނަމަވެސް ނަހީކް އެހެނެއް ނުވިއެވެ. އެހެން ހުރިހާ ފިރިހެނުންނާ ނަހީކް ތަފާތެވެ. ނަހީކް ހިއްސުތައް ހަމައަށް މަސައްކަތްކުރޭތޯ ވެސް ހިތާ އެތައް ފަހަރަކު ސުވާލުކުރެވުނެވެ.

”ވެލް!، ވެލް!، ލުކް ހޫ އިޓް އިޒް!، މައި ބްރަދާރ އިން-ލޯ!… އޫފުސް… ވާން އުޅެ ނުވެވުނު ޅިޔަނު ދޯ!، މިދުވަސްކޮޅު ހަނދާންނެތޭވަރުން މިއުޅެނީ ވެސް… ކިހިނެއްތަ ހާލު؟…” އަތުގައި އޮތް ކޮތަޅު ސޯފީގެ އަތަށް ދެމުން ތޫގާ ނަހީކްގެ ކުރިމައްޗަށް އަރިއިފިއެވެ. ”ކުޑާ ބުނެގެން އެއްޗެހިތަކެއް ގަންނަންތަ ތިއައީ، އޭނަގެ ފިރިއަކަށް ނުވީމަ ޑެލިވަރީ ބޯއީގެ ލަޤަބުވެސް ރަގަޅު ދޯ ނަހީކްއަށް؟…. ސޭޑް ލައިފް… އޭނަގެ ފިރި މަރުވީމަ އަވަހޭ ދޯ އެ ހުސްކަން ފިލްކުރަން އުޅޭލެއް ވެސް… ހުވާ މިބުނީ ތިވަރަށް ދީވާނާވެފަ ހުރި މީހެއް މަ ނުދެކެން… އޭނަ ވެސް އަދި ބޭނުންވެގެނެއްނު ނަހީކް ތިހެން އުޅޭ އިރު އެއްޗެއް ނުބުނެ ހުންނަނީ ވެސް، ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތީއޭ، ފިރިމަރުވެ ބަނޑުބޮޑު ހާލުގަ ވެސް ފިރިހެނުން ހޯދަމުން ދުވޭތޯ އޭނަ އުޅެނީ.. ވިހާ ދުވަހުވެސް އެދަރީގެ ބައްޕައަކަށް ވެ ހުރިހާކަމެއްގެ ޒިންމާ ނަގަން ވެގެން ދޯ ނަހީކް ތިހުންނަނީ… ޔޫ ނޯ ވަޓް؟، ޔޫ އާރ ސިކް އެންޑް ޑެސްޕެރޭޓް!…”

ތޫގާއަށް ރައްދުދޭން ނަހީކް ބޭނުމެއް ނުވި އެވެ. ރައްދު ދީފިއްޔާ ޒުވާބުކުރަން ތޫގާއަށް އިތުރު ހިތްވަރެއް ލިބޭނެތީ އެވެ. އަނެއްކޮޅުން ތޫގާ ކަހަލަ މީހަކާ އަނގައިން ވެސް ބުނަން އޭނަ ބޭނުމެއް ނުވިއެވެ. ބޭކާރު ގޮތުގައި މީހާގެ ވަގުތު ދުއްވާލެވޭނެތީ އެވެ.

އަޅާލުމެއް ނެތި ނަހީކް ދާން އުޅުމުން ތޫގާ ގާތަށް ރުޅިއަންނަ ގޮތް ވިއެވެ.

”އޭނަގެ ކޮން ރީތިކަމެއް ހުރެގެން ނަހީކް އޭނަ ފަހަތުން ތިއުޅެނީ؟، ދީވާނާ ދަރަޖައަށް ލޯބި ވެވުނީ އޭނަގެ ކޮން ހާއްސަކަމެއް ހުރެގެން؟، ރަށުގަ ވެސް ހުރި އެންމެ ބަޑި އަންހެނާ އެއީ!، އޭނަ ކޮންކަމެއް ކޮށްދޭތީތަ އޭނަގެ ފަހަތުން ނެއްޓެން ނޭގިގެން ތިއުޅެނީ؟… ނޭގޭ ނަހީކްއަށް ސިއްރުން އިތުރު ފިރިހެނުންނާ ގުޅުން ނުބާއްވާކަމެއް ވެސް…” ތޫގާ ރުޅިވެރިކަމާއެކު ބުނެލިއެވެ. މާއީގެ ޝަހުސިއްޔަތަށް ހުތުރު އަރުވައިގެން ނަހީކް ރުޅިއަރުވާލެވޭނެކަން ތޫގާއަށް އެނގެއެވެ. ނަހީކްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައުމުން ތޫގާއަށް ހިނިތުންވެލެވުނެވެ. ތީރު ނިޝާނަށް ވާސިލުވެއްޖެއެވެ.

”ދެޓް ޗީޕް ބިޗް!…” އަލިފާނަށް މިއެޅެނީ ޕެޓްރޯލްކަން އެނގި ހުރެ ތޫގާ އަމަޒު ހިފީ ނަހީކް ރުޅި އަރުވާލުމަށެވެ. އޭނަގެ ހިތުގައި މާއީއާއި ނަހީކްގެ ގުޅުމާމެދު އޮތް ހަސަދަވެރިކަން ބޭރުކޮށްލަން ތޫގާ ހުރީ ބޭނުންވެފައެވެ. ސޯފީގެ އަދާތަކުން ނަހީކްގެ ހިއްސުތަކާ ނުކުޅެވުމުން ހެކި ދެނީ މާއީ ދެކެ ނަހީކްވާ ތެދުވެރިލޯތްބެވެ. އެހިތުގައި މާއީ ނޫން އިތުރު ފަރާތަކަށް ޖާގައެއް ނެތް ކަމެވެ. އެތައް އަހަރެއް ފާއިތުވެގެން ދިޔަ އިރު ވެސް އެހިތުގައި މާއީއަށް ދެވިފައި އޮތް ހާއްސަ މަޤާމެވެ. އޭގެ ސަބަބުން ތޫގާ އިތުރަށް ރުޅިގަދަވިއެވެ. އެފަދަ ނަސީބެއް މާއީއަށް ލިބޭތަން ދެކެން އޭނައަށް ކެތެއްނުކުރެވޭނެ އެވެ.

ނަހީކްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔަ އެވެ. އޭނައަށް މުށްވެސް ބާރުކޮށްލެވުނެވެ. ފަސްއެނބުރި ތޫގާއަށް ބަލާލެވުނީ ދެލޯ ހަނިކޮށްލަމުންނެވެ.

”އަމިއްލަ ދަތްއާ ދިމާއަށް ތިފަދަ ވާހަކަތައް ދައްކާ އިރު ލަދެއް ނުގަނޭތަ؟… އެހެން މީހުންނާ ދިމާއަށް އިނގިލި ދިއްކުރަމުން މުޅި ރަށު ތެރޭގަ ދުވާ އިރު އަމިއްލަ މީހާއަށް އުޅެވޭ ގޮތް އެބަ އިނގޭތަ؟… ކަލޭތީ ނަފުސާނީ ބައްޔަށް ފަރުވާކުރަން ޖެހިފައި ހުރި މީހެއް… ލަސްނުވެ ފަރުވާކުރަން އުޅޭ، އެހެންނޫނީ ކަލޭ ވާނީ އެހެންމީހުންނަށް ވެސް ހުރި ބޮޑު ނުރައްކަލަކަށް، އެންމެފަހުން ގުރާދޫއަށް ކަންނޭގެ ގެންދަން ޖެހޭނީ ވެސް… އަދި ބުނަން، މާއީއާ އެއް ފެންވަރަކަށް އަންނަން ކަލޭ މުޅި އުމުރު ދުވަހު މަސައްކަތްކުރިޔަސް ނާދެވޭނެ… ތިމާގެ ފޭކް ޕާރސަނަލިޓީ ދައްކައިގެން އަބަދު އުޅޭވޭނެކަމަށްތަ ހީކުރަނީ؟، ނުވާނެ އެހެންނެއް، ލަސްތަކެއް ނުވެ ހުރިހާކަމެއް ވެސް އެންމެނަށް ހާމަވާނެ، ތި މައުސޫމްކަމުގެ ނިވަލުގައި ފިލާ ހުރީ ކިހާވަރެއްގެ ނުބައި މީހެއްކަން ވެސް އެނގޭނެ، އެދުވަހަކުން ކަލޭ ކީއްކުރާނީ؟… ފަހުގެ އިންޒާރު މިދިނީ، ކަލޭ އިސްލާހުވާން ނޫޅޭންޏާ އަހަރެން ފަހެއް ވެސް ނުޖެހޭނެ ކަލޭގެ ފަތިފުށް އެންމެނަށް ހާމަކުރާކަށް!…” ނަހީކްގެ ޖުމްލައިން ތޫގާގެ އަނގަ ސަކަރާތްވިއެވެ.

ނަހީކް ބުނަންވާ އެއްޗެއް ބުނެ ނިންމާލާފައި ދިއުމުން ތޫގާއަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އޭރު ހިތުގައިވި ރުޅިވެރިކަމުގެ އަލިފާނުން އެތެރެހަށި ފިއްސާލަފާނެހެން ވެސް ހީވިއެވެ. ފާއިތުވި ދުވަސްތަކުގައި މާއީގެ ދިރިއުޅުން ނަރަކައަށް ހަދާލަން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. ފުރަތަމަކޮޅު ކާމިޔާބު ލިބުނުކަމުގައި ވިޔަސް މާއީ އެންމެފަހުން އޭނައާއި ކުރިމަތިލާން ފެށީއެވެ. އެހުރިހާކަމެއްގެ އަސްލަކީ ނަހީކް ކަން ތޫގާއަށް އެނގެއެވެ. މާއީއަށް ހިތްވަރުދޭން ނަހީކް ނެތްނަމަ ބަލިކަށިވެފައިވި މާއީގެ ހިތް އޭނައަށް ފިސްފިސްކޮށްލެވުނީހެވެ. އޭނަގެ ވިހަ ދުލުން އެހިތް މަރާލެވުނީއެވެ. ނަފުސާފީ ގޮތުން އަނިޔާ ދެވުނީހެވެ. ނަމަވެސް އޭނައަށް އެއްވެސްކަމެއް ހާސިލެއް ނުކުރެވުނެވެ. މާއީ މިހާރަކަށް އައިސް ހިނިތުންވެފައިވާތަން ފެނި ވެސް ތޫގާ އަންނަނީ ގަދަ ފަދަ ރުޅިއެކެވެ. އެހިނިތުންވުން ފޭރި ގަންނަން އޭނަ ބޭނުން ވިއެވެ. މާއީއާއި ނަހީކްއަށް އުފާވެރި ދިރިއުޅުމެއް ލިބުމަށް އޭނަ ދުވަހަކު ވެސް ނޭދޭނެއެވެ. އެކަން ކާމިޔާބު ވިޔަކަ ވެސް ނުދޭނެއެވެ.

ނަހީކް އޭނައާ ދިމާއަށް ސިކުނޑިހަމަނުޖެހޭ މީހެކޭ ބުނުމުން ތޫގާގެ ހޭބުއްދިފިލާ ދާހާ ވިއެވެ. ދަތްތަކަށް ބާރުލަމުން މޫނު ކުނިކޮށްލިއެވެ. ނަހީކްއަށް ވަރު ގަދަ ރައްދެއް ދޭން އޭނަ އަޒުމުކަނޑައެޅިއެވެ. އޭނަގެ ހުރި ނުބައިކަން ވެސް މިފަހަރު ދައްކާލާނެ އެވެ.

”ސޯފީ… މިރޭ އަހަރުމެންގެ ޕްލޭން ކާމިޔާބު ކުރަން ޖެހޭނެ… މިރޭ ގޭގެ އެންމެން ދާނެ ކޮމިޓީން ބާއްވާ އަހަރީ ހަފްލާއަށް… މިދުވަސްކޮޅު ބަލިވެ އުޅޭތީ މާއީ ނުދާނެ، މިއަދު ވެސް ބޮލުގައި ރިއްސާތީ އުޅެނީ، އެހެންނޫނަސް އޭނަގެ ފިރި މަރުވެ ޑިޕްރެޝަންއަށް ދިޔަ ފަހުން މީހުން އެއްވެ އުޅޭ ތަންތަނަށް އޭނަ ނުދޭ… އެހެންވީމާ ހުރިހާ ކަމެއް ސެޓުކޮށްފަ ބާއްވަން ޖެހޭނީ… ގެއިން ދަމުން އަހަރެން ކަންތައްކުރަންވީ ގޮތް ވެސް ބުނެލަދޭނަން… މިރޭ ވާނެ ހުރިހާކަމެއް ނިންމަން… ދެޓް އެރޮގެންޓް ****، މިރޭ ކަލެއަށް ވަރުގަދަ ފިލާވަޅެއް ދޭނަން!…” ސޯފީއަށް ބަލާލަމުން ތޫގާ ބުނެލިއެވެ. އަދި ނަހީކްއާ ދިމާއަށް އަވަގުރާނަ ގޮވާލިއެވެ.

ސައްލާކޮށް ނިމުމުން ދެމީހުން ވެސް ހިނިގަނޑެއް ޖަހާލި އެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ހުންވައްތަރުވެ ބޮލުގައި ރިއްސާތީ ބޭސްގުޅައެއް ކާލައިގެން މާއީ އޮތީ ކޮޓަރީގައި އަރާމުކުރާށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑު އިވުމުން އޭނަ ދޮރާދިމާއަށް ބަލާލީ ވަރުބަލިކަމާއެކުގައެވެ. އޭރު މަންމަ ކޮޓަރިއަށް ވަންނަނީއެވެ.

”ދަރިފުޅާ… މަންމަމެން މިހާރު މިދަނީ ހަފްލާއަށް ދާން އިނގޭ، ޝަކުންތަލާ އުޅޭނެ ދަރިފުޅަށް ކަމެއް ބޭނުންވެއްޖެޔާމު އެހީ ވެދޭން، މިއަދު އިފްތިތާހު ކުރާ ކަންތައްތައް ނިމުނުހާ އަވަހަކަށް މަންމަ އަންނާނަން އިނގޭ…” ބަސްމާ ބުނެލިއެވެ. ބަސްމާއަށް ހިނިތުންވެލަމުން މާއީ ބޯ ޖަހާލިއެވެ.

*****

ހަފްލާ ބޭވުމަށް ހަމަޖެހިފައި އޮތީ އަވަށު ސްކޫލް ހޯލުގައެވެ. ހަފްލާއަށް ގޮސް އެންމެން ގޮނޑިތަކުގައި ހަމަޖެހިލުމުން ތޫގާ އެއްފަރާތަކަށް ޖެހިލީ އޭނަގެ ފޯނު ރިންގްވާން ފެށީމައެވެ. ހޯލުން ބޭރަށް ނިކުންނަމުން އޭނަ ”ހެލޯ”އޭ ބުނެލިއެވެ.

”ކޮބާ ރެޑީތަ؟… ގޭގެ ގޭޓު ހުންނާނީ ހުޅުވާފައި… މިހާރު އުޅޭނީ ޝަކުތަލާ އާއި މާއީ އެކަނި، ދޮރުގެ ބެލް ޖަހާލާއަޑަށް ޝަކުންތަލާ ދޮރު ހުޅުވާނެ، އެއީތާކު ހުރި ގަމާރެއް، ބެލް ޖަހަނީ ކާކުތޯ ވެސް އޭނައެއް ނުބަލާނެ، ގެއަށް ވަދެވުމާއެކު ފުރަތަމަ ވެސް ޝަކުންތަލާ ހިފަހައްޓާ، އޭގެ ފަހުން މާއީއާ ދިމާ ކުރާނީ… ހަމަހޭވެރިކަން ނުހުންނަ ވަރު ކުރިޔަސް މަށަށް އޯކޭ، ބޮޑަށް ރަގަޅީ ދެން މިރެއަށް ފަހު އޭނަ ރިކަވާރ ނުވާވަރު ކުރިއްޔާ، އޭނަގެ ދަރިއަށް ކޮންމެ ގޮތެއް ވިޔަސް މަށަށް ވަރިހަމަ، ބޮޑަށް ރަގަޅީ ދަރި މަރުވެއްޖެއްޔާ، އޭރުން އޭނަ ދުނިޔެއިން ވެސް މޮޔަވާނެތާ… ރޭޕްކޮށްފަ ދަރި މަރުވާވަރު ކުރޭ… ފައިސާ ލިބޭނެ ހުރިހާ ކަމެއްކޮށް ނިމުނީމަ!…” ތޫގާ ފޯނުން ވާހަކަދެއްކިއިރު ތުންފަތުގައި ވިހަ ހިނިތުންވުމެއް ވިއެވެ. މިރެއަށް ފަހު މާއީއަށް ލިބޭނެ ކެކުޅުންތައް ތަސައްވަރުކުރެވުމުން އޭނަގެ ހިތަށް ބަޔާންކުރަން ދަތި ފިނިކަމެއް ހާސިލުވި އެވެ. މާއީ އުޅޭނެ ހާލާއި މީހުންގެ ފަރާތުން އަމާޒުވާނެ ބަދުބަސްތައް މިހާރު ވެސް އޭނަގެ ކަންފަތަށް އަޑު އިވޭ ކަހަލައެވެ. މާއީގެ ދަރިފުޅު މަރުވުން ލިބޭނެ ހިތްދަތިކަމާއި، ކަރުނަތަކުގެ އިތުރުން ގިސްލުންތައް ވެސް ލޮލަށް ފެން ކަހަލަ އެވެ.

”މިރެއަށް ފަހު އެނގޭނެ އަހަރެން ކުރިމަތީގައި ހިނިތުންންވީމަ ވާނީ ކިހިނެއް ކަން، ކަލޭގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާނަމޭ އަހަަރެން ބުނީމެއްނު… ބަލަން ހުންނާތި، މިފަހަރު އެ ނަހީކްއަށް ވެސް ކަލޭ ސަލާމަތެއް ނުކުރެވޭނެ، މަދަދުވެރިއެއް ވެސް ނުވެވެނޭ، އެކަނިވެރިކަމާއި ހިތްދަތިކަމުގެ ތެރޭގައި ކަލޭ ފަނާވެގެން ދާނީ…” ތޫގާ ހިނިގަނޑެއް ޖަހާލި އަޑު ފަޒާ ތެރޭގައި ގުގުމާލިއެވެ.

*****

ތޫގާ ދިޔަތަނެއް ނޭގިގެން ހޯދަމުން އައި ރުކާންއަށް ހޯލާއި ތަންކޮޅެއް ދުރުގައި ހުރި ތޫގާ ފެނި އެދިމާއަށް މިސްރާބުޖެހި އެވެ. ތޫގާ ގާތަށް އޭނަ ދިޔަ އިރު ފަހަރެއްގައި ވެސް ތޫގާގެ އަސްލު ސޫރަ އޭނައަށް ފެނިދާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

އިވުނު އަޑުތަކުނާއި ފެނުނު މަންޒަރުތަކުން ފައިގެ ދަށުން ބިންގަނޑު ދެމިގެން ދިޔަ ކަމުގެ އިހުސާސް ރުކާންއަށް ކުރެވުނެވެ. މޫނުމަތިން ސިހުމުގެ އަސަރު ފާޅުވެއެވެ. ހުއްޓުން އަރާފައި ހުރެވުނީ އެވާހަކަތައް ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. ތޫގާގެ ހިނިތުންވުމުގެ އަޑު އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ އެވެ.

ރުކާންއަށް ކައިރީގައި ހުރި ނިކަގަހާ ނިވާވެވުނީ ތޫގާ ހޯލަށް ދާން އެނބުރިލުމުންނެވެ. އަތުގައި އޮތް ފޯނުން ދެވިފައިވި ސަމާލުކަމުގެ ސަބަބުން ރުކާންގެ ހިލަމެއް ތޫގާއަކަށް ނުވި އެވެ.

ރުކާންގެ ކަންފަތުގައި ދެންމެ އިވުނު ޖުމްލަތައް ގުގުމަމުން ދިޔަ އެވެ. އޭނައަށް ދެންމެ އެފެނުނީ ހަމަ ތޫގާ ހެއްޔެވެ؟ އެފަދަ ނުބައި ކަމެއް ކުރަން ބަޔަކަށް އަމުރު އެކުރީ ވެސް ހަމަ ތޫގާ ހެއްޔެވެ؟ އަމިއްލަ ދައްތައަށް ބޮޑު އަނިޔާއެއް ދޭން ތޫގާ ވިސްނީ ކިހިނެއް ހެއްޔެވެ؟ އެހާ ލޯބިން އުޅެފައި އެފަދަ ނުބައިކަމެއް ކުރުމުގެ ހިއްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟

ތޫގާ ހޯލަށް ވަންނަންދެން ބަލަން ހުރި ރުކާންއަށް ހުރިހާ ވާހަކައެއް ވިސްނައިގަންނަން ވަގުތު ނެގިއެވެ. އޭރު ވެސް ތޫގާގެ ހަޤީޤަތް އެނގުމުން ލިބުނު ސިހުން ފިލައިގެނެއް ނުދެއެވެ. މާއީގެ ހަށިރައްކަލާ މެދު ހިތުގައި އުފެދިގެން އައި ނުތަނަވަސްކަމާއެކު ރުކާންއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ. އެންމެ މިނެޓެއް ވެސް ބޭކާރުކޮށްލުމެއް ނެތި އޭނަ އަަވަސް ވެގަތީ ގެއަށް ދިއުމަށެވެ. ތޫގާގެ ނުބައި ރޭވުން ކާމިޔާބު ވިޔަކަ އޭނަ ނުދޭނެއެވެ. ސައިކަލަށް އަރައި ދުއްވާލަމުން އޭނަ މާއީއަށް ގުޅަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ލިބުނު ހާސްކަމާއެކު ޝަކުންތަލާގެ ފޯނަށް ވެސް ގުޅިއެވެ. އެހެނަސް ރިންގްވެފައި ކެނޑުނީއެވެ. އޭގެ ސަބަބުން ރުކާން އިތުރަށް ކަންބޮޑުވި އެވެ. ސައިކަލުގެ ދުވެލި ވެސް ބާރުކޮށްލެވުނެވެ.

*****

”ރުކާން ކޮބާތަ؟…” ހޯލަށް އައިސް ވަން ތޫގާއަށް ހައިރާންކަން ލިބުނީ ރުކާން ނެފެނުމުންނެވެ. އޭނަ ހޯލް ތެރެ ހޯދާލަމުން ރުކާންގެ ފޯނަށް ވެސް ގުޅި އެވެ. ޖަލްސާ ފެށިގެން ދިޔަ އިރު ވެސް ރުކާންގެ ޚަބަރެއް ނުވުމުން ތޫގާ ހުރީ އެކަމުގެ މާނަ ނަގަންވީ ގޮތެއް ނޭގިފައެވެ.

”ފާޚަނާއަށްތަ ދިޔައީ؟… އެކަމަކު މިހާރު ހާދަ ގިނަ އިރު ވެއްޖެޔޭ… ފޯނަށް ވެސް ޖަވާބެއް ނުދޭ…” ތޫގާއަށް އޭނަގެ ހިތާއި ސުވާލު ކުރެވުނެވެ.

*****

ބަދިގޭގައި އުޅުނު ޝަކުންތަލާއަށް ބޮޑުކޮޓަރީގައި އޮތް އޭނަގެ ފޯނު ރިންގްވާއަޑު އިވެއެވެ. އަތްމަތި އަވަސްކޮށްލަމުން ދޮވެނިމުނު ތަށިތައް ސިންކް ކައިރީގައި ހުރި ހަރުގަނޑުގައި އަޅުވާލަމުން އޭނަ އަވަސްވެގަތީ ފޯނަށް ޖަވާބުދިނުމަށެވެ. ނަމަވެސް އޭގެ ކުރިން ގޭގެ ބެލް ޖަހާލި އަޑު އިވުމުން ފޯނަށް ޖަވާބު ދިނުމުގެ ޚިޔާލު ދޫކޮށްލުމަށްފަހު އޭނަ އަވަސްވެގަތީ މައިދޮރު ހުޅުވުމަށެވެ.

ޝަކުންތަލާ ދޮރު ހުޅުވާލުމާއެކު ގޭތެރެއަށް ވަދެގަންނަން އުޅުނީ މޫނު ނިވާކޮށްގެން ހުރި ފިރިހެނަކެމެވެ. ވަގުތުން ޝަކުތަލާއަށް ހަޅޭއްލަވައިގަނެވުނެވެ. ދޮރުލައްޕަން ވެސް އުޅުނެވެ. ނަމަވެސް އެފިރިހެންމީހާ ގައިގައި ހުރި ބާރަކާއެކު ދޮރު އެތެރެއަށް ކޮއްޕާލުމުން ހުޅުވުނު ދޮރާއެކު ޝަކުންތަލާ ދިޔައީ ވިއްސައިގެންނެވެ. ބިމުގައި ޖެހުމާއެކު ޝަކުންތަލާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އޭނަ އޭރު ބިރުން ގޮސް ތުރުތުރު އަޅައެވެ. އެހީއަކަށް އެދި ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު އެފިރިހެންމީހާ ވިދުވަރުގެ ހަލުވި މިނުގައި އައިސް ޝަކުންތަލާގެ އަނގައިގައާއި ނޭފަތުގައި އަތް އަޅައިފި އެވެ. ނޭވާ ނުލެވިގެން އުޅުނު ޝަކުންތަލާ ހޭނެތުނީ ގެންފައި ހުރި ބިރެއްގެ ސަބަބުންނެވެ.

ޝަކުންތަލާގެ ހަޅޭކާއި ރުއިމުގެ އަޑަށް ހޭލެވުނު މާއީއަށް ލިބުނީ ހައިރާންކަމެކެވެ. އަަވަސްއަވަހަށް ކޮޓަރިން ނިކުމެވުނީ ވެގެން އުޅޭ ގޮތެއް އޮޅުންފިލުވުމަށެވެ. ބޭރަށް ނިކުތުމާއެކު އޭނައަށް ފެނިގެން ދިޔައީ ޚަަބަރު ހުސްވެގެން ޝަކުންތަލާ ވެއްޓެން ދިޔަ މަންޒަރެވެ. އެއާއެކު ޝަކުންތަލާގެ ފުރަގަހުގައި ހުރި ހަށިގަނޑުން ވަރުގަދަ ފިރިހެންމީހާ ވެސް އަޅައިގަތެވެ. މާއީގެ ހިތަށް ބިރުވެރިކަން ސަވާރުވި އެވެ. ފަހަތަށް ފިޔަވަޅުތަކެއް ވެސް އަޅާލެވުނެވެ. ލިބުނު ނުތަނަވަސްކަމުގައި ހަދާނެ ގޮތެއް ވެސް އޭނައަކަށް ނޭގުނެވެ. ވެއްޓިފައި އޮތް ޝަކުންތަލާގެ ހާލު އޮޅުން ފިލުވަން ވެސް އޭނަ ބޭނުން ވިއެވެ. ހަމައެއާއެކު އޭނަގެ އަމިއްލަ ސަލާމަތަށް އިސްކަން ދޭން ވެސް މެއެވެ. ކުރިމަތިން ފެންނަން ހުރި މީހާގެ މަގުސަދަކީ ކޮބައިކަމެއް ވެސް އެނގެނީކީ ނޫން ވިއްޔާ އެވެ.

މާއީއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭނަ ބޭނުންވީ ކޮޓަރީގައި އޮތް ފޯނާ ހަމައަށް ދާށެވެ. މަދަދަށް އެދި މީހަކަށް ފޯނު ކުރާށެވެ. އެއާއެކު މާއީއަށް ދުއްވައިގަނެވުނީ ކޮޓަރިއާއި ދިމާއަށެވެ. ނަމަވެސް ހުށިޔާރުވެ ހުރި މީހާ ދުވެފައި އައިސް އެއްލި އަތުން ހިފީ މާއީގެ ބޮލުގެ އިސްތަށިގަނޑުގައެވެ. އެއަށްފަހު ޖެހި ލުއްކީގެ ސަބަބުން އިސްތަށިގަނޑުގެ ބުޑަށް ވާންވުމާއެކު މާއީއަށް ބާރަށް ރޮއިގަނެވުނެވެ. އޭރު އޭނަގެ ބޮލުގައި ތޫނު ރިހުމެއް ވެސް އުފެދިއްޖެއެވެ. ވީތަދާއެކު އިރުކޮޅަކުން ހޭނެތިދާނެހެން ވެސް ހީވިއެވެ. އެވޭނެއްގެ ތެރޭގައި ވަނިކޮށް ކުއްލިޔަކަށް ރުކާންގެ ހަޅޭކުގެ އަޑު އިވުނުހެން މާއީއަށް ހީވިއެވެ. އެއާއެކު އެމީހާ އޭނަ ކޮއްޕާލިކަން ވެސް އިހުސާސް ކުރެވުނެވެ. ވެއްޓެން ދިޔަ މާއީގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ބާރު ހަޅޭކެއްގެ އަޑާއެކު އޭނައަށް ބަނޑުގައި އަތްޖައްސާލެވުނެވެ. ހެޔަށް ވެސް ގޮތްތަކެއް ވި ކަމުގެ އިހުސާސްކުރެވުނު ހިނދު އޭނަގެ ގައިގައި މީހަކު ހިފެހެއްޓިކަން އިހުސާސްވިއެވެ. ދެން ވީ ގޮތެއް މާއީއަކަށް ނެގުނެވެ. އޭނަގެ ޚަބަރު ހުސްވީއެވެ.

*****

ކުށްވެރިޔާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުމާއެކު އޭނައަށް ފައިސާ ދީގެން މާއީއަށް ހަމަލާދޭން ރޭވި މީހުންގެ ނަންނަތައް އޭނަ ހާމަކުރީ ތަހުގީގަށް އެއްބާރުލުން ދީފިނަމަ ސަލާމަތްވެދާނެކަމުގެ އުއްމީދުގަ އެވެ. ތަހުގީގަށް ސޯފީއާއި ތޫގާ ހާޒިރުކުރެވުނީ ދެނެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުން ތޫގާގެ ބޮލުގައި ހުރިހާ އިލްޒާމެއް އަޅުވާލައިގެން ސަލާމަތްވެވިދާނެ ކަމުގެ އުއްމީދުތަކާއެކު ސޯފީ، ތޫގާގެ ހަޤީޤަތް ހާމަކުރި އެވެ. އެއާއެކު ތޫގާއާއި ސޯފީއާ ދެމެދު ހޫނު ޒުވާބެއް ހިނގި އެވެ. ހަޤީޤަތް ބޭޒާރުވުމުން ގެންފައި ހުރި ބިރާއި ޖެހިލުންވުން އެވަގުތުކޮޅު ދިޔަ ތަނެއް ވެސް ތޫގާއަކަށް ނޭގުނެވެ. އޭނަ ހީވީ ސޯފީގެ ގަޔަށްބޮލަށް އަރާފާނެ ހެންނެވެ.

”އަހަރެން އެކަނިތަ ކުރިކަމެއް ކުރީ؟، ކަލޭ ވެސް އެކަމުގައި ބައިވެރިވި!، މާއީގެ ދިރިއުޅުން ބަރުބާދުކޮށްލައިގެން ނަހީކް ހޯދާކަށެއްނު ކަލޭ އުޅުނީ ވެސް، މިހާރު އަހަރެން އެކަނިތަ ކުށްވެރިވަނީ، ހުރިހާކަމެއްގައި ވެސް ކަލޭ އެއްވަރަކަށް ބައިވެރިވި…” ތޫގާ ހަޅޭއްލަވައިގަންނަމުން އަމިއްލައަށް ބޭޒާރު ވެއްޖެއެވެ. އެވަގުތު އެތާނގައި ތިބި ޖާވިދާއި ބަސްމާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ. ދެލޯބޮޑުވެފައި ތިބީ ތޫގާގެ ހަޤީޤަތް އެނގުމުން ޤަބޫލުކުރަން ދަތިވެފައިވާ ހާލުގައެވެ. ރުކާން ވެސް ހަމަ އެފަދަ އެވެ.

”ހުވާކޮށްފަ މިބުނަނީ މަށެއް ނޫން އެރޭވުން ރޭވީކީ، މީނދަ އަންހެނާ ހުރިހާކަމެއް ކުރީ… އޭނަ އަބަދު ވެސް މާއީ ދެކެ ރުޅިއާދޭ… އެތައް ފަހަރަކު މާއީއަށް ލަނޑުތައް ދޭން ވެސް އުޅުނު، މާއީ ރޭޕްކޮށް ދަރިފުޅު މަރާށޭ ވެސް ބުނީ މީނަ، އަހަންނަށް އެއިން އެއްވެސްކަމެއް ނޭގޭ، އަހަރެން ހަމައެކަނި އެއްބަސްވީ އޭނައަށް ބިރުދައްކަން، އިތުރުއެއްވެސް ކަމަކަށް އަހަރެން އެއްބަހެއް ނުވަން، ކަލޭ ހަޤީޤަތް އޮޅުވަން ތިއުޅެނީ ކަލޭގެ މައިންބަފައިންނާއި ފިރިމީހާ މިތާނގައި ތިބީމަތަ؟، އޭނ!؟، އެހެންވިއްޔާމު އެމީހުނަށް ވެސް ހުރިހާ ކަމެއް އެނގެން ވާނެތާ ދޯ، ކަލޭގެ ހިތް ނުބައިކަމާއި ކަލޭ މާއީ ދެކެ ކުރާ ނަފުރަތު ވެސް، ކަލޭ މާ ހިތްހެޔޮމީހެއްކަމަށް ހެދިގެން ހުރީ ކީއްވެގެކަން ވެސް އެނގެން ޖެހޭނެ ދޯ، އަދި ކެލޭގެ ފިރިމީހާ ގާތު ހަދާފައި ހުރި ބުހުތާނު ދޮގުތައް ވެސް އެނގެން ޖެހޭނެތާދޯ!……” ސޯފީ ދުލެއް ނުކުރިއެވެ. އޭނަ ބަސްމާމެނަށް ހުރިހާ ވާހަކަތަކެއް ކިޔައި ދޭން ފެށި އެވެ. ތޫގާގެ ނުބައިކަމެވެ. ހިލަތްތެރިކަމެވެ. ފޮރުވިފައިވާ އަނދިރި ފަރާތް ވެސް މެއެވެ. އޭރު ވެސް ތޫގާ އެކަން ހުއްޓުވޭތޯ އުޅުނެވެ. އެންމެފަހުން ގަޔަށްފަޔަށް ބޮލަށް އަރައި ބޮޑު ހަޅުތާލިގަނޑެއް ވެސް ހިންގިއެވެ.

ތޫގާގެ ނަފުސާނީ މައްސަލަތަކުގެ ބޮޑު މިން ބަސްމާއަށް ފާހަގަ ކުރެވުނީ ވެސް ދެނެވެ. އޭރު އޭނަގެ ލޮލުން ކަރުނަ އައިސްފި އެވެ. އޭނައަށް އެހުރިހާކަމެއް ކުރިން ރޭކާ ނުލީ ކީއްވެގެން ހެއްޔެވެ؟ ތޫގާއަށް އެކަށީގެންވާ ފަރުވާތައް ދެވުނުނަމަ މިއަދު މިދުވަސް ދެކޭކަށް ވެސް ނުޖެހުނީހެވެ. ތޫގާއަށް މިވަގުތު ފަރުވާ ބޭނުންވެފައިވާ މިންވަރު ވެސް ބަސްމާއަށް އަންދާޒާ ކުރެވުނެވެ.

*****

މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވުނީ ބަސްމާ އެކަމަށް ބޭނުން ވީތީ އެވެ. ތޫގާއަށް މިވަގުތު ބޭނުން ވަނީ ފަރުވާކަން އޭނައަށް ރަގަޅަށް އެނގޭތީ އެވެ. ރުޅިވެރިކަމާއި ނަފުރަތު އިސްކޮށްފިނަމަ ތޫގާ އަމިއްލަ ނަފުސާއި ދަރިފުޅަށް ވެސް ގެއްލުން ދޭން ފަހެއް ވެސް ނުޖެހޭނެއެވެ. ތޫގާ މިހާރު އެހުރީ ވަރަށް ވެސް ނާޒުކު ފަތްތަރެއްގަ އެވެ. ކުރެވޭ ކޮންމެ ކަމަކުން ވެސް މުޅި އުމުރަށް ހިތާމަކުރަން ޖެހޭ ފަދަ ކަމަކާ ކުރިމަތިލާންޖެހިދާނެ އެވެ.

މާއީއަށް ދެރަގޮތެއް ވުމަށް ތޫގާ ނޭދޭނެކަން ބަސްމާއަށް އެނގެއެވެ. ލިބިފައިވި ނަފުސާނީ ގެއްލުންތަކުގެ ސަބަބުން އެކަމަށް އަމަލުކުރެވުނު ކަމުގައިވިޔަސް ފަހުން ތޫގާ ދެރަވެ ހިތާމަކުރާނެކަން ވެސް މެއެވެ.

*****

ހާދިސާއަށް ފަހު ތޫގާއާއެކު އުޅެން ރުކާން ބޭނުމެއް ނުވި އެވެ. އޭނަ ތޫގާ ދެކެ ވީ ލޯބި ވެސް ރުޅިވެރިކަމަށް ބަދަލުވެެގެން ދިޔައީ ތޫގާ އޭނަ ގާތު ހަދާފައިވާ ދޮގުތައް ހާމަވުމުންނެވެ. މިހުރިހާ ދުވަހު އޭނަ ވީ ބޮޑު އޮޅުވާލުމެއްގެ ތެރޭގައެވެ. ހުރިހާކަމެއް ބޭޒާރުވުމުން އެހިތުގައި ތޫގާއަށް ޓަކައިވި ލޯބީގެ ހުޅުކޮޅު ނިވިގެން ދިޔަ އެވެ. އަމިއްލަ ދައްތައަށް އެވަރުގެ ބޮޑު އަނިޔާއެއް ދޭން އުޅޭނީ ހާދަހާވާ ހިތްނުބައި ވީމަ އެވެ. އެވަރުގެ އަންހެނަކާ ކައިވެނިކޮށްގެން ވެސް އުޅެން ރުކާން ބޭނުމެއް ނުވި އެވެ.

ރުކާން އޭނަ ދޫކޮށްފައި ދާން އުޅުމުން ތޫގާ ރޮއި އާދޭސްކުރިއެވެ. ރުކާންގެ ފައިބުޑަށް ވެއްޓި އެލޯތްބަށް ސަލާން ޖެހިއެވެ. ނަމަވެސް ރުކާން އެއިން އެއްވެސް އާދޭހެއްގެ އަޑެއް ނޭހިއެވެ. އެއާއެކު ތޫގާއަށް ހޭރިގަނެވުނެވެ. ރުކާންގެ ފަހަތުން ދުވަމުން ދިޔަ އެވެ. އޭނައާ މެދު ރަހުމުކުރަން ބޭނުންނުވާ ނަމަ ދެމަފިރިންގެ ދަރިފުޅާ މެދު ރަހުމުކުރުމަށް އެދުނެވެ. އެއިން އެއްވެސް އާދޭހަކަށް ރުކާން އިޖާބައެއް ނުދިނެވެ. ދަމުން އޭނަ ދިޔައީ ދަރިފުޅު ވިހެއުމުން އަތުލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.

ރުކާން ނިިކުމެގެން ދިޔަ މަންޒަރު ބަލަން ހުރި ތޫގާއަށް ރޮމުންރޮމުން ބިންމައްޗަށް ތިރިވެވުނެވެ. ދުރުގައި މަންޒަރުތައް ބަލަން ހުރި ބަސްމާގެ ހިތަށް ވަރަށް އަސަރުކުރި އެވެ. އޭނަ ވެސް ރުކާން ހުއްޓުވަން މަސައްކަތްކުރިއެވެ. ނަމަވެސް އެހިތަށް ލިބިފައިވި ފުން ޒަހަމްތަކުގެ ސަބަބުން އެއްވެސް މީހެއްގެ ބަސް ރުކާން ޤަބޫލެއް ނުކުރި އެވެ.

*****

ގޭގެ އެންމެންގެ ނަފުރަތު އޭނައަށް އަމާޒުވެއްޖެ ކަމުގެ އިހުސާސްތަކާއެކު ތޫގާއަށް ރޮވުން ނޫންކަމެއް ނުކުރެވެ އެވެ. ”މެންޓަލް ބްރޭކްޑައުން” އަކަށް އޭނަ ދިޔަ އެވެ. އެބައެއްގެ ލޯތްބާއި ސަމާލުކަން ހޯދަން މުޅި އުމުރު ހޭދަކުރަމުން އައި ފަރާތްތަކުގެ ނުރުހުން އޭނައަށް އަމާޒުވުމުން ހަތަރުއުދަރެސް ފެނު ޖެހުނުކަމުގެ އިހުސާސް ތޫގާއަށް ކުރެވުނެވެ. އޭނައަށް ކުރެވުނު ކަންތަކާ މެދު ވެސް އޭރު ވިސްނެމުން ދިޔަ އެވެ. މާއީއަށް ދެވުނު އަނިޔާތަކެވެ. ރުކާން ގާތު ހެދި ދޮގު ތަކެވެ. މަންމައާއި ބައްޕައަށް އޮޅުވާލިވަރެވެ. ހަޤީޤަތުގައި މާއީއާ މެދު ހަސަދަވެރިވުމުގެ ހައިސިއްޔަތެއް ވެސް އޭނަގެ ނެތްކަން ތޫގާއަށް ރޭކާލީ ދެނެވެ. މާއީގެ މައިންބަފައިންގެ ލޯބި އޭނައަށް ލިބުނީ ވެސް އެކަމަށް މާއީ ރުހުނީތީ އެވެ. އޭނައަށް ކޮއްކޮއެއްގެ މަޤާމު ދިނީތީއެވެ. އޭނަ ދެކެ ލޯބި ވީތީ އެވެ. ނަމަވެސް އެކަމުގެ އަގު އޭނަ އަދާ ކުރީ ކިހިނެއް ހެއްޔެވެ؟ ހަސަދަވެރިކަމުގެ ގަދަ އަލިފާނުންނެވެ. އޭނަގެ ނަފުސާނީ މައްސަލަތައް ވެސް ހުރިކަން ތޫގާއަށް ރޭކާލައިފިއެވެ. އެކަނިވެރިކަމުގެ ތޭރިތަކުގެ ތެރޭގައި ހިލިހިލާޖެހިގެން ދިޔަ ހިނދު މިހުރިހާ ދުވަހު މާއީ އުޅެމުން އައި ހިތްދަތި ހަޔާތް އޭނައަށް ތަސައްވަރުކުރެވުނެވެ. އެއާއެކު ހިތުގައި ގިލަންވެރިކަން އުފެދުނެވެ. މަޢާފަށް އެދެން ބޭނުންވިކަމުގައި ވިޔަސް އެހިތްވަރެއް އޭނައަކަށް ނުލިބުނެވެ. މަޢާފަށް އެދުނަސް މާއީ އޭނައަށް މަޢާފް ނުކުރާނެކަން އެނގޭތީއެވެ. އޭނަ މާއީއާ މެދު ކަންތައްކުރި ގޮތްތަކަކީ މަޢާފް ލިބުން ހައްގުކަންތަކެއް ނޫނެވެ.

ތޫގާއަށް އެހީވެދޭން ބަސްމާ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ތޫގާގެ އުޅުމަށް އެދެވޭ ފަދަ ބަދަލެއް ނައެވެ. އަަބަދު އިންނަނީ ކޮޓަރީގައެވެ. ރުއިން ނޫންކަމެއް ނުކުރެއެވެ. ކާއެއްޗިއްސާ އެހާ ދުރެވެ. މަސްދުވަސްތެރޭގައި ވެސް މީހާ އަނަރޫފަ ވެއްޖެއެވެ. އަނބުރައިގަނެގެން ދެތިން ދުވަހު ހޮސްޕިޓަލަށް ގެންދެވިއްޖެއެވެ. ޑޮކްޓަރުންގެ ކަންބޮޑުވުން އިިންތިހާގައެވެ. ދަރިފުޅަށް ގެއްލުމެއް ވެދާނެކަމުގެ އިންޒާރު ތާއަބަދު ދެއެވެ. ތޫގާއަށް ވިސްނައިދޭން އުޅުނަސް އެއަޑެއް ތޫގާ ނޭހިއެވެ. އަބަދުމެ ރުއިމެވެ. ހިތާމަ ކުރުމެވެ.

ތޫގާގެ ހާލަތު ފެނި މާއީ ވެސް ދެރަވިއެވެ. މަންމަގެ ފަރާތުން ތޫގާގެ ނަފުސާނީ ބައްޔަކީ ކޮބައިކަން އެނގުމުން އޭނަގެ ހިތަށް ވެސް އަސަރުކުރިއެވެ. އެތައް އަހަރެން ވަންދެން ތޫގާ ބަރުދާސްތުކުރަމުން އައި ވޭނީ ހަޔާތް ތަސައްވަރުކުރެވުނެވެ. ތޫގާގެ ހިތުގައި އޭނައަށް އެވާ ހަސަދަވެރިކަމަކީ ތޫގާގެ ނަފުސާނީ ބަލިމަޑުކަމުން އުފެދިގެން އައިސްފައިވާ ޖަޒުބާތުތަކެވެ. ތޫގާގެ މައިންބަފައިންގެ ވަކިވެ ދިއުމުގެ އެކްސިޑެންޓުގެ ސަބަބުން ތޫގާ އަދިވެސް އުޅެމުން އަންނަނީ ބިރުވެރިކަމެއް ތެރޭގައެވެ. ކައިރީގައިވާހާ މީހުންގެ ލޯތްބާއި ސަމާލުކަން އޭނަ ތާއަބަދު ބޭނުންވަނީ އެހެންވެ އެވެ. އެލޯބި ގެއްލިދާނެ ކަމުގެ ބިރާއެކު ހިތުގައި އުފެދިގެން އަންނަ ރުޅިވެރިކަމުގެ ޝުޢޫރުތައް ކޮންޓްރޯލް ނުކުރެވެނީ ވެސް އެހެންވެ އެވެ.

*****

އުދާސްތައް ބަރުދާސްތުނުކުރެވޭ ހިސާބަށް ދިއުމުން ގޭގެ ހާމަފެންޑާއަށް އަރައި އަމިއްލައަށް މަރުވާން ވެސް ތޫގާ މަސައްކަތްކުރި އެވެ. އެދުވަހު ތޫގާ ސަލާމަތްކުރެވުނީ ހަމަ ކިރިޔާ އެވެ.

ބަސްމާގެ އެދުމުގެ މަތިން ތޫގާއާއި ވާހަކަދައްކާލަން ދިޔަ މާއީއަށް ކޮޓަރީގައި ތޫގާ ނެތުމުން ލިބުނީ ހައިރާންކަމެވެ. އެއާއެކު އޭނައަށް ހާސްކަން ލިބުނެވެ. އިންތިހާއަށް ޑިޕްރެޝަންއަށް ގޮސްފައިވުމުން ތޫގާއަށް އަބަދުމެ ތިބެންޖެހެނީ ސަމާލުވެގެންނެވެ. އަމިއްލަ ނަފުސާއި ދަރިފުޅަށް ކޮންމެ ފަދަ ގެއްލުމެއްވެސް ދީފާނެތީ އެވެ.

ބަސްމާއާއި ޖާވިދު ގާތު އެވާހަކަަ ބުނުމުން އެންމެން އަވަސް ވެގަތީ ތޫގާ ހޯދުމަށެވެ. މާއީއަށް ހާމަފެންޑާއަށް ދެވުނު ކަމަކަު ދާކަށް ނެތެވެ. ހާމަފެންޑާގެ ތިރި ފާރުމަތިން ފުންމާލަން ތޫގާ ތައްޔާރުވަނީ އެވެ.

”ތޫގާ!!!…” ބަނޑުގައި އެއްއަތުން ހިފަަހައްޓާލަމުން އެދިމާއަށް މާއީއަށް ދެވުނު ގޮތެއް ވެސް ނޭގުނެވެ. ތޫގާގެ އަތުގައި ހިފައި އޭނައަށް ދަމައިގަނެވުނެވެ.

”ކަމް ޓު ޔޯރ ސެންސެސް!!!…” ތޫގާގެ ކަންފަތް މަތީގައި ހޫނު ބޮޑިއެއް އަޅާލަމުން މާއީ ބުންޏެވެ. އޭރު ތޫގާއަށް ރޮވިއްޖެ އެވެ.

”އަހަރެން ބޭނުމީ މަރުވާން!…” ރޮމުންރޮމުން ތޫގާ ބުނެލިއެވެ. އަދި މާއީގެ އަތް ފޮޅުވާލަމުން އަނެއްކާ ވެސް ހާމަފެންޑާއިން ފުންމާލެވޭތޯ އުޅުނެވެ. ތޫގާ ހީވަނީ މޮޔަވެފައިވާހެންނެވެ. ރަގަޅަށް ވެސް އޭނަގެ ސިކުނޑި މަސައްކަތްެއް ނުކުރެ އެވެ.

”ތޫގާ!…” އެވަގުތު އެތަނަށް އާދެވުނު ބަސްމާއަށް ހަޅޭއްލަވައިގަނެވުނެވެ. ޖާވިދު ވެސް ހުރީ ފެނުނު މަންޒަރުން ބިރުގެންފަ އެވެ. ތޫގާގެ ހަޤީޤަތް އެނގުނު ދުވަހުން ފެށިގެން އޭނަ ތޫގާއާ ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް ތޫގާގެ ނަސުފާނީ މައްސަލަ ގޮސްފައި އޮތް ހިސާބުފެނި ދަރިފުޅާއޭ ކިޔައި ގޮވާލެވުނެވެ.

”ތޫގާ… ތީ މިހާރު އެކަނިހައްޓެއް ނޫނޭ، ތޫގާގެ ބަޑުގައިވާ ދަރިފުޅާއި މެދު އެއްފަަހަރު ވެސް ވިސްނާލަބަލަ، އެދަރިފުޅަށް އަނިޔާއެއް ލިބެން ތޫގާ ނޭދޭނެކަން އަހަންނަށް އެނގޭ… އަމިއްލައަށް މަރުވުމަކީ ހަައްލެއް ނޫނޭ… އެއީ ކިހާ ބޮޑު ފާފައެއްކަން ތޫގާއަށް ނޭގެނީތަ؟، އެއްފަަހަރު ވެސް ލިބެން ތިއުޅޭ ދަރިފުޅާ މެދު ވިސްނާލަބަލަ، އެދަރިފުޅަށް ކޮން ފަދަ ބޮޑު އަނިޔާއެއްތަ ދެވެން ތިއުޅެނީ!……” މާއީއަށް އަނެއްކާ ވެސް ތޫގާގެ ކަންފަތްމަތީގައި ބޮޑިއެއް އަޅާލެވުނެވެ. ރޮމުންރޮމުން ބިންމައްޗަށް ތިރިވެވުނު ތޫގާ އޭނަގެ މޫނުގައި އަތް އެޅި އެވެ.

”އަހަންނަށް މަޢާފްކުރޭ…” ވޭނީ ގިސްލުމާއެކު ތޫގާ ބުނެލިއެވެ. ހިތާމައިގެ ސަބަބުން ތޫގާ ހީވަނީ ރޫޅިދާނެހެންނެވެ.

މާއީގެ ހިތަށް ނުހަނު އަސަރުކުރިއެވެ. ދުރުގައި މަންޒަރު ބަލަން ތިބި ޖާވިދާއި ބަސްމާގެ ލޮލުން ވެސް ކަރުނަ ފާޅުވެއްޖެ އެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެންމެ ހިނިތުންވުމަކަށް 02

Next

ލީން 1…

Next
November 19, 2018

ލީން 1…

Previews
November 19, 2018

އެންމެ ހިނިތުންވުމަކަށް 02

12 Comments!

  1. Mutha/ S.Hithadhoo says:
    November 19, 2018 at 3:16 pm

    Kiyuntherin enme intizaaru kuri episode mi othi genesdevifai, unmeedhu kuran kamudhaane kamah.

    Thooga ah maafu libun hagutha? Kiyuntheringe khiaalaki kobaithoa?

    Fahubai Wednesday ga genes deinan (In Sha Allah). E bai edit kuran duvas nagaanethi lahun genesdein mi gasdhukuri. Unmeedhu kuran kiyuntherin fahu bayah inthizaarukuraane kamah.

    Vaahakayah comment kuraa hurihaa kiyuntherinah hithuge funminun shukuriyaa.

    Baajaveri duvahakah eden.
    -Salam-

  2. Maayu says:
    November 19, 2018 at 3:21 pm

    Story vvv nice.. keen to read the next part….And Yeah.. maafu liben vaane dhw visni islaahu vevunyma…

  3. Lover says:
    November 19, 2018 at 3:25 pm

    L was so happy to see this part. After reading I will give a comment
    Thankx A Lot Muthaa Love

  4. Sis says:
    November 19, 2018 at 3:39 pm

    I think Thoogaa deserves forgiveness cos she never hated her sister on her own will… ?Anyway story varah reethi ingey.. ❤️ can’t wait for the next part..

  5. Aisha says:
    November 19, 2018 at 3:48 pm

    Nun
    Thoogaaa ah maaf haggeh nun…
    Vvvvv nice mi part ves..
    Muthaaa ge story hama habeyssss
    Mi story kiyamun dhaairu vvv asaru kureyy
    Vv emotional
    Muthaaa ge ehen story akah inthizaaru vez kurannn
    Mi story nimuneee plssss avahahh ehen story eh..
    Aish vvv kiyaa hithun mikiyaneeeee
    And vvvv inthizaaru ves kurevey…
    Love u muthaaaaa
    ??????

  6. Hajja says:
    November 19, 2018 at 3:56 pm

    Mutha.. vaahaka mihaa hisaabahgoss nimen ulheythee eba hithah araa nunimeynamaey.. mutha ge 2 vaahaka adhi mikiyunee.. vvv furihama.. thanks mutha

  7. Almaash says:
    November 19, 2018 at 5:32 pm

    Bunaanee haqeegathuga muthaa vareh hama nethey konme dhuvahaku 3 . 2 geneyas kamaku nudhey adhi aharemennee muslimunah viyathee kiaa khiyaalee vaahaka thakugaves eba jehey baeh wirtters thah vis nn mikan kamah muthaage mihurihaa knkn vvv?adha bee akhulqee mingadah fethey vaahaka kiyaa nimumun ain ibrtheh ves libey
    vaanee kineh kameh neygi ley keki keki mihunnanee
    maaf dheyn vthoogaaah. Maai nujehey dhoogaa ah vaakah vvsalhi THANKS

  8. Lover says:
    November 19, 2018 at 5:44 pm

    Wow vvvv nice. Sorry thankolheh lahun up veema? Ekam varah kurin kiyaa nimunu. Bizy kamun comment nukurevunee. Once again vvvv nice??

  9. ainn says:
    November 19, 2018 at 8:36 pm

    i love this story.. fantastic.. trust worthy writer.. keep up the good work dear.. fly high

  10. rai says:
    November 19, 2018 at 9:32 pm

    Varah.varah.lwbi mi story.dhn alhe maai yaa naheeka aa gulhuva dheeba..❤❤

  11. shaan says:
    November 19, 2018 at 10:18 pm

    nice ☺?????

  12. Story reader says:
    November 20, 2018 at 1:13 pm

    Thooga yah maafu haggeh nuwaane??

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 25 (ފަހުބައި)←


All Right Reserved!