Skip to content
އެސްފިޔަ

ދޫކޮށްފައި ނުދޭ ލޯބިވާ.. ( 1 )

ފުޅާ ސިޑިން ދުވެލާފައި ކަހަލަ ގޮތަކަށް ފޭބީ ޒުވާން އަންހެން ކުއްޖެކެވެ. ދުނިޔެ މަތީގެ ޕަރީއެއް ފަދައެވެ. ހަންގަނޑު ދޮން ނޫނަސް ކަޅެކޭ ވެސް ނުބުނެވޭނެ އެވެ. ކުޑަ ކޮށް ފަލަ ވިޔަސް ނުލާހިކު ލޯތްބެވެ. ފިޔާތޮށި ކުލައިގެ ތުނި ތުނި ތުންފަތެކެވެ. އެ ކަޅުކަން ގަދަ ލޯ ތޫނު ވެފައި ރީއްޗެވެ. ފިރިހެން ކުއްޖަކު މޮޔަވާހާ ރީތިކަން ގުދުރަތުން ލިބިފައި ވެއެވެ.

” މީޝް.. ބައްޕަ ބުނަމޭނުން ސިޑިން ދުވެފަ ނުފައިބާށޭ.. ދަރިފުޅަށް އަނިޔާ އެއް ވެދާނޭ..” ތަނަވަސް ކަން ބޮޑު ކާގޭގައި އިން މާއިން ބުނެލިއެވެ. ” ބައްޕާ.. މީޝް ކޮލެޖަށް ދާން ލަސްވާތީއޭ.. މިހާރު ޒައިން ވެސް އަންނާނެ..” ” އަވަހަށް ދޭ.. އެ އައީ ކަންނޭނގެ..” ބަރުގަނޑެއްގެ އަޑު އިވުމުން މިޝްޔާގެ ބޮލުގައި ފިރުމާލާފައި މިޝްޔާގެ މަންމަ މިންހާ ބުނެލިއެވެ. ” ބާއި މަމް.. ބާއި ޑޭޑް..” ދަބަސް ކޮނޑުގައި އަޅުވާލާފައި މިޝްޔާ އިއްވާލިއެވެ.

މަގުމައްޗަށް ނިކުތް އިރު ސައިކަލުގައި ލައްގަނެލައިގެން ހުރީ ޒުވާން ފިރިހެން ކުއްޖެކެވެ. ތޫނު ދެލޮލެވެ. ހިތްކަތިލާ ފަދަ ހިނިތުންވުމަކާއި ބައިމަތި ފުޅާ ހަށިގަނޑެއްގެ ވެރިއެކެވެ. ފިރިހެން ވަންތަ ކަމުގެ އިންތިހާއެވެ. މިޝްޔާ ފެނުމުން ޒުވާނާ ގޮވާލީ އެހެން މީހުން އޭނާ އަށް ނުގޮވާ ނަމަކުންނެވެ. ” މިޝޫ.. ހާދަ ރީއްޗެވެ..” ” ހެހެ.. ޒިން ވެސް… ދެންވެސް ހިނގާ އަވަހަށް.. ގަޑި ޖެހެނީ..” ބާރު ސްޕީޑުގައި ޒައިން ދުއްވާލުމުން މިޝްޔާ ހީލާފައި މަޑުމަޑުން ޒައިންގެ އުނަގަނޑުގައި ހިފަހައްޓާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (5)

  1. Aana

    Masha allah mih part vax varah reethi ? whn next part. Waiting……..

  2. Sheez

    Wow! Nice feshun masha Allah ???????
    Waiting for next part ?????????

  3. Gud❤

    Wow.. vrh reethi vaanehn heevey..

  4. Maaii

    thank u.. i knw ingey kurukan.. second part im trying miadhu up kohdhevey tho.. lots of luv..
    -maaii-

  5. Een

    V reethi 🙂 …. keep updating regularly ehen noony vaahaka mathin foohivaane…

Comments are closed.