Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 20

Dhonthiii Level 210 Stories100 Comments
October 23, 2018 4 Mins Read
29 Comments

އަވަސްއަވަހަށް ތެދުވެގެންގޮސް ދޮރުހުޅުވާ ބަލާލިއިރު ކުރިމަތީހުރި މަންމަފެނި ނިޝާހްގެ ދެބުމަގާތްވިއެވެ.

“މަންމަ! ތަނެއްގަ ރޯވީތަ. މިދޮރު ވެއްޓިދާނެ ތިހާބާރަށް ތަޅަނިކޮށް.” ހިތްހަމަނުޖެހުނަސް ނިޝާހްއަކީ މައިންބަފައިންނާ ދިމާލަށް ބާރަށް އެއްޗެއް ބުނާކުއްޖަކަށް ނުވާތީ ރީތިކޮށް އެހެން ބުނިނަމަވެސް އަޑުގާ ނުރުހުމުގެ ކުލަވަރު ހުރިއެވެ.

“ތިވަރަށް ބާރަށް ލަވަޖަހާއިރު ދޮރެއްނުވެއްޓޭނެދޯ. ނަމާދަށް ގޮވިއަޑުވެސް ނީވުނޭ. ހަމަ މިހާރު ނިވާލާފަ ނަމާދަށްދާންވީ. މިރަށަށްއައިފަހުން އަދި އެންމެ ފަހަރަކުވެސް ޖަމާއަތަށް މިސްކިތައްނާރައޭ މިކުއްޖާ. ވަކި ކަމެއް ނޫނޭ، ކޮންމެ ކަމެއްގަވެސް އެހާ ފަރުވާކުޑަ.” ނިޝާހްގެ އެއްވެސް ހަރުދަނާކަމެއް ނުހުންނާތީ ނިޝާހްގެ މަންމަ އަބަދުވެސް ޝަކުވާކުރެއެވެ.

* * * * * * *

“އޭތް ޝާހްތަ ތިއީ؟” މިސްކިތުން ފައިބަންދިޔަ ނިޝާހް ހުއްޓި ފަހަތްބަލާލީ އޭނައަށް ރައްޓެހިން މުޚާތަބްކުރާ ނަމުން މީހަކު ގޮވާލުމުންނެވެ.

“ޔާންދޯ… ހާދަ ދުވަހަކަށް ފަހުއޭ މިދިމާވީ ދޯ. އަދި އިއްޔައޭ މިއައީ ރަށަށް.” އަޔާންއަށްވުރެ ނިޝަހް ދެއަހަރުވަރު ހަގު ނަމަވެސް ޖެހިޖެހިގެން ހުންނަ ދެގޭގަ އުޅެ ބޮޑުވުމުން އެދެޒުވާނުންނަކީ ކުޑައިރުގެ މިތުރުންނެވެ.

“ތިހެން ބުނާންވީ މަށެއްނު. މާލެ ދިޔަ މީހާގެ ހަބަރެއްވެސްނުވޭ. މާލޭފެންބޮވިގެން މާލޭގައޭއުޅުނީވެސްއެ ޗުއްޓީގަނޑެއްގަވެސް ރަށަށްނައިސް. މަވެސް ޗުއްޓީގަ މާލެ ދިޔައިން އެއްދުވަސްކޮޅަކު. އެކަމަކުވެސް ދިމާވާނީ ގުޅޭނެ ބާނަންބަރުގަނޑެއްވެސް ދީފަދިޔަނަމަތާ. އަދި ރަށަށް އައިސްވެސް ހަބަރެއްވީކީނޫން. ވަރަށް ފޭކު މީހެއްތީ އިނގޭ.” ފުރަތަމަ ޝަކުވާކުރިނަމަވެސް ދެން ދެމީހުން އަމިއްލަ ވާހަކަތައް ދައްކަމުން ވަކިވެލީ މިރޭ ކޮފީއަކަށް ދާންކިޔާފައެވެ.

* * * * * * * *

ވިސާރަަަަަަަަަަަަަަަަަަތެރޭ ދެވޭ ނުދެވޭ ތަނެއްނޭނގި އުޅެމުން އުޅެމުން އެންމެފަހުން ކުރިމަތިންފެންނަންހުރި ތެޅިގަލުން ރާނާފާ ފުރާޅުގަޖަހާ ޓިނުންދޮރެއްލާފަހުރި ގެެެެެެއަކަށް ވަންނަން ދިޔަ އަންހެނެއް ރާއިލްގެ ލޮލުގައި އަޅަަައިގަތެވެ. އެނޫނީ މީހަކުވެސް މަގުމަތިން ނުފެނުމުން އަވަހަށް އެދިމާލަށް ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ.

“ނިޒާރުބޭގެ ގެޔަށްް ދާނެގޮތެއް ބުނެލަދެވިދާނެތޯ؟ އަޅުގަނޑު މިއުޅެނީ މަގުގެއްލިގެން.” އެއީ ހިންހެޔޮ އަންހެނެއްކަމުން ރާއިލްގެ ކައިރީ މަޑުކޮށްލުމަށްބުނެ ގޭތެރަށްވަނެވެ.

“ދަރިފުޅާ… ދަރިފުޅު ފިހާރަޔަށް ތިޔަދާ މަގުމަތީ ނިޒާރުބޭގެ ގެ ދައްކާންދޭބަލަ… ބޭރުގައެހުރި ކުއްޖާ އެއުޅެނީ މަގުއޮޅިގެނޯ. މަންމަ މިއުޅެނީ އަދި ނަމާދުވެސް ނުކޮށް.” ޝިިިިިިިިއުރާ އޭނަގެ ދަރިފުޅުު ކައިރި އެނުދަންނަ ޒުވާނާއަށް އެހީވެދިނުމަށް ބުނެ ވަނީީ ފާހާނަޔަށް ވުޟޫކޮށްގެން ނަމާދުކުރުމަށެވެ.

* * * * * * * * * *

ކުޑަ މަގުމަތީ ބާއްވާފަ އާދެވުމުން ޝަަަަައިރާ ފިހާރަޔަށްދާން ގެއިން ނިކުތީ ވާރޭކޯޓެއް ލައިގެނެވެ. ދޮރުންނިކުތް ޝަަަަަަަަައިރާއަށް ހުރެވުނީ ދެލޮލަށް މިފެންނަ މަންޒަރު ގަބޫލުވެސް ކުރަންދަތިވެފައެވެ.

އެގޭގެ ދޮރުމަތީ އެހުރީ ޝަަަަައިރާ ދުވަހަކުވެސް އަލުން ދިމާވާނެކަމަށް އުންމީދުކުރި މީހެއް ނޫނެވެ. މިފެންނަނީ ހުވަފެނެއްކަމެއް ނޫނީ ހަގީގަތެއްކަމެއްވެސް ބުނަން ދައްޗެވެ. އެއީ ދެވަަަަަަނަ އެހެންމީހެއްނޫނެވެ. ޝަަަަަަައިރާގެ ހިތުގާ އެވަރަށްޖައްސާ އެހިތުުުުން ލޭކަރުނަ ފާއްދާލި ޒުވާނާއެވެ. މިހާރު ފެނިގެން ހިތަށް ގޮތެއް ނުވިނަމަވެސް އެސޫރައެއް ޝަަަަަަަަަަަަަައިރާއަކަށް ދުވަހަކުވެސް ނޯޅޭނެއެވެ. އެއީ ހަމަ ރާއިލްއެވެ. ޝަަަަަައިރާ ލޯއުނގުޅާލީ އަދިވެސް ޔަގީންނުވާތީއެވެ.

“މީއަޅެ ހަގީގަތެއްތަ؟ ރާއިލް މިރަށަށް އައީކޮންއިރަކުބާ؟ މި ބޯވިއްސާރަގަނޑުތެރޭ ރާއިލްމިތާ ކީއްކުރަނީބާ؟ ރާއިލްއަށް މިގެ އެނގުނީ ކިހިނެއްބާ؟ އާނނ….. މަންމަބުނީ މަގުއޮޅިގެން އުޅޭ ކުއްޖެކޯ. އެކަމަކު ހަމަ މިގޭދޮށަށްތަ މަގުއޮޅިގެންވެސް އާދެވެންވީ؟ އަނެއްކާާ ސްޓޯކާރއެއްތަމީ؟” މިހުރިހާ ސުވާލެއްގެ ޖަވާބުބޭނުންވިޔަސް ހުރިހާ ސުވާލެއްވެސްވީ ޝަަަަަަައިރާގެ ހިތުގައެވެ.

ރާއިލްއަށްވެސް ވީހަމަ ޝަަަަަަަައިރާއަށްް ވީވަރަވެ. ނޭނގިނަމަވެސް މިއާދެވުނީ ހިތުގެ މަލިކާގެކައިރިއަށެވެ. ތަގްދީރުގަވެސް ރާއިލްއާއި ޝަަަަައިރާ ބައްދަލުވާންއޮތީތީ އެކަންއެގޮތަށް ވީއެވެ.

ނުދަންނަކަމަށްހަދާ އެއްވެސް އެއްޗެއް ބުނުމެއްނެތި ޝަަަަައިރާ އަވަސް އަވަހަށް ހިނގައިގަތެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުންއިރަށް ޝަަަަަަަަައިރާއަށް މަޖުބޫރުވީ ހުއްޓެންށެވެ. އޭއީ ރާއިލްހުރީ ފަހަތުން ޝަަަަަަައިރާގެ އަތުގާ ހިފަހައްޓައިގެނެވެ. ހީވަނީ މަގުމެދުގާ ކަސޯޓީގެ ސީންއެއްކުޅެމުންދާހެނެވެ.

“ދޫކުރަންވީ.. މީހަކަށްފެނިދާނެ. ރާއިލް މިހާރު މިއަތުގަ ހިފުމުގެ ހުއްދައެއްނެތް. ރާއިލް މިހިތަށް ތަދުކުރިވަރު ދުވަހަކު ހިތުންނުފިލާނެ. ކީއްކުރަން ދެންތިއައީ. މާބޮޑަށްވެސް ވަގުތު ފާއިތުވެއްޖެ. މިހިތަކު މިހާރު ރާއިލްއަށްޓަކާ ވިންދެއްނުޖަހާ. އަހަރުމެން ނިކަމެތިންނެއްކަމަކު ބޭނުންގޮތެއް ނުހެދޭނެ. ރާއިލް ތިއަނގައިން ލޯބިވެޔޭ ބުންޔަސް އަމަލަަަަަކުން ނުދައްކާ އެކަމެއް އެންމެފަހަރަކުވެސް. ރާއިލްގެފަރާތުން ހިތާމަޔާއި ހިތުދަތިކަން ނޫނުއެއްޗެއް ނުލިބުން. މިއަދު ކީއްކުރާނަމޭހިތާ މިރަށަށް ތިއައީ؟ ރާއިލްގެ މަންމަ ރާއިލްފޮނުވީމަތަ؟ މުޅިންވެސް މަންމަ ނުފޮނުވާނެތީއެއްނު ނާދެވެނީ.. ބިޒީ ކަމުންނެއްނު ވަގުތު ނުދެވުނީ… މިހާރު ފްރީވީތަ؟” ރާއިލްގެ އަތުން އަތްފޮޅުވާލަން މަސައްކަތުކުރަމުން ޝަަަަަަަަައިރާ މިހުރިހާ ދުވަހު ހިތުގައޮތް ޝަަަަަަަަަަަަަަަކުވާއެއްވިއްޔާ ކޮށްލިއެވެ. އެއީ ހަމައެކަނި ރާއިލްއަށް ކަންތައްގުރެވުންގޮތް ބުނެލަދިނުމަށެވެ. ކޮންމެހެން ޝަަަަަަަަަަައިރާއަލުން ރާއިލްއާއި ގުޅެންބޭނުންވެގެނެއްނޫނެވެެ. އަތް ފޮޅުވާލުމަށްފަހު ޝަަަަައިރާ އަވަސް އަވަހަށް ދާން ހިނގައިގަތެވެ.

“ހަމައެހާގޯސްކޮށްތަ ޝަަަަަަަަައިއާމެދު ކަންތައްކުރެވުނީ… އެހެންކަމަށްވާނަމަ ޝަަައި އަހަންނަށް މާފްކޮށްދީ… ހަމައެންމެފަހަރަކު ޕްލީޒް…” އާދޭހުގެ ރާގެއްގާ ރާއިލް އެހެންބުނިނަމަވެސް ޝަަަަަަަަައިރާގެ ހިތަކަށް ކުޑަވެސް އަސަރެއް މިއަދަކު ނުކުރިއެވެ.

“އަދިވެސް ހަމަ އެހާ ބޮޑާގޮތްގަނޑުގަަ ތިބުނީ ހަމަ ތިމަންނަ އެހާގޯސްހޭ… އެހެންނޫނަސް ޔޫއަރ ޓޫލޭޓް މުހައްމަދު ރާއިލް… އައި ހޭވް އަ ބޯއީފްރެންޑް. ހީލަވްސް މީ އަލޮޓް. އެންޑް އައި ލަވްހިމް. ރާއިލްހާ ހިތްހަރެއްނޫންއޭނައެއް. ހީއިޒް މަޗްބެޓާރދެން ޔޫ. އައިި ޑޯންޓް ނީޑްޔޫ އެނީމޯރ..” ޝަަަަަައިރާ ހަގީގަތުގަވެސް އެބުނީ ތެދެއްކަން ޝަަަަަަައިރާގެ އުޖާލާވެފައިވާ މޫނުުުުުު ހެކިދެއެވެ.

“އައިލަވްޔޫ…. ޔޫއާރ މައިން. ކޮން ބޯއީފްރެންޑްއެއް ކިޔާކަށް.. މަށަށް ނުލިބި އެހެންމީހަކަށް ލިބުނަކަ ނުދޭނަން. ފަންޑިތަވެސް ހަދާނަން.. ބަލަންހުންނައްޗޭ…. ތީމަގޭ މިލްކެއް.. ތިއުޅެނީ މަގޭ ހުރި ނުބައިކަން ނުދައްކައިގެނޭ… ފައިސާ ހުރިއްޔާ ހުރިހާ ކަމެއްވެސް ވާނެ.. ރީތިކޮށް ލޯބިންބުނެެެެެެގެން ވޯރކްއެއް ނުކުރިއެއްނު… އައި ޓްރައިޑް ދޯ… ފަހުން މަ ގޯސްނުކުރާތި.” ދުވަހަކުވެސް ރާއިލްގެ ނުފެންނަ ފަޅިއެއް ފެނުމުން ޝަަަަަަަަަަައިރާއަކަށް ގަބޫލެއްވެސް ނުކުރެވުނެވެެ. އަދި ރާއިލްގެ އެއިންޒާރުންވެސް ޝަަަަަަައިރާގެ ޅަހިތް ބިރުގަތެވެ. ނަމަވެސް ޝަަަަައިރާ މަސައްކަތްކުރަމުން ދިޔައީ އެކަން މޫނުމަތިން ނުދައްކާވޭތޯއެވެ.

“އެހުރީ ނިޒާރުބޭ އުޅޭގެ.” ނަސީބު ދިމާކުރިގޮތުން އޭރުހުރީ ނިޒާރުގެ ގެދޮރު ހުރި ގޯޅީގަކަމުން އަވަހަށް ރާއިލްގެ ކިބައިން ސަލާމަތްވުމަށް އެގެ ދެއްކުމަށްފަހު މަޑުވެސް ކުރުމެއްނެތި ޝަަަަައިރާ ދިޔައީއެވެ.

ރާއިލްއަށްވެސް އަދި ޝަަަަަަަަަަަަަައިރާއަށްވެސް ނޭނގުންކަމީ އެމީހުންގެ އަމަލުތައް ދުރުދުރުން ބަލަމުންދިޔަ ތިންވަނަ ފަރާތެއްވީކަމެވެ.

* * * * * *

ރޭގަ އެވަރަށް ގުޅުމުންވެސް ވީކިއްތޯބަލާލަންވެސް ޝައިރާ އަޔާންއަށް ނުގުޅުމުން އަޔާން ހުރީ ހިސާބަކަށް ހިތްހަމަ ނުޖެހިފައެވެ. އަދި މިހާރު ގުޅާއިރު ފޯނުވެސް އޮތީ ނިއްވާލާފައެވެ. މިއަދު އެވެހުނު ބޯ ވިއްސާރަގަނޑުވެސް އަލިވީ އަސުރުގެ ފަހުންކަމުން ޝައިރާ އިންނަ ފިހާރަޔަށް ދިޔުމުން އެނގުނީ ޝައިރާ އިނީ ހެނދުނު ޑިއުޓީގަކަމެވެ.

މާދަމާާާާގެ މެންދުރު އަޔާން ފުރަންޖެހޭތީ ޝައިރާއާއި ބައްދަލުވޭތޯ އެގޭ ދޮށަށް ދާންވެސް ހިތަށްއަރާވަރު މަދެއްނޫނެވެ. އަދި ޝައިރާގެގާތު މާދަމާ ފުރާވާހަކަވެސް ނުބުނެވޭތީ ދެރަވެސްވިޔެވެ. މާލެއަށް ވުރެ ދުރު ރިސޯޓެއްގަ ވަޒީފާއަދާކުރާތީ އަވަސް އަވަހަކަށް ރަށަކަށް ނުވެސް އާދެވޭނެއެވެ.

އަނެއްކާ އަނެއްކޮޅުން ނުގުޅޭތީ ޝައިރާއަށް ކަމެއްވީބާއޭ ހިތަށްއަރާވަރު މަދެއްވެސްނޫނެވެ. ކޮންމެގޮތެއްވިޔަސް އަޔާންގެ ރުޅިގަދަވެ ދެރަވެސްވެޔެވެ.

* * * * * * * *

މިއަދު ވިއްސާރަޔާ ތެމެވުނީ ފޯނާއިއެކުކަމުން ފޯނުހުލާކުވެފައޮތުމުން އަޔާންއަށް ގުޅޭނެ އެއްވެސް ގޮތެއްނެތި ޝައިރާހުރީ މާޔޫސްވެ ގޮތްހުސްވެފައެވެ. އެހެން ފޯނެއް ގަނެވޭނީވެސް މިމަހުގެ މުސާރަ ލިބިގެންތާއެވެ.

އެހެންނޫނަސް މިހާރު އާފޯނެއް ގަތަސް ވާނެ ފައިދާއެއްވެސް އޮންނާނީކީ ނޫނެވެ. ޝައިރާ ނަންބަރުތައްވެސް ސޭވްކޮށް އުޅެނީ ފޯނަށްކަމުން އެފޯނު ހަލާކުވީމަ އަޔާންގެ ނަންބަރުވެސް ގެއްލުނީތާއެވެ. ޝައިރާއަށް އަޔާންގެ ނަންބަރ ހިތުދަހެއްވެސް ނޫނިއްޔާ. އަޔާން ގުޅީމަނޫނީ ދެން އަޔާންގެ ނަންބަރ ލިބޭނެގޮތެއްވެސް ނެތެވެ. އަޔާން ކައިރި ރާއިލްގެ ވާހަކަ ބުނަަަަަަަަަަަަަަަަަަަަަންއޮތެއްކަމަކު ބުނެވޭނީވެސް ދިމާވެގެންތާއެވެ. މިއަދު ވިއްސާރަޔަސް މާދަންވެސް އަޔާން ޝަަަަަަަަަައިރާއާއި ބައްދަލްކުރަން ފިހާރަޔަށް އަންނާނެކަމުގެ އުންމީދު ވަރަށްވެސް ބޮޑެވެ. އެކަމަކު މާދަމައިން ފެށިގެން ދެންއޮތް ހަފްތާ ޝަަަަަަަަައިރާއިނީ ހަވީރާއި ރޭގަނޑު ޑިއުޓީއެވެ.

ރާއލްދިން އިންޒާރު ހަނދާންވިޔަސް ޝަަަަަަައިރާގެ ހިތް ދިރޭރަހަފޮދަކަށްވެއެވެ. ހަނދާނެގޮތް ހުސްވެ ޝައިރާގެ ބޯހާސްވުން ނޫންކަމެއްނުވެއެވެ.

* * * * * * * *

ރޭގަނޑު ހިނގާލަން ނުކުތް ސުމާއަށް އަޔާން މާގިނައެއްކޮށް މަގުމަތިން ހަމަ އެއްހިސާބަކުން ފެންނާތީވެ ސުމާއަކަށް މަޑަކުން ބަލާކަށް ނުހުރެވުނެވެ. އަޔާންއެކުރާކަމެއް ބަލަންބޭނުންވުމުން ސިއްރުން ފަހަތުން ފާރަލީ ކޮންމެވެސް ކަމެއް އެނގޭނެ ކަމުގެ އުންމީދުގައެވެ.

ސުމާގެ ހީކުރުން ވަރަށްވެސް ސީދާވިއެވެ. ތެޅިގަލުން އަޅާފަހުރި ގެޔެއްގެ ދޮރުމަތީ އަޔާން ހުއްޓި އިރުކޮޅަކު ހުރެލާފާ އަނެއްކާވެސް ވަކިހިސާބަކަށްގޮސް ހަމަ އެގޭ ދޮރުމައްޗަށް އައިސް ހުއްޓެއެވެ.

“މީ ޔަގީނުންވެސް ޔާންގެ ގެޔެއްނޫން. ޔާން އުޅޭގެނަމަކާ އެތެރަށް ނުވަދެ އެހެން މުގޯއްޔެއް ނާޅާނެ. ޔަގީނޭ މީ މަށާ ޔާންއާއި ދެމެދަށްވަތް ސުންޕާ އަންހިނާއުޅޭ ގެ. ގެޔަށްވެސް ބަލާފަ އެބައެނގޭ ބޮޑު ފަގީރެއްގެ ގެކަން. ބަލާބަލަ ފާރު, ރާނަންވެސް ގާތަށް އަތުރާލި ގޮތަށްވިއްޔާ އެހުރީ. ނެތް ސިމެންތިކޮޅެއްޖަހާ އޮމާންކޮށްލާފަވެސް. ދޮރުވެސް އޭނީ ޓިނުންވިއްޔާ ހެހެހެހެހެހެ…. އަދި ނޭގެއެންނު އެތެރެ އޮންނާނެ ވައްތަރެއްވެސް. ހުއް… ޔާން ވެސް އެކަހަލަ ކަޓު މީހަކަށްތަ އެ މަށާ ނުގުޅެންއުޅެނީ. އަދި ތިއަންހެނަކު ފެނިބަލަ ކުޅިދައްކާލާނަމޭ.”

* * * * * * *

ހަނދު އޭގެ ވާޖިބް އަދާކޮށް އިރަށް ފުރުސަތުދީފަ ދިޔައިރުވެސް އަޔާން އޮތީ ޝައިރާގެ ހަބަރެއްގެ އިންތިޒާރުގާ ވަގުތު ދާގޮތްވެސް ނޭނގި ނުނިދިފައެވެ. ރޭވެސް ޝައިރާމެން ގޭދޮރުމަތިން ބުރުޖެހުން އަދަދެއްވެސް ނޭނގެއެވެ. އެވަރުންވެސް ދިމާވީކީނޫނެވެ. ގުޅާގުޅާ ވަރުބަލިވާއިރުވެސް އެފޯނު ނިއްވާލާފަކަމަށް ބުނާތީ އަޔާންގެ ރުޅި ގަދަވަމުންދެއެވެ. ޝަައިރާ އަޔާން ގުޅާނެކަން އެނގޭއިރުވެސް ފޯނު ނިއްވާލައިގެން އުޅޭތީ އަޔާންގެ ރުޅި ހައްތަހާ ދިޔައީ ގަދަވަމުންނެވެ.

ކުއްލި ސިހުމެއް ލިބުނީ އަޔާންގެ ފޯނަށް މަސެޖެއް އައިއަޑަށެވެ…

=ނުނިމޭ=

ނޯޓް: އިޓްސް މައި ބާރތްޑޭ ސޯ ސްޓޯރީ ތަންކޮޅެއް ދިގުވެސް ކޮއްލަދިނިން…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ހިތް އެދުނަސް… (10)

Next

ފުޅައްޓޭ

Next
October 23, 2018

ފުޅައްޓޭ

Previews
October 22, 2018

ހިތް އެދުނަސް… (10)

29 Comments!

  1. Kiaraa says:
    October 23, 2018 at 12:45 am

    Very beautifully written,well done girl… Kosmidha

    1. Dhonthiii says:
      October 23, 2018 at 8:33 am

      Thank you so much.. ??

  2. Kiaraa says:
    October 23, 2018 at 12:47 am

    Happy birthday… May god bless u with lots of happiness…

    1. Dhonthiii says:
      October 23, 2018 at 8:33 am

      Thank you ??

  3. Khady says:
    October 23, 2018 at 1:05 am

    Happy bday writer?nice story

    1. Dhonthiii says:
      October 26, 2018 at 10:23 am

      Thank you ????

  4. Maii? says:
    October 23, 2018 at 7:29 am

    Happy birthday dear… have a bright future ahead❤❤

    1. Dhonthiii says:
      October 23, 2018 at 8:34 am

      Thank you so much ??

  5. Huh says:
    October 23, 2018 at 7:45 am

    Fonikan dhw.. dhigeh noon thikuree balaabala ragalhah. Mathin bain jehigen birthday kan angaalee dhw piss pisss…. so cheap

    1. Dhonthiii says:
      October 23, 2018 at 8:41 am

      Usually 600 words liyaany n mifaharu 800 something liyunin so there is a little bit difference dhw. Btw why do u hate me so much.. its my story. I can write anything I want. U can’t call me cheap just Cox I told my reader it’s my birthday. U might be cheaper than me. Who knows…. I’m sorry if my words hurt u…

  6. ?Shify? says:
    October 23, 2018 at 9:54 am

    Happy birth day dhonthiiii

    1. Dhonthiii says:
      October 23, 2018 at 3:31 pm

      Thank you ??

  7. Reader says:
    October 23, 2018 at 10:41 am

    Wish you a v happy b day vaahaka v reethi

    1. Dhonthiii says:
      October 23, 2018 at 3:31 pm

      Thank you so much.. and once again thanks hehehe

  8. Reet says:
    October 23, 2018 at 11:27 am

    Happy birthday

    1. Dhonthiii says:
      October 23, 2018 at 3:32 pm

      Thank you..

  9. hamtii says:
    October 23, 2018 at 12:59 pm

    Happy birthday Dhonthiii…kithah aharu evy?thanks mi part kudakoh viyas dhigu vy ma..wen next??adhives ehfaharu happy birthday
    busy with studies so cant comment. sorry dhonthi

    1. Dhonthiii says:
      October 23, 2018 at 3:33 pm

      Thank you.. 19 years.. once again thank you. Ohh ranglhah kiyavahchey… It’s ok ??

  10. Nadhu says:
    October 23, 2018 at 1:20 pm

    Happy birthday tmr is my birthday ?love tha story❤

    1. Dhonthiii says:
      October 23, 2018 at 3:33 pm

      Thank you… Happy birthday in advance ?? thank you

  11. un known says:
    October 23, 2018 at 3:19 pm

    adi story thankolheh digukola ba erun nice vaane. abadu stoy ah wait kogen hunnan veema varah foohi.Wish u happy B’ Day.kithah aharu thi v.

    1. Dhonthiii says:
      October 23, 2018 at 3:34 pm

      I will try ingey.. thank you intizaaru kohlaathy ves.. thank you.. 19 years

  12. Eun bi? says:
    October 23, 2018 at 6:05 pm

    Masha allah mibaivx varah furihama❤❤….happy birthday dhonthiii….

    1. Dhonthiii says:
      October 23, 2018 at 8:07 pm

      Thank you ❤️❤️…. Thank you…

  13. shahy says:
    October 23, 2018 at 8:21 pm

    V reethi vaahaka..

    1. Dhonthiii says:
      October 24, 2018 at 10:57 am

      Thank you. And adi kiriyaa the positive comment eh to Kurt….. I have read yr comments.

  14. beeruuuu says:
    October 24, 2018 at 11:03 am

    pix pix boa hama nuejehy. dhen ayaanves egeyah vadheli nama. ehaa fidivegen ulheytha. Eh rashehge dhemyhun vihyaa. Raail aa sumaage bai maa over vefa. Out of nowhere ais bunany fanditha hdhaanamey. balah balah

    1. Dhonthiii says:
      October 24, 2018 at 1:19 pm

      Well that happened to me. So it totally makes sense to me.. I went through that. A guy ruined my life. Im just expressing my feelings through a story. If u dnt like my story u culd stop reading it… And baeh kudhin hama finding kamun ves vahnan nukeridhaane. U ge gut huhtas not everyone have that gut..

  15. Zoe says:
    November 11, 2018 at 4:36 pm

    Happy belated birthday ?
    vaahaka vvvvv reethi

Comments are closed.

Next Episodeލޯތްބަކީ 21←


All Right Reserved!