Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދޭތޯ މަންޒިލެއް… 8

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 30, 2018 6 Mins Read
6 Comments

”ހޭއި ދައު… އަހަރެން ކުޑަ ކަމަކު އެދެންވެގެން އިނގޭ މިގުޅީ…” ފުރަން ތައްޔާރުވެ ނިމުމާއެކު ކޮޓަރިން ނިކުތްނަމުން ދައުހާއަށް ތޫގާ ގުޅާލިއެވެ. އަދި ކުރު ގޮތަކަށް އޭނަގެ ދަތުރުގެ ވާހަކަތަކާއި ރުކާން ގާތު އޭނަ ހެދި ދޮގުތަކުގެ އިތުރުން އެދޮތުތައް ފޫބައްދާލަ ދިނުމަށް ދައުހާއަށް އެހީވެދެވޭނެ ގޮތްތައް ވެސް ބުނެދިނެވެ. ދައުހާ ހިނިގަނޑެއް ޖަހާލަމުން އެކަމާ އެއްބަސްވީ ޒަމާނުއްސުރެން އެދެމެދުގައިވާ އެކުވެރިކަމަށްޓަކައެވެ.

”އަޅޭ!، އަހަންނަށް ތި ދަތުރުގައި ބައިވެރި ނުވެވޭތީ ދެރަވެއްޖެ… އެނީވޭސް ޔޫގައިޒް ހޭވް ފަން…” ދައުހާ ބުނެލިއެވެ. ”އެކަމަކު ރުކާން ގާތު ދޮގު ހަދައިގެން ބަސްޓްވެއްޖެއްޔާޔޯ؟…”

”ނުވާނެ، އަހަންނަކީ ދުރާލާ ހުރިހާކަމެއް ކަލްކިއުލޭޓްކޮށްގެން އުޅޭ މީހެއްކަން ދައުއަށް އިނގެއެއްނު… އޭޒް ލޯންގް އޭޒް ހީ ބިލީވްސް އައެމް ވިތް ޔޫ އޮންނަ ބިޒްނަސް ޓްރިޕް އެވްރީތިންގް ވިލް ބީ ފައިން… އަހަރެން ރަށަށް އަންނައިރު އަންނާނަން ދައުއަށް ދޭން ބޮޑު ހަދިޔާއެއްވެސް ހިފައިގެން… ތޭންކްސް އިނގޭ، ދެން ފަހަރަކުން ދައު ވެސް ގޮވައިގެން ދާނީ…” ތޫގާ ޝުކުރުއްދާކޮށްލިއެވެ. އޭނަ އޮތީ ރުކާންއަށް ޝައްކު ނުވާނެހެން ދުރާލާ ހުރިހާ ކަމެއް ވެސް ރާވާލާފައެވެ.

*****

ނޯކަރަކު ލައްވާ ސިޑިން ބޭލުވި ފޮށީގެ އަތްގަނޑުގައި ހިފައި ދަމަމުން އައިސް ބޮޑު ކޮޓަރިއަށް ވަން ތޫގާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އޭނަގެ ކަންފަތަށް އިވުނު ވާހަކައަކުންނެވެ. މީގެ އިރުކޮޅެއް ކުރިން އޭނަގެ މޫނުން ފެނުނު އުފާވެރިކަން ރުޅިވެރިކަމަށް ބަދަލުވެގެން ދިޔައީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ފޮށީގެ އަތްގަނޑުގައި ހިފާ ބާރުކޮށްލެވުނު ގޮތުން އޭނަގެ އަތްތިލައަށް ވެސް ތަދުވިއެވެ. ދެލޮލުން އަލިފާންކަނި ބުރާ ހާލު އޭނަގެ ނަޒަރު އަމާޒުވެގެން ދިޔައީ މާއީ އަށެވެ. މާއީ ރަށަށް ބަދަލުވާން ބޭނުންވާކަން ހާމަކުރުމާއެކު މަންމައާއި ބައްޕަގެ ފަރާތުން ފެނުނު އުފާވެރިކަމާއެކު ހީވީ އޭނަގެ އެތެރެހަށީގައި ހުޅުރޯވެގެން ދިޔަ ހެންނެވެ. މާއީއާ މެދު އޭނަގެ ހިތުގައި ޒަމާނުއްސުރެ އޮންނަ ނަފްރަތުގެ ހުޅުގަނޑު އަނދަންފެށީ އޭނަ މޮޔަވާވަރުކޮށްފައެވެ.

”ކޮބާ، ދާން ވީ ދޯ؟…”

ހުއްޓުންއަރާފައި ހުރި ތޫގާ ސިހުނީ ރުކާން އޭނައަށް ގޮވާލި އަޑަށެވެ. މޫޑު ޚަރާބުވެފައި ހުރުމުން އެދަތުރުގައި ބައިވެރިވާން ވެސް ތޫގާ ބޭނުމެއް ނުވިއެވެ. ނަމަވެސް ކުއްލިޔަކަށް ދަތުރު ކެންސަލް ކުރުމުން ރުކާންގެ ހިތުގައި ސުވާލު އުފެދިދާނެތީއާއި އޭނަގެ އެކުވެރިންގެ ކުރިމަތީގައި އޭނަގެ ”އިމޭޖް” ޚަރާބުވެދާނެތީ ތޫގާއަށް މަޖުބޫރުވީ ހިތާއި ދެކޮޅަށް ވިޔަސް އެދަތުރުގައި ބައިވެރިވާށެވެ. ފުންނޭވާއެއް އޭނަ ދޫކޮށްލީ ނަފުސަށް ވެރިވެފައިވި ރުޅިވެރިކަން ނިންދަވާލުމަށެވެ. މޫނުމަތިން އެކަމުގެ އެއްވެސް ލިސާނެއް ފާޅުވާން ބޭނުން ނުވާތީ ރުކާންއަށް ފަނޑު ހިނިތުންވުމެއް ދެމުން ތޫގާ ބޯޖަހާލީ ދާންވެއްޖެކަމުގެ އިޝާރާތެއްގެ ގޮތުންނެވެ.

ރުކާންއާއެކު ގޭގެ ފެންޑާއަށް ނިކުންނަން ދަމުން މާއީއާއި ދިމާއަށް ތޫގާ ކަޅި އަޅާލިއެވެ.

މާއީ ރަށަށް ދާން ނިންމުން ވެގެން ދިޔައީ ތޫގާގެ ބޮލުގެ ރިހުމަކަށެވެ. އޭނަ އުއްމީދުކޮށްގެން ހުރީ ދުވަހެއްގެ ކޮޅުން ވެސް މާއީގެ ހުތުރު މޫނު އޭނައަށް ދެން ނުފެންނާނެ ކަމަށެވެ. މާއީގެ ނޮހޮރޮއްޕާނުން ސަލާމަތްވެއްޖެ ކަމަށް ނިންމައިގެން ހުއްޓާ މިވީ ކިހިނެއް ހެއްޔެވެ؟ މާއީގެ މަޤުސަދު އޭނައަށް ނިކަން ސާފުކޮށް އެބަފެނެ އެވެ. ހުރިހާ އެންމެންގެ ސަމާލުކަން ހޯދަން މާއީ އެދަނީ ފޫގަޅަމުންނެވެ. ތިބާ ބިކަވެއްޖެކަމުގެ ތަމުސީލުތައް ކުޅެމުން އެދަނީ އެންމެންގެ ލޯބި ތިމާއަށް ލިބުމަށެވެ. ވަކިން ހާއްސަ ގޮތެއްގައި މަންމައާއި ބައްޕަގެ އެވެ. ވީފޫއްސެއްގެ ސަބަބުން ތޫގާއަށް އޭނަގެ ލޯމައްޗަށް އަރުވާލެވުނެވެ. އަދި މޫނަށް ގޮތެއް ހަދާލަމުން ތުންފަތް އަރިއަކަށް ދަމާލިއެވެ.

”ހުއް!… އަހަންނަށް އިނގެޔޭ ކަލޭގެ ބޭނުމަކީ ކޮބާކަން… ހުރިހާ އެންމެންގެ ސަމާލުކަން ކަލޭ ތިހުރި ހާލަތުގެ ސަބަބުން ކަލެއަށް ލިބޭނެކަމަށްތަ ހީކުރީ؟… އަހަރެން ދުވަހަކު އެހެން ކަންތައް ވިޔަކަ ނުދޭނަން!… މަންމައާއި ބައްޕަގެ ސަމާލުކަމާއި ލޯބި ލިބެންޖެހޭނީ ހަމަ އެކަނި އަހަންނަށް!، އެއީ ކަލެއަށް ހައްގު އެއްޗެއް ނޫން… ކަލެއަށް ކަލޭގެ މަޤާމު އަހަރެން ދައްކާނަން!… ހިތުން ރަށަށް ދާން ތިއުޅޭނީ މޮޅެއް ކަލެއަށް ލިބޭނެކަމަށް ހިތާތަ؟… ކަލޭ ބަލަން ހުންނާތި!، ކަލޭގެ އެއްވެސް ރޭވުމެއް އަހަރެން ކާމިޔާބު ވިޔަކަ ނުދޭނަން!… ކަލެއަށް ދުވަހަކު ހަމަޖެހުމެއް ލިބުނަކަ ނުދޭނަން!…” ރުކާންއާއެކު ކާރުގެ ފަހަތު ސީޓަށް އެރި ތޫގާއަށް އޭނަގެ އަމިއްލަ ޒަމީރާ މަޝްވަރާކޮށްލެވުނެވެ. އިވުނު ޚަބަރަކާ ހުރެ އޭނަގެ މުޅި ތަބީއަތު ވަނީ ގޯހުންގޯހަށް ގޮސްފައެވެ. ދަތުރާ މެދު ކުރެވުނު ހުރިހާ ފޮނި އުއްމީދުތަކެއްވެސް އޮޔާލާ ގޮސްފިއެވެ. މިހާރު އޭނަގެ ހިތާއި ސިކުނޑީގައި ވަނީ ހަމަ އެންމެ ކަމެކެވެ. މާއީގެ ދިރިއުޅުން ނަރަކައަކަށް ހަދާލުމުގެ އަޒުމެވެ.

”ޕާސްޕޯޓާއި ޓިކެޓު އެބައޮތް ދޯ؟…” ޑްރައިވަރު ގާތު ކާރުދުއްވަން ބުނުމުގެ ކުރިން ރުކާން ތޫގާ ގާތު އަހާލިއެވެ. އެއާއެކު ޚިޔާލުތަކުގެ ތެރޭން ނިކުމެވުނު ތޫގާ، އޭނަގެ އުނގުގައިވި އަތް ދަބަސްތެރޭން ޕާސްޕޯޓް ނަގައި ދައްކާލިއެވެ.

ރުކާން ޑްރައިވަރު ގާތު ދުއްވާލުމަށް ބުނެލިއެވެ.

”ކިހިނެއްވެފަ ތީންނަނީ؟…” ކުޑަދޮރުގެ ލޫވާރގައި މޫނު ޖައްސާލައިގެން ފަސްވަމުން ދިޔަ މަންޒަރުތަކަށް ބަލަން އިން ތޫގާގެ ހިމޭންކަން ފާހަގަ ކުރެވުމާއެކު ރުކާންއަށް އަހާލެވުނެވެ. ”ކުޑާ އެކަނިކޮށްފައިދާން ޖެހޭތީތަ؟، ދެން އެކަމާ ނުވިސްނަބަލަ، މިހާރު ކުޑާ ވެސް އެއުޅެނީ ރަށަށް ބަދަލުވާކަށެއްނު… ޔޫ ސިސްޓާރސް ކޭން މީޓް އޯފެން ނައު…”

ރުކާންގެ ޖުމްލައިން ތޫގާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ މުށަށް ބާރުކޮށްލެވުނު ހިނދު އަވަސް ނޭވާތަކެއް ދޫކޮށްލީ ރުޅިގަނޑު ކޮންޓްރޯލް ކުރުމަށެވެ. އޭރު ރުކާން މާއީގެ ވާހަކަދެއްކީތީ ތޫގާ އިނީ ރުކާން ދެކެ ހިތްހަމަނުޖެހިފައެވެ. ލޮލަށާއި ތުންފަތަށް އޭނަ އިރުއިރުކޮޅާ އެގެންނަ ހަރަކާތްތަކުން އެކަން ހާމަވެއެވެ.

”ޔެސް، އަސްލު ވަރަށް އުފާވެއްޖެ ކުޑާ ރަށަށް ބަދަލުވާ ވާހަކަ ބުނީމަ… މާޒީ ހަނދާން ނައްތާލާފައި ކުރިއަށް ދާން އެޅޭނެ އެންމެ ބޮޑު އެއް ފިޔވަޅު އެއީ…” ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލި ތޫގާ ބުންޏެވެ. ތޫގާއަށް ހިނިތުންވެލި ރުކާން އޭނަގެ ސަމާލުކަން ހުއްޓާލީ އޭނަގެ އަތުގައި އޮތް ފޯނަށެވެ.

”އެކޮޅަށް ދެވުނުހާ އަވަހަކަށް އަހަންނަށް ގުޅައްޗޭ… ދައުހާއަށް ހުރިހާ މަޢުލޫމާތެއް ދީފަ ދޯ އޮތީ؟… އޭނަ ދާނެ ދޯ ފްލައިޓު ޖައްސާގަޑިއަށް އެއާރޕޯޓަށް ބަލާ؟…… ދައުއަށް ގަޑިއަށް ނާދެވުނަސް ޓެކްސީއެއް ނުހޯދާ ދަައު އަންނަން ދެން މަޑުކުރައްޗޭ…”

އެއާރޕޯޓަށް ގޮސް ތޫގާއާއި ވަދާއުގެ ސަލާމް ބައްދަލުކުރަން ޖެހުނު ގަޑީގައި ރުކާން ބުންޏެވެ. ތޫގާ އެކަނި ބޭރު ގައުމަކަށް ދާން ޖެހޭ ކޮންމެ ފަހަރަކު ރުކާން ފިކުރުބޮޑުވެއެވެ. ނަމަވެސް އޭނަ ހިތްހަމަޖައްސާލަނީ ތޫގާއާއެކު އެއިން ކޮންމެ ދަތުރެއްގައި ބައިވެރިވާ ތޫގާގެ އެކުވެރިންނަށް އިތުބާރުކުރެވޭތީއެވެ. މިހާރަކަށް އައިސް ތޫގާ ވިޔަފާރި ދަތުރުތަކުގައި އިންޑިއާއާއި ލަންކާއަށް ދާން ޖެހޭތީ ރުކާން ހުންނަނަނީ ކޮންމެވެސް ވަރަކަށް އެކަމަށް ހޭނިފައެވެ. ނަމަވެސް ލޯބިވާ އަންހެނުންގެ ރައްކާތެރިކަމާ މެދު އެހިތުގައި އޮންނަން ނުތަނަވަސްކަން އެހިތުން މުޅިން ފިލައިގެން ދާ ގޮތެއް ނުވިއެވެ.

އެހެނިހެން ފަހަރުތަކުގައި ރުކާންގެ ސަމާލުކަމުން ހިތަށް އުފާވެރިކަން އިހުސާސްކުރެވޭ ތޫގާ މިފަހަރު ހުރީ ފޫހިވެ ބޮލަށް ވެސް އުނދަގޫވެފައެވެ. އެއްވެސް ކަމަކަށް އޭނަގެ ޝައުޤުވެރިކަން ނުދެވެއެވެ. މާއީގެ ސަބަބުން އޭނަގެ މުޅި ދުވަސް ގޯހުން ގޯހަށް ހިނގައްޖެއެވެ.

”ހޫމްމްމް، އެކޮޅުން ދައު އަންނާނެ…” ތޫގާ ބުނެލިއެވެ. އެއަށްފަހު އޭނަ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ރުކާން ވެސް ތޫގާގެ ފަހަތުން އާންމުން ދިއުމަށް ހުއްދަދެވިފައިވާ ހިސާބާ ހަމައަށް ދިޔަ އެވެ. ރުކާން އަދިވެސް އެއްފަހަރު އިންޑިއާއަށް ދެވުމުން ގުޅުމަށް ހަނދުމަކޮށްދެމުން ތޫގާ އެތެރެއަށް ވަންނަން ދެން ބަލަން ހުއްޓެވެ.

*****

ދުވަސްތަކެއް ފަސް…

ފުރަން އޮތް ދުވަހެވެ. ހެނދުނުއްސުރެން ފޮށިތަންމަތި ތައްޔާރުކުރުމުގައި އުޅުނު މާއީއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ މެންދުރުވާން ކައިރިވެފައި ވަނިކޮށެވެ. އޭރު އޭނައަށް އަތްގާތްކޮށްލަދިނުމުގައި ބަސްމާގެ އިތުރުން މައުސޫމާ ވެސް ހަރަކާތްތެރި ވެއެވެ. އެންމެ ފަހު ފޮށީގެ ޒިބު ދަމާލަމުން ބަސްމާ ކޮޓަރިން ނިކުންނަން ދިޔައީ ފުރުމުގެ ކުރިން މާއީއާއި މައުސޫމާއަށް އެކަނި ވާހަކަދައްކާލަން ވަގުތުކޮޅެއް ދިނުމުގެ ނިޔަތުގައެވެ.

މައުސޫމާގެ ފަރާތުން މިހުރިހާ ދުވަހު މައީއަށް ލިބުނު ލޯތްބާއި އޯގާތެރިކަމަށް ޝުކުރުއަދާކުރާނީ ކިހިނެއްކަމެއް ވެސް ބަސްމާއަކަށް ނޭގެއެވެ. އޭނަގެ ލޯބިވާ ދަރިފުޅަށް މައުސޫމާގެ ފަރާތުން ލިބުނު އަޅާލުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުވެރިވެވުނެވެ. މާއީއާއި ވަކިވެގެންދާއިރު މައުސޫމާގެ ހިތަށް ލިބޭނެ މާޔޫސްކަން ވެސް އޭނައަށް އިހުސާސްކުރެވުނެވެ. ހަމައެއާއެކު ޒަވީން މިދުނިޔެއަށް ދޫކޮށްފައި ދިޔަ އެންމެ ފަހު އަމާނާތުގެ ވެރިފަރާތަކީ ވެސް މާއީ އެވެ. މާއީ އޭނައަށް ފެންނަ ހިސާބުގައި ވާން މައުސޫމާ ބޭނުންވާނެ މިންވަރު ބަސްމާއަށް އަންދާޒާ ކުރެވެއެވެ. ނަމަވެސް މާއީގެ އުފަލަށް މައުސޫމާ އެވަނީ ބޮޑު ޤުރުބާނީއެއް ވެފައެވެ. މާއީގެ އުފަލަށް މައުސޫމާ ދޭ އަހައްމިއްޔަތުކަން ވެސް ބަސްމާއަށް އެނިންމުމުން ފާހަގަކުރެވުނެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އޭނަގެ ދަރިފުޅަށް ޒިވާންގެ ފަރަތުން ލިބިފައި އެވަނީ ލޯބިވާ، ހިތްހެޔޮ އަދި އެހާމެ ފުރިހަމަ ޢާއިލާއެކެވެ. ހިތާމައަކީ އެޢާއިލާއާއި ކުއްލި ގޮތަކަށް ވަކިވާން ޖެހުނީތީއެވެ.

”މަންމާ…”

ސޯފާގައި އިށީންނަމުން އެނދު ކުރިމައްޗަށް ވާހެން ބަހައްޓާފައި ހުރި ފޮށިތަކަށާއި ފަޅުކަމުގެ އަސަރު ވެރިވެފައިވި ކޮޓަރިއަށް ނަޒަރު ހިންގާލީ މައުސޫމާއަށް ބަލަން ހުރި މާއީ ގޮވާލިއެވެ. އޭނަ އައިސް ސޯފާގައި އިށީންނަމުން މައުސޫމާގެ އަތުގައި ހިފާލިއެވެ.

”މަންމާ، ފަހަރެއްގައި ވެސް ހީނުކުރައްޗޭ އަހަރެން މަންމަ ދޫކޮށްފައި ދަނީޔޭ… އަހަރެން ޒިވާންއާއި ކައިވެނިކޮށްގެން އައި ދުވަހުން ފެށިގެން ވެސް މަންމަ ދެކުނީ އަހަރެން ތީ އަމިއްލަ ދަރިއެއްގެ ގޮތުގައި، އެކަމުގެ ސަބަބުން އަހަރެން ހިތަށް ލިބުނު ހަމަޖެހުމާއި އުފާވެރިކަން އަދިވެސް ހަނދާން އެބަހުރި… އަހަރެން އެންމެ ނިކަމެތިވި ދުވަހު ވެސް މަންމަގެ ފަރާތުން ލިބުނު ލޯތްބާއި ހިތްވަރުގެ ބަސްތަކަށް އަހަންނަށް ދުވަހަކު ވެސް ޝުކުރެއް އަދާނުކުރެވޭނެ… އަހަރެން މަންމައާއި ދުރަށް ދިޔަޔަސް އަދި ޒިވާން މިދުނިޔޭގައި ނެތްކަމުގައި ވިޔަސް އަހަރެންގެ ހިތުން މަންމައާއި ބައްޕައަށް ދެވިފައިވާ މަޤާމަށް ދުވަހަކު ވެސް ބަދަލެއް ނާންނާނެ… މިދެމެދުގައިވާ ގުޅުމަށް ދުވަހަކު ވެސް ބަދަލެއް އާންނާނެ…”

ވާހަކަ ދައްކަމުން ގޮސް މާއީއަށް ރޮވުނެވެ. ހަޔާތުން އެތައް އަހަރެއް ހޭދަކުރެވުނު ގެއާއި އެގޭގެ މެންބަރުންނަށް އަލްވަދާއު ކިޔަން ޖެހޭ ވަގުތު އައިސް ޖެހުނު ހިނދު އެއީ އޭނަ ހީކުރި ވަރަށް ވުރެން ވެސް އުނދަގޫކަމަކަށް ވެއްޖެއެވެ. އެގޭގެ ކޮންމެ މެންބަރަކާއެކު ވަނީ ހިތާހިތުގެ ގުޅުމެވެ. އެލޯބިވާ ފަރާތްތަށް ދޫކޮށް އެތަށް ހާސް މޭލެއްގެ ދުރުމިނަށް ހިޖުރަކުރަން ޖެހިފައިވުމުން މާއީގެ ހިތް ރޮމުން ދިޔަ އެވެ.

”ދަރިފުޅާ ދެން ނުރޮއި… މިހާރު ވާވަރަށް ދަރިފުޅު ހިތާމަކޮށްފި… މަންމައަށް އެނގޭ ދަރިފުޅު ރާއްޖެ ދާން ބޭނުންވަނީ ކީއްވެކަން ވެސް… އެހެންވެ މަންމަ ނެތިން ދަރިފުޅު ހުއްޓުވާކަށް ވެސް… ޒިވާންގެ އެންމެ ފަހު ދުވަސްތަކުގައި މާއީ ޒިވާންއަށް ދިން ލޯތްބަށް މަންމައަށް ދުވަހަކު ޝުކުރު އަދާނުކުރެވޭނެ… މަންމަ ހާދަ މަސައްކަތެއް ކުރީމޭ ދަރިފުޅާއި ޒިވާންއަށް އުފާވެރި ދިރިއުޅުމެއް ހޯދައިދޭން، އެކަމަކު ތަޤުދީރުގައި ލިޔެވިފައިވިކަންތައް ބަދަލެއް ނުކުރެވުނު… ދަރިފުޅަށް ޒިވާންގެ ވަކިވެ ދިއުމުން ފުން އަސަރުތަކެއް ކޮށްފައިވާކަން ވެސް މަންމައަށް އެނގޭ… ދަރިފުޅު ގާތު ދިއުމުގެ ކުރިން މަންމަ ބޭނުންވަނީ އެންމެ ކަމަކަށް، ދަރިފުޅު ތިހިތާމަަތަކާއި ކުރިމަތިލާނަންކަމަށް މަންމައަށް ވަޢުދުވޭ… ލިބުނު ހިތާމަތަކުން ފަހަރެއްގައި ވެސް ހީނުކުރައްޗޭ އުފާވެރިކަން އެއީ މާއީއަށް ލިބުން ހައްގު އެއްޗެއް ނޫންކަމަށް، އެހެން ދުވަހަކުވެސް ނުވިސްނާތި، ހުރިހާ އެންމެން ފަދައިން އުފާވެރިކަން އެއީ މާއީއަށް ވެސް ހައްގު އެއްޗެއް، އެކަން ހާސިލުކުރާނަން ކަމަށް މަންމައަށް ވަޢުދުވޭ، މާއީ އުފަލުގައި ވާނަމަ މަންމަގެ ހިތަށް އަބަދު ވެސް ހިތްހަމަޖެހުން ލިބޭނެ…” މައުސޫމާ ބުނެލިއެވެ. އޭނަ މާއީގެ ލޮލުން ކަރުނަތައް ފޮހެލަމުން މާއީގެ ގައިގައި ބައްދާލިއެވެ.

*****

ފުރަން ދިއުމުގެ ކުރިން ތަނަކަށް ދާން ބޭނުންވާ ކަމަށް ބުނެ މާއީ ދިޔައީ ޒިވާން ފަސްލެވުނު ސަހަރާ އަށެވެ. އަމިއްލަ ވަޒަނަށް ދިއުމުގެ ކުރިން ޒިވާންއާއި ވަދާއުގެ ސަލާން ބަދަލުކޮށްލަން މާއީގެ ހިތް އެދުނީ އެވެ.

ސަހަރާގެ ގޭޓު ކުރިމަތީ މަޑުކޮށްލައިގެން ހުރި މާއީއަށް ކުރިއަށް ބަލާލެވުނެވެ. ސަހަރާގައި ހުރި ބިޔަ ގަސްތަކަށް ހަރީފު މޫސުމުގެ އަސަރުކޮށްފައިވުމުން ގަސްތަކުގެ ފަތްތައް ފައިބާ މުޅި ބިސްގަނޑު އޮތީ ރަތާއި އޮރެންޖް އަދި ރީނދޫ ކުލައިގެ ފަތްތަކުން ބަރާވެފައެވެ. ސަހަރާގައި ހިގަން ހަދާފައި އޮތް މަގު ވެސް ފާހަގަ ކުރެވެނީ ޖަހާފައި ހުރި ފެންސުތަކުންނެވެ.

ގޭޓުން މާއީ އެތެރެއަށް ވަދެގެން ދިޔަ ވަގުތު ކޮންމެވެސް ބަޔެއްގެ ރުއިމުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުނެވެ. އަޑު އައި ދިމާއަށް ބަލާލި ހިނދު ތަންކޮޅެއް ދުރުން މީހަކު ވަޅުލުމުގެ ކަންތައް ކުރިއަށް ދާ މަންޒަރު ފެނުނެވެ. ހުއްޓުންއަރާފައި އެމަންޒަރު ބަލަން މާއީއަށް ހުރެވުނު އިރު އެޢާއިލާ މީހުންގެ ހިތުގައި އަޅާނެ ވޭން އޭނައަށް އެވަގުތު ތަސައްވަރުކުރެވުނެވެ. ވަޅުލުމުގެ ކަންތައް ނިމި ހުރިހާ އެންމެން ގޮސް ހުސްވަންދެން ބަލަން މާއީއަށް ހުރެވުނެވެ. އޭރު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔަ ކަން އިހުސާސް ކުރެވުނެވެ.

ހިތްވަރުކޮށްލަމުން މާއީ ގޮސް ޒިވާން ފަސްލެވުނު ހިސާބުގައި ހުއްޓިލިއެވެ. އޭނަ މިހުރިހާ އިރު ކޮޅަށް ހުރުމަށް ލަމުން ދިޔަ ހިތްވަރު އެލިގެން ދިޔައީ ދެނެވެ. ފައިގެ ހުޅުން ވާގި ދޫވެގެން ދިޔަކަން އިހުސާސްކުރެވުނު ހިނދު އޭނައަށް އިދެވުނީ ބިންމައްޗަށް ތިރިވެއެވެ. ތުންފަތުގައި ދަތްއަޅާ ބާރުކޮށްލެވުނީ ތުންފަތް ފޫއާޅުވާލާފައި މިނިވަންވާން މަސައްކަތްކުރަމުން އައި އާހްތަކުގެ އަޑު ހިންދާލުމުގެ މަޤުސަދުގައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަހާނައަށް ބަލާލުމާއެކު މެޔަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ.

އަނެއްކާ ވެސް އޭނަގެ މުޅި ދުނިޔެ ފުނޑުފުނޑުވެ ފައިބަގެން ދިޔަކަމުގެ ވޭނީ އިހުސާސްތައް މާއީގެ ހިތުގައި ތަކުރާރު ވިއެވެ. އޭނައަށް އަތްތިލަ ގެނެސް ބާރުވަަމުން ދިޔަ މޭމަތީގައި ޖައްސާލެވުނެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް ހުއްޓާވާކަށް މާއީ ބޭނުމެއް ނުވިއެވެ.

”ޒިވާން… އަހަރެން ޒިވާންއަށް ވި ވަޢުދުތައް ފުއްދަދޭނަން… އަހަރުމެންގެ ދަރިފުޅަށްޓަކައި ހުރިހާ ވަޢުދެއް ފުދައިދޭނަން… ޒިވާން އެދުނު މަންޒިލް ހޯދަން އަހަރެން މަސައްކަތްކުރާނަން… ޒިވާން އަހަންނަށް ދިން ލޯބި ދުވަހަކު ވެސް މިހިތުން ފޮހެވިގެން ނުދާނެ… ”

ވޭނީ ގިސްލުމުގެ އަޑު ތުންފަތުގެ ތެރޭން ފޭދިގެން ދިޔަ ހިނދު މާއީއަށް ކޮޅަށް ތެދުވެވުނެވެ. އޭނަ އިތުރަށް އެތާނގައި މަޑުކޮށްފިނަމަ ރޮވުން ނޫންކަމެއް ނުކުރެވޭނެ އެވެ. އެއާއެކު ކަރުނަތައް ފޮހެލަމުން ޒިވާންގެ މަހާނައަށް ފަސްދީ މާއީ ކުރިއަށް ހިނގައިގަތެވެ. ގޭޓު ކައިރިއަށް ހުއްޓިލަމުން ފަހު ފަހަރަށް ފަސްއެނބުރި މާއީ ބަލާލިއެވެ. އޭރު އެދެލޮލުގައި ވަނީ ކަރުނަތަކެވެ.

*****

ޒިވާންގެ ޢާއިލާއާއި ވަދާޢުގެ ސަލާން ބަދަލުކޮށްލަމުން ރޮވިފައިވި މާއީ މަންމަމެންނާއެކު ފުރާމީހުންގެ ބަޔަށް ވަންނަން ހިނގައިގަތެވެ. އޭރު އެމަންޒަރު ބަލަން ހުރި މައުސޫމާގެ ދެލޯ ފުރިގެން އައެވެ. އާމިރު އޭނަގެ ކޮނޑުގައި އަތްޖައްސާލުމުން ކަރުނަތައް ފޮހެލަމުން އާމިރާއެކު އެތަނުން ދާން އޭނަ ހިނގައިގަތެވެ. އެވަގުތު މައުސޫމާއަށް ހިތާހިތުން ދުޢާ ކުރެވުނީ މާއީގެ ހިތާމަތަކަށް ނިމުން ގެނެސްދެއްވުން އެދިއެވެ. ހަމައެއާއެކު މާއީ ދިރިއުޅުމުގައި ކުރިމަތިލާން ތައްޔާރުވަމުން އެދާ އައު ބާބުގައި ކާމިޔާބު ހާސިލުވުމަށްވެސް އެދި އޭނައަށް ދެންނެވުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އެވްލީން… 24

Next

އެވްލީން… 25

Next
October 30, 2018

އެވްލީން… 25

Previews
October 30, 2018

އެވްލީން… 24

6 Comments!

  1. Love U?? says:
    October 30, 2018 at 8:15 pm

    YAY me first varah reethi mi bai whennext part

  2. Nunnu says:
    October 30, 2018 at 8:31 pm

    Mutha ge vahaka thakuga sisters in medhuga varah bodu nafratheh onnakan fahangaveyyy…
    Hithah araa hama edharajayah amilla sis ah nafrathu kuraa meehun ulheyy baaeyy
    Awleen story kiyafavess rihanee ulhey gothun varah nuthanavas veyyyy.. nidhan ove vess hama visneyy ekamai
    I love my two little sisters.. and they love me too

  3. Nunnu says:
    October 30, 2018 at 8:33 pm

    ……..Story varah reethi

  4. Yeah says:
    October 30, 2018 at 8:44 pm

    Varah reethi. Thankolheh avahah update kohdheeba

  5. annoying reader says:
    October 30, 2018 at 9:03 pm

    i love this story one of the few stories i look forward to read from this site. i hate thooga. please mutha dnt let her hurt maai. she already suffered alot. And i dnt knw y thooga hates mai so much,they are sisters so y shud she hates mai for being beautiful? its not her fault. waiting for the nxt part

  6. Noor says:
    November 1, 2018 at 2:03 am

    Haadha reethi vahakaekei mi, varah curious vei maai ge life ga dhen vaane kantakaamedhu nd i think tooga will be a perfect villain who will make the story more inetresting. Tooga ge entry in fashaigen mi haa hissabah ai iru ves varah complex character eh kan angaafa othy so she will be a very interesting character. Good luck mutha ???

Comments are closed.

Next Episodeހޯދޭތޯ މަންޒިލެއް… 9←


All Right Reserved!