Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެހަނދާން ފޮހެވޭތޯ ބެލިޔަސް 6

eysh Level 510 Stories100 Comments100 Login500 Comments
October 31, 2018 4 Mins Read
24 Comments

ކައިލް އޭނާގެ ޖީބުން ނެގީ ލަކުޑި ކުލައެއްގެ މުއްގަނޑެއްލާފައިވާ ފިޔޮއްސެކެވެ. ފިޔޮއްސަށް ބަލާލުމަށްފަހު ކައިލްގެ ނަޒަރު އަމާޒުވީ ދާއިންގެ މެޔާއި ދިމާއަށެވެ. ޒީކްއަށް ގެއްލުމެއް ދޭ ކޮންމެ މީހެއްގެ ވަސްވެސް އޭނަ މިދުނިޔެއިން ފޮހެލާނަމެވެ.

*******

“ކައިލް…..” ބަލިގޮތަކަށް ޒީކް ގޮވާލި އަޑު އިވުމުން ކައިލްއަށް ލިބުނީ ސިހުމެކެވެ. އަތުގައި އޮތް ފިޔޮހި ދޫވެ، ބިންމައްޗަށް ވެއްޓުނެވެ. ދާއިންގެ ގައިން ދޫކޮށްލައި ޒީކްގެ ކައިރިއަށް ދިޔުމަށް އަވަސްވެގަތެވެ. އޭރު އޭނަގެ ސިފަ ވަނީ ކުރިން ހުރިގޮތަށް ބަދަލުވެފައެވެ.

ޒީކް ނަގައި އުނގުމައްޗަށް ލުމާއިއެކު ކައިލްގެ ދެލޯ ކަރުނުން ފުރުނެވެ. ޒީކް އޮތް ހާލު ފެނި އެހިތް އެކީ ޒަޚަމުވެގެން ދިޔައެވެ. އެހަށިގަނޑު ގެނެސް މޭގެތެރޭގައި ފޮރުވާލުމާއިއެކު ދެލޮލުގައި ގިނަވެފައިވާ ކަރުނަތައް ހޯސްލާފައި ފައިބަން ފެށިއެވެ. ޒީކްއަށް އެހާލު ޖެހުނީ އޭނަގެ ސަބަބުންކަމުގައި ގަބޫލުކުރެވުނެވެ. އެކަމަށްޓަކައި އަމިއްލަ ނަފުޞު ކުށްވެރިކުރެވުނީ މާބޮޑަށެވެ.

“އައިމް ސޮރީ….. ސޯ ސޮރީ…” ކައިލް ރޮމުން ޒީކްގެ ކިބައިން މަޢާފަށް އެދެމުން ދިޔައެވެ.

ވިންދު ހުރިނަމަވެސް ޒީކްގެ ހަށިގަނޑުގައި ދިރުމެއް ނެތެވެ. ކައިލްގެ އަޑު އިވުނު ނަމަވެސް ލޯ ހުޅުވާލާނެހައި ހިތްވަރެއް ނުލިބުނެވެ.

“ޒީކް ޕްލީޒް…. އެންމެ ފަހަރަކުވެސް ލޯ ހުޅުވާލާފަ ބަލާލަބަލަ….. އެހެން ނޫނީ މިހިތަކަށް ހަމަޖެހުމެއް ނުލިބޭނެ….” ކައިލްގެ އަޑުގައިވަނީ މަޑު ތުރުތުރެއް އުފެދިފައެވެ. ޒީކް ގެނެސް މޭގައި ޖައްސާލިގޮތަށް ދުރުކޮށްލަންވެސް ބޭނުން ނުވިއެވެ. އޭރު އެތަނުގައި އިތުރު ބަޔަކު ތިބިކަން އޭނަގެ ހަނދާނުގައި ކުޑަކޮށްވެސް ނެތްކަހަލައެވެ.

ކައިލްގެ ހަރަކާތްތަކަށް ބަލަން ހުރި ކެލީޝާގެ މޫނުމަތިން އިހުނަށްވުރެ ބޮޑަށް ރުޅިވެރިކަން ފެނިގެން ދިޔައެވެ. ޒީކްއަށްޓަކައި ކައިލްއަށް ވެފައިވާ ވަރު ފެނި ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެކަކަށްވެސް ނޭނގޭނެހައި ސިއްރުން ދާއިންގެ ކައިރީގައި ވެއްޓިފައިވާ ފިޔޮހި ނެގިއެވެ. އޭރުވެސް އޭނަގެ ނަޒަރު އަމާޒުވެފައިވަނީ ކައިލްއަށެވެ. އޭނައަށް ކައިލް ނުލިބިއްޖެނަމަ އިތުރު މީހަކަށް ކައިލް ލިބުނަކަ އޭނަ ނުދޭނަމެވެ.

ދެއަތް ފުރަގަހަށް ލައިގެން ހުރެ، ކެލީޝާ ހިނގައިގަތީ ކައިލް އާއި ދިމާއަށެވެ. އޭރުވެސް އެދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. މަޤުސަދު ޙާސިލުވުމުން ނޫނީ ދެން އޭނަގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ވީއިރު އެންމެ ސިކުންތެއްވެސް ބޭކާރު ކޮށްލާކަށް އޭނަ ބޭނުމެއް ނޫނެވެ.

ކެލީޝާގެ އަތުގައި އޮތް ފިޔޮހި ފެނުމާއިއެކު ސުމޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަޞަރު ފެނިގެންދިޔައެވެ. ކެލީޝާގެ މަޤުސަދަކީ ކޮބައިކަން އޭނައަށް އެނގުނެވެ. ކެލީޝާ ހުއްޓުވަން ސުމޭނާ މަސައްކަތްކުރިއެވެ. ނަމަވެސް ކެލީޝާގެ ހަރަކާތްތައް އަވަސްވުމާއިއެކު އޭނައަށް ހިފެހެއްޓޭގޮތެއް ނުވިއެވެ. ކައިލްގެ މެޔާއި ފިޔޮހި ސީދާކޮށްލުމާއިއެކު އެތެރެއަށް ކޮށްޕާލީ އެފަދަ ކަމަކަށް ކައިލް ކުޑަކޮށްވެސް ވިސްނައިގެން އިންދައެއް ނޫނެވެ.

ކައިލްގެ އަނގައިން ނުކުތީ ވޭނީ ހަޅޭކެއްގެ އަޑެވެ. މެއިން އެރި އަލިގަނޑާއިއެކު ދެލޮލުގެ ކަޅި މައްޗަށް އަރައިގެން ދިޔައެވެ. އޭރު ދެލޮލުގެ ކުލަ ވަނީ ހުދުކުލައަށް ބަދަލުވެފައެވެ.

ކައިލްގެ މެޔާއި ދިމާއިން ހަށިގަނޑު އުފުލެން ފެށިއެވެ. އޭރުވެސް އޭނަ އިނީ ޒީކްގެ ގައިގައި ބާރަށް ހިފަހައްޓާލައިގެންނެވެ. އެންމެ ފަހުވަގުތާއި ޖެހެންދެން އެހަށިގަނޑުން ދޫކޮށްލަން ބޭނުން ނުވާތީއެވެ.

ސުމޭނާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ހުއްޓުން އެރިއެވެ. ހަމަހޭވެރިކަން ވުމާއިއެކު ކަރަމްގެ ގައިގައި ހިފައިގަނެވުނެވެ. އޭރު އޭނައަށް ބާރަށް ރޮއިގަނެވިއްޖެއެވެ. ކެލީޝާ އެފަދަ ކަމެއް ކޮށްފާނެކަމަކަށް އޭނަ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ކޮންމެ ގޮތަކަށް ކަންތައްވެފައި އޮތްނަމަވެސް އޭނަ ކައިލް ދެކެ އިންތިހާއަށް ލޯބިވެއެވެ. އެދަރިފުޅުގެ ފުރާނަ ގެއްލިގެންދާކަށް އޭނަ ބޭނުމެއް ނޫނެވެ. ނަމަވެސް އޭރު މާބޮޑަށް ލަސްވެއްޖެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެއްވެސް ކަމެއް ނުކުރެވުމުން ސުމޭނާއަށް އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.

ކައިލްގެ މެއިން އެރި އަލިގަނޑު ފަނޑުވަމުން ގޮސް ކުއްލިއަކަށް ހަށިގަނޑުގެ ދިރުން ކެނޑުނެވެ. ހަރަކާތް ކެނޑުމާއިއެކު، އެއަތުގެ ތެރެއިން ޒީކްގެ ހަށިގަނޑު ދޫވެގެން ދިޔައެވެ. މެއިން ފެށިގެން އަރަމުން އައި ގަދަ ހުދުކުލަ މުޅި ހަށިގަނޑަށް ފެތުރި ހަށިގަނޑު އެކީ ހަރު ހިލަގަނޑަކަށް ވެގެން ދިޔައެވެ. ހަމަ އެއާއިއެކު ބިމުން އެރި މޫތައް، އެއްވެސް ރަޙުމެއްނެތި ކައިލްގެ ހަށިގަނޑު ބިމުގައި ހައްޔަރުކޮށްލިއެވެ. އެތަން ބަލައިފި މީހަކަށް އެއީ ދެންމެ ހިނގި ހާދިސާއެއް ކަން ނޭނގޭ ވަރަށް ތަނުގެ ހާލަތު ބަދަލުވެގެން ދިޔައެވެ.

އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލި ވަގުތު ފެނުނު މަންޒަރުން ޒީކްގެ ހޭބުއްދި ފިލައި ނުދިޔައީ ކިރިޔާއެވެ. ހަރު ހިލަގަނޑަކަށް ވެފައި އޮތަސް އޭނަގެ ކައިރީގައި އެއޮތީ ކައިލް ފިޔަވައި އިތުރު މީހެއް ނޫނެވެ. ކޮންމެ ހާލެއްގައި އޮތަސް ކައިލްގެ ސޫރަ އޭނައަކަށް ނޯޅޭނެއެވެ.

ޒީކްގެ ދެލޯ ފެންކަޅިވިއެވެ. ދެލޯ ކަރުނުން ފުރިފައިވާ ހާލު ކައިލްގެ ކައިރިއަށް ދިޔުމަށް މަސައްކަތް ކުރެވެން ފެށުނެވެ. ނަމަވެސް ހަށިގަނޑު ގުޑުވާލެވޭނެހައި ހަކަތަ އޭނަގެ ގަޔަކު ނެތެވެ. ކުޑަމިނުން ދޫވެސް ހަރަކާތެއް ނުކުރެވުނެވެ.

“ކަލެއަކަށް ސަލާމަތެއް ނުވެވޭނެ….” ޒީކްގެ އިސްތަށިގަނޑުގައި ހިފައި ނަގަމުން ކެލީޝާ ބުންޏެވެ. ކައިލްގެ ވަކިވެ ދިޔުމަށްފަހު އޭނަގެ ހިތަށްވެސް ވަނީ ފުން އަޞަރެއް ކޮށްފައެވެ. އެހުރިހާ ކަމެއްގެ ޒިންމާ އޭނައަށް އެޅުވުނީ ޒީކްގެ ބޮލުގައެވެ.

“ކަލޭގެ ސަބަބުން ކައިލްގެ ފުރާނަ ދިޔައީ…” ކެލީޝާ ރުޅި އައިސް ހަޅޭއްލަވައިގަތެވެ. އެއަޑަށް ޒީކްގެ ކަންފަތް އެކީ ބައްވެގެން ދިޔައެވެ.

އެއްވެސް ރަޙުމެއް ނެތި ޒީކްގެ ކަނދުރާގައި އޮޅާލެވިފައިވާ ފޮތިގަނޑު ކެލީޝާ ދަމައިގަތެވެ. އަދި ޒީކްގެ ހަށިގަނޑު ދުރަށް ކޮށްޕާލިއެވެ. އެއާއިއެކު ޒީކް ގޮސް ޖެހުނީ ބިންމަތީގައިވާ ހަރު ހިލަތަކުގެ މަތީގައެވެ. ގައިގައިވާ ކަށިތައް އެކީ ބިންދައިގެން ދިޔަހެން ހީވިއެވެ. އެވަގުތު ޒީކްގެ އަނގައިން ނުކުތީ ވޭނީ ހަޅޭކެއްގެ އަޑެވެ.

ޒީކް ވޭނުގައި ވާތަން ފެނުމުން ކެލީޝާގެ ހިތަށް ހަމަޖެހުން ލިބުނެވެ. އިތުރު އަނިޔާ ދީ އެފުރާނައިން އަތްދޮވެލަން ބޭނުންވިއެވެ. ނަމަވެސް ކެލީޝާއަށް އިތުރުކަމެއް ނުކުރެވި އުޅެނިކޮށް ފެނުނީ ސުމޭނާ އައިސް ކެލީޝާ ގެންގޮސް ފާރުގައި ތަތްކޮށްލި ތަނެވެ.

“އަހަރެންގެ ދަރިފުޅުގެ ދުވަސް ދުއްވާލި މީހަކަށް މިދުނިޔޭގައި އުޅުމުގެ ފުރުސަތެއް ނުދޭނަން…” ސުމޭނާގެ އަޑުގައިވީ ރުޅިވެރިކަމެވެ.

ކެލީޝާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. އެއަށްވުރެ ސުމޭނާގެ ހަރަކާތްތައް އަވަހެވެ. އަތުގައި އޮތް ވަޅި ކެލީޝާގެ މޭގެތެރެއަށް ކޮށްޕާލިއެވެ. އޭރު އޭނަގެ ތޫނު ނިޔަފަތިތައް ވެސް ވަނީ ކެލީޝާގެ މޭގެ ތެރެއަށް ވަދެފައެވެ. ކެލީޝާގެ ވޭނީ ހަޅޭކުން އޭނަގެ ހިތަށް އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނުވަނެވެ. އެފުރާނަ ވަކިވެގެން ދިޔުމުންވެސް ސުމޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ކެލީޝާގެ އެތަން މިތަނުގައި ވަކި އަޅައި ޒަޚަމުކުރަމުންދިޔައީ ހިތަށް ކޮށްފައިވާ އަޞަރަކުންނެވެ. ކަރަމް އައިސް ނުހުއްޓުވިނަމަ، އެހަށިގަނޑު ކުދިކުދިކޮށްލަންވެސް އޭނަ ފަސްނުޖެހުނީހެވެ.

********

ޒީކް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރީ ފިޒާނާއެވެ. ޒީކްގެ ފަރާތުން ފެނުނު އާދަޔާ ޚިލާފު ކަންތައްތަކަށްފަހު އޭނަ އެމައްސަލަ ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމަށް ހުށަހެޅީ އުމޭދުގެ ނުރުހުމުގައެވެ. ޒީކް ނުފެނި އެހައި ގިނައިރުވުމުން އުމޭދަށްވެސް ފިޒާނާގެ ވާހަކަތައް ގަބޫލުކުރަން މަޖުބޫރުވިއެވެ. އަނެއްކޮޅުން ފުލުހުންގެ ފަރާތުން ފެނުނު ސީސީޓީވީ ފްޓޭޖްތަކަށްފަހު ޒީކް ގެއްލުމާއި އާދަޔާ ޚިލާފު ކަންތައްތަކަކާއި ގުޅުމެއް ވާކަން އެނގުނެވެ.

ވެމްޕަޔަރުންނަށް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާއިއެކު ފުލުހުން އެމައްސަލަ ނެގީ ސީރިއަސް މައްސަލައެއްގެ ގޮތުގައެވެ. ފުލުހުންގެ ޚާއްސަ ޓީމްތައް ބަހާލައި ޖަންގަލީގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ވެމްޕަޔަރުން ދެނެގަނެވޭނެ ފަދަ ޑިވައިސްތަކާއިއެކު އެމީހުންގެ މަސައްކަތް ފެށީ ކޮންމެ ކަހަލަ ކަމަކާއި ކުރިމަތި ވިޔަސް އެންމެ ތަންކޮޅެއްވެސް ފަސްނުޖެހުމަށް ނިންމައިގެންނެވެ.

********

ޖަންގަލީގެ މެދެއްހައި ހިސާބުގައި ހުރި ގެ ފުލުހުންނަށް ފެނުނީ އެމީހުންގެ މަސައްކަތުގައި އުޅޭތާ ދެތިން ގަޑިއިރު ފާއިތުވުމަށްފަހުގައެވެ. އެގެ ފެނުމާއިއެކު އެއީ އާދައިގެ ގެއެއް ނޫންކަން ފުލުހުން ދެނަގަތެވެ. އެހެންކަމުން އެންމެންގެ ސަމާލުކަމަށް އެކަން ގެނައެވެ. އަދި ހަތިޔާރު ތަކާއިއެކު އެގެ ވަށާލީ ގޭތެރޭގައި ތިބި ބަޔަކަށް އެމީހުންނަށް ނުފެނި ގެއިން ނުނިކުމެވޭނޭ ހެންނެވެ.

********

ޒީކްއަށް ލޯ ހުޅުވާލެވުނެވެ. އަތަށް ގުޅާފައިވާ ލޭހޮޅި ފެނުމާއިއެކު ފުންމައިގެން ތެދުވެވުނެވެ. އޭރު ލޮޑުކަން ފިލައިގެން ގޮސް ހަށިގަނޑުގައި ވަރު ޖެހިލައިފިއެވެ. ޒީކްއަށް ކަނދުރާގައި އަތް ޖައްސާލެވުނެވެ. ކަނދުރާގައި އަޅާފައިވާ ބޭސްގަނޑުގައި އަތްޖެހުމާއިއެކު ދެލޯ މަރާލެވުނެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާއި ޖެހެންދެންވެސް ކަންތައް ހިނގައިދިޔަ ގޮތް ކުރިމަތިން ސިފަވެގެން ދިޔައެވެ. ދާއިން އޭނައަށް ހަމަލާ ދިން ގޮތާއި މަގުމަތިން ދިމާވެ ކަންތައް ވީގޮތެވެ. އަދި ކައިލްގެ ނެތި ދިޔުމެވެ. އެހުރިހާ ކަމެއް އެނގެމުން ދިޔަ ވަރަކަށް ޒީކްގެ ހިތުގައިވި ބިރުވެރިކަންވެސް މަޑުމަޑުން ފިލަމުން ދިޔައެވެ.

“ޒީކް…” ޒީކް ސިއްސައިގެން ދިޔައީ އޭނަގެ ނަމުން މީހަކު ގޮވާލުމުންނެވެ.

ފަސްއެނބުރި ބަލައިލި ވަގުތު ކުރިމަތީގައި ހުރި ދާއިން ފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އަތަށް ގުޅާފައިވާ ލޭހޮޅި ނައްޓުވާލައި ދޮރާއި ދިމާއަށް ދުއްވައިގަނެވުނެވެ. ކިތަންމެ ބިރު ނުގަންނަން ހިތުގައި އަޒުމު ކަނޑައެޅި ނަމަވެސް ބިރުވެރިކަމުން މުޅި މީހާ ވަށާލިއެވެ. ޒީކްއަށް ދޮރާއި ހަމައަށް ނުދެވި އުޅެނިކޮށް ދާއިން އައިސް ކުރިމައްޗަށް އެރިއެވެ.

“އަހަރެން ދޫކޮށްލާ…. އަހަރެން މަރާނުލާ…. އަހަރެން އެއްވެސް މީހެއްގެ ކައިރީ ނުބުނާނަން…” ޒީކްގެ އަޑުވެސް ބިރުން ތުރުތުރު އަޅަމުންދިޔައެވެ. ދެލޯ މަރާލައިގެން ހުރިގޮތުން ދާއިންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

އެވްލީން… 29

Next

އެވްލީން… 30 (ފަހުބައި)

Next
October 31, 2018

އެވްލީން… 30 (ފަހުބައި)

Previews
October 31, 2018

އެވްލީން… 29

24 Comments!

  1. lotus says:
    October 31, 2018 at 6:49 pm

    Alhey… Nooooooooooo.. pls pls pls kail maraanulaa… isnt he a main character of the story..
    wen nxt part.. pls upload soon

    1. eysh says:
      October 31, 2018 at 7:24 pm

      Dont be sad dear Hingaa dho balamaa vaagotheh ?❤ In Sha Allaah v avahah next part upkohla dheveytho balaanan ? kudakoh balive ulheythee lasvanee.. keep waiting dear ?❤❤
      Thank u sooo much ??❤

  2. eysh says:
    October 31, 2018 at 7:27 pm

    Assalaamalaikum ?
    Here is the 6th part of the story. Unmeedhu kuran mi part ves kamudhaane kamah ? balive ulheythee story genesdhinun lasvanee. Mi part thankolheh kuruvaane. Next part miahvure dhigukoh genesdheveytho masakkaiy kuraanan ??
    Miss u all my dear readers ?❤❤

  3. Naju says:
    October 31, 2018 at 8:14 pm

    Alhey noon ??? plx kail maraanulahchey eysh ???… Masha Allah haadha reechey mi partvx ?????????… you are the best ingey ?????????… Thivareh neii ???????… Story is amazing ???❤❤❤???… keep up the good work dear ?????????… curiously waiting for the next ?????????… lysm my dear luving eysh ?????????????????????????????????????????????

    1. eysh says:
      October 31, 2018 at 9:14 pm

      Thank u so much dear ??❤ vv ufaavehje mi part ves kamudhiyaeema ??❤❤
      Dont be sad dear.. Hingaa dho balamaa vaagotheh ?? vvv ufaavey eysh ge hurihaa story akah ves Naju ge faraathun libey support fenifa ??? nd cmnt ehaa colorful v ma ves vvvv happy ????❤❤ ly2 dear ??❤❤

  4. Pimpi says:
    October 31, 2018 at 11:01 pm

    Wow.. But plxx kail maraanulaa.. ???

    1. eysh says:
      October 31, 2018 at 11:35 pm

      Ohhh don’t be sad dear.. lets c wht hppns ? thank u so much dear ?❤❤ v happy vehje story kamudhiyaeema ??❤

  5. Sheen says:
    November 1, 2018 at 12:34 am

    Alhey hiy halaaku.. ? ? ?? ? ? ? ? ? ? Hithahves naaraa mihen vedhaane ekey.. Alhe haadha dhera ey… ? ? ? ? ? ? ? ? ? ? ? ? ? ? ? Keleesha eh kamaku ehaa rahumkuda vaan vaanetba.. ? ? ? ? ? ? ? ? ? ? Eyna ah kurivaru adhives kudaee.. ? ? ? ? ? ? Kyle ah alhe ehen hadhan. Vaanethe.. ? ? ? ? ? ? ? ? ?

    Maasha Allah ♥ ? ? ♥ vaahaka vvv salhi genes dheefa inleh.. Kyle ge meah valhi haraalumun kyle ah vee goiy ai badhalu sifa kolla dheefa in goiy vvvv molhu.. ? ♥ ? ? ♥ Hama super ♥ ♥ thee hama number 1 ? ♥ ? ? dhen inna bayakah haadha haadha inthizaareh kureveyney.. Lysm darling ♥ ? ? ♥

    1. eysh says:
      November 2, 2018 at 12:56 pm

      Awww ??? cmnt fenifa ekani ves hurihaa teeths fennavarah heelaigen meenee ??❤❤ vvvv ufaavey eysh ge hurihaa story akah ves dear ge faraathun libey support fenifa ??❤❤
      Dont be sad dear ??? hingaa dho balamaa vaagotheh ❤❤
      Cmnt kiyaalaafaves v happy vefa meenee. So sweet of u ?? thank u so much dear ???❤❤ keep waiting for the next part ?? lysm ❤❤

  6. unique says:
    November 1, 2018 at 12:53 pm

    varah sad mi part…
    kail can die
    zeek n dhaain nugulhey
    its making me cry kail maruvejjeiyyaa story hadi vaane 🙁 but ok dhw ik sis vaahaka hadi nukuraanekan
    insha allah kail ah dhera gotheh nuvaane
    hoping for the best
    curiously waiting for the best

    1. Anonymous says:
      November 1, 2018 at 1:00 pm

      cant**

    2. unique says:
      November 1, 2018 at 1:01 pm

      cant**

    3. eysh says:
      November 2, 2018 at 12:59 pm

      Awww dont be sad dear ❤❤❤ hingaa dho balamaa vaagotheh ❤❤ ending hama happy ves vedhaane ehnu ?? ?? thank u so much dear ???❤❤ vv ufaavehje trust kureema ??❤❤ keep waiting for the next part dear ?? ❤❤

  7. ? Lam ? says:
    November 1, 2018 at 7:15 pm

    Alheyyyyyyyyy ? kyle ? ? ? ? ? ? ? ? ? ? ? Thihen nuhadhaa eyshhhhhhhhhh ? ? ? thee emme best emme loabi writer veema mi hunnanee goaheh nuhadhaanekan yageen vaathee…. ? ♥ ? ? Keiykuraanan ummeedhugaa…. ♥ ♥ ?

    1. eysh says:
      November 2, 2018 at 1:02 pm

      Aww dont be sad dear.. hingaa dho balamaa vaagotheh ?? mihaaru dheraviyas fahun maa ufaaves vedhaane ehnu ?❤❤❤ Awww haadha ufaa vehjey enme best enme loabi writer ey buneema ??? trust kureema ves vvv ufaavehje ??❤❤❤ thank u so much dear ??❤
      So sweeet ❤❤

  8. Nim says:
    November 1, 2018 at 7:49 pm

    I love this story when next part???

    1. eysh says:
      November 2, 2018 at 1:03 pm

      Thank u so much dear ??❤❤?? vv happy vehje story kamudhiyaeema ?❤❤ next part Ves v enme avahakah genesdheynan ??❤❤ keep waiting dear ?❤

  9. Sis says:
    November 4, 2018 at 11:09 am

    Love it ???❤️❤️❤️❤️????????????????❤️❤️❤️???????????????❣️❣️???????

    1. eysh says:
      November 4, 2018 at 9:21 pm

      Thank u so much dear ??❤❤ v happy vehje story kamudhiyaeema ??❤❤ colorful cmnt eh v ma vvv sweeet. ?❤??

  10. Shamee says:
    November 4, 2018 at 10:35 pm

    Konirakunbaa next part ?????I can’t wait ?????it a wonderful story??I will say only one thing keep it up sister❤️❤️❤️Masha Allah I love story very much,
    ??❤️❤️❤️❤️❤️?????????????????

    1. eysh says:
      November 5, 2018 at 12:01 am

      Aww ?? thank u so much dear ??❤?? vvv happy vehje ehaa colorful sweeet cmnt eh kiyaalan libuneema ??❤❤❤❤ next part upkohllaafa innaanee ????❤❤ avahah kiyaaalaa dear ????❤❤❤❤

  11. Sham-ee says:
    November 4, 2018 at 10:36 pm

    Konirakunbaa next part ?????I can’t wait ?????it a wonderful story??I will say only one thing keep it up sister❤️❤️❤️Masha Allah I love story very much,
    ??❤️❤️❤️❤️❤️?????????????????

    1. eysh says:
      November 5, 2018 at 12:02 am

      Aww ?? thank u so much dear ??❤?? vvv happy vehje ehaa colorful sweeet cmnt eh kiyaalan libuneema ??❤❤❤❤ next part upkohllaafa innaanee ????❤❤ avahah kiyaaalaa dear ????❤❤❤

  12. No name says:
    May 19, 2019 at 12:58 pm

    Omg i love this story ❤️?

Comments are closed.

Next Episodeއެހަނދާން ފޮހެވޭތޯ ބެލިޔަސް 7←


All Right Reserved!