Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ލޯބިން ޖެވިއްޖޭ 1

Ekujjaa Level 1
November 18, 2018 6 Mins Read
17 Comments

ކަޅުފޮއެ ރޭގަނޑު އަލިކޮށްދެނީ ސާދަ ވިލޭރޭގެ ހަނދުގެ ސަބަބުންނެވެ. އެ ރަނިމަނާގެ އަރިހުގައި ތަރިތަށް ދިޔައީ ޙާދިމުންތަކެއް ފަދައިން ހަރަކާތް ތެރިވަމުންނެވެ. ޖެހިލާ ފިނިފިނި ރޯޅިން ހީކަރުވާ އިޙްސާސެއްކުރެވެއެވެ. ދުވަހަކީ ވިއްސާރަ ދުވަހެއްކަމުގައިވިޔަސް މިހާރު އުޑުމަތިން އެކަމުގެ އަސަރެއް ނުފެނެއެވެ. ނަމަވެސް ފަޒާގައި ހިފާފައިވާ ތެތް ފިނިކަމަށް ބަދަލެއް ނާދެއެވެ. ރާއްޖެގަޑިން ރޭގަނޑު އަށެއް ޖެހީއެވެ. މަގުމަތީގައި ދުއްވާ އެއްޗެހީގެ އަދަދަކަށް ބަދަލެއް ނާދެއެވެ. މަޖީދި މަގު ތޮއްޖެހިފައިވާއިރު ފިހާރަތަކުގައި ބަންދު ބޯޑު އެޅުވެމުން ދިޔައެވެ. މަގުމަތީގައި ގިނައީ ޒުވާނުންނާއި ލޯބިވެރިންގެ ޖޯޑުތަކެވެ.

ޕޭވްމަންޓް މަތިން ހިނގާފައި ދިޔަ ޒުވާނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެވެ. އޭނާގެ ލޮލުގައި އަޅާފައިވާ ވަށް ނަންބަރު އައިނުގެ ސަބަބުން އަނދިރީގައި އެ ލޮލަށް ފެނުމުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. އެއްކޮނޑުގައި އަޅުވާފައިވާ ކަޅު ދަބަހުގައި އެއް އަތުން ހިފާއްޓާލައިގެން ދިޔައިރު މަގުމަތީގައި ތިބި އެތަކެއް އަންހެން ކުދިންނެއްގެ ހިތަށް ސިކުންތުކޮޅެއްގެ ތެރޭގައި ޔަމާން ކަތިލިއެވެ. ނަމަވެސް އޭނާއަށް އެކަމުގެ ހިލަމެއް ނުވާ ހާލުއެވެ. ބައްޓަން ރީތި ހޫރުޕަރީން ފަދަ އަންހެން ކުދިންގެ ސަބަބުން ޔަމާންގެ ހިތަށް އަސަރު ނުކުރާ ފަދައެވެ. ޔަމާން އަތުގައި އޮތް އެޕަލް ބްރޭންޑްގެ ފޯނަކީ އޭނާގެ ދިރިއުޅުމުގެ އެއްބައި ފަދައެވެ. ރައްޓެހިން ޖެއްސުން ކުރުމުގެ ގޮތުން އެ ފޯނަކީ އޭނާގެ ބިޓޭވެސް ކިޔާ އުޅެއެވެ.

ކޮންމެއަކަސް ފޯނުން ސިކުންތުކޮޅަކަށްވެސް ނަޒަރު ދުރަށް ނުގެންގޮސް ޔަމާން ހިނގަމުންދިޔައީ އޭނާއަށް ދާންވީ މަގު ހިތުދަސްވެފައިވާ ފަދައިންނެވެ. އަނދިރި ގޯޅިގަނޑަކަށް ވަދެވުމުން މުޅި މާހައުލު ހިމޭންވި ކަހަލަ އިޙްސާސެއް ޔަމާންއަށް ކުރެވުނެވެ. ނަމަވެސް އެ ހިމޭންކަން ފޫއަޅުވާލީ ކުއްލިއަކަށް ވައިރޯޅިއާއެކު ގަަސްތަށް ހެލޭ ބާރުމިނުގައި ހެލެން ފެށުމުންނެވެ. ނާމަން ކަން ވަށާލާފައިވާ ގޮތަށެވެ. މުޅި މަގުންވެސް ފެނުނު ހަމައެކަނި އަލިކަމަކީ ޔަމާންގެ ފޯނުން އެޅުން އައްޔެވެ. ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ވައިރޯޅިތަކު ބާރުގަދަކަން އިތުރުވިއެވެ. ކަޅު ވިލާތަކުން ހަނދުވެސް ފަރުދާވިއެވެ. ވިއްސާރަ ވެހުމުގެ ދެތިން ނިޝާން އުޑުމަތިން ދައްކާލަމާއެކު ހޮނު ގުގުރީގެ އަޑު ވައިރޯޅިތަށް ބީހޭ އަޑުގެ މައްޗަށް ބާރު ފޯރުވާލިއެވެ. އެއަޑަށް ސިހިފައި ޔަމާންވެސް ފޯނު ތިރިކޮށްލިއެވެ. ދަބަސް ކުރިމައްޗަށް ވާގޮތަށް އަޅާލަމުން ދަބަހުގެ ތެރެއަށް ފޯނު ލިއެވެ. ވިއްސާރަ ވެހޭނެކަން ޔަގީން ވުމާއެކު އޭނާ ދަބަސް ތެރޭގައި އޮޅާލާފައި އޮތް ކުޑަ ނެގިއެވެ. އެ ގެނެވުނުކަން ނަސީބެކޭ ހިތަށްއެރިއެވެ. ގުގުރީގެ އަޑާއެކުވެގެން ހިމަ ފޮދު ވާރޭ މުތީތަށް އެއް ބައިގަނޑެއްހެން ބިމުގައި ބީހިލި އަޑު އިވެގެން ދިޔައެވެ.

ކުޑަ ހުޅުވާލަމުން ޔަމާން އޭނާގެ އަތުކުރީ ގަޑިއަށް ބަލާލިއެވެ. އަށެއް ޖަހާ ވިހި މިނެޓު ހިނގާފައިވާތަން ފެނި ދެލޯ މޮޑުކޮށްލެވުނެވެ. އޭނާގެ ހިނގުން ބާރުކޮށްލީ ކުރިއަށް އަޅުވާފައި އޮތް ދަބަހުގައި ހިފާއްޓާލަމުން އަނެއް އަތުން ކުޑައިގައި ހިފާއްޓާލައިގެންނެވެ. އެހެންނަމަވެސް އިވުނު އަޑެއްގެ ސަބަބުން ޔަމާންގެ ފިޔަވަޅުތަށް ގަނޑުވެ ދެބުމަ ގޮށްޖެހުނެވެ. “އާޙް..ޕްލީސް މަ ދޫކޮށްދާ ހެޔޮނުވާނެ..” އަންހެން ކުއްޖެއްގެ ބާރު ރުއިމުގެ އަޑު ކެނޑިނޭޅި އޭނާގެ ސިކުނޑީގައި އެ އަޑު ގުގުމަން ފެށިއެވެ. އެ އަޑު އަންނަ ދިމާލަށް ޔަމާން ހިނގައިގަތެވެ. އެއީ ކޮންމެ މީހެއްގެ އަޑު ކަމުގައިވިޔަސް އިންސާނިއްޔައްތަކަށްޓަކާ އެމީހަކު ސަލަމާތް ކޮށްދިނުމަށްޓަކައެވެ.

ހަދަން ފަށާފައިވާ އީމާރާތަކަށް ވަދެވުމާއެކު އޭނާއަށް ދާނެ ކޮޅެއް ނޭނގުނެެވެ. މުޅި މާހައުލަށް އޭނާ އަވަސް ނަޒަރެއް ދިނެވެ. ކަނާއަތު ފަޅިގައި ހަރު ސިމެންތި ސިޑީއާ ދިމާލަށް ހިނގައިގަތީ އޭނާގެ ހިތް އެކަމަށް އެދި ގޮވުމުން ދާތީއެވެ. މާހައުލުގައި ފިނިކަން ވިޔަސް އޭނާގެ މޫނުމަތިން ދާތިކިތަށް ފާޅުވީ ހިނދުކޮޅެއްގެ ތެރޭގައެވެ. ހިތުގެ ވިންދާ ނޭވާ އަވަސް ވީ ކުރިމަތިވާން ނުވަތަ ކުރިމަތި ލެވެން މިއުޅެނީ ޙުދު ކޮންކަމަކާކަން ނޭނގޭތީއެވެ. ކޮންމެޔަކަސް މާތް ކަލާނގެޔާ ވަކީލު ކުރަމުން ސިޑީގެ ހަރުފަތަށް ގިރާކުރުމުގެ މަސަތްކަތް ޔަމާން ފެށިއެވެ. ފުރަތަމަ ބުރިއަށް އެރުމާއެކު ދެން ފެނުނު މަންޒަރުން ދެލޯ މަރާ ތަގުޅިކޮށްލިއެވެ. ސިޑި ކައިރީގައި ހުރި ތަނބާ ވިދިގެން ދަބަހާއި ކުޑަ ބައިންދާލަމުން ޔަމާން ކުރިއަށް ހިނގައިގަތީ އިސްތިރިކޮށްލައިގެންނެވެ. ފެންނަމުން ދިޔަ މަންޒަރު ބަލަން ލަދުންނެވެ.

ފެނުނު މަންޒަރުން ދެމީހުނަށް ފަރުދާވެވޭވަރުގެ ތަނބުގައި އައްސާފައި  ހުރި ސުންހާގެ ލޮލުން އުފާވެރިކަމުގެ ކުލަވަރު ފެންނަން ފެށިއެެވެ. އޭނާގެ މުޅި ހަށިގަނޑު އެކީހެން ފަރުދާ ކަހާލާފައިވާ ވާ ހާލުގައިވެސް އިސްޖަހާލައިގެން ހުރެ އެ ދިމާލަށް ސްކޫލު ޔުނީފޯމުގައި އައި ޒުވާނާ ފެނުމުން ހިތުގައި އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. އޭނާގެ ކުރިމަތީގައި ތިބި ޖާނުން ވަރުގަދަ ދެ ފިރިހެނުންނަށް އަނެއްކާވެސް ބަލާލީ އާދޭހުގެ ލޮލަކުންނެވެ. އޭނާގެ އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑުގެ ސަބަބުން ހިތުގެ ޝަކުވާތަށް ބޭރުކުރެވޭ ގޮތެއް ނުވިއެވެ.

ބާރު ހިނގުމެއްގައި  ޔަމާން އައި ގޮތަށް އައިސް ހިފީ އޭނާއަށް ފުރަގަސް ދީގެން ތިބި ދެ ފިރިހެނުން ތެރެއިން އެކަކުގެ ގަމީސް ގިރުވާނުގައެވެ. އެ ފިރިހެން މީހާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތުން ދެން ހުރި ފިރިހެން މީހާވެސް ފަސް އެނބުރި ބަލާލިއެވެ. “*ކަލޭ ތީ ކާކު..” އެކަކު ބުނެލިއެވެ. ފުރަަތަމަވެސް އެމީހާ ޔަމާންއާ މުޙާތަބު ކުރި ހުތުރު ބަހުގެ ސަބަބުން އޭނާގެ ލޭ އުތުރި އަރައިގަތެވެ.  “މަ މީ ކޮންމެ މީހަކަސް ކަލެއަށް ކޮން ބަލާއެއް..އެ އަންހެން ކުއްޖާ ދޫކޮށްލާ..” އޭނާޔާ ދިމާކުރަން ލަކުނޑި ބުރިއަކާއެކު އައި މީހާ ގައިގައި ފައިން ޖަހާ ވައްޓާލަމުން ޔަމާން ހަޅޭއްލަވައިގަތެވެ. “ހެހެ..އޭނާ ބިޓު ދޯ ތީ އަހަރުން މަގުމަތިން ހޮވީ މި ކުއްޖާ ބަޓް އިޓް ޓޯންޑް އައުޓް އޭނާއަކީ ތި މީހާގެ ބިޓުކަމަށް..ބައި ދަވް ވޭ ވަރަށް ރީއްތަށް މި ބުނީ އަހަރުމެން މިރެއަށް ކައެގެ ބިޓު ބޮރޯ ކޮށްލާނަމޭ..ތްރީއެއް ހަދާލަން..” އެއްލޯ މަރާލަމުން އެ ފިރިހެން މީހާ ބުނެލި އެތިން ޔަމާންގެ ރުޅި އިތުރަށް ގަދަވީ ކީއްވެކަމެއް ނޭނގެއެވެ. އެ އަންހެން ކުއްޖާއަށް އެންމެ ފަހަރަކު ބަލާނުލިއެއް ކަމަކު އެ ކުއްޖާޔާ މެދު އޭނާގެ ހިތުގައި ރަޙްމް އުދެފުނެވެ.

“ކޮބާތަ ލަދު ހަޔާތް..ހިތުގެ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހަމަ ނެތީތަ..މަގުމަތިން ފެން” ޔަމާން ބުނެލިއެެވެ. ވެހެމުން ދިޔަ ވާރޭގެ އަޑާ އޭނާގެ އަޑު އެކުވެގެން ދިޔަކަން ނަސީބެކެވެ. އެހެންނޫންނަމަ މުޅި މަަގަޔަށް އެ އަޑު އިވޭނެއެވެ. “އޭ ބަލަގަ ކުޑަކުއްޖާޔާ މިތަނުން ރައްކާ ވާން އުޅޭ..އަހަރުން ހީފިލުވަން ވެއްޖެ” އެ ދެފިރިހެނުން އެއްބައި ވެލަމުން އެ ނިކަމެތި އަންހެން ކުއްޖާގެ ގައިމައްޗަށް ޖެހިގަންނަމުން ހިތަށް އެރިހާ ފާހިޝް ޢަމަލެއް ކުރަން ފެޏުމުން ފެށުމުން ޔަމާންގެ ހިތުގައި ރޯވެފައިވާ ރުޅިވެރިކަމުގެ އަލިފާނަށް ދަރު އެޅި ފަދައެވެ. ލަކުނޑި ބުރިއެއް އަތަށް ހެޔޮވަރުކޮށްލަމުން އެ ދެ ފިރިހުނުން ގައިގައި އެއިން ޖެއްސެވެ.

ސިކުންތު ކޮޅެއް ތެރޭގައި ދުންކުނޑިތަށް މުޅި މާހައުލު އެއްވަސް ކޮށްލީ އެ ފަސް ފިރިހެނުންގެ ހަނގުރާމަ ކުރުމުގެ ތެރޭގައެވެ. ހިކި ދިގު ހަށިގަނޑެއް ލިބިފައިވާ އުމުރުން ސޯޅަ އަހަރުގެ ޔަމާން އެ ދެފިރިހެނުންނާ ކުރިމަތިލީ ދަގަނޑާ ބުރިތަކާ ލަކުނޑި ބުރިތަކާއެކުގައެވެ. އަމިއްލަ ފުރާނާ އަތް މައްޗަށް ލައިގެން ނަމަވެސް ދެތިން މިނެޓުގެ ތެރޭގައި އެ ދެފިރިހެނުން އޭނާ ބިމަށް ތިރިކޮށްލިއެވެ. އޭގެތެރެއިން އެކަކު ހޭނެތިފައި އޮތް އިރު އަނގައިން ލޭފައިބަމުން ދާ ހާލު އަނެކަކު އޮތީ އަވަސް ނޭވާތަކާއެކު ހަންވެފައެވެ. އޭނާގެ ދެލޯވެސް މަޑުމަޑުން މެރެމުން ދިޔައެވެ. ޔަމާންއަށް ފުންނޭވާ ދޫކޮށްލެވުނެވެ.  ދުރުގައި އޮތް އެ އަންހެން ކުއްޖާގެ ޓީޝާރޓާއި ޖިންސު ފެނުމުން އެ އެއްޗެހި ލޫޅާފަތި ހަށިގަނޑުގެ ވެރި އަންހެން ކުއްޖާޔާ ދިމާލަށް އެއްލިއެވެ. އޭނާގެ ހަށިގަނޑުން ބޮޑުބައެއް ކަހަލަ ގޮތަކަށް ނިވާވުމުން އައްސާފައިވާ ފޮތިގަނޑުތަށް ނައްޓަދިނުމަށް ޔަމާން އެހީވިއެވެ. އެހެންނަމަވެސް އޭނާ ބެލީ ވީހާވެސް ދުރުގައި ހުރެގެން ދެލޯ މަރާލަމުން އެކަން ކުރުމަށެވެ.

އިޙްސާސްތަށް ކޮންޓްރޯލް ކުރަމުން ބިންމަތީގައި އޮތް އަންހެން ކުއްޖާއަށް ނުބެލުމަށްޓަކައި ޔަމާން އޭނާގެ މޫނަށް ޖައްސަމުން ދިޔަ ވައްތަރުތަށް ފެންނަ ކޮންމެ މީހެއް ގާތަށްވެސް ހިނި އަންނާނެއެވެ. ވާގަނޑުތަށް ނެއްޓުމުން ބިންމަތިން ތެދުވެ ޔަމާން އެ އަންހެން ކުއްޖާއަށް ފުރަގަސްދިނެވެ. ފޯނު ނަގަން އުޅުމާއެކު އޭނާގެ ހަރަކާތްތަށް ހުއްޓުނީ ފަހަތުން އިވުނު މިއުޒިކީ އަޑުގެ ސަބަބުންނެވެ. “ޕޮލިހަށް ނުުގުނައްޗޭ ޕްލީސް..އޭރަށް މަ ފަޝީހަ ވެދާނެ” އެ އަޑުގެ ޖާދުގައި ޖެހުމުން އޭނާގެ ނޭވާ ހުއްޓުނު ފަދައެވެ. އެއްމިޔަކުން ހީލެވުނީ އޭނާގެ ހިތުގައިވެސް ފޮނި ރާގެއް ކުޅެލެވުމުންނެވެ. އިސްތަށިގަނޑުގެ ސަބަބުން ދުަވަހަކު ކަޝްފު ނުވި އެ ނިޔަނެތި އަންހެން ކުއްޖާގެ މޫނު މާ ރީއްޗަށް ނުފެނުނެއްކަމަކު އެ އަޑު އޭނާ ޖެއްސީ ކޮންފަދަ ޖާދޫއެއްގަ ބާއެވެ. ދުވަހަކުވެސް ނުއިވޭފަދަ އަޑެކެވެ. ތުއިކަމެއް ބޮޑާވެރިކަމެއް ނެތްކަމަކު ހިތްގައިމު ބަރު މިއުޒިކީ އަޑެކެވެ. މައުސޫމް އެ އަންހެން ކުއްޖާގެ އެދުމާ ދެކޮޅު ނެހެދުމަށްޓަކައި ޖީބަށް ފޯނު ކަމުން ޔަމާން އޭނާގެ ދަބަހާ ދިމާލަށް ހިނގައިގަތެވެ.

“މަ ދަނީ..ގެންގޮސްދެންތަ” ސުންހާ އޭނާގެ ގަމީހުގެ ފަހު ގޮށް އަޅުވާލަމުން އިސްއުފުލާލީ ދަބަސް ކޮނޑުގައި އަޅުވާލި ފިރިހެން ކުއްޖާ ބުނި ބަހުގެ ސަބަބުން ސުންހާ ލަދުގަންނަ ގޮތްވިއެވެ. އޭނާ ބަރަހަނާ ހާލުގައި ހުއްޓާ އެ ފިރިހެން ކުއްޖާއަށް ފެނުމުން ލަދުން އިސްއުފުލާލަން ސުންހާއަކަށް ނުކެރުނެވެ. “ނޯ އޯކޭ އަލް ގޯ ޓެކްސީގަ..” ކޮނޑުގައި ދަބަސް އަޅުވާލަމުން އެންމެ ފަހަރަކުވެސް އިސްއުފުލާނުލާ ސުންހާ ހިނގައިގަތެވެ. ޔަމާންއަށް ފުރަގަސް ދީގެން ހުރުމަށްފަހު އޭނާގެ ހުރި ފިޔަވަޅު މަތީގައި މަޑުކޮށްލިއެެވެ. “ތެންކްސް ވަރަށް ބޮޑަށް..އައި ވުޑް ހެވް ޑައިޑް ތި ކުއްޖާ ނައިނަމަ..” ސުންހާ ބުނެލިއެވެ. ވާރޭގެ ކެރިގަނޑުވެސް މަޑުކޮށްލާފައި ވުމުން ސުންހާގެ އަޑު ވަރަށްރީތިކޮށް ޔަމާންއަށް އިވުނެވެ.

“އެވަރު ކަމެއް ނޫން..އަމް ތި ކުއްޖާއެއް ނޫން ޔަމާން..ތި ކުއްޖާގެ ނަން އަހާލެވިދާނެތަ..” ބޯ ކަހާލަމުން ޔަމާން އެއްސެވެ. ފޯނު ނަންބަރު ހޯދުމަށް ހިތް ގޮވަން ފެށިއަސް އެ އެދެމުގެ މައްޗަށް ލަދު އިސްވެގަތެވެ. “ސުންހާ..” ލަދުން މަރުވަމުން ދިޔަ ސުންހާ އޭނާގެ ނަން ބުނެލަމުން ސިޑިން ފައިބައިގެން ދިޔައެވެ. “ސުންހާ..ހުމްމް ނޮޓް ބޭޑް..” އިސްތަށިގަނޑު ކަހާލަމުން ޔަމާން ލޮލަށް އައިން ހެޔޮވަރުކޮށްލި ޔަމާން ފަސްއެނބުރި ބަލާލީ އަޑެއް އިވުމުންނެވެ. ބިމަށް ތިރިވެފައި ތިބި ދެފިރިހެނުންގެ ތެރެއިން އެކަކު ހިތްވަރު ކޮށްފައި ތެދުވަމުން އަނެކަކު ފައިގައި ހިފާ ދަމާފައި ސިޑީއާ ދިމާލަށް އަންނަން ފެށިއެވެ. ބަލި ގަބޫލުކޮށްގެން ތިބި ފަަދައެވެ. ދެލޯ ބޮޑު ކޮށްލަމުން އަވަސް ފިޔަވަޅުތަކެއްގައި ޔަމާން އެ ބިލްޑިންގުން ނިކުތެވެ. ސުންހާގެ ހިލަމެއް ނުވިއެވެ. ނަމަވެސް ޓެކްސީއެއް ދުއްވާލިތަން ފެނުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ވިއްސާރަ ތުނިކޮށްލާފައިވުމުން ކުޑަ ނުލާ ޔަމާން ހިނގައިގަތެވެ. ނަމަވެސް އޭނާގެ ފޯނު ރިންގުވާން ފެށީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ގުޅަނީ އެންމެ ގާތް އެކުވެރިޔާ އައިކްއެވެ. “ޝީޓް އައިއްޓެ ލަސްވެގެން ތޯއްޖެއް..” ފޯނު ނަގަމުން ޔަމާން ހިތާހިތުން ބުނެލިއެވެ. “ހަލޯ ބްރޮސްކީ.” އައިކްއަށް ވުރެ ކުރިން އޭނާ ބުނެލިއެެވެ. ” މާޓިން ކަލޯ އަށް ގަޑި ބަޔަށް އަންނަން ބުނި މީހާއޭ މިހާރު އެހެރަ ސާޅީސް ފަހެއްވީ..އާ ޓީޗަރު އިންޓްރޮޑިއުސް ވާން އަންނައިރުވެސް ކަލޭ ހުންނާނީ ކަންނެ ތި ފޯނުގަ ތަތްލަވާފަ..” އައިކް ކޮށްލީ މަލާާމާތެވެ. “އޭ އާ ޓީޗަރު އަންނަ ދުވަސްދޯ ދޯ.. ނަސީބެއްނު އޭނާ ނާންނަކަން..މަ ދާނަން އޭނާ އަންނަން ވާއިރަށް..ތީ ކިހާ ފެންވަރެއްގެ މީހެއްތޯ ބަލަން ޖެހޭނެއެއްނު..އައްސު ކުޑަކަމެއް ދިމާވީއޭ..” ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން ޔަމާން ބުނެލިއެވެ. “ކޮންކަމެއް.؟ މަށަށް ޔަގީން ކަލެއާ ކުޑަކަމެއް ލައި ނުގަންނާނެކަން..” މަޖަލަކަށް ނަމަވެސް އައިކް ބުނެލީ ތެދެކެވެ. “އާން ދެން ބޮޑު ކަމެކޯ ލައިގަތީ ފަހުން ބުނާނަން..ހޫނ..ބާއްވަނިއްޔޭ މިހާރު ސްކޫލު ކައިރީ މިހިރީ..” އައިކްގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ޔަމާން ފޯނު ކަނޑާލިއެވެ.

ދެތިން މިނެޓުގެ ހިނގުމަކަށް ފަހު ޔަމާން މަޑުކޮށްލީ ސްކޫލު ދޮރުމަތީގައެވެ. ގައިގައި އުނގުޅިފައި ހުރި ކިލާތަށް ފޮޅާލަމުން ސްކޫލު ގޯތިތެރެ ފަހަނައާ ގޮސް ކުލާހަށް ވަނެވެ. “ޔޭ..އެންމެންނޭ ޙާއްސަކޮށް އަންހެނުންނޭ..ކެލޭމެންގެ މާޓިން ވަޑައިންނަވައިފި” ކުލާހުގައި އުޅޭ ލާނެއް ކުއްޖެއް ކަމަށްވާ ޝިމާޒް ޑެސްކުމައްޗަށް އަރަމުން ހަޅޭއްލަވައިގަތެވެ. ފިރިހެނުންގެ އެންމެން އެއް އަޑަކުން ހަޅޭއްލަވައިގަތް އިރު އަންހެން ކުދިންތަށް ފަރި ދައްކަން ފެށިއެވެ. ތުންފަތް ތެއްކޮށްލަމުން ޔަމާންއަށް ބަލަން ފެށިއެވެ. ލޯއަޅާލަމުން މޫނަށް ވައްތަރު ޖައްސާލަމުން އަންހެން ކުދިންތަށް ފަހަނާއަޅާގޮސް ފިރިހެން ބަރީގެ ސީޓެއްގައި އޭނާ އިށީނދެލިއެވެ. ފިރިހެންނުނާއެކު ސަކަރާތް ޖަހަން ފެށިތާ ސިކުންތުކޮޅެއް ނުވެ ލީޑިން ޓީޗަރު ކުލާހަށް ވަނުމުން މުޅި ކުލާސް އެކީހެން ކޮޅަށް ތެދުވިއެވެ.

“ސޯ މި ކުލާހުގެ ޓީޗަރު ސުކޫލުން ކެނޑުނީމަ ވަގުތީ ގޮތުން މި އަހަރަށް އެކަނި މި ކުލާހަށް ވާނީ ޓީޗަރެއް ހަމަ ޖައްސާފަ…ޝީ އިޒް ނޮޓް ގޮއިން ޓު ޓީޗް ޔޫ އިންގްލިޝް..ދެން އެއީ ވަރަށް ޔަންގް ޓީޗާރ އެއް ޝީ އިޒް ޖަސްޓް 18 އެހެންވީމަ ބޯއިސް ބި ހޭވް ވެލް..އެންޑް މައިންޑް ޔޯ ލެންގުއޭޖް..ސްޕެޝަލީ މިތިބަ ރޯ ގެ ތިން ފިރިހެނުން” ލީޑިން ޓީޗަރުގެ ލެކްޗާރ ނިމުމުން އޭނާ އިޝާރާތްކުރި ތިން ކުދިން ކަމަށްވާ ޔަމާން އައިކް އަދި އާލިމް ހޭންފެށިއެވެ. އެމީހުންނާ އެއްބައިވަމުން އެހެން ކުދިންވެސް ޕަކަޕަކަ ލާން ފެށިއެވެ. ލޯ ކުޑަކޮށްލާފައި ލީޑިން ޓީޗަރު ކުދިންނަށް ބަލާލިއެވެ. އޭނާ ދާން ހިނގައިގަތް ވަގުތު ކުލާސް ދޮރު މަތީގައި ޒުވާނެއް ހުއްޓިލިއެވެ. ކަޅު ކުލައިގެ ގަމީހަކާއި ނޫކުލައިގެ ޖިންސުގައި ހުރި އަންހެން ކުއްޖާ ފެނުމުން ޔަމާންގެ ހިތަށް އެރީ އެންމެ ނަމެކެވެ. “ސުންހާ…” އޭނާގެ ހިތާހިތުން ކިޔާލިއެވެ.

އެކުއްޖާ އިސްއުފުލާލަމުން ހިނިތުންވެލިއެވެ. ޔަމާންގެ ހިތް ހުއްޓުނު ފަދައެވެ. ހިތުގެ ނޭނގޭ ޝުޢޫރުތަކެއް އުތުރި އަރައިގަތެވެ. މިއަދު އޭނާ ސަލާމަތް ކުރި އަންހެން ކުއްޖާ އެއީ މިހާރު އޭނާގެ ކުލާސް ޓީޗަރު ހެއްޔެވެ. އުފާވެރިކަން ނުވަތަ ބިރު ވެރިކަން ކަމެއް ވަކިކުރާކަށް ނޭނގުނެވެ. ބޮޑު ދެލޮލާ ތުންފަތެއްގެ އިތުރުން ހަނދެއް ފަދަ މޫނެެކެވެ. ކަނދުރާއާ ހަމައަށް އަރާ ފަން އިސްތަށި ކޮޅެކެވެ. ދުނިޔެމަތިން އަދި އަލަށްވެސް ޔަމާންގެ ލޯ ނުދެކޭ ފަދަ ފުރިހަމަ ހިނިތުންވުމެކެވެ. ސިކުންތު ކޮޅެއްގެ ތެޜޭަގައި އެ ހިނިތުންވުން ޔަމާންގެ ހިތުގައި ބިންވަޅުނެގުނެވެ. އޭނާގެ ހިތުގައި ލަވައެއް ކުޅެލިއެވެ.

ހަނދުގެ އަލިހާ ޗާލު ރީތި ތީ މޫނޭ

ތަރިތަށް ބަބުޅާހެން ބަބުޅާލާ ލޯ އޭ

މާތަށް ފަރިވާހާ ރީތި ނަލަ ފަރި ހިނިތުންވުމަކުން

މަސްތުކޮށްލާ ޝަރާބެއްގާ މަ ޖައްސާތިލީ

ނޭނގޭ ބުނެދެން މިވާ ގޮތް ފުރިހަމަކަމުން

އިހްސާސް މަގޭ ފުރިގެން ދަނިއްޔޭ..

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ekujjaa

Level 1

Other Articles

Previous

މިހަާރުގެ ހާލަތު!

Next

ކައިޒީން 5

Next
November 18, 2018

ކައިޒީން 5

Previews
November 18, 2018

މިހަާރުގެ ހާލަތު!

17 Comments!

  1. Ekujjaa says:
    November 18, 2018 at 10:23 pm

    Hi everyone.. I’m really new here☺️ So nice to meet you. I hope you all like the first part of my story ??❤️❤️ since I’m new there will be a lot of mistakes? but it would be a big help if you point them out for me ??
    I found a big mistake in the first paragraph ?and I’m going to check who notices it first.????? next part tommorow insha allah ?? love you all and gud nite?????????I’ll reply to all comments till the 2nd part is published ISA???

  2. sara says:
    November 18, 2018 at 10:46 pm

    rani kamanaa ah iny rani manaa liyefa n 8 jahaairu fihaara eh bandheh nukuraane. ey alhugandah faahaga v kamaky . maasha allah varah reethi vaahaka. waiting 4 next prt

    1. Ekujjaa says:
      November 19, 2018 at 12:31 pm

      Yaa the fihaara bandhukuraa ethi correct cux it’s from the first paragraph ??? seems like ur the winner..congrats ???aslu olhunee srry. .? nd thank you so much ❤❤❤ISA vrh avahah genesdheynan ?????

  3. jj says:
    November 18, 2018 at 11:32 pm

    ޖެވިއްޖެ .. ދެވިއްޖެ

    1. Ekujjaa says:
      November 19, 2018 at 12:33 pm

      Koacheh dhevunii? ?? is it for me ??

    2. Ekujjaa says:
      November 19, 2018 at 12:48 pm

      Oh vrh bodah srry..adhikiriyaa dhemme notice mivee vaahakaige name dho ????thanks of correcting I thought u were giving me something kamah ???

  4. shaha says:
    November 18, 2018 at 11:59 pm

    V reethi mi vaahak??? When next part.

    1. Ekujjaa says:
      November 19, 2018 at 12:37 pm

      Thank youuuuuuu much much❤❤???next part on 19th November 2018 (today) ISA??

  5. shaha says:
    November 19, 2018 at 12:02 am

    Oh tomorrow dhw ????

    1. Ekujjaa says:
      November 19, 2018 at 12:39 pm

      ????Nope today..cux it’s 12 am.

  6. Aireen❤ says:
    November 19, 2018 at 12:10 am

    I notice one thing furatham feshi iru inee reygadhu dhai ge vaahak bunefa and dhen inee school ah dhiyavaahaka reygadhu dhaigatha school ohnani thats kind of weird but its ok its your first time dho so mistake hurumaki ekashige vaakameh anways best of luck????????

    1. Ekujjaa says:
      November 19, 2018 at 12:44 pm

      Ya ekamu most of the schools in male they have extra activities and classes reyganduves? nd yamaan egadeega scwl ah dhiyaee keehkurankan next part ga ingigendhaane???? yes lots and lots of mistakes but I’ll try to improve..so keep pointing them out for me inegy??? Thank you so much it’s sweet of u❤❤❤??

  7. ސިއްތި says:
    November 19, 2018 at 12:49 am

    ދެ ފިރިހެނުން ފަސް ފިރިހެނުންނަށްވެސް ވެއްޖެ. ވާހަކަ ރީތި. އިންތިޒާރުކުރެވޭ

    1. Ekujjaa says:
      November 21, 2018 at 11:20 am

      alhe eves mistake eh dear..aslu avas aruvaalain type kurevuneema theres some silly mistakes..ekm thank you so much 🙂 lots love oxox cux i ran outta emojies

  8. @AL@A says:
    November 19, 2018 at 5:53 pm

    Brb reethi sunha dho kada aneh noon alhe keevetha naafiu nuhedhy namakah☺☺

    1. Ekujjaa says:
      November 21, 2018 at 11:17 am

      thank you ;)..?????? srry to say but ive no idea what ur talkin bout..who’s naafiu?

  9. Insha says:
    November 21, 2018 at 8:43 pm

    Dhn 19th November annaany next year ga…part 2 ah eduvahah inthizaaru kuran vy dhw…mihen mibunely part 2 19th November ga genesdheynamey bunefa otheema.

Comments are closed.

Next Episodeހިތް ލޯބިން ދެވިއްޖޭ 2←


All Right Reserved!