Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރި

ދެގަޑި ތިރީސް

naina Level 110 Stories
October 22, 2018 2 Mins Read
13 Comments

ނާޝީދާ ލޯ ހުޅުވާލިއެވެ. އަދި ކައިރީގައި އިން ސޯނާ ގަޑިއަށް ބަލާލިއެވެ. ގަޑިން މެންދަމު 02:30 ވީއެވެ. އޭނާއަށް ކުއްލިއަކަށް ހޭލެވުނީ ކީއްވެކަން ނޭންގިފައި ވިސްނަން އޮވެވުނެވެ. އެނދުން ތެދުވެ ވަށާ ނަޒަރު ހިންގާލިއެވެ. ކޮޓަރި ތެރެއިން އާދަޔާ ޚިލާފް ކަމެއް ފެންނާކަށް ނެތެވެ. ޖެހިގެން އޮތް އެނދަށް ބަލާލިއިރު މަންމަ ވެސް އޮތީ ގަދައަށް ނިދާފައެވެ.

ނާޝިދާ  ފުންނޭވާއެއް ދޫކޮށްލާފަ ކުޑަކޮށް ވިސްނާލިއެވެ. އޭނާއަށް ހޭލެވުނީ މީހަކު ގޮވާލިހެން ހީވެގެންނެވެ. ނާޝިދާއަކީ ވަރަށް ނިދިގަދަ މީހެކެވެ. އެހެންކަމުން ވަރަށް ބާރަށް ގޮވީމާ ނޫނީ އޭނައަށް ނުހޭލެވޭނެއެވެ. އެކަމަކު މީހަކު ބާރަށް ގޮވައިފިއްޔާ މަންމަވެސް ހޭލާނެ ނޫން ހެއްޔެވެ؟ ނޫނީ ގޮވާލީ މަންމަބާއެވެ؟ ނާޝިދާ އަނެއްކާވެސް މަންމައާއި ދިމާއަށް ބަލާލިއެވެ. ގަދަ ނިދީގައެވެ. ގުގުރި ދަމާ އަޑުވެސް އިވެއެވެ.

ނާޝިދާ އެންމެ ފަހުން ނިންމީ އޭނާއަށް ހުވަފެނެއް ފެނިގެން ހޭލުވުނީ ކަމަށެވެ. އަދި ހިތުގަ އުފެދިފައިވާ ނުތަނަވަސްކަން އެއްކައިރި ކޮށްލާފައި ހީސްލާން ގިފިއްޔަށް ދާން ނިކުތެވެ. ރެޔަކީ ހަނދުމަހުން 15 ކަމުން މުޅި ގޯތިތެރެ ވަނީ ހަނދުގެ އަލިކަމުން ދިއްލާލާފައެވެ. ނާޝިދާ އެއްވެސް ޖެހިލުމެއް ނެތި ގިފިއްޔާ ދިމާއަށް ހިނގައިގަތެވެ. ގިފިއްޔާ އަރާ ހަމަވިތަނާހެން އޭނާ އަށް އަޑެއް އިވިގެން ސިއްސައިގެން ދިޔައެވެ. ހީވީ ވަލުދޮރާށި ހުޅުވާލިހެންނެވެ. ދޮރާއި ދިމާއަށް ބަލާލިއިރު ދޮރު ކުޑަކޮށް ހުޅުވިފަ ހުރިހެން އޭނައަށް ހީވިއެވެ. އެކަމު އެހެންވާނީ ކިހިނެއްހެއްޔެވެ؟ ނިދަން އޮށޯތުމުގެ ކުރިން އޭނަ ހުރިހާ ދޮރުތަކެއް ލައްޕާ ތަޅުވެސް ލިޔެއެވެ.

ނާޝިދާ ބަލަބަލާ ހުއްޓާ ވަލު ދޮރާށި އަނެއްކާވެސް ހުޅުވެން ފެށިއެވެ. ލިބުނު ސިހުމުން ނާޝިދާއަށް ހުރިތަނުގައި ގަނޑުވެފަ ހުރެވުނީއެވެ. ދޮރު ތަޅުނުލެވިފަ ހުއްޓަސް މިގަޑީގަ ވަންނާނީ ކާކުހެއްޔެވެ؟ އަނެއްކާ ވައްކަން ކުރާ މީހެއްބާއެވެ؟ ވަލުދޮރާށި އެއްކޮ ހުޅުވުނެވެ. ބޭރުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޮތީ ހުސް އަނދިރިކަމެވެ. ނާޝިދާ ކުރިއަށް ހިގައިގަތެވެ. ދޮރު ލެއްޕުމުގެ ނިޔަތުގައެވެ. އޭނާގެ ހިތުގަ ބިރުވެރި ކަމުގެ ބަދަލުގަ އޮތީ ހައިރާންކަމާއި ހިތްހަމަނުޖެހުމެވެ. މިދަންވަރު ވަގުތުވެސް މީހުންގެ އުނދަގޫ ޖެހޭތީއެވެ.

ވަކި ހިސާބަކަށް ގޮސް އޭނާ ހުއްޓުނެވެ. ކުރިމަތިން ކުއްލިއަކަށް ސިފަވި މަންޒަރު ފެނި ފުރަތަމަ ފަހަރަށް އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. ދިގުކޮށް ހުރި އަންހެންނެކެވެ. ކަށިމައްޗާ ހަމައަށް ފޯރާ ކަޅުދިގު އިސްތަށިގަނޑެކެވެ. ލައިގެން ހުރީ ހަމަ އެހާ ކަޅުކަންގަދަ ހެދުމެކެވެ. އަނދިރިގަނޑު ތެރެއިން ނާޝިދާއަށް އެންމެ ފުރަތަމަ ފެނުނީ އެއަންހެން މީހާގެ ދިއްލިފާއިވާ ރަތްލޮލެވެ. އޭނާއަށް ހުއްޓުން އެރީ އެހިސާބުންނެވެ. އެއަންހެން މިހާ މަޑުމަޑުން ކުރިއަށް އައެވެ. ނާޝިދާ އަށް ގުޑާނުލެވި އެފިޔަވަޅުމަތީ ހުރެވުނެވެ. އެއަންހެން މީހާ ކައިރިވާވަރަކަށް ހަނދުވަރުގެ އަލިން އޭނާގެ މޫނުމަތި ސާފުކޮށް ނާޝިދާއަށް ފެނެއެވެ. ދިއްލިފައިވާ ރަތްލޮލުން ލޭކަރުނަ ފައިބާ ފައިބާ ހުއްޓެވެ. ހިނގަމުން އަންނަނީ ކޮރުޖަހަމުންނެވެ. އަދި ކައިރި ވަމުންދިޔައިރު އެއަންހެންމީހާގެ ރުއިމުގެ އަޑު ނާޝިދާ ކަންފަތުގައި ޖެހުނެވެ. ވޭނުން ފުރިފައިވާ ރުއިމެކެވެ.

“ނާޝިދާ….” ކުރެހިފައިވާ އަޑަކުން އެއަންހެން މީހާ ގޮވާލިއެވެ. އެހިސާބުން ނާޝިދާގެ ފަޔަށް ބާރުލިބުނެވެ. ފަހަތަށް ޖެހެމުން ގޮސް ކޮޓަރިއަށް ދިއުމަށް ދުއްވައިގަތެވެ. ނަމަވެސް ވަކި ހިސާބަކުން އޭނަގެ ފައިގަ އެއްޗެއް ހިފައި އޭނާ ވައްޓާލިއެވެ. ބިންމަތީ އޮވެފަ އޭނާ ބޯހިއްލާ ފަހެއް ބަލާލިއިރު، ވަލުދޮރާށި ކައިރީ ހުރި އަންހެންމީހާގެ އަތް ދިގުވެގެން އައިސް އޮތީ ނާޝިދާ ފައިގަ ހިފާފައެވެ. އަދި މަޑުމަޑުން އޭނައާއި ދިމާއަށް ނާޝިދާ ދަމަމުން ގެންދިއައެވެ. ނާޝިދާ ބާރަށް ރޮއެގަތެވެ. އަދި އަޑުގެ ނެތްތަނަށް ހިތައްއައިހާ ދުޢާތަކާއި ސޫރަތްތައް ކިޔަންފެށިއެވެ.

ކުއްލިޔަކަށް ނާޝިދާ ފުންމައިގެން ތެދުވިއެވެ. ވަށައިގެން ހޯދާލިއެވެ. އޭނާ އޮތީ އޭނާގެ ކޮޓަރީގައެވެ. މަންމަ ވެސް ކައިރީގަ އޮތެވެ. މޫނުގައި އަތްހާކާލިއިރު ދާތިކިތައް ފައިބައެވެ. މަޑުމަޑުން މުޅިގައިގަ އަތްހާކާލިއެވެ. އެއްވެސް ތަފާތެއް ފާހަގައެއް ނުވިއެވެ. ހުވަފެނެއް ފެނުނީކަން ކަށަވަރުވީ އެހިސާބުންނެވެ. އޭނާ ސޯނާ ގަޑިއަށް ބަލައިލިއެވެ. ގަނޑިން މެންދަމު 02:30 އެވެ. އަދި އޭނާ ހުރީ ގިފިއްޔައް ދާން ބޭނުންވެފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

naina

Level 110 Stories

Other Articles

Previous

ނޭދެން ވަކިވާކަށް (ތޭރަވަނަބައި)

Next

ކަޅުފިނިފެންމާ

Next
October 22, 2018

ކަޅުފިނިފެންމާ

Previews
October 22, 2018

ނޭދެން ވަކިވާކަށް (ތޭރަވަނަބައި)

13 Comments!

  1. biruganefi says:
    October 22, 2018 at 1:06 pm

    amayyaaaiii…. birun halaakunuvee kiriyaa…varah salhi mi vaahaka..❤❤??????

  2. Biru gannan ulhunu says:
    October 22, 2018 at 1:25 pm

    Thikahala kanthah kuraakah nuvaanen nun

  3. Aimin Aimin says:
    October 22, 2018 at 2:01 pm

    Rish Rishoo

  4. None says:
    October 22, 2018 at 2:08 pm

    Abadhu ehnanthakeh kiyaa vaahaka nereny kyveyo…

  5. SoMeOnE says:
    October 22, 2018 at 3:09 pm

    Masha Allah varah reethi mi part and varah biruveri.
    Waiting for the next part ???

  6. Bykaaru says:
    October 23, 2018 at 1:22 am

    Kurin liyan fashi vaahaka keeve tho continue nukura new story eh thi fashee???

  7. rai~ sher says:
    October 23, 2018 at 11:24 am

    alhey kon iraku next part

  8. shai says:
    October 23, 2018 at 11:35 am

    v. reethi…..birunhalaaku vehje..
    so horrow ….

  9. shai says:
    October 23, 2018 at 11:37 am

    v. reethi.. naina
    waiting for next part…..
    v.biruveri`

  10. Gud❤ says:
    October 23, 2018 at 4:59 pm

    Vrh reethi.. mashallah. Birun marunuvykiriyaa..

  11. JINNI says:
    October 23, 2018 at 6:53 pm

    ???vrh reethi inge mikahala vaahaka beynumey kiyan vrh salhi ??????

  12. unique says:
    October 23, 2018 at 8:57 pm

    wow this story is cool

  13. Birugananee says:
    January 7, 2019 at 4:54 pm

    Birun fihkadaagen nudhiyaee kiriyaa enu

Comments are closed.

Next Episodeދެގަޑި ތިރީސް – 02←


All Right Reserved!