Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 1

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
December 1, 2018 13 Mins Read
34 Comments

ފަތިހުގެ ހަމަހިމޭން ވަގުތެވެ. މުޅި ކޮޓަރި ތެރެއަށްވެސް ވެރިވެފައިވަނީ މަރުފަދަ ހިމޭންކަމެކެވެ. ދަނބު ކުލައިގެ ނިދާ ބޮކީގެ ފަނޑު އަލީގައި އަރާމުކޮށް ނިދާލައިފައި އޮތް އަންހެން ކުއްޖާގެ މޫނު މަތިން ފެންނަމުން ދަނީ މައުސޫމްކަމެވެ. ދިގު އެސްފިޔަތަކާކާއެކު މަޑު ފިޔާތޮށި ކުލައަރާ ތުނި ތުންފަތެއް ލިބިފައިވާއިރު ގަދަ މުށި ކުލައިގެ ރާޅު ބާނި އިސްތަށިގަނޑުން އެދޮން މޫނުގެ ބައެއް ވަނީ ފޮރުވިފައެވެ. ގައިމަތީގައި އަޅާފައި އޮތް ދަނބު ކުލައިގެ ބްލޭންކެޓް އެތެރެއަށް ވަދެ ކައިރީގައި އޮތް ދިގު ބާލީހުގައި ބައްދާލަމުން ހަމަޖެހިލިއެވެ. އޭރު އެތުންފަތުގައިވީ ރީތި ހިނިތުންވުމެކެވެ.

ސައިޑް ކަބަޑު މަތީގައި އިން ސޯނާ ގަޑި ސޯނާވާންފެށި އަޑަށް ނިދާފައި އޮތް މިންހާއަށް ހޭލެވުނެވެ. ކަންނެތްކަމާއެކު ދެލޯ ހުޅުވާލުމަށްފަހު އެއޮތް ގޮތަށް އޮވެ އޭނަގެ އަތް ގެންގޮސް ސޯނާ ގަޑި އޮފްކޮށްލިއެވެ. އަދި ނިދާ ބޮކި ނިންވާލުމަށްފަހު ހުދު ކުލައިގެ އަލި ގަދަ ބޮކިތައް ދިއްލާލިއެވެ. އެވަގުތު އޭނަގެ ލޮލަށް އުނދަގޫވެގެން ދިޔައެވެ. އެއްއަރިއަކަށް އޮތުމަށްފަހު އެނދުގައި ރީތިކޮށް ސީދަލަށް އޮވެ ކޮޓަރީގެ އެކި ދިމަދިމާލަށް ނަޒަރު ހިންގާލިއެވެ.

ކޮޓަރީގައި ހަތަރު ފާރުގައި ވަނީ ދަނބު ކުލަ ލައިފައެވެ. ކޮޓަރި އާއި ގުޅޭނޭހެން ހުރިހާ ފަރުނީޗަރެއްވެސް ވަނީ ހުދުކުލަ އާއި ދަނބުކުލައިންނެވެ. ކޮޓަރިއަށް ވަންނަ ދޮރުގެ އެއްފަރާތުގައި ދަނބު ކުލައިގެ ބޮޑު ސޯފާއެއް ހުރިއިރު ސޯފާގެ ކުރިމަތީގައި ބިއްލޫރި ވަށް މޭޒެއް ހުއްޓެވެ. ތަންކޮޅެއް ދުރުގައި ކުއީން ސައިޒްގެ އެނދު ހުރިއިރު އެނދުގެ ބޭޑް ޝީޓާއި ބާލީސްތަކުގެ އިތުރުން ބްލޭންކެޓްގައިވެސް ހިމެނެނީ ދަނބުކުލައާއި ހުދުކުލައެވެ. ކޮޓަރީގެ އަނެއް ފަރާތުން ދޮރު ކައިރީގައި އިންނަނީ ސްޓަޑީ ޓޭބަލްއެކެވެ. އެމޭޒު މަތީގައި ސުކޫލަށް ގެންދާ ދަބަހުގެ އިތުރުން ތަރުތީބުކަމާއެކު ފޮތްތައް ބަހައްޓާފައި ހުރިއިރު ކިޔެވުމަށް ބޭނުންވާ އެހެނިހެން ސާމާނުވެސް ހުއްޓެވެ. ސްޓަޑީ ޓޭބަލް އާއި ޖެހިގެން ފަސް ދޮރުފަތުގެ ބޮޑު އަލަމާރިއެއް ހުރިއިރު އަލަމާރީގެ މަތީގައި އެކިކަހަލަ ޓްރޮފީގެ އިތުރުން ހަނދާނީ ފިލާތައް ތަރުތީބުކަމާއެކު ބަހައްޓާފައިވުމުން ވަރަށްވެސް ރީއްޗެވެ. ޖެހިގެން ހުރި ޑްރެސިން ޓޭބަލްގެ މަތި ފުރިފައިވަނީ އެނދުގެ ހެޑް ބޯޑު ފަދައިން އެކިކުލަކުލައިގެ މާތައް ޖަހާފައިވި ވާސްތަކުންނެވެ. ބަލައިލަން ނުހަނު ހިތްގައިމެވެ. އެއަށްފަހު ފާޚާނާއަށް ވަދެވޭނޭހެން ދޮރެއް ހުއްޓެވެ. ކޮޓަރިން ބޭރަނިކުމެވޭ ގޮތަށް ބެލްކަންޏެއް އިނުމުން އެކޮޓަރި އިތުރަށް ފުރިހަމަކޮށްދެއެވެ. ބެލްކަންޏަށް ނިކުމެވޭ ގޮތަށް ހުންނަ ބޮޑު ފުޅާ ބިއްލޫރި ދެދޮރުގައި ދަމާފައިވި ދޮރު ފޮތިތައްވެސް ހުރީ ހުދާއި ދަނބުކުލައިންނެވެ. ކޮޓަރީގެ ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމާއި ތަރުތީބުކަމެވެ.

އިރުކޮޅެއް ވަންދެން އެގޮތުގައި އޮތުމަށްފަހު މިންހާ އެނދުން ތެދުވެ އެނދު ތަރުތީބުކޮށްލިއެވެ. އަދި ތުވާލި ހަރުގައި އިން އޭނަގެ ތުވާލި ހިފައިގެން ފެންވަރާލުމުގެ ބޭނުމުގައި ފާޚާނާއަށް ވަނެވެ. ފެންވަރާއިގެން ނުކުމެ އަލަމާރި ހުޅުވާލުމަށްފަހު އޭނަ ގޭގައި އުޅޭއިރު ލައިއުޅޭކަހަލަ ކަކުލުން ތަންކޮޅެއް މައްޗަށް އަންނަ މަޑު ފިޔާތޮށި ކުލައިގެ އަތް ދިގު ހެދުމަކާއެކު ކަޅު ކުލައިގެ ޓައިޓް ހަރުވާޅެއް ނަގައި އެ ލިއެވެ. އެއަށްފަހު ގަދަ މުށިކުލައިގެ އޮޅަބޮއްޓާއި ހަމައަށް އަންނަ އޭނަގެ ތެތް އިސްތަށިގަނޑު ތުވާލިން ހިއްކާލަ ހިއްކާލަ ހުއްޓެވެ. ” ދަރިފުޅާ މިންނު… ބަންގި ގޮވައިފި… އަވަހަށް ތެދުވޭ ނަމާދުކުރަން… ” އިސްތަށިގަނޑު ހިއްކަން ހުއްޓާ އޭނަގެ މަންމަ ދޮރުގައި ޓަކިޖަހާލަމުން ގޮވާލި އަޑު އިވުމާއެކު މިންހާ ގޮސް ދޮރު ހުޅުވާލިއެވެ. ” މަންމާ… އަޅުގަނޑު ހޭލާ މިއުޅެނީ… ފުނާ އަޅާއިގެން ނަމާދުކުރަން މިއުޅެނީ… ” ހިނިތުންވުމަކާއެކު މިންހާ ބުނެލިއެވެ. ” މަންމަ އޭރުވެސް ހިތަށް އެރިޔޭ ދަރިފުޅު އުޅޭނީ ހޭލަޔޭ… އެކަމަކު ނުހޭލެވި އޮވެދާނެތީ މިއައީ… އަވަހަށް ނަމާދުކޮށްލާ އިނގޭ… ނަމާދުކޮށްގެން ތައްޔާރުވެގެން ތިރިއަށް އާދޭ އިނގޭ… ” ލޮއެބާއެކު މިންހާގެ ކޮލުގައި ފިރުމާލަމުން އޭނަގެ މަންމަ ނާހިދާ ބުނެލިއެވެ. މިންހާވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. ނާހިދާ ދިޔުމާއެކު މިންހާ ކޮޓަރީގެ ދޮރު ޖެހިއެވެ.

ތެތް އިސްތަށިގަނޑު ފުދޭވަރަކަށް ހިކުމުން މިންހާ އޭނަގެ އިސްތަށިގަނޑުގައި ފުނާ އަޅާލިއެވެ. އަދި ނަމާދުކުރުމަށް އަވަސްވެގަތެވެ. ސައިޑް ކަބަޑު މަތީގައި އޮތް މުސައްލަ ހިފައިގެން އައިސް ޤިބްލައަށް ކުރިމަތިލައިގެން ހުރެވޭނޭހެން މުށިތައް މަތީގައި މުސައްލަ ފަތުރާލިއެވެ. އަދި އޭގައި އޮތް ކަޅު ކުލައިގެ އިސްޓާކީނަށް އެރުމަށްފަހު ހުދު ކުލައިގެ ދޮޅި އަޅާ ނަމާދުކުރަން ފެށިއެވެ.

” އީލާފް… އީލާފް ތެދުވެބަލަ ދެން… ބަންގި ގޮވާއިފި… ތެދުވޭ އަވަހަށް ނަމާދުކުރަން… ” ކޮޓަރީގެ ދޮރުގައި ތަޅާ ތަޅާ ވަރުބަލިވިއިރުވެސް އީލާފްގެ ޚަބަރެއް ނުވުމުން އެންމެ ފަހުން އަޒީމާ ތަޅުދަނޑިން ކޮޓަރި ދޮރު ހުޅުވީއެވެ. ”މަންމާ… ޕްލީޒް އަދި އިރުކޮޅަކުން…ހާދަ ނިދިގަސްވަޔޭ…” ދެލޯ މަރައިގެން އޮތް އީލާފް ކަންނެތްކަމާއެކު ބުނެލިއެވެ. ” ހެވޭ ތެދުވޭ ދެން… ކިޔެވުންވެސް އޮންނަ ދުވަހެއްނުމީ… ތެދުވެގެން ދޭ އަވަހަށް ފެންވަރައިގެން ނަމާދުކުރަން… ނަމާދުކޮށްގެން ސުކޫލަށް ދާން ތައްޔާރުވޭ… އީލާފް ކޮންމެ ދުވަހަކު މަންމަ މިވަރު ނުކުރިއަކަސް ތެދުވަންވާނެ އެއްނު… މިހާރު ކުޑަކުއްޖެއްނޫނެއްނު ތީކީ… ” މަޑު ނޫކުލައިގެ އަތްކުރު ޓީޝާޓަކާއެކު ހުދު ކުލައިގެ ސޯޓެއްގައި އޮތް އީލާފްގެ އަތުގައި ހިފާ ތެދުކުރުވަމުން އޭނަގެ މަންމަ އާޒިމާ ބުނެލިއެވެ. ”މަންމާ ޕްލީޒް… ޕްލީޒް… އަދި ނިދާލަން… ” އީލާފް އޮށޯންނަން ގަދަހަދަމުން ބުނެލިއެވެ. ”އީލާފް… މަންމަ ބުނެފީމެއްނު ހަމަ މިހާރު ތެދުވެގެން ދާށޭ ނަމާދުކުރަން… ” ހަރުކަށިކަމާއެކު އާޒިމާ އެހެން ބުނުމާއެކު ދެލޯ ހުޅުވާލުމަށްފަހު ދެބުމަ ގޮއްޖަހާލަމުން އޭނަގެ އެންމެ ކައިރީގައި އޮތް ބާލީސް ނަގައި މުށިތަކުގެ މައްޗަށް ހޫރާލިއެވެ. އެއަށްފަހު ރުޅި މޫނު ހަދައިގެން ހުރެ އެނދުން ތެދުވެ ބާރު ހިނގުމުގައި ގޮސް ފާޚާނާއަށް ވަނެވެ. ” މިހިރީވާ އަންހެން ދަރިއެެއް މަށަށް ލިބިފަ… ” އީލާފްގެ ހަރަކާތްތަކުން ދެފަރާތަށް ބޯ ހޫރާލަމުން އާޒިމާއަށް ބުނެލެވުނެވެ. އީލާފް ހޫރާލި ބާލީސް ނަގައި އެނދުމަތި ތަރުތީބު ކޮށްލުމަށްފަހު އާޒިމާ ކޮޓަރިން ނިކުތެވެ.

” ދޮންބޭ… ދޮންބޭ އަޅުގަނޑު މެތްސް ފޮތް އެބެއްތަ މިކޮޓަރީގަ… ” ކުޑަކޮށް ހުޅުވިފައިވި ދޮރުން އެތެރެއަށް ވަންނަމުން އަޝްރާ އޭނަގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ބޭބެ އާއި ވާހަކަ ދައްކަމުން ބުނެލިއެވެ. ” ހޫމް… ތިއޮތީ ސައިޑް ކަބަޑު މަތީގަ… ދޮންބެ ދޭން ދާން އުޅެފަވެސް ހަނދާންނެތުނީ… އަޝްކޮ ރޭގަ ގެނައި ގޮތަށް އެއޮތީ… ހުރިހާ އެއްޗެއް ހަމައަށް ގެންދާތި އަނެއްކާ… ” ސްޓަޑީ ޓޭބަލްގެ ކައިރީގައި ފޮތަކަށް ނަޒަރު ހުއްޓާލައިގެން އިނދެ އިއާން ބުނެލިއެވެ. ” ޔެސް… ރޭގަ ހަނދާންނުވީ ފޮތް ގެންދަން… ” ޖަވާބުގައި އެހެން ބުނެލަމުން އޭނަގެ ފޮތް ހިފައިގެން އަޝްރާ އެކޮޓަރިން ނިކުތެވެ.

ނަމާދުކޮށްލައިގެން ކުޑައިރުކޮޅަކު ޤުރުއާން ކިޔަވައިލުމަށްފަހު ސުކޫލަށް ގެންދަންޖެހޭ ހުރިހާ އެއްޗެއް ހަމަތޯ މިންހާ ބަލައިލިއެވެ. ހުރިހާ އެއްޗެއްވެސް ހަމައަށް ހުރުމުން މިންހާގެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. ހުރިހާ އެއްޗެއް ހަމައަށް ހުރުމާއެކު މިންހާ ދެން އަވަސްވެގަތީ ސުކޫލަށް ދިއުމަށް ތައްޔާރުވާށެވެ. ހުދު ކުލައިގެ ކަކުލުން ތަންކޮޅެއް ތިރިއަށް އަންނަ އަތް ދިގު ޔުނީފޯމާއެކު ހުދު ކުލައިގެ ހަރުވާޅުގައި ހުރި މިންހާ އޭނަ އަޅާފައިވި ހުދު ކުލައިގެ ބުރުގާގެެ މަތިން ޕްރިފެކްޓަރުން އަޅަން ހަމަޖެހިފައިވި ކަނޑު ނޫކުލައާއި ހުދު ކުލަ ހިމެނޭ ބޭންޑް އަޅާލިއެވެ. އެއަށްފަހު އަޅާއިގެން ހުރި ބުރުގާ ރީތިގޮތަކަށް ހަދާލުމަށްފަހު ޑްރެސިން ޓޭބަލްގެ މަތީގައި ބައިންދާފައި އިން ސީނިއާ ޕްރިފެކްޓްގެ ޓެކްކޮޅު ނަގައި ބުރުގަލުގައި ޖަހާލިއެވެ. ފުރިހަމައަށް ތައްޔާރުވެވުމުން ކޮޓަރީގެ އެއްފަރާތުގައި އިން ހުދު ކުލައިގެ ބޫޓަށް އަރާ ސްޓަޑީ ޓޭބަލްގެ މަތީގައި އިން ދަނބު ކުލައިގެ ދަބަސް އެއްކޮނޑުގައި އަޅުވާލަމުން މޭޒު މަތީގައި ސުކޫލަށް ގެންދިއުމަށް ނަގައިފައިވި ދެތިން ފޮތެއް އަތުން ހިފައިގެން ކޮޓަރިން ނިކުތެވެ.

ސިޑިން ފައިބައިގެން ގޮސް ދަބަހާއި ފޮތްތައް ސިޓިންރޫމު ސޯފާ ކުރިމަތީގައި ހުރި މޭޒު މަތީގައި ބެހެއްޓުމަށްފަހު މިންހާ ކާކޮޓަރިއަށް މިސްރާބު ޖެހިއެވެ. ” ގުޑް މޯނިން މިންނު… ” ކާކޮޓަރީގެ ދޮރު މައްޗަށް އެރިތަނާ ކޮފީއެއް ބޯން އިން މާހިލް ހިނިތުންވެލަމުން ބުނެލިއެވެ. ” ގުޑް މޯނިން ދޮންބެ… ” މިންހާވެސް ކާކޮޓަރީގެ އެތެރެއަށް ވަންނަމުން ހިނިތުންވުމަކާއެކު ބުނެލިއެވެ. ގޮނޑީގައި އައިސް އިށީން މިންހާ އޭނަގެ ކުރިމަތީގައި ހުރި ކިރުތައްޓަށް ބަލައިލަމުން އަނގައަށް ގޮތެއް ހަދާލިއެވެ. ” މިންނު… އަނގައަށް ވައްތަރު ނުޖައްސާ އަވަހަށް ބޯލަބަލަ… މަންމަ ބުނަމެއްމު ކޮންމެވެސް ވަރަކަށް ޖެހޭނޭ ކިރުވެސް ބޭނުންކުރަން… ނުބަޔަކަސް ތީ ހަށިގަނޑަށް ނުލާހިކު މުހިއްމު އެއްޗެކޭ… ބޯލާ އަވަހަށް… ” ކާކޮޓަރިއަށް ވަން ނާހިދާއަށް އެމަންޒަރު ފެނުމާއެކު ބުނެލިއެވެ. އެއާއެކު މިންހާ ތުންޖެހި ގޮތަށް އެއްފަހަރުން ކިރު ތަށި ބޯލިއެވެ. އެއަށްފަހު ފެން ފޮދެއް ބޯލުމަށްފަހު ދަނީ ކަމުގައި ބުނެ ކާކޮޓަރިން ނިކުމެ ދަބަސް ކޮނޑުގައި އަޅުވާލުމަށްފަހު ފޮތްތައް ހިފައިގެން ގެއިން ނިކުތެވެ. ” ދަރިފުޅާ ސުކޫލް ކިހނެއްތަ… ދަރިވަރުން ރަނގަޅުތަ… ” ކޮފީ ބޯން އިން މާހިލްއަށް ބަލައިލަމުން ނާހިދާ ސުވާލުކުރިއެވެ. ”ސުކޫލް ހަމަ ބަރާބަރު… ދަރިވަރުންވެސް ރަނގަޅު… އަޅުގަނޑު ވަރަށް ހިތްހަމަޖެހޭ… ” ހިނިތުންވުމަކާއެކު މާހިލްވެސް އޭނަގެ މަންމައަށް ޖަވާބު ދިނުމަށްފަހު ދަނީ ކަމުގައި ބުނެ ކާކޮޓަރިން ނިކުތެވެ. އޭރު ނާހިދާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ދެދަރިން ލިބުނުއިރު ހުރި ފިރިހެން ދަރިފުޅަކީ އެކައުންޓިންގެ ދާއިރާއިން މޮޅަށް ކިޔަވައިގެން ހުރި މީހުންގެ ލޮއެބާއި އިޙުތިރާމް ލިބިފައިވި ޓީޗަރެކެވެ. ދެން ހުރީ މިންހާއެވެ. މިންހާވެސް އެދަނީ ކިޔެވުމުގައި ރަން ވަނަތަކެއް ހާސިލްކުރަމުންނެވެ. އޭނަގެ އެކުޑަ އާއިލާއަށްޓަކައި ނާހިދާ އަބަދުވެސް އުފާކުރެއެވެ. ހިތާހިތުން އޭނަގެ އާއިލާ އުފާވެރިކަމުގައި ލެހެއްޓެވުން އެދި ދުޢާ ކުރެވުނެވެ.

ގެއިން ނިކުމެ ގެއާއި އެންމެ ކައިރިއަށް އިން ގޯޅިއަށް ވަތްއިރު އޭނަގެ އެންމެ ގާތް އެކުވެރިޔާ އަޝްރާ ރީތި ހިނިތުންވުމަކާއެކު ކުރިއަށް އަންނަމުން ދިޔައެވެ. ” ގުޑް މޯނިން އަޝޫ… ” އަޝްރާ އައިސް އޭނަ އާއި ހަމަކުރުމާއެކު ފުޅާ ހިނިތުންމެއްވެރިކުރުވަމުން މިންހާ ބުނެލިއެވެ. ”ގުޑް މޯނިން މިންނު… ” އަޝްރާވެސް ހިނިތުންވެލަމުން ބުނެލިއެވެ. ދެއެކުވެރިން އެކި ވާހާކަ ދައްކަމުން ކުރިއަށް ދިޔައެވެ.

ސުކޫލުގެ ކިޔެވުން ފެށުނުތާ މިހާރު ދެހަފްތާ ފާއިތުވެއްޖެއެވެ. މިންހާ އާއި އަޝްރާ ސުކޫލަށް ވަންއިރު އެހެން ޕްރިފެކްޓަރުންވެސް އުޅެއެވެ. ދެމީހުންވެސް ސުކޫލުގެ އެކި ހިސާބު ހިސާބަށް ނަޒަރު ހިންގާލިއެވެ. ކްލާސްރޫމްތަކުގެ އިތުރުން ބޮޑު ލައިބްރަރީއަކާއި ބޮޑު ސްޓާފް ރޫމަކާއެކު ދެ ކޮމްޕިއުޓާ ލެބް ސުކޫލުގައި ހިމެނެއެވެ. އަދި ސައިންސް ލެބަކާއި ދަރިވަރުން ކުޅުމަށް ތަނަވަސް ބޮޑު ބިމެއްވެސް އޮވެއެވެ. މުޅި ސުކޫލުގައި ލައިފައިވަނީ މަޑު ނޫކުލައާއެކު ކަނޑު ނޫކުލައެވެ. ކޮންމެ ކުލާހެއްގެ ކައިރީގަ ވަރަށް ރީތިކޮށް އެކި ކުލަކުލައިގެ މާތައް ހައްދާފައިވުމުން ހިތްގައިމު ކަމެއް ހުރެއެވެ. ސުކޫލުގެ އެތެރޭގައި ހައްދާފައިހުރި ބިޔަ ހެލެނބެލި ގަސްދޮށުގައި އިށީނުމަށް ހަދާފައިހުރި ބައިވަރު ބެންޗުތައް ހުއްޓެވެ. ސުކޫލުގެ އެހެނިހެން ހިސާބުގައިވެސް ތަފާތު ވައްތަރުގެ ގަސްތައް ހައްދާފައި ހުއްޓެވެ.

މަޑު ހިނގުމެއްގައި ދެއެކުވެރިން ގޮސް އެމީހުންގެ ކްލާހަށް ވަނެވެ. އެމީހެއްގެ ގޮނޑީގައި ދަބަސް ބޭންދުމަށްފަހު ފޮތްތައް ކަބަޑަށް ލިއެވެ. އެއަށްފަހު ދެއެކުވެރިންވެސް ކުލާހުން ބޭރަށް ނިކުތެވެ. ”ގުޑް މޯނިން ކްރައި ބޭބީ… ” ޖެހިގެން ހުރި ކްލާހުގެ ދޮރުގައި ލެނގިލައިގެން ހުރެ ލާނެތް ހިނިތުންވުމަކާއެކު ކްލާހުން ނިކުން އަޝްރާއަށް ބަލަހައްޓާއިގެން ހުރެ ނާއިލް ބުނެލިއެވެ. ” ގުޑް މޯނިން ކްރޭޒީ ބޯއި… ” ނާއިލްއަށް ބަލައިލަމުން އަޝްރާ އެހެން ބުނެ އަނގަޔަށް ވައްތަރެއް ޖައްސާލުމަށްފަހު ހިނގައިގަތެވެ. އަޝްރާގެ އެ ހަރަކާތުން މިންހާ އާއި ނާއިލްއަށް ހެވުނެވެ.

އާދައިގެ ހިނގުމެއްގައި އައިސް އިއާން ސުކޫލަށް ވަނެވެ. ދިގު އިސްކޮޅަކާއެކު ދޮން ހަންގަނޑެއް ލިބިފައިވިއިރު ކަޅު ކުލައިގެ ކަޅިއެއް ލިބިފައިވި ތޫނު ދެލޮލަށް މީހަކު ބަލާ ފޫހިނުވާނެކަން ގައިމެވެ. ހުދު ކުލައިގެ ޔުނީފޯމާއި ފަޓުލޫނުގައި ހުރިއިރު ކަރުގައި ކަނޑު ނޫކުލައިގެ ޓައިއެއް އަޅާފައިހުރި އިރު ނުހަނު ސްމާޓެވެ. ފިރިހެންވަންތަ ހިނގުމެއްގައި ފޮތްތައް ހިފައިގެން އައިސް ކްލާހަށް ވަން އިއާންއަށް އޭރު ސުކޫލުގައި ހަރަކާތްތެރިވަމުން ދިޔަ ގިނަ އަންހެން ކުދިންގެ ނަޒަރު ވަނީ ހުއްޓިފައެވެ. ” ބްރޯ… ގައިގަ އިޝްތިހާރެއް ތަތްކޮށްގެންތަ ތިއައީ… ހާދަ ވަރަކަށޭ އަންހެން ކުދިންތައް އެބަލަނީ… ހެހެހެ…” ހިނިގަނޑެއް ޖަހާލަމުން ނާއިލް އިއާންގެ ކޮނޑުގައި ކުޑަކޮށް ޖަހާލަމުން ބުނެލިއެވެ. ”ކީއްކުރާނީ… އަބަދުވެސް ހާލަތު ހުންނަ ގޮތް އެއީ… ނާއިލް ދިޔަޔަސް އެވަރުވެއެއްނު… ހެހެހެ… ” އިއާންވެސް މަޑު ހުުނުމަކާއެކު ބުނެލިއެވެ. އިއާން އާއި ނާއިލްވެސް ކްލާހުން ބޭރަށް ނިކުތެވެ.

ދިހައެއްގެ ކްލާސްރޫމުގެ ކުރިމަތީގައި އޮތް ހުސް ޖާގައިގައި ހެދިފައި ހުރި ޖޭމުގަސް ދޮށުގައި ހީހީފައި އަޝްރާ އާއި ވާހަކަ ދައްކަމުން ދިޔަ މިންހާ ފެނި ބޭއިޚްތިޔާރުގައި އިއާންގެ މަޑު ފިޔާތޮށި ކުލަ އަރާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މިންހާ ފެނުމުން އޭނަގެ ހިތަށް މިހާރަކަށް އައިސް ގޮތްތަކެއްވެއެވެ. މިންހާގެ ސޫރަ ދެކެލުމަށް އޭނަގެ ހިތް އެދެއެވެ. އެރީތި ސޫރަ ފެނުމުން ބޭއިޚްތިޔާރުގައި ހިނިތުންވެލެވެނީ ހިތަށް ލިބޭ ހިންހަމަޖެހުމަކުންނެވެ. ” އޭ އާން… ހިނގާބަލަ އެކޮޅަށް ދާން… ” މިންހާއަށް ބަލަންހުރި އިއާންއަށް ސިހުން ލިބުނީ ނާއިލް އޭނަގެ ކޮނޑުގައި އަތްލަމުން ވާހަކަ ދެއްކުމުންނެވެ. އެއާއެކު މީހާ ހަމައަކަށް އެޅިލަމުން ހިނގާށޭ ބުނެ ނާއިލް އާއެކު ހިނގައިގަތެވެ.

ވާހަކަ ދައްކަމުން ދިޔަ މިންހާގެ ހަރަކާތްތަކަށް މަޑުޖެހުމެއް އައީ އޭނައަށް ނަޒަރު ހުއްޓާލައިގެން ހުރެ އަންނަމުން ދިޔަ އަލޫފް ފެނިފައެވެ. އަލޫފްގެ އެ ތޫނު ދެލޯ އޭނައަށް އަމާޒުވެފައި ހުރުމުން މިންހާގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އަލޫފް އަދިވެސް ބަލަމުން ގެންދިޔުމުން މިންހާއަށް ލަދުން އިސްޖަހާލެވުނެވެ. ކައިރީގައި ހުރި އަޝްރާއަށް އެކަން އިނގުމާއެކު އޭނަގެ ތުންފަތަށް ވެރިވީ ލާނެއްހިނިތުންވުމެކެވެ. މިންހާ ލަދުން އިސްޖަހާލިތަން ފެނި އަލޫފްއަށްވެސް ހިނިތުންވެލެވުނެވެ. ” ހޫމް ހޫމް… ހާދަ ވަރަކަށް ބްލަޝް ވަނީ މިންނު… ” އަލޫފް ކްލާސް ތެރެއަށް ވަނުމާއެކު މިންހާގެ އަތުގައި އޮޅަބޮށިން ކޮއްޓާލަމުން އަޝްރާ ދިމާކޮށްލިއެވެ. އޭރުވެސް މިންހާގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއްވިއެވެ. ދެއެކުވެރިން އެހެން ތިއްބާ ދަރިވަރުން ވަންނަން ބެލް ޖެހުމާއެކު ޑިއުޓީ އަދާކުރުމަށް ގްރޭޑް އެކެއްގެ ކްލާސް ރޫމަށް ދިޔައެވެ. އަޝްރާ އެކުދިންނަށް ވަންނަން ދޮރު ހުޅުވައިދީގެން ހުރިއިރު މިންހާ ކްލާސް ތެރެއަށް ވަދެ ފަންކާތައް ޖަހައިދިނުމަށްފަހު ޓީޗަރަކު އަންނަންދެން އެކުދިން އުޅޭ ގޮތެއް ބަލަން ކްލާސް ތެރޭގައި މަޑުކޮށްގެން ހުއްޓެވެ. ޓީޗަރު އައުމާއެކު ދެކުދިންވެސް ކްލާހަށް އެނބުރި ދިޔައެވެ.

ސަލާމް ގޮވާލުމާއެކު ޓީޗަރު ސަލާމް ބަލައިގަތުމުން ދެކުދިންވެސް އައިސް އެކުއްޖެއްގެ ގޮނޑީގައި އިށީނެވެ. ގޮނޑީގައި އިށީން އަޝްރާއަށް އެންމެ ފުރަތަމަވެސް ބަލައިލެވުނީ އޭނައަށް ބަލަހައްޓާއިގެން އިން ޝާއިފްއަށެވެ. އަޝްރާ ބަލައިލުމާއެކު ރީތި ހިނިތުންވުމެއް ޝާއިފް ހަދިޔާކޮށްލިއެވެ. އެއާއެކު އަޝްރާގެ ކޮލަށް ޖަންބުކުލަވެރިވިއެވެ. ” ހޫމް… ސަމްވަން އީޒް ބްލަޝިން… ” ލާނެއް ހިނިތުންވުމަކާއެކު އަޝްރާގެ އަތުގައި ކޮށްޓާލަމުން މިފަހަރު މިންހާ އަޝްރާ އާއި ދިމާކޮށްލިއެވެ.

ކިޔެވުން ފެށިގެން ގޮސް ފަހަރަކު ގަޑިއެއް ނިމެމުން ގޮސް ބްރޭކް ގަޑި ޖެހިއްޖެއެވެ. ބެލް ޖެހުމާއެކު ހުރިހާ ކުދިންވެސް ގެއަށް ދިއުމަށް އަވަސްވެގަތެވެ.

އިއާން އާއި އަޝްރާ ގެއަށް ވަންއިރު ސިޓިން ރޫމު ސޯފާގައި އަރީފްގެ އިތުރުން އާސިމާ އިނެވެ. ” ދަރިފުޅުމެން އާދޭ އަވަހަށް ސައޮބޯން… ” ހިނިތުންވެލަމުން އާސިމާ އެހެން ބުނެލުމާއެކު އިއާން އާއި އަޝްރާާ ކޮޓަރިއަށް ގޮސް ދަބަހާއި ފޮތްތައް ބެހެއްޓުމަށްފަހު ސައިބޯން ތިރިއަށް ފޭބިއެވެ. ” ދަރިފުޅާ އާން… ދަރިފުޅު ވާނެ އިނގޭ މިއަހަރު ކުރިއަށްވުރެވެސް ބޮޑަށް ކިޔެވުމަށް މަސައްކަތްކުރަން… ބައްޕަމެން ފަޚުރުވެރިވާނެފަދަ ރަން ވަނައެއް ހާސިލްކުރާނެ ކަމަށް ބައްޕަމެން އުއްމީދުކުރަން… ” ސައިބޮމުން ދިޔައިރު އަރީފް ނުހަނު ލޮއެބާއެކު އިއާންއަށް ނަސޭހަތްދެމުން ދިޔައެވެ. ” އިންޝާ ﷲ ބައްޕަމެން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް އަޅުގަނޑު ހޯދާނަން… ” ހިނިތުންވެލަމުން އެންމެންގެ މޫނަށް ބަލައިލުމަށްފަހު އިއާން ބުނެލިއެވެ. އެއާއެކު އެންމެންގެ މޫނު މަތިންވެސް ކުރިއަށްވުރެ ބޮޑަށް އުފާވެރިކަން ފެނިގެން ދިޔައެވެ.

ބްރޭކްއަށްފަހު ކްލާހަށް އައިސް ވަން މިންހާ އާއި އަޝްރާ އާދައިގެ މަތިން ފޮތްތައް ކަބަޑުގައި ތަރުތީބުކޮށް ބަހައްޓާލިއެވެ. އެވަގުތު މިންހާއަށް އޭނަގެ ކަބަޑުގައި އޮތް މަޑު ފިޔާތޮށި ކުލައިގެ ފަށްޖަހާފައިވި ކަރުދާސްކޮޅެއް ފެނުނެވެ. މިންހާ އެކަރުދާސްކޮޅު ނިއުޅުވާލުމަށްފަހު އޭގައިވި އިބާރާތްކޮޅު ކިޔާލިއެވެ. ” ޔޫ ލުކް ބިއުޓިފުލް ވެން ޔޫ އާ ބްލަޝިން… ” އެއިބާރާތްކޮޅު ކިޔާލުމާއެކު މިންހާއަށް އެއީ ކާކު ލިޔެފައިވި އިބާރާތްކޮޅެއްކަން އެނގިގެން ދިޔުމާއެކު އޭނަގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އަޝްރާވެސް މިންހާގެ ގާތަށް ޖެހިލާ އެކަރުދާސްކޮޅުގައި އޮތް އިބާރާތް ކިޔާލިއެވެ. ”އޯހޯ… މިހާރު ކަރުދާސްކޮޅުވެސް ލިބެން ފެށީ ދޯ… ” ލާނެތް ހިނިތުންވުމަކާއެކު އަޝްރާ މިފަހަރުވެސް ދިމާކޮށްލިއެވެ. އެވަގުތު ކްލާސް ދޮރު މަތީގައި ބަޔަކު ތިބިހެން ހީވުމުން ދެމީހުންވެސް އިސްއުފުލާ ބަލައިލިއެވެ. އޭރު އަލޫފް އާއި ޝާއިފްގެ ފަހަތުން އީލާފް އާއި ޝަމްހާާ ކްލާހަށް ވަންނަނީއެވެ. މިންހާއަށް ވަގުތުން އަލޫފްއަށް ބަލައިލެވުނެވެ. އަލޫފްއަށް މިންހާގެ އަތުގައި އޮތް ފިޔާތޮށި ކުލައިގެ ކަރުދާސްކޮޅު ފެނުމާއެކު މިންހާ އެކަރުދާސްކޮޅު ކިޔައިފިކަން އިނގުނެވެ. އަލޫފް މިންހާ އާއި ދިމާލަށް ބަލައިލަމުން އެއްލޯ މަރާލަމުން ލާނެއް ހިނިތުންވުމެއްވެރިކުރުވިއެވެ. އެއާއެކު މިންހާގެ ކޮލަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. އޭނައަށް ލަދުން އިސްޖަހާލެވުނެވެ.

ޝާއިފްވެސް އަޝްރާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއާއެކު އަޝްރާވެސް ހިނިތުންވެލިއެވެ. ޝާއިފްގެ އެފަދަ އަމަލުތަކުން އޭނަގެ ހިތް އުފަލުން ނަށާލިއެވެ. އޭނަގެ ހިތުގައި ޝާއިފްގެ ސޫރަ ކުރެހިފައިވާތާ ކިތަންމެ ދުވަހެކެވެ. އެކަން ހިތުގައި ސިއްރުކޮށްގެން ހުންނަނީ ޝާއިފްގެ ފަރާތުން އޭނައަށް އެއްވެސް ސަމާލުކަމެއް ނުލިބޭތީއެވެ. މިންހާގެ ހިތްވެސް ދިޔައީ އުފަލުން ނަށަމުންނެވެ. މިހާރަކަށް އައިސް އަލޫފްގެ އެފަދަ އަމަލުތަކުން އޭނަގެ ހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބިގެންދެއެވެ. އަބަދުވެސް އަލޫފްގެ އެފަދަ އަމަލަކަށް އޭނައަށް އެދެވެއެވެ. ހިތުގައި މުޅިން އާ އިހުސާސެއް އުފެދިފައިވާ ކަހަލައެވެ. އަލޫފްއަށްވެސް މިންހާ އާއިމެދު ޚާއްސަ ގޮތެއް އޭނަގެ ހިތުގައި ވެއެވެ. މިންހާގެ އެރީތި ސޫރަ ދެކެލުމަށް އޭނަގެ ހިތް ބޭގަރާރުވެއެވެ. ކުރިން ނުކުރެވޭ ފަދަ އާ އިހުސާސެއް އޭނައަށް ދަނީ ކުރެވެމުންނެވެ.

ކުރިއަށްޖެހިލި ޝަމްހާއަށް އަލޫފް މިންހާއަށް ބަލައިލަމުން އެއްލޯ މަރާލުމަށްފަހު ހިނިތުންވެލިތަން ފެނުނެވެ. އެއާއެކު އޭނަގެ ދެބުމަ ގާތްވިއެވެ. މިންހާއަށް ބަލައިލިއިރު އޭނަގެ ތުންފަތުގައިވި ލަދު ރަކި ހިނިތުންވުމުން އެދެމީހުންގެ ދެމެދުގައި ކޮންމެވެސް ކަމެއް އުޅޭކަން ވަގުތުން ޝަމްހާގެ ތޫނު ސިކުނޑިއަށް ނަގައިގަތެވެ. ހިތުގައި މިންހާ އާއި މެދު ހަސަދައިގެ ހުޅު ރޯވެގެން ދިޔައީ އޭނަގެ ހިތުގައި އަލޫފްއަށްޓަކައި އިހުސާސްތަކެއް އުފެދިފައިވުމުންނެވެ. އޭނަ ނޫން އެހެން އަންހެން ކުއްޖަކަށް އަލޫފްގެ ފަރާތުން ކުޑަ ނަމަވެސް އެފަދަ އިޝާރާތެއް ލިބޭކަށް އޭނަގެ ހިތެއް ނޭދެއެވެ. އެވަގުތު ކޮންމެ ގޮތަކުންވެސް އަލޫފްގެ ލޯބި ހާސިލްކުރުމަށް އޭނަގެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.

މިންހާ އާއި އަޝްރާ މިފަހަރުވެސް ނިކުތީ ބޭރަށެވެ. މިންހާމެން ބޭރަށް ނިކުތުމާއެކު ޝަމްހާ އީލާފްގެ އަތުގައި ހިފައިގެން އައިސް ގޮނޑީގައި އިށީނެވެ. ” ޝަމޫ… ކިހިނެއްތަ ވީ… ” ޑެސްކް މަތީގައި ފޮތްތައް ބެހެއްޓުމަށްފަހު ސުވާލުގެ ނަޒަރަކުން ޝަމްހާއަށް ބަލައިލަމުން އީލާފް ސުވާލުކުރިއެވެ. ” އީލޫއަށް ފެނުނުތަ ދެންމެ އަލޫފް އާ މިންހާ އާއި ދެމެދު ހިނގި ކަންތައް… އައިމް ޝުއާ އެދެމީހުންގެ ދެމެދުގަ ކޮންމެވެސް ކަމެއް ހިނގާ އެބަ… ” އަލޫފް އާއި ޝާއިފްވެސް ބޭރަށް ނިކުތުމުން ޝަމްހާ އީލާފް ގާތުގައި ބުންޏެވެ. ” ދޮންބެ… އެން މިންހާ… ނޯ ޝަމޫ… އެދެމީހުން ރަނގަޅަށް ވާހަކަ ދެކެވިގެން ދޯ ތިކަހަލަ ގުޅުމެއް އުފެދޭނީ… ދޮންބެ އަމުދުން އާއްމުކޮށް މިންހާ އާ ވާހަކަ ދައްކާތަންވެސް އަހަރެން ނުދެކެން… އެހެންނޫނަސް އައި ޑޯންޓް ތިންކް ދޮންބެ މިންހާއަށް އެފަދަ ނަޒަރަކުން ދެކެފާނެ ހެނެއް… ޝީ އިޒް ނޮޓް ހިޒް ޓައިޕް… ދޮންބެ ލައިކް ވާނީ ނުލާހިކު މޮޑާން ކުދިންނާ… ކަޅު ކުލައިގެ ބޮޑު ހެދުންލާ ކުދިންނަކާ ނޫން… ޝަމޫ މާބޮޑަށް ދޮންބެ ބޭނުންވާތީ ހީވާގޮތް އެއީ… ރިލޭކްސް އިނގޭ… އައިމް ޝުއާ ދޮންބެ މިންހާ އާ އެފަދަ ގުޅުމެއް ނުބާއްވާނެކަން… ” ޝަމްހާގެ މޫނަށް ބަލަހައްޓާއިގެން އިނދެ އީލާފް ނުހަނު ޔަގީންކަމާއެކު ވާހަކަ ދެއްކިއެވެ. ” އެކަމަކުވެސް އަހަރެން ދެކުނީމޭ ދެންމެ އަލޫފް މިންހާއަށް ބަލައިލަމުން އެއްލޯ މަރާލަމުން ހިނިތުންވެލިތަން… މިންހާ ކަޅު ކުލައިގެ ބޮޑު ހެދުން ލިޔަކަސް ނުލާހިކު ރީއްޗެއްނު… އެހެންވީމާ އަލޫފް ހަމަ މިންހާގެ އެރީތިކަމަށް ފޯލްވެދާނެ އެއްނު… ” ކަންބޮޑުވެފައި ޝަމްހާ ބުނެލިއެވެ. ” ޝަމޫ… ދެން އަޅެ އަހަރެން ބުނީމަ ގަބޫލުކޮށްބަލަ… މިންހާ އަކީ ނުލާހިކު ސިމްޕަލްކޮށް ހުންނަ ކުއްޖެއް… އެން އެކަހަލަ ކަމެއް އުޅެންޏާ ދޮންބެ ބުނާނެ ދޯ އަހަރެން ކައިރީގަވެސް… އެހެންނޫނަސް އަހަރެން ބޭނުމެެއްނޫން މިންހާ ކަހަލަ ފަހަރިއެއް… އަހަރެން ބޭނުމީ އަހަރެންގެ ޓައިޕްގެ ފަހަރިއެއް… ޝަމޫ ބޭނުމީ… އޯކޭ… ” ހެވިލާފައި އީލާފް ވާހަކަ ދެއްކިއެވެ. ޝަމްހާވެސް ގަދަކަމުން ހިނުތުންވެލިއެވެ. އީލާފް އެހެން ބުންޏަސް އޭނައަށް އެކަން ގަބޫލުކުރަން ނުހަނު އުނދަގުލެވެ. ސަބަބަކަށްވީ އޭނައަށް ފެނުނު މަންޒަރެވެ. ކޮންމެ ގޮތެއް ހަދައިގެންވެސް އެދެމެދުގައި އެފަދަ ގުޅުމެއް އޮވޭތޯ އޭނާ ބަލާނެއެވެ.

މިންހާ އާއި އަޝްރާ ތިބީ ބޭރުގައެވެ. އޭރު ހުއްޓުމެއްނެތި އަޝްރާ ދިޔައީ ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. މިންހާ ޝައުގުވެރިކަމާއެކު އަޝްރާގެ ވާހަކަތައް އަޑު އަހަން ހުއްޓެވެ. ” މިންނު… މިންނު ބޮލެއް ނުގޮވާތަ މި އަނގަގަދަ މިތުރާއެކު އުޅޭއިރު… ހަމަގައިމުވެސް މަށަކަށް އެންމެ މިނިޓަކުވެސް މި ޓޯކެޓިވް ކްރައި ބޭބީ އާއެކު ނުހުރެވޭނެ… ހެހެހެ… ” އާދައިގެ މަތިން ނާއިލް އަޝްރާ އާ ދިމާކޮށްލިއެވެ. ” ނާއިލްއަށް ކީއްވީ އަހަރެން މިންނު އާ ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަސް… ނާއިލް ގާތަކު އަހަރެން ނުބުނަމެއްނު އަހަރެންގެ ވާހަކަ އަޑު އަހަން އަންނާށެކޭ… އަހަރެން ނުވެސް އުޅެން ތި ސިލީ ބޯއީ އާ ވާހަކަ ދައްކާކަށް… ” ނާއިލްއަށް ލޯއަޅާލަމުން އަޝްރާ ރައްދުގައި ބުނެލިއެވެ. ” އަހަރެންވެސް ނޫޅެމޭ އަޝްރާ ދައްކާ ވާހަކައެއް އަޑުއަހާކަށް… ޔޫ ކްރައި ބޭބީ… ” މޫނަށް ވައްތަރެއް ޖައްސާލަމުން ނާއިލް ބުނެލިއެވެ. ” ދެން ދާންވީނު ޔޫ ސިލީ ބޯއި… ” ރުޅި އައިސްފައިހުރެ ދެބުމަ ގޮށްޖަހާލަމުން އަޝްރާ ބުނެލިއެވެ. ” އިނަފް ތުއްތު އެން އަޝޫ… މީ ސުކޫލޭ… ތިދެމީހުންގެ ގެއެއް ނޫން… ” އެންމެ ފަހުން މިންހާއަށް ނުހުރެވިގެން ބުނެލިއެވެ. އެއާއެކު ދެމީހުން މަޑުވިއެވެ. ” އާދޭ ދާން ޑިއުޓީއަށް.. ބެލް އެ ޖެހީ… ” އަޝްރާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން މިންހާ ބުނެލިއެވެ. އެދެމީހުން ދިއުމާއެކު ނާއިލްވެސް އޭނަގެ ޑިއުޓީއަށް ދިއުމަށް އަވަސްވެގަތެވެ.

ރަސްމީ ގަޑިތަކުގެ ކިޔެވުންތައް ބާރަ ގަޑި ދިހައެއްގައި ނިމުމާއެކު ދަރިވަރުންތައް ގެއަށް ދިއުމަށް އަވަސްވެގަތެވެ. ސުކޫލުން ނިކުންއިރު ނޯޓިސް ބޯޑު ކައިރީގައި މާގިނައިން ކުދިންތައް ތިބުމުން އަޝްރާއަށް ހައިރާންކަން ލިބުނެވެ. ”ހާދަ ބައިވަރު ކުދިންނެއް… އަނެއްކާ ކޯންޗެއް އޮތީބާ…” ލިބުނު ހައިރާންކަމުގައި އަޝްރާއަށް ބުނެލެވުނެވެ. ” މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެސެމްބްލީގަ ބުންޏެއްނު ހައުސްތަކަށް ކުދިން ބަހާވާހަކަ… އައި ތިންކް ހައުސްތަކުގެ ދަރިވަރުންގެ ލިސްޓްހެން އެއީ… މިހާރު ވަރަށް ކުދިން ގިނައެއްނު މިތާ… ފަސޭހަކޮށެއް ނުވެސް ބެލޭނެ… އަނެއްކޮޅުން މަޑުކޮށްފިއްޔާ އެކްސްޓްރާ ކްލާހަށް ލަސްވެދާނެ… އެކްސްޓްރާ ކުލާހަށް އައިސް ބަލަންވީނު… ” މިންހާ ބުނެލިއެވެ. އެކަމާ އެއްބަސްވެ ދެމީހުންވެސް ގެއަށް ދިއުމަށް ހިނގައިގަތެވެ.

ގެއަށް އައިސް ވަން މިންހާ ފެނި ފަހާ ފޮށި ކައިރީ ފަހަން އިން ނާހިދާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ ނުހަނު ލޮއެބާއެކު ދަރިފުޅާ އޭ ކިޔާ ގޮވާލިއެވެ. މިންހާ އޭނަގެ މަންމައަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. ”ދަރިފުޅު ދޭ އަވަހަށް އެކްސްޓްރާ ކްލާހަށް ދާންވާއިރަށް ނަމާދުކޮށްގެން ތައްޔާރުވާން… މަންމަ ކޯންޗެއް ހަދައިދެންވީ ދަރިފުޅު އަންނައިރަށް… ” ނާހިދާ ލޮއެބާއެކު އޭނަގެ ހަގު ދަރިފުޅާ ވާހަކަ ދެއްކިއެވެ. ” މިއަދު ބޭނުމީ އައިސް މައިލޯއެއް… ވަރަށް ހޫނު ގަދައެއްނު މިއަދު… ” މިންހާ މިހެން ބުނެ އަވަސް އަވަހަށް ސިޑިން މައްޗަށް އަރައިގެން ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަަށް ވަދެ މިންހާ އަވަސް އަވަސްކޮށްލައިގެން ނަމާދުކުރުމަށް ތައްޔާރުވެ މެންދުރު ނަމާދުކޮށްލިއެވެ. އެއަށްފަހު ތައްޔާރުވެލައިގެން ތިރިއަށް ފޭބުމާއެކު މަންމަ ގޮވާލިއެވެ. ކާކޮޓަރިއަށް ވަދެ އައިސް މައިލޯ ތަށި ބޯލައިގެން ސުކޫލަށް ދިއުމަށް ގެއިން ނުކުތެވެ. ހޫނު ގަދަކަމުން މިންހާ ގެއިން ނުކުތީ އޭނަގެ ދަނބު ކުލައިގެ ކުޑަވެސް އަޅާއިގެންނެވެ. އޭނާ ނިކުންއިރު އަޝްރާވެސް ތައްޔާރުވެގެން އޭނަގެ ގާތަށް އަންނަނީއެވެ. ދެއެކުވެރިންވެސް އަވަސް ހިނގުމުގައި ސްކޫލަށް ދިއުމަށް ހިނގައިގަތެވެ. ސްކޫލާ އަރާ ހަމަވުމުން އެންމެ ފުރަތަމަވެސް ދެއެކުވެރިން މިސްރާބުޖެހީ ނޯޓިސް ބޯޑާއި ދިމާލަށެވެ. ” ޔޭ ދެމީހުންވެސް ރެޑް ހައުސް… ” ދެއެކުވެރިންނަށްވެސް އެއްފަހަރާ ކުޑަކޮށް ފުއްމާލަމުން ބުނެލެވުނެވެ. އެއް ހައުސްއަކަށް ދެއެކުވެރިން ދިޔުމުން ތިބީ ނުހަނު އުފާވެފައެވެ. ލިސްޓުގައި ދެން ތިބި ކުދިންވެސް މިންހާ އާއި އަޝްރާ ބަލައިލިއެވެ. އަލޫފްވެސް އޭނަ އާއި އެއް ހައުސްއަކަށް ވުމުން މިންހާގެ ހިތަށް އުފާވެރިކަން ލިބުނެވެ. ”ދޮންބެވެސް އަހަރެމެން ހައުސް… ” އުފާވެލާފައި އަޝްރާ އެހެން ބުނުމުން މިންހާވެސް ހިނިތުންވެލިއެވެ. ” އެކަމަކު ތުއްތު ޔެލޯ ހައުސް… ” ކުޑަކޮށް ދެރަވެފައި ކަހަލަ ގޮތަކަށް މިންހާ ބުނެލިއެވެ. އަޝްރާގެ ހިތްވެސް މާޔޫސްވިއެވެ. ނާއިލް އޭނަ އާއި އެއްހައުސްއަކަށް ވުމަށް އެވަގުތު އޭނަގެ ހިތް އެދެނެވެ. ”ނަސީބެއް ނާއިލް ގަނޑު އެހެން ހައުސްއަކަށް ވިކަން… ” އޭނައަށް ކުރެވުނު އިހުސާސަށް ފުރަގަސްދެމުން އަޝްރާ އަވަހަށް ބުނެލިއެވެ. ” ޝާއިފްވެސް ޔެލޯ ހައުސް… ބަޓް މިންނު ލަކީ އިނގޭ… އަލޫފް އަހަރެމެން ހައުސްއެއްނު… ” ފުރަތަމަ މާޔޫސްވެފައި ވާހަކަ ފެށި ނަމަވެސް ވާހަކަ ނިންމާލިއިރު އަޝްރާގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. މިންހާގެ ހިތުގައި އަލޫފްއަށްޓަކައި ޚާއްސަ ޖާގައެއްވާކަން އޭނައަށް އެނގެއެވެ. އެންމެ ގާތް އެކުވެރިޔާއަށް ވުމުން މިންހާ ވަނީ އަޝްރާ ގާތު ހިއްސާކޮށްފައެވެ. އެންމެ ގާތް ދެރަހުމަތްތެރިންނަށް ވުމުން އެކަކު އަނެކަކުގެ ސިއްރުތައް ހިއްސާކުރެއެވެ. މިހެން ތިއްބާ ގަޑި ޖެހިދާނެކަމަށް ބުނެ ދެކުދިންވެސް ސުކޫލުގެ އެތެރެއަށް ވަނެވެ. އޭރު އެހެން ކުދިންވެސް ދިޔައީ ސުކޫލަށް އަންނަމުންނެވެ.

އިތުރު ގަޑިތައް ނިންމާލުމަށްފަހު މިންހާާ ގެއަށް އައި އިރު އޭނަގެ މަންމަ އާއި ބައްޕަ ސިޓިންރޫމު ސޯފާގައި ތިއްބެވެ. ގެއަށް އައިސް ވަން މިންހާގެ މޫނު މަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ”ދަރިފުޅާ… ދަރިފުޅު ދޭ ފެންވަރާ ތާޒާ ވެލައިގެން ކާން އަންނަން… ދޮންބެވެސް ގޮއްސި ފެންވަރަން… މަންމަމެން މިތިބީ ދަރިފުޅުމެން އައިމަ ކާންވެގެން… ” ހިނިތުންވެލަމުން ނާހިދާ އެހެން ބުނުމާއެކު މިންހާ ބޯޖަހާލަމުން ކޮޓަރިއަށް ދިޔައެވެ.

މިންހާ ކޮޓަރިއަށް ގޮސް ފެންވަރާ ތާޒާ ވެލުމަށް އަވަސްވެގަތެވެ. ފެންވަރައިގެން އައިސް ގޭގާ އުޅޭ އިރު ލާކަހަލަ ހެދުމަކާއި ޓައިޓް ހަރުވާޅެއް ލައި ކަޅު ކުލައިގެ ތިނެސްކަން ކުޑަ ބުރުގަލެއް އަޅާ ތައްޔާރުވެގެން ތިރިއަށް ފޭބިއެވެ. އޭރު އެންމެންވެސް އޭނަގެ އިންތިޒާރުގައި ތިއްބެވެ. މިންހާ އައުމާއެކު އެންމެން އެކުގައި ކާކޮޓަރިއަށް ދިޔައެވެ. ” ދަރިފުޅާ މިންނު… ސުކޫލުގެ ކަންތައް ކިހިނެއް ދަނީ… ” ތައްޓަށް ބަތް އަޅަމުން އަޝްރަފް އޭނަގެ އަންހެން ދަރިފުޅާ ވާހަކަ ދެއްކިއެވެ. ” އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް އަދި ރަނގަޅު ބައްޕާ… ހިނިތުންވެލަމުން މިންހާ ޖަވާބު ދިނެވެ. ”ދަރިފުޅު ބުނީމެއްނު ހައުސްތަކަށް ކުދިން ބަހާވާހަކަ… ކޮން ހައުސްއަކަށް ދިޔައީ މިފަހަރު… ” ފުޅާ ހިނިތުންވުމަކާއެކު މިފަހަރު ސުވާލު ކުރީ ނާހިދާއެވެ. ” ރެޑް ހައުސްއަށް ދިޔައީ… އަޝޫ ވެސް އާން ވެސް ރެޑް ހައުސް… ދޮންބެވެސް އަޅުގަނޑުމެން ހައުސް… އެކަމަކު ދެރައީ ތުއްތު އެހެން ހައުސްއެއް ވީމަ… ” ކަމުން ދިޔަ މިންހާ ފެން ފޮދެއް ބޯލުމަށްފަހު ޖަވާބު ދިނެވެ. ” ހޫމް.. ތުއްތު ޔެލޯ ހައުސް ދޯ މިފަހަރު… ” މާހިލްވެސް ވާހަކައިގައި ބައިވެރިވިއެވެ. އެގޮތުގައި އުފާވެރި ކަމާއެކު މެންދުރުގެ ކެއުން ނިންމާލިއެވެ.

މެންދުރުގެ ކެއުން ނިންމާލުމަށްފަހު މިންހާ ކޮޓަރިއަށް ވަދެ ފިލާވަޅުތައް ހެދުމައިގެން އުޅުނެވެ. ގޭގައި ހެދުމަށްޓަކައި ތިން ފިލާވަޅެއް ހަދަން ދީފާ އޮތެވެ. ފަހަރަކު ފިލާވަޅެއް ފަރުވާތެރިކަމާއެކު ހަދަމުން ގޮސް ތިން ފިލާވަޅު ހަދާ ނިންމާލެވުނުއިރު އަޞްރު ނަމާދުގެ ބަންގި ގޮވާ ނިމެނީއެވެ. ވަރުބަލިވެފައި ހުރުމުން މިންހާ ފުރަތަމަ ގަސްތުކުރީ ކުޑަކޮށް އަރާމުކޮށްލުމަށެވެ. ސޯފާގައި ގޮސް ޖައްސާލުމަށްފަހު ކުޝަންއެއް ނަގައި އޭނަގެ މެޔާއި ލާ ބޮނޑިކޮށްލަމުން ދެލޯ މަރާލިއެވެ. އެއާއެކު މިންހާއަށް އަލޫފްގެ ހިތްގައިމު ސޫރަ ސިފަވެގެން ދިޔައެވެ. ހަމުގެ ކުލަ އަލި އެ ރީތި މޫނު ސިފަވުމާއެކު މިންހާގެ ތުންފަތުގައި ކުޅެލީ ރީތިި ހިނިތުންވުމެކެވެ. ކަޅު ކުލައިގެ ފަން އިސްތަށިގަނޑެއް ލިބިފައިވިއިރު ގަދަ މުށި ކުލައިގެ އެ ފުން ދެލޮލުގެ ތެރެއަށް ގެނބިގެންދާން ކޮންމެ މީހަކުވެސް އެދޭނެކަން ކަށަވަރެވެ. އަލޫފްގެ ތުންފަތަށް ވެރިކޮށްލަނީ އަންހެން ކުދިންގެ ހިތްތައް ކަތިލާނެފަދަ ހިނިތުންވުމެކެވެ. އަލޫފްގެ އެރީތި ސޫރަ ވަނީ މިންހާގެ ހިތުގައި ބިންވަޅު ނެގިފައެވެ. ލޯ މަރާލުމާއެކުވެސް ފެނިގެން ދަނީ އެ ސޫރައެވެ.

ވިއްސަކަށް މިނިޓު އޮވެލުމަށްފަހު މިންހާ ސޯފާއިން ތެދުވެ ފާޚާނާއަށް ވަނެވެ. ނަމާދުކުރަން ތައްޔާރުވުމަށްފަހު އިތުރަށް ލަސްކުރުމެއްނެތި އަޞްރު ނަމާދުކުރަން ފެށިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު ހަވީރު ހިނގާލަން ދާން އަޝްރާ އާއި ދެމީހުން ނިންމާފައިވުމުން ތައްޔާރުވާން ފެށިއެވެ. ގޭގައި އުޅޭއިރު ލައި އުޅޭ ކަހަލަ ހެދުން ގަޔަށް ދޫ ކަޅު ހެދުމަކަށް ބަދަލުކޮށްލުމަށްފަހު މޫނުގައި ލުއި މޭކަޕެއް ކޮށްލިއެވެ. އެއަށްފަހު އޮރެންޖު ކުލައިގެ ޝޯލްއެއް ބޮލުގައި ވަރަށް ރީތިކޮށް އޮޅާލިއެވެ. ގަޔަށް ސެންޓު ޖަހާލުމަށްފަހު ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އެއަށްފަހު ކޮޓަރިން ނިކުތެވެ.

ތައްޔާރުވެގެން އައިސް މިންހާ އޭނަގެ މަންމައަށް ގޮވާލިއެވެ. މަންމަގެ އަޑު އައީ ބަދިގެއިން ކަމުން މިންހާ ބަދިގެއަށް މިސްރާބުޖެހިއެވެ. ބަދިގެއަށް ގޮސް ވަންއިރު ނާހިދާ ގުޅަ ހަދަން މަސްހުނިގަނޑު މޮޑެން ހުއްޓެވެ. ” ކިހިނެއްވީ މިންނު… ” މިންހާ އައިސް ބަދިގެއަަށް ވަނުމުން ނާހިދާ ސުވާލުކުރިއެވެ. ” މަންމާ އަޅުގަނޑު އަޝޫ އާއެކު ބޭރަށް ގޮސްލިޔަސް އޯކޭ ތޯ އަހާލަން… ފިލާވަޅުތައްވެސް ހަދައިފިން… ” މިންހާ އެހެން ބުނުމާއެކު ނާހިދާ ހިނިތުންވެލަމުން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނެލިއެވެ. ނާހިދާގެ ހުއްދަ ލިބުމާއެކު މިންހާ ބަދިގެއިން ނިކުތެވެ. ގޭގެ މައިދޮރުން ނިކުމެ ފައިވާން ހަރުގަނޑުގައި އިން ކަޅު ކުލައިގެ އޭނަގެ އޮފް ބޫޓު ނަގާ އަރާލުމަށްފަހު ގަދަ މުށި ކުލައިގެ ބޮޑު ދޮރު ހުޅުވާލަމުން މަގަށް ނިކުމެ އަޝްރާގެ ގާތަށް ދިއުމަށް ހިނގައިގަތެވެ.

އާދައިގެ ހިނގުމެއްގައި ހިނގަމުން ދިޔަ މިންހާއަށް އެމަގުގެ ތަންކޮޅުއް ދުރުން އިތުރު ދެކުއްޖަކާއެކު އަންނަމުން ދިޔަ އަލޫފް ފެނުމާއެކު ހިތަށް އެނގުން ވެލައިގެން ދިޔައެވެ. އެވަގުތަކީ އަލޫފްވެސް ކުރިމައްޗަށް ބަލައިލި ވަގުތުކަމުން އޭނައަށްވެސް މިންހާ ފެނުނެވެ. އަލޫފް މިފަހަރުވެސް މިންހާއަށް އޭނަގެ ފިރިހެންވަންތަ ރީތި ހިނިތުންވުން ހަދިޔާކޮށްލިއެވެ. މިންހާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ލަދުން އިސްޖަހާލި މިންހާ ފެނުމާއެކު އަލޫފްގެ ހިތް އިތުރަށް މިންހާއަށް އެދެވެން ފެށިއެވެ.

” އައްސަލާމްޢަލައިކުމް… ” ގޭގެ ބޮޑު ދޮރުން ވަދެ މައިދޮރުގެ ކުރިމަތީގައި ހުއްޓިލަމުން މިންހާ ސަލާމް ގޮވާލިއެވެ. ” ވަޢަލައިކުމުއްސަލާމް… އަނހާ… މިންނު… އާދޭ… ” ސޯފާގައި ޓީވީ ބަލަން އިން އަރީފް ހިނިތުންވަމުން ބުނެލިއެވެ. ”އަޝޫ ކޮބާ… ” އެތެރެއަށް ވަދެ ހިނިތުންވުމަކާއެކު މިންހާ ސުވާލުކުރިއެވެ. އަރީފް އަޝްރާ ވީ ކޮޓަރީގައި ކަމަށް ބުނުމުން މިންހާ ސިޑިން މައްޗަށް އަރަން ދިޔައެވެ. ސިޑިން މައްޗަށް އަރަމުން ދިޔަ މިންހާގެ ޚިޔާލުތައް ގުޅިފައިވަނީ އަލޫފް އާއެވެ. އައި މަގުމަތީގައި އަލޫފް އޭނައަށް ހިނިތުންވެލި ގޮތް ސިފަވުމާއެކު މިންހާއަށް މިފަހަރުވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އަލޫފްގެ އެކި ޚިޔާލުގައި ހުރެ ސިޑިން މައްޗަށް އަރަމުން ދިޔަ މިންހާއަށް އޭނަގެ ފައި އެޅުނު ގޮތުން ފަހަތަށް ވެއްޓެން ދިޔައެވެ. ސިޑިން ވެއްޓިއްޖެނަމަ ވާނެ ތަދު ހިތަށް އެރުމާއެކު މިންހާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެހެނަސް ވެއްޓުމުގެ ކުރިން ބާރު ގަދަ އަތަކުން އޭނަގެ އަތުގައި ހިފާ ދަމާލުމަށްފަހު އުނަގަނޑުގައި އަތް ވަށާލިކަމުގެ އިހުސާސެއް މިންހާއަށް ކުރެވުނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހަދިޔާ (ހަތްވަނަ ބައި)

Next

ލޯބިވެވުނީއެވެ. 4

Next
December 1, 2018

ލޯބިވެވުނީއެވެ. 4

Previews
December 1, 2018

ހަދިޔާ (ހަތްވަނަ ބައި)

34 Comments!

  1. Ifoo ifoo says:
    December 1, 2018 at 8:03 am

    Ahsalaamalaikum dear readers ❤️❤️❤️??????… Hws u all??? ???… Hope everyone is fine ???… I missed you all ???… As I told here is the first part of my second story ???… Hope all will like this part ???… Feel free to comment your views about this part ??? n let me know if there is any mistakes ???… I’m sorry trailer ge comments thakah reply nukurevunyma ??? bt part thakuge comments thakah In Sha Allah reply kuraanan ???… Next part In Sha Allah day after tomorrow ???… Love you my dear readers ❤️❤️❤️???…

  2. Beryl Stone says:
    December 1, 2018 at 8:08 am

    Masha allah????vrh vrh furihama mi prt vx ?????BTW me first dhw??????can’t wait??

    1. Ifoo ifoo says:
      December 1, 2018 at 12:32 pm

      Beryl Stone ❤️❤️❤️… Thankyou so much dear ❤️❤️❤️??????… I’m so glad that you like it ???… Yahh ur first ???… Congratulations on being first ❤️❤️❤️???…

  3. Maayu says:
    December 1, 2018 at 8:52 am

    Vvvvvv reethi mi part ifoo… Ifoo mathin vx varah miss vi… Lots of luv frm me…

    1. Ifoo ifoo says:
      December 1, 2018 at 12:34 pm

      Maayu ❤️❤️❤️… V v v ufaavehje ifoo ge second story inn vx dear ge comment fenunyma ???… Thankyou so much dear for the support ❤️❤️❤️??????… V v v ufaavehje mi part reethi v ma ???… Much loves from me dear ❤️❤️❤️??????…

  4. Khaleesi says:
    December 1, 2018 at 10:21 am

    Fav type of stories. School love miss the old days ?❤️

    1. Ifoo ifoo says:
      December 1, 2018 at 12:36 pm

      Thankyou so much dear ❤️❤️❤️??????… Yahh it’s school life story… V bodah school life onnaane mi story ga ???… V ufaavehje favourite type ge story eh genesdhen feshunyma ???…

  5. Naju says:
    December 1, 2018 at 10:38 am

    Wow ??? My favourite writer Ifoo ge new story eh anehkaa kiyaalan libuny dhw ??????⭐⭐⭐… Story is superb ingey hama ???❤❤❤???… I really like it ?????????… I think that’s iaan ?????????… I really appreciate your hard work ??????⭐⭐⭐… May god bless you ?????????… curiously waiting for the next ?????????… lots of love from naju ???❤❤❤????????????????????????????????????????????????????????????⭐⭐⭐☀☀☀❄❄❄

    1. Ifoo ifoo says:
      December 1, 2018 at 12:39 pm

      Wow ?… Such a beautiful colourful Comment ❤️❤️❤️???… Thankyou so much Naju ❤️❤️❤️??????… Yahh… I’m back with a new story ???… V v v ufaavehje comment kiyaalaafa ???… Let’s see who was that… Next part inn ingeyne ???… Much loves from me dear ❤️❤️❤️??????…

  6. Rifu says:
    December 1, 2018 at 10:47 am

    vvv reethi mi story… Ma Sha Allah..

    1. Ifoo ifoo says:
      December 1, 2018 at 12:40 pm

      Rifu ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje story reethi v ma ???…

  7. Mal says:
    December 1, 2018 at 1:15 pm

    Yayyy…ifoo is back..???????i missed you…????this time emme fav type ge stry eh…school love….aslu mi kahala stry emme kiyaahiyy vany…?????you it’s so interesting……ginain love triangle dhw mihury…????Thankyou so much ifoo mikahala loabi loabi stries up kuraathy……?????i really appreciate your hardwork…❤❤❤❤❤hope next part ves v long koh geneadheynekamah….???????☺???may allah bless you… ? ? ? ?

    1. Ifoo ifoo says:
      December 1, 2018 at 3:57 pm

      Mal ❤️❤️❤️… Awwwwnn ❤️❤️❤️??????… Thankyou so much Mal for the colourful supportive comment ❤️❤️❤️??????… V v v v ufaavehje story reethi v ma n comment kohleema ???… Yahh… Love triangles ???… Hehe… Hope kuran mifaharu vx Mal ge support libeyne kamah story nimemdhen vx ???… In Sha Allah next part miahvure dhigukoh genesdheynan ???… Thankyou so much dear n much loves from me ❤️❤️❤️??????…

  8. mimi says:
    December 1, 2018 at 2:01 pm

    🙂 :)salhi

    1. Ifoo ifoo says:
      December 1, 2018 at 3:58 pm

      mimi ❤️❤️❤️… Thankyou so much dear ❤️❤️❤️??????…

  9. gigi says:
    December 1, 2018 at 2:30 pm

    Yeshhhhhh ifoo is back ???????I so happy and kureege vaahak ekey ehfadhain mi vaahaka ves vrh furihama ❤❤❤❤❤ I just can’t wait to read to the end????? i bet kureege vaahakaeh yah vurehves furihama vaanekan ?????? ifoo dear just remember you’ve always been my inspiration in becoming a writer ?????????❤???? thinks for teaching me that bring kind makes ppl fall for u ??? I’ll always hope the best for you and goodluck with yourself future as a writer ?????and in your personal life’s ?????? Thank you so much for inspiring me????? and leading me to a whole new world of strys???❤❤❤❤❤????????? and every time you feel down just remember there’s someone ????who really got inspired by your hardwork ????? i luv u and your strys wish u luck in the future dear ???????????

    1. Ifoo ifoo says:
      December 1, 2018 at 4:05 pm

      Woww ???… I’m speechless ???… Such a beautiful, colourful, supportive comment ❤️❤️❤️??????… Thankyou sooooo much dear ❤️❤️❤️??????… V v v v v ufaavehje comment kiyaalaafa ???… Ifoo ge faraathun inspire v ma v v v v ufaavehje n In Sha Allah kuryge story ah vure vx mi story reethi kureveythr balaanan ???… This comment is one of the best comment I got ???… Mikahala comment thakun v v v bodah aslu encourage vey ???… Thankyou so much dear n I also wish you all the best in your future ???… Hope dear ge story eh v avahah kiyaalan libeyne kamah ???… N hope to see ur comment more often ???… Thankyou so much dear n much loves from me ❤️❤️❤️??????…

  10. unique says:
    December 1, 2018 at 3:45 pm

    alhey its so loabi
    cant wait to read the next part
    really like this one
    ifoo missed u varah bodukoh love yuh so much
    curiously waiting to read the next part

    1. Ifoo ifoo says:
      December 1, 2018 at 4:12 pm

      Unique ❤️❤️❤️… Finally unique ge comment eh libihje ???… I was waiting for your comment dear ???… Thankyou so much dear ❤️❤️❤️??????… V v v ufaavehje mi part kamudhiyaima ???… Alhey I missed you too dear ???… Hope to see ur comment in every part ???… Thankyou n much loves ❤️❤️❤️??????…

  11. Anee says:
    December 1, 2018 at 4:31 pm

    Salhiey

    1. Ifoo ifoo says:
      December 1, 2018 at 5:53 pm

      Anee ❤️❤️❤️… Thankyou so much dear ❤️❤️❤️??????…

  12. Cherry says:
    December 2, 2018 at 12:18 am

    I thought eylaaf ge bro kamah aloof akeee..but ashra bunanee eyna ge dhonbe yww aloof akeee..anyways stry is nice…

    1. Ifoo ifoo says:
      December 2, 2018 at 9:44 pm

      Cherry ❤❤❤… Aloof akee eelaaf ge brother… ???… thihen liyevifa inn kamah vaanama aee mistake eh … Thankyou so much dear ❤❤❤??????…

  13. @Ikleel says:
    December 2, 2018 at 12:52 pm

    Story v habeys..Vrh reethi story…Looking forward…Waitting for next part..

    1. Ifoo ifoo says:
      December 2, 2018 at 9:47 pm

      @Ikleel ❤❤❤… Thankyou so much dear ❤❤❤??????… v v v ufaavehje story reethi v ma ???… next part In Sha Allah maadhamaa ???… much loves from me ❤❤❤??????…

  14. Shaya says:
    December 3, 2018 at 12:14 am

    Masha allah!!! Vrh reethi…????..curiously waiting

    1. Ifoo ifoo says:
      December 3, 2018 at 10:05 am

      Shaya ❤️❤️❤️… Thankyou so much dear ❤️❤️❤️??????… Now next part kiyaaleveyne ???…

  15. siyaa says:
    December 3, 2018 at 7:52 pm

    varah reethi story

    1. Ifoo ifoo says:
      December 3, 2018 at 8:14 pm

      Siyaa ❤️❤️❤️… Thankyou so much dear ???❤️❤️❤️???… V v v ufaavehje ???…

  16. AIMIN says:
    December 3, 2018 at 8:54 pm

    varah ves furihama story eh

    1. Ifoo ifoo says:
      December 3, 2018 at 10:24 pm

      AIMIN ❤️❤️❤️… Thankyou so much ❤️❤️❤️??????… V v v ufaavehje ???…

  17. Shamy says:
    December 4, 2018 at 11:20 am

    V v v reethi ❤️❤️❤️ hama habeyys… Maa shaa Allah you r so good in writing stories ??

    1. Ifoo ifoo says:
      December 4, 2018 at 8:54 pm

      Shamy ❤️❤️❤️… Thankyou so much ???❤️❤️❤️????????????… V v v ufaavehje ???… Hope to see ur comment more often ???…

  18. Zoe says:
    January 7, 2019 at 2:42 am

    Haadha colourful a dhw all comnts ves….. Heheheh….??????
    Anyway vaahaka hama habeys ingey ?????????????????❤️❤️

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 2←


All Right Reserved!