ޒީކް ތެދުވިއެވެ. މަޑުމަޑުން ހިނގާލާފައި ކޮޓަރިން ނުކުތްއިރު މައިދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ޒީކްގެ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދިގެން ދިޔައެވެ. މާބޮޑަށް ފިނިވާން ފެށިހެންވެސް ހީވިއެވެ. ނަމަވެސް ދެވަނަ ފަހަރަށް ޓަކިޖަހާލާނެ ވަގުތަކަށް އިންތިޒާރުކޮށްލެވުނެވެ. އަނެއްކާވެސް ޓަކިޖަހާލި އަޑު އިވުނެވެ. މިފަހަރު އެއަޑު ކުރިއަށްވުރެ ބާރެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލުމާއިއެކު ޒީކްއަށް ލިބުނީ ހައިރާންކަމެކެވެ.
********
ދާއިން ގޮސް އެރީ ފަޅުގެއެއްގެ ތެރޭގައި ހުރި ނިކަ ގަހަކަށެވެ. މީހުން އުޅޭ ސަރަހައްދާއި ފުދޭވަރަކަށް ދުރުގައި ހުރި އެގަހުގެ އަފިގަނޑެއްގެ މަތީގައި ކައިލްގެ ހަށިގަނޑު ބާއްވާލުމާއިއެކު ގަހުގައި ނިދާފައި ތިބި ދޫނިތައް އެއްފަހަރާ ކަހަލަ ގޮތަކަށް އުދުއްސައިގަތެވެ. ހަޅޭއްލަވަމުން އެސޮރުމެންގެ ސަލާމަތް ހޯދުމަށް އަވަސްވެގަތެވެ.
ދާއިން ގެނައި އަވަސް ހަރަކާތާއިއެކު ޖީބުން ނެގީ ކުޑަ ވަޅިއެކެވެ. އެވަޅި ކަނާއަތުގެ ތެރެއަށްލައި ވަޅި އާއިއެކު އަތް މުށްކަވާލިއެވެ. އަދި އަނެއްއަތުން ވަޅީގައި ހިފައި ދަމައިގަތެވެ. އެއާއިއެކު އަތް ކަނޑައިގެން ގޮސް ހޯސްލާފައި ލޭއަންނަން ފެށިއެވެ. ދާއިންގެ ކޮންމެ ހަރަކާތެއްވެސް އެހާމެ އަވަހެވެ. ވަގުތު ފާއިތުވުމުގެ ކުރިން ހުރިހާ ކަމެއްކޮށް ނިންމުމަށް އޭނަގެ ހިތް ވަނީ އަވަސްވެފައެވެ.
ދާއިން އޭނާގެ އަތުން އަންނަމުންދިޔަ ލޭތައް ކައިލްގެ އަނގަ އާއި ދިމާކޮށްލީ އެލޭތައް ކައިލްގެ އަނގައަށް އެޅޭނޭ ހެންނެވެ.
ދާއިން އެގޮތުގައި އިންނަތާ ކުޑަ ވަގުތުކޮޅެއް ފާއިތުވީފަހުން ކައިލްގެ ހަށިގަނޑަށް ލޮޅުމެއް އެރިއެވެ. ތެޅިގަތްގޮތަށް ފުންނޭވާއެއް ދޫކޮށްލިއެވެ. އެނޭވާ އާއިއެކު ބޭރުވި ދުންކޮޅު މައްޗަށް އަރައިގެން ގޮސް ކައިލްގެ ބޮލާއި ދިމާގައި އެނބުރެން ފެށިއެވެ. އަދި މަޑުމަޑުން ކައިލްގެ ބޮލާއި ދިމާއަށް ތިރިވާން ފެށިއެވެ. އެވަގުތު ދާއިން، ކައިލް އާއި ދުރަށްޖެހިއެވެ.
ދުންކޮޅު އައިސް ކައިލްގެ ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ވަނުމާއިއެކު އެހަށިގަނޑު އުފުލެން ފެށިއެވެ. އެއްވެސްތަނެއްގައި ނުޖެހި އިރުކޮޅަކު އޮތުމަށްފަހު އަނެއްކާވެސް މަޑުމަޑުން ތިރިވާން ފެށިއެވެ. ގަހުގެ އަފިގަނޑުގެ މަތީގައި ޖެހުމާއިއެކު ކައިލް އޭނާގެ ލޯ ހުޅުވާލިއެވެ. އުނދަގޫ ގޮތަކަށް ކެއްސާލުމަށްފަހު ތެދުވެ އަފިގަނޑުގެ މަތީގައި ރީތިކޮށް އިށީނދެލިއެވެ.
“ވެލްކަމް ބެކް ބްރޯ….” ދާއިންގެ ތުންފަތް މައްޗަށްވެރިވީ ފުޅާ ހިނިތުންވުމެކެވެ.
ކައިލް ހިނިތުންވެލަމުން ދާއިންގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. ނަމަވެސް މަންމަ ކަންތައް ކުރިގޮތް ހަނދާންވެ ހިތުގައި އެތައް ޝަކުވާއެއް އުފެދިގެން ދިޔައެވެ. މަންމަ މަސައްކަތްކުރީ އޭނަ މަރާލަން ހެއްޔެވެ؟ ނޫނީ އޭނަގެ ވަސް އަބަދަށްޓަކައި މިދުނިޔެއިން ފޮހެލަން ހެއްޔެވެ؟
********
“ހެލޯ ޒީކް….” ކެލީޝާގެ ތުންފަތަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ބުޅާ މަސްގަނޑަކަށް ބަލާހެން ޒީކް އާއި ދިމާއަށް ބަލަހައްޓައިގެން ހުރީ އޭނަ ބޭނުންވާ ކަހަލަ ފުރުސަތެއް ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.
“ކާކު ކަމެއް ނޭނގުނު….” ދޮރުގައި ހިފަހައްޓާލައިގެން ހުރެ ޒީކް ބުންޏެވެ. ނުވެސް ދަންނަ މީހަކަށް އޭނަގެ ނަން އެނގުނު ގޮތަކާއިމެދު ސުވާލު އުފެދުނެވެ.
“އެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ….” ކެލީޝާ މަސައްކަތްކުރީ ގޭތެރެއަށް ވަންނާށެވެ. ނަމަވެސް ގޭގެ މީހުންގެ އިޒުނަ އާއި ނުލައި ގޭގެއަށް ވަނުމުގެ ބާރު އެމީހުންނަށް ލިބިގެނެއް ނުވެއެވެ. ގަދަކަމުން ގޭގެއަށް ވަންނަން މަސައްކަތްކޮށްފިނަމަ މުޅި ހަންގަނޑު އަނދައިގެން ގޮސް ފުރާނައަށް ނުރައްކާވެއެވެ.
“ކައިލް ވަރަށް ބަލި….” ޒީކް އެއްޗެއް ނުބުނެ ބަލަހައްޓައިގެން ހުންނަން ފެށުމުން ކެލީޝާ ބުނެލިއެވެ. އޭރު އޭނަ ހުރީ ޒީކް އާއި ހަތަރުކަޅި ހަމަކޮށްލައިގެންނެވެ. ލޮލުން ފޮނުވާލި ހުދުކުލައިގެ އަލިކޮޅު ޒީކްގެ ލޮލުގެ ތެރެއަށް ވަދެގެން ދިޔުމާއިއެކު ޒީކްއަށް ކުޑަކޮށް ތެޅިގަނެވުނެވެ.
ޒީކް ގެއިން ބޭރަށް ނުކުމެ ދޮރު ލައްޕާލިއެވެ. ހީވީ މީހެއްގެ އަމުރަކަށް ކިޔަމަންވީ ހެންނެވެ. އެއްދިމާއަކަށް ބަލަހައްޓައިގެން ހުރެ ކުރިއަށް ހިނގައިގަތީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ.
ޒީކް ނުކުތުމާއިއެކު ކެލީޝާގެ ތުންފަތް މައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. މިވަގުތުން މިވަގުތަށް ޒީކްގެ ވަސްވެސް ފޮހެލަން އޭނަ ބޭނުމެވެ. ޒީކް މަރަށް ތެޅޭ މަންޒަރު ބަލާހިތުން ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ނަމަވެސް އޭނަ އެކަން ކުރާނީ އެންމެ އެކަށީގެންވާ ވަގުތުގައެވެ. ސުމޭނާ އާއި ކަރަމްގެ ކުރިމަތީގައެވެ.
ކެލީޝާ ދައްކަމުން ދިޔަ މަގުން ޒީކް ހިނގަމުން ދިޔައެވެ. ހުސްފައިގައި ހިނގަމުން ގޮސް ޖަންގަލީގެ ތެރެއަށް ވަދެވުނު އިރުވެސް ނޭނގުނެވެ. އެއަށްވުރެ ބޮޑަށް ކެލީޝާ ވަނީ އޭނަގެ ސިކުނޑި އާއި ކުޅެލާފައެވެ.
ކެލީޝާ ގޮސް ހުއްޓުނީ ޖަންގަލީގެ މެދެއްހާ ހިސާބުގައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އެއްމިޔަކަނުން ހިނިތުންވުމާއިއެކު ފަސް އެނބުރި ބަލާލިއެވެ. އެއްކަށިވެފައި ހުރި ޒީކް ފެނި އެތުންފަތް މަތީގައި ވި ހިނިތުންވުން ފުންވެގެން ދިޔައެވެ.
ކެލީޝާ ގެނައި ކުއްލި ހަރަކާތާއިއެކު ޒީކްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހަމަވިސްނުން ލިބުމާއިއެކު ޒީކްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހައިރާންވެ ދެލޯ ބޮޑުވީ ޖަންގަލި ތެރޭގައި ހުރެވުނުކަން އެނގުމުންނެވެ. އެހިސާބަށް އާދެވުނު ގޮތަކާއި މެދު ހިތުގައި ސުވާލު އުފެދުނެވެ. ވަށައިގެން ހޯދާލެވުނީ މޭގައި އަތްއަޅާލައިގެން ހުރެއެވެ. އޭރު ބިރުން ގޮސް ދެފައިވެސް ތުރުތުރު އަޅަމުން ދިޔައެވެ.
ކުރިމަތިން ފެންނަން ހުރި އިމާރާތް ލޮލުގައި އަޅައިގަތުމާއިއެކު ޒީކްގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ނުރައްކަލަކާއި ކުރިމަތިވާން އުޅޭހެން ހީވާން ފެށިއެވެ. ނަމަވެސް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ދެފައި ހީވަނީ ހައްޔަރުވެފައިވާހެންނެވެ.
އެއަނދިރި ޖަންގަލީގެ ބޮޑު ހިސާބަކަށް އަލިވެފައިވަނީ ކުރިމަތީގައި ހުރި އިމާރާތުންނެވެ. ތިންބުރިއަށް ނަގާފައިވާ އެއިމާރާތުގެ ބިއްލޫރި ކުޑަދޮރުތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ އޮރެންޖް އަލިން މުޅިހިސާބަށް އަލިވެފައިވެއެވެ. އިމާރާތުގެ ތެރެއަށް ވަނުމަށް ސިޑިއެއް ހަދާފައިވާއިރު ދޮރުގެ ދާރަތަކުގައި ކަޅުރަތްކުލަ ލާފައި ހުރުމުން ނާމާން ގޮތެއް ހުއްޓެވެ.
ގޭގެ ބޮޑުދޮރު ދެފަރާތަށް ކެހިގެން ދިޔައީ ކުއްލިއަކަށެވެ. އެވަގުތު އެޅިގެންދިޔަ ގަދަ އަލިން ޒީކްއަށް މޫނުމަތީގައި ދެއަތް ހުރަސްކޮށްލެވުނެވެ. ނަމަވެސް އެގޮތުގައި ޒީކްއަށް ހުރެވުނީ ފަޅި ސިކުންތުކޮޅަކަށެވެ. ޖެހިލި ބާރު ވައިރޯޅި އާއިއެކު ގަސްތަކުގެ ފަތްތައް މުޅި ހިސާބުގައި އެނބުރެން ފެށިއެވެ.
ޒީކްއަށް އެގޭގެ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު އެތެރެއިން މެދު އުމުރުގެ ފިރެހެނަކު ނުކުންނަނީއެވެ. އެމީހާގެ ބެލުމުގައި ނުރައްކާތެރި ގޮތެއް ހުރިއިރު އެންމެ ވައްތަރުވީ އެފްރިކާ ހިސާބުގެ މީހަކާއެވެ. ބޮލުގެ އިސްތަށިގަނޑު ކުދިކުދިކޮށް ގަތާލާފައި ހުރި އިރު ދިގުކަމުން ބިންމަތީގައި ކޭއްތެމުންދިޔައެވެ.
އެމީހާގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުތް މެދުއުމުރުގެ އަންހެން މީހާ ފެނި ޒީކްއަށް ދެފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އެމީހާގެ ދެލޯ އަނދުން ކުލައިން ގަދަޔަށް ފަވާލެވިފައިވާއިރު ތުންފަތުގައިވެސް ވަނީ ކަޅު ރަތްކުލައެކެވެ. މުޅި މޫނު ހުދުވެފައި ހުރިއިރު އަޅިކުލައިން ދިއްލިފައިވާ ދެލޯ ފެނި ޒީކްގެ ހަބަރު ހުސްވެގެން ވެއްޓުނެވެ.
********
ގެއަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ދާއިންއަށް ތަފާތު އުނދަގުލެއް އިޚުސާސްވިއެވެ. ނުބައެއް އުޅޭކަމަށް ހަވަނަ ޚިއްސު ބުނެދިނެވެ. އެވަގުތު ދާއިންގެ ނަޒަރު އަމާޒުވީ ގޭގެ މެދެއްހާ ހިސާބުގައި ހުރި ގުދަނަށެވެ.
އެސްފިޔަ ޖަހާލާހައި ހިނދުކޮޅެއްގެ ތެރޭގައި ދާއިން ހުރީ އެކޮޓަރީގެ ދޮރުމަތީގައެވެ. އޭނަ ގެނައި ކުއްލި ހަރަކާތާއިއެކު އެދޮރު ހުޅުވިގެންދިޔައެވެ.
ދޮރު ހުޅުވުނު އަޑަށް ސުމޭނާ ދިޔައީ ސިއްސައިގެންނެވެ. ކަރަމް އާއި ކެލީޝާވެސް ދެލޯ ބޮޑުކޮށްލަމުން ދޮރާއި ދިމާއަށް ބަލާލިއެވެ. ދޮރުމަތީގައި ހުރި ދާއިން ފެނުމާއިއެކު ސުމޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔައެވެ. ގޮތް ހުސްވެފައިވާ މީހަކު ފަދައިން ކަރަމް އާއި ދިމާއަށް ބަލާލެވުނެވެ. ކަރަމްގެ ނަޒަރު ދާއިންއަށް އަމާޒުވެފައިވާތަން ފެނި ސުމޭނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެބެލުމުގައި ހުރި ނުރައްކާތެރިކަން އިޙުސާސްވުމުންނެވެ.
ކެލީޝާގެ އަތްމަތީގައި އޮތް ޒީކް ފެނި ދާއިންގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ. ވިދުވަރެއްހާ ހަލުވިމިނުގައިގޮސް ކެލީޝާގެ ކުރިމައްޗަށް ހުއްޓުނެވެ. އޭރު އޭނަގެ ސިފަވެސް ބަދަލުވަމުން ދިޔައެވެ.
“ކީއްކުރަން ތިއުޅެނީ….” ހިތްހަމަ ނުޖެހުނު ނަމަވެސް ދާއިން ވާހަކަ ދެއްކީ މަޑުމަޑުންނެވެ. މަންމަ އާއި ބައްޕަގެ ނަޒަރު އަމާޒުވެފައިވާތަން ފެނުމުންނެވެ. އެމީހުންގެ ކުރިމަތީގައި އޭނައަށް އެކަނި މާބޮޑު ކަމެއް ނުކުރެވޭނެކަން އެނގޭތީއެވެ. ނަމަވެސް އަމިއްލަ ފުރާނަ ދިޔަސް ޒީކްގެ ފުރާނަ ސަލާމަތްކުރަން ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން އޭނަ ހުރީ ތައްޔާރަށެވެ.
ދާއިންގެ ޖުމްލަ އާއިއެކު ކެލީޝާގެ ތުންފަތް މައްޗަށް ވެރިވީ ނުރައްކާތެރި ހިނިތުންވުމެކެވެ. ހަބަރު ހުސްވެފައި އޮތް ޒީކް އާއި ދިމާއަށް ބަލާލުމަށްފަހު ކޮޅަށް ބަހައްޓައި ނުވެއްޓޭނޭހެން ހިފަހައްޓާލިއެވެ. އަދި ޒީކްގެ ކަނދުރާ އާއި ދިމާގައިވާ އިސްތަށިތައް އެއްފަރާތްކޮށް ކަނދުރާ ހާމަކޮށްލިއެވެ. އޭރު ކެލީޝާގެ ސިފަ ބަދަލުވަމުން ގޮސް އަނގައިން ތޫނު ދެދަތް ނުކުމެއްޖެއެވެ.
“މޯމް…. ޑޭޑް… ވަޓްސް ގޮއިން އޯން….” ދާއިން ހިތްހަމަނުޖެހުނެވެ. އޭރު އޭނަގެ ސޫރަވެސް ވަނީ ބަދަލުވެފައެވެ. ޒީކް އެހާލުގައި އޮއްވާ ފެނުމުން ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ. އަނެއްކޮޅުން ކެލީޝާގެ މަގުސަދަކީ ކޮބައިކަންވެސް އޭނައަށް އެނގުނެވެ. ނަމަވެސް އެމަޤުސަދު ހާސިލުވިޔަ ނުދިނުމަށް ކުރެވެން ހުރި ކޮންމެ ކަމެއް އޭނަ ކުރާނަމެވެ.
ދާއިން ގެނައި ކުއްލި ހަރަކާތާއިއެކު ޒީކްގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. އަދި އެއްވެސް ރަޙުމެއްނެތި އެއޮމާން ކަނދުރާއަށް އޭނަގެ ތޫނު ދެދަތް ކޮށްޕާލިއެވެ. ހުރިހާކަމެއްވެސް ހިނގީ އެހާ އަވަހަށްކަމުން ކެލީޝާއަކަށްވެސް އިތުރުކަމެއް ނުކުރެވުނެވެ. ލިބުނު ޝޮކެއްގެ ސަބަބުން ކަރަމް އަށާއި ސުމޭނާއަށްވެސް ބަލަހައްޓައިގެން ތިބެވުނީއެވެ.
ގެއަށް އައިސް ވަން ކައިލްއަށް ފެނުނު މަންޒަރާއިއެކު ހިތް ހުއްޓުނުހެން ހީވިއެވެ. ގައިގައި ވަރުދެރަވެފައި ވީނަމަވެސް ޒީކް ސަލާމަތްކުރުމަށް އަވަސްވެގަތެވެ. ދުވެފައި ގޮސް ދާއިންގެ ގަމީހުގައި ހިފައި އަތުގައި ހުރި ބާރެއްލާފައި ހޫރާލިއެވެ. އެއާއިއެކު ޒީކްގެ ހަށިގަނޑު އަރިއަޅާލިއެވެ. ކައިލްއަށް ހިފަހައްޓާލެވުނީ ކިރިޔާއެވެ. ޒީކްގެ މެރިފައިވާ ދެލޮލާއި ކަނދުރާއިން ބޮކިޖަހާފައި އަންނަމުންދިޔަ ލޭތައް ފެނި ކައިލްގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައެވެ. ސިފައެކީ ބަދަލުވުމާއިއެކު ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެއަޑާއިއެކު ގޭގެ ފާރުތައްވެސް ގުޑައިގެން ދިޔައެވެ.
ޒީކްގެ ކަރުން އަންނަމުންދިޔަ ލޭތައް ކައިލްގެ ގަމީސް ތެންމަމުންދިޔައެވެ. ލައިގެން ހުރި ގަމީސް ބާލައި އެތަނުގައި ބާރަށް އައްސާލިއެވެ. އޭރު އޭނަގެ ނިޔަތްވެސް މަޑުމަޑުން ގޯސްވަމުންދިޔައެވެ. އެލޭތައް ފެނި ކަރު ހިއްކައިގަނެގެން ދިޔައެވެ. ނަމަވެސް އަމިއްލަ ނަފުސު ހަމައަކަށް އަޅުވާލީ ޒީކްދެކެ ވާ ސާފު ތެދުވެރި ލޯބީގެ ބާރުގައެވެ.
ޒީކްގެ ހަށިގަނޑު ބިންމަތީ ބާއްވާލިއިރު ކައިލްގެ ދެލޯ ވަނީ ކަރުނުން ފުރިފައެވެ. އެކަރުނައިގެ ތެރެއިން ފާޅުވަމުންދިޔަ ނަފުރަތު ފެނި ކެލީޝާވެސް ހުރީ ޖެހިލުންވެފައެވެ. މީގެ ކުރިން ކައިލް ރުޅިގަދަވެފައިވާތަން ފެނުނު ނަމަވެސް އެހާ ރުޅި އައިސްފައި ހުއްޓައި އޭނައަށް ފެނިފައެއް ނުވެއެވެ.
ދެލޯ ހަނިކޮށްލަމުން ވެއްޓިފައި އޮތް ދާއިން އާއި ދިމާއަށް ކައިލް ބަލާލިއެވެ. ދާއިން ފެނުމާއިއެކު ކައިލްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އާދަޔާ ޚިލާފު ބާރެއް ލިބުނު ހެންވެސް ހީވިއެވެ. ވިދުވަރެއްހާ ހަލުވި މިނުގައި އޭނަ ހުރީ ދާއިންގެ ކައިރީގައެވެ. ދާއިން އާއި ދިމާއަށް ގުދުވެ، އެއްއަތުން ދާއިންގެ ގަމީހުގެ ގިރުވާނުގައި ހިފައި ކޮޅަށް ނެގިއެވެ. އަދި އަނެއް އަތުން ގޮށްމުށުގެ އެތިފަހަރެއް ދާއިންގެ ކޮލަށް އަމާޒުކޮށްލިއެވެ.
ކައިލް ޖެހިލެއް ބާރުކަމުން ދާއިންގެ ނޭފަތާއި އަނގަ ފަޅައިގެން ގޮސް ހޯސްލާފައި ލޭއަންނަން ފެށިއެވެ. ވަރުދެރަވެފައިވާ ހާލުވެސް އެއްޗެކޭ ބުނެވޭތޯ ދާއިން މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް އެއިން ކަމަކަށް ސަމާލުކަންދެވޭ ވަރަށްވުރެ ކައިލްގެ ރުޅިވަނީ ގަދަވެފައެވެ. ދާއިން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު މޫނުމައްޗަށް ވަރުގަދަ ހަމަލާއެއް ދެމުންދިޔައެވެ.
ދާއިންގެ ހަކަތަ ހުސްވުމާއިއެކު ކައިލް ހިމޭންވިއެވެ. އެހަށިގަނޑު ގެންގޮސް ފާރުގައި ޖައްސާލުމާއިއެކު ދެލޯ ކަރުނުން ފުރުނެވެ. ދެމީހުން އެކީ އުޅުނު ގޮތް ހަނދާންވިއެވެ. ނަމަވެސް އެއިޙުސާސްތަކުގެ މައްޗަށް އަނެއްކާވެސް ރުޅިވެރިކަން ގަދަވެގަތެވެ. ޒީކް އާއި މެދު ދާއިން ކަންތައްކުރި ގޮތް ހަނދާންވުމުންނެވެ.
ކައިލް އޭނާގެ ޖީބުން ނެގީ ލަކުޑި ކުލައެއްގެ މުއްގަނޑެއް ލާފައިވާ ފިޔޮއްސެކެވެ. ފިޔޮއްސަށް ބަލާލުމަށްފަހު ކައިލްގެ ނަޒަރު އަމާޒުވީ ދާއިންގެ މެޔާއި ދިމާއަށެވެ. ޒީކްއަށް ގެއްލުމެއް ދޭ ކޮންމެ މީހެއްގެ ވަސްވެސް އޭނަ މިދުނިޔެއިން ފޮހެލާނަމެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.





hi sissy am i first
Hi unique dear ?❤
Yesss got first dho mifaharu ????
Assalaamalaikum ❤❤
Kihinehtha huriha kudhin?
Here is the 5th part of the story ? Enjoy reading ??❤
Kiyuntheringe khiyaalakee story kuriyah gendhiumah libey varah bodu hihvareh.??
Oh no dhaain vestha..??? Alhe please eysh xeek ah dheragotheh viya nudhehchey.. ? ? Thi keleesha akah rangalhu landeh dhehchey ingey.. ? ? ? ? Maa baarugadha meehakahvegen hithun.. Huh.. Xeek libenvaanee kyle kahala meehakah.. Dhw eyash darling ♥ ? ? ♥.. Mi part ves vvv salhi.. Nika gas sifakohdheefa in gothun maahauluge biruveri kamaa naamaankan sifavi.. Vvvv salhi. Waiting for the next.. ♥ ♥ ? ? ♥ ♥ Keep it up darling.. Lysm ♥ ? ? ♥
Sheen dear ?? hingaa dho balamaa vaagotheh ?? keleesha ah vaane dho ragalhu landeh dheyn ??
Awww ❤❤ so happy mi part ves kamudhiyaeema and sifa v ma ?? so sweet of u dear ????❤
Keep waiting dear ly2 ??❤
Wow eysh mi story hama vvvvv salhi.. Kyle ge smart kamaa eve. I ♥ vampires.. ? ♥ ? ? Waiting 4 the next part ♥ ? ? u r the best writer my dear.. Keep it up.. ? ♥ ? ?
Awww ?? lam dear thank u so much ??? vv happy vehje story kamudhiyaeema ?❤
Aww ? best writer ey buneema v happy vehje ? thank u ? keep waiting ??
Afi tha ?ofi tha? Gofi tha? Hama hageegthuga neygigen mieheee
Hei dear ??
Gahuge 3 bai thives (gofi, ofi and afi)
Gahuge maigandun hunnaanee gofi…
Eygen dhen falhaafa uhunnaanee ofi…
Dhen ofin aissa hunnaanee afi
??
Hey dear.. mi story ehn ehvx site ehga innaane tha?
Hei dear ??
mi site ga mi story upkuramun midhanee. ??❤
Dhen eysh ge page (Eysh Stories) in kiyaaleveyne ?
vvvvv varah varah reethi mi partvx……….. just varah cute kail zeek dheke vaa loabi is the cutest
varah reethi just no words
missed ur stories sissy
varah miss
Aww ?? vv happy vehje mi part ves kamudhiyaeema ????❤ thank u so much dear ??❤❤
Aww so sweet ? Eysh ves v miss vey dear ge loabi loabi cmnts ?❤❤?
Thank u ?❤❤
Awww??woah????❤❤masha allah???keekey bunaany..?? ehaa vx furihama viyya mi prt vx..???kury dhuvahu dear kairi bunymehnu cvr pic hadhany koahchakun heyyey???dhn dear bunymehnu coral ey..aee anehkaa coral drawing tha..?..play store ga ehn Jehyma aee hus muraka viyya..heheheh??adhi eh vaahaka bunelaanan ingey??????mi stry ge 1st partah dandelion innaane comment eh kohlaafa..?e ah reply kohlahchey???much loves eysh ganduu?????mi comment ah vx reply eh dhehche buddy…☺☺
Awwwww ???? dandelion gandu kihinehtha dear ??❤❤
Haadha sweeet kuhjekey Maasha Allaah ?? vv happy vehje dear ah story ehaa bodah kamudhiyaeema ??❤❤
Thank u so much queeeeeeneeee girl ???? alhey coreldraw ge vaahaka ey eysh bunee dear hehe. ?? awww aslutha… eysh ah neyngey dear cmnt kohlikan… ingunu nama yageenunves rply kohllaanan ??? rply yageenunves dheynan ingey dandelion gandaaaa ??? much loves ???
Rply kohlaifin ingey dear ?❤❤
Vaahaka varah rythi.. Plx xeek maraanulaathi
Thank u so much dear ??❤❤❤ v happy vehje story kamudhiyaeema ???? hingaa dho balamaa vaagotheh ?? hama gaimuves kiyuntherin maayoos kosheh nulaanan ??❤❤
Keep waiting for the nex part ??❤
Wow ??? Eysh ??? Mi part vx hama superb ingey ????????????… v v v reethi ????????????… vaahakaige haadhisaa tha genassa in goiyves hama v v v intresting ????????????… sifakurun thah v v v furihama ❄❄❄?????????… I can imagine each and every scene in it ????????????… I just love ur n ur stories ????????????… ur my favourite ?????????… keep up the hard work dear ????????????… curiously waiting for the next ?????????… lysm dear
Naju dear so happy to c a colorful cmnt ?? v happy vehje story kamudhiyaeema ??❤❤ so sweeeeeet ??? favryt ey buneema haadha happy vey ?????? nd eysh ge hurihaa stories thahves kamudhaatheee vvvvvvv bodah ufaavey ??❤❤❤ ly2 dear thank u so muchhhh ??❤❤??