އެވްލީން… 14
ކޮރިޑޯގެ ސީލިންގްގައި ހަރުކުރެވިފައިވާ ވިކްޓޯރިއަން ޗާންދެލިއާގެ އަލި ކޮރީޑޯއަށް ފެތުރިފައިވުމުގެ ސަބަބުން ކޮރިޑޯވަނީ އުޖާލާ ކޮށްލާފައެވެ. ކޮރީޑޯގެ ފާރުގައި މަޑު ފެހި ކުލައެއް ލާފައިވާއިރު ފާރުގެ ފަޅުކަން ފިލުވާލާފައިވަނީ ފްރޭމްތަކާއި އެކިކަހަލަ ޑިޒައިންތަކުގެ ވޯލް ލައިޓް ތަކުންނެވެ. ކޮންމެ ކުރެހުމަކަށް ނަޒަރު ހިންގާލިކަމުގައި ވީނަމަވެސް އާޓިސްޓުންގެ މޮޅުކަން ހާމަވެގެންދެއެވެ. އެކުރެހުންތައް އެހާ ރީތިވެފައި ހިތްދަމައިގަންނަ ގޮތެއް ހުއްޓެވެ. ” ހިއާ ޔޫގޯ ސާރ… ” ޓެރެސްއަށް ދާން ހުންނަ ސިޑިއާ އަރާހަމަވުމާއެކު ވެއިޓާރ އަވަސް އަވަހަށް ބުނެލިއެވެ. އަދި މަޑުކުރުމެއްނެތި އެތަނުން ދާން ހިނގައިގަތެވެ.
” ލެޓްސް ގޯ… ” ޒަވީން އެވްލީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އޭރު އެހިސާބުގައި ޒަވީންއާއި އެވްލީން ފިޔަވައި އެއްވެސް މީހަކު ނެތެވެ. އެވްލީން ހިނިތުންވެލަމުން ޒަވީންގެ އާއި ދިމާއަށް ބަލައިލި ވަގުތު އެވްލީންއާއި ޒަވީންގެ ހަތަރުކަޅި ބައްދަލު ވެގެންދިޔައެވެ. އެވްލީންއަށް ކުޑަ އިރުކޮޅަކަށް ނަމަވެސް އެސްފިޔަ ޖަހާލަން ހަނދާން ނެތުނެވެ. ޒަވީންގެ އަޅިކުލައިގެ ރީތި ދެލޮލުގެ ތެރެއަށް ގެނބިގެންދާން އޭނަ ބޭނުންވިއެވެ.
ޒަވީން އެވްލީންގެ އުނަގަނޑުގައި ހިފަހައްޓާލަމުން އޭނައާއި ކައިރިކޮށްލުމާއެކު އެވްލީން ލަދުންގޮސް ވިރުނެވެ. އެދޮން ކޯތާފަތަށް ޖަންބު ކުލަ ވެރިވެގެން ދިޔައީ ބަސްބުނާހަ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. ” މައި ލަވް ހާދަ އަވަހަކަށް ބްލަޝް ތިވީ… ދެން މެރީ ކުރީމަ ތި ދޮން މޫނު ރެޑް ޗެރީ އެއްހެން ދޯ ހުންނާނީ…. ” ޒަވީން އެވްލީންގެ ޖަންބުކުލަ ވެރިވެފައިވާ ކޯތާފަތުގައި ފިރުމާލަމުން ލާނެއް ރާގަކަށް ބުނެލިއެވެ. ” ޒޭވް ” ޒަވީންގެ ޖުމްލައިން އެވްލީން ރަކިވިވަރުން އޭނައަށް ޒަވީންގެ ޓީޝާޓްގައި މޫނު ފޮރުވާލެވުނެވެ.
އެވްލީން ޒަވީންއާއެކު ސިޑީގެ ހަރުފަތަށް ގިރާކުރަމުން ދިޔައެވެ. ސިޑި ފުދޭވަރަކަށް ފުޅާވެފައި ރަތް ދޫލައެއް ސިޑީގެ މައްޗަށް ފަތުރާލާފައިވެއެވެ. ރެއިލިންގްގައި ހުދާއި ކަޅު ކުލައިގެ ފޮތިތަކެއް އޮޅާލާފައި ވުމުގެ ސަބަބުން ވަރަށް ރީއްޗެވެ. ޒަވީން ވަކި ހިސާބަކަށް ގޮސް އޭނަގެ ޖީބުން ހުދު ކުލައިގެ ފޮތިކޮޅެއް ނަގާ އެވްލީންގެ ލޮލުގައި ބަނދެލިއެވެ. ” ޒޭވް ކީއްތިކުރަނީ… ” ފޮތިކޮޅު ބަނުމާއެކު އެވްލީންއަށް އަހާލެވުނެވެ. ” ޝްޝްޝް… ” ޒަވީން އެވްލީންގެ އެލްމަންޑް ލިޕްސްޓިކް ހާކާލާފައިވާ ތުންފަތުގައި އޭނަގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. އެވަގުތު އެވްލީންގެ ހުރިހާ ނާރުތަކުގައި ދުވެލީ ކަރަންޓް ރާޅުބާނީ ތަކެކެވެ.
” ލީން ތިހާ ސުވާލު ކުރަންޏާ އިޓްސް ނޮޓް ގުޑް… ” ޒަވީން އެވްލީންގެ ކަންފަތް ދޮށުގައި ވައި އަޑަކުން ބުނެލިއެވެ. އެވަގުތު އެވްލީންގެ ކަނދުރާއަށް އެޅެންފެށި ޒަވީންގެ ހޫނު ނޭވާތަކުން އެވްލީންގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ.
* * *
ޒަވީން އެވްލީންގެ އަތުގައި ހިފަހައްޓާލުމަށްފަހު ލުއި ފިޔަވަޅު ތަކެއްގައި ގޮސް ޓެރެސްއަށް ނިކުންނަން ހުންނަ ދޮރު ހުޅުވާލިއެވެ. އެވްލީން ކުރިއަށް އަޅާލި ފުރަތަމަ ފިޔަވަޅާއެކު މަޑު އެއްޗެއްގެ މަތީގައި ފިޔަވަޅު އަޅާލެވުނު ކަހަލަ އިހްސާސެއް ކުރެވިގެން ދިޔައެވެ. އެވަގުތު ޓެރެސް ގުގުމާލަމުން ދިޔަ ޝާނިއާ ޓްވައިންގެ ” ޔޫ އާރ ސްޓިލް ދަ ވަން ” ރީތި ލަވައިގެ ސަބަބުން އެވްލީންގެ ހިތަށް ލިބިގެންދިޔައީ ލަފްޒުތަކުން ބަޔާން ނުކުރުވޭނެހާ ބޮޑު އުފަލެކެވެ. އެރީތި ލަވައިގެ ސަބަބުން މާހައުލަށް އިތުރު ދިރުމެއް ގެނެސް ދީފައިވެއެވެ.
ވެން އައި ފަސްޓް ސޯ ޔޫ ، އައި ސޯ ލަވް
އެންޑް ދަ ފަސްޓް ޓައިމް ޔޫ ޓަޗްޑްމީ އައި ފެލްޓް ލަވް
އެންޑް އާފްޓާރ
އޯލް ދިސް ޓައިމް، ޔޫއާރ ސްޓިލް ދަ ވަން އައި ލަވް
ލުކްސް ލައިކް ވީ މޭޑް އިޓް
ލުކް ހައު ފާރ ވީހޭވް ކަމް މައި ބޭބީ
ވީ މައިޓް ޓޫކް ދަ ލޯންގް ވޭއި
ވީ ނިއު ވީ ވުޑް ގެޓް ދެއާރ ސަމްޑޭއި
ދެއި ސެޑް ” އައި ބެޓް ދެއި ވިލް ނެވާރ މޭކް އިޓް ”
ބަޓް ޖަސްޓް ލުކް އެޓް އަސް ހޯލްޑިންގް އޮން
ވީއާރ ސްޓިލް ޓުގެދާރ، ސްޓިލް ގޮއިންގ އޮން
( ޔޫ އާރ ސްޓިލް ދަ ވަން )
ޔޫއާރ ސްޓިލް ދަ ވަން އައި ލަވް
ދަ ވަން އައި ބިލޯގް ޓު
ޔޫއާރ ސްޓިލް ދަ ވަން އައި ވޯންޓް ފޯރ ލައިފް
ޔޫއާރ ސްޓިލް ދަ ވަން ދެޓް އައިލަވް
ދަ އޮންލީ ވަން އައި ޑްރީމް އޮފް
ޔޫއާރ ސްޓިލްދަ ވަން އައި ކިސް ގުޑް ނައިޓް…..
ޒަވީން ޓެރެސްގެ މެދާ ހަމައަށް ދެވުމާއެކު އެވްލީންގެ ލޮލުގައި ބަނދެފައިވާ ފޮތިކޮޅު މުހާލަދިނެވެ. އެވްލީން ކުޑަކޮށް ދެލޯ ހުޅުވާލުމަށްފަހު ޓެރެސްއަށް ނަޒަރު ހިންގާލުމާއެކު އެވްލީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފިނިފެންމަލުގެ ފިޔަތަކުން ޓެރެސްގައި ޖަހާފައިވާ ޓައިލްސްތައް ބަރާވެފައި ވާއިރު ހީވަނީ ރަތްކުލައިގެ ދޫލައެއް ފަތުރާލާފައި ވާހެންނެވެ. އެކި ބައްޓަން ތަކުގެ އުށްބައްތިތައް ޓެރެސްގައި ބަހައްޓާފައި ވާއިރު މުޅި ތަނަށް ފެތުރިފައިވަނީ އުށްބައްތިތަކުގެ ފަނޑު އަލިކަމެވެ.
ފިނިފެންމާ ފިޔަތަކުގެ މަތީގައި ” އައި ލަވް ޔޫ ” ލިޔެފައިވާއިރު އެލަފްޒުތައް ވަށާ ބަހައްޓާފައިވާ އެކިކުލަ ކުލައިގެ އުށްބައްތީގެ ސަބަބުން އެމަންޒަރު ބަލާ ފޫހިނުވާހާ ޗާލެވެ. ހުދުކުލައިގެ ފޮތިގަނޑުތައް ޓެރެސް ވަށާ ދަމާލާފައިވާއިރު އެފޮތިގަނޑުތައް ވަޔާއެކު ނަށަމުންދިޔައެވެ.
ތަންކޮޅެއް ދުރުގައި ވަށް މޭޒެއް ބަހައްޓާފައި ވާއިރު މޭޒުމަތީގައި ރަތް ފަރުދާއެއް ފަތުރާލާފައި އޮތެވެ. މޭޒުގެ ފަޅުކަން ފިލުވަން މޭޒު މަތީގައި އޮއިލް ބާރނާއެއް ބަހައްޓާފައި ހުރިއިރު ފަޒާތެރެއަށް ފެތުރެމުން ދިޔައީ ޖޭސްމީންގެ ލުއި މީރުވަހެވެ. އޮއިލް ބާރނާއާ ޖެހިގެން ކޭންޑްލް ހޯލްޑާއެއް ބަހައްޓާފައި ވާއިރު ކޭންޑްލަ ހޯލްޑާގައި ވަނީ ޕީޗް އުށްބައްތި ތަކެކެވެ.
” އައި ލަވް ޔޫ… ” ފުރަގަހުން އައިސް އެވްލީންގެ ހަށިގަނޑުގައި ބައްދާލަމުން ޒަވީން ބުނެލިއެވެ. ޒަވީންގެ ފިރިހެންވަންތަ އަޑު އެވްލީންގެ ކަންފަތުގައި ގުގުމާލީ ރީތި މިޔުޒިކެއް ހެންނެވެ. ” ލަވް ޔޫ ޓޫ… ” އެވްލީން ބުންޏެވެ. އުށްބައްތީގެ ފަނޑު އަލިކަމުގެ ތެރޭން ޒަވީންއާއި އެވްލީން ފެންނަމުން ދިޔައީ ރީތި ތަސްވީރެއް ހެންނެވެ.
* * *
” ކާރު މަޑު ކޮށްލުމާއެކު މިފްޒާލް ބާރު ފިޔަވަޅު ތަކެއްގައި ހިނގައިގަތީ ގެއަށް ވަނުމަށެވެ. ސިޓިންގް ރޫމަށް ވަނުމާއެކު މިފްޒާލްގެ ފިޔަވަޅުތައް މަޑުޖެހިލީ ޖުނެއިނާއާއި ނީލާ ޒުވާބުކުރާ އަޑަށެވެ.
” ކަލެއަށް ކޮންކަމެއް ރަނގަޅަށް ކުރެވުނީ… އެވްލީންއާއި ޒަވީން ލޯބީގެ ކުޅިގަނޑު ކުޅުނު އިރު އަހަންނަށް ޖެހުނީ ކުޅިބަލައިގެން ހުންނަން…. ގެޓް ލޮސްޓް…. ” ޖުނެއިނާ ނީލާއާއި ދިމާއަށް ހަޅޭއްވަލައިގަތެވެ.
” ބާކީ ހުރި ފައިސާ ނުދީފިއްޔާ ނިމުނީ… ޑިޑް ޔޫ ތިންކް އިޓް ވޯސް އޭން އީޒީ ޖޮބް ؟ އަހަރެން ހާދަ މަސައްކަތެއް ކުރީމޭ އެވްލީންއާއި ޒަވީން ދުރުކުރަން… ” ނީލާ ދެބުމަ ގޮށްޖަހާލަމުން ރުޅިވެރިކަން އެކުލެވިފައިވާ ރާގެއްގައި ބުނެލިއެވެ.
” އަހަރެންގެ ގެއަށް ވަދެހުރެ ކަލޭތީ ކާކު އަހަންނަށް އިންޒާރު ދޭން؟…. ” ޖުނެއިނާ ރުންކުރު ރާގެއްގައި ބުނެލިއެވެ. ” އަހަރެން ދައްކާލާނީ އެންމެ ވީޑިއޯއެއް އޭރުން މިހުރިހާ އުފަލަކާއި އަރާމެއް ސިކުންތުކޮޅެއްގެ ތެރޭގައި ޖުނެއިނާ އަތުން ގެއްލިގެން ދާނެ… ” ނީލާ އޭނަގެ ފޯނު ނަގަމުން ބުނެލިއެވެ. ” ކިތައް ފަހަރު ބުނާނީ އަހަރެން ކަލޭގެ އެއްވެސް އިންޒާރަކަށް ބިރެއް ނުގަނޭ…. ގެޓް އައުޓް އޮފް މައި ހައުސް … ” ނީލާގެ އިންޒާރުތަކަށް ބިރުގެންފައި ހުރިކަމުގައި ވީނަމަވެސް ޖުނެއިނާ މަސްކަތް ކުރަމުންދިޔައީ އެކަން ފޮރުވުމަށެވެ.
” ފައިން… އަހަރެން މި ވީޑިއޯ ދައްކާނީ ޔޯރ ޑިއާރ ހަޒްބެންޑަށް…. ” ނީލާ ވިހަ ހިނިތުންވުމަކާއެކު ބުނެލިއެވެ. ” ގެޓް އައުޓް… ” ޖުނެއިނާ ދޮރާއި ދިމާއަށް އިޝާރާތްކުރި ވަގުތު އޭނައާއި ދިމާއަށް ބަލަހައްޓައިގެން ހުރި މިފްޒާލް ފެނުމާއެކު ޖުނެއިނާއަށް އޭނަ ބުނަން އުޅުނު ޖުމްލަވެސް ފުރިހަމަ ނުކުރެވުނެވެ. ބިރުންގޮސް ޖުނެއިނާގެ ހިތުގެ ތެޅުން އަވަސް ވެގެންދިޔަ ވަގުތު ޖުނެއިނާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ޖުނެއިނާގެ މޫނުގައި މޫތިތަކެއް ފަދައިން ދާތިކިތައް ވިދާބަބުޅަން ފެށިއެވެ. ” މި.މި..ފްޒާލް.. ” ޖުނެއިނާއަށް ހީވީ އެތެރެހަށީގައި ނޭވާ ތާށިވީހެންނެވެ. ޖުނެއިނާގެ ޖުމްލައިން ނީލާއަށްވެސް ދޮރާއި ދިމާއަށް ބަލައިލެވުނެވެ.
” އަހަންނަށް މާކުރިންވެސް އެނގުނޭ ޖުނެއިނާ އުޅޭނީ ލީންއަށް ދެރަގޮތެއް ހަދަންކަން…. ނަސީބަކުން އެޓްރިޕް ކެންސަލްވެގެން އަވަހަށް ރަށަށް މިއާދެވުނީ ، އެހެންނޫންމަ ނޭގޭ ޖުނެއިނާ ލީންއަށް ހަދާނެ ގޮތެއްވެސް… ” ވިދާލި ވިދުވަރެއްހާ ހަލުވިކޮށް އައިސް މިފްޒާލް ޖުނެއިނާ ކުރިމައްޗަށް ހުއްޓިލިއެވެ. މިފްޒާލް ކިތަންމެ ރުޅިއައި ކަމުގައި ވީނަމަވެސް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. ” މިފްޒާލް އަޑު އަހާބަލަ… މީ އަހަރެން ދަންނަ ކުއްޖެއްވެސް ނޫން… ” ޖުނެއިނާ އޭނަގެ ހާސްކަމާއި ބިރުވެރިކަން ފޮރުވަމުން ބުނެލިއެވެ.
” ފަޅާ އެރީމަ އަހަރެން ދަންނަ ކަމަށްވެސް ނުވި… ކާކުތަ އަހަރެން ކައިރިއަށް އައިސް ބުނީ އެވްލީންއާއި ޒަވީން ދުރުކުރުވީމަ ރުފިޔާ ލިބޭނެޔޭ… އަހަރެން އަތުގަ އެބައޮތް ހެކިވެސް… ” ނީލާ ޖުނެއިނާއާއި ދިމާއަށް ލޯއަޅާލަމުން ބުނެލިއެވެ. މިފްޒާލް ކުރިމަތީގައި ނީލާއަށްވެސް ހަޅޭއްލަވާކަށް ނުކެރުނެވެ.
” މިފްޒާލް…. އޭނަ އެހަދަނީ ހުސް ދޮގު… ބިލީވްމީ… ” ޖުނެއިނާގެ ޖުމްލަ ނުނިމެނީސް މިފްޒާލް އަތުގެ އިޝާރާތުން ހުއްޓާލުމަށް އަމުރުކުރިއެވެ. އޭރު މިފްޒާލްގެ ލޮލުން ރުޅިވެރިކަން ފެންނަމުން ދިޔައެވެ. އޭނަ ހަމަހޭގައި ހުރެގެން ޖުނެއިނާގެ ވާހަކައެއް ޤަބޫލެއް ނުކުރާނެއެވެ. ޖުނެއިނާގެ ސަބަބުން އޭނަގެ ލޯބިވާ ދަރިފުޅުގެ ދިރިއުޅުންވަނީ ބަރުބާދުވެފައެވެ. ޖުނެއިނާ އެވްލީންއަށް ދުވަހަކުވެސް ރަނގަޅުގޮތެއް ވުމަށް ނޭދޭނެކަން ޔަޤީނެވެ. އެއްފަަހަރު ޖުނެއިނާ ވަނީ އޭނަގެ ލޮލުގައި އަނދުން އަޅުވާލާފައެވެ. ނަމަވެސް އެފަދަ ދެވަނަ ފުރުސަތެއް އޭނަ ޖުނެއިނާއަށް ނުދޭނެއެވެ. ޖުނެއިނާ އަނބުރާ ޖަލަށް ފޮނުވާލަންވެސް މިފްޒާލްގެ ހިތް މަޝްވަރާ ދިނެވެ. ނަމަވެސް އެވްލީން މަތިން ހަނދާން ވުމާއެކު އެޚިޔާލު ހަނދާން ނައްތާލަން މިފްޒާލްއަށް މަޖްބޫރުވިއެވެ.
ނީލާ އޭނަގެ ފޯނުން ވީޑިއޯ ޕްލޭ ކޮށްލުމަށްފަހު މިފްޒާލް އަތަށް ފޯނުދިނެވެ. މިފްޒާލް ވީޑިއޯ ބަލަން ފެށުމާއެކު ޖުނެއިނާއަށް ހީވީ އަނދިރި ވަޅުގަނޑަކަށް ވެއްޓުނު ހެންނެވެ.
” ނޫން..ނޫން… ތީ ހުސްދޮގު…. ތި ވީޑިއޯއިން ރަނގަޅަށް އަހަރެންގެ މޫނެއްވެސް ނުފެނޭ… ” ޖުނެއިނާ ބާރަކަށް ބުނެލިއެވެ. މިފްޒާލް ރުޅިވެރި ނަޒަރަކުން ޖުނެއިނާއާއި ދިމާއަށް ބަލައިލުމާއެކު ޖުނެއިނާގެ ދުލުގައި ތަޅުލެވުނު ކަހަލައެވެ. ޖުނެއިނާއަށް ދެން އިތުރު އެއްވެސް ލަފްޒެއް އެދުލުން ބޭރުކުރާނެހާ ހިތްވަރެއް ނުލިބުނެވެ. ޖުނެއިނާ އިސްދަށަށް ޖަހާލިއިރު ދެލޮލުން ކަރުނަހިލުނެވެ. މިފަހަރު އެވްލީންވެސް އޭނަ ސަލާމަތް ކޮށްދޭން ނާންނާނެއެވެ. އޭނަ އަނބުރާ ޖަހަލަށް ދާވަގުތު އައިސް ކައިރި ވަނީއެވެ.
” ޔޫ ކޭން ލީވް… ” ވީޑިއޯ ބަލައި ނިމުމާއެކު މިފްޒާލް ނީލާ އަތަށް ފޯނު ދިއްކޮށްލިއެވެ. ނީލާ ފޯނު އަތުލަމުން ” ވުޑްލޭންޑް ” އިން ނިކުންނަން ދިޔައިރު އޭނަގެ ފައިސާ ކޮޅު ނުލިބުމުން ނީލާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
” ދިސް އިޒް ދަ ފައިނަލް ވޯނިންގް… ޖުނެއިނާ ލީންއަށް އިތުރު ދެރައެއްދޭން ނުވިސްނާތި… އެހެން ނޫންނަމަ އޭގެ ނަތީޖާ ހިތިވާނެ… ” ނީލާ ދިއުމާއެކު މިފްޒާލް ހަޅޭއްލަވައިގަތެވެ. މިފްޒާލްގެ ބާރު ހަޅޭކުގެ އަޑު ކަންފަތުގައި ގުގުމާލައިގެން ދިޔަވަގުތު ޖުނެއިނާއަށް ހީވީ ބާރުގަދަ ގުގުރިއެއްގެ އަޑު އިވުނު ހެންނެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޖުނެއިނާގެ ކަންފަތް ބައްވަގެން ދިޔައެވެ.
” ލިސިންޓުމީ…. ” ޖުނެއިނާ ހިތްވަރު ކޮށްލަމުން ވާހަކަ ދައްކަން ފެއްޓިއެވެ. ” އިނަފް… އަހަރެންނަށް އެއްފަހަރު ޖުނެއިނާގެ ދޮގު ވާހަކަތަކުގައި ޖެހިގެން ލީންގެ ދިރިއުޅުން ބަރުބާދު ކޮށްލެވިއްޖެ… ” މިފްޒާލް ރުޅިގަނޑު މަތަކުރަމުން ބުނެލިއެވެ. މިފްޒާލް އިންތިހާއަށް ރުޅިއައިސްފައި ހުރީ އޭނަގެ ދަރިފުޅަށް ލިބެން އޮތް ނިއުމަތް ޖުނެއިނާ ފޭރިގަންނަން އުޅުމުންނެވެ. މިފްޒާލް ބާރު ބާރަށް ހިނގާލާފައި ގޮސް ކޮޓަރިއަށް ވަނުމާއެކު ޖުނެއިނާއަށް ސޯފާގައި އިށީންދެލެވުނެވެ.
* * *
” އައި ލަވް އޯލް ދިސް…. ” މޭޒު ކައިރީގައި ބަހައްޓާފައިވާ ގޮނޑީގައި އިށީންނަމުން އެވްލީން ޒަވީންގެ ރީތި މޫނަށް ނަޒަރު ހުއްޓާލިއެވެ. އުށްބައްތީގެ އަލި އެމޫނަށް އެޅިފައިވާއިރު ހާދަ ފުރިހަމައެވެ. އައިސް ގްރޭ ކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖިންސެއްގައި ހުރި އިރު ޒަވީން ހީވަނީ ހޮލީވުޑް އެކްޓަރެއް ހެންނެވެ. ކުޑަކޮށް ދިގުވެފައިވާ ތުނބުޅީގެ ސަބަބުން ޒަވީންގެ ފިރިހެންވަންތަ ކަމަށް އިތުރު ދިރުމެއް ގެނެސްދީފައިވެއެވެ.
” ލީންއަށް ދޭން ގެނައި ގިފްޓެއް މީ… ” ޒަވީން ގޮނޑީގައި އިށީންނަމުން ކުޑަ ފޮށްޓެއް އެވްލީންއަށް ދިއްކޮށްލިއެވެ. އެވްލީން އުފާވެރި ހިނިތުންވުމަކާއެކު އެފޮށި އަތުލިއެވެ. ” ބިއުޓިފުލް… ” އެވްލީން އެފޮށި ހުޅުވާލުމާއެކު އޭގެ ތެރޭގައި އޮތް އަލިމަސްކަށީގެ އަނގޮޓި ފެނުމާއެކު ބުނެލިއެވެ. އަނގޮޓީގައިވާ އަލިމަސްކަށިތައް ވިދަމުން ދިޔައިރު ހާދަ ފުރިހަމައެވެ.
* * *
ޑިނާރއަށް ފަހު އެވްލީންއާއި ޒަވީންދިޔައީ ގޮނޑުދޮށުގައި ހިނގާލުމަށެވެ. ތަރިތަކުން އުޑު ބަރާވެފައިވާއިރު ތަރިތަކުގެ ފަނޑު އަލި މޫދަށް އެޅިފައިވާއިރު ހީވަނީ ރިހިކުލައިގެ ސައިލަކުން މޫދުގެ ލޮނުގަނޑު ވަށާލާފައި ވާހެންނެވެ. ރާޅުގެ ލުއި މިޔުޒިކީ އަޑުން ފަޒާ ގުގުމާލަމުން ދިޔައިރު ކައިރި ހިސާބުތަކުގައި ދިއްލާފައިވާ ލައިޓްތަކުގެ ފަނޑު އަލިކަން ދޮންވެލިގަނޑަށް އެޅިފައިވާއިރު ހާދަ ފުރިހަމައެވެ. ޒަވީންއާއި އެވްލީން ރާޅުޖަހާ ފަށުގައި ހިނގަމުން ދިޔައިރު ދެމީހުންގެ އަތްތިލައިގެ އިނގިލިތައްވަނީ މަހާލެވިފައެވެ.
ކުޑަ އިރުކޮޅެއް ވަންދެން ރާޅުޖަހާ ފަށުގައި ހިނގާލުމަށްފަހު ޒަވީން އެވްލީންއާއެކު ގޮސް ދޮންވެލިގަނޑު މަތީގައި އިށީނެވެ. އެވްލީން ޒަވީންގެ ކޮނޑުގައި ބޯއަޅާލަމުން މޫދަށް ނަޒަރު ހިންގާލިއެވެ. ބާނީތަކަކާއެކު ރާޅުތައް ގޮނޑުދޮށަށް ބޮސްދޭއިރު ހާދަ ފުރިހަމައެވެ. ޒަވީން އެވްލީންގެ އިނގިލިތަކާ ކުޅެލަމުން ދިޔައިރު އެވްލީންގެ ހަށިގަނޑުވަނީ ފިނިވެފައެވެ.
” ޒޭވް އަހަރެން ދޫކޮށްލާފައި ދުވަހަކުވެސް ނުދައްޗޭ…. ” ކުއްލިޔަކަށް ހިތަށް ވެރިވެގެންދިޔަ އެއްޗަކުން އެވްލީންއަށް ބުނެލެވުނެވެ. އޭނަ އެއްގޮތަކަށްވެސް އެއުފާވެރި ވަގުތުކޮޅަށް ނިމުން ގެންނަން ބޭނުން ނުވެއެވެ. ނަމަވެސް ޖުނެއިނާގެ ސަބަބުން އޭނަގެ ހިތުގައި ނޭގޭ ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ޖުނެއިނާ އޭނައާއި ޒަވީން ދުރުކޮށްފާނެ ކަމުގެ ބިރުން އެހިތުގައި ހައިޖާނެއް އުފައްދާލައިފިއެވެ. ” ލީން…. ދުވަހަކުވެސް ލީން ދޫކޮށްފައި އަހަރެން ނުދާނަން…. އައި ޕްރޮމިސް.. ” ޒަވީން ކޮޅަށް ތެދުވެލަމުން އެވްލީންގެ އަތުގައި ހިފާލެމާއެކު އެވްލީން އަވަސް އަވަހަށް ތެދުވެލިއެވެ.
” ދޫކޮށްނުދޭ ކައިރީގާ ވޭމަގޭ….
ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ….
ޖާނާމަގޭ ތަޤްދީރޭތީ މަގޭ…..
ނޭދެމޭ ވަކިވުމެއް ހާދަހާ ލޯބިވޭ… ”
އެވްލީން ޒަވީންގެ ޓީޝާޓްގައި މޫނު ފޮރުވާލަމުން ބުނެލިއެވެ. އެވްލީންގެ ރީތި އަޑުން އެލަވަޔަށް އިތުރު ދިރުމެއް ގެނެސްދިނެވެ. ޒަވީން އެވްލީން މެޔާލާ ބޮނޑިކޮށްލަމުން ދުނިޔޭގެ އެއްވެސް ބާރަކަށް އެދެމީހުން ދުރު ނުކުރެވޭނެ ކަމުގެ ޔަޤީންކަން ދިނެވެ.
* * *
” ވުޑްލޭންޑް ” އަށް އާދެވުމާއެކު އެވްލީން އަވަސް ވެގަތީ ކާރުން ފޭބުމަށެވެ. ” ގުޑް ނައިޓް ކިސް އެއްވެސް ނުދީތަ ދަނީ…. ” އެވްލީން ބާރު ފިޔަވަޅު ތަކެއްގައި ދާން އުޅުމާއެކު ޒަވީން ލާނެއް ރާގަކަށް ބުނެލިއެވެ. ޒަވީންގެ ޖުމްލަ އަޑުއި ވުމާއެކު އެވްލީން ރަކިވިވަރުން އޭނަ ކުރިއަށްވުރެ ފިޔަވަޅުތައް ބާރުކޮށްލިއެވެ. އެވްލީން އެތެރެއަށް ވަދެގެން ދިއުމާއެކު ޒަވީން އިސްތަށިތަކުގެ ތެރެއަށް އަތް މަހާލުމަށްފަހު ހިނިތުންވެލިއެވެ.
” ބައްޕާ… ” ސިޓިންގް ރޫމްގައި ބަހައްޓާފައިވާ ސޯފާއެއްގައި އިށީންދެލައިގެން އިން މިފްޒާލް ފެނުމާއެކު އެވްލީންއަށް އުފާވެރިކަމެއް ލިބުނެވެ. ” ލީން ނައިސްގެން ބައްޕަ އިންތިޒާރު ކުރާތާ ކޮންއިރެއް… ” މިފްޒާލް ސޯފާއިން ތެދުވަމުން ބުނެލިއެވެ. ” ބައްޕަ ނުވެސް ބުނެއެއްނު ތިއައީ އެހެންނޫންނަމަ ބައްޕަ ރިސީވް ކުރަން ދެވުނީސް… ” އެވްލީން ލުއި ފިޔަވަޅު ތަކެއްގައި ގޮސް މިފްޒާލް ކުރިމައްޗަށް ހުއްޓިލިއެވެ. ” ބުނެފަ އައިނަމަ ލީން ތިހާ އުފަލެއް ނުވާނެއެއްނު… ” މިފްޒާލް އެވްލީންގެ އިސްތަށިގަނޑުގައި ހުނަހު ލޯތްބާއެކު ފިރުމާލިއެވެ.
” ބައްޕަ ވަރަށް އުފާވެއްޖެ ލީން ޒަވީން ކަހަލަ ރަނގަޅު ކުއްޖަކު ދަރިފުޅުގެ ބައިވެރިއަކަށް ހޮވީތީ… ” މިފްޒާލްގެ ޖުމްލައިން އެވްލީންއަށް ލިބުނީ ލަފްޒުތަކުން ބަޔާން ނުކުރެވޭހާ ބޮޑު އުފަލެކެވެ. އެވްލީން މިފްޒާލްގެ ގައިގައި ބައްދާލިއިރު އެވްލީންގެ ހިތް އުފަލުންވަނީ ފުރިފައެވެ.
* * *
ދުވަސްތައް ހަލުވި ކަމާއެކު މާޒީވަމުން ދިޔައެވެ. މާޒީ ވަމުންދިޔަ ކޮންމެ ދުވަހަކީ އެވްލީންއާއި ޒަވީންގެ ލޯތްބަށް އިތުރުވެގެންދާ ބޮޅެކެވެ. ހަފްތާއެއް އެގޮތުގެ މަތީން ފާއިތުވެގެން ދިޔައިރު އެވްލީންއާއި ޒަވީންވަނީ ނުހަނު ކައިރިވެފައެވެ. ޒަވީންގެ ފަރާތުން ލިބެމުންދިޔަ ނިމުމެއް ނެތް ލޯބީގެ ސަބަބުން އެވްލީންގެ ހިތްވަނީ އުފާވެރިކަމާއި ލޯބިން ފުރިފައެވެ.
ހަވީރުގެ ވަގުތެވެ. އިރުގެ ދަޅަތަކުން އުޑުގައި ގަދަ އޮރެންޖް އަދި މަޑު ރަތްކުލައިގެ ސައިލުތައް ފަތުރާލަމުން ދިޔައެވެ. އެވްލީން ޓެރެސްއަށް ނިކުތީ ޒަވީން ގޭގައި ނެތުމުގެ ސަބަބުން ފޫހި ވެގެންނެވެ. ބަގީޗާ ތެރެއަށް ނުކުތުމުންވެސް އެހިތަކަށް ފިނިކަމެއް ނުލިބުނެވެ. ކުރިން ބަގީޗާއަށް ނުކުތުމުން ބަގީޗާގައި ފޮޅިފައިވާ މާތަކުން އެހިތަށް ފިނިކަން ގެނެސްދެއެވެ. ނަމަވެސް ހަފްތާއެއްގެ ތެރޭގައި ހުރިހަ ކަމެއް ބަދަލު ވެއްޖެއެވެ. މިހާރު ޒަވީންގެ ސޫރަ ނުފެންނަނީސް އެހިތުގައި އުފެދޭ ހައިޖާނަށް ލުއެއް ނުލިބެއެވެ. ޓެރެސްގައި ބަހައްޓާފައިފާ އުނދޯލީގައި އެވްލީން އިށީންނަމުން މަޑުމަޑުން އެހެއްލަން ފެށުމާއެކު ފަޒާގެ ހީމޭންކަން މުގުރާލީ މުރަނަ އަޑަކުންނެވެ. އެވްލީންގެ އިސްތަށިގަނޑު ވަޔާއެކު ވިހުރެން ދޫކޮށްލާފައިވާއިރު ވައިރޯޅިތަކާއެކު ފަޒާގެ ތެރެއަށް ކޯކިޑްގެ ވީރުވަސް ފެތުރެމުންދިޔައެވެ.
” ދެއާ ޔޫއާ… ލީން ނުފެނިގެން ހޯދާ ހޯދާ ވަރުބަލިވި ފަހުން މިފެނުނީ… ” ޓެރެސްއަށް ނިކުތް ޒަވީންގެ އަޑަށް އެވްލީން ދިޔައީ ސިއްސައިގެންނެވެ. ” ޒޭވް ކޮންއިރަކު އައީ ؟ ” އެވްލީން އުނދޯލިން ތެދުވެލަމުން އަހާލިއެވެ. ” މިހާރު ކުޑަ އިރުކޮޅެއް ވެދާނެ… ސްވީޓް ހާޓްއަށް ދޭން ސްޕެޝަލް ނިއުސްއެއް އެބައޮތް…. ” ޒަވީން އެވްލީން ކުރިމައްޗަށް ހުއްޓިލަމުން ރަތް ކުލައިގެ ފިނިފެންމަލެއް އެވްލީންއަށް ދިއްކޮށްލަމުން ބުނެލިއެެވެ. ” ކޮބާތަ ސްޕެޝަލް ނިއުސްއަކީ ؟ ” އެވްލީން ފިނިފެންމަލުގެ ތަނޑީގައި ހިފަހައްޓާލަމުން ޒަވީންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
” ލީންގެ ބައްޕައާ މިއަދު ވާހަކަ ދެއްކީ އަހަރުމެންގެ ކައިވެންޏާ ބެހޭގޮތުން… އެންޑް ވީ އާ ގެޓިން މެރީޑް އޮން ފްރައިޑޭއި…. ” އެވްލީންގެ މެދުހަށިގައި ހިފަހައްޓާލަމުން ޒަވީން އެވްލީން މައްޗަށް އުފުއްލާލިއެވެ. ” ރިއަލީ ؟ ” އުފާވެފައި ހުރިވަރުން އެވްލީންއަށް އަހާލެވުނީ ތަންކޮޅެއް ބާރަށެވެ. ” ޔަޕް ނެކްޓް ފްރައިޑޭއި އިސް އަވާ ސްޕެޝަލް ޑޭއި… ” ޒަވީން ހިނިތުންވެލަމުން ބުނެލިއެވެ. ” ހާދަ އުފާވެރި ޚަބަރެކޭ… ” އެވްލީންގެ ހުނުމުގެ އަޑުން ފަޒާ ގުގުމާލައިގެން ދިޔައެވެ.
މިފްޒާލް ކައިވެނީގެ ކުރިން ޒަވީންގެ ޢާއިލާ މީހުންނާ ބައްދަލު ކުރަން ބޭނުންވާ ވާހަކަ ބުނުމުން ޒަވީން އޭނަގެ ޢާއިލާ މީހުންނަށް ސަޕްރައިޒެއް ދޭން އުޅޭ ވާހަކަ ބުންޏެވެ. އޭނައާއި އެވްލީން ކައިވެނިކޮށްގެން އިންގްލޭންޑަށް ދިއުމުން މަންމަމެންނަށް ބޮޑު އުފަލެއް ލިބޭނެ ވާހަކަވެސް ބުންޏެވެ. މިފްޒާލް ފުރަތަމަ އެކަމާ ދެކޮޅު ހެދިކަމުގައި ވީނަމަވެސް މިފްޒާލްއަށް ހިތާއި ދެކޮޅަށްވެސް އެކަމާއި އެއްބަސްވާން ޖެހުނީ އެވްލީން އާދޭސް ކުރިވަރުންނެވެ. ޒަވީންގެ ޢާއިލާ މީހުންނާ ބައްދަލު ކުރަން ބޭނުންވިކަމުގައި ވީނަމަވެސް ދަރިފުޅުގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާނެހާ ހިތްވަރެއް މިފްޒާލްއަކަށް ނުލިބުނެވެ. އެވްލީން މިފްޒާލް އޭނަގެ ބަސްތައް ޤަބޫލުކުރުވަން ޒަވީންގެ ޢާއިލާ މީހުންނާ އޭނަ ސްކައިޕުން ބައްދަލު ކުރިކަމަށް ބުނެ މިފްޒާލް ކައިރީގައި ދޮގު ހެދިއިރު އޭނަ ހުރީ ދޮގު ހަދަން ޖެހުމުން އިންތިހާއަށް ދެރަވެ ލަދުގެންފައެވެ.
ދުވަސްތައް ފާއިތު ވަމުންގޮސް ކައިވެނީގެ ދުވަސްއައީ ހީވެސް ނުކުރެވޭހާ ހަލުވިކޮށެވެ. އެވްލީންގެ ހިތް އުފަލުން ނަށަމުންދިޔައިރު ބައެއްފަހަރު އެހިތަށް ބިރުވެރިކަންވެސް ވަދެގެންދެއެވެ. މިރެއަށް ފަހު އޭނަ ޒަވީންގެ މިލްކަކަށް ވެގެންދާއިރު މިރޭ އޭނަ ކުރިމަތި ލާންޖެހޭނެ އިމްތިހާނެއްވެސް އެބައޮތެވެ. އޭނަ ބިރުން އުޅެފިނަމަ އެއިމްތިހާނުން ފެއިލްވުން ނޫންކަމެއް ނުވާނެއެވެ. އޭރުން ޒަވީންގެ ހިތަށް އޭނައަތުން އަނިޔާ ދެވިދާނެއެވެ. އެވްލީން އެންމެ ފަހުން ވިސްނާލުމަށްފަހު ނިންމީ ލަދުވެތިކަމާއި ބިރުވެރިކަމުގެ ފަރުދާތައް ކަހާލުމަށެވެ. އެހެން ނޫންނަމަ ކައިވެނީގެ ފޮނި މީރުކަން ހާސިލް ނުކުރެވޭނެއެވެ.
އެންމެ ވިލާ ކޮޅެއްވެސް ނެތި އުޑުމަތި ފެންނަމުން ދިޔައީ ޓްރާންސްޕޭރެންޓް ގްލާސް ކޮޅެއް ހެންނެވެ. ޖެހެމުންދިޔަ ވަޔާއެކު ގަސްތައް ނާނާ އަޅުވަމުން ދިޔައިރު ފަޒާގެ ހިމޭންކަން ތޮރުފާލަމުން ދިޔައީ އެއަޑުންނެވެ. މާގަސްތަކުގައި ފޮޅިފައިވާ މާތަކުން ފޮނިބޯން މާތައްވަށާ ކޮކާތައް އުދުހެމުން ދިޔައިރު ހީވަނީ ހެޗްޑީ މަންޒަރުތަކެއް ބަލާލެވޭހެންނެވެ. ދޭތެރެއަކުން ޖެހިލާ ވައިރޯޅިތަކާއެކު މާގަސްތައް ހެލިލާއިރު މާތަކުން ފޮނިބޮމުންދިޔަ ކޮކާތައް އުދުހިގަންނައިރު ފުޅިއެއްގެ ތެރޭގައި ބަންދު ވެފައިވާ ކޮކާތައް މިނިވަން ކޮށްލެވޭފަދަ އިހްސާސެއް ކުރެވެއެވެ. ކޮންމެ ޕޮޓޯގްރާފަރަކުވެސް އެމަންޒަރު ކެމެރާގައި ރައްކާކުރަން ބޭނުންވާނެކަން ޔަޤީނެވެ.
ސިޓިންގެ ރޫމްގައި ޖަހާފައިވާ ހުދުކުލައިގެ މާރބްލްސްތަކުގެ އޮފްކަން އިތުރުކޮށްލާފައި ވުމުގެ ސަބަބުން ހީވަނީ މޫނު ބަލާ ލޯގަނޑުތަކެއް ހެންނެވެ. އޭހާ ސާފުވެފައި ރީއްޗެވެ. ޖުނެއިނާ އޭނަގެ ޑައިރީ ހިފައިގެން ކޮޓަރިން ނިކުމެގެން އައިއިރު ހުރީ ހެވިދިއްލިފައެވެ. ބައްތިރީސް ދަތް ދައްކާލައިގެން ހުރިއިރު އޭނަ އުފާވެފައި ހުރިވަރު އޭނަގެ މޫނަށް ބަލައިލުމުން ކޮންމެ މީހަކަށްވެސް އެނގޭހާވެއެވެ. ޖުނެއިނާ ސޯފާގައި އިށީންނަމުން އޭނަގެ ފޯނުނަގައި ޑައިރީ ހުޅުވާލައިފިއެވެ.
” ކޮބާތަ މިޔާސްގެ ނަންބަރު… ” ފޯނު ނަބްބަރުތައް ލިޔެފައިވާ ބައި ހުޅުވާލަމުން ޖުނެއިނާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ފަސް ވަރަކަށް މިނެޓް ވީއިރުވެސް ޖުނެއިނާއަށް އޭނަ ހޯދަން އުޅުނު ނަންބަރު ފެންނަ ގޮތެއް ނުވިއެވެ.
” ވަޓް ދަ ހެލް ! ހަމަހޭގަތަ ކަލޭ ތިހުރީ ؟ ކަލެއަށް ނޭގޭތަ މަގޭ ޑައިރީއަށް ކަން ޖޫސް ތިއޮއްސާލީ.. ! އިޑިއަޓް ” ޖުނެއިނާއަށް ދޭން ކިވީ ޖޫސް ތަށްޓެއް ހިފައިގެން އައި ލިމްނާ އަތުން ޖުނެއިނާގެ ޑައިރީއަށް ޖޫސް ވެރުމާއެކު ޖުނެއިނާ ފުންމައިގެންފައި ހަޅޭއްލަވައިގެތެވެ.
” މޭމް… އަހަރެން އަ..އަތުން ޖޫސް…. ” ލިމްނާގެ ޖުމްލަ ފުރިހަމަ ނުވަނީސް ޖުނެއިނާ ލީމްނާގެ ކޯތާފަތް މައްޗަށް ވީއްލައިލި ބާރުގަދަ އެތިފަހަރުގެ އަޑު ފަޒާތެރޭގައި ގުގުމާލައިގެން ދިޔައެވެ. ” ބޭކާރު ބަހަނާ ނުދައްކާތި.. ! ” ޖުނެއިނާ ލިމްނާ ކޮށްޕާލުމާއެކު ހަށިގަނޑު ބެލެންސްނުވެ ލިމްނާގޮސް ބިންމައްޗަށް ވެއްޓުނެވެ. ބިމުގައި ޖެހުމާއެކު ލިމްނާއަށް ބާރަކަށް ރޮއިގަނެވުނެވެ. އަތް ޖެހުނު ގޮތުން އަތް ބިންދައިގެން ދިޔަހެންވެސް ލިމްނާއަށް ހީވިއެވެ.
” ބަލަ ކަލޭ މިހާރު ރޯވަރު ކަމެއް ވެއްޖެތަ ؟ އެކްޓް ކުރާނެ ކަމެއްނެތް… ހަމަ މިހާރު އަހަރެންގެ ލޯކުރިމަތިން ދުރަށް ދޭ!!! ” ޖުނެއިނާ ލިމްނާއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ.
” މަންމާ… ” ކާކޮޓަރިން ނިކުމެގެން އައި އެވްލީންއަށް ޖުނެއިނާގެ ޖުމްލަ އަޑު އިވުމާއެކު ބުނެލެވުނެވެ. ” މަސައްކަތު ކުއްޖަކަށް ވިޔަސް މަންމަ ބޭނުން ގޮތެއް ނެހެދޭނެ… ”
އެވްލީން ލިމްނާއަށް ތެދުވާން އެހީވެދިނެވެ. އެވްލީންގެ ފަރާތުން ލިބެމުންދިޔަ އަޅާލުމުގެ ސަބަބުން ލިމްނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އިތުރު ވެގެންދިޔައެވެ. ޖުނެއިނާ އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ވިދާލިވިދުވަރެއްހާ ހަލުވިކޮށްގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ޑައިރީއަށް ޖޫސް ވެރުމުގެ ސަބަބުން ޖުނެއިނާ ހުރީ އިންތިހާއަށް ރުޅި ގަދަވެފައެވެ.
” އެއޮތް އިމްޕޯޓެންޓް ނަންބަރުވެސް ދެން ހޯދާނެ ގޮތެއް ނޯންނާނެ… ” ޖުނެއިނާ ޑްރެސިންގް ޓޭބަލް މަތީގައިވާހާ ސާމާނެއް އަތުން ޖަހާ ބުރުއްސާލައިފިއެވެ. އެވަރުންވެސް ޖުނެއިނާގެ ރުޅިގަނޑު ފިނިވާގޮތެއް ނުވިއެވެ. ޖުނެއިނާ އެވަރުން ގެއާއި ހުރިހާ އެއްޗެއް އޭނަގެ ނަންމައްޗަށް ރަޖިންޓްރީ ކުރުމުގެ ފޮނި ހުވަފެންތައް ދެކެމުން ދަނިކޮށް ލިމްނާ އޭނަގެ ހުވެފެނީ ގަނޑުވަރު ފުރިހަމަ ނުވަނީސް ބިމާ ހަމަކޮށްލައިފިއެވެ. އެހާވަރުން މިފްޒާލްގެ ސޮއި ނަކަލުކޮށްގެން ފޭކް ޑޮކިއުމެންޓްތައް ހަދައިގެން ހުއްޓާ އޭނަގެ އެމަސައްކަތަށް އަލިއެޅެން އޮތް ދޮރުވެސް ބަންދުވީއެވެ.
މިޔާސްއަކީ ފެމިލީ ލޯޔަރަކަށް ވުމުގެ ސަބަބުން ކުޑަ މުސާރެއެއްގައި އޭނައަށް އެކަން ކޮށްދީފާނެކަމުގެ ފޮނި އުންމީދުތައް ކެދެމުން ދަނިކޮށް އެހުރިހާ އުންމީދެއް ވިއްސިވިހާލި ވެއްޖެއެވެ. މިޔާސް މާލޭގައި ހުރިކަމެއް ނެތްކަމެއްވެސް އެނގެނީކީ ނޫނެވެ. އެހެންނޫންނަމަ އެގެއަށްވެސް ދެވުނީހެވެ. މިފްޒާލް އޭނަގެ ބޭންކް އެކައުންޓާއި ކްރެޑިޓް ކާޑް ބްލޮކްކޮށްފައި ހުރުމުގެ ސަަބަބުން ރުފިޔާ ލިބުމުގެ ހުރިހާ ދޮރެއް ވެސް ވަނީ ބަންދުވެފައެވެ. އެހެން ނޫންނަމަ އޭނަ އެހެން ވަކީލަކުގެ ބޭނުން ހިފީހެވެ.
* * *
ރޭގަނޑުގެ ވަގުތެވެ. ކަޅު ސައިލިތަކުގެ މަތީގައި ހުދުކުލައިގެ ޖަވާހިރުތަކެއްހެން ވިދާ ބަބުޅަމުންދިޔަ ތަރިތަކުގެ އަލިކަން މިރޭ ފަނޑު ކޮށްލާފައިވަނީ ސާދަވިލޭރޭގެ ހަނދުގެ ސަބަބުންނެވެ. ހަނދުގެ އަލިވަރުގެ ސަބަބުން އުޑުގައި ދައުރު ކުރަމުންދިޔަ ހުދުކުލައިގެ ވިލާތައްވެސް ފެންނަހާވެއެވެ. ގަސްތަކުގެ ފަތްތަކުގެ ތެރޭން ފުރޭނިގެން އައިސް ކޮކާ ހަނދުވަރު ދީފައިވާއިރު ހާދަ ފުރިހަމައެވެ. ” ވުޑްލޭންޑް ” ބަގީޗާގައި ފަތުރާލާފައިވާ އެކިކުލަ ކުލައިގެ ނިވިދިއްލޭ ބޮކިތަކުގެ ސަބަބުން ބަގީޗާއަށް އާދިރުމެއް ގެނެސްދީފައި ވެއެވެ. ޖެހެމުންދިޔަ ވައިރޯޅިތަކާއެކު މާމެލާ މެލީގެ މީރުވަހުން ފަޒާގައި ހުވަނދުލަމުން ދިޔައެވެ.”
ސިޓިންގް ރޫމް ޒީނަތްތެރި ކުރެވިފައިވާ ގޮތް އަދި އެހާމެ ފުރިހަމައެވެ. ސިޓިންގ ރޫމްގެ ސީލިންގްގައި ހުދާއި ކަޅުކުލައިގެ ފަރުދާތަކުން ރީތި ޑިޒައިނެއް ހަދާފައިވާއިރު ސިޓިންގް ރޫމްގެ ތަނބު ތަކުގައި އޮޅަލާފައިވަނީ ރަތް ފަރުދާ ތަކެކެވެ. ލެވެންޑާރ ، އައިސްލޭންޑް ޕޮޕީސް ، ކާރނޭޝަން ، އައިރިސް ، އެސްޓާރ ފަދަމާތަކުގެ ސަބަބުން ޑިކަރޭޝަންތަކަށް އިތުރު ދިރުމެއް ގެނެސްދީފައިވެއެވެ. ސިޓިންގް ރޫމްގެ މެދާ ހިސާބުގައި ބޮޑު މޭޒެއް ބަހައްޓާފައި ހުރިއިރު މޭޒު މަތީގައިވަނީ ހޫދާއި ނޫކުލައިގެ ފަރުދާތަކެއް ފަތުރާލާފައެވެ. މޭޒުމަތީގެ ފަޅުކަން ފިލުވަން މާވަށިގަނޑުތައް ބަހައްޓާފައިވާއިރު މާވަށިގަނޑު ތަކުގައިވަނީ ފިނިފެންމަލާއި އޯކިޑް މާތަކަކެވެ. މޭޒުވަށާ ކަޅުކުލައިގެ މޮޑާން ރޯޔަލް ޗެއާސް ތަކެއް ބަހައްޓާފައިވެއެވެ.
އެވްލީން ޑްރެސިންގް ޓޭބަލް ކައިރީގައި އިށީންދެގެން އިންއިރު ބިއުޓީ ސެލޫން އެސިސްޓެންޓުން އެވްލީން ޒީނަތްތެރި ކުރުމުގައި އަވަދިނެތި އުޅެއެވެ. އެވްލީންގެ ދިގު އިސްތަށިގަނޑު ބުޅިކޮށްލާފައިވާއިރު އިސްތަށިގަނޑު ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ. އިސްތަށިގަނޑުކައި ލޭސް ފޮތިގަނޑެއް އަޅާފައި ވާއިރު އޭގައިވާ އެސްތައް ވިދާލެއް ހާދަ ޗާލެވެ. އައިޝެޑޯ، އައިލައިނާރ އަދި މަސްކާރާގެ ސަބަބުން އެވްލީންގެ މުށިކުލައިގެ ލޮލުގެ ރީތިކަން ހާމަވަމުން ދިޔައެވެ. އެވްލީންގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައި ހާކާލާފައިވަނީ އައިސީ ރޯޒް ލިޕްސްޓިކެވެ.
އެވްލީން ގޮނޑިން ތެދުވުމާއެކު ގަޔަށް ފިޓްކޮށް އޮތް ޓްރަމްޕެޓް ޑްރެސްގެ ބޮޑުބައެއް ބިންމައްޗަށް ފެތުރިގެންދިޔައެވެ. ކަޅުކުލައިގެ މާތަކާއި އެސްތަކުން ޓްރަމްޕެޓް ޑްރެސް ޑިޒައިން ކުރެވިފައިވާއިރު ހެދުމުގެ ރީތިކަން ފާޅުވަމުން ދިޔައެވެ. އެވްލީން މޫނުބަލާ ލޯގަނޑަށް ނަޒަރު ހުއްޓާލުމާއެކު ކުޑައިރުކޮޅަކަށް ނަމަވެސް ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ ސޫރައާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒަވީން މަތިން ހަނދާން ވުމާއެކު އެވްލީން ރަކިވިއެވެ. ޒަވީން މިއަދު އޭނައާއި ދިމާއަށް ހާދަ ވަރަކަށް ބަލާނެއެވެ. އޭނަ ލަދުންގޮސް ނުވިރުނިއްޔާ ކިތަންމެހާވެސް ރަނގަޅެވެ.
ޤާޟީއާއި ހެކިވެރިން އައުމާއެކު އެވްލީން ތިރިއަށް ފޭބިއިރު ސިޓިންގް ރޫމް ފުރާލާފައިވަނީ މެހުމާނުން ތަކުންވެ. އެވްލީން ލުއި ފިޔަވަޅުތަކެއްގައި މޭޒާއި ދިމާއަށް މިސްރާބު ޖެހިއިރު މެހުމާނުންގެ ނަޒަރު ހުއްޓާލެވިފައިވަނީ އެވްލީން އަށެވެ. މޭޒާއި އަރާހަމަވުމާއެކު ގޮނޑީގައި އިށީންދެލައިގެން އިން ޒަވީން ފެނުމާއެކު އެވްލީންގެ ހިތުގެ ތެޅުން އަވަސް ވެގެންދިޔައީ ކުއްލިޔަކަށެވެ. އެވްލީންގެ ހަށިގަނޑު ފިނިވެގެންދިޔަ ވަގުތު މަޑު ހީލިކެރުވުމެއް އެހިތުގައި އުފެދިގެން ދިޔައެވެ. ޒަވީން ލައިގެން ހުރި ހުދުކުލައިގެ ގަމީހާއި ކަޅުކުލައިގެ ޖިންސްގައި ޒަވީން ވަރަށް ރީއްޗެވެ. ހުދުކުލައިގެ ގަމީސް ޒަވީންގެ ކަސްރަތީ ހަށިގަނޑަށް ހިފާފައިވާއިރު ޒަވީންގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވެއެވެ. ޒަވީން އެވްލީންއާއި ދިމާއަށް ބަލައިލުމާއެކު އެވްލީންގެ ކޯތާފަތަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ހަށިގަނޑުން ހަކަތަ ދޫވާހެން އިހްސާސް ވުމާއެކު އެވްލީން އަވަސް އަވަހަށް ޒަވީންއާއި ޖެހިގެން ހުރި ގޮނޑީގައި އިށީން އިރު ލަދުުންގޮސް އެވްލީން މަރުވާވަރު ވިއެވެ. އުމުރު ދުވަހުގައިވެސް އޭނަ މިހާ ލަދުގަތް ހަނދާނެއް ނުވެއެވެ.
ޒަވީން އެވްލީންގެ ފިނިވެފައިވާ އަތްތިލައިގައި ހިފާލުމާއެކު އެވްލީންއަށް ހީވީ ހަށިގަނޑުގެ އެންމެ ހިމަ ނާރުތަކާހަމައަށް ކަރަންޓް ރާޅުބާނީތަކެއް ދުވެލިހެންނެވެ. އެވްލީން ތެޅިތެޅި އޮތް ހިތަކާއެކު ޒަވީންއަށް ބަލައިލިވަގުތު އެވްލީންގެ މެޔަށް ފިނިވެގެން ދިޔައެވެ. ޒަވީންގެ އަޅިކުލައިގެ ދެލޮލުގައި ވަނީ އާޝޯހުކުރުވާނެހާ އަސަރު ތަކެކެވެ. އެވްލީންގެ މޫނު ރަތް ވެގެން ދިއުމާއެކު ޒަވީންގެ ތުންފަތުގައި ކުޅެލީ އަންހެން ކުދިންގެ ހިތްތައް ކަތިލާނެހާ ރީތީ ހިނިތުންވުމެކެވެ. އެވްލީން މިހާ ލަދުގަންނަމަ އޭނައާއި އެވްލީން އެކަނި ވުމުން އެވްލީން ލަދުސްގޮސް ވިރިދާނެ ނޫންބާވައެވެ ؟
* * *
ކައިވެނި ޕާރޓީ އޮތީ ” ޓްރޮޕިކަލް އައިލޭންޑް ރިޒޯޓް ” ގައެވެ. ސްކައި ލެންޓާން ތަކުން އުޑުމަތި ފުރާލާފައިވާއިރު ހީވަނީ އަލިފާނުގެ ސައިލެއް އޮޅާލާފައި ވާހެންނެވެ. ދޭތެރެއަކުން ޖައްވުގެ ތެރެއަށް އަރައިގެންދާ ފަޔާރ ވޯކްސްތަކުގެ ސަބަބުން އެމަންޒަރަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ހަނދުގެ އަލިވަރުން މޫދުގައި ރިހިކުލައިގެ ސައިލެއް ފަތުރާލާފައި ވާއިރު ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުގެ އަޑުން ފަޒާ ގުގުމާލަމުން ދިޔައީ ރީތި މިޔުޒިކީ އަޑަކުންނެވެ. ފާޓީއަށް ރިޒޯޓްގެ ރެސްޓޯރެންޓް ތައްޔާރު ކުރެވިފައިވާއިރު ވަރަށް ފުރިހަމައެވެ.
ޒަވީންއާއި އެވްލީން ރެސްޓޯރެންޓްގެ ދޮރު ކައިރީގައި ހުއްޓިލައިގެން ތިބިއިރު ދެމީހުންގެ ފަހަތުގައިވާ ނޫކުލައިގެ ބެކްގްރައުންޑްގައި ހުދުކުލައިގެ އަކުރުތަކުން ” ޒޭވް ވެޑްސް ލީން ” ލިޔެލާފައި ވާއިރު އެއަކުރު ތަކުގައި އޮޅާލާފައިވާ ރިހިކުލައިގެ ފޮއިލްތަކުގެ ސަބަބުން އެއަކުރުތައް ވިދަމުންދިޔައެވެ. ނޫއަދި ހުދުކުލައިގެ ބޯލް ގޯން ވެޑިންގް ޑްރެސްގައި އެވްލީން ފެންނަމުން ދިޔައިރު ހީވަނީ ފެންޓަސީ ފިލްމްތަކުން ފެންނަ ޕްރިންސެސް އެއްހެންނެވެ. ބޯލް ގޯން ވެޑިންގް ޑްރެސްގެ ދިގުކޮށް ފުއްޕާލާފައިވާ ފަސްބައިވަނީ ނޫކުލައިގެ މާތަކުން ފުރާލާފައެވެ. ހުދުކުލައިގެ ލޭސް ފޮތިތަކުން ހެދުމުގެ މޭމަތި ފަރުމާކުރެވިފައި ވާއިރު ލޭސްފޮތިތަކުގެ މަތީގައި ވިދާބަބުޅަމުންދިޔަ އެސްތަކުގެ ސަބަބުން ފެހުންތެރީންގެ ކުޅަދާނަކަމާއި މޮޅުކަން ހާމަވަމުން ދިޔައެވެ. އެވްލީންގެ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައިވާއިރު އިސްތަށިގަނޑު މަތީގައި އަޅާފައިވަނީ ނޫކުލައިގެ ލޭސްފޮތީގެ ފަރުދާއެކެވެ. ލެވެންޑާރ ، ރެއިންބޯ ރޯޒް ، ޑެއިސީ ، ޓިއުލިޕް އަދި ޓްރޮޕިކަލް މާތަކުން ފުރާލާފައިވާ މާބޮނޑިއެއް އެވްލީން ހިފަހައްޓާލައިގެން ހުރިއިރު އެމާބޮނޑީގެ ލުއި މީރުވަހުން އެވްލީންއަށް އެތެރެއަށް ނޭފަތް ދަމާލެވެއެވެ. އެވްލީންގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރި ޒަވީންވެސް އެހާމެ ފުރިހަމައެވެ. ނޫކުލައިގެ ގަމީހެއް ލައިގެން އޭގެމަތިން ހުދުކުލައިގެ ސޫޓެއް ލައިގެން ހުރި އިރު ޒަވީންގެ ފިރިހެންވަންތަކަން ހާމަވަމުންދިޔައެވެ. ގަމީހާއި ސޫޓް ޒަވީންގެ ކަސްރަތީ ހަށިގަނޑަށް ހިފާފައިވާއިރު ޒަވީން އަޅައިގެން ހުރި ނޫކުލައިގެ ޓައިގެ ސަަބަބުން ޒަވީން ފެންނަމުންދިޔައީ ވަރަށް ރަސްމީ ގޮތަކަށެވެ.
މެހުމާނުން އަންނަން ފެށުމާއެކު ރެސްޓޯރެންޓް ހަލަބޮލި ވެގެންދިޔައެވެ. ކޮންމެ މެހުމާނަކުވެސް އެވްލީންއާއި ޒަވީންއަށް ބަލައިލުމަށްފަހު ތައުރީފުގެ ބަސްތައް އޮއްސަމުންދިޔައެވެ. ބައެއް އަންހެންކުދިން ޒަވީން ފެނުމާއެކު ހުއްޓުން އަރާފައި އެވްލީންއާއި ދިމާއަށް ބަލައިލަނީ ހަސަދަވެރި ނަޒަރަކުންނެވެ. އެވްލީން އުފަލުން ގޮސް ފޮޅިފައިވާއިރު އެވްލީން ދޭތެރެއަކުން ޒަވީންގެ މޫނަށް ނަޒަރު ހުއްޓާލައެވެ. ޒަވީންގެ މޫނަށް އެއްހާސް ފަހަރު ބެލިކަމުގައި ވީނަމަވެސް އޭނަ ފޫހި ނުވާނެއެވެ.
* * *
ޕާޓީ ނިންމާލުމަށްފަހު ” ވުޑްލޭންޑް ” އަށް އާދެވުނުއިރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. މިފްޒާލްއާއި ޖުނެއިނާ އެތެރެއަށް ވަދެގެން ދިއުމާއެކު ޒަވީން އެވްލީންގެ ފިނިވެފައިވާ އަތްތިލައިގައި ހިފަހައްޓާލައިފިއެވެ. ” ލެޓްސް ގޯ… ” ޒަވީން އެވްލީންގެ ކޯތާފަތުގައި ފިރުމާލުމާއެކު އެވްލީންގެ މޫނު ރަތްވިއެވެ. އެވަގުތު މަޑު ތުރުތުރު ލުމެއް އެހަށިގަނޑުގައި އުފެދިގެންދިޔައެވެ. އެވްލީން ޒަވީންގެ މޭމަތީގައި މޫނު ފޮރުވާލިއިރު އެހިތުގެ ތެޅުން ޒަވީންއަށް އިހްސާސްވާނެކަން ޔަޤީނެވެ.
ލަސްފިޔަވަޅުތަކެއްގައި އެވްލީންއާއި ޒަވީން ހިނގައިގަތީ ގެސްޓް ރޫމާއި ދިމާއަށެވެ. ޒަވީން ގެސްޓް ރޫމްގެ ދޮރު ހުޅުވާލުމާއެކު އެވްލީންއަށް ރޫމްގެ ތެރެއަށް ނަޒަރު ހިންގާލެވުނެވެ. ފިޔާތޮށި އަދި ރަތްކުލައިގެ ފިނިފެންމަލުގެ ފިޔަތަކުން ޓައިލްސް މަތީގައިވަނީ މަލުގެ ސައިލެއް ފަތުރާލާފައެވެ. ރޫމްގައި ބަހައްޓާފައިވާ އުށްބައްތިތަކުގެ ފަނޑު އަލިން ރޫމްވަނީ އަލިކޮށްލާފައެވެ. ޓައިލްސް މަތީގައި ބަހައްޓާފައިވާ އުށްބައްތިތައް ވިރިގެން ޓައިލްސްމައްޗަށް ވެރެމުންދިޔައެވެ. ކިންގްސައިޒް ބެޑްގައި ރަތްކުލައިގެ ބެޑް ޝީޓެއް އަޅާފައިވާއިރު ޖޭސްމީން މާތަކުން ބެޑްޝީޓްވަނީ ބަރާވެފައެވެ. ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައިވާ ކޭންޑްލް ހޯލްޑާ ތަކުގައިވަނީ އޯކިޑް އުށްބައްތި ތަކެކެވެ.
ޒަވީންގެ ފަހަތުން އެވްލީން އެތެރެއަށް ވަނުމާއެކު ޒަވީން ރޫމްގެ ދޮރު ލައްޕާލުމަށްފަހު ތަޅުލިއެވެ. އޭރު އެވްލީގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައިރު ޝަބްނަމް ތިކިތަކެއް ފަދައިން ދާތިކިތައް އެމޫނުގައި ވިދަން ފެށިއެވެ. ” ލީން… ” އިސްދަށަށް ޖަހާލައިގެން ހުރި އެވްލީންގެ މޫނުގައި ޒަވީން ހިފަހައްޓާލިއެވެ. އެވްލީންގެ މޫނުގައި ޒަވީންގެ އަތްތިލަ ބީހިގެން ދިއުމާއެކު އެވްލީންއަށް ލޯމަރާލެވުނެވެ. އޭރު އެދޮން މޫނު ހީވަނީ ރެޑް ޗެރީއެއް ހެންނެވެ. ” މްމްމް… ލީން ވަރަށް ރީތި ބްލަޝްވީމަ… ” ޒަވީން ގުދުވެލަމުން އެވްލީންގެ ކަންފަތް ދޮށުގައި ބުނެލި ޖުމްލައާއެކު އެވްލީންގެ ހަށިގަނޑުގައި މަޑު ތުރުތުރު ލުމެއް އުފެދިގެން ދިޔައެވެ. ޒަވީންގެ ހޫނުނޭވާތަށް އިހްސާސް ކުރެވެން ފެށުމާއެކު އެވްލީންއަށް ދެލޯމަރާ ތަގުޅި ކޮށްލެވުނެވެ. އޭރު ދެހަށިގަނޑުގައިވެސް ރޯވެގެންދިޔައީ ލޯބީގެ އަލިފާނެވެ. ޒަވީން އެވްލީންގެ ދޮން ކަނދުރާއަށް ބޮސްދިނުމާއެކު އެވްލީންއަށް ޒަވީންގެ ހަށިގަނޑުގައި ބާރަކަށް ހިފަަހައްޓާލެވުނެވެ.
ޒަވީންގެ ހަށިގަނޑުގެ ހޫނުކަން އިހްސާސް ކުރެވުމާއެކު އެވްލީންގެ ހުރިހާ ނާރުތަކާހަމައަށް ދުވެލީ ފޮނި ރާޅުބާނީތަކެކެވެ. ޒަވީން އެވްލީން އަތްދަނޑިމައްޗަށް އުފުއްލާލުމަށްފަހު ގޮސް އެނދުގައި ބާއްވައިފައި އެވްލީންގެ ތުންފަތުގައި ބޮސްދިނުމާއެކު އެވްލީންގެ ހަށިގަނޑުގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. މިނެޓްތަކަކަށް ދެމިގެންދިޔަ އެލޯބީގެ ވަގުތުކޮޅުގެ ސަބަބުން އެވްލީންއާއި ޒަވީންއަށް ބުނަންނޭގޭ އުފަލާއި ހިތްހަމަޖެހުން ލިބިގެން ދިޔައެވެ.
އުޑަށް ޖަމާވަމުންދިޔަ ވާރޭވިލާތަކުން އުޑުމަތި ވަށާލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ޖެހެމުންދިޔަ ބާރު ވަޔާއެކު ގަސްތައް ލެނބެމުން ދިޔައިރު ފަޒާގައި ގުގުމާލަމުންދިޔީ ބޫން އަޑަކުންނެވެ. ކުއްލިޔަކަށް ވެހެންފެށި ވާރެއާއެކު ހީވީ ފުރާޅުމައްޗަށް ގާތަކެއް އުކާލެވުނު ހެންނެވެ. ވިދާލާ އަލިގަދަ ވިދުވަރުތަކުން ރޭގަނޑު ދޫވާލަށް ބަދަލުވެގެންދާ ވަގުތުތައްވެސް އާދެއެވެ. ވިދުވަރާއެކު އުޑުމަތި ހާމަ ވަމުންދާއިރު ކަޅުވިލާތަކުން އުޑުގައި ކަޅުސައިލެއް ފަތުރާލަމުން ދިޔައެވެ. ހޮނު ގުގުރީގެ އަޑާއެކު ކަންފަތް ފަޅައިގެން ހިނގައިދާނެ ފަހަރުވެސް އާދެއެވެ.
” ޒޭވް… ” ޒަވީން އާއި އެނދާއި ދެމެދުވެ ފިތިގެންދިޔައިރު އެވްލީންއަށް ބުނެލެވުނެވެ. އޭނަގެ ހިތުގައި އާދަޔާ ހިލާފު ބިރުވެރިކަމެއް ވިކަނީއެވެ. ކިތަންމެ ވަރަކަށް އެބިރުވެރިކަން އެއްފަރާތް ކޮށްލަން އުޅުނުކަމުގައި ވީނަމަވެސް އެކަމެއް ނުކުރެވުނެވެ.
” ލީން ވަޓްސް ރޯންގް ؟ ” ޒަވީން އެވްލީންއާއި ދުރަށް ޖެހިލަމުން އެވްލީންގެ އަތުގައި ނުހަލު ލޯތްބާއެކު ހިފަހައްޓާލިއެވެ.
” އައި އޭމް ސްކެއާރޑް… ” އެވްލީން ރޮވިފައިވާ އަޑަކުން ބުނެލިއެވެ.
” ލީން ބިރުން އުޅެންޏާ ވީވިލް ސްޓޮޕް… ” ޒަވީން އޯގާތެރިކަމާއެކު ބުނެލިއެވެ. އެއްވެސް ކަމަކަށް އެވްލީންއަށް މަޖުބޫރުކުރާކަށް ޒަވީން ބޭނުމެއް ނުވިއެވެ.
” ނޫން… ވީވިލް ކޮންޓިނިއު… ގުގުރާތީ އަސްލު ބިރުގަންނަނީ…. ” އެވްލީން ޒަވީންގެ ދެލޮލަށް ނަޒަރު ހިންގާލިއެވެ.
ޒަވީންގެ ލޯބީގައި އޭނަ މިހުރީ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށެވެ. އޭނަ ޒަވީންއަށްޓަކައި އެހުރިހާ ކަމަކާ ކުރިމަތި ލާނެއެވެ. ފަހަރެއްގައިވެސް ޒަވީންގެ ހިތަށް އަނިޔާއެއް ދޭން އޭނަ ބޭނުމެއް ނޫނެވެ.
” ގުގުރައިގަތީމަ އަހަރެންގެ ގައިގައި ހަގްކޮށްލީމް ހުރިހާ ބިރެއް ފިލައިގެންދާނެ… އެހެންނޫނަސް މައި ސްވީޓް ގާރލްއަށް ތަދުކުރާކަށް ބޭނުމެއް ނޫން… ” ޒަވީން އެވްލީންގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލިއެވެ. އެވްލީން ހިނިތުންވެމަކާއެކު ޒަވީންއަށް ބަލައިލީ ދައުވަތުދޭފަދަ ނަޒަރަކުންނެވެ.
ވާރޭގެ ސަބަބުން ފަޒާގައި ހަރުލައްވަމުން ދިޔަ ތެތްފިނީގެ ސަބަބުން އެވްލީން ޒަވީންގެ ހަށިގަނޑުގައި ބާރަކަށް ބައްދާލައިފިއެވެ. ދުވަހަކުވެސް ދޫކޮށް ނުދާށޭ ބުނާފަދަ ގޮތަކަށެވެ. ދެޖިސްމުގައިވެސް ރޯވެގެންދިޔަ ލޯބީގެ އަލިފާންގަނޑު ސިކުންތަކަށްފަހު ސިކުންތަކަށް ދިޔައީ ގަދަވަމުންނެވެ. އެވްލީންގެ ދޮން ހަށިގަނޑުގައި ޒަވީން ބޮސްދޭން ފެށުމާއެކު އެވްލީން ޒަވީންގެ ބުރަކަށީގައި ހިފަހައްޓާލައިފިއެވެ. އެވްލީން ބިރުވެރިކަމާއި ލަދުވެތިކަމުގެ ފަރުދާތައް ކަހާލުމަށްފަހު ޒަވީންގެ ހުރިހާ އެދުމަކަށް އިޖާބަ ދިނެވެ. ކޮޓަރިތެރެއަށް ފެތުރިފައިވާ ފަނޑުއަލިކަމުގެ ތެރޭން ދެހަށިގަނޑު އެއް ހަށިގަނޑަކަށް ވެގެންދިޔައީ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
* * *
ހެނދުނުގެ ވަގުތެވެ. އެވްލީންއަށް ހޭލެވުނީ ގަޑި ސޯނާވާ އަޑަށެވެ. ސިހިފައި އެވްލީން ލޯހުވާލިއިރު ސޯނާވާ ގަޑިއެއް ހިފައިގެން ކައިރީގައި އިށީންދެ ލައިގެން އިން ޒަވީން ފެނުމާއެކު އެވްލީން ތެދުވެލުމަށްފަހު އެނދުގެ ހެޑްބޯޑަށް ލެނގިލިއެވެ.
” ގުޑް މޯނީންގް… ” ސޯނާގަޑި ސައިޑް ޓޭބަލް މަތީގައި ބަހައްޓަމުން ޒަވީން ބުނެލިއެވެ.
” ޒޭވް …. ކިރިޔާއެއްނު ހާޓް އެޓޭކެއް ނުޖެހުނީ…. ” އެވްލީން ޒަވީންގެ މޫނަށް ނަޒަރު ހުއްޓާލައިފިއެވެ. ޒަވީން ހަމައެކަނި ޖިންސެއް ލައިގެން ހުރުމުގެ ސަބަބުން އެކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. އިރުގެ ދޯދިތައް އެހަށިގަނޑުގައި ބޮސްދެމުން ދިޔައިރު ހާދަ ފުރިހަމައެވެ. ” އެވްލީން ދޭއަވަހަށް ފެންވަރާލައިގެން އަންނަން… އައި ހޭވް އަ ގްރޭޓް ނިއުސް ފޯރ ޔޫ…. ” ޒަވީން އެވްލީންގެ ކޯތާފަތަށް ބޮސްދެމުން އެނދުން ތެދުވެލިއެވެ. އަދި އަލަމާރި ހުޅުވާލުމަށްފަހު ޓީޝާޓެއް ނަގައިގެން އެބޮލުން ވައްޓާލަމުން ހިނގައިގަތީ ކޮޓަރިން ބޭރަށް ނުކުތުމަށެވެ.
ޒަވީން ނިކުމެގެން ދިއުމާއެކު އެވްލީން ހަށިގަނޑުގައި ބެޑްޝީޓް އޮޅާލުމަށްފަހު ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. އެވްލީން ފާޚަނާއާއި ދިމާއަށް މިސްރާބު ޖެހިއިރު އެރީތި ތުންފަތުގައި ކުޅެލަމުން ދިޔައީ ރީތި ހިނިތުންވުމެކެވެ. އޭނަ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެ ފަދަ ގޮތަކަށް ރޭގެ ފޮނި ހަނދާންތައް ވަނީ ރައްކާކުރެވިފައެވެ. ޒަވީންގެ ފަރާތުން ލިބުނު ލޯބްބާއި ހިތްހަމަ ޖެހުން ދުވަހަކުވެސް އެހިތުން ފިލައިގެން ނުދާނެއެވެ. ބިރުވެރިކަމެއްގެ ގޮތުގައި އޭނަ ދެކެމުންއައި ކަމަކީ އެހާ ބިރުވެރި ކަމެއްވެސް ނޫނެވެ. ރޭ ޒަވީންވަނީ އޭނައަށް އެކަން ސާބިތު ކޮށްދީފަ އެވެ.
އެވްލީން ފެންވަރާލައިގެން ރަތްކުލައިގެ ޓޮޕްކޮޅާކާއި ރީނދޫކުލައިގެ ޖިންސެއް ލައިގެން ކާކޮޓަރިއަށް ދިޔައިރު އޭނަ ފިޔަވާ ހުރިހާ އެންމެން ކާކޮޓަރީގައި ތިއްބެވެ. އެވްލީންގެ މޫނުމަތިން ފެންނަމުންދިޔަ އުފާވެރިކަމުގެ ސަބަބުން ޖުނެއިނާގެ ހިތުގައި ރޯވެގެންދިޔައީ ރުޅިވެރިކަމުގެ އަލިފާނެވެ. އޭނަ އެހާވަރުން އެވްލީންއާއި ޒަވީން ދުރުކުރަން އުޅުމުން ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. ހުސް ބަދުނަސީބު ދުވަސް ތަކެކެވެ. ރޭގެއަށް ވަގަކުވަދެ ވަނީ އޭނަ ތިޖޫރީއަށް ލާފައިވާ ފޭކް ޑޮކިއުމެންޓް ތައްވެސް ނަގާފައެވެ. އެހާ ސެކިއުރީޓީ ހައިތަނެއްގައި އެތަކެތި ފޮރުވާފައި ހުއްޓާވެސް އެވަގަށް ނެގުމުން ޖުނެއިނާ ހުންނަނީ ޝޮކެެއްގައެވެ. އަދި ހަމައެއާއެކު ބިރުވެރިކަންވެސް އެހިތުގައި ވަކި އަޅަމުންދެއެވެ.
ކާމޭޒު ދޮށުގައި ޒަވީން މާދަމާ އޭނައާއި އެވްލީން ފުރަން އުޅޭވާހަކަ ހާމަކުރިއެވެ. މިފްޒާލް އެކަމާ ދެކޮޅު ހެދުމެއްނެތި އެއްބަސްވިއެވެ. އެހެން ނޫނަސް ކައިވެންޏަށްފަހު އެވްލީން ހުރުން ރަނގަޅީވެސް ޒަވީންގެ ގޭގައެވެ. ޒަވީންއާއި އެވްލީން ފުރަން އުޅޭ ވާހަކައިގެ ސަބަބުން ޖުނެއިނާގެ ހިތާމައަށް އިތުރު ބޮޅެއް އިތުރު ވެގެންދިޔައެވެ. އެވްލީން ދިއުމުން ވާނެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. މިފްޒާލް އޭނަ ޖަލުން ނެރުނީ ވަގުތީ ގޮތަކަށެވެ. ޖުނެއިނާއަށް ރަނގަޅަށް ހެނދުނުގެ ނާޝްތާވެސް ނުކުރެވުނެވެ. އޭނައަށް ފެނުނު ހުވަފެން ހަޤީޤަތަކަށް ވުމުގެ ބިރުން ހިތްވަށާލާފައި ވުމުގެ ސަބަބުން ޖުނެއިނާ ހުރީ އިންތިހާއަށް ބިރުގެންފައެވެ.
* * *
ޖެހިގެންއައި ދުވަހު ހެނދުނު އެވްލީންއާއި ޒަވީން އިންގްލޭންޑަށް ދާން ފުރުމާއެކު ” ވުޑްލޭންޑް ” އަށް އަނެއްކާވެސް މަރުފަދަ ހަމަހިމޭންކަން ވެރިވެގެންދިޔައެވެ. ނަވާރަ ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ލަންޑަނަށް ދެވުނު އިރު އެވްލީން ހުރީ ވަރުބަލި ވެފައެވެ. ޒަވީންގެ އެކުވެރިއެއް ކަމުގައިވާ ލިޔާޝް ލަންޑަން ސިޓީ އެއާޕޯޓްގެ ޕާކިންގް ޒޯނުގައި ކާރު ޕާކްކޮށްލައިގެން ކާރު ކައިރީގައި ހުއްޓިލައިގެން ހުއްޓެވެ. ބަހާރު މޫސުމަށް ވުމާއެކު ދުރުދުރަށް ދާންދެން އެކި ކުލަކުލައިގެ މާގަސްތައް ހެދިފައިވާއިރު އެގަސްތައް ވަނީ މާތަކުން ބަރާވެފައެވެ.
” ހޭއި ޒޭވް… ” އެއާޕޯޓުން ނުކުމެެގެންއައި ޒަވީންއާއި އެވްލީން ފެނުމާއެކު ލިޔާޝް ބާރު ފިޔަވަޅުތަަކެއްގައި ގޮސް ޒަވީންމެން ކުރިމައްޗަށް ހުއްޓިލިއެވެ. ” ތޭންކްސް ފޯރ ކަމިންގް ލިޔާ…. ލީން ދިސް އިސް ލިޔާޝް… އަހަރެންގެ ފްރެންޑެއް ، ލިޔާޝްއާއި އަހަރެން މަސައްކަތް ކުރަނީ އެއް ހޮސްޕިޓަލެއްގައި…. ” ޒަވީން އެވްލީންއަށް ލިޔާޝް ތަޢާރަފް ކޮށްދިނެވެ. ” ޒޭވް މިފަހަރު ތިއައީ ބިޓެވެސް ސެޓްކޮށްގެންތަ ؟ ” ލިޔާޝް އެވްލީންއަށް ބަލައިލަމުން އަހާލިއެވެ. ” ޝީ އިޒް މައި ވައިފް… ” އެވްލީންގެ އުނަގަނޑުގައި ހިފާކައިރި ކޮށްލަމުން ޒަވީން ބުނެލިއެެވެ. ” އޯ މައިގޯޑް… ކޮންގްރާ… ” ލިޔާޝް ބުނެލި އެވެ.
” ކޮބާ އަހަރެން އިންފޮމޭޝަން ދިން ޕޭޝަންޓް ރަނގަޅުވިތަ ؟ ” ކާރާއި ދިމާއަށް ހިނގަމުންދިޔަ ލަޔާޝް އޭނަގެ ފަހަތުން ހިނގަމުންއައި ޒަވީންއާއި ސުވާލު ކޮށްލައިފިއެވެ. ” ހޫމް… ޝީ އިޒް ނޯމަލް… އެންޑް ދަ ގްރޭޓް ނިއުސް އިސް… ލީން އަކީ އެޕޭޝަންޓް ” ޒަވީންގެ ޖުމްލައިން ލިޔާޝްގެ ފިޔަވަޅުތައް ހުއްޓުމަކަށް އައެވެ. ” ސީރިއަސްލީ ؟ … ” ލިޔާޝްއަށް އަހާލެވުނެވެ. ޒަވީން އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލި އެވެ.
* * *
” ވޯޓާރ ކްރިސްޓަލް ” ގޭގެ ގޭޓުން ކާރު ވަނުމާއެކު އެވްލީންއަށް އެގެއަށް ފުންނަޒަރެއް ހިންގާލެވުނެވެ. ގޭގެ ގޭޓްކައިރީގައި އިންދާފައިވާ ބްލީޑިންގް ފްލާވާ އަދި ޕްލަމް ގަސްތައް މާތަކުން ބަރާވެފައިވާއިރު މާތަކުން ބިންމަތީގައި ދޫލައެއް ފަތުރާލާފައިވާ ފަދައެވެ. ޕްލަމް ގަސްތައް މަޑު ފިޔާތޮށި ކުލައިގެ މާތަކުން ބަރާވެފައިވާއިރު ގަހުގެ ފަތަށްވުރެ މާތަށް ގިނައެވެ. ބަހާރު މޫނުމަށް ވުމާއެކު ކަލާ ލިލީސް ، ބަޓާރ ކަޕް ، ބެލް ފްލާވާރ ، ވައިލްޑް ލިލީސް ، ޕިންކް ކާރނޭޝަން އަދި ލެވެންޑާރ ގަސްތައްވަނީ މާތަކުން ފުރިފައެވެ. ކޮކާތައް ބަގީޗާގައި ފޮޅިފައިވާ މާތަކުން ފޮނިބޯން އުދުހެމުން ދިޔައެވެ.
” ވޯޓާރ ކްރިސްޓަލް ” ޕޯޓިކޯ ކުރިމަތީގައި ބޮޑު ސްވިމިންގް ޕޫލެއް އޮތްނަ އިރު ސްވިމިންގް ޕޫލް ވަށާ ގޮނޑިތަކާއި އައުޓް ޑޯރ ސޯފާ ސެޓްތައް ބަހައްޓާފައިވެއެވެ. ސްވިމިންގް ޕޫލް ކައިރީގައި ގަރާޖެއް ހުންނައިރު ގަރާޖް ކައިރީގައިވަނީ ކަމެލިއާ ގަސްތައް އިސްދާފައެވެ. ފިޔާތޮށި ކުލައިގެ މާތަކުން ކަމެލިއާ ގަސްތައްވަނީ ބަރާވެފަ އެވެ. ދުރުދުރަށް ދާންދެން ހެދިފައިވާ ކުލަކުލައިގެ ޓިއުލިޕް މާތަކުން ބަގީޗާއަށް އިތުރު ދިރުމެއް ގެނެސްދީފައިވެ އެވެ. ޖެހިލާ ވައިރޯޅިތަކާއެކި ފަޒާގެ ތެރެއަށް ފެތުރިގެންދާ މީރުވަހުން ހިތް ބަންޑުންވާހާ ވެއެވެ.
އާފަލު އަދި އޮރެނެގް ގަސްތަކުން ވަށާލާފައިވާ ތަނެއްގައި އައުޓް ޑޯރ ޑައިނިން ޓޭބަލްއެއް ބަހައްޓާފައި ވެއެވެ. ރޯސްވުޑްއިން ޑައިނިންގް ޓޭބަލްއާއި ގޮނޑިތައް ފަރުމާ ކުރެވިފައިވާއިރު އިރުގެ ދަޅަތައް އެޅުމުން ކުރިއަށްވުރެ އޮފްކަމަށް ދައްކަ އެވެ. ކާރު ” ވޯޓާރ ކްރިސްޓަލް ” ގޭގެ ޕޯޓިކޯއަށް ޕާކްކޮށްލުމާއެކު ގަނޑުވަރެއްފަދަ ރީތިގޭގެ ރީތިކަމާއި ފުރިހަމަކަން ހާމަވެގެން ދިޔައެވެ. ދެ ބުއިރިއަށް ރާނާފައިވާއިރު އިންޓީރީއާ ޑިޒައިނަރުންއަދި އާރކިޓެކްޓުންނަށް އައްސެރިބަހާ ސާބަސްދޭހާ ވެއެވެ. އެހާ ފުރިހަމަވެފައި ރީއްޗެވެ. ” ސީ ޔޫ ލޭޓާރ…. ” އެވްލީންއާއި ޒަވީން ކާރުން ފޭބުމާއެކު ލިޔާޝް ކާރު ދުއްވާލައިފި އެވެ.
އެވްލީން ހައިރާންކަމާއެކު ފެންނަމުންދިޔަ ގަނޑުވަރެއްދަފަ ރީތިގެއަށް ނަޒަރު ހިންގާލިއިރު އޭނަގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. އެގެއަށް ކުރިން އާދެވިފައިވާ ފަދަ ހަނދާން ތަކުން އޭނައަށް އުދަގޫކުރަން ފެށުމާއެކު އެވްލީންއަށް ޒަވީންގެ އަތުގައި ހިފަހައްޓާލެވުނެވެ. ޒަވީން ގޭގެ މައިދޮރާއި އަރާހަމަވުމާއެކު ބެލް ޖަހާލައިފިއެވެ. ދެމިނެޓް ފަހުން މެއިޑަކު އައިސް ދޮރު ހުޅުވާލުމާއެކު ޒަވީން އެވްލީންއާއެކު އެތެރެއަށް ވަނެވެ.
އެވްލީން ލިވިންގް ރޫމަށް ނަޒަރު ހިންގާލިތަނާ ކަޅުކުލައިގެ ބޮޑު ސޯފާގައި އިށިންދެލައިގެން އިން ޒުވާނާ ފެނުމާއެކު އެވްލީންއަށް ހީވީ އެހިތުގައި މީހަކު ހިފާ ބާރު ކޮށްލިހެންނެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ނޭވާ ލާން ދަތިވިއެވެ. ތަޤްދީރު އެނައާއި މިކުޅެލީ ކޮންފަދަ ބޮޑު ސަމާސާއެއް ހެއްޔެވެ ؟
ރީނދޫ ކުލައިގެ ޓީޝާޓަކާއި އަޅިކުލައިގެ ޖިންސެއްގައި އެޒުވާނާ ހުރިއިރު އޭނަގެ ރީތިކަން ހާމަވެވެ. ބައިމަތި ފުޅާހަށިގަނޑަށް ޓީޝާޓް ހިފާފައިވާއިރު ބޯ ބުމައާއި ، ކުޑަކޮށް ދިގުވެފައިވާ ތުނބުޅީގެ ސަބަބުން އެޒުވާނާގެ ފިރިހެން ވަންތަކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވެ އެވެ.
އެޒުވާނާގެ މޫނު ފެނުމާއެކު އެވްލީންއަށް ހީވީ އޭނަގެ މާޒީގެ ތެރެއަށް ފީނައިގަނެވުނު ހެންނެވެ. މާޒީގެ ކަންތައްތައް ހަނދާން ނެތިފައި ހުރި އެވްލީން މަޑުމަޑުން ހުރިހާކަމެއް ހަނދާންވަމުން ދިޔައެވެ. އެޒުވާނާއަށް އެވްލީން ފެނުމާއެކު ސޯފާއިން ތެދުވެވުނު ގޮތެއްވެސް ނޭނގެ އެވެ.
” އަ..އަ..އަކިޔަސް !… ” ހިތާހިތުން އެވްލީންއަށް ބުނެލެވުނެވެ. އަކިޔަސް އޭނަ އަޅައިގެން ހުރި އަވިއައިނު ނެގުމާއެކު އެއަޅި ކުލައިގެ ދެލޮލުން ފެންނަމުންދިޔަ ރުޅިވެރި ކަމާއި ނަފްރަތުގެ ސަބަބުން އެވްލީންގެ ހިތް ރޫރޫއަޅައިގެން ދިޔަ އެވެ.
” ކިޔާ.. ހިޔާރ އިސް ޔޯ ޖޫސް …. ” ކާކޮޓަރިން ނުކުމެެގެން އައި އަންހެންކުއްޖާގެ އަޑު އެވްލީންގެ ކަންފަތުގައި ގުގުމާލީ ހޮނު ގުގުރިއެއްހެންނެވެ.
” ރިހާނީ…. ” އެވްލީންއަށް ހީތާހިތުން ބުނެލެވުނެވެ.
ރިހާނީއަށް އެވްލީން ފެނުމާއެކު އޭނަގެ އަތުން ޖޫސްތަށި ދޫވެގެން ގޮސް ޓައިލްސް މަތީގައިޖެހުނެވެ. ތަށި ތަޅައިންގެން ދިޔައަޑަށް ލިވިންގް ރޫމަށް ވެރިވެފައިވާ ހަމަހިމޭންކަން މުގުރާލައިފި އެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.




Me first dhw… ☺️☺️….. Loved it…. ???
Farah reethi story???
Varah*
alhey haadha reehchey mi part vx. next part avahah genesdhehchey. 😀 :-*
Vry nice…Masha Allah❤❤??
Aisha ge vaahaka ehgga ves varah similar koh kanthah vey. Leen and kayan ulhey story ga. Only the marriage part tho?
mi part ves v reethi
Leen ge step’mother tha “zunainaa aee..???? Reethi mi part ves.. kon’irakun next part up kohdhewaynee..??
??❤When next part…can’t wait..avahah up kohdheeba….
Knme dhuvahaku 2 prts up khdhemeh noonthr