Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެހެނަސް…(12)

Z A L 🐙 Level 210 Stories100 Login100 Comments
October 27, 2018 3 Mins Read
9 Comments

ހޮނިހިރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އޭރު އަދި 8ވެސް ނުޖަހައެވެ. މަލާކްގެ އެދުމުގެ މަތިން އެހާ ހެނދުނާވެސް އަފާއާއި މާޒް އޭނާއެކު ރަށުގެ ޖެޓީ ފަރާތުން ގެސްޓް ހައުސްތަކާ ދިމާލަށް މޫދަށްއައިސްއުޅެއެވެ. “މީނަ ކަޅުވެދާނެތީ އަރެމެން މިޖެހެނީ ޗުއްޓީދުވަސް ދުހުގެ ނިދިވެސް ނަގާލާފަ މީނަ އާއެކީ އަންނަން ދޯ އަފާ؟!” މާޒް ހުއްޓާލުމެއްނެތި މަލާކާ ދިމާކިރަމުން ދިޔައެވެ. މާޒްގެ ވާހަކަތަކަށް ރައްދު ދިނުމެއްނެތި މަލާކް ދިޔައީ އޭނާގެ އައިފޯނުން ‘ހެސްކިޔާފަ’ފޮޓޯ ނަގަމުންނެވެ. އެމަންޒަރުތަކާއި ވަގުތުތައް ހިތުގަޔާއި ފޯނުގައި ރައްކާކުރަމުންނެވެ.

“މާޒް ދޮންތައަށް ފޮޓޮއެއް ނަގާދީބަ ޕުލީޒް؟” މަލާކް ކުޑަކުއްޖެއްހެން މާޒް ގާތުގައި އެދުނެވެ. އަފާ އޭރު ތަނކޮޅެއް ބިއްދޮށުގައި ހުރީމައެވެ. މާޒް އެއްބަސް ވުމުން މަލާކް ގޮސް ދެދަނޑީގެ އެހީގައި މޫދު ތެރޭގައި އެލުވާފަި ހުރި ކުޑަކުޑަ އުނދޯލީގައި ‘މޮޑެލް’ ގޮތަކަށް އިށީނދެ ލައިގެން ހުރި ޖޯޒީ ރީތިކޮށްލަމުން ފޮޓޮއަށް ތައްޔާރުވެލިއެވެ. އެތަން ފެނިފައި މާޒްއަށް ލާނެތް ޚިޔާލެއް އައެވެ. ފޯނުގެ ކެމެރާ ‘ސެލްފީމޯޑަށް’ ބަދަލުކޮށްލިއެވެ. މާޒް ސެލްފީ ނަގަން ފެށި ވަގުތު އޭނާގެ ފަހަތުން ލައިފައި ޒުވާނަކު، ގެސްޓުން މޫދަށް އެރެން ޚާއްޞަކޮށްފައިވާ ދިމާލަށް ދާންދެއެވެ. މާޒް ފަހަތް ބަލާލާފައި އެޒުވާނާގެ އިސްތަށިގަނޑުގެ ކުލަ ދިވެހިންނާ ތަފާތު ވުމުން ފަތުރުވެރިއެއް ކަމަށް ނިންމިއެވެ. އިސްޖަހައިގެން މޮޑެލް ކުރަން އިން މަލާކްގެ އެންމެ ފޮޓޮއެއް ނެގުމަށްފަހު މާޒް އޭނާއަތަށް ފޯނުދިނެވެ. މަލާކްވެސް އެގަޑީގައި ކޮންމެހެން ފޯނު ބަލަން ނުހަދާ އިހަށް ފޯނު ބޭއްވުމަށްފަހު މޫދަށްއެރެން ދިޔައެވެ.

ގެއަށް އައިސް ފެންފަރައިގެން ސައިބޮއެގެން މަލާކްދިޔައީ މާމަމެން ގެއަށެވެ. ބައްޕަގެ ފާތިހާއަށް ކައްކަން، ހަވާދު ތަޅާ ތަނަށް އެހީ ވެދޭށެވެ. އޭރު އަފާވެސް ފެންވަރައިން ނުކުމެގެން ސައިބޯން އުޅެއެވެ. “މަލާކް..؟ އަފާ ސައިބޮއީމަ ދެކުދިން ދޭބަލަ ކައިރި ގެތަކަށް ދައުވަތު ކާޑު ބަހާލަދޭން. މާޒްމެން ފޮނުވާނަން ދުރުގެތަކަށް.” ސަރާ އެހެން ބުނުމަށްފަހު މަލާކްއަތަށް ކާޑުތަކެއް ދިނެވެ. އަފާ ސައިބޮއެ ނިމުމުން މަލާކްއާ ދެމީހުން ހިނގައިގަތެވެ.

“އަފާއަށް އިނގޭތަ ޒާހިލްމެންގެ ހުންނަ ތަނެއް؟” “އާނ..އޭ! މީގަ އެބޮތް އެގޭ ކާޑުވެސް..ހިނގާ ދާން” އަފާ ޖަވާބުގައި ބުންޏެވެ. މަލާކްއާއި އަފާ ގޯޅިއެއް އެޅިއިރު ވަރަށް ފިރިހެންވަންތަ ހިނގުމެއްގައި ހުރި ޒުވާނަކު އެގޯޅިން ލައިފައި އާދެއެވެ. އެޒުވާނާގެ ދެލޯ ވަނީ އަވިއައިނަކުން ފޮރުވާލެވިފައެވެ. މަލާކް އިސްޖަހައިގެން ހުރެ ހިނގާފައި ދިޔައިރު އަފާހުރީ އެޒުވާނާ ރީތިކަމުން ބަލަހައްޓައިގެންނެވެ. އެޒުވާނާގެ އިސްތަށިގަނޑުގެ ކުލަތަފާތެވެ.

އެޒުވާނާ އެމީހުން ފަސްދީ އެގޯޅިން ނުކުންނަން ދިޔައިރު ޖެހުނު ވައިރޯޅިއަކުން މަލާކްގެ ނޭފަތާހަމަޔަށް ސެންޓުވެސް ދުވިއެވެ. ކުއްލިއަކަށް މަލާކްގެ ފިޔަފަޅުތަކަށް ހުއްޓުންއެރިއެވެ. އެއީ އަލޫކް އާއްމުކޮށް ބޭނުންކުރާ ސެންޓުގެ ވަހެވެ. އެއީ އަނެއްކާ އަލޫކް ބާއެވެ؟

“ކިހިނެއްވީ މަލާދޮންތާ؟! އެސޮރު ރީތިވީތަ؟!ހެހެ!” “ނޫނޭ..ކަމެއްނުވޭ. ކުޑަކަމެއް މަތިން ހަނދާންވީ. އަދިވެސް އެގެއާ ކައިރި ނުވޭތަ؟” މަލާކް މައުޟޫ ބަދަލުކޮށްލިއެވެ. މިގަޑީ އެކަމާ ނުވިސްނަން ވެގެންނެވެ. “އެހެރީ އެގެ!”

ފެހިކުލައިގެ ބޮޑު ގޭޓު ހުޅުވާލުމަށްފަހު މަލާކާއި އަފާ އެތެރެއަށްވަނެވެ. ގޯތިތެރެއަށް ވަދެގެން ދާންއޮތް މަގުގައި ވަނީ ގާއަތުރާފައެވެ. އެމަގުގެ ދެފަރާތުގައިވަނީ އެކި ކުލަކުލައިގެ މާގަސްތަކުން ޒީނަތްތެރިކޮށް، ވަަރަށް ތަރުތީބުން ގަސް އިންދާފައެވެ. ބާކީއޮތް ހުސްތަންގަނޑުގައި އޮތީ ކާޕެޓު ވިނަ ހައްދާފައެވެ. އުސްފާރުތަކާ ދިމާލުގައި އަނބާއި، ހިތިގަސް ފަދަ ހިޔާދޭ ބޮޑެތި ގަސްތައް ހައްދާފާވެއެވެ. ގޭތެރެއަށް ވަންނަން ހުރި ބޮޑު ދޮރުގެ އެއްފަރާތުގައި ހުރި ގުރާކޮށިން ރީތި ރާގުތައް އިވެމުން ދެއެވެ. ފާރުތަކުގައިވެސް ހުރީ އެކި ޝޭޑްތަކުގެ ފެހިކުލައިން ޒީނަތްތެރި ކޮށްފައެވެ.

“އައްސަލާމްޢަލައިކުމް..؟” “ވަޢަލައިކުމުއްސަލާމް ވަރަޙްމަތުﷲ ވަަބަރަކާތުހް.” އެތެރެއިން ސަލާމްބަލައިގަތުމަށް ފަހު މެދުޢުމުރުގެ އަންހެނަކު ނުކުތެވެ. އެމީހާ ލައިގެން ހުރީ ކަޅުކުލައިގެ އަބާޔާއެކެވެ. އަޅަިގެން ހުރި ވަށްބުރުގާ ރީތިކޮށްލަމުން އެމީހާ، ހިނިތުންވެލާފައި މަލާކް ދިއްކޮށްލި ކާޑުގައި ހިފިއެވެ. ހީވާގޮތުން އޭނާ އެއައީ ބަދިގޭގެ މަސައްކަތެއްގައި އުޅެފައެވެ. “ސަރާ ދަރިފުޅު ދޯ ތީ؟ ޒާހިލް ބުންޏޭ މިރަށު ކުއްޖަކު އުޅޭ ވާހަކަ ކޮލެޖުގަ. މިޒާހިލްގެ މަންމަ، ސަފީނާ. ދެން މަލާކްދޯ؟ މަލާކް މާލޭގަ އުޅުނީމަ ދައްތަ ނޭނގިދާނެ..ކިހިނެއްވަނީ ކިޔެވުން؟ އަލަށްދޯ ރަށަށް ތިއައީ؟” “ކިޔެވުން ރަނގަޅު. ހެހެ،ލައްބަ، އަލަށް މިއައީ.” “ރީތިދޯ ރަށް. ޒާހިލް ނެތް ގެއަކު މިގަޑީ، ރަށަށް އާދެވުނީމަ އަބަދު ކޮންމެވެސް ކަމެއްގަ އުޅޭނީ..މިއަދުތަ ފާތިހާ ކެއުން؟!!” “ނޫން..އަންނަ ހުކުރުގަ. ޡމިއަދު އަދު ހަވާދު ތަޅަނީ މަންމަމެން.” “ދޮގެއްވެސް ނޫނޭ..އަދި ކާޑުބަލައިނުލެވުނީ ރަނގަޅަށް ހެހެ.” ސަފީނާ ކާޑަށް ނަޒަރު ހިންގާލިއެވެ. “ހެހެ، ގޮސްލީމި..އަދި ބައިވަރުގެ އެބަހުރި ކާޑުބަހަންދާން..” “އާނ..އޯކޭ”.

މަލާކް ހިތާހިތުން ސަފީނާގެ ހިތްހެޔޮކަމާއި އެމިޖާޒަށް ތަޢުރީފުކޮށްލެވުނެވެ. ” ހާދަ ރީތި ގެއެކޭދޯ؟” “ރީތިވާނެ. އެތެރެ އަދި މާރީތި ވާނެ.. ދެން ރީތި ވާންވެސް ޖެހޭނެ އެންނު، ޒާހިލްގެ ބައްޕައަކީ އަތޮޅު ކައުންސިލްގެ ރައީސް ކުރިން. މިހާރު އުޅެނީ މިނިސްޓްރީގަ ކަމަށްވަނީ.” އަފާގެ ފަރާތުން މަލާކަށް އާމަޢުލޫމާތު ލިބެމުން ދިޔައެވެ.

ރޭގަނޑު ނިދަން އޮށޯވެގެން އޮވެ މަލާކް ވިސްނަމުން ދިިޔައީ މިއަދު ފެނުނު ޒުވާނާއާ މެދުގައެވެ. އެއީ އަލޫކަށް ވެދާނެބާއެވެ؟ އެކަމު މިރަށަށް އަލޫކް އަޢީ ކީއްވެބާއެވެ؟ އޭނާ ހޯދަން އައީބާއެވެ؟ އެންމެފަހުން ސުވާލުތަކުން ސިކުނޑި ތޮއްޖެހެން ފެށުމުން މަލާކް ފޯނުނެގިއެވެ. ހެނދުނު މޫދަށް ގޮސް ނެގި ފޮޓޯތައް ބަލަމުން ބޭކާރު އެއްޗެހި ޑިލީޓުކުރަމުން ދިޔައެވެ. މާޒް ޖެއްސުމަށްކިރި ކަންތައް ފަޅާއެރުމުން މާޒްއަށް ބޮނޑިއެއް ދޭން ދާން ހިތަށްއަރާ، އެނދުން ތެދުވުމަށްފަހު ދެތިން ފޮޓޯ ސްވައިޕް ކޮށްލި ތަނުން އެސެލްފީ ތަކުތެރެއިން ސެލްފީ އެއްގައި މާޒްގެ ފަހަތުން ފޮޓޮއަށް އަރާފައިހުރި ޒުވާނާ މަލާކްގެ ލޮލުގައި އަޅައިގަތެވެެ. ހިތްއަވަސްކަމާއެކު ފޮޓޯ ޒޫމްކޮށްލަމުން މަލާކް ފަރުވާތެރި ކަމާއެކު ބަލާލުމާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ. މިއީ އެޑިޓެއް ބާއެވެ؟ މިހެން މިކަން ވެދާނެ ބާއެވެ؟

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Z A L 🐙

Level 210 Stories100 Login100 Comments

17//

Other Articles

Previous

ވީ ބޭވަފާ އޭ… ކުށަކީ ކޮބައި ހޭ… 1

Next

ހުވަފެނުގެ ރާނީ 6

Next
October 27, 2018

ހުވަފެނުގެ ރާނީ 6

Previews
October 27, 2018

ވީ ބޭވަފާ އޭ… ކުށަކީ ކޮބައި ހޭ… 1

9 Comments!

  1. kitty says:
    October 27, 2018 at 8:29 pm

    me first dhw.. zell long time.. how was ur exams dear?? BTW story was awsm

  2. Hhhhmkh says:
    October 27, 2018 at 9:41 pm

    After long time thats also too short

  3. Zal says:
    October 27, 2018 at 9:50 pm

    Yes, you first kitty. Exams are okeyh inshaallah. Thankyou kitty. Alhey thankyou❤

  4. Sheyou says:
    October 28, 2018 at 9:02 am

    Welcome back zal. Vaahaka varah rythi. Zal exams kihineh vany ??♥️♥️

    1. Zal says:
      October 28, 2018 at 10:40 pm

      Thankyou Sheyou? exams OK inshaallah, still one paper remaining adhi. Thanks for the support

    2. Mann says:
      October 29, 2018 at 4:53 pm

      Zal Kon exam thakeh
      O’Level or higher studies

    3. Zelll says:
      January 16, 2019 at 3:23 pm

      It’s O’Level Mann. ?

  5. Beauty says:
    October 28, 2018 at 8:17 pm

    Rythi
    When next part???
    Gaboolu kuraa hiyvany mihaa bodu gap akah fahu feshyma daily nuvatha twice a week viyas up koddheyne kamah

    1. Zal says:
      October 28, 2018 at 10:38 pm

      Inshaallah I will.❤

Comments are closed.

Next Episodeއެހެނަސް…(13)←


All Right Reserved!