Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެވްލީން… 6

Muthahhar Ibrahim (Mutha/S.Hithadhoo) Level 510 Stories100 Login100 Stories
October 21, 2018 8 Mins Read
9 Comments

” ދާމިޝް! ” ލެއިން ތައްތެޅިފައި އޮތް ދާމިޝް ކައިރިއަށް ޖެހިލަމުން މައިހާ ރޮވިފައި އިންއަޑަކުން ދާމިޝްއަށް ގޮވާލިއެވެ. ޒައިދް މައިހާގެ އަތުގައި ހިފާ ލުއްކިއެއް ޖެހުމާއެކު މައިހާގޮސް ޖެހުނީ ޒައިދްގެ މޭމަތީގައެވެ. ”’ ދޫކުރޭ…. ” މައިހާ މަސައްކަތް ކުރަމުން ދިޔައީ ދާމިޝްއާ ދިމާއަށް ދިއުމަށެވެ. ޒައިދް މައިހާ ދަމަމުން ގޮސް އެމީހުން ގެނައި ޖިޕަށްލުމާއެކު ގުރޫޕް ހުރިހާ މީހުންގޮސް ޖިޕަށް އެރިއެވެ. ހުރިހާ ފިރިހެނުންގެ ތެރޭގައި މައިހާ ހުރިއިރު މައިހާ ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ. އެދޮލޯ ވަނީ ކަރުނުން ފުރި ބާރު ވެފައެވެ.

* * *

ރާނަމުންދާ ގެއެއްގެ ކުރިމައްޗަށް ޖިޕް މަޑުކޮށްލުމާއެކު ޒައިދް މައިހާ ދަމާފަ ޖިޕުން ނެރުނެވެ. އެގެ ހުންނަނީ އަނދިރި ހިސާބެއްގައި ކަމުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މުޅި ހިސާބުގައި ރަސްކަން ކުރަމުން ދިޔައީ ކަނު އަނދިރި ކަމެވެ. މައިހާ އެގެއަށް ނުވަންނަން ގަދަހެދުމާއެކު ޒައިދް މައިހާ ދަމަމުން ކަހަލަ ގޮތަކަށް ގޮސް އެގެއަށް ވެއްދިއެވެ. ގޭތެރޭގައި ހަރުކުރެވިފައިވާ ހުދުކުލައިހެ ބޮކިން ގޭތެރެ ވަނީ އެއްކޮށް އަލިކޮށްލާފައެވެ. ޒައިދް މައިހާ ގޮވައިގެން ގޮސް ވަނީ އެތާހުތި ކޮޓަރިއަކަށެވެ.

ބޭރުގައި ދިއްލާފައިވާ ބޮކިން ލިބޭ ފަނޑު އަލިކަން ފިޔަވައި އެކޮޓަރީގައި އިތުރު އެއްވެސް އަލިކަމެއް ނެތެވެ. ޒައިދް ކޮޓަރީގައި ހުރި ގޮނޑިއަކަށް މައިހާ ބަނދެލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ޒައިދް ހަނދާންނެތިވެ ދިޔައީ މައިހާގެ އަނގައިގައި ފޮތިގަނޑެއް ނުބަނދެއެވެ. މައިހާ އެހީއަކަށް އެދި ހަޅޭއްލަވަން ބޭނުންވިއެވެ. ނަމަވެސް އެއްވެސް މީހެއްގެ ހިލަމެއްނުވާ އަނދިރި ހިސާބެއްގައި ހުރި ގެއަކުން އޭނަ ހަޅޭއްލެވުމުން އެހީގެ އަތެއް ފޯރު ކޮށްދޭނީ ކާކުހެއްޔެވެ ؟ މައިހާގެ ލޮލުން ކަރުނަ ފައިބައިގަތީ އެހިތަށް ވެރިވެގެން ދިޔަ ބިރުވެރިކަމާއި ހިތްދަތިކަމުގެ ސަބަބުންނެވެ. މަދު ސިކުންތު ކޮޅެއްގެ ތެރޭގައި މައިހާގެ ގިސްލުމުގެ އަޑުން ކޮޓަރީގެ ހަތަރު ފާރު ގުގުމައިގެން ދިޔައެވެ.

ދާމިޝް މަތިން ހަނދާން ވުމާއެކު މައިހާއަށް އިތުރަށް ރޮވުނެވެ. އޭނަގެ ނިކަމެތި ކަމާމެދު ވިސްނާލެވުނެވެ. އޭނައަށް ދާމިޝްއަށް އެހީގެ އަތެއް ފޯރުކޮށެއް ނުދެވުނެވެ. ދާމިޝް ލެއިން ތައްތެޅިފައި އޮތް މަންޒަރު ސިފަވެގެން ދިޔުމާއެކު މައިހާގެ ހިތަށް ބުނަންނޭނގޭ ރިހުމެއް ވަދެގެން ދިޔައެވެ. މައިހާ އޭނަގެ އަތާއި ފައި މިނިވަން ކުރަން ބޭނުން ވިއެވެ. ނަމަވެސް އަތާއި ފައި ބަނދެފައި ހުރިލެއް ބާރު ކަމުން މައިހާއަށް ހަރަކާތެއްވެސް ކޮށެއް ނުލެވުނެވެ. މައިހާ މާތް ﷲ ކިބަފުޅަށް ދާމިޝް ސަލާމަތްކޮށްދެއްވުން އެދި ދުޢާކުރިއެވެ.

ހުޅުވިގެން ދިޔަ ދޮރާއި ދިމާއަށް ސިހިފައި މައިހާއަށް ބަލައިލެވުނެވެ. ކޮޓަރިއަށް ފެތުރިފައިވާ ފަނޑު އަލިކަމުގެ ތެރެއިން ޒައިދްގެ މޫނު މައިހާއަށް ފެނުނެވެ. އެވެގުތު މައިހާގެ ހިތުގައި ނަފްރަތުގެ އަލިފާން ރޯވެގެން ދިޔައެވެ. ޒައިދް ލުއި ފިޔަވަޅުތަކެއްގައި އައިސް މައިހާ ކައިރިއަށް ހުއްޓުނެވެ. އެވަގުތު ދުވި ނުބައި ވަހެއްގެ ސަބަބުން މައިހާ މޭނުބައިކުރާ ގޮތްވިއެވެ. ޒައިދް ގުދުވެލަމުން މައިހާގެ ކޯތާފަތުގައި ފިރުމާލިއެވެ. ޒައިދްގެ އެބީހިމުން މައިހާއަށް ހީވީ ގައިގައި އަލިފާން ޖެހުނު ހެންނެވެ. ދެލޯ ބޮޑުކޮށްލުމަށް ފަހު ޒައިދްއާ ދިމާއަށް ބަލައިލިއެވެ.

” އަހަރެންގެ ގަޔަށް އަތްނުލާތި ! ” ޒައިދް މައިހާގެ ގައިގައި ބީހެން ފެށުމާއެކު މައިހާ ހަރުކަށި ކަމާއެކު އަމުރު ކުރިއެވެ. ޒައިދް މައިހާގެ ވާހަކަ ތަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އެއަށްވުރެ އޭނައަށް އިސްކުރެވުނީ އަމިއްލަ އެދުމެވެ. ޒައިދް މައިހާގެ ކަނދުރާއަށް ބޮސްދިނުމާއެކު މައިހާގެ ސިކުނޑި ބިރުވެރިކަމުގެ ރަތް ސިގުނަލް ދިނެވެ. ޒައިދް ބޭނުން އެނގުމާއެކު މައިހާގެ ހިތް ބިރުވެރި ކަމުގެ ސާލުން ވަށާލައިފިއެވެ. ޒައިދްގެ ހޫނު ނޭވާތަށް މައިހާގެ ކަނދުރާއަށް އެޅެމުން ދިޔައެވެ.

” ޑޯންޓް ޓަޗްމީ ! ” މައިހާގެ އަޑުގައި ތުރުތުރު ލުމެއް އެކުލެވިގެން ވިއެވެ. ” ޝްޝްޝް ” ޒައިދް މައިހާގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް ވީއްލައިލަމުން ޝަހާދަތް އިނގިލި ތުންފަތުގައި ޖައްސާލިއެވެ. ޒައިދް ޖެހިލެއް ބާރު ކަމުން މައިހާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ކުޑަ ސިކުންތު ކޮޅަކަށް ނަމަވެސް މަންޒަރު ފުސްވެގެން ދިޔައެވެ.

” ހާދަ ރުޅިގަދައޭ…. ” ޒައިދް މައިހާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ޒައިދްއަށް މައިހާގެ ލޮލުން ފެނުނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. މައިހާ ޒައިދްގެ މޫނަށް ކުޅު ޖެހުމާއެކު ޒައިދް އައި ރުޅީގައި މައިހާގެ އިސްތަށިގަނޑުގައި ހިފައި ވާން ކޮށްލިއެވެ. މައިހާގެ ލޮލުން ކަރުނަ ފާއްދާލީ އެ ހަށިގަނޑުގައި އެޅި ވޭނެއްގެ ސަބަބުންނެވެ. ” ކަލޭގެ ދުވަސް ދިޔައީ…. ” ޒައިދް މައިހާގެ އަތާއިފައި މޮހެލުމަށްފަހު މައިހާ ކޮށްޕާލިއެވެ. ޒައިދް ކޮށްޕާލުމާއެކު މައިހާ އެދިޔަ ބާރު މިނުގައި ގޮސް ޖެހުނީ ކޮޓަރި ތެރޭގައި ބަހައްޓާފައި ހުރި ސިމެންތި ބަސްތާތަކުގެ މަތީގައެވެ. އިވުނު ބާރު އަޑުފައްގަނޑާއެކު މައިހާގެ ވޭނީ ހަޅޭކުގެ އަޑުން ފަޒާ ގުގުމާލިއެވެ.

” އަހަންނާއި ކައިރި ނުވާތި… ” ޒައިދް އޭނަ ލައިގެން ހުރި ގަމީހުގެ ގޮތްތައް ނައްޓަން ފެށުމާއެކު މައިހާއަށް ރޮވިފައިވާ އަޑަކުން ބުނެލެވުނެވެ. ޒައިދް ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއެކު މައިހާއަށް ފަހަތައް ފިޔަވަޅެއް އަޅާލެވެއެވެ. މައިހާ ފަހަތައް ޖެހެމުން ގޮސް ފާރާއި ޒައިދްއާ ދެމެދު ތާށިވިއެވެ. ޒައިދް މައިހާއާ ކައިރިވަމުން ގަދަކަމުން މައިހާ ގެނެސް އޭނަގެ މެޔާލާ ބާރު ކޮށްލިއެވެ. އެވަގުތު ނޭފަތުގައި ޖެހުނު ވަހުން މައިހާއަށް ނޭވާލާން ދަތިވިއެވެ. މައިހާ އޭނައަށް ލެވުނުހާ ބާރެއް ލުމަށްފަހު ޒައިދް ކޮށްޕާލިއެވެ. އެފަދަ ކަމަކަށް ހުށިޔާރަވެގެން ނެތް ޒައިދް ގޮސް ޖެހުނީ ކޮޓަރީގައި ބަހައްޓާފައި ހުރި ލަކުޑި ތަކެއްގެ މަތީގައެވެ. ޒައިދް އޭނަގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްކުރަމުން މައިހާއާއި ދިމާއަށް ރުޅިވެރި ނަޒަރަކުން ބަލައިލަމުން ތެދުވެލިއެވެ.

މައިހާ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީ ޒައިދްއަށް ހަމަލާދޭ ޒާތުގެ އެއްޗެއް ފެނޭތޯއެވެ. އެވަގުތު މައިހާގެ ލޮލުގައި އަޅައިގަތީ ކޮޓަރީގެ ދޮރު ކައިރީގައި އޮތް ލަކުޑި ބުރިއެކެވެ. މައިހާ ދުއްވައިގަތީ ލަކުޑި ބުރިއާ ދިމާއަށެވެ. ނަމަވެސް ލަކުޑި ބުރިއާ ހަމައަށް ނުދެވެނީސް ޒައިދް ފުރަގަހުން އައިސް މައިހާގެ ގައިގައި ހިފަހައްޓާލިއެވެ. މައިހާ އޭނަގެ އަތުގައިވާ ދިގު ނިޔަފަތިތައް ޒައިދްގެ އަތަށް ހަރާލިއެވެ. ޒައިދްއަށް މައިހާގެ ގައިން ވަގުތުން ދޫކޮށްލެވުނެވެ.

މައިހާ ލަކުޑި ބުރި ނަގައި އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ޒައިދްގެ ބޮލުގައި އޭނަގެ އަތަށް ލެވުނުހާ ބަރަކާއެކު ޖެހިއެވެ. ޒައިދްގެ ބޯފަޅައިގެން ގޮސް އޭނަ ހޭނެތިގެން ބިންމައްޗަށް ވެއްޓުނެވެ. މައިހާ އަވަސް އަވަހަށް ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. އޭރު ގުރޫޕް ހުރިހާ މީހުން ތިބީ މަސްތުވާ ތަކެތި ބޭނުން ކޮށްގެން ބިންމައްޗަށް ދެމިފައެވެ. މައިހާ ގޭގެ މައިދޮރު ހުޅުވާލުމަށްފަހު ބޭރަށް ނިކުތެވެ. މައިހާ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު ދުއްވައިގަތީ އެމަގުން ނިކުތުމަށެވެ.

* * *

ހެނދުނުގެ ވަގުތެވެ. އެހެން ދުވަސްތަކާ ހިލާފަތް މިއަދު އުޑުމަތި ވަށާލާފައިވަނީ ކަޅު ވިލާތަކުންވެ. ޖެހެމުން ދިޔަ ބާރު ވަޔާއެކު ގަސްތައް ބޫން ލައްވަމުން ދިޔަ އަޑު ވަނީ ފަޒާގައި ހަރުލާފައެވެ. ވަޔާއެކު އުދުހެމުން ދިޔަ ފަތްތަކުން މުޅި ހިސާބުގައި ވަނީ ފަތްތަކުގެ ދޫލައެއް ފަތުރާލާފައެވެ. ގަސްތަކުގައި ހަރުލާފައިވާ ފެންތިކިތައް ޖެހެމުން ދިޔަ ބާރު ވަޔާއެކު ހެދިފައިވާ ކުޑަ ފެން ކޯރު ތަކަށް ފައިބާ މަންޒަރު ވަރަށްވެސް ރީއްޗެވެ. ވާރޭގެ ލުއި މިޔުޒިކީއަޑު ވަނީ އެއް އަޑަކަށް ފަޒާގައި ހަރުލާފައެވެ. އެއަޑުން ހިތްތަކަށް ފިނިކަން ގެނެސް ދޭނެއެވެ. އެވްލީން ކުޑަ ދޮރު ކައިރީގައި ހުއްޓިލައިގެން ހުރެ ވާރޭ ވެހެމުން ދިޔަ މަންޒަރަށް ބަލަހައްޓައިގެން ހުއްޓެވެ. ވަޔާ އެކުވެގެން އައި ވާރޭ ތިކިތައް އެވްލީންގެ މޫނުގައި ބޮސްދެމުން ދިޔައިރު ހީވަނީ މޮޅު ކުރެހުންތެރިއެއްގެ ކުރެހުމެއް ހެންނެވެ.

” ގުޑް މޯރނިންގް…. ” އެވްލީން ސިއްސައިގެން ދިޔައީ ޒަވީންގެ އަޑަށެވެ. އެވްލީންއަށް އަވަސް އަވަހަށް ފަސްއެނބުރި ބަލާލެވުނެވެ. އެވްލީން ފެނުމާއެކު ޒަވީންއަށް ހީވީ އޭނަގެ ހިތުގެ ހިނގުން ސިކުންތު ކޮޅަކަށް މަޑު ޖެހުނު ހެންނެވެ. އެވްލީން އޮމާން މޫނުގައި ފެން ތިކިތައް ހަރުލާފައި ވާއިރު ވަރަށް ވެސް ރީއްޗެވެ. ޒަވީން ލުއި ފިޔަވަޅު ތަކެއްގައި ގޮސް އެވްލީން އާއި އަރާ ހަމަކުރަމުން އެވްލީންގެ އޮމާން ކޯތާފަތުގައި ފިރުމާލިއެވެ. ކުރެވުނު އިހްސާސުން އެވްލީންއަށް ދެލޯ މަރާލެވުނެވެ. ފަޒާގައިގައި ހަރުލާފައިވާ ތެތްފިނި ކަމުގެ ސަބަބުން ދެހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. ޒަވީން އޭނަގެ ނަފްސު ކޮންޓްރޯލް ކުރަމުން އެވްލީން އާއި ދުރަށް ޖެހިލިއެވެ.

” އެވްލީން މި އޮތީ އެވްލީން އަށް ދޭން ގެނައި އެއްޗެއް…. ” ޒަވީން އެވްލީން އަތަށް ފޮޓޯ ފްރޭމެއް ދިނެވެ. އެވްލީން އަވަސް އަވަހަށް ޒަވީންގެ އަތުން ފޮޓޯ ފްރޭމް އަތުލަމުން އެއަށް ނަޒަރު ހިންގާލިއެވެ. އެވްލީންގެ އަތުން ފޮޓޯ ފްރޭމް ވަގުތުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެވްލީން އޭނަގެ ބޮލުގައި ހިފަހައްޓާލަމުން ހަޅޭއްލަވައިގަތެވެ. ” އެވްލީން…. ” ޒަވީން އެވްލީންގެ ކައިރިއަށް ޖެހިލިއެވެ. ” އެއީ ކޮންބައެއް ؟ ” އެވްލީން ދެލޯ ބޮޑުކޮށްލަމުން އިޝާރާތްކުރީ ތެޅިފައި އޮތް ފޮޓޯ ފްރޭމްއާއި ދިމާއަށެވެ. ” އެއީ އެވްލީންގެ މަންމައާއި ބައްޕަ….. ” ޒަވީން ބުންޏެވެ. ” ކީކޭ ؟ ” އެވްލީންއަށް އަހާލެވުނެވެ.

” މީ އެވްލީންގެ މަންމަ… ދެން މީ އެވްލީންގެ ބައްޕަ…. ” ޒަވީން ތެޅިފައި އޮތް ފްރޭމް އެއްފަރާތް ކޮށްލަމުން ފޮޓޯނަގައި ޖުނެއިނާ އާއި މިފްޒާލްއާ ދިމާއަށް އިޝާރާތްކޮށްލިއެވެ. ޒަވީންގެ ޖުމްލަ އަޑު އިވުމާއެކު އެވްލީން އެ ފޮޓޯގައި ފިރުމާލިއެވެ. ” މަންމާ… ބައްޕާ… ” އެވްލީން ޒަވީންއަށް ބަލައިލަމުން ބުންޏެވެ. އެވަގުތު އެވްލީންގެ ކޮޓަރިއަށް ވަން ފިޒާޔާއަށް އެޖުމްލަ އަޑުއިވުމާއެކު ފިޒާޔާއަށް ހީވީ ބޮމެއް ގޮވިހެންނެވެ. އެވްލީންއަށް އަންނަމުންދާ ބަދަލުތަކާ ހެދި ފިޒާޔާ ނުތަނަވަސް ވެފައި ހުއްޓާ ކުއްލިއަކަށް އެވްލީންއަށް އެހާ ބޮޑު ބަދަލެއް އައުމުން ފިޒާޔާއަށް ހީވީ އޭނަގެ ހުރިހާ ޕްލޭނެއްގައި ނިމުމުގެ ސިއްކަ ޖެހުނީ ހެންނެވެ. މިހާރަކަށް އައިސް ޒަވީން އެވްލީންގެ ހިޔަނިހެން އުޅުމުގެ ސަބަބުން އެވްލީންއަށް ޑްރަގް އިންޖެކްޝަންވެސް ނުދެވެއެވެ. ފިޒާޔާ ރުޅިވެރި ނަޒަރަކުން ޒަވީންއާއި ދިމާއަށް ބަލައިލުމަށްފަހު ހިނގައިގަތީ އެތަނުން ދިއުމަށެވެ.

* * *

ފިޒާއަށް އޭނަގެ ކޮޓަރިއާއި ހަމައަށް ދެވުނު އިރު ފިޒާޔާވަނީ ދަލުން ތެމި ފޯވެފައެވެ. ކޮޓަރީގެ ފޮރު ލައްޕާލުމަށްފަހު ފިޒާޔާ ގޮސް އެނދުގައި އިށީނެވެ. ފިޒާޔާ ރުޅިއައިސް މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ. މިއަދު ފެނުނު މަންޒަރެއްގެ ސަބަބުން ފިޒާޔާގެ މޫޑް އެއްކޮށް ކަހަލަ ގޮތަކަށް ޚަރާބުވިއެވެ. ފިޒާޔާ ތެދުވެގެން ގޮސް ޑްރެސިނގް ޓޭބަލް މަތީގައި ހުރި ރީތިވާން ބޭނުންކުރާ ތަކެތި އަތުން ޖަހާ ވިއްސާލިއެވެ. ސެޓް ފުޅިތައް ބިންމަތީގައި ޖެހުމާއެކު ތަޅައިގެން ދިޔަ އަޑުން ކޮޓަރީގެ ހިމޭންކަން ނަގާލިއެވެ. އެވަރުންވެސް ފިޒާޔާގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. ކޮޓަރި އެފުށް މިފުށަށް ޖަހާލި އިރު ފިޒާޔާއަށް މައިނޭވާ ލެވެއެވެ. ” މިހުރިހާ ކަމެއް ހިނގީ ކަލޭގެ ސަބަބުން ޒަވީން ! ” ފިޒާޔާ ދަތްކުނޑި ވިކައިލިއެވެ. އޭރު މަޑު ތުރުތުލުމެއް އެތުންފަތުގައި އެކުލެވިގެންވިއެވެ. ” ކަލޭ ހީކުރީ ދޯ ކަލޭ މާ ވިސްނުން ތޫނުކަމަށް ؟ އަހަރެން މިތާނގައި ހުރިހާ ހިނދަކު ކަލޭގެ މަސައްކަތަށް ހުރަސް އަޅާނަން… ” ފިޒާޔާ އެތާހުރި މާވަށިގަނޑެއް ނަގައި ހޫރާލިއެވެ. އެވަގުތު ކޮޓަރިއަށް ވަން ކާއިލްގެ ގައިގައި އެ މާވަށިގަނޑު ނުޖެހުނީ ކިރިޔާއެވެ. ކާއިލް އެއްފަރާތަކަށް ޖެހިލުމުން އެމާވަށިގަނޑު ގޮސް ޖެހުނީ ބިތުގައެވެ. ކާއިލް ފިޔާޒާއަށް ބަލާލީ ހައިރާންކަމާއެކުގަ އެވެ.

ކާއިލް ފެނުމާއެކު ފިޒާޔާގެ ރުޅިގަނޑު މަތަވިއެވެ. އޭނަ ދެންމެ ބުނި ޖުމްލަ ކާއިލްއަށް އަޑު އިވިއްޖެ ކަމަށް ހީކޮށް ފިޒާޔާގެ ހިތުގެ ވިންދު އަވަސް ވެގެންދިޔައެވެ. އެމޫނަށް ދާތިކިތަށް ވެރިވެގަތީ ބަސްބުނާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.

ފިޒާޔާގެ ކޮޓަރިއަށް ނަޒަރު ހިންގާލި ކާއިލްއަށް ލިބުނީ ހައިރާންކަމެކެވެ. އެކޮޓަރިއަށް ހީވަނީ ކުޑަ ވަރެއްގެ ނިގޫރޯޅިއެއް އަރާފަވާހެންނެވެ. ކާއިލްއަށް ފިޒާޔާއާއި ދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

” ކާއިލް… ކީއްކުރަން ތިއައީ ؟ ” ފިޒާޔާ އޭނަގެ މޫނުގައި ވިދަމުން ދިޔަ ދާތިކިތައް ފޮހެލިއެވެ. ” އެވްލީންގެ ބައްޕަ އެބަހުރި މޭމްއާ ބައްދަލު ކުރަން އައިސް ” ކާއިލްގެ ޖުމްލައިން ފިޒާޔާގެ ހިތުގެ ވިންދު ކުރިއަށްވުރެ އަވަސް ވެގެން ދިޔައެވެ. ” އެވްލީންގެ ބައްޕަ ކީއްކުރަން އަހަންނާއި ބައްދަލު ކުރަން އައީ ؟؟ ” ފިޒާޔާއަށް ހީވީ އެތެރެ ހަށީގައި ނޭވާ ތާށިވީހެންނެވެ. ” މިފްޒާލް ބުނުއްވީ ފިޒާޔާއި މޭމްއާއި ބައްދަލުކޮށްލާށޭ އައީ… ” ކާއިލް ބުންޏެވެ. ” ޓެލް ހިމް ޓު ވެއިޓް އިން މައި އޮފީސް…. އައި ވިލްބީ ދެއާރ އިން ޓެން މިނެޓްސް… ” ފިޒާޔާގެ އަޑު ބޭރުވެގެން އައީ ވަރަށް އުނދަގުލާ އެކުގައެވެ. ފިޒާޔާގެ ޖުމްލަ އަޑު އިވުމާއެކު ކާއިލް ހިނގައިގަތީ ކޮޓަރިން ބޭރަށް ނިކުތުމަށެވެ. ކާއިލް ދިއުމާއެކު ފިޒާޔާ ގޮސް ކޮޓަރީގެ ދޮރު ލައްޕާލިއެވެ. މިފްޒާލް ކުއްލިޔަކަށް އޭނައާ ބައްދަލު ކުރަން އެއައީ ކީއްވެގެން ބާވައެވެ ؟ މިފްޒާލް ދައްކަން އުޅެނީ ކޮންވާހަކައެއް ހެއްޔެވެ ؟ ވިސްނުމަކަށް ގެއްލިފައި ހުރި ފިޒާޔާ ސިއްސައިގެން ދިޔައީ އިވުނު ބާރު ގުގުރިއެއްގެ ސަބަބުންނެވެ. ފިޒާޔާ އޭނަގެ ނަފްސު ހަމައަކަށް އަޅުވަމުން ދޮރު ކައިރީގައި އޮތް ދަނބުކުލައިގެ ކުޑަ ނަގައިގެން ހިގައިގަތީ އޮފީހާއި ދިމާއަށެވެ.

ޖެހެމުން ދިޔަ ބާރު ވަޔާއެކު ހީވަނީ ބިޔަ ގަސްތައްވެސް މުލުން ލުއްސައިގެން ހިނގައިދާނެހެންނެވެ. ވިދާލާ އަލިގަދަ ވިދުވަރާއެކު ލޮލުގެ ފެނުމުން މަހުރޫމް ވެދާނެހެން ހީވާ ފަހަރު މަދެއް ނޫނެވެ. އުޑަށް ޖަމާވަމުން ދިޔަ ވާރޭ ވިލާތައް ދިޔައީ ގިނަވަމުންނެވެ. މި ވަގުތަށް ވާރޭ ތުނިކޮށްލާފައި އޮތްކަމުގައި ވީނަމަވެސް ހަމަ ދެންމެ ދެންމެއަކު ވާރޭ ބޯކޮށްލަފާނެހެން ހީވަމުން ދިޔައެވެ. ކުޑައިގެ އެހީގައި އޮފީހާއި ދިމާއަށް ހިނގަމުން ދިޔަ ފިޒާޔާގެ ފިޔަވަޅުތަށް ބާރެވެ. ބޭރުގައި އުފެދިފައިވާ ތޫފާނަށްވުރެ އޭނަގެ ހިތާއި ސިކުނޑީގައި އުފެދިފައިވާ ތޫފާން މާބޮޑެވެ. އޮފީހާއި ހަމައަށް ނުދެވެނީސް ޖެހެމުން ދިޔަ ބާރު ވަޔަށް ކެތްނުކުރެވިގެން ފިޒާޔާ ގެންގުޅުނު ކުޑަ ވަޔާއެކު އުދުހިގެން ދިޔައެވެ. އެވަގުތު ބޯކޮށްލި ވާރޭން ހިޔާވާނެ ތަނެއްވެސް ފިޒާޔާއަކަށް ނުފެނުނެވެ. މިއަދު ދިމާމިވަނީ ހައްތަހާވެސް ބަދުނަސީބު ކަންތައްތަކެވެ. އޭނަގެ ބަދުނަސީބާ ގުޅިފައިވަނީ ޒަވީންއާކަަމަށް ފިޒާޔާއަށް ހީކުރެވުނެވެ. ފުރަތަމަ ދުވަހުން ފެށިގެންވެސް ޒަވީންއަށް ފާރުލެވުނުނަމަ އެވްލީންއަށް އެހާ ބޮޑު ކުރިއެރުމެއް ނާންނާނެއެވެ.

އޮފީހުގެ ތެރެއަށް ވަން ފިޒާޔާ މުށިގަނޑު މަތިން ކައްސާލާފައި ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭނަ އާދައިގެ މަތިން ލައި އުޅޭ ހައި ހީލް ފައިވާން މިއަދު ނުލެވުނީ ނަސީބަކުންނެވެ. އެހެން ނޫންނަމަ މިއަދު އޭނަ ކައްސާލާފައި ވެއްޓި ބޮޑު ހާނިކައެއް ވީސްކަން ގައިމެވެ.

” މިފްޒާލް…. ” ފިޒާޔާ ލުއި ފިޔަވަޅު ތަކެއްގައި ގޮސް މިފްޒާލް އާއި އަރާ ހަމަކުރިއެވެ. އަދި ފުޅާ ހިނިތުންވުމެއް ދިނެވެ. ”ކީއްކުރަންތޯ ތިދުރުވީ؟…”

” އަހަރެން މިތަނަށް މިއަދު މިއައީ އެވްލީން ގެއަށް ބަދަލު ކުރަން އުޅެވާހަކަ އަންގަން ވެގެން…. ” މިފްޒާލްގެ ޖުމްލައިން ފިޒާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

” ވަޓް ! ” ފިޒާޔާއަށް ބުނެލެވުނީ އަޑަށް ބާރު ލާފައެވެ. ” މި އޮތީ އެކަމަށް ބޭނުންވާ ލިޔެކިޔުންތައް…. ” މިފްޒާލް ދިއްކޮށްލީ ސިޓީއެކެވެ. ފިޒާޔާ އަވަސް އަވަހަށް ސިޓީ އަތުލަމުން އެކިޔާލިއެވެ. އޭނައަށް ރޭކާ ނުލާ ޒަވީންް އެފަދަ ކަމެއް ނިންމާލުމުން ފިޔާޒާ ހުރީ ރުޅިގަދަ ވެފައެވެ.

”އެކަމަކު…”

” އަހަރެން ބޭނުމެއްނޫން އަހަރެންގެ ދަރިފުޅަށް އެކަށީގެންވާ ފަރުވާ ނުދެވޭ ތަނެއްގައި ބަހައްޓާކަށް… ހަތަރު އަހަރުވެގެން ދިޔައިރުވެސް އެވްލީންއަށް އެއްވެސް ބަދަލެއް ނާދޭ…. ” މިފްޒާލް ފިޒާޔާގެ ޖުމްލަ މެދުކަނޑާލިއެވެ. ފިޒާޔާއަށް ދެންބުނެވޭނެ އެކައްޗެއްވެސް ނެތެވެ. އެވްލީންގެ ބަލަދުވެރިޔާ އެވްލީން އެތަނުން ގެންދަން ބޭނުންނަމަ އެކަމަށް އޭނައަކަށް ހުރަހެއް ނޭޅޭނެއެވެ. އަދި ހަމައެއާއެކު މިފްޒާލްވަނީ އެވްލީން އެތަނުން ގެންދަން ވަކީލަކުވެސް ހޯދާފައެވެ. ފިޒާޔާގެ ދޫ ތަޅުލެވުނު ކަހަލައެވެ. ” އަހަރެން ބޭނުން އެވްލީންއާއި ބައްދަލުކުރަން… ” މިފްޒާލް ބުންޏެވެ. ” ރޫމް 70 ” ފިޒާޔާ ގޮތްހުސްވެފައިވާ ހާލު ތުންފިއްތާލަމުން ބުންޏެވެ. މިފްޒާލް ދިއުމާއެކު ފިޒާޔާ މިފަހަރު ރުޅިބޭލީ މޭޒުމަތީގައި ހުރި ފައިލް ތަކަށެވެ.

”ދެޓް ބާސްޓަޑް!!!” ޒަވީންއާ ދިމާއަށް ދުލަށް އައިހާ ނުބައި އެއްޗެއް ފިޔާޒާ ކިޔާލިއެވެ. ”އޭނަ ނޫން މީހަކު މިކަމުގެ ފަހަތުގައި ނުހުންނާނެ!…”

*****

ޒަވީން ރޭ މިފްޒާލްއާ ބައްދަލުކޮށް އެދުނީ އެވްލީން މެންޓަލް އެސައިލަމްއިން ގެއަށް ބަދަލުކޮށް ދިނުމަށެވެ. އާޢިލާއާއެކު ވުމުން އެވްލީން ރަގަޅުވާން އިތުރު ހިތްވަރެއް ލިބޭނެތީ އެވެ. ހަމައެއާއެކު އޭނައަށް އެވްލީންއަށް ރަނގަޅު ފަރުވާ ދެވޭނީ ވެސް އޭރުންކަމުގައި ވާތީ އެވެ. މިފްޒާލް ޒަވީންގެ އެދުމާއި ޤަބޫލުވީ އެވްލީންގެ ސޫރަ ދެކިލުމަށް އެހިތް ބޭޤަރާރު ވެފައި ވުމާއެކު އޭނަގެ ދެލޮލުގެ ނޫރު ފަދަ ދަރިފުޅު އަބަދާއިއަބަދު އޭނަގެ ލޯ ކުރިމަތީގައި ވާނެތީއެވެ. މިފްޒާލް ލޯޔަރެއްގެ އެހީ ހޯދީ ޒަވީން އެކަމަށް ހިޔާލު ދިނުމުންނެވެ. އޭރުން އެވްލީން ގެއަށް ބަދަލު ކުރަން ފަސޭހަ ވާނެކަމަށް ޒަވީން ބުންޏެވެ. ޒަވީން ހުރިހާ ވާހަކައެއް ދެއްކިއިރު ފިޒާޔާގެ ހަޤީޤަތް ހާމަނުކުރީ މިފްޒާލް ޤަބޫލު ނުކޮށްފާނެތީއާއި އޭނަގެ އަތުގައި ހެކި ނެތުމާއެކުވެސް މެއެވެ.

ރޫމް 70ގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަން މިފްޒާލްއަށް ޒަވީންއާއި ވާހަކަ ދައްކަމުން ދިޔަ އެވްލީން ފެނުމާއެކު އެދޮލުން ކަރުނަ ފާއްދާލީ އެއްވެސް އިހްތިޔާރަކާ ނުލައެވެ. އެވްލީން ފެނުމާއެކު އެހިތަށް ފިނިކަން ގެނެސް ދިނެވެ. ” އެވްލީން… ” މިފްޒާލްގެ އަޑުގައި ވަނީ އުފާވެރިކަމެވެ. އެދަރިފުޅުގެ ސޫރަ ދެކިލަން އޭނަ ބޭނުންވާތާ ހާދަގިނަ ދުވަހެއް ވެއްޖެއެވެ. މިއަދު އޭނަގެ އެ އިންތިޒާރަށް ނިމުން އައިސްފިއެވެ. އޭނަގެ ފުރާނާއަށް ވުރެން ލޯބިވާ އޭނަގެ ހުރިހާ އުފަލަކާއި ގުޅިފައިވާ ލޯބިވާ ދަރިފުޅު އެހުރީ އޭނަގެ ކުރިމަތީގައެވެ. މިފްޒާލްގެ އަޑަށް ޒަވީންއާއި އެވްލީންއަށް ދޮރާއި ދިމާއަށް ބަލައިލެވުނެވެ. މިފްޒާލް ފެނުމާއެކު އެވްލީން ބަލައިލީ ޒަވީންގެ މޫނަށެވެ. ޒަވީން ބޮލުގެ އިޝާރާތުން ހަމަޖެހިލުމަށް އެދުނެވެ.

” ބައްޕާ؟… ” އެވްލީންގެ އަޑުގައި އެއްވެސް އަސަރެއް ނެތެވެ. އެވްލީންގެ ޖުމްލައިން މިފްޒާލްގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަ އިތުރު ވިއެވެ. ” ކިހިނެއްތަ ބައްޕަގެ ލީން ؟ ” މިފްޒާލް އެވްލީންއަށް ލޯބިން ގޮވާ ނަމުން ގޮވާލިއެވެ. ” ލީން ” އަކީ އެވްލީން ކުޑައިރު އެވްލީންގެ މަންމަ އިޔާނީ އެވްލީންއަށް ކިޔައި އުޅުނު ނަމަކެވެ. ނަމަވެސް އެވްލީންއަށް ދެ އަހަރުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އިޔާނީ ވަނީ މިދުނިޔެއާ ވަކިވެފައެވެ. އެދުވަހަށްފަހު މިފްޒާލް އެވްލީން ދެކެ އިންތިހާއަށް ލޯބިއެވެ.

” ރަނގަޅު… ” އެވްލީން ބުންޏެވެ.

” ބައްޕަ މިއައީ ދަރިފުޅު މިތަނުން ގެންދަންވެގެން…. ” އެވްލީންގެ ވާހަކަތަކުން ކުޑަ ވަގުތު ކޮޅަކަށްވިޔަސް މިފްޒާލްއަށް އެވްލީން ރަނގަޅު ވެއްޖެކަމަށް ހީކުރެވުނެވެ. ” އަހަރެން ގޮވައިގެން އަވަހަށް މިތަނުން ދާން ހިނގާ… މީ ވަރަށް ނުލަފާ މީހުން ތިބޭ ތަނެއް….. ” އެވްލީން ބިންމަތީގައި އިށީންނަމުން ޒަވީން ގެނެސްދިން ފޮޓޯގަނޑާ ވާހަކަދައްކަން ފެއްޓިއެވެ. އެމަންޒަރު ފެނުމާއެކު މިފްޒާލްގެ ހިތަށް ތަދުވިއެވެ. ” މިއަދު ހަވީރު ބައްޕަ އަންނާނަން ދަރިފުޅު ބަލާ…. ” އެވްލީން ކައިރީގައި މަޑުކުރަން ކިތަންމެ ބޭނުންވި ކަމުގައި ވީނަމަވެސް އެވްލީން މޮޔައަކު ފަދައިން އުޅުމަކީ މިފްޒާލްއަށް ބަލަން ކެތްވާވަރުގެ ކަމެއް ނޫނެވެ. މިފްޒާލް ނިކުމެެގެން ދިއުމާއެކު ޒަވީން ބޭރަށް ނިކުތީ ތަޅައިގެން ގޮސްފައިވާ ބިއްލޫރިތައް ސާފުކުރަން މަސައްކަތު މީހަކަށް އަންގާފަ އެވެ.

* * *

” ޒަވީން ބުނި ގޮތަށް އަހަރެން ހުރިހާ ކަމެއް ކޮށްފިން… އެވްލީން ރަނގަޅު ވާނެތަ ؟ ” ކޮރިޑޯގައި ހުއްޓިލައިގެން ހުރި މިފްޒާލްއާއި ޒަވީން އަރާހަމަވުމާއެކު މިފްޒާލް އަހާލި އެވެ. ” އަހަންނަށް އަދި ވަގުތު ބޭނުންވާނެ އެވްލީން ރަނގަޅު ކުރަން….. ” ޒަވީން މިފްޒާލްގެ ސުވާލަށް ޖަވާބު ދިނެވެ. ” ކިހާ ދުވަހެއް ބޭނުންވަނީ ؟ ” މިފްޒާލް އަވަސް އަވަހަށް އެއްސެވެ. ” އިރާދަކުރެއްވިއްޔާ ތިން މަސް ދުވަސް… ” ޒަވީން ބުންޏެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Muthahhar Ibrahim (Mutha/S.Hithadhoo)

Level 510 Stories100 Login100 Stories

Other Articles

Previous

އިންސާފް (2)

Next

ނީރާ

Next
October 21, 2018

ނީރާ

Previews
October 21, 2018

އިންސާފް (2)

9 Comments!

  1. Lotus says:
    October 21, 2018 at 12:39 pm

    I have a request. If possible pls upload your past stories again on this site after this story.. I really wanna read ?

    1. Mutha/ S.Hithadhoo says:
      October 21, 2018 at 12:49 pm

      Hey Lotus. So far Mutha liyunu vaahaka takaki

      Evelyn: now republishing

      Loabige nooru, Yaaru mivani Loaibey, Thi gadharu fandhuvaanehei: please look for it in national library/bookshop as they were published as books

      Oagaavi Hithakun: already on esfiya, since I forgot the password for my old account, I had to create a new account, Please check that story from: https://www.esfiya.com/author/mutha/

      Foheveney Baaey: on esfiya, please click this account and go to the very first page

      Ruheythoa Kalaa: on sun.mv

      8. Edhi Edhi Hoadhimey: on sun.mv

      9. Baazee: on esfiya

      Now currently writing Hoadeythoa Manzileh

      Hope this will help the readers who are interested in my stories.

  2. Twinkle says:
    October 21, 2018 at 12:42 pm

    Yes first dhw?
    Hmm avahah leen thi thanun change kurey ☺️
    Zaidh menn bust kohlaafa
    Thi fiyaazaa ah hithun nufohevey varuge landeh dhyfa thithaa room eh ga bandhu kohba ???v majaa vaane
    Anyway story v nice ???

  3. Mar-hath says:
    October 21, 2018 at 1:10 pm

    ?❤❤?.Story v reethi

  4. kookie says:
    October 21, 2018 at 2:40 pm

    Masha Allah. Story varah reethi.. elveen avahah thithanun nerey aslugaivx.. fiyaaza ah ragalhu bodi eh dheythi..hama hithun fohenulevey varuge.. nd zaidh ah vx.. dhn oii part avahah genesdhehchey. 😀

  5. Surprised says:
    October 21, 2018 at 2:44 pm

    Mutha, early twenties mean adhi 25 ves nuveyey tha

  6. kitty says:
    October 21, 2018 at 4:14 pm

    whn is nxt part???

  7. Ibsha says:
    October 21, 2018 at 5:05 pm

    Varah reethi

  8. Queen ? says:
    October 21, 2018 at 7:40 pm

    Wow… V v salhi vaahaka❤… Koniraku next part up kohlaney?

Comments are closed.

Next Episodeއެވްލީން… 7←


All Right Reserved!