Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަންޒިލް ތިއޭ މި ހިތް އެދޭ (8)

Nashy Level 110 Stories
November 2, 2018 5 Mins Read
12 Comments

އައިހަމް ސައިކަލް ދުއްވަމުން ދިޔައީ އޭގެ އެންމެ ބާރު ދުވެލީގައެވެ. މާލޭގެ ކާރޫ ބާރޫ ބޮޑު މަގުތައް މަތިން ދުއްވަމުން ދާއިރު އިތުރު އެއްވެސް އެއްޗެއް ނުފެންނަކަހަލައެވެ. އަރީން އިނީ ބިރުން ވިރިވިރި އެވެ. ކުރިމަތިން އަންނަ ބޮޑެތި ޕިކަޕާ ލޮރީ ތަކުން ސަލާމަތްވެވެނީވެސް ކިރި ކިރިޔާއެވެ. ނަމަވެސް އައިހަމް އަކާއި އެއްބާރުމިނެއްގައި ގޯޅިއަކުން ނުކުތް ސައިކަލުން މިފަހަރަކު ސަލާމަތެއް ނުވެވުނެވެ.
*****
އަރީން ހޭއެރި އިރު އޮތީ ހޮސްޕިޓަލުގައެވެ.
” ކާކު އަހަރެން މިތަނަށް ގެނައީ؟” އަރީން ކުރިމަތީގައި ހުރި ނަރުސް ކުއްޖާ ފެނުމުން ހައިރާންވެފަ ސުވާލުކުރިއެވެ. ބޮލަށް އަރަމުން ދިޔަ ތަދު އިހްސާސް ކުރެވެންފެށުމުން ވީގޮތް ހަދާނަށް އަންނަމުން ދިޔައެވެ. އޭނާ އަވަސް އަވަހަށް އެދުން ތެދުވަން އުޅުނެވެ. އެކަން ހުއްޓުވީ ނަރުސް ކުއްޖާއެވެ. އޭރު މަންމައާ ބައްޕަވެސް އެކޮޓައަށް ވަންނަނީއެވެ. މަންމަ އަށް އަރީން ފެނުމާއެކު މަގޭ ދަރިފުޅާއޭ ކިޔައި އޮޅުލައި ގަނެވިއްޖެއެވެ.
“ކޮބާ އައިހަމް؟؟؟ ” ކަންވީގޮތް ހަދާނަށް އަންނަން ފެށުމުން ފުރަތަމަވެސް އަހާލެވުނީ އައިހަމްގެ ވާހަކަ އެވެ. އެއްވެސް މީހަކު އަރީންގެ އެ ސުވާލަކަށް ޖަވާބެއް ނުދިނެވެ. މާހައުލަށްވެރިވެފައިވަނީ ހަމަހިމޭންކަމެވެ. މަންމައާ ބައްޕާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. އައިހަމް ކެޑިނޭޅި ސުވާލުތައް ކުރަމުން ދިޔައެވެ.
އެސުވާލުތަކަށް މަންމައަށް ޖަވާބު ދޭކަށް ނުކުރެނުވެ. ދަރިފުޅު މިހާލުގައި އޮށްވަ އެންމެ ގާތް ރަހްމަތްތެރިޔާގެ މަރުގެ ހަބަރު ދޭނީ ކިހިނެއް ހެއްޔެވެ؟ ދަރިފުުޅު ގައިގަ އަޅަމުންދާ ވޭނުގެ އިހްސާސް މަންމަ އަށް ކުރެވެއެވެ. އެ ވޭނުގެ ތެރެޔަށް އިތުރު ހިތާމައެއް ވެރިކުރުވަން މަންމަ ބޭނުނުމެއް ނޫނެވެ. ނަމަވެސް ބައްޕަގެ ބުއްދިވެރި ސިކުނޑި އެކަމަކާ އެއްބަހެއް ނުވިއެވެ. ދަރިފުޅަށް ވާނުވާ ނޭނގޭ ހިނދެއްގައި އޭނާގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އޭރުން ދަރިފުޅު ވެއްޓިގެން ދާނީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށެވެ.
” އައިހަމް މިދުނިޔެއަކު ނެތް..” ބައްޕަ ވަރަށް ވިސްނަން ހުރެފައި ހަގީގަތް ހާމަ ކޮށްދިނެވެ.
” ނުވާނެ އެހެނެއް” އަރީންއަކަށް ޤަބޫލެއް ނުކުރެވުނެވެ. އަރީން ހީވަނީ މޮޔަވެފަ ހުރި މީހެއްހެނެވެ. އެތަނުން ބޭރަށް ނުކުންނަން ވަރަށް މަސައްކަތް ކޮށްފިއެވެ. ބައްޕަ ކެތްތެރިވުމަށް ނަސޭހަތްދެމުންދިޔައެވެ.
އަރީންނަށް އަދިވެސް ހުރީ އެކަން ޤަބޫލު ކުރަން ބޭނުން ނުވެފައެވެ. ނަަމަވެސް އެމީހެއްގެ އަޖަލު ހަމަވުމުން އެމީހަކު ގެންދަވައެވެ. ކިތަންމެ ބޮޑެތި ހުވަފެންތަކެއް ދުނިޔޭގެ ހަޔާތުގައި ދެކުނުކަމުގައި ވިޔަސް މަރު އައިސް އެމީހަކު ގެންދެއެވެ.
އައިހަމް ރާއްޖެއައީ ހާދަ ފޮނި އުންމީދުތަކަކާއިއެކުއެވެ. ދަތުރު ކުރަމުން ދިޔައީ އޭނާގެ މަންޒިލާއި ހަމައަށް ވާސިލްވެވޭތޯއެވެ. އެހެންނަމަވެސް މަރު އައިސް އެގެންދިޔައީ މަންޒިލަށް ދާންވީ މިސްރާބު ނުލާހިކު ސާުފުކޮށް އެގެން އޮއްވަައެވެ. މިދުނިޔެއާއި ވަކިވެގެން އެދިޔައީ އޭނާގެ އެއްވެސް ހުވަފެނެއް ހާސިލްނުވެއެވެ. ދިރިތިބީންނަށް މިއީ އިބްރަތެކެވެ. ޔަގީންކަމާއެކީ އެންމެނަށްވެސް ބުނެވެން އޮތް އެއްޗަކީ މަރުވާނެކަމެވެ. އެކަަކަށްވެސް ނޭގެނީ މަރުވާނީ ކޮންވަގުތަކުކަމެވެ.
****
އައިހަމް ދުނިޔެދޫކޮށް ދިޔަފަހުން ދުވަސްތަކެއް ފާއިތުވެއްޖެއެވެ. ރަހްމަތްތެރިޔާގެ ވަކިވެ ދިޔުން ވީ ވަރަށް ބޮޑު ހިތާމައަކަށެވެ. އެއީ އެންމެ ކުޑަ އިރުއްސުރެން މިއަދާ ހަމައަށް ވެސް އެކުގައި އުޅުނު އެކުވެރިޔާއެވެ. އެއީ ތެދުވެރި ވަފާތެރި އެކުވެރިޔެކެވެ. އެކަނިވެރި ވަގުތުތަކުގައި މުނިފޫހިފިލުވައިދިނެވެ. އަރީނަށް ލިބޭ ހިތާމަތަށް އެއީ އޭނާއަށްވެސް ލިބުނު ހިތާމައެއް ކަމުގައި ދެކުނެވެ. މިއަދު އަރީންގެ ހަޔާތުން އަގުހުރި އެއްޗެއް ބީވެއްޖެކަމުގެ އިހްސާސް ކުރެވެއެވެ. އަރީން ދިރިހުރިހާ ދުވަހަކު އައިމަން މަތިން ހަދާން ކުރާނެއެވެ. އޭނާ ކުރާ ކޮންމެ ދުޢާއެއްގައި އައިމަންގެ ނަން ޝާމިލް ކުރާނެްެއެވެ.
*****
އަރީންގެ ކިޔެވުން ފެށިއްޖެއެވެ. މިއަދު އަރީން އެބުރި އޮސްޓްރޭލިޔާއަށް އަންނަން މި ޖެހުނީ އެކަންޏެވެ. ކޮޓަރިއަށް ވަދެވުމާއެކު އައިހަމްގެ ހަދާންތައް އާވާން ފެށިއެވެ. ފާރުގެ އެތަން މިތާގައި ހިއްޕާފައިވާ ދުވަސްވީ ގެއެއްގެ ފޮޓޯތައް ފެނުމުންނެވެ. ކުއްލިއަކަށް އަރީންގެ ނަޒަރު ގޮސް ހުއްޓުނީ އައިހަމްގެ ކަބަޑު ދޮރުފަތުގައި ހިއްޕާފައިވާ ފޮޓޯގައެވެ. އައިޝަތުގެ ތަސްވީރެވެ. އަރީން ވަރަށް ގިނަ އިރު ވަންދެން އެ ފޮޓޯ އާއި ދިމާލަށް ބަލަން ހުއްޓެވެ. އައިމަން ވަކިވެގެން އެ ދިޔައީ މި އަންހެން ކުއްޖާ ކުރިމަތިން ފޮޓޯއެއް ނަގާނެ ފުރުސަތު ނުލިބިއެވެ. އަރީންގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން އެ ފޮޓޯ އެތަނުން ނަގާަ ކަބަޑުތެރެއަށްލާ ފޮރުވިއެވެ.
*****
ދުވަސްތައް ފާއިތު ވަމުންދެއެވެ. އައިރާގެ ދިރިއުޅުން މިހާރު ކުރިއަށްވުރެން ފަސޭހައެވެ. އީރާވެސަ މިހާރު އެހުރީ އަމިއްލައަށް ކަންކަން ކުރެވޭ ވަރުވެފައެވެ. އައިރާގެ މިހާރުގެ ހުރިހާވެސް ކަންބޮޑުވުމަކީ މަންމަގެ ބަލިހާލެވެ. މަންމަގެ ބަލިވެސް ދުވަސްވަމުން ދިޔަވަރަކަށް އަންނަނީ ބޮޑުވަމުންނެވެ. ކެއްސާވަރުން ނުނިދޭރޭރޭވެސް ދެއެވެ.
” އައިރާ ނުވޭތަ އަދިވެސް މީހަކާ އިންނާކަށް ” ފާތުމަ އައިރާ ކައިރީގަ އިށީންނަމުން ބުންޏެވެ.
އައިރާ އިނީ މަަންމަ އަށް ސައިދޭށެވެ. މަންމަވެސް އޮތީ އައިރާ ދޭނެ ޖަވާބެްްއްގެ އިންތިޒާރުގައެވެ. އައިރާ ރަށުން ރަގަޅު މީހަކާކައިވެނި ކުރުމަކީ މަންމަ މިހާރު ދެކެންބޭނުންވާ ދުވަހެވެ
ފާތުމަގެ އެ ސުވާލަށް އައިރާ އެއްވެސް އެްްއްޗެކޭ ނުބުންޏެވެ.
” އޭރުން އައިރާގެ ތި އުޅޭ ހާލުގަވެސް އުޅޭކަށް ނުޖެހޭނެ އެންނު.. އައިރާ އެކަނިމާ އެކަނި އާއިލާ ބަލަހައްޓަމުން ތި އުޅޭ ދިރިއުޅުން ފެނިފަ އަހަރެން ވަރަށް ދެރަވޭ” އައިރާ ދެންވެސް އެއްޗެކޭ ނުބުނެ ހުރީ އެވެ. މާޒީގައި ކުރެވުނު ތަޖުރިބާ އޭނާގެ ހިތަކުން އަދިވެސް ފިލާނުދެއެވެ.
ފާތުމަގެ އެއްވެސް ސުވާލަކަށް ޖަވާބު ނުލިބުމުން އޭނަޔަށް ޖެހުނީ މައުޟޫ ބަދަލު ކޮށްލާށެވެ. އެކަމަކު އޭނަ އަދި އެވާހަކަ ދައްކާނެއެވެ. އައިރާގެ ވިސްނުން ބަދަލު ކުރަން މަސައްކަތް ކުރާނެއެވެ.
****
މިއަދަކީ އަރީން އަންނަދުވަހެވެ. މިހާރު އެއީ ޑޮކްޓަރެކެވެ. ކުރިއަށް އޮތްތާގައި އޭނާ ހުންނާނީ ޤައުމަށް ހިދުމަތް ކޮށްދިނުމުގައެވެ. އަރީންގެ މަަަންމަ ނާސިހާ ތައްޔާރު ވަމުން އެދަނީ ދަރިފުޅު އަންނާނެ އިރަކަށެވެ. މުޅި ގެ ވަނީ އަރީނަށް ޓަކައި ޒީނަތްތެރިކުރެވިފައެވެ. ނާސިހާގެ ރަަހްމަތްތެރިންވެސް އެކަމުގައި އެހީތެރިވެދިނެވެ. ހާއްސަކޮށް އެ އާއިލާގެ އެންމެ ގާތް އެކުވެރިޔާ ޒަކަރިއްޔާގެ ދަރިފުޅު މީރާއެވެ. މީރާވެސް ކިޔަވާ ނިންމުމަށް ފަހު ރާއްޖެ އެއައީ އިހަކަށްދުވަހެވެ. އެހެންކަމުން މީރާއަށް އަރީން ނުފެނިވަނީ އެތައްދުވަހެއްވެފައެވެ.
“އަރީންނަށް އަހަރެން ފެނުަނީމަ އެގޭނެބާ” މީރާ ވާހަކަ ދައްކަމުން ދިޔައީ ނާސިހާއާއެވެ.
“ކީއްވެތަ ނޭގެންވީ ތިކުދިން ކިތަންމެ ދުރުގަ ހުއްޓަސް ވާހަކަ ދައްކަމެއްނުން. ފޮޓޯވެސް ފެންނާނެ އެންނުން” ނާސިހާ ވަރަށް ލޯބިން ބުންޏެވެ. ނާސިހާ މީރާއާއި ދޭތެރޭ ދެކެނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. މީރާ ލަންކާއަށް ފޮނުވައި ކިޔަވައިދީފައި އެހުރީ ނާސިހާމެންނެވެ.
” ފޮޓޯއާ އަސްލު ފެންނަގޮތް ވަރަށް ތަފާތުވާނެ”މީރާ ހުރީ ސިޓިންގ ރޫމްގަ އިން އަރީންގެ ފޮޓޯއަށް ބަލަހައްޓައިގެންނެވެ.
“އާނ. ތިގޮތަށް ދެކޮލުގަ ފުށްޖަހާފަ ތުންފަތުގަ ތިވަރަށް ކުލަޖައްސާފަ ހުންނަ ކުދިންގެ ފޮޓޯއާއި އަސްލު ވަރަށް ތަފާތުވާނެ” ނާސިހާ މީރާއާ ސަމާސާ ކޮށްލިއެވެ.
ނާސިހާގެ އެ ސަމާސާ މީރާއަކަށް ކަމަކު ނުދިޔައެވެ. އޭނާ ބެލީ އެއީ ކޮށްލި މަލާމާތެްްއްގެ ގޮތުގައެވެ. އެހެންަނަމަވެސް އޭނާ އެކަމެއް ނުދައްކައެވެ. އަރީންގެ މަަންމައާއި ގުޅިގެން އުޅުނު ވަރަކުން ނޫނީ އޭނާގެ އުއްމީދުތައް ހާސިލް ނުވާނެކަން މީރާއަށް އެގެއެވެ.
މީރާ މިވޭތުވެދިޔަ ދުވަސްތަކުގައި އަރީންނާއި ގާތްގުޅުމެއް އުފެއްދޭތޯ ވަރަށް މަސައްކަތްކޮށްފިއެވެ. ކޮންމެ ދުވަހަކު އެތައް މެސެޖު ތަކެއް ފޮނުވައެވެ. އެހެންނަމަވެސް އަރީން އެންމެ ބޮޑުވަރަކަށްވެސް އަހާލަނީ އޭނާގެ ހާލެވެ.
މީރާއާއި ގުޅުން އޮންނަ އެތައް ބައިވަރު ފިރެހެންކުދިންނެއް އޮވެއެވެ. އެއެންމެންވެސް ތިބެނީ މީރާއާހެދި މޮޔަވެފައެވެ. އޭނާގެ ރީތިކަމުގެ މަޅީގައި އެ ޒުވާނުންނެްއް ދިޔައީ ޖައްސަމުންނެވެ. އެންމެ ފަހުން އެއިން ކޮންމެ މީހަކާވެސް ވަކިވަނީ އެމީހުންގެ ހިތް ހަލާކު ކޮށްލާފައެވެ. އެއީ މީރާއަށް ލިބޭ އުފަލެކެވެ. އޭނާ ދެކޭގޮތުގައި މުނިފޫހިފިލުވައި ހުސްވަގުތު ފުރަން އެއަށްވުރެން މޮޅުކަމެއް ނޯންނާނެއެވެ.
ދާއިމީގޮތަކަށް އޭނާގެ ހަޔާތައް ގެންނަން ބޭނުންވަނީ ރީތިކަމާއި އެއްވަރަށް މުއްސަނދިކަން ލިބިފައިވާ މީހެކެވެ. އެހުރިހާ ޝަރުތުތަކެއް ހުރީ އަރީންގެއެވެ. އަރީން ހޯދަން ކުރެވެން އޮތްހާކަމެއް އޭނާ ކުރާނެއެވެ.
****
އަރީން ރާއްޖެ އަތުވެއްޖެއެވެ. އަރީންގެ އިސްތިގްބާލުގައި އެއާޕޯޓުގައި މަންމަ އާއި ބައްޕަގެ އިތުރުން ދެން ހުރީ މީރާއެވެ. މީރާ އައިސް ހުރީ ވަރަށް ނަލަހެދިގެންނެވެ. އެވަގުުުތު އެތަނުގައި ތިބިހާ ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ އޭނާއަށެވެ. މީރާ ފެނިފައި ފުރަތަމަ ނަޒަރުނަވެސް އަރީންގެ ހިތް މީރާއަށް ދޭނެކަމަށް ހުރީ ވަރަށް ޔަޤީން ކޮށްގެންނެވެ.
**
މަންމައާއި ބައްޕަ ފެނުމުން އަރީންގެ ހިތް އުފަލުން މޮޔަވިކަހަލައެވެ. މައިން ބަފައިން ނުފެނި ޤައުމުންވެސް ބޭރުގައި އެ ހޭދަކުރާ ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއް ނޫނެވެ. މަންމައާއި ބައްޕަ ފެނުމުން ވީ އުފަލުން ކައިރީގަ އެހެން މީހަކު ހުރި ކަމެއްވެސް އަރީނަކަށް ނޭގެއެވެ.
” މި ހުރީ މީރާ” މަންމަ މީރާއަށް އިޝާރާތްކޮށްލާފަ ބުންޏެވެ.
އަރީން މީރާއާއި ދިމާއަށް ބަލާލާފަ ހީލިއެވެ.
ދަނޑިވަޅަކަށް ބަލަބަލާ ހުރި މީރާ ކުރިޔަށް ޖެހިލާފައި އަތުގައި އޮތް މާ ބޮނޑި ދިއްކޮށްލިއެވެ. މީރާ ދިއްކޮށްލި މާބޮނޑީގައި އަރީން ހިފީ ހިނިތުންވެލަމުންނެވެ.
***
އަރީން ރާއްޖެއައިސް މާގިނަދުވަސްތަކެއް ނުވެ އަރީންގެ ހިދުމަތް މީހުންނަށް ފޯރުކޮށްދޭން ފަށައިފިއެވެ. ދުވަހުގެ ބޮޑު ބައެއް ހޭދަ ކުރަނީ ބަލިމީހުންނަށް ފަރުވާ ކޮަށްދިނުމަގައެވެ. އެއީ ހިތްހެޔޮ އޯގާތެރި ޑޮކްޓަރެކެވެ. މީހުންގެ މެދުގައި ޑޮކްޓަރ އަރީންގެ މަޤްބޫލުކަން ވަރަށް ބޮޑެވެ. އަރީން އަށް ނޫނީ ނުދައްކަންވެގެން އެ ހޮސްޕިޓަލަށް ދާ ބަލިމީހުން އިތުރުވެްްއްޖެއެވެ. ބަލިމީހުންގެ ފަރާތުން އެ އިވޭ ޝުކުރުގެ ބަސްތަކަކީ އަރީނަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
***
މިހާރު މީރާ އަބަދުހެން އުޅެނީ އަރީންގޭގައެވެ. އަރީން މަންމަ ކުރާ ހުރިހާކަމެްްއްގައި ބައިވެރިވެއެވެ. ހާއްސަކޮށް މަންމަ ހައްދާ ގަސްތަކަށް ހާއްސަ ފަރުވާތެރިކަމެްްއް ބަހައްޓައެވެ. އަރީންގެ އާއިލާ ކިތަންމެ މުއްސަންޖަސް ނޯކަރެއް ނުގެންގުޅެއެވެ. ހުރިހާ މަސައްކަތެއް ކުރަނީ މަންމަ އެކަންޏެވެ. ދަރިފުޅާއި ފިރިމީހާގެ ކަންތައްތައް އެހެންމީހަކު ލައްވާ ކުރުވުމަކީ އޭނަ ބޭނުންވާކަމެްްއް ނޫނެވެ. މީރާއަށް މިގޭގެ އެންމެ ކަމުނުދާކަމަކީ އެއީއެވެ. ނުލާހިކު އަރާމާ އުފަލުގަ އަތުންފައިން ކަމެްްއް ނުކޮށް އުޅެވެން އޮށްވަވެސް ބުރަ މަސައްކަތުގަ އުޅެންޖެހޭތީއެވެ. އެކަމަކު އަހަރެންނަށް އަރީން ލިބިއްޖެއްޔާ މި ހުރިހާ ކަމެްްއް ބަދަލުކޮަށްލާނަމެވެ. މީރާގެ ހިތައް އަރަމުން ދިޔައެވެ. މީރާ އެ އިންތިޒާރު ކުރަނީ އެދުވަހަކަށެވެ.
މީރާ މިހާރު އެދައްކާ މުރާލިކަމާއި ހީވާގި ކަމުން އެދައްކާ ދަޅަތަކަށް ނާސިހާ ހެެއްލެމުން ދިޔައެވެ. އޭނާގެ ދަރިފުޅަށް އެންމެ އެކަށީގެންވަނީ މީރާކަމަށް ނިންމައިފިއެވެ.
***
ރޭދުވާ ފާއިތުވަމުންދަނީ ވަރަށް އަވަހަށެވެ. މީރާއާއި އަރީންއާ ދެމެދު އެކުވެރިކަމުގެ ގުޅުމެއް އުފެދިއްޖެއެވެ. މީރާ ދައްކަމުންދާ ހިތްހެޔޮކަމާއި މަންމައަށް އެވެދޭ އެހީތައް ފެނުމުންނެވެ . އަރީންދެކެނީ މީރާއަކީ ވަރަށްގާތް އެކުވެރިޔެއްގެ ގޮތުގައެވެ. ނުސީދާކޮށް ކިތަންމެ ފަހަރަކު މީރާ ހިތުގައިވާ އެއްޗެްްެއް ކިޔާދީފިއެވެ. އެހެންނަމަވެސް އަރީންގެ ހިތުގައި މީރާއަށްޓަކައި ހާއްސަކަމެއްނެތެވެ. އެކަން މީރާއަށް ކިތަންމެ ރަގަޅަކަށްވެސް އެގެއެވެ.
މަންމަގެ ލޮލަށް އެދެކުދިންގެ ގުޅުން ފެނުނީ މީރާ ބޭނުންވާގޮތަށެވެ. މަންމަ މިހާރު އެންމެ އަވަހަށް ކުރުވަން ބޭނުންވާކަމަކީ އެ ދެކުދީންގެ ކައިވެންޏެވެ…..
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

ދެގަޑި ތިރީސް 05

Next

ވާ ލޯބި އިނގޭ ނަމަ 5

Next
November 2, 2018

ވާ ލޯބި އިނގޭ ނަމަ 5

Previews
November 2, 2018

ދެގަޑި ތިރީސް 05

12 Comments!

  1. Kiuntheriyaa says:
    November 2, 2018 at 3:42 pm

    Haadha kurukoh

  2. Nunnu says:
    November 2, 2018 at 4:19 pm

    Dhen avahah aira and areen meet kuruvabala.

    1. Nashy says:
      November 2, 2018 at 4:42 pm

      ??

  3. ☹️ says:
    November 2, 2018 at 4:19 pm

    Dhn nooo …ehn nuhadhaa….areen aa airaa aa dhimaavaane gotheh hadhaaba avahah ..plx…

    1. Nashy says:
      November 2, 2018 at 4:47 pm

      dhimaavaane kamah balamaa v avahah ?

  4. Nashy says:
    November 2, 2018 at 4:45 pm

    Dear readers.. i hope u all will like this part.. ☺️ but Aiham’s death was the toughest decision i had make in this story so far… Cox he is innocent boy too ?.. keep reading and give me more ideas to continue this story.. ?

    1. Nashy says:
      November 2, 2018 at 7:37 pm

      *Aiman

  5. Anonymous says:
    November 2, 2018 at 7:24 pm

    Aiham tha noony Aiman tha???

    1. Nashy says:
      November 2, 2018 at 7:33 pm

      Alhey Aiman maruvi fahun nan ves hadhaan nethuny.. keypad auto correctionga inyma vee gotheh ?

  6. Reader says:
    November 2, 2018 at 8:38 pm

    ThanQ nashy…..cover pic change kohdhiny thy.. story nice..ekam hiyeh nukuran aiman ehaa avahah dhuniye dhookoh dhaane kamah….dhn avahah aira nd areen myt kuruvan v..eyrun salhi vaane kanneyge dhw…?

    1. Nashy says:
      November 2, 2018 at 9:28 pm

      hehhe… mi aira feneythw nashyves hama mi masaikaiy kurany.. eh faaru vettey irah anehfaaru eba reyney viyya areen dhaan oiy maguga.. keekuraany..

  7. Nashee says:
    November 6, 2018 at 7:10 am

    ???

Comments are closed.

Next Episodeމަންޒިލް ތިއޭ މިހިތް އެދޭ (9)←


All Right Reserved!