Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މާފެއް ނުކުރާނަން ހެއްޔެވެ؟4

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
November 3, 2018 3 Mins Read
12 Comments

***** ފަސް އަހަރު ފަސް****

ނޯޓު: މިބައި ފެށިފައި މި ވަނީ އަޝްޖައުގެ ނަޒަރަކުން ނޫނެވެ.

ބްރިޖްމަތިން ކާރު ދުއްވާފައި ދިޔައިރު ފެންނަމުން ދިޔަ މަންޒަރުތަކުން އަހަންނަށް ހުރެވުނީ އާޝޯޚުވެފައެވެ. ފޮޓޯތަކުން ރައްޖޭގެ ރީތިކަން އަހަންނަށް ފެނުނެވެ. ފޮޓޯތަކަށް ވުރެ ހަމަލޮލަށް ރާއްޖެ ފެންނަލެއް މާ ހިތްގައިމެވެ.

“މަންމި ލުކް ޑޮލްފިންސް” މޫދުގައި ފުމެމުން ދިޔަ ކޯމަސްތައް އަހަންނަށް ދެއްކީ ޖީނާއެވެ. އަހަންނެކޭ އެއްފަދައިން ޖީނާވެސް އެހުންނަނީ ރާއްޖޭގެ ރީތި ކަމުން އާޝޯޚުވެފައެވެ. ޝައުގުވެރިކަމާއެކު ކޯމަސްތަކަށް ބަލަން އިން ޖީނާއަށް ބަލާލުމާއެކު އަހަރެންގެ ލޯފުސްވެގެން ދިޔައެވެ. ޖީނާ ފެންނަ ކޮންމެ ފަހަރަކު ހަނދާން ކުރަން ބޭނުންނުވާއެތަށް ކަމެއް ހަނދާންވެއެވެ. އެހެނަސް އޭގެ ސަބަބުން އަހަރެން ޖީނާދެކެ ވާ ލޮތްބަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. ޖީނާއަކީ އަހަރެންގެ ލޮލުގެ ނޫރެވެ. އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަހަރެން ޖީނާދެކެ ލޯބިވެއެވެ. ޖީނާއަށް ގޮތެއް ވެއްޖެނަމަ އަހަރެން މޮޔަވެދާނެއެވެ. ހަގީގަތަށް ބުނަނީނަމަ އަހަރެން ދިރިއުޅުމުގެ މަގްސަދަކަށްވެފައިވަނީ ޖީނާއެވެ. އަހަރެންގެ ހަށިގަނޑުގައި ފުރާނަހުރިހާ ހިނދަކު ޖީނާއަށް ގެއްލުމެއް ވިޔަކަ ނުދޭނަމެވެ.

މީގެ ހަތަރު އަހަރުކުރިން އެންމެ ފުރަތަމަ ޖީނާ އަހަރެންގެ އަތުތެރެއަށް ލެވުނު ދުވަހަކީ ހަޔާތުގައި އެންމެ އުފާވި އަދި އެންމެ ދެރަވި ދުވަހެވެ. ވަށްދޮން މޫނައި ކުޑަކުޑަ ނޭފަތްކޮޅު އަދި އަނގަކޮޮޅު ފެނުމާއެކު އަހަރެންގެ ހިތް ލޯބިން ބަންޑުން ނުވީ ކިރިޔާއެވެ. ޖީނާގެ ފެހި ކުލައިގެ ލޮލުގެ ޖާދޫ އެދުވަހުން ދުވަހަށް އަހަންނަށް ޖެއްސިއެވެ.

ޚިޔާލުތަކުން އަހަންނަށް ބޭރުވެވުނީ  އަހަރެން ބޭނުންވާ މަންޒިލަށް ކާރުގޮސް މަޑުކޮށްލުމުންނެވެ. އަހަރެން ފޭބުމުގެ ކުރިން ޑްރައިވަރު ގޮސް ޑިކީން ފޮށި ބާލައިފައި ގޭތެރެއަށް ވެއްދިއެވެ. އަހަރެންވެސް އެކިތަންތަންތަނަށް ބަލަމުން ޖީނާގެ އަތުގައި ހިފައިގެން ކާރުން ފޭބީމެެވެ.

ކާރުން ފޭބިއިރު ގޭގެ ދޮރުމަތީ ދެޖީބަށް އަތްޖަހައިގެން ހުރި ޒުވާނާފެނި އަހަރެންގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. ކަޅު ކުލައިގެ ސްކިނީއާ ރަތްކުލައިގެ އަތްދިގު ގަމީސް އެޒުވާނާގެ ބައިމަތިފުޅާ ހަށިގަނޑާ ނުލާހިކު ގުޅެއެވެ. ފަންއިސްތަށިގަނޑުވަނީ އެއްފަރަތަކަށް ސްޓައިލްކޮށްފައެވެ. ރީތިކޮށް އެއްވަރަކަށް ބަހައްޓައިފައި ހުރި ތުނބުޅީގެ ސަބަބުން އެޒުވާނާގެ ފިރިހެންވަންތަކަށް ހާމަކޮށްދެއެވެ. އަދައިގެ ވަރަކަށް ހަމުގެ ކުލަ އައްޔެވެ. އިސްކޮޅުގައި ގާތްގަނޑަކަށް ހަފޫޓުވަރު އުޅޭނެއެވެ. އެޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކެވެ. ހީވާގޮތުން އެޒުވާނާއަށް ދުވަހަކުވެސް އުފާވެރިކަމައް ނުލިބެއެވެ. އެޒުވާނާގެ މޫނުފެންނަ ކޮންމެ މީހަކު ދެރަވާނެއެވެ.

“ޝައުން” އެއީ ޝައުންތޯ ޔަގީންކުރުމުގެ ގޮތުން އަހަރެން ގޮވާލީމެވެ. ޝައުން ބޯ ޖަހާލުމަށްފަހު އެތެރެއަށް ވަނުމަށް އިޝާރަތްކުރިއެވެ. ބަލާބެލުމަށް ޝައުން ހީވަނީ ވަރަށް ބަސް މަދު ޒުވާނެއްހެންނެވެ. އަތުގައި އޮތް ހޭންޑް ބޭގް ރީތި ކޮށްލުމަށްފަހު ޖީނާ އަތުގަ ހިފައިގެން ޝައުން ފަހަތުން ހިނގައިގަތީމެވެ. ޝައުންގެ ފިރިހެންވަންތަ ހިނގުމަށް އަހަރެންގެ ހިތް ތައުރީފް ކުރަމުން ދިޔައެވެ. ފުރަތަމަ ފެނިލުމުންވެސް އަހަންނަށް ޝައުން ކަމުގޮސްފިއެވެ.

ޝައުން އަހަންނާ ޖީނާ ވެއްދީ ގްރައުންޑް ފްލޯގައި ހުރި އެޕާޓްމެންޓަކަށެވެ. ދެކޮޓްރިއާއި ސިޓިންރޫމްގެ އިތުރަށް ކާބަޔާއި ކައްކާބައިގެ އިތުރަށް ކުޑަ ބެލްކަންނެއް ހިމެނޭ އެއެޕާޓްމެންޓް ވަރަށް ފުރިހަމައެވެ. ފާރުތަކުގައި ވަނީ އަހަންނަށް އެންމެ ރީތި ހުދުކުލަ ލާފައެވެ. ސިޓިންރޫމްގައި ކަޅު ސޯފައަކާއި ސޯފާގެ ކުރިމައްޗަށް ވާގޮތަށް އެންމެ ބޮޑު ސައިޒްގެ ފަތިޓީވީއެއް ފާރުގައި ހަަރުކޮށްފައި ހުއްޓެވެ.

“ދިސް އިޒް މައި ހައުސް. ރަހުވާއާއި ޖީނާގެ ކޮޓަރި އެހެރީ ރައިޓް ސައިޑްގަ. ބަދިގޭގަ ކައްކާ ސާމާނު ހުންނާނެ ހަމައަށް. ރަހުވާ ބޭނުން އެއްޗެއް ހަދައިގެން ކާންވީ. ދެން ބޭނުން ގަޑިއަކު ޓީވީވެސް ބެލޭނެ. އެއްޗެކޭ ބުނާނެ މީހަކު ނުހުންނާނެ. ދާންވީނު ރެސްޓް ކޮށްލަން. އެހާ ދިގު ދަތުރެއް ކޮށްފައައިމަ ވަރުބަލި ވާނެއްނު ދޯ ޖީނާ. އާ ޔޫ ޓަޔަޑް؟” ޖީނާއާ ވާހަކަދެއްކި ގަޑީ ޝައުންގެ މޫނުމަތިން ހިނިތުންވުމެއް ފެނުނެވެ. އެރީތި ހިނިތުންވުން އަބަދަށް ފެންނާނެ ނަމައޭ އަހަރެންގެ ހިތަށް އެރިއެވެ. ވަރުބަލިވެފައި ހުރުމުން ޖީނާ ގޮވައިގެން ޝައުން ބުނި ކޮޓަރިއަށް އަހަރެންވަނީމެވެ.

ކޮޓަރިވެސް ފުދޭވަރަކަށް ބޮޑުވެފައި ހިތްފަސޭހައެވެ. ސިޓިންރޫމާއި ޚިލާފަށް ކޮޓަރީގައިވަނީ މަޑު އަދި ގަދަ ފިޔާތޮށު ކުލަ ލާފައެވެ. ކޮޓަރީގެ މެދައް ވާގޮތަށް އެންމެ ބޮޑު ސައިޒްގެ އެނދެއް ބަހައްޓާފައި ހުރިއިރު އެނދުގައިވަނީ ދަނބުކުލައިގެ ބެޑްޝީޓެއް އަޅާފައެވެ. އެނދުގެ ކަނާއަތްފަޅީގައި ހުދުކުލައިގެ ތިންދޮރުލީ ބޮޑު އަލަމާރިއެއް ހުއްޓެވެ.

ޖީނާ އާފުރެން ފެށުމާއެކު އަހަރެން ބެލީ އަވަހަށް ޖީނާ ރީތިކޮށްގެން ނިންދެވޭތޯއެވެ.

********

އަޝްޖައުގެ ނަޒަރުން:

ރަސްފަންނުގެ ހިތްގައިމު ދޮންވެލިގަނޑު މަތީ އިށީންދެގެން އިންއިރު އަހަންނަށް ވިސްނެމުން ދިޔައީ މިއަދު ޝައުންގެ ކާރަަަށް އެރި ކުއްޖާއާ މެދުގައެވެ. ކަކުލާ ހަމައަށް އަންނަ މަޑުނޫކުލައިގެ ކުރުތާއަކާ ކަޅު ޖިންސެއްގައި ހުރި ކުއްޖާ އަހަންނަށް ކޮންމެސް ތާކުން ފެނުނު ވައްތަރު ޖަހައެވެ. އެ އަންހެން ކުއްޖާ ގާތު ހަތަރު ވަރަކަށް އަހަރުގެ ކުޑަ އަންހެން ކުއްޖެއްވެސް އިނެވެ.

ޝައުން އަންހެންކުއްޖަކާ އަނގައިން ނުބުނާތާ ދެއަހަރަށް ވުރެ ގިނަދުވަސް ވަނީއެވެ. މީގެ ދެއަހަރު ކުރިން ވިހެއުމުގެ ތެރޭގައި ހުދާ އަދި ޝައުންއާއި ހުދާގެ ދަރިފުޅު ދުނިޔެ ދޫކުރުމާ ގުޅިގެން ޝައުން އުޅެމުންދަނީ އެކަނިވެރި ދިރިއުޅުމެކެވެ. އަންހެން ކުއްޖެއް ކީއްކުރަން އަހަރުމެން މީހަކާވެސް އަނގައިންނެއް ނުބުނެއެވެ.

އެއާޕޯޓުން ފެނުނު އަންހެންކުއްޖާ އެރީ ޝައުންގެ ކާރަށްކަން އަހަންނަށް ހަމަޔަގީނެވެ. އެކަމުގެ ހަގީގަތެއް ބަލަން ޝައުންގެ ގެއަށް ދާން އަހަރެން ތެދުވީމެވެ.

ގޭދޮރުގައި ޓަކި ދިންތާ މިނެޓެއް ފަހުން ދޮރު ހުޅުވިއެވެ. އަހަންނަށް ހައިރާންކަން ލިބުނީ އެއާޕޯޓުން ޝައުންގެ ކާރަށް އެރި އަންހެން ކުއްޖާ ދޮރު ހުޅުވުމުންނެވެ. ދެބުމަ ގޮށްޖަހަމުން އަހަރެން ގޭތެރެއަށް ވަނީމެވެ.

ދެންވެސް ފެނުނު މަންޒަރުން އަހަރެންގެ ދެލޯ ނުވެއްޓުނީ ކިރިޔާއެވެ. ބިންމަތީގައި އިށީންދެގެން ޝައުންއުނީ ހަތަރު ވަރަކަށް އަހަރުގެ ކުއްޖާއާއި އެކު ކުޅޭށެވެ. ވޭތުވެދިޔަ ދެއަހަރުތެެރޭ ފުރަތަމަ ފަހަރަށް ޝައުންގެ މޫނުމަތިން އަހަންނަށް އުފާވެރިކަން ފެނުނެވެ.

“ޝައުން. މީ ކޮންކަމެއް؟ މަށަށް އަންގާވެސްނުލާ؟” ސޯފާގައި އިށީންނަމުން ސަމާސާ ރާގެއްގައި އަހަރެން އަހާލީމެވެ. “ޖެކްދޯ! މިއީ އަހަރެންގެ ފްރެންޑެއްގެ ދަރިފުޅު. ޖީނާ. އެންޑް އެއީ ޖީނާގެ މަންމަ ރަހުވާ” ޝައުން ރަހުވާއާއި ޖީނާ އަހަންނަށް ތައާރަފުކޮށްދިނެވެ. ބަލާބެލުމަށް ރަހުވާ މަންމައެއް ވައްތަރެއް ނުޖަހައެވެ. އުމުރުގެ ގޮތުން އަހަންނަށްވުރެސް ހަގުހެން ހީވެއެވެ.

“ރަހުވާ. މިއީ ޖެކް” އަހަރެންގެ ނަން ބުނުމާއެކު ރަހުވާ ސިހުނުކަން އަހަންނަށް ފާހަގަވިއެވެ. އެހެނަސް އެކަމާ އަހަރެން އަޅައެއް ނުލަމެވެ.

******

ރަހުވާގެ ނަޒަރުން:

ޝައުން ޖެކްއޭ ބުނުމުން އަހަރެންގެ ހިތުގައިވި ރުޅިވެރިކަން އިތުރުވިއެވެ. މިހާރުން މިހާރަަށް ގޮސް އޭނަގެ މޫނު ނޮޅާލައިފާނަމޭ ހިތަށް އެރިއެވެ. އެ މަކަރުވެރިޔާ ފެނުމުން ބޭއިޚްތިޔާރުގައި އަހަރެންގެ ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ.

“ޔޫ ހޭވް ޓު ބީ ބެރޭވް” އައިނައި ތަނެއް ނޭންގި ދާދި ގާތުން އިވުނީ ޝައުންގެ އަޑެވެ. ސިހިފައި ބަލާލިއިރު ޝައުން ހުރީ އަހަރެންގެ ފަހަތުގައެވެ. ޝައުންގެ ބަހަށް އެއްބަސްވުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ. އަދި ކަރުނަތައް ފުހެލުމަށްފަހު ޖީނާއާ ވާހަކަ ދައްކަން އިން އަޝްޖައު ގާތަށް ދިޔައިމެވެ.

********

އަޝްޖައުގެ ނަޒަރުން:

“ހައި ޖެކް” އިވުނު އަންހެންވަންތަ އަޑުން އަހަރެންގެ ގައިގެ ލޯލިތައް ކޮޅަށްޖެހުނެވެ. މީގެ ކުރިން އެހާ ރީތި އަޑެއް އަހަރެން ނާހަމެވެ. ރަހުވާގެ އަޑުގެ ޖާދޫގައި ހަމަ ރަނގަޅަށްވެސް އަހަރެން ޖެހުނެވެ. އެހެނަސް އެއީ މީހެއްގެ އަންބެއްކަން އެނގުނު ހިނދު އަހަރެން އަވަހަށް އިސްޖެހީމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ފުރަތަމަ ނަޒަރުން (ފެށުން)

Next

ފުރަތަަމަ ނަޒަރުން 1

Next
November 3, 2018

ފުރަތަަމަ ނަޒަރުން 1

Previews
November 3, 2018

ފުރަތަމަ ނަޒަރުން (ފެށުން)

12 Comments!

  1. Kiyara says:
    November 3, 2018 at 5:00 pm

    Slm alaikum. Nasruge dhuvahuge heyo edhumaa thahuniyaa hurihaa kiyuntherinnah ves ariskurameve.
    Vaahajige kuryge bai thakah vure mi bai kuruvi kamah takai kiyuntheringe kibain maafah edhemeve. Ehen baithekey ehfadhain mibaives hurihaa kiyuntherinnah kamu dhaane kamah ummedhu kurameve.
    Kiyara

  2. Uknwme;) says:
    November 3, 2018 at 5:10 pm

    Alheyyy.. cant wait for the next part

  3. aani says:
    November 3, 2018 at 5:14 pm

    Wow kiyaa dear ❤❤❤I’m impressed ??? it’s osam as usual ???so curious to know what’s gonna happen in the upcoming parts ???

  4. hiro says:
    November 3, 2018 at 5:31 pm

    Yey, me first! Obinesss to the maax! Varah salhi ingey. And let me guess, rahuvaa is jannath. And jeenaa is jannath and ashjaus daughter! Wow nice plan!!!

  5. kala123 says:
    November 3, 2018 at 5:31 pm

    ކިޔާރާގެ ިއިބާރާތްކުރުމާއި ސިފަކުރުންތައް ރީތި. ހެޔޮ އެދުމާއި ތަހުނިޔާ

  6. Anonymous says:
    November 3, 2018 at 6:37 pm

    Vrh salhi.. Ekam mihaaru main charecter ge nazarunneh noonennu miothee.. Jannath kobaa mihaaru?

    1. Anonymous says:
      November 3, 2018 at 6:38 pm

      Fahu vaa aee jannath ge Kokko kanneynge dhw.. ?

    2. Anonymous says:
      November 3, 2018 at 6:38 pm

      rahuvaa aee jannath ge Kokko kanneynge dhw.. ?

  7. lotus says:
    November 3, 2018 at 7:41 pm

    Nice.. keep goin dear
    who is rahuva.. jannaath changed hr name or anothr person

  8. Alyra says:
    November 3, 2018 at 8:14 pm

    varah reethi mi bai… waiting patiently for the next part….

  9. Eynaa says:
    November 3, 2018 at 11:39 pm

    Aaaahchaaa varah salhi vaahaka kuriyah dhaa going♥

  10. umm says:
    November 4, 2018 at 1:01 am

    I guess Rahuvaa aee jannath ge kokko n jeena is jannath n ashjau’s daughter bt whre is jannath??? vr nice story

Comments are closed.

Next Episodeމާފެއް ނުކުރާނަން ހެއްޔެވެ؟5←


All Right Reserved!