Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ބަރުބާދު (ދިހަވަނަބައި)

shan Level 410 Stories100 Comments500 Comments100 Login
May 28, 2014 7 Mins Read
44 Comments

އަހަރެންނަށް އެޗްއައިވީ ޖެހުނީ ކައިލްގެ ސަބަބުންނެވެ. އެކަން ކައިލްއަށްވެސް އެނގިހުރެ އަހަރެން ބަދުނާމް ކުރީ ކީއްވެގެން ބާއެވެ؟

“..ތިހިރީ ވަރިކޮށްފަ.. ރައްކާވޭ މިގެއިން..” ކައިލްގެ އަނގައިން ބޭރުވެގެންދިޔަ ބަސްތައް ހޮނު ގުގުރިއެއްހާ ބާރަށް އައިސް އަހަރެންގެ ހިނދުރީގެ ތެރެއިން ވަދެގެންދިޔައެވެ. އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަކަހަލައެވެ. ލޫޠުގެ ގައިގައި ބާރަށް ހިފަހައްޓާލެވުނުއިރު ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ކައިލް އަހަރެން ވަރިކުރީ ހެއްޔެވެ؟ ޤަބޫލްކުރަން އުނދަގޫވި ވަރުން އަހަރެންނަށް ކައިލްއާ ދިމާއަށް ބަލަހައްޓައިގެން ހުރެވުނީ ދެން ބުނަންވީ ކީކޭކަމެއް ކުރަންވީ ކީއްކަމެއް ނޭގިފައެވެ.

“..ކޯއްޗެއްތަ ބަލަހައްޓައިގެން ތި ހުންނަނީ..” ކައިލްގެ އަޑު އެންމެ ތަންކޮޅެއްވެސް މަޑެއްނޫނެވެ. “..ރައްކާވާށޭ..”

“..ކައިލް..” މަންމަގެ އަތުގެ ހޫނު އެތިފަހަރެއް ކައިލްގެ ކަންކަށި މައްޗަށް އަރައިގެން ދިޔައެވެ. “..ތި ދޫ ހިމޭނުން ބާއްވަބަލަ.. ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ ލޫޝާ ވަރިއޭ ތިކުރީ.. އެކަން އެބަ އެނގޭތަ؟..”

“..އާނ ހަމަހޭގަ ހުރެގެންނޭ އޭނަ ވަރިމިކުރީ..” ކައިލް އަޑުމަޑުވި ނަމަވެސް އަޑުގައި ހަރުކަށިކަމެއް ހުއްޓެވެ. “..މަށަށް މިކިޔޭ އެއްޗެއްސާ ވާގޮތާ.. ވީގޮތްވެސް އެނގިއްޖެ.. ވާނުވާނޭގިގެން ތިއުޅެނީ މަންމަ.. މަންމަ ނިކަން އެއަންހެނާ ކައިރިން އަހާބަލަ މަ ރަށުގަ ނެތިސް އުޅުނީ ކޮންގޮތަކަށްތޯ؟..”

އަހަރެންނަށް ކޮންމެފަދަ ބައްޔެއް ޖެހިފައިވީ ނަމަވެސް ކައިލްއާ ވަކިވާކަށް ބޭނުމެއް ނޫނެވެ. އެއީ އަހަރެން އުންމީދު ކުރި ގޮތެއް ނޫނެވެ. އަހަރެން ނިންމައިގެން ހުރީ އަހަރުމެން ދެމީހުންގެ ފަހު ދުވަސްކޮޅު ކިނާންއަށްޓަކައި ޤުރުބާންކޮށްލާށެވެ. ކިނާންއަށްޓަކައި ކައިލްއަށް މާފުދޭށެވެ. ކިނާންއަށް މަންމައާ ބައްޕައެއްގެ ލޯބި ދޭށެވެ. ނަމަވެސް ކައިލްގެ އަނގައިން ބުނެލި އެންމެ ޖުމްލައަކުން އެހުވަފެންތައްވެސް ފުނޑުފުނޑުވެގެން ހިގައްޖެއެވެ. ހުރިހާ ނިކަމެތިކަމެއް މިލިބެނީ ކިނާންއަށެވެ.

“..އަހަރެން ނޫޅެން ގޮތަކަށް..” އަހަރެންގެ އަޑުވަނީ ބެދިފައެވެ. “..މަންމައަށް އިނގޭނެ އަހަރެން ގޮތަކަށް އުޅުންނަމަ.. ކައިލްއަށް ހުރިހާކަމެއް އެނގިހުރެ ކީކޭތަ ތިކިޔަނީ..”

“..ޔޫ ޝަޓް އަޕް..” ކައިލް އަހަރެންނާ ދިމާއަށް އިނގިލި ދިއްކޮށްލަމުން ބުންޏެވެ. “..ކަލޭ ކަމެއް ނުކޮށް ހުއްޓާ ބަލި ޖެހިފަ ތިއޮތީ.. އޭނ..”

ކައިލްއަށް މިހުރީ ކިހިނެއްވެފަބާއެވެ. އަހަރެންނަށް ބަލިޖެހުނީ ކައިލްގެ ފުށުންކަން އޭނައަށް ނޭގެނީހެއްޔެވެ؟ ނޫނީ އެމަޅިން އޭނާ ސަލާމަތްވުމަށްޓަކައި މަންމަ ކައިރީ ދޮގުތަކެއް ހަދަނީ ހެއްޔެވެ؟

“..ނޫން..ކައިލް.. ތީ އޮޅުމެއް..” އަހަރެންގެ ފެންކަޅިވެފައިވާ ދެލޮލުން ކައިލްއަށް ބަލާލަމުން ދެއަތަށް ބޯހޫރުވާލެވުނެވެ. “..ކައިލް ކީއްވެ އަހަރެން ބަދުނާމް ކުރަނީ.. އަހަރެން ކައިލްއަކަށް ބޭވަފާތެރިއެއް ނުވަން.. ކައިލްއަށް އެކަން ހަމަ ރަނގަޅަށް އެނގޭނެ..”

“..އެތެދެއް ދަރިފުޅާ..ދަރިފުޅަށް އޮޅިގެން ތިއުޅެނީ.. ލޫޝާ ނޫޅޭ ގޮތަކަށް..” މަންމަ އަހަރެންގެ ބުރިކަށީގައި ފިރުމާލިއެވެ. “..ރުޅި މަޑުކޮށްފަ ވިސްނާލަބަ..ކޮންމެވެސް މީހަކު ދޭތެރެ ޖައްސަން އެއްޗެހިތަކެއް ކިޔައިގެން ތިއުޅެނީ..”

“..މީހަކު އެއްޗެއް ކިޔައިގެން އަހަރެން ނޫޅެން..” ކައިލް ވަގުތުން ބުންޏެވެ. “..މަންމަ އަހާބަލަ އޭނަ ކައިރީ ކޮންކަހަލަ ބައްޔެއް ޖެހިގެންތޯ ތިއުޅެނީ..”

“..ދަރިފުޅާ..” މަންމަގެ އަޑުގައިވަނީ އާދޭހެވެ. “..ތިކަހަލަ އެއްޗެހި ހިތަށް އަރުވަންވެސް ހެޔޮނުވާނެ.. ލޫޝާއަށް ޖެހިފައިވަނީ ރޯގާއެއް.. މަންމައަށް އެނގޭއެކަން..”

“..މަންމަ އަހާބަލަ އެއްފަހަރު ނަމަވެސް..” ކައިލް އަނެއްކާވެސް ބުނެލިއެވެ. “..އަހާބަލަ އެޗްއައިވީ ގެ އަސަރު ފެނިފަނުވޭތޯ..”

އަހަރެންނަށް މަންމަގެ މޫނަށް ބަލާލެވުނެވެ. އެމޫނުމަތިންވެސް ފެންނަނީ ހިތާމައިގެ އަސަރެވެ. ލޮލުގެ ތެރޭގައިވެސް ވިދުމެއް ހުއްޓެވެ. ކައިލްގެ ސަބަބުން މަންމަގެ ހިތުގައި ޖެހިފައިވާވަރު އެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހެކިދެއެވެ. މަންމައަށް ކައިލް ދައްކާ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް އެކުލެވިގެންވާކަން އެނގޭހިނދު އެކަރުނަތައް އޮހިގަންނާނެކަން ކަށަވަރެވެ.

މަންމަ އަހަރެންގެ މޫނަށް ބަލަހައްޓައިގެން ހުރީ އެވާހަކަ ދުލުކުރިޔާ ހަމައަށް ނައިސްގެން ކަންނޭގެއެވެ. ކައިލް އަނެއްކާވެސް މަންމަ ކައިރީ އެހުމަށް އެދުނެވެ. ހަޤީޤަތް އެނގޭހިނދު މަންމައަށް ގޮތެއްވެދާނެތީ އަހަރެން ކަންބޮޑުވިއެވެ. ކައިލްއާ ދިމާއަށް ބަލާލަމުން ދެފަރާތަށް ބޯ ހޫރުވާލެވުނީ ތިހެން ނަހަދާށޭ ބުނާ ހާލުގައެވެ. ކައިލް މޫނު އަނބުރާލީ ރުޅިވެރިކަމާއެކުއެވެ.

“..އެއީ ތެދެއްތަ؟..” މަންމަ މަޑުމަޑުން އެހިއެވެ. އަހަރެންނަށް އިސްޖަހާލެވެނުވެ. އެޔާއެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގެންފިއެވެ. އަހަރެންގެ ހަށިގަނޑުން އެޗްއައިވީގެ އަސަރު ފެނިފައިވާ ވާހަކަ ބުނާނީ ކިހިނަކުން ހެއްޔެވެ؟ ނަމަވެސް ނުބުނެ ހުރެވޭކަށްވެސް ނެތެވެ. މަންމަ ކައިރީ ދޮގެއް ހަދާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. މަންމަ އަހަރެންގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އަހަރެންނަށް ގިސްލެވެން ފެށުނެވެ. އިސްއުފުލާ މަންމަގެ މޫނަށް ބަލާލަމުން ބޯ ޖަހާލީމެވެ. މަންމަ އަނގަމަތީ އަތްއަޅާލަމުން ފަހަތަށް ޖެހިލީ ތީ ދޮގެކޭ ބުނެލަމުންނެވެ. އަހަރެންނަށް މަންމައަށް ގޮވާލަމުން މަންމައާ ދިމާއަށް ފިޔަވަޅުތަކެއް އަޅާލެވުނެވެ. މަންމަ ލޮލުގެ ތެރޭގައި ރައްކާކޮށްފައިވާ ކަރުނަތައް އޮހިގަތީ އެވަގުތެވެ.

“..އަހަރެންނަށް މިފެންނަނީ ހުވަފެނެއް.. ހުވަފެނެއް..” މަންމަގެ ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ދެކޮޅަށް ދެކޮޅަށް ބޯހުރުވާން ފެށިއެވެ. ހުވަފެނަކުން ހޭލުމަށް މަންމަ މަސައްކަތްކުރާކަހަލައެވެ. ކައިލް އައިސް މަންމަގެ ދެކޮނޑުގައި ހިފަހައްޓާލަމުން ތަޅުވާގަތީ މަންމައަށް ގޮވާލަމުންނެވެ. އެޔާއެކު މަންމަ ކައިލް ގައިގައި އޮޅުލައިގެންފިއެވެ. މަންމަގެ ރުއިމުގެ އަޑު ގަދަވެގެން ދިޔައެވެ.

މަންމައަށް އަދި އެއެނގުނީ ވާހަކައިގެ އެއްބަޔެވެ. ކައިލްވެސް ވަނީ ބަލީގެ ޝިކާރައަކަށް ވެފައިކަން އެނގުމުން މަންމައަށް ވާނީ ކިހިނެއްބާއެވެ. މަންމައަށް އެހިތި ހަޤީޤަތް ބަރުދާސްތު ކުރެވިދާނެބާއެވެ؟ އަހަރެންގެ ހިތް ބިރުގަންނަން ފެށިއެވެ. ހާސްވާގޮތްވިއެވެ. ނަމަވެސް އެއީ މަންމައަށް ކޮންމެހެންވެސް އެނގެންޖެހޭނެ ހަޤީޤަތެކެވެ. އެވާހަކަތައް ބުނުމަށް އަހަރެންގެ ސިކުނޑި ވިސްނާދިނުމުން އަނގަހުޅުވާލި ނަމަވެސް ދުލެއް ހަރަކާތެއް ނުކުރިއެވެ.

“..މަންމާ ހުއްޓާލާ..” ކައިލް މަންމަގެ ބުރަކަށީގައި ފިރުމަމުން ވާހަކަ ދެއްކިއެވެ. “..މަންމާ ހިތްވަރުކުރޭ.. މިއޮއް ހުރިހާ ދުވަހަކު ލޫޝާ މަންމަ ގެންގުޅުނީ ކަނުބަނދެގެން.. ނަމަވެސް އެއްވެސް ކަމެއް އަބަދަކު ސިއްރެއް ނުވާނެ.. އެގޮތުން މިއޮތީ އޭނާގެ ހަޤީޤަތް މުޅި ދުނިޔެއަށް ހާމަވެފަ.. އެކަމާ މަންމަ ހިތާމަ ކުރާނެ ކަމެއް ނެތް.. މަންމަ އުފާކުރޭ މަންމަގެ ދަރިފުޅު އެބަލިން ސަލާމަތްވީތީ.. އަހަރެންނަށް ރާއްޖެއިން ބޭރަށް ދެވުންކަން އެއީ އަހަރެންގެ ނަސީބު..”

ކައިލް ޤަސްދުގައި އަހަރެން ބަދުނާމްކުރަމުން ދަނީކަން ޔަޤީންވި ހިނދު އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޤަބޫލްކުރަން އުނދަގޫވިއެވެ. ކައިލް ބޭނުންވި ނަމަ މަންމައަށް އެކަންތައް ސިއްރުކޮށްގެން އުޅެވުނީހެވެ. ދެމީހުންނަށް މަރުދުވަހާ ހަމައަށް ކިނާންއަށް ލޯބިދީގެން ދިރިއުޅުމައިގެން ކުރިޔަށް ދެވުނީހެވެ. ނަމަވެސް ކައިލް ކުށްވެރިއެކުރީ އަހަރެންނެވެ. ކައިލްގެ މަޤުޞަދަކީ ކޮބައިބާއެވެ؟ އަހަރެންގެ ކުށެއް ނެތިސް އަހަރެން ކުއްވެރިއަކަށް ހެދީ ކޮން ބޭނުމަކު ހެއްޔެވެ؟

“..އެހެންވީމަ ލޫޝާ ޖެހޭނީ މިގޭން ނުކުމެގެންދާން..” ކައިލް މަންމަ ދުރުކޮށްލަމުން އަހަރެންނަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. ކައިލް ބާރު ހިނގުމުގައި ގޮސް ކޮޓަރިއަށްވަނެވެ. މަންމަ ރޮމުން ރޮމުން ސޯފާގައި އިށީނެވެ. އަހަރެންހުރީ މަންމައަށް ގޮވާލަންވެސް ނުކެރިފައެވެ.

ކައިލް ކޮޓަރިން ނުކުތީ އަހަރެންގެ ފޮށިހިފައިގެންނެވެ. އޭނާ ބާރު ހިނގުމުގައި އަހަރެންނާ ދިމާއަށް އަޔެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ.

“..ކަލެޔަށް ތިބަލި ޖެއްސިމީހެއްގެ ކައިރިއަށް ދޭ..” ކައިލް އަހަރެންގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ގެއިން ނެރުމަށް ހިނގައިގަތެވެ. އެވަގުތު ލޫޠު އައިސް އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.

“..ދޮނާގެ އަތުން ހަމަ މިހާރު ދޫކޮށްލާ..” ލޫޠު ހަރުކަށި ރާގެއްގައި ބުނެލިއެވެ.

“..ލޫޠު..” ކައިލް ވާހަކަ ދެއްކުމަށް އަނގަހުޅުވާލި ނަމަވެސް ލޫޠު އަތުގެ އިޝާރާތުން ހިމޭންވުމަށް އަމުރުކުރިއެވެ.

“..އައި ސެޑް ލީވް ހަރ ހޭންޑް..” ލޫޠު ތަންކޮޅެއް ބާރަށް ބުނެލިއެވެ. އަހަރެންނަށްވެސް ސިހުމެއްލިބުނެވެ. ކައިލް އަހަރެންގެ އަތުން ދޫކޮށްލިއެވެ.

“..އަދި މަންމައަށް އެނގެންޖެހޭ އެހެންކަމެއްވެސް އެބައޮތް..” ލޫޠު މަންމައާ ދިމާއަށް އެނބުރުނެވެ. “..މަންމައަށް ތި އެނގުނީ ހަޤީޤަތުން ބަޔެއް..”

މަންމަ އިސްއުފުލާލަމުން ލޫޠުގެ މޫނަށް ބަލާލިއެވެ. ލޫޠު ބޯޖަހާލިއެވެ. އަދި މަންމައާ ދިމާއަށް ހިނގައި ގަތެވެ. އެވަގުތު ކައިލްގޮސް ލޫޠުގެ ކުރި މައްޗަށް އެރިއެވެ.

“..ލޫޠު..މަށަށް އިނގޭ ތި ދައްކަން އުޅޭ ވާހަކަ..” ކައިލް ބުނެލިއެވެ. “..ތި ހީކުރެވެނީ ރަނގަޅަކަށް ނޫން..”

“..ޔޫ ޝަޓް އަޕް..” ލޫޠު އިނގިލި ދިއްކޮށްލަމުން ބުނެލިއެވެ. އެޔާއެކު ކައިލް ހިމޭންވެލިއެވެ.

އަހަރެން ދުރުގައި މަންޒަރު ބަލަންހުރީ ހަޤީޤަތް އެނގުމުން މަންމައަށް ވާނެ ގޮތަކާމެދު ވިސްނަމުން ރޯށެވެ. ލޫޠު ދައްކަން އުޅޭ ވާހަކަ ހުއްޓުވާކަށް އަހަރެން ބޭނުމެއް ނޫނެވެ. މަންމައަށް އަހަރެންގެ އެއްވެސް ކުށެއް ނެތްކަން އެނގެންޖެހޭނެއެވެ.

“..މަންމާ.. ފުރަތަމަ އަހަރެން ބުނަން ބޭނުމީ އަހަރެންނަށް އިއްޔަ ދޮގު ހެދުނީތީ މާފުކޮށްދޭށޭ..” ލޫޠު ވާހަކަ ދައްކަމުން ދިޔައީ މަޑުމައިތިރި ކަމާއެކު އެވެ. “..ކައިލް އެބުނިހެން ދޮނާގެ ހަށިގަނޑުން އެޗްއައިވީ ފެނިފަވަނީ.. ނަމަވެސް ދޮނާއަށް އެހެންވީ ދޮނާ ގޮތަކަށް އުޅެގެނެއްނޫން.. ދޮނާއަކީ ގޯސްކޮށް އުޅޭނެ މީހެއްނޫން.. އުޅުނު މީހެއްވެސް ނޫން.. ހަޤީޤަތަކީ ދޮނާއަށް އެބަލިޖެހުނީ ޚުދު ދޮނާގެ ފިރިމީހާގެ އުޅުން ވިޔާނުދާ ކަމުގެ ސަބަބުންކަން.. މިބުނީ މިހިރި ކައިލްގެ ހަށިގަނޑުންނޭ އެވައިރަސް ދޮނާގެ ހަށިގަނޑަށް ވާސިލްވެފަ އެހުރީ..”

މަންމައަށް ލިބުނު ހައިރާންކަމާއެކީ މަޑުމަޑުން ކޮޅަށް ތެދުވީ ކައިލްއަށް ބަލަމުންނެވެ. ކައިލް ދެއަތަށް ބޯ ހޫރުވާލަމުން ލޫޠުއާ ދިމާއަށް ކަޅިއަޅާލިއެވެ.

“..އެއީ ދޮގެއް މަންމާ..” ކައިލް މަންމަގެ އަތުގައި ހިފާލިއެވެ. “..އަހަރެން ހަށިގަނޑަކު އެ ބައްޔެއް ނެތް..”

“..ކަލޭގެ ހަށިގަނޑުގަ އެބަލި ނެތީވިއްޔާ ދޮނާގެ ހަށިގަނޑަކުވެސް އެބައްޔެއް ނެތް..” ލޫޠު ވަގުތުން ބުންޏެވެ. މަންމައަށް ޤަބޫލްކުރާނެ ވާހަކައެއް ނޭގިގެން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.

“..ލޫޝާގެ ރިޕޯޓްތަކުން އޭނަގެ ހަށިގަނޑުން އެވައިރަސް ހުރިކަމަށް ދައްކާ..” ކައިލް ލޫޠުއަށް ބަލާލަމުން ބުންޏެވެ. “..މަ ސާބިތުކޮށްދީފާނަން މަ ހަށިގަނޑުގައި އެޗްއައިވީ ވައިރަސް ނެތްކަން..”

ކައިލް ބާރަށް ހިނގާލާފައި ދިޔައީ ފާރުކައިރީ ހުރި ފޮށިތަކާ ދިމާއަށެވެ. އެތަނުގައި ބައްޕަގެ ފޮއްޓާއި ކައިލްގެ ފޮށި ބަހައްޓާފައި ހުއްޓެވެ. ކައިލް އުޑުފައިން އިށީންނަމުން އޭނާގެ ފޮށި ހުޅުވާލިއެވެ. އަދި އޭގެ ތެރެއިން ސިޓީ އުރައެއް ނެގިއެވެ. ސިޓީ އުރަ ކަނޑާލަމުން އޭގައި ހުރި ގަނޑުތަކެއް ނެގިއެވެ. އަދި ހިނގާލައިފައި އައިސް ލޫޠުގެ އަތަށް ދިއްކޮށްލީ ބަލާލަބަލާށޭ ބުނަމުންނެވެ. ލޫޠު ގަނޑުތަކުގައި ހިފަމުން އޭގައި ހުރި އެއްޗެއް ބަލާލިއެވެ. އެޔަށްފަހު އަހަރެންނާ ދިމާއަށް ބަލާލިއެވެ.

“..ޔަޤީން ވެއްޖެއްނުން..” ކައިލް ވާހަކަ ދައްކަންފެށީ ބާރަށެވެ. “..ތީ ލޫޝާ އެޗްއައިވީއަށް ޕޮޒިޓިވްކަން އެނގުނީމާ އަހަރެން އިއްޔެ ހަދާފައިވާ ޓެސްޓްތަކުގެ ނަތީޖާ.. ތީގަ ސާފުކޮށްލިޔެފަ ތިއޮތީ އެކަހަލަ ވައިރަހެއް އަހަރެންގެ ހަށިގަނޑުގަ ނެތްކަން.. އަދިވެސް ބުނާތި ލޫޝާއަށް އެބަލިޖެހުނީ އަހަރެންގެ ފުށުންނޭ.. ތި ރިޕޯޓްތައް ފޭކުހެން ހީވަންޏާ އިތުރަށް ޔަޤީންކޮށްލަން ބައްޕަ ކައިރިން އަހާ.. މީގެ ހަފްތާއެއްހާ ދުވަސްކުރިން ބައްޕަގެ ރައްޓެއްސަކަށް އަހަރެން މިހުރީ ލޭދީފަ.. ޤަބޫލް ނުކުރެވެންޏާ މަންމަވެސް ބައްޕަގެ ކައިރިން އަހާލާ.. ހަޤީޤަތަކީ މަގޭ ލޯބިން އުޅުން އަނބިމީހާ އެހެން ފިރިހެނުންނާ ނަހަމަ ގުޅުން ހިންގަމުން ދިޔަކަން.. މަންމައަށް ނޭގުނަސް ލޫޠުއަށް ނޭގުނަސް ހަޤީޤަތަކީ މީ.. އަހަރެންގެ ނަސީބު ރާއްޖޭގައި ނެތްކަން.. އެހެންނޫންނަމަ އެވައިރަސް އަހަރެން ހަށިގަނޑަށްވެސް ވަނީސްކަންނޭގެ.. އަހަރެންނަށް ޤަބޫލްކުރެވޭ ގޮތުގައި އޭނާއަށް ތިބަލި ޖެހުނީ ރަށަށް ގޮސް އުޅުމުގެ ތެރޭގައި.. ތިރަށުގައި އުޅުން އިރު ބަލިޖެހިފަ ހުރި މީހަކާ އެކީ..”

“..ޝަޓް އާރރރޕް…” ލޫޠުގެ އަޑު ހޮނުގުގުރިއެއްހާ ބާރަށް ސިޓިންގ ރޫމްތެރޭގައި ގުގުމާލިއެވެ. “..ކަލޭ ލަދެއްވެސް ނުގަނޭތަ ތިކަހަލަ ވާހަކަ ދައްކާކަށް.. މަ ލަދުގަނެއްޖެ ތިކަހަލަ ފިރިހެނަކާ ދޮނާ އިނދެގެން އުޅުނީތީވެސް.. އަދި ބުނަން މަށެއް މިރިޕޯޓްތަކެއް ޤަބޫލެއް ނުކުރަން.. ކަލޭ ހީނުކުރާތި ކަލޭ ދައްކާ ކޮންމެ ވާހަކައެއް އަހަރުން ޤަބޫލްކުރާނޭ.. ކަލޭ ތި ކުޅޭ ކުޅިގަނޑުގެ ހިތި ކަލެޔަށް ވަރަށް ރީއްޗަށް ފެންނާނެ.. ހަނދާންކުރާތި..”

ލޫޠު ބާރު ހިނގުމުގައި އައިސް އަހަރެން އަތުގައި ހިފާލަމުން ފޮށި ހިފައިގެން ގެއިން ނުކުތުމަށް ހިނގައި ގަތެވެ. އަހަރެން ފަހަތް ބަލާލީ އަހަރެން ކައިރީ މަޑުކުރުމަށް ބުނެލާތޯއެވެ. މަންމަވެސް އަނގައިން ނުބުނެ ބަލަހައްޓައިގެން އިނީއެވެ. އަހަރެންނަށް ދޮރާ ހަމައަށް ދެވުންއިރު ބައްޕަ ކިނާން ގޮވައިގެން ގޭތެރެއަށް ވަންނަނީއެވެ. އަހަރެން ލޫޠުގެ އަތް ފޮޅުވާލަމުން ކިނާން އުރާލުމަށް ބައްޕައާ ކައިރި ވެލީމެވެ. އެވަގުތު ކައިލް އައިސް ބައްޕަގެ އަތުން ކިނާން ޖަހައިގަތެވެ.

“..ކަލޭ ދާތާކަށްދޭ.. މީނަ ގައިގައި އަތްލައިގެން ނުވާނެ..” ކައިލް ބުނެލިއެވެ. “..ތިކަހަލަ މަންމައެއް ކިނާންވެސް ބޭނުމެއް ނުވާނެ..”

“..ނޫން ކައިލް..ތިހެން ނުބުނޭ..” އަހަރެންނަށް ދެކޮޅަށް ބޯހޫރުވާލެވުނެވެ. “..އަހަރެންނަށް އެއްފަހަރު ނަމަވެސް އެސޮރު އުރާލަންދީ.. ހެޔޮނުވާނެ..”

“..މަމި ބުނީނުން އަތްލައިގެން ނުވާނޭ..” އަހަރެން ކައިލްއާ ކައިރިއަށް ޖެހިލުމާއެކު ކައިލް ހަޅޭލަވައިގަތެވެ. އެޔާއެކު ކިނާން އަޑުން އަޑުނަގާ ރޯންފެށިއެވެ.

“..ހެޔޮނުވާނެ.. ކައިލް.. އެންމެ ފަހަރަކު..” އަހަރެންނަށްވެސް ރޮވިއްޖެއެވެ. ކައިލް ކިނާން ގޮވައިގެން ކޮޓަރިއަށް ވަދެގެން ދިޔައީ ކިނާން އަހަރެން ކައިރިއަށް އައުމަށް ރޮއެރޮއެ އޮއްވައެވެ.

“..ދޮނާ ހިނގާދާން..” އަހަރެން އިސްޖަހާލައިގެން ހުރެ ލޫޠުއާއެކު ގެއިން ނުކުތީ އެތައްއިރަކު ކިނާން ރޯ އަޑު އެހުމަށް ހުރުމަށްފަހުގައެވެ.

***********

އަހަރެން މަގުމައްޗަށް ނުކުމެވުންއިރުވެސް ގިސްލެވެމުން ދިޔައެވެ. ލޫޠު ހުއްޓާލުމަށް އެތަކެއް ފަހަރަކު އެދުނު ކަމުގައިވިޔަސް އަހަރެންނަށް އެކަމެއް ނުވިއެވެ. ކައިލްގެ ކިބައިން ސަލާމަތްވީތީ އުފާކުރަންޖެހޭ ކަމަށް ލޫޠު ބުނަމުންދިޔައެވެ. އެކަމާ ހިތާމަ ނުކުރުމަށް އެދެމުންނެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށް ބުނަމުން ލޫޠު އަހަރެންނަށް ހިތްވަރު ދެމުންދިޔައެވެ. ނަމަވެސް އަހަރެންނަކަށް އެބަސްތަކަކުން ހިތްވަރެއް ނުލިބުނެވެ. އަހަރެންގެ ބަދުނަސީބުވެރިކަން ހިތަށް އަރާކޮންމެ ފަހަރަކު އެތަކެއް ކަރުނަތިކެއް ލޮލުގެ ތެރެއިން ފައިބާ ގަނެއެވެ. މީ އަހަރެން އުންމީދުކުރި ދިރިއުޅުމެއް ނޫނެވެ. އަހަރެން ކައިލްއާ އިނީ މިދުވަސް ދުށުމުގެ ބޭނުމަކު ނޫނެވެ. ޔުމްނުގެ ކިބައިން ކައިލް ސަލާމަތްކުރުވީ އުމުރު ދުވަހަށް އެކީ އުޅުމަށްޓަކައެވެ. ކިނާންއަށް ބައްޕައަކާއި މަންމައެއްގެ ލޯބި ދިނުމަށްޓަކައެވެ. ނަމަވެސް މިއަދު މިވަނީ ކިނާން މަންމައެއްގެ ލޯބިން މަހުރޫމްވެފައެވެ. އަހަރެންނަށް ދެން ދުވަހަކުވެސް ކިނާން ނުފެންނާނެއެވެ. ކިނާން އަހަރެން ހޯދުމަށް ރޯނެވަރު ހިތަށް އެރުމާއެކު އަހަރެންގެ ގިސްލުމުގެ އަޑު ބާރުވެގެން ދިޔައެވެ. އަހަރެންނަށް އަނގަމަތީ އަތް އަޅާ ބާރުކޮށްލެވުނުއިރު ކަރުނަތަކުން ކޯތާފަތް ތެންމަމުން ދިޔައެވެ. އަހަރެންގެ ހަށިގަނޑު ބާރު ދޫވާހެން ހީވުމާއެކު ފާރުގައި ލައްގަނެވުނެވެ. އަދި ދެލޯ މަރާލެވުނެވެ.

“..ހިނގާދާން..” ލޫޠު ބުނިއަޑު އިވުނެވެ. އަހަރެން މަޑުމަޑުން ލޯ ހުޅުވާލީމެވެ.

“..ކޮންތާކަށް..” އަހަރެން ކަރުނަތައް ފޮހެލަމުން އަހައި ލީމެވެ.

“..ގެސްޓް ހައުސްއަކަށް ހިނގާ..” ލޫޠު އަހަރެންގެ އަތުގައި ހިފާލަމުން ހިނގައިގަތެވެ.

“..ހިނގާ އަހަރުން ގެޔަށް..” ފަހަތުން ފިރިހެނެއްގެ އަޑުއިވުނެވެ. ބަލާލިއިރު ނީލް އަހަރުމެންނަށް ބަލަހައްޓައިގެން ހުއްޓެވެ. ނީލްއަކީ ރަށު ކުއްޖެކެވެ. އަހަރެންނާއި ލޫޠުގެ ކުލާސް މޭޓެކެވެ. އަދި އެހެންމެ ނީލްއަކީ ވަރަށް ގާތް އެކުވެރިއެއްވެސް މެއެވެ. އަހަރުމެންނަށް ޖެހޭ ކޮންމެކަމެއްގައި އޭނާ ހެޔޮހިތުން އެހީތެރިވެދެއެވެ.

“..ކޮބާ.. ލޫޝް ޑޮކްޓަރ ބުނީ ކީކޭ..” ނީލް އެހިއެވެ. “..ހުރިހާ ކަމެއްވެސް ރަނގަޅުތަ؟..” އަހަރެން ޑޮކްޓަރއަށް ދެއްކުމުގެ ހުރިހާކަމެއްވެސް ހަމަޖައްސައިފައިވަނީވެސް ނީލްއެވެ.

އަހަރެންނަށް ބަލާލެވުނީ ލޫޠުއަށެވެ. ލޫޠު ގަދަކަމުން ހިނިތުންވެލީއެވެ. ނީލް އިތުރައް އެއްވެސް އެއްޗެއް ނާހައެވެ. އިތުރު ސުވާލެއްވެސް ކޮށްނުލައެވެ. ވެގެން އުޅޭގޮތެއް އޮޅުންފިލުވުމުގެ ބަދަލުގައި އޭނާ އެދުނީ އެގެޔަށް ދިޔުމަށެވެ. ނީލްއަށް ހުރިހާކަމެއް އެނގޭ ކަހަލައެވެ. ނޫނީ އަހަރެންގެ ފޮށި ހުރުމުން އޭނާއަށް ވެގެން އުޅޭގޮތް އެނގުމުން ސުވާލްނުކުރީއެވެ.

އަހަރުމެން މިތިބީ މަގުމަތިވެފައެވެ. އާއިލާ މީހަކު މާލެއަކު ނޫޅެއެވެ. ގެސްޓް ހައުސް އެއްގައިވެސް މާގިނަ ދުވަހު ހުންނަންޖެހިއްޖެނަމަ އަތްމަތި ހުސްވެދާނެއެވެ. ލޫޠުއަކީ ވަޒީފާ އަދާކުރާމީހެއް ނޫނެވެ. އޭނާ އަތުގައި ހުންނާނީ ބައްޕަ މަހަށްގޮސްގެން ލިބޭ އެއްޗަކުން ފޮނުވާ ލާރިއެކެވެ. އެހެންކަމުން ނީލްއާއެކު އެގެޔަށް ދިޔުމަށް ލޫޠު ނިންމިއެވެ.

“..ނީލް.. ތޭންކްސް..” ލޫޠު ބުނެލިއެވެ. ނީލް ހިނިތުންވެލަމުން ލޫޠުގެ ބުރިކަށީގައި ޖަހާލީ “އެނީ ޓައިމް” އޭ ބުނެލަމުންނެވެ. ތިންމީހުން އެކީގައި ހިނގައިގަތެވެ. ނީލްއާއި ލޫޠު ކުރީގައި ހުރި އިރު އަހަރެންހުރީ ފަހަތުގައެވެ. އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ލޫޠު ވަކި ހިސާބަކަށް ހިނގުމަށްފަހުގައި ހުއްޓުނެވެ.

“..ނީލް.. މިފޮށި ހިފައިގެން ގޮސްދީބަލަ..” ލޫޠު އެދުނެވެ. “..އަހަރެން ދާނަން ދޮނާގެ ޓެސްޓްތަކެއް ހަދަން ހޮސްޕިޓަލްއަށް ގޮސްލާފަ..”

“..އޯކޭ..” ނީލް ފޮށި ހިފައިގެން ހިނގައިގަތެވެ.

“..ކޮން ޓެސްޓް އެއް..” އަހަރެންނަށް ސުވާލްގެ ނަޒަރަކުން ލޫޠުއަށް ބަލާލެވުނެވެ.

“..އަހަރެން ބޭނުން ޔަޤީންކޮށްލަން ދޮނާގެ ހަށިގަނޑުގަ އެޗް އައި ވީ ވައިރަސް ހުރިތޯ..” ލޫޠު ބުނެލިއެވެ. “..މިކަމުގަ ނުބައެއް އެބައުޅޭ.. ދޮނާ ނޫނީ ކައިލްގެ ރިޕޯޓްތައް ނުބައި.. ނުބައީ ކާކުގެ ރިޕޯޓްތަކެއްތޯ ޔަޤީންކުރަން އަހަރެން ބޭނުންވަނީ..”

އަހަރެންނަށް ޤަބޫލްކުރޭ ގޮތުގައި ނުބައީ ކައިލްގެ ރިޕޯޓްތަކެވެ. ކައިލް އެވަނީ މަންމަގެ ލޮލުގައި އަނދުނެއް އަޅުވަން “ފޭކް” ރިޕޯޓްތަކެއް ހަދާފައެވެ. އަހަރެންގެ ރިޕޯޓްތައް ރަނގަޅުކަމަށް ޤަބޫލްކުރެވުނީ އަހަރެންނަށް އެޗްއައިވީ ވައިރަސް ހަށިގަނޑަށް ވާސިލްވުމުން ފުރަތަމަ މަރުހަލާގައި ދިމާވާ ކަންތައްތައް މެދުވެރިވެފައިވާތީއެވެ. ނަމަވެސް އަހަރެންވެސް އިތުރައް ޔަޤީންކޮށްލުމަށް ބޭނުންވާތީ ލޫޠުއާއެކު ހިނގައިގަތީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

shan

Level 410 Stories100 Comments500 Comments100 Login

އަޅުގަނޑުގެ ވާހަކަތަކުގައި ކުށް ބަސްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ހުރުން އެކަށީގެންވެއެވެ. އެކަންތައް ރަނގަޅު ކުރުމަށް ތިޔަ ކިޔުންތެރިންގެ އެއްބާރުލުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދު ކުރަމެވެ.

Other Articles

Previous

ސާޅީސް (ދެވަނަބައި)

Next

ސާޅީސް (ތިންވަނަބައި)

Next
May 28, 2014

ސާޅީސް (ތިންވަނަބައި)

Previews
May 27, 2014

ސާޅީސް (ދެވަނަބައި)

44 Comments!

  1. greeny says:
    May 28, 2014 at 9:36 am

    next part kn iraku genesdheneee

    1. nishan says:
      May 28, 2014 at 11:18 am

      sunday ga.. in sha allah

  2. greeny says:
    May 28, 2014 at 9:36 am

    v nice ingey…….next part kn iraku genesdheneee

    1. nishan says:
      May 28, 2014 at 11:20 am

      thank you..

  3. Haxu says:
    May 28, 2014 at 9:46 am

    ey nishaan mi vanee kihiney? kurin part ah comment kuran ulhe ulhe eh gothakah comment eh nudhiya..bt dhn mi part ah mi kohli… haxu ah eyruves ingune thi kail raavaigen kuraa kameh kan.. yageene ei loosh bw falhaigen gosgen oiy iru loosh ge gayah alhaafa ehuree HIV positive leykan.. dhw… dhn v unfair n v hadi vaane loosh maru vejje aa… kobaa tha e yumnu.. eynaa ah ves ladeh dheebala.. my hakah dhera eh dhyfa vaki eynayah ufaluga ulheven jeheytha… btw v salhi mi part ves.. waiting 4 the next part n gud luk.. 🙂 <3

    1. nishan says:
      May 28, 2014 at 11:28 am

      hehe.. haxu men bo bodu kamun sihrun kameh vs kohleven neh dho 😛 mihaa avahah HIV positive vee sababu vs guess kohli viyya thi.. 😉 hehe.. dont worry abt yumnu eyna ah hithun filuvaalan undhagu vaa varuge landeh dheynan .. thanx vaahaka kiyAaalithi.. unmeedhu kuran vaahaka nimen dhen kiyaane kamah.. mihaaru nimumakaa hama ah dhany mii.. 3 more parts left .. 🙂

  4. bubbles says:
    May 28, 2014 at 10:17 am

    Mashaa allah v v nice mi part ves.. aslu loosh akah aids.eh nujehey dhw.. eiy hama kail n yumnu ge reyvumeh dhw.. yumnu n kail ah ladeh dhyba.. thimaa.feyhunu iloshi gadu thimaa ge lolah haraalaba.. eyrun dhn mi story reethi vaanee..

    1. nishan says:
      May 28, 2014 at 11:42 am

      loosh ah jehifa huri kameh noon kameh engeyni test thah hadhaali ma.. nishan ge vs unmeedhakii loosh ah rangalhu gotheh vun.. and dont worry abt yumnu eyna ah varu gadha filaa valheh nagai dheynan.. thank you 🙂

  5. naj says:
    May 28, 2014 at 12:37 pm

    🙁 🙁 🙁 🙁 🙁 🙁 🙁 ….. hiyy halaakuvehje nishaan .. hmm .. 3 more parts dhw.. dhn e thin part there ga .. loosh ah HIV nujehey kmaaa.. kail aa yumnu basuve.. dhn kinaan vess loshah libeyne.. dhn manma ah vess hagee gai engii .. loosh ah ufaaveri dhiri ulhumeh libeyynyy…. v v v v v nice mi part vess .. hama neyva hifahah tailaigen indhe mi part vess mi kiyaalyy.. khaan ah vuree vess maa reethi .. maa furihama .. next part kon irakun ?? .. keep up the gud work nishaan 🙂 🙂 🙂 😉

    1. nishan says:
      May 28, 2014 at 2:36 pm

      naj thanx for the lovely comment 😀 naj men ufaa vaakahala gothakah ninmaaleveytho varah masahkaiy kurAAnan.. vAahaka nimeynii makareh hadhaafa othiyya ekameh vs falhaa araigen.. and next part sunday ga up koh dheyna .. 🙂

  6. naj says:
    May 28, 2014 at 12:39 pm

    n mi pic v v v nice 🙂

    1. nishan says:
      May 28, 2014 at 2:43 pm

      thanx..

  7. zeek says:
    May 28, 2014 at 12:46 pm

    Vara reethi vaahaka a.

    1. nishan says:
      May 28, 2014 at 2:53 pm

      Thank you zeek..

  8. zeek says:
    May 28, 2014 at 12:50 pm

    Ummeedh kuran next part vara intrestin vaane kama.vara reethi mi part ves.

    1. nishan says:
      May 28, 2014 at 2:55 pm

      kiyuntherin shauguverivaa kahala gothakah genes dheveytho masahkaiy kuraanan.. 10x

  9. maikkkkkko says:
    May 28, 2014 at 2:50 pm

    vaahaka v rythi.Mihaaru adhi v rythi hisaabakah gossi.V avahah vaahaka ge aneh bai neruhvaa fihyyaaa shukuruveri vaanun.

    1. nishan says:
      May 28, 2014 at 2:59 pm

      Thank you maikkko.. Next part on Sunday ..

  10. roxe says:
    May 28, 2014 at 2:54 pm

    kyle gekarubudu ga hithi raha nulanees mashah hama nidhi nulibeyne…..i hate him so much….mashah heevany loosh ah aids nujehey hen aslu..

    1. nishan says:
      May 28, 2014 at 3:12 pm

      Hehe.. Nishan ah vs heevey Loosh ah aids nujehey hen.. Kyle aa medhu Bunaane ehcheh neyge.. Thanx vaahaka kiyaalithii..

  11. bubbles says:
    May 28, 2014 at 3:22 pm

    Inthizaarey othy hiy edheytheee.. 😉

    1. nishan says:
      May 29, 2014 at 9:31 am

      inthizaaru ge nimun fonivaane in shaa allah..

  12. sem says:
    May 28, 2014 at 8:29 pm

    E fake reporteh..

    1. nishan says:
      May 28, 2014 at 9:49 pm

      E hama real 😉

  13. Yashaa says:
    May 28, 2014 at 11:18 pm

    pis pis pis.. haadha goheyy dw Kail.. Yumnu a gos hus vefa huryma amilla dharifulhu ge mum a dheveyy a aniyaa e vx nufeneyy dw.. atleast feel e vx nuveyynu.. Yash a v v v nice Nishant genes dhyfa oi goi.. Keep it up.. Can’t wait for next part :p

    1. nishan says:
      May 29, 2014 at 9:27 am

      kykuraani dho kyle kahala firihenun mi muju thamau therein vs fennamun dhany.. ekahala meehun nuvisnaane ehen meehun ge ihusaas thakaa medhu eh.. thank you YASHA 🙂

  14. hunna says:
    May 29, 2014 at 9:25 am

    ………Alhe sunday annan ulhey

    1. nishan says:
      May 29, 2014 at 9:29 am

      after two days then annaani SUNDAY 😀

  15. Anam says:
    May 29, 2014 at 10:25 am

    v salhi…

    1. nishan says:
      May 29, 2014 at 10:37 am

      thank you Anam..

  16. Dhaa. says:
    May 29, 2014 at 11:33 am

    This is the best story I’ve ever read. Waiting eagerly for the next part. keep it up. 🙂

    1. nishan says:
      May 29, 2014 at 12:02 pm

      thank you Dhaa 🙂

  17. Kaaaaaaaapl says:
    May 29, 2014 at 4:06 pm

    Hello,, Nishaaaaaantey

    1. nishan says:
      May 29, 2014 at 7:02 pm

      Helo kaaaapl

  18. Letin kaafa says:
    May 29, 2014 at 4:17 pm

    Dheloafulhaa varah rythi ingey mi baives ,, shukuriyyaa mi bai genes dhinythy.. Ingey nishaAn kokkoo,

    1. nishan says:
      May 29, 2014 at 7:06 pm

      Shukuriyya kaafa ah vaahaka kiyaalithii…

  19. Haxu says:
    May 30, 2014 at 10:33 am

    hahahha.. haxu men kuda yakas bw bodu vaane.. 😛 dhn hama mi guess kurigothah dhw vaani.. mihaaru yageen vejje guess kuri gothah kan vaani.. 🙂 hahaha.. hmmm mi vaahaka nimen dhen kiyaaname nishan e kama haas nuvebala.. hahaha.. ehen noonas thibuneenu mihaaru nimen iny gaaiy gadakah 3 part ey dhen mioh hurihaa part thah ky iru e 3 part ves kiyaanennu dhw… haha <3

    1. nishan says:
      May 30, 2014 at 3:29 pm

      Haxu ah visneyni rangalhah 😉

  20. xuvaa says:
    May 30, 2014 at 4:41 pm

    Vrah salhi story eh

    1. nishan says:
      May 30, 2014 at 5:53 pm

      Thank you xuvaa..

  21. Xaaaan says:
    May 31, 2014 at 12:28 pm

    Dhen Sunday Annan ulhebala.. Dhen ketheh nuvaane nishaan,, Sunday ga 11’vana part up kohfa 12 vana part up kuraany kon irakun

  22. nishan says:
    May 31, 2014 at 1:58 pm

    vaahaka ehkoh liye nimifa nuvaathi 12 up vaane dhuvaheh bunan varah dhathi…

  23. Xaaaan says:
    May 31, 2014 at 2:36 pm

    Ok.. Ingey nishan ,, varah busy dho midhuvaskolhu? Ehen ves vaane Kan xaan ves gaboolu kuran 🙂

    1. nishan says:
      May 31, 2014 at 3:34 pm

      Yeah busy dhuvas kolheh ..but Ehaa laheh nukuraanan inge.. Thanks

Comments are closed.

Next Episodeބަރުބާދު (އެގާރަވަނަބައި)←


All Right Reserved!