Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިޒީން 4

Thiyaa Level 1
November 14, 2018 3 Mins Read
10 Comments

6 މަސް ފަސް………………

“މިބުނީނު އަހަންނެއް ކިޔާ ދޫކޮށެއްނުލާނަމޭ. ކައިޒީން ވަރައް ބަލިވެގެން މި ދަނީ.  ޑޮކް އަށް ދައްކާ ނިމުނުހާ އަވަހަކައް މިކޮޅައް އަންނާނަމޭ. ބީ ބްރޭވް މައި ގާލް. ކުދިންނަށް ރަނގަޅަށް ބަލާތި..” ކިޔާރާގެ ބުރަކަށީގައި ފިރުމާލަމުން ހިތްވަރު ދޭ ކަހަލަ ގޮތަކައް ދާއިން ބުނެލިއެވެ. މީ އޭނަ ކައިޒީންއާ ކައިވެނިކުރިފަހުން މި ވީ މަސް ދުވަހުގެ ތެރޭގައިވެސް ކިޔާރާ އާ މިހާ ލޯބިން ވާހަކަދެއްކުނު ފުރަތަމަ ފަހަރެވެ. އެވެސް ދުރައްދާން ޖެހުނީމައެވެ. ބޭނުންނުވިޔަސް ނޭނގޭ ބާރަކުން އެދެމީހުން ވަކިކުރުވުމުގައި ކާމިޔާބުކުރިއެވެ. “ކުދިންގެ ވާހަކަ އެކަނި ދޯތިބުނީ. ދާން އަށް އަހަރެން މުހިންމެއްނޫނެންނު” ހިތާމަވެރި ރާގަކައް ކިޔާރާ ބުނެލިއެވެ.” ދެން އެހެންނެތް ނުބުނަމެންނު. އަހަންނަށް ކޮންމެ މީހަކުނަން ވަކިވަކިން ބުނެވޭތަ؟ ކޮންމެސް އެއްޗެކޭ ކިޔާފަ އަހަރެން ރުޅިއަރުވާލެވޭތޯ ބަލާތި..” ނިދާފައި ތހިބި ދާއިން ގެ 3 ކުދިންގެ ނިތްކުރިއަށް ވަކިވަކިން ދޮން ދިނުމަށް ފަހު ދާން ހިނގައިގަތީ ކިޔާރާއާ ދިމާއަށް ބަލާވެސް ނުލައެވެ.

އެއާޕޯރޓް ގެ އެރައިވަލް ގޭޓުން ނުކުމެގެން އައި ދާއިން އާއި ކައިޒީން މަޑުކޮއްލީ ކާރެއްލިބޭތޯއެވެ. ކަޅު ސްކިނީއަކާއި ނޭވީ ބްލޫ ކުލައިގެ ޓީޝާޓެއް ލައިގެން ހުރުމުން ކައިޒީން ނުހަނު ރީތިކަމަށް ދައްކައެވެ. ނަމަވެސް އެމޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ދާއިންގެ ކޮނޑުގައި ބޯ އަޅާލައިގެން ހުރީރު ދެންމެދެންމެ ވެއްޓިދާނެހެން ހީވެއެވެ. ނަމަވެސް ދާއިން ހުރީ ނުހަނުބާރަށް ކައިޒީން ގެ އުންގަނޑުގައި ހިފާއްޓައިގެންނެވެ. “ހިޔެއްނުކުރަން މެލޭއަށް މިދުވަސްކޮޅު މިހާ ފިނިވާނެކަމަކަށް. އެނގުން ނަމައެންނު ކޮޓްން ގަމީސް ކޮޅެއްލައްވާގެން ގެންނާނި. ސޮރީ ޑާރލިން. މައި މިސްޓޭކް.” ދާއިން މާފަށް އެދުނީ ކައިޒީން ފިނިވެގެން ތުރުތުރުލާހެން ހީވީމައެވެ.” އިޓްސް އޯކޭ ދާން. ދާން ހުއްޓަ އަހަންނަށް ފިނިވެގެން އުޅެން ޖެހޭނެތަ؟” ލުއި ހިނިތުންވުމަކާއެކު ކައިޒީންގެ އެހެންބުނެލީރު ކާރު އައިސް އެމީހުންގެ ކުރިމައްޗަށް މަޑުކޮއްލަނީއެވެ.

“އެވެނިޑަރ ލިސެލް ޕޮއިންޓް 15 މަލްވިކަރ ސްޓްރީރް” އެމީހުންގެ އެކޮމޮޑޭޝަން ހަމަޖެހިފައިވާ ހޮޓެލްގެ ނަން ޑްރައިވަރަށް ބުނެދިނީ ދާއިން އެވެ. ” ގެއަށް ގޮސްލާފަ ފްރެޝް ވެލާގެން ދޯ ހޮސްޕިޓަލަށް ދާނި” ދެންވެސް ވާހަކަ ދެއްކީ ދާއިން އެވެ. ކައިޒީން ލުއި ހިނިތުންވުމަކުން ފުއްދާލިއެވެ.

ދާއިން ކައިޒީން އާ ކައިވެނި ކުރީ ކައިޒީން ވަރިކުރިތާ 4 މަސް ވީ ފަހުންނެވެ.ކައިވެންޏަށް 2 މަސް ވީތަނާ ކައިޒީން ކުއްލިޔަކަށް ބަލިވާން ފެށީއެވެ. ގައިން ވަރުދޫވެފައި ހޮޑުލެވި ބޯއަނބުރާ ގޮތް ވާން ފެށުމުން އެންމެފުރަތަމަވެސް އެމީހުން ހީކުރީ ކައިޒީން ބަލިވެއިނީ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލުން އެތައް ޓެސްޓެއް ހެދުމަށްފަހު ބަނޑުބޮޑު ނޫންކަން ވަނީ ޔަގީންކޮއްދީފައެވެ. ޑޮކްޓަރަށް ދެއްކުނުވަރުގެ އަދަދެއްވެސް ނޭންގެ އެވެ. ނަމަވެސް އެއްވެސް ޑޮކްޓަރަކަށް ކައިޒީންގެ ބަލީގެ ހަގީގަތް ބުނެވޭގޮތެއްނުވިއެވެ. އެހެންވެ މާލޭގެ ޑޮކްޓަރެއްގެ ލަފާގެ މަތިން އެމީހުން މެލޭޝިއާ އަށް އައީ ކައިޒީން އަށް ބޭސް ކުރުމަށެވެ. އިންޑިއާ އަށް ވެސް ދެފަހަރު ދެއްކިއްޖެ ވިއްޔާއެވެ.

ހޮޓެލްގެ ކައުންޓަރ އަށް ގޮސް ސާފުކޮއްލަންޖެހޭ ބައެއް މައުލޫމާތު ސާފުކޮއްލުމަށްފަހު ދާއިން އައީ ރޫމްބޯއި އެއް ގޮވާގެންނެވެ. އެކުއްޖާ ދާއިންމެންގެ އަތހުން ފޮށިތައް އަތުލުމަށްފަހު އެދުނީ ލިފްޓުން 4 ވަނަ ބުރިއަށް ދިއުމަށެވެ.

ރޫމްގެ ދޮރު ހުޅުވާލިއިރު އެތަނަށް އެކުއްޖާ ހުރީ ފޮށިތައްވައްދާފައެވެ. ދާއިންގެ އަތަށް ތަޅުދަނޑި ދީފައި އެކުއްޖާ ތިރިއަށް ދިޔައީ ކަމެއްބޭނުން ނަމަ ގުޅާލަން އެދިފައެވެ. އެއީ ޖާގައިގެ ގޮތުން ތަނަވަސް ކޮޓަރިއަކަށް ވެފައި ކިންގް ސައިޒް އެނދެއްގެ އިތުރުން ހެޔޮވަރު ވަރެއްގެ ސޯފާއެއްވެސް ހުއްޓެވެ. ހުރިހާ ފަރުނީޗަރެއްވެސް ހުރީ ކްރީމް ކުލައިގައެވެ. ފާރުތަށް ވަނީ ގަދަ ކްރީމް ކުލައިން ޕެއިންޓް ކޮއްލާފައެވެ. އެއްފަރާތުގެ  ފާރު ފަޅުފިލުވާލާފައިވަނީ  އިންޓީރިއަރ ޑިޒައިނަރ އެއްގެ ހުނަރުވެރި ކުރެހުމަކުންނެވެ. އިރުއޮއްސޭ މަންޒަރު ކުރަހާފައި ހުރީރު ޖައްސާފައިވާ މަޑު އޮރެންޖް ކުލައާއި މުށި ކުލައިން  ފަރުނީޗަރު ތަކާއި ފާރާ ވަރަށް ގުޅެއެވެ. . ކުޑަދޮރުގެ ދޮރުފޮތިތައްކަހާލާފައި ވާއިރު އަނެތް ފަރާތުން ފެންނަން އޮތީ އޮއިދެމޭ ރީތި ކޯރެކެވެ. ކޯރުގެ އެއްކޮޅުން އަނެއްކޮޅަށް ޖެހެންދެން އައްސޭރީގައި ހެދިފައިވާ ލެވެންޑަރ މާގަސްތައް ހުރުމުން މަންޒަރު އިތުރަށް ފުރިހަމަ ކޮއްލުމުގައި ކާމިޔާބު ކުރިއެވެ. ދުރުދުރަށްދާންދެން ހެދިފައިވާ ލައިލަކް، މޭޕްލް، އަދި  ޗެރީ ބްލޮސޮމް ފަދަ  ގަސްތައް ހެދިފައި ހުރުމުން ބަލާ ފޫހިނުވާނެހާ ޗާލެވެ. ދުނިޔެމަތީގެ ކަމެއްހެންވެސް ހީނުވެއެވެ. ކުރިމަތިން ފެންނަމުން ދިޔަ ގުދުރަތުގެ ރީތި މިސާލުން ކައިޒީންއަށް އޭނަގެ ބަލީގެ މަތިންވެސް ހިނދުކޮޅަކަށް ހަނދާން ނެތުނު ކަހަލައެވެ. ކުޑަދޮރު ދޮށުގައި ބޭރައް ބަލަން ހުރެވުނީ އާޝޯޙު ވެފައެވެ. ސްތެޗޫއެއްހެން ހުރެ ކައިޒީންގެ ބޮޑުބޮޑު ދެލޮލުން ބޭރު ބަލަން ހުރީރު މައުސޫމްގޮތެއްހުއްޓެވެ. މީހަކު ބަލާ ފޫހިނުވާނެހާ ރީތިކަމެއް ކައިޒީންއަށް ލިބިފައިވެއެވެ.

“ޒީ. ދެން ފަހުންނެންނު ބޭރު ބަލާނި. ޓޮއިލެޓަށް ވަދެފަ ފެންވަރާލާގެން އާދެބަ. އޭރުން އަވަހައް ހޮސްޕިޓަލަށް ދެވޭނި. ދާން އަންނާނަން ތިރީގަ ހުރި މޯލްއަށް ވަދެލާފަ. ސިމެއްވެސް ނަގަން ޖެހޭނެންނު.”  ” އޯކޭ. އެކަމް އޭގެކުރިން ޒީ ބޭނުން އާޔަން އަށް ގުޅާލަން. ކައުންޓަރ ގަ ބުނެލަދީ ވައިފައި ޕާސްވޯރޑް ދޭށޭ. އޭރުން ވައިބަރ އިން ގުޅާލެވޭނެންނު ދޯ”  ކައިޒީން ޑްރެސިންތޭބަލްގެ ކުރިމަތީ ހުރެ ޝޯލްގައި ޖަހާފައިވާ ޕިންތައް ނައްޓަން ފެށިއެވެ.”އޯކޭ. މެސެޖް ކޮއްލާނަން ޕާސްވޯރޑް. ދޮރު ތަޅުލައިގެން ހުންނައްޗޭ ސްވިޓީ”……..

ދާއިން ޕާސްވޯރޑް ބުނެދިނުމުން ކައިޒީން ގުޅާލީ އާޔަންގެ މާމައަށެވެ. ޖާއިން އޭނަ ވަރިކުރިފަހުން އާޔަންއަށް ގުޅަނީ އޭނަގެ މާމަ މެދުވެރިކޮށެވެ. ޖާއިން އޭނައާ ގުޅުން ކަނޑާލާފައިވާތީއެވެ.

3 ވަނަ ރިންގާއެކު ފޯންނެގީ އާޔަންއެވެ.”މަންމީ…” ލައްބަ ދޫނީ. ކީތް ކޮއްލަނީތި؟ ކާފިންތަ؟” ކައިޒީން ލޯތްބާއެކު އަހާލިއެވެ.”ބްލޮކްސް ކުޅެނީ މާމަ އާ އެއްކޮއް. ހްމްމް ކާފިން. މަންމި ކީތްވެތަ އާން ނުލާ ދިޔައީ؟ އާޔަން ށަކުވާކޮއްލީ ކައިޒީނއ އޭނަ ނުލާ ދިޔައީމައެވެ.” މަންމި ބަލި ވީމައޭ ދޫނި ނުގެނެވުނީ. މާމަ ކާރީގައެންނު އާން މިހާރު އުޅެނީވެސް. މަންމި ކާރިއަށް ނާންނާތީ ވަރަށް ސޭޑްވޭ.” ކައިޒީން ހަގީގަތުގައިވެސް އާޔަންދެކެ ވަރަށް ލޯބިވެއެވެ. ޖާއިން އާ ވަކިވިއެއްކަމަކު އެ ލޯތްބަކައް ފަނޑުކަމެއް ނާންނާނެއެވެ.” ޑެޑީ ބުނި މަންމި އާން ދެކެ ވަރަށް ލޯބިވާނޭ. އެކަމް ޓޯކް ނުކުރާށޭ ވެސް ބުނި. މަންމި ނުބުނައްޗޭ އާން ޓޯކް ކުރިއޭ. މަންމި އާ ޑެޑީ އާ ރުޅީތަ؟” އާޔަންގެ ސުވާލުން ކައިޒީންގެ ހިތަށް ބަޔާން ނުކުރެވޭފަދަ އަނިޔާއެއް ލިބުނެވެ. “ނޫން ސްވީޓް ހާރޓް. މަންމި ފަހުން ގުޅާނަން އިނގޭ. ބަސް އަހާގެން ހުންނައްޗޭ. ލަވްޔޫ.” ރޮވެންފެށުމުން ކައިޒީން އެ ކޯލް ކުރުކޮއްލިއެވެ. އެއްވެސް ހާލެއްގަ އާޔަން އަށް އޭން ރޯކަން އަންގާކަށް ބޭނުމެއް ނޫނެވެ. އެކަމުންވެސް އެ ކުޑަ ހިތައް ދެވޭނީ އިތުރު އަނިޔާއެކެވެ. މިހާރުވެސް ވާނެ ވަރު ކުޑައެއްނޫނެވެ. މަންމަ އާއި ބައްޕަ ވަކިވުމަކީ ދަރިންނަށް ލިބޭ ވަރައްބޮޑު ނިކަމެތިކަމެކެވެ. އޭނަ ކިހާ ގޯސް ހެއްޔެވެ. އަނިޔާ މިދެވެނީ އެއްވެސް ކުށެއްނެތަ ފުރާނައަކަށެވެ. ކައިޒީން އަށް އަމިއްލަ ނަފްސު ކުއްވެރި ކުރެވުނެވެ. ނަމަވެސް އިލާހީ ގާނޫނު ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ މީވެސް އިމްތިހާނެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Thiyaa

Level 1

Other Articles

Previous

ކައިޒީން 2

Next

ކައިޒީން 3

Next
November 14, 2018

ކައިޒީން 3

Previews
November 14, 2018

ކައިޒީން 2

10 Comments!

  1. Nunnu says:
    November 14, 2018 at 9:57 pm

    Haadha kurey.. kihineh tha mi vaahaka up vany.. mibuny kn dhuvas thakeh ga hey up kurany. Salhi vaahaka eh

  2. nasee says:
    November 14, 2018 at 10:46 pm

    alhe haadhakureyyy v reethi

  3. Lovely says:
    November 15, 2018 at 12:04 am

    Dhen up kuraabaithah mia vuren dhigukohladheythi v reethi mi vaahaka when is the next part

  4. Thiyaa says:
    November 15, 2018 at 8:45 am

    Thanks all.
    yea.. insha allah next part dhigukohdheynan.
    Nunnu…anehhen vaki date eh ga eh noon adhi up kurany.

  5. Samalhey says:
    November 15, 2018 at 10:35 am

    wowwww vvv reeethi storyyy eh

  6. melon says:
    November 15, 2018 at 10:51 am

    story hama v salhi… keep it up<3

  7. Ishaan says:
    November 15, 2018 at 7:55 pm

    mi part vx vrh reethi

  8. Korean girl says:
    November 15, 2018 at 11:48 pm

    Nice story

  9. Bf says:
    November 17, 2018 at 8:41 am

    Hey luv…. Reethi nge vaahaka…. Konirakun next part up kurany…. I’m curious

  10. M & L says:
    November 22, 2018 at 5:55 pm

    Thiyaa haadha loabi vaahaka ekeyyy. Mashaa Allah. Keep up the amazing work. ?❤

Comments are closed.

Next Episodeކައިޒީން 3←


All Right Reserved!