މަންޒިލް ތިއޭ މި ހިތް އެދޭ ( 7)
ދުވަސްތައް ފާއިތުވަމުންދެއެވެ. އައިރާމެންވެސް އެމީހުންގެ ފެންވަރުން އުޅެމުން ދިޔައީ ވަރަށް އުފަލުގައެވެ. ލިބޭ އެއްޗަކުން ދެކޮޅުޖެހިގެންނެވެ. ދުވަހަކުވެސް އަވަށްޓެރިޔަކާ ދެބަސްވާކަށް ނުޖެހެއެވެ. ކުދިވެރިންގެ އުދަނގުލެއް ޖެހިގެން މީހަކު މިހާތަނަށް ޝަކުވާ ކޮށްފައެއްވެސް ނެތެވެ. އައިރާގެ މަންމަ އައިރާއަށް ދިން ތަރުބިއްޔަތު އެކުދިންނަށްވެސް ދަނީ ދެމުންނެވެ.
ނަމަވެސް އައިރާ އަނެއްކާވެސް ހާސް ކޮށްލީ މަަންމަގެ ސިއްހަތަށް ކުއްލިއަކަށް އައި ބަދަލެވެ. ކުއްލިއަކަށް ވަރު ދެރަވާން ފެށީއެވެ. ރަށު ހޮސްޕިޓަލަށް ދެއްކުމުން ބުނީ މާ ބޮޑު ކަމެއް ނެތްކަމުގައެވެ. ލޭ ތަންކޮޅެއް ދަށީއެވެ. އެތަނުން މަންމަގެ ބަލިހާލު ބެލުމަށް މާބޮޑު ޓެސްޓުތަކެއް ނުހެދިއެވެ.
މަންމަ ބަލިވެއުޅެންފެށުމުން އައިރާއަށް ފަންހޮވައިގެން ފަންވިންނަން ބޭރުގަ އުޅެެވެނީ ވަރަށް މަދުންނެވެ. ދެން އޭނާ ވިސްނަމުން ދިޔައީ ގޭތެރޭގައި އިދެގެން ކުރެވޭނެ މަސައްކަތަކާއި ދޭތެރޭގައެވެ. އޭނާގެ ވިސްނުމަށް އައީ ރައްޓެހިން ވަރަށް ގިނައިންދޭ ހިޔާލެކެވެ. ކުދިންނަށް ޓިއުޝަންދިނުމެވެ. އައިރާއަކީ ކިޔަވައިގެން ހުރިކުއްޖެކެވެ. އަނެއްކޮޅުން ޓީޗަރަކަށް ވުމަކީ އައިރާ ކުޑައިރު ދެކުނު ހުވަފެނެކެވެ.
އައިރާ ޓިއުޝަން ނަގައިދޭން ފެށުމުން ވަރަށް ގިނަ ކުދިން އައިރާގާތައް ޓިއުޝަނަށް އަންނަން ފަށައިފިއެވެ. ކުޑަވީ ގޭ ފެންޑާގައި އޮތް ޖާގައެވެ. މިހާރު ކުރިއަށްވުރެން އަތްމަތިވެސް ތަނަވަސް ވާން ފަށައިފިއެވެ. އައިރާ ޓިއުޝަން ނަގައިދިން ކަމުގައިވިޔަސް ކުރިން ކުރަމުން އައި މަސައްކަތްތައްވެސް އެއްކޮށެއް ދޫކޮށެއް ނުލައެވެ. އައިރާގެ އެ މުރާލިކަމާއި ހީވާގި ކަމަށް ތައުރީފް ނުކުރާމީހަކު ނޫޅެއެވެ.
***
” އެގޭތަ މަށަށް ރޭގަވެސް ހުވަފެނުން ފެނުނު އެ މަންޖެ” އައިމަން ގައިގަ ރަޖާގަނޑު އަޅަމުން ޖެހިގެން އޮތް އެނދުގައި ފޮތެއްގެ ތެރެއަށް ގެއްލިފައި އޮތް އަރީންނަށް އަޑު އިވޭ ވަރަށް ބުންޏެވެ.
” މިހާރު ހުވަފެނުން ވެސް ފެންނަން ފެށީތަ؟” އަރީން ފޮތް ލައްޕާލަމުން ސަމާަާސާ ރާގަކަށް ބުންޏެވެ.
” މީހުން ބުނޭ ވިއްޔަ ހުވަފެނުން ފެންނަންޔާ އޭގެ މާނައަކީ އެމީހަކުވެސް ހަނދާން ކުރަނީޔޭ.. މަށަށްވެސް ހީވަނީ އެހެންހެން އެވަނީ” އައިމަންއަށް އެހެން ބުނެވުނުކަމެްްއް ނޭނގެއެވެ. އަރީން ހޭން ފަށައިފިއެވެ.
” އައިމަންވެސް އެކަހަލަ މުސްކުޅި ވާހަކަތައް ޤަބޫލު ކުރަންތަ.؟ ” އަރީން ހެވުން ހުއްޓާލަމުން ވަރަށް ސީރިއަަސްވާންކަމަށް ހެދިފަ ބުންޏެވެ. ހަޤީޤަތުގައި އެއީ އަރީންގެ ހިތުގައިވެސް އުފެދޭ ސުވާލެކެވެ. އަރީނަށް އައިރާ ހުވަފެނުން ނުފެންނަރެއެއް މަދެވެ.
އަރީންގެ ސުވާލަކަށް އައިމަން ޖަވާބެއް ނުދިނެވެ. އައިމަން ހިޔާލީ ދުނިޔެއަކަށް ގެއްލުނީއެވެ. އައިޝަތުއާއި އައިމަންގެ ދުނިޔެއަށެވެ. އަރީނަށްވެސްވީ އެވަރެވެ. ދައްކަންފެށި ވާހަކައަކުން އައިރާގެ ހަނދާންތައް އާވީ މާބޮޑަށެވެ.
މިހާރު ދެމީހުންމެ އެތިބީ އެމީހެއްގެ އަމިއްލަ ދުނިޔޭގައެވެ. ދެމީހުންކުރެން އެކަކަށްވެސް ނޭނގޭ ކަމަކީ ދެމީހުންގެ ދުނިޔޭގައިވެސް އުޅެނީ އެކަކު ކަމެވެ.
****
އެއްދުވަހަކަށް ފަހު އަނެއް ދުވަހެއް ކަލަންޑަރުން ގުނެމުން ދިޔައެވެ. ފާއިތުވަމުން ދިޔަ ދުވަސްތަކުން މަސްތައް ގުނެމުން ދިޔައެވެ. ފާއިތުވި މަސްތަކުން އަހަރެއް ގުނެމުންގޮސް އަހަރު ނިމިއްޖެއެވެ. އަރީންމެންގެވެސް ފުރަތަމަ 3 އަހަރުގެ ކިޔެވުން ނިމުނީއެވެ. ދެން އޮތީ ރާއްޖެ ދިއުމެވެ. މަންމައާއި ބައްޕަދެކޭ ހިތުން ކެތްމަދުވަނީއެވެ. އައިމަންގެވެސް ހާލަކީ މިއީއެވެ. މިލިބޭ ބޮޑު ޗުއްޓީ ބޭކާރު ކޮށެއް ނުލާނެއެވެ. މިފަހަރު އޭނާގެ ހިތުގެ ރާނީއާ ކޮންމެގޮތަކުންވެސް ބައްދަލު ކުރާނެއެވެ. މިވީހާދުވަސް އޭނާ ހިތުގަ އުފެދެމުން ދިޔަ ޝުއޫރުތައް އައިޝަތުއަށް އަންގައިދޭނެއެވެ. އެއީ އަރީން ކަހަލަ ނުކެރޭ މީހެއްނޫންކަން އަރީނަށްވެސް ހާމަކޮށްދޭނެއެވެ. އޭނާގެ ހުވަފެންތައް ހުރީ މީހަކަށް އަތް ފޯރާ ފަށަށް ވުރެން މާ އުހުގައެވެ. އަރީންގެ ދުޢާއަކީވެސް ރަހުމަތްތެރިޔާގެ އެ އުއްމީދުތައް ފުރިހަމަވުމެވެ.
******
” މަންމާ.. އަޅުގަނޑު ބޭނުން މިފަހަރުވެސް ރާއްޖެތެރޭ ރަށަކަށްދާން” އައިމަން މާލެ އައިސް ގެއަށް ވަދެވުމާއެކު ބުންޏެވެ.
“ރަށަކަށޭ.!! ރަށްރަށަށް ދާން އުޅޭވަރުން މަންމަ ދަރިފުޅު އެއްކޮށް ކިޔަވާ ނުނިމެނީސް ރާއްޖެ ނުގެންނަންވެސް މި އުޅެނީ” އައިމަންގެ މަންމަ ޒާހިޔާ ދަރިފުޅުގެ އެއެދުމާ އެއްބަސް ނުވާކަހަލަ ރާގަކަށް ބުންޏެވެ.
” މަންމައަށް އަދި ނޭގެނީއޭ ރަށްރަށުގެ ގޮތް. މިހާރު ރާއްޖެތެރޭ ރަށްރަށް ވެސް ހާދަ ތަރައްޤީއޭ” އެންމެ ފަހުން އައިމަން އަށް މިޖެހުނީ މަންމައާ ބަހުސް ކުރާށެވެ. ދެމައިންގެ ވާހަކަ އަޑުއަހަން ބައްޕަ އިނީ އެވެ. މަންމަގެ ކައިރިން އެކަކަށްވެސް ކުރި ނުލިބޭނެކަން ބައްޕައަށް އެނގެއެވެ.
” އަޅުގަނޑަށް ހީވަނީ އައިމަން ކޮއްކޮއަށް ކަމުދާ ކަހަލަ ކުއްޖެއް ފެނުނީހެން” ދެމައިން ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއަށް ދޮންތަ ވަނެވެ. މި އަޑު އިވިފައި މަންމަގެ މޫނަށް އަރައި ފައިބާގެން ދިޔަ ކުލަވަރުން ދޮންތަ އަށް އިތުރަށް އެއްޗެކޭ ބުނަން ހުޅުވާލި އަނގަވެސް ލައްޕާލީއެވެ.
ޒާހިޔާ އައިމަން ރާއްޖެތެރޭ ރަށްރަށަން ފޮނުވަން ބޭނުންނުވާ ސަބަބަކީއެއީވެ. ރާއްޖެތެރޭގެ ކުއްޖަކާ އައިމަން ގުޅިދާނެތީއެވެ. އައިމަން ކައިވެނި ކުރަން ޖެހޭނީ އޭނައާ އެއް ފެންވަރެއްގެ ކުއްޖަކާއެވެ. ޒާހިޔާ ޤަބޫލު ކުރާގޮތުގައި އޭނަޔާ އެއް ފެންވަރެއްގެ ކުދިންނެއް ރަށްރަށެއްގައި ނޫޅޭނެއެވެ.
*****
“މަންމައަށް ހާދަ ހީވޭ ދަރިފުޅު ކަމަކާ ވިސްނާހެން” އަރީން ސިއްސައިގެން ދިޔައީ މަންމަ ބުނި ޖުމްލައިންނެވެ.
“ނުވިސްނަން އެއްވެސް ކަމަކާ” އަރީން މަންމަ އަށް ބަލާލާފަ ހީލާފަ ބުންޏެވެ. މީގެ ކުރިން އަރީން އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ އައިރާގެ ވާހަކަ ފިޔަަވައެވެ. އެކަމަކު މަންމައަށް އަރީންނަށް ކިތަންމެ ކުޑަ ބަދަލެއް އަޔަސް ފާހަގަކުރެއެވެ
“މަންމައަށްވެސް ކަމެއް ކޮށްދެވޭނީ ބުނީމަތާ” މަންމަގެ ތަޖުރިބާކާރު ސިކުނޑިން އަރީން ވިސްނަނީ ކޮންކަމެއްކަން ދެނެގަންނާކަށް މާ އުދަނގުލެއްނުވިއެވެ.
” ތިކަމުގަ މަންމައަށް ކޮށްދެވޭނެ އެއްވެސް ކަމެްްއްނެތް” ދެމައިންނަށް އެއްފަހަރާ ބަލާލެވުނީ ގެއަށް ވަދެގެން އަންނަ އައިމަން އަށެވެ.
” ކޮށްދެވޭނެ ކަމެްްއް ނޯންނާނެ އެއްނުން.. ފުރަތަމަ އަރީންއަށް އޭނާގެ މަްުލޫމާތެއްވެސް އެގެނީކީ ނޫން ވިއްޔަދޯ… ” އައިމަންަ ހެމުން ދޯ ދިނީ އަރީނަށެވެ.
” ” ހާދަ ވަރަކަށް ގުޅަފީމޭ.. ފޯނު ނުނެގީމަ އެންމެ ފަހުން މިއައީ ގެޔަށް” އައިމަން ހުރީ އަރީންގެ މަަންމަ ހުރުމުން ދައްކަން އައި ވާހަކަ ނުދެއްކިފައެވެ.
” މިއައީ ވަރަށް ބޮޑުކަމަކު” އެންމެފަހުން އައިހަމްއަށް ނުހުރެވިގެން ބުންޏެވެ. ނަސީބަކުން އެއީ މަންމަ އެތަނުން ދާން ހިނގައިގަތް ވަގުތެވެ
” އަހަރެންނާއެކު ހިނގާބަލަ އައިޝަތުގެ ރަށަށްދާން ” އައިހަމް އަށް މިހެން ނުބުނެވެނީސް އަނެއްކާވެސް މަަންމަ އަތުވެއްޖެއެވެ.
” ކޮން ރަށަކަށްދާ ވާހަކަތަ ތި ދައްކަނީ ” މަންމަ އައިހަމްގެ ވާހަކަ އަޑު އިވުނުކަން އަންގާލިއެވެ.
“މި ކިޔަނީ މި ފަހަރު ހިނގާބަލާށޭ ރަށަކަށް ދާން” އައިހަމްގެވާހަކައާއި އެްްއްބާރުލުމެްއްދޭތޯ އަރީންނަށް ބަލާލަމުން ބުންޏެވެ.
“ތީ ވަރަށް ރަގަޅު ކަމެއް.. ކޮންދުވަހަކުން ދާން ތި ނިންމަނީ” އަރީންގެ މަަންމަ މިހެން ބުނުމުން އައިހަމްގެ އުއްމީދުތަކަށް އަލިކަމެއް ލިބުނެވެ.
” މާދަމާވެސް ހަމަ ދާންވީ ” އައިހަމް ބޭނުންވަނީ ވީހާވެސް އަވަހަކަށް އެރަށަށް ދާށެވެ.
” ތިހާ އަވަސް އަވަސް ކޮށްލާފަ ނޫޅުނަސް ދެވިދާނެނުން” އަރީން އަށް އައިހަމް އުޅޭ ގޮތުން އެއްޗެކޭ ނުބުނެއެއް ނުހުރެވުނެވެ.
މަންމަ އެތަނުން ދިޔުމުން އައިހަމް ހުރިހާ ވާހަކަތަކެއް ކިޔާދީފިއެވެ. އަރީން ހުރީ އޭނައަށްވެދެވެން ހުރި ހުރިހާ އެހީއެއްވެދޭށެވެ. ރަހްމަތްތެރިކަމަކީ އެއީވެ. ރަގަޅު ރަހުމަތްތެރިން ތިމާ އަށް ބޮޑު ކަމެއް ދިމާވާހިދު އެންމެ ކައިރީގަ ހުންނާނެވެ. އެމީހުންނަކީ ރަހްމަތްތެރިކަން ދެމެހެްއްޓުމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާންޖެހުނު ކަމުގައި ވިޔަސް ފަސްޖެހޭނެ ބައެއް ނޫނެވެ.
****
އައިހަމް އެ އެދުނުގޮތައް އައިހަމްގެ މަންމައާ އަރީން ވާހަކަ ދައްކައިފިއެވެ. މަންމަ ކިތަންމެ ނުރުހުނުކަމުގައިވިޔަސް މި ފަހަރު ނޫނެކޭ ނުބުންޏެވެ. އެކަމަކު ހަފްތާއަކަށްވުރެން ގިނަ ދުވަސް ވެގެން ނުވާނެކަމަށް ޝަރުތުކުރިއެވެ.
” އަސްލުވެސް މިހާރު އެގިއްޖެ އަރީން އަކީ ކެރޭ މީހެއްކަން” އައިހަމް އުފާވިވަރުން ހުރީ ބައްތިރީސް ދަތް އެއްކޮށް ފެންނަވަރަށް ހެވިފައެވެ.
” ދެން މި އޮތީ ނިމިފައެއް ނުން. އެރަށުން ހުންނާނެ ތަނެއް ހޯދާކަށްނުން ޖެހޭނީ” އައިހަމްއަށްވެސް ރަށަކަށް ދެވޭތީ ހުރީ ވަރަށް ފޯރީގައެވެ.
” ބައްޕަ އެކަން ހަމަޖައްސާނަން. އެރަށުގަ ހުންނާނެ ގެސްޓު ހައުސްތައް. ބައްޕަ އެބަ ބަލަން އޮފީސް ކުއްޖަކަށް ގުޅައިގެން..” ބައްޕަގެ އެއްބާރުލުން ލިބުނީތީ އައިހަމް އަދި ވަކިން އުފާވިއެވެ.
****
“އައިހަމް އަށް ޔަގީންތަ އެއީ މީހެއްގެ ހައްގެ ނޫންކަން ” އަރީން މިހެން ބުނީ އައިހަމް އަށް ވާގޮތެއް ބަލާލާށެވެ.
” އެންމެ ފަހުވަގުތު ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ . އޭނަ ނުވާނެ އަދި މީހެއްގެ ހައްގަކަށް. މީހެއްގެ ހައްގަކަށް ވިޔަސް…….” އައިހަމް ބުނަން އުޅުނު އެއްޗެއް ފުރިހަމަ އެއް ނުކުރިއެވެ. މި ކަމުގައި އޭނަ މަޖާކުރަން ބޭނުން ނުވަނީއެވެ. އެއީ އޭނަގެ ހިތުގަވެސް އުފެދޭ ސުވާލެކެވެ. އެހެން ނުވުމަށް އެދި އޭނަ ހުންނަނީ ދުޢާ ކޮށްލަ ކޮށްލައެވެ.
” އަހަރެންވެސް އެދެނީ އައިހަމް ގެ ތި އުއްމީދުތައް ހާސިލްވުން. އިރާދަ ކުރެއްވިއްޔާ ދެރަގޮތަކަށް ކަންތައްތަކެއް ނުވާނެ” އައިހަމްގެ ސީރިއަސް މޫނު ފެނިފައި އަރީން އޭނާއަށް ހިތްވަރުދެމުން ބުންޏެވެ.
****
ައާދިއްތަ ދުވަހެވެ.މިއީ އައިހަމް ކަލަންޑަރުގައި ބޮޅު އަޅާ ފާހަގަ ކުރިދުވަހެވެ. އައިޝަތުގެ ރަށަށްދާދުވަހެވެ. އައިހަމް އާއި އަރީން ތައްޔާރުވަމުންދިޔައެވެ. އައިހަމް އެކޭ އެއްވަރަށް އަރީންވެސް ހުރީ އެހާ ފޯރީގައެވެ. އަރީންނަށްވެސް ބޮޑު އުފަލެއް ލިބެން އުޅެނީއޭ ހީވެއެވެ. ފުރުން އޮތީ މެންދުރު 2 ޖަހާއިރުއެވެ. އައިހަމް ހުރިހާ ތައްޔާރީއެއް ވެގެން އަރީން ކައިރިޔަށް ދިޔައެވެ. އެހާކުރިން އަރީން ކައިރިޔަށް ދިޔައީވެސް އަރީން ތައްޔާރު ނުވެ ހުރެދާނެތީއެވެ. ނަމަވެސް ދިޔައިރު އަރީން އިނީ ސިޓިންގރޫމްގަ އައިހަމް ގެ އިންތިޒާރުގައެވެ.
އަރީން މަންމައާ ސަލާމް ކޮށްލާފަ އައިހަމްގެ ސައިކަލް ފަހަތައް އެރިއެވެ. ނޭގެއެވެ. އަރީންނަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއް އެބަވެއެވެ. ރަހްމަތްތެރިޔާ ކުރަމުންދާ އުއްމީދުތައް ފުރިހަމަވެދާތީ ކަމުގައިވެސް ވެދާނެއެވެ. ނުވަތަ ކުރިއަށް އޮތްތާނގައި ހިތާމައަކާއި ކުރިމަތިލާން ޖެހެނީ ކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތަކުންވިޔަސް އެއީ އުއްމީދުތަކުން ފުރިގެންވާ ދަތުރެކެވެ. އެކަކަށް އުފަލެއް ލިބޭއިރު އަނެކަކަށް ހިތާމައެއް ލިބުމަކީ ދުނިޔޭގެ އާދައެވެ. ނޫނީ މިދަތުރުން ދެމީހުން ކުރެން އެކަކަށް ވެސް އުފަލެއް ނުލިބުމަކީވެސް ވެދާނެކަމެވެ.
.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


Aiham ah nudhehcheyyy plzzz.. mom in law vess ok ehnoon..
And areeen ge mom vess kihaa nice…
Aira deserves the best…
Thihaa shaugu verikama eku mi vahaka kiyaa kujjaku fenunyma v ufaavehje.. .❤️☺️
Aiham ge aishath aky anekka aira baa……nashy plz can u Chang the cover pic… Plzzz..
Thihaa shauguverikama eku mi vahaka kiyaa kujjaku fenunyma v ufaavehjje❤️☺️
Kuree part thah kiyaaleema engeyne eh ee kaakukan? and i will change the cover pic enge ?
Alhe kihinehtha dhen vaanee mi dhesoru migen hihkee ehkujjakah Ekam 2 rahmaiy therin rulhi nukoh aiham ah erashun ehen girl eh dhahkaalaba varah inthizaaru kurevey vaahaka eh mee
Aiham ge aishath is airaa?? ..Alhey sad …areen aaa airaa gulhuvahchey ..plxxx…dhn areen airaa dhookhlaany kanneyge aiham ah ..bcx eyna frnd v ma ..alhe ehn nuhadhahchey …areen aa airaa gulhunyma reethi vaany ..emme interesting hisaabun thi nimmaaly …curiously waiting for the next part dear …