Skip to content
އެސްފިޔަ

އެހެނަސް…(13)

ރޭގަނޑު ނިދަން އޮށޯވެގެން އޮވެ މަލާކް ވިސްނަމުން ދިިޔައީ މިއަދު ފެނުނު ޒުވާނާއާ މެދުގައެވެ. އެއީ އަލޫކަށް ވެދާނެބާއެވެ؟ އެކަމު މިރަށަށް އަލޫކް އަޢީ ކީއްވެބާއެވެ؟ އޭނާ ހޯދަން އައީބާއެވެ؟ އެންމެފަހުން ސުވާލުތަކުން ސިކުނޑި ތޮއްޖެހެން ފެށުމުން މަލާކް ފޯނުނެގިއެވެ. ހެނދުނު މޫދަށް ގޮސް ނެގި ފޮޓޯތައް ބަލަމުން ބޭކާރު އެއްޗެހި ޑިލީޓުކުރަމުން ދިޔައެވެ. މާޒް ޖެއްސުމަށްކިރި ކަންތައް ފަޅާއެރުމުން މާޒްއަށް ބޮނޑިއެއް ދޭން ދާން ހިތަށްއަރާ، އެނދުން ތެދުވުމަށްފަހު ދެތިން ފޮޓޯ ސްވައިޕް ކޮށްލި ތަނުން އެސެލްފީ ތަކުތެރެއިން ސެލްފީ އެއްގައި މާޒްގެ ފަހަތުން ފޮޓޮއަށް އަރާފައިހުރި ޒުވާނާ މަލާކްގެ ލޮލުގައި އަޅައިގަތެވެެ. ހިތްއަވަސްކަމާއެކު ފޮޓޯ ޒޫމްކޮށްލަމުން މަލާކް ފަރުވާތެރި ކަމާއެކު ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. މިއީ އެޑިޓެއް ބާއެވެ؟ މިހެން މިކަން ވެދާނެ ބާއެވެ؟

 

މަލާކަށް ހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ. ނޭވާވެސް ލެވޭ ހެނެއް ހިޔެއްނުވެއެވެ. އެއީ ހަމަ އަލޫކެވެ. އަނެއްކާ އަލޫކާއި ވައްތަރު އެހާ ގިނަމީހުންވެސް އުޅެނީ ބާއެވެ؟

 

ހޮލިޑޭ ހޯމް ކެލާ ގެސްޓް ހައުސް’ގެ ބެލްކަނީގައި އަލޫކް ހުއްޓިލައިގެން ހުރި އިރު މޫނުމަތީގައި އެއްވެސް ދިރުމެއްނެތެވެ. މިއޮއް ބޮޑު ރަށުން އޭނާ މަލާކް ހޯދާނީ ކިހިނެއް ހެއްޔެވެ؟ މީހަކު ގާތުގައި އަހައިފިނަމަ އެމީހުން އަނެއްކާ ހީކުރާނީ ކީކޭ ހެއްޔެވެ؟

 

ޖީބުގައިއޮތް ފޯނު ރިންގުވާންފެށުމުން އަލޫކް ޖީބުން ފޯނުނަގައި ސްކްރީނަށް ނަޒަރު ހިންގާލިއެވެ. ފޯނުނަގާ ކަންފަތުގައި ޖައްސާލިއެވެ. “ނޫނޭ..މިހުރީ ރާއްޖެއަށް އައިސް..” “ބޮޑުކަމަކުތަ؟” “ނޫނޭ..މިދެންހަމަ..އަ..އަނެއްހެން މާބޮޑުކަމަކުނޫން.” ދެމީހުންވެސް ވާހަކަދެއްކީ ސާފު ދިވެހި ބަހުންނެވެ. އެތައްއިރަކު ފޯނުގައި ހުރުމަށްފަހު، އަލޫކް އޭނާ ހިފާފައިވާ ކޮޓަރިޔާ ދިމާލަށްދާން މިސްރާބުޖެހިއެވެ.

 

އެނދުގެ ސައިޑް ޓޭބަލްމަތީގައި ފޯނު ބޭއްވުމަށްފަހު ވިލާދާ ގޮސް ހުއްޓުނީ އަލަމާރި ކައިރީގައެވެ. އަލަމާރީގެ ތަޅުލާބައިން ނެގި ފޮޓޯ އަލްބަމެއް ހިފައިގެން އައިސް އެނދުގައި އިށީނދެ ހުޅުވާލިއެވެ. އަލްބަމުގައި އިން އަލޫކާއި ވިލާދާގެ ފޮޓޮއަކަށް ނަޒަރުހިންގާލައިގެން އިންއިރު އޭނާގެ މޫނުމަތީގައި ވަނީ ފުންމާނައެކެވެ.

 

މަލާކްއަށް ހޭވެރިކަމެއްވީ ފޯނު ރިންގުވާން ފެށުމުންނެވެ. ތެޅިތެޅި ގަނެފައި ފޯނު ނެގިއިރު ކާކުތޯ ފުރަތަަމަ ބަލާލަންވެސް ހަނދާނެއް ނެތެވެ. “ހަލޯ؟” “ހަލޯ..މަލާ.. އިޓްސް މީ ނުހާއޭ..ރަށުގަ މިހުރީ. އަސްލު ވާހަކައެއް ބުނަން މިގުޅީ..” “ނުހާ؟ކިހިނެއް؟ޔާ..އޯކޭ..ބުނެބަ..” މަލާކް ޝައުގުވެރިވެލަމުން އަހާލިއެވެ. “މަލާކް ރާއްޖެއަށް ދިޔަފަހުން އަލޫކް އައި މަލާކް ހޯދަން..އެންޑް އައި ކައިންޑަ ޓޯލްޑް ހިމް ތިރަށާ އެއްޗެހި..ސޮރީ..އައި ނޯ ޔޫ ވޯންޓް އަ ބްރޭކް އެކަމު މަލާ..ހީ ވޯޒް ޑެސްޕެރެޓް.” “ހޭ..ހޭ؟ ޑޯންޓް ބީ ސޮރީ..ދެޓް އެކްސްޕްލެއިންސް އަ ލޮޓް އެކްޗުއަލީ..” ކުޑަ ގޮތަކަށް ވެގެން އުޅޭ ގޮތް ކިޔައިދީފަ މަލާކް ފޯނުކަނޑާލިއެވެ. ދެން އަވަސް އަވަހަށް އިންސްޓަގްރާމަށް ލޮގިން ވެލުމަށްފަހު އަލޫކްގެ ޕްރޮފައިލްއަށް ވަދެ ފީޑް ހާވާލިއެވެ. ހޯދަންއުޅޭ އެއްވެސް މަޢުލޫމާތެއް ލިބޭ ކަހަލަ ޕޯސްޓެއް ނުފެނުމުން ފޯނު ބާއްވަން އުޅެފައި އަލޫކްގެ ހައިލައިޓްސް ބަލާލިއެވެ. “ގުޑް ޓު ބީ ބެކް ޓު މޯލްޑިވްސް އާފްޓަރ އޭޖެސް..ގުޑް މޯރނިންގް.” އެއީ ހަމަ ކެލާގެ ފޮޓޯއެކެވެ.

 

މަލާކްހުރީ ގަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ އަލޫކްކަން މިހާރު ޔަޤީނެވެ. ފުންވިސްނުމެއްގައި އިންދާ މަލާކްގެ ފޯނު ވައިބްރޭޓް ވިއެވެ. “ގުޑްނައިޓް..ވަރަށް ހޯދިންދޯ؟” މެސްޖުގައި ވަނީ އެހެންނެވެ. މަލާކްގެ ހިތްތެޅިގަތެވެ. އެއީ އަނެއްކާ އަލޫކްގެ ރާއްޖެ ނަންބަރުބާއެވެ؟ “ގުޑްނައިޓް..އެކަމު ނޭނގުނު ތީ ކާކު ކަމެއް” “ހެހެ..ގެސް؟ދެން އޯކޭ..ހީކޮށްލަ ފްރެންޑެއްކަމަށް..” އިރުކޮޅަކުން ރިޕްލައި އައެވެ. އެއާއެކު މަލާކްއަށް ނިދީގެ މަތިން މުޅިން ހަނދާންނެތުނެވެ. ނަމަވެސް އޭގެފަހުން މަަލާކް ކުރި މެސެޖުތަކަކަށް އެކޮޅުން ރިޕްލައިއެއް ނާދެއެވެ.

 

“މަލާކް!” މަލާކްގެ ނަމުން ގޮވާލިއަޑަށް އޭނާ ފަސްއެނބުރި ބަލާލިއެވެ. “ޒާހިލް!! ރަށަށް އެރީމަ ނުވެސް ފެނެއެއްނު..އެކަމް ރަށަށް ގޮސް ކުރާނެ ކަންތައް ރޭވިއިރު ހީވަނީ އެހެންފަދަ ކަމެއްހެން..” “ހެހެ..ދެން އެހެންވެސް ވާނެދޯ..މިއަދު ހަވީރު ފްރީތަ؟” ޒާހިލް ނިކުތީ ފިހާރައަކުންނެވެ. “ޔާ..އަނެއްހެން ފްރީ..ކިހިނެއްވީ؟” “މިއުޅެނީ ފަރަށްދާން.. މަލާކް ބޭނުމިއްޔާ ކޮއްކޮމެން ކޮޅެއް ގޮވައިން އާދެ ބަނދަރަށް..” ކަނޑުނޫ ކުލައިގެ އަތްދިގު ޓީޝާޓަކާއި ބްރައުންކުލައިގެ ސޯޓެއްގައި ޒާހިލް ފެންނަލެއް ނުހަނު ރީއްޗެވެ. ޒާހިލްގެ އެންމެ ނަޒަރަކުންވެސް އެތައް އަންހެން ކުދިންނެއްގެ ހިތްތައް ކަތިލެވިގެން ދާނެއެވެ. އެހާވެސް ތޫނު ބެލުމެކެވެ. ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް މަލާކްގެ ނަފްސު ކޮންޓްރޯލް ނުވެގެން ޒާހިލްގެ ރީތިކަމާ ދޭތެރޭގައި ވިސްނާލެވުނެވެ.

 

ހަވީރުގެ ވަގުތެވެ. ކަނޑުގައި ހީވަނީ ސާލެއް ފަތުރާލައިފައި ވާހެންނެވެ. އެންމެ ރާޅު ބާންޏެއްވެސް ނެތެވެ. ޒާހިލްގެ ރަހުމަތްތެރިއެއް ކަަމަށްވާ މަޒީންގެ ބައްޕަގެ ޑިންގީ އޮތީ އެމީހުން ފަރާ ހަމަޔަށް ‘ޑްރޮޕް’ ކޮށްލަދޭން އައިހެވެ. ދަތުރުގައި ޒާހިލްއާއި މަޒީންގެ އިތުރުން ޒާހިލްގެ ތިމާގެ ކުދިންކޮޅެއްބައިވެރިވެއެވެ. ދެން ދަނީ މަލާކްއާއި އަފާގެ އިތުރުން މާޒެވެ.

 

ހަނދައަޅާ ގޯނިތަކާއި ހިނގަން ފަސޭހައަކަށް ގެންދާ ދަނޑިބުރިތައް ޑިންގީއަށް ލުމަށްފަހު ދެތިން ބޯފެންފުޅިވެސް ލިއެވެ. އޭގެ ފަހުން ފަހަރަކު މީހަކު ޑިންގީއަށް އަރަން ފެށިއެވެ. ދުއްވަން ހުރީ މަޒީންގެ ބައްޕަ މޫސައެވެ. މަލާކްވެސް ޑިންގީއަށް އަރަން އުޅެފައި ފަހަތުން ސައިކަލެއްގެ އަޑު އިވުމުން ބަލާލިއެވެ. ފަހަރުގައިވެސް ކަމަކަށް އުންމީދު ކޮށްގެނެއް ނޫނެވެ. ނަމަވެސް އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ޑިންގީއަށް އަރަން ލައިގެން ހުރި ފަައި ކައްސާލިއެވެ.

 

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (7)

  1. Kitty

    Story is awsm. When is next part?? N exams nimuny tha??

    1. Zelll
      Kitty

      Yes mi nimuny hama. 31st ga. ekam adhi graduation and stuff ebboii. bussiness kudhinn nunimey. zelll science vyma nimunyy? ? ?thankyouu kitty

  2. Kitty

    N me first dhw. Looking forward to bthe next part ❤️❤️

    1. Zelll
      Kitty

      yes you first dear, congratulations? ? ?

  3. unique

    alhey mi vaahaka its sooooo nice dhuvahakuvx foohinuvey ehaavx loabi……
    alhey waiting for next part aslu no words for this story
    curious to read next part
    just love it
    missed u zal

    1. Zelll
      unique

      ? ? ?? ? ?? ? ?? ? ?? ? ?

  4. Zal

    Thanks everyone❤. Very soon next part ingey inshaallah❤. Alhey loabi comments dhw, thankyou for that, you readers are the reason I could keep writing it aslu?

Comments are closed.