އެވްލީން… 5
ޒަވީން ބޭރަށް ނިކުތްއިރު ފިޒާޔާ ފެންނަން ނެތުމާއެކު ޒަވީން ހިނގައިގަތީ ފިޔާޒާގެ ކޮޓަރިއާއި ދިމާއަށެވެ. ފިޔާޒާގެ ކޮޓަރިއަށްވަން ޒަވީން ހުއްޓުންއެރީ ފިޒާޔާ ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުންނެވެ. ” ޑިއާރ… ހާސްނުވެބަލަ…. ޒަވީންއަކަށް އެވްލީން ރަނގަޅު ނުކުރެވޭނެޔޭ… މިހާރު އަހަރެން އާ ޤަވާއިދުތައް ހަދައިފިން…… މިހާރު ޒަވީން ޖެހޭނެ އެވްލީންއަށް ފަރުވާ ދިނުމުގެ ކުރިން އޭނަ ދޭންއުޅޭ ފަރުވާގެ ތަފްސީލު ބޯޑާ ހިއްސާކުރަން….. ސޯ އަހަންނަށް އެހުރިހާ ޓްރީޓްމެންޓެއް ހުއްޓުވާލެވޭނެ… ރޭގަ އެވްލީންއަށް ޝޮކްވެސް ދީފަހުރީ…. މިހާރު އޯވާރ ޑޯޒް ވާވަރަށް ޑްރަގް އިންޖެކްޝަން ނަރުހުން އެވްލީންގެ ގަޔަށްޖަހާ…. ޒަވީން ކިތަންމެ މޮޅަށް ކިޔަވައިގެން ހުއްޓަސް އެވްލީން ރަނގަޅު ނުކުރެވޭނެ…. ފިޒާޔާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންނެވެ. ފިޒާޔާގެ ވާހަކަ ތަކުން ޒަވީންގެ ހިތުގައި އެތަށް ސުވާލެއް އުފެދުނެވެ. ފިޒާޔާ އެވާހަކަ ދައްކަނީ ކާކާބާވައެވެ ؟ އެވްލީން މޮޔަ ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ ؟ ފިޒާޔާއާއި އޭނަ ވާހަކަ ދައްކަމުން ދިޔަ މީހާގެ މަޤްސަދަކީ ކޮބާ ބާވައެވެ ؟ ޒަވީން އުޅުނީ ފިޒާޔާއަށް ފެނުމުގެ ކުރިން ކޮޓަރިން ނިކުންނާށެވެ. ނަމަވެސް ފިޒާޔާ ބުނެލި ޖުމްލައިން ޒަވީންއަށް ހުއްޓެން މަޖްބޫރުވިއެވެ.
” އަހަރެންގެ އަތުގައި އެބައޮތް ޒަވީންއާއި އެވްލީންއާއި ދެމީހުން ވަރަށް ކްލޯޒްކޮށް ތިއްބާ ނަގާފައި އޮތް ފޮޓޯއެއް…. މާދަމާ އަހަރެން ޒަވީންގެ މަންމައަށް ގުޅާފަ ބުނާނަން ޒަވީން އުޅެނީ މޮޔައަކާ ހެދިޔޭ…. އޭނަ ހެކި ކޮބާހޭ އަހައިފިއްޔާ އެފޮޓޯ ފޮނުވާލާނީ…. ” ފިޒާޔާގެ ލޮލުގައިވަނީ މަކަރުވެރިކަމުގެ ވިދުވަރެވެ. ފިޒާޔާއަށް އޭނަގެ މަންމަގެ ނަންބަރު އެނގުނީ ކިހިނެއްބާވައޭ ޒަވީންގެ ހިތަށް އެރިއެވެ. ކުއްލިއަކަށް ޒަވީންގެ ހަނދާނަށް އައީ މީގެ ދެދުވަސް ކުރީގެ ހަނދާނެކެވެ .
ޒަވީން އޭނަގެ ކެބިންގައި ހަނދާންނެތިވެ ފޯނުބާއްވާފައި ދެވުމުން އެދުވަހު ފޯނު ގެނެސްދިނީ ފިޒާޔާއެވެ. އެދުވަހު ފިޒާޔާ އޭނަގެ މަންމަގެ ނަންބަރު އޭނަގެ ފޯނުން ނެގީކަން ޔަޤީނެވެ. ޒަވީންއަށް އެތަނަށް އާދެވުނީ ނަސީބަކުންނޭ ޒަވީންގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ ފިޒާޔާގެ ހަޤީޤަތް އޭނަގެ ކުރިމަތީގައި ހާމަނުވީހެވެ.
ޒަވީން އަވަހަށް ކޮޓަރިން ނިކުތީ ފިޒާޔާ ފޯނު ބޭއްވުމާ އެކުއެވެ. ދޮރު ލެއްޕުނު އަޑަށް ފިޒާޔާ ފަސްއެނބުރި ބަލައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން ފިޒާޔާ ހިނގައިގަތީ ފާޚަނާއާއި ދިމާއަށެވެ.
ޒަވީންގެ ސިކުނޑިވަނީ އެތައް ސުވާލުތަކުން ފުނި ޖެހިފައެވެ. އޭނަ އެސުވާލު ތަކުގެ ޖަވާބު ބޭނުމެވެ. ޒަވީން އެންމެ ފުރަތަމަ ކަމަކަށް ނިންމީ ފިޒާޔާގެ ފޯނުން އެބުނާ ފޮޓޯއެއް ޑިލީޓް ކުރުމަށެވެ. ފިޒާޔާ އެ ފޮޓޯ އޭނަގެ މަންމައަށް ފޮނުވައިފިނަމަ އޭނަ ޖެހޭނީ ވަގުތުން އެނބުރި އިންގްލޭންޑަށް ދާށެވެ. އޭނަގެ މަންމައަކީ ކިހާ ޒީލަގަދަ މީހެއްކަން ޒަވީންއަށް އިނގެއެވެ. އެވްލީންއަށް ފުރިހަމަ ފަރުވާ ހޯދުމުގެ ގޮތުން އެވްލީން މެންޓަލް އެސައިލަމް އިން އެހެންތަނަކަށް ގެންދަން އެބަޖެހެއެވެ. އެއީ ހުއްދަކަމެއް ނޫންކަމުގައި ވީނަމަވެސް ފިޒާޔާގެ ބާރުގެ ދަށުގައިވާ ތަނެއްގައި އެވްލީންއަށް ރަނގަޅު ފަރުވާއެއް ނުދެވޭނެކަން ޒަވީންއަށް އިނގެއެވެ. މިހާރުވެސް ފިޒާޔާވަނީ އެވްލީން އަށް ޝޮކްދީފައެވެ. ކުރިއަށް އޮތްތަނުގައި ފިޒާޔާ އެއަށްވުރެ ބޮޑު ކަންތައް ކުރާނެއެވެ. އަދި ނުވިތާކަށް އެވްލީންއަށް ޑްރަގް އިންޖެކްޝަން ވެސް އެބަދެއެވެ.
ޒަވީންގެ އިންތިޒާރުގައި ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުރި އެވްލީންއަށް އިމަރޖެންސީ ރޫމަށްވަން ނަރުހަކު ފެނުމާއެކު ބިރުންގޮސް ހަށިގަނޑު ރޫރޫ އަޅައިގެން ދިޔައެވެ. ނަރުސް ކުއްޖާ ކުރިއަށް އަޅާލާ ކޮންމެ ފިޔަވަޅަކާއެކު އެވްލީންއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވެއެވެ. ” އަހަރެންގެ ގަޔަށް އަތްނުލާތި ! .. ” އެވްލީން ހަޅޭއްލަވައިގަތެވެ. ނަމަވެސް ނަރުސް ކުއްޖާ އެކަމަށް މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. ” ދެންއެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅައިފިނަމަ މިއޮތް ކަތުރުން ހަމަލާދޭނީ… ” އެއްލި ކަޅިއަކުން އެތާހުރި މޭޒެއްގެ މަތީގައި އޮތް ކަތުރެއް ފެނުމާއެކު އެވްލީން ދުވެފައިގޮސް އެކަތުރުނަގަމުން ބުނެލިއެވެ. އެވްލީން ކަތުރު ނެގުމާއެކު ވެސް ނަރުސް ކުއްޖާ ދިޔައީ ކުރިއަށެވެ. އެވްލީން ބިރުން ހުރި ވަރުން އެއްވެސް ކަމެއް ކުރަން ނުކެރޭނެކަމަށް އެކުއްޖާއަށް ހީވީކަމަށްވެސް ވެދާނެއެވެ. ” އާހް…. ” ނަރުސް ކުއްޖާ އެވްލީންއާއި ދާދި ކައިރިއަށް ހުއްޓުމާއެކު އެވްލީން ކަތުރުން ނަރުސް ކުއްޖާއަށް ހަމަލަދިނެވެ. އެވަގުތު އިމަރޖެންސީ ރޫމަށްވަން ޒަވީންއަށް ކަތުރު ހިފައިގެން ހުރި އެވްލީންއާއި ކަނާއަތުގައި ހިފަހަށްޓާލައިގެން ހުރި ނަރުސް ކުއްޖާ ފެނުމާއެކު އެވްލީންގެ ނަމުން ތަންކޮޅެއް ބާރަށް ގޮވާލެވުނެވެ. ޒަވީންގެ އަޑަށް އެވްލީންގެ އަތުން ކަތުރު ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
” އެވްލީން ކީއްތިކުރީ ؟ ” ޒަވީން ބާރު ފިޔަވަޅު ތަކެއްގައި ގޮސް އެވްލީން ކައިރިއަށް ހުއްޓިލަމުން ސުވާލުކުރީ މަޑުމައިތިރި ކަމާއެކުގައެވެ. އެވްލީންގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭގެ މަޤާމް ދޫކޮށް ފައިބައިގަތެވެ. ” އޭނަ… އޭނަ އަހަންނަށް އަނިޔާކުރަން … ” ސާރ އެވްލީން އެހަދަނީ ދޮގު. އަހަރެން މިތަނަށް އައީ އެވްލީންއަށް ދޭންޖެހޭ އިންޖެކްޝަނެއް ޖަހަން ” ނަރުސް ކުއްޖާ އެވްލީންގެ ޖުމްލަ މެދުކަނޑާލިއެވެ. ” ކޮން އިންޖެކްޝަނެއް ؟ ” ޒަވީން އަހާލިއެވެ. ޒަވީންގެ ސުވާލުން ނަރުސް ކުއްޖާގެ ނިތްކުރިން ދާތިކިތައް ފާޅުވެގެން ދިޔައެވެ. ދޭނެ ޖަވާބެއް ނޭގިފައި ހުއްޓާ ޒަވީން އަނެއްކާވެސް ސުވާލު ތަކުރާރު ކޮށްލިއެވެ. ” ނިންދަވަން ޖަހާ އިންޖެކްޝަން… ” ނަރުސްކުއްޖާ ވިސްނާލުމަށްފަހު ޖަވާބުދިނެވެ.
ނަރުސްކުއްޖާގެ ޖަވާބުން ޒަވީންއަށް އެއީ ފިޒާޔާ އެވްލީން ގަޔަށް ޖަހަން ބުނާ ޑްރަގް އިންޖެކްޝަންކަން ވަގުތުން ނަގައިގަނެވުނެވެ. އޭނައަކީ ގަމާރެއްނޫނެވެ. ނިންދަވަން ޖަހާ އިންޖެކްޝަން ނުވަތަ ހޭނައްތަން ޖަހާ އިންޖެކްޝަން ޖަހަނީ ޕޭޝަންޓް ކޮންޓްރޯލް ނުވާ ހިސާބަށް ދިޔައީމައެވެ. ” އަހަރެން އެއިންޖެކްޝަން ޖަހާފާނަން…. ގެނޭ އޭތި… ” ޒަވީން ބުންޏެވެ. ނަރުސް ކުއްޖާ އިންޖަކްޝަން ނުދޭން ހުރެފައިވެސް އިންޖެކްޝަން ޒަވީންއަތަށް ދިނެވެ. ” ޔޫ ކޭން ގޯ ނައު…. ” ޒަވީންގެ ޖުމްލަ އަޑު އިވުމާއެކު ނަރުސް ކުއްޖާ ހިނގައިގަތީ އެތަނުން ދިއުމަށެވެ.
” އެވްލީން އަހަންނަށް އެނގޭ އެއީ އެވްލީން ގަސްތުގަ ކުރިކަމެއް ނޫންކަން…. ” ޒަވީން އިންޖެކްޝަން ކުނި ވަށިގަނޑަށް އަޅާލިއެވެ. ” އެއީ ވަރަށް ނުލަފާ މީހެއް….. ” އެވްލީން އޭނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލިއެވެ. ” އެވްލީން…… ދެން އަހަރެން ގިނަ ވަގުތު ހުންނާނީ އެވްލީން ކައިރީގައި…. ” ޒަވީން ބުންޏެވެ. ޒަވީންގެ ޖުމްލައިން އެވްލީންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ދެން އޭނަ ބިރުން އުޅޭކަށް ނުޖެހޭނެއެވެ. ޒަވީން އޭނައަށް ހިމާޔަތްތެރިކަން ދޭނެއެވެ.
* * *
މާލެ ދާންވެގެން ނަރުހުންގެ އެޕާރޓްމެންޓުން ނިކުތް މައިހާ ދެކޮޅަށް ނަޒަރު ހިންގާލީ މީހަކު ހުރިތޯ ބަލައިލުމުގެ ގޮތުންނެވެ. މައިހާ މިހާރަކަށް އައިސް ހުންނަނީ މާބޮޑަށްވެސް ބިރުގަނެފައެވެ. ކިތަންމެ ކުޑަކަމެއްވިޔަސް މިހާ ބިރުންގޮސް ހަލާކުވާވަރު ވެއެވެ. މައިހާ ހިނގަމުން ދިޔައިރު އިރުއިރު ކޮޅާ ފަސްއެނބުރި ބަލައިލަ އެވެ. ފެރީ ޓާރމިނަލްއާ ހަމައަށް އާދެވުނު އިރު މައިހާވަނީ ދާހިއްލާ ފޯވެފަ އެވެ.
” އޭނަ މާލެދާން ފެރީ ޓާރމިނަލަށް ދެންމެ އެވަނީ….. މާލެއަށް ފޭބުމާއެކު ކިޑްނޭޕްކުރޭ…. އެއަށްފަހު ކަލޭމެން ބޭނުންކަމެއް ކުރިޔަސް އަހަންނަށް އެއްވެސް މައްސަލައެއްނެތް… ” ފެރީ ޓާރިމިނަލަށް ވަން މައިހާ ފެނުމާއެކު ފިޒާޔާ ޒައިދްއަށް ގުޅާލިއެވެ. ޒައިދްއާ ވާހަކަ ދައްކާލުމަށްފަހު ފިޒާޔާ ފޯނު ބޭއްވިއިރު އެމޫނު ވަނީ އުޖާލާ ވެފައެވެ.
* * *
އެވްލީން ގޮވައިގެން ޒަވީން ހިނގަމުން ދިޔައީ ޕޭޝެންޓުން ބޭތިއްބުމަށް ހަމަޖެހިފައިވާ ކޮޓަރިތަކާ ދިމާއަށެވެ. ޒަވީން އެވްލީން ކުރިންވެސް އުޅުނު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެކޮޓަރިއަށް ވަނެވެ. ” އެވްލީން…. އަހަރެން އެބަ އަންނަން… ” އެވްލީން އެނދުގައި އިށީނުމާއެކު ޒަވީން ބުންޏެވެ. ” ޒަވީން…. ” ޒަވީން ދާން އުޅުމާއެކު އެވްލީން ރޮވިފައި އިން އަޑަކުން ޒަވީންއަށް ގޮވާލިއެވެ. ” އެވްލީން އަހަރެން އަންނާނަން 10 މިނެޓް ތެރޭގައި…. އައި ޕްރޮމިސް.. ” ޒަވީން ބުންޏެވެ.
* * *
” ޒަވީން… ” ފިޒާޔާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަންނަން އުޅުނު ޒަވީންއަށް ފަސްއެނބުރި ބަލައިލެވުނީ ފިޒާޔާގެ އަޑަށެވެ. ” ކީއްކުރަން މިތަނަށް ތިއައީ ؟ … ” ފިޒާޔާ އަހާލިއެވެ. ” މިފައިލް ހަވާލުކުރަން…. ” ޒަވީން އޭނަގެ އަތުގައި އޮތް ނޫކުލައިގެ ފައިލް ދައްކާލިއެވެ. ޒަވީންގެ އަތުން ފިޒާޔާ އަވަސް އަވަހަށް އެފައިލް އަތުލީ އެއީ އެވްލީންގެ ފައިލްއެއްކަމަށް ހީކޮށެވެ. ޒަވީން އެތަނުން ދާންވެގެން އުޅުނު ވަގުތު ފިޒާޔާގެ އަތުގައި އޮތް ފޯނު ފެނުމާއެކު ފިޒާޔާ ކައިރިން ލާފައި ދަމުން ފިޒާޔާގެ ކޮނޑުގައި ޖެހިލުމާއެކު ފިޒާޔާގެ އަތުން އޭނަގެ ފޯނު ބިންމައްޗަށް ވެއްޓުނެވެ. ފޯނު ބިމުގައި ޖެހުމާއެކު ތަޅައިގެން ދިޔައެވެ. ފިޒަޔާ ނުރުހުމުގެ ނަޒަރަކުން ޒަވީން އާއި ދިމާއަށް ބަލައިލިއެވެ.
” އައިމް ސޮރީ…. ” ޒަވީން މާފަށް އެދުނެވެ.
ޒަވީން ދިއުމާއެކު ފިޒާޔާގެ ލޮލުން އިހްތިޔާރަކާ ނުލާ ކަރުނަ ފާއްދާލިއެވެ. ” އަހަރެންގެ ހުރިހާ މަސައްކަތެއް އެދިޔައީ ފެނަށް…. ” ފިޒާޔާ އެންމެ ދެރަވީ ޒަވީންއާއި އެވްލީންގެ ފޮޓޯ މެމޮރީ ކާޑުގައި ރައްކާ ނުކުރެވެނީސް ފޯނު ހަލާކުވީމައެވެ. ފިޒާޔާ އެތަށް އިރެއް ވަންދެން ހަލާކުވެފައި އޮތް ފޯނާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މީގެ ކުރިން ފެނުނު އުޖާލާކަމެއް އެމޫނުން ފެންނާކަށް ނެތެވެ. ފިޒާޔާގެ މޫނުމަތިން މިހާރު ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތާމައެވެ. ޒަވީން ގަސްތުގައި އޭނަގެ ފޯނު ހަލާކުކޮށްލީއޭ ފިޒާޔާގެ ހިތް ބުނަމުން ދިޔައެވެ. ޒަވީންގެ އެއަމަލަށް ހުޝިޔާރުވެގެން ހުރިނަމަ އޭނަގެ ފޯނު ހަލާކުނުވީހެވެ. ކުރާނެ ކަމެއްނެތެވެ. އޭނަގެ ހުރިހާ މަސައްކަތެއް ފެނަށް ދިޔައީއެވެ.
* * *
މާލޭ ފެރީ ޓާރމިނަލަށް ފެރީ ލެފުމާއެކު މައިހާ އަވަސް ވެގަތީ ފެރީން ފޭބުމަށެވެ. މައިހާ ފެރީން ފައިބާނެއިރެއްގެ އިންތިޒާރުގައި ތިބި ޒައިދުއާއި އޭނަގެ ގުރޫޕް މީހުންނަށް ފެރީން ފޭބި މައިހާ ފެނުމާއެކު ހިނގައިގަތީ މައިހާއާއި ދިމާއަށެވެ. ނަމަވެސް އެމީހުންގެ މަސައްކަތަށް ހުރަސް އެޅީ މައިހާ ރައްޓެހިވެގެން އުޅޭ ދާމިޝްއެވެ.
” މައިހާ… ” ދާމިޝް މައިހާ ކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު މައިހާ އަވަސް އަވަހަށް ސައިކަލަށް އެރިއެވެ. ދާމިޝްއަށް ސައިކަލު ނުދުއްވެނީސް ދާމިޝްގެ ބޮލަށް ދަގަނޑު ހޮޅިބުރިއަކުން އެރި ވަރުގަދަ އެތިފަހަރާއެކު ދާމިޝް ހޭނެތިގެން ސައިކަލުމަތިން ވެއްޓުނެވެ. ދާމިޝް އާއެކު މައިހާވެސް ވެއްޓުނެވެ. އެވަގުތު މޫނު ނިވާކޮށްގެން ތިބި ގުރޫޕަކުން މައިހާއާއި ދާމިޝް ވަށާލުމާއެކު މައިހާއަށް ހަޅޭއްލަވައިގަނެވުނެވެ. އެހީއަކަށް އެދި އާދޭސް ކުރަން ފެށިއެވެ. ނަމަވެސް އެކަކުވެސް އެހީގެ އަތެއް ފޯރުކޮށެއް ނުދިނެވެ. މަގަށް ޖަމާވެފައި ތިބި ހުރިހާ މީހުން ތިބީ އެމަންޒަރު ބަލާށެވެ. އެއްބަޔަކު ފޯނުން އެމަންޒަރު ރެކޯޑު ވެސް ކުރަމުން ދިޔަ އެވެ..
” ދާމިޝް! ” ލެއިން ތައްތެޅިފައި އޮތް ދާމިޝް ކައިރިއަށް ޖެހިލަމުން މައިހާ ރޮވިފައިވި އަޑަކުން ދާމިޝްއަށް ގޮވާލިއެވެ. މޫނުނިވާކޮށްގެން ހުރި ޒައިދް މައިހާގެ އަތުގައި ހިފާ ލުއްކިއެއް ޖެހުމާއެކު މައިހާ ގޮސް ޖެހުނީ ޒައިދްގެ މޭމަތީގައެވެ.
”’ ދޫކުރޭ…. ” މައިހާ މަސައްކަތް ކުރަމުން ދިޔައީ ދާމިޝްއާ ދިމާއަށް ދިއުމަށެވެ. ޒައިދް މައިހާ ދަމަމުން ގޮސް އެމީހުން ގެނައި ކުޑަވޭނަށް ލުމާއެކު ގުރޫޕް ހުރިހާ މީހުން ގޮސް ވޭނަށް އަރައިފިއެވެ. ހުރިހާ ފިރިހެނުންގެ ތެރޭގައި މައިހާ އިން އިރު މައިހާ ހުރީ ބިރުން ހަލާކުވާވަރު ވެފައެވެ. އެދޮލޯ ވަނީ ކަރުނުން ފުރި ބާރު ވެފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.




Proofread koh nimunuhaa avahakah Hoadeythoa Manzileh upload kohla deynan (In Sha Allah), Fudeyvarakah digu episode eh vima vaguthu kolhen beynun vaathi mi angaali, Sorry for that, Hope readers will understand.
Me first dhw
Yes me first dhw vvvv reethi when next part??
Nyc me first dhw
Wow varah reethi mi part vx.. waiting for the next part
v rythi mi story maasha allah
“Loabeege nooru” mi vaahakaiga ves maihaa and dhaamish dhw eves muthaage vaahaka eh dhw
Reethi I read that story
Haada duvaheh fahunei mutha e vaahaka mathin handhaan mivi… Loabeege noorga main character akah ulheni Taaraa and Abyaal, ega supporting ga ulheni daamish 🙂
Kurin faharu ves first dhw mi faharu ves
Yeyyy
mi part ves v reethi??❤️❤️?
Ya thaaraa limna and maihaa besties
Eyga first thaaraa and abyaal enemies fahun best love birds dhw
Ey varah reethi story eeh
Varah kurissure vaahaka liyantha
How old are u
Since late teens Mutha vaahaka liyan, mihaaru early twenties ga miulheni
Vehtifa ekkoh phone thalhain dheytha.. i know its a story but hama bunelee.. 🙂
Plxxx plxxxx plxxxx maadhamaa hendhunu evelyn ge 2 parts up kohdhybaaaaa…. i beg you…. pleeeeaaaaaaassssreeeeeee
no no no no after 1 pls i have to go schl mrning up kohfa innyyaa nuves kiyeveyne
Hurihaa part Miadhu adhi mikiyaaly .mi varah reethi vaahaka eh
no no no no after 1 pls i have to go schl mrning up kohfa innyyaa nuves kiyeveyne
Mi vaahaka kurygai kee handhaaneh ebavey ??
Someone, This was my first story written and published in 2013 on araamagu. Maybe you have read it from there. 🙂
Loabeege noor e vaahaka kiyah libeyni kihineh mutha
It was published as a book in 2014. You can look for it at a bookshop or the national library
Mutha ge vaahakathah kiyaa iru varah Aisha miss vey. Aisha ves eiii hithadhoo kujjeh. My favorite writer eiii. Abadhuves America ga ulhey family eh sifa koffa liyaany. ♥️♥️♥️
Hei Sheyou, Aich is one my favourite writer too. I have read all her stories including the ongoing one on sun. You should check that one dear, it’s very nice 🙂
Aslu
Thank you
Loabivey varah
Early twenties u mean 25 ves nuveyeytha