Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ީއިންސާފް

Nashy Level 110 Stories
October 19, 2018 One Min Read
0 Comments

ރަށުގެ ހިތްގައިމު ތުނޑިމަތީ ލީޝާ އިނީ ފެންނަމުންދާ ޤުދުރަތީ މަންޒަރުތަކަށް ގެއްލިފައެވެ. އިރުއޮއްސެމުންދާ ވަގުތު އެފެންނަ އަޖައިބެއް ފަދަ ކުލަތަކަކީ ބަލާ ފޫހިނުވާ ކުލަތަކެކެވެ. ލީޝާ އިންތަނުން ތެދުވީ އިރު ދުނިޔެމަތިން ގެއްލުމުންނެވެ. މުޅި ހިސާބުގައި ވަނީ ހަމަހިމޭންކަމެވެ. ދުނިޔެމައްޗަށް ފެތުރިފައިވާ ރަންދަޅަތަކުގެ ކުލަ ފަނޑުވެ ކަޅު އަދިރި ކަމަށް ބަދަލު ވަމުން ދަނީއެވެ.

ލީޝާ ހިނގަމުން ދިޔައީ އަތިރިމައްޗަށް ނުކުމެވޭ ގޮތައް ކޮށާފައިވާ ހަނި މަގަކުންނެވެ. މަގުގެ ދެފަރާތުގައި ވަނީ ބިޔަ ގަސްތަކެވެ. ލީޝާ ފަސްއެބުރި ބަލާލީ މީހަކު ފަހަތުން އަންނަހެން ހީވެގެންނެވެ. އެއްވެސް މީހަކު ފެންނާކަށްނެތެވެ. އޭނާގެ ހިނގުން ބާރު ކޮށްލިއެވެ. ހަމަ އެބާރުމިނުގައި ފަހަތުން އެއަންނަ މީހަކުވެސް ހިނގަމުންދާހެން ހީވެއެވެ. މީހެއްގެ ނޭވާގެ އަޑު އިވޭހެންވެސް ހީވާން ފަށައިފިއެވެ. ލީޝާ ވަކި ދިމާލެއް ނުބަލާ ދުއްވައިގަތެވެ. ދުވަމުންގޮސް ވަދެވުނީ ވަލުތެރެއަށެވެ. ވަށައިގެން ވަނީ ބޮޑެތި ބިޔަގަސްތަކެވެ. ލީޝާއަށް ހުއްޓެވުނީ މާދުރުން އަލިކަމެއް ފެންނަން ފެށުމުންނެވެ. ގަހެއްގައި އަލިފާން ރޯވެ އަނދަމުން ދަނީއެވެ. ލީޝާ ބަލަބަލާ ހުއްޓާ އަލިފާންގަނޑު ފެތުރި އެކި ދިމަދިމާލުގައި ރޯވާންފަށައިފިއެވެ. އެތަނުން ސަލާމަތްވެވޭނެ އެއްވެސް ގޮތެއްނެތެވެ. ވަށައިގެން އަލިފާން ރޯވެއްޖެއެވެ. އޭނާގެ ގޮތް ހުސްވެއްޖެއެވެ. ސަލާމަތަށް އެދި ގޮވިނަމަވެސް އެއަނޑު އިވޭނެ އެކަކުވެސް ނެތެވެ. ކުއްލިއަކަށް ލީޝާ ސިއްސައިގެން ދިޔައީ މީހަކު އޭނާގެ ކޮނޑުގައި އަތްލިހެން ހީވެގެންނެވެ. ފަސްއެނބުރިބަލާލުމާއެކު ހަޅޭއްލަވައިގަނެވިއްޖެއެވެ. ކުރިމަތީގައި އެހުރީ ހާދަ ބިރުވެރި ސޫރައެކެވެ. އެމީހާގެ މުޅި ހަށިގަނޑުވަނީ ފިހިފައެވެ. ހަށިގަނޑުގެ ބައެއް ހިސާބުތަކުން މަސްތައްވަކިވެ ފެންނަން އެހުރީ ކަށިތަކެވެ. ލީޝާ ހަޅޭއްލެވޭނެ އެންމެ ބާރަކަށް ހަޅޭއްލަވައިގަންނަށް އަނގަހުޅުވާލިއެވެ. ނަމަވެސް އަޑެއް ބޭރެއް ނުވިއެވެ. ދުއްވައިގަންނަން އުޅެއުޅެ އެކަމެއްވެސް ނުވިއެވެ.
“ލީޝާ” “ލީޝާ”…………

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nashy

Level 110 Stories

Other Articles

Previous

އެވްލީން… 2

Next

ޔާރު މިވަނީ ލޯބޭ ހަޤީޤީ 2 ވަނަ ބައި

Next
October 19, 2018

ޔާރު މިވަނީ ލޯބޭ ހަޤީޤީ 2 ވަނަ ބައި

Previews
October 19, 2018

އެވްލީން… 2



All Right Reserved!