Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އެކީ 8

Ayyrie Level 110 Stories
October 6, 2018 4 Mins Read
25 Comments

އަރޫނާ ޢަލްޔާމެންގެއަށް ދާވާހަކަ ދެއްކުމުން ޔަނާލްވެސް ދާހިތްވިއެވެ. ތައްޔާރުވެލައިގެން ނިކުތްއިރު ފަހެއްޖަހަން ގާތްވެފައިވެއެވެ. އެމީހުން ނިކުތްތަން ދެކެން ކައިލްއާއި ޒީން ބެލްކަނީގައި ތިއްބެވެ. ކައިލްހުރީ އިރުއިރުކޮޅާ ފޯނާ ކުޅެލަކުޅެލައެވެ.

“ދޮންބޭ. އަދި ވާހަކައެއް އެބައޮތޭ.” ޒީން ހަނދާންވުމުން ބުނެލައިފިއެވެ. ޒީންގެ ވާހަކައަށް ކައިލްގެ ސަމާލުކަން ހުއްޓުނެވެ.

“ކޮންވާހަކައެއް؟” ކައިލްއަށް އަހާލެވުނެވެ.

“ސަޅި ބިޓަކު ސަލާންބުނީ.” ޒީން ހީނގަތެވެ.

“އޭނ؟” ކައިލްއަށް ކިޔާލެވުނެވެ. ޒީން އޭނާގެ ފޯނު ހުޅުވާލުމަށްފަހު އޭނާގެ އެކުވެރިޔަކު ފޮނުވާފައިވާ މެސެޖް ދައްކާލިއެވެ.

“ހުމާމް؟” ކައިލްއަށް ކިޔާލެވުނެވެ. “ހާދަ ދަންނަ ނަމެއްހެން ހީވެޔޭ.”

“އެއީ އެއްކަލަ ހިޒްޔާގެ ބޭބެ. ދޮންބެ ބުނީމެއްނު ކްލާސް ކުއްޖެކޭ. އާނ ދެން ކީކޭ އަހަރެން ބުނަންވީ؟” ޒީން އަހާލީ ކައިލްގެ ހިޔާލަށެވެ. ޒީން އަބަދުވެސް ކަންތައްތައް ކުރާނީ އާއިލާ މީހުންގެ ހިޔާލުގެ މައްޗަށެވެ. އޭނާ ދެކޭގޮތުގައި އަމިއްލަ ޑިޒިޝަންއެއް ނަގައިފިނަމަ އެމީހުންގެ ނުރުހުމާވެސް ކުރިމަތިލާން ޖެހޭނެއެވެ.

“ޒީން ބޭނުންނަމަ ދޮންބެއަށް އޯކޭ. އެކަމަކު ދޮންބެ އެއީ ކޮންކަހަލަ ކުއްޖެއްތޯ ބަލާލާފަ އަސްލު ޖަވާބެއް ދެވޭނީ. އަރޫގެ ފްރެންޑެއް ހުމާމްއަކީ. ޝީ ވިލް ނޯ އެބައުޓް ހިމް.” ކައިލް އޭނާގެ ވިސްނުން ހުރިގޮތް ހާމަކުރިއެވެ. ޒީންއަށްވެސް އެގޮތް ކަމުދިޔައެވެ.

“ދޮންބެ ނޫޅެންތަ ދެން ކަމަކާ. އަހަރެން ހާދަ ބޭނުމޭ ދޮންބެދައްތައެއް.” ޒީން ކައިލްއާއި ދިމާކޮށްލިއެވެ. ކައިލްގެ ލޯމަތީ ކުރެހުނީ އަރޫނާގެ ސޫރައެވެ. އޭނާއަށް ހިތްދަތިގޮތަކަށް ހިނިތުންވެލެވުނެވެ.

“ދޮންބެއަށް ކަމުދާ ކުއްޖެއް އަދިވެސް ނުފެނޭ.” ކައިލް ޒީންގާތު އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. ޒީން އަނގަގަދަކަމުން ގޮސް ޔަނާލް ނޫނީ އަރޫނާގާތުގައި އެވާހަކަ ދައްކަން ފަސްނުޖެހޭނެތީއެވެ. އޭރުން ކަންތައްތައް ވާނޭ ގޮތެއްވެސް ނޭނގެއެވެ.

“ތިއޭ ދޮންބެގެ މައްސަލައަކީ. އަބަދުވެސް ބުނާނީ ތިހެން. ކޮބާ އެއްކަލަ ލަޔާލް. އަހަރެން ދޮންބެގާތު ދެއްކި ވާހަކައާއި ބެހޭގޮތުން ވާހަކަދެއްކިންތަ؟” ލަޔާލްމަތިން ހަނދާންވުމުން ޒީންއަށް އަހާލެވުނެވެ. ލަޔާލްދެކެ ޒީން ވަރަށް ފޫހިވެއެވެ. ލަޔާލް އުޅޭ ވައްތަރުންނެވެ.

“އޭނަ ދޫކޮށްލައިފިން. އަހަރެން އެހެންވެސް ކިން. ވަރުދައްކާލާނެ ކަންނޭނގެ އަދި. ނަސީބަކަށް އެފަހަކުން ހަބަރެއް ނުވޭ. ނުވިއްޔާ ރަނގަޅީވެސް.” ކައިލްގެ އަޑުގައި ފޫހިކަން އެކުލެވިފައިވެއެވެ. ލަޔާލްގެ އަސްލު ސިފަ ފެނުމުން އޭނާ އެ ނަން އިވުމުންވެސް މިހާރު އާދެވެނީ ރުޅިއެވެ.

އަރޫނާމެންނަށް ދެވުނުއިރު ޢަލްޔާވީ ފިހާރައަކަށް ގޮހެވެ. ޔަނާލް ޖީޒާންއާއި ވާހަަކަދައްކަން އިށީނުމުން އަރޫނާގޮސް ވަނީ ޝީން އުޅުނު ކޮޓަރިއަށެވެ. ޝީންގެ ކުއްލި ވަކިވުމާގުޅިގެން އެހިތުގައި އުފެދިފައިވާ ޝައްކުތައް އަދިވެސް ފިލައިގެންނެއް ނުދެއެވެ.

ކޮޓަރިތެރެ އޮތީ އެންމެފަހުންވެސް އަރޫނާ ވަތްއިރު އޮތްގޮތަށެވެ. ޝީންމަތިން ވަރަށް މިސްވެޔޭ ފެންކަޅިވެފައިހުރެ ބުނަމުން އަރޫނާ އިށީނީ އެނދުމަތީގައެވެ. އެވަގުތު އޭނާގެ އަތުގައި އެއްޗެއް ޖެހުނެވެ. އޭނާ ތެދުވެފައި ބެޑްޝީޓް ކަހާލިއެވެ.

އެއީ ފޮތެކެވެ. ޝީން ފޮތްތައްވެސް ލަނީ އެނދަށްހޭ ހިތަށް އަރުވާލަމުން އޭނާ އެފޮތް ހުޅުވާލިއެވެ. އެއާއިއެކު އޭނާއަށް ބުމައަރުވާލެވުނީ އެއީ ޝީންގެ ޑައިރީކަން އެނގުމުންނެވެ. އޭނާ އެފޮތް ހިފައިގެން ނިކުތެވެ. އަދި ޔަނާލްއަށް ދައްކާލަމުން ގެއަށް ހިނގާށޭ ބުނެލިއެވެ.

“ހާދަ އަވަހަކަށް. އަދި އަލްއަށްވެސް ގެއަކަށް ނާދެވޭ؟” ޖީޒާން ޝަކުވާކޮށްލިއެވެ. އޭރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ އަރޫނާގެ މޫނަށެވެ. އެދެލޯ އެވަގުތުވެސް އެތަކެއް ވާހަކައެއް ދައްކަމުންދިޔައެވެ. ޖީޒާން އަދިވެސް އަރޫނާދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ލޯބި އެއީ މިއަދު ޖީޒާން ބިރުގަންނަވެސް އެއްޗެކެވެ. ޝީންފަދައިން އަރޫނާ ނިމިގެންދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެދުވަސް ދެކޭކަށް އެހިތަކަށް ކެތެއް ނުވާނެއެވެ.

“ދެން.. ނުދާންވީ؟” ޖީޒާން އެހެންބުނުމުން އަރޫނާއަށް ދެކޮޅު ހަދާކަށްވެސް ނުކެރުނެވެ. ޖީޒާން އަލްޔާ ނާންނަނީސް ގެއަށް ދިޔުމަށް އެއްބަސް ނުވުމުން އަރޫނާއަށް ގެއަށް ދެވުނީ ރޭގަނޑެވެ. ވަރުބަލިވެފައިވުމުގެ ސަބަބުން އަލަމާރިތެރެއަށް ފޮތް ލާފައި ނިދުނީއެވެ.

ޖެހިގެންއައި ހަފްތާތެރޭ ކްލާސްތެރޭ އެންމެން އެއްއަޑަކުން ދައްކަމުންދިޔައީ އެއް ވާހަކައެކެވެ. ކުރިޔަށް އޮތީ ކޮލެޖްގެ ސެމިސްޓަރ ބްރޭކްކަމުން ކޮލެޖްގެ ބައެއް ޓީޗަރުންނާ ގުޅިގެން ފަޅުރަށަކަށް ދާން ނިންމާފައިވާތީ އެވާހަކައެވެ. ޔަނާލްވެސް ފޯރީގައި އެވާހަަކަދައްކަމުން ދިޔައިރު ކައިލްވެސް ހުރީ އެކޮޅަށެވެ. ޖީޒާންހުރީ އަރޫނާގެ ޖަވާބަކަށް އިންތިޒާރުކޮށްގެނެވެ. އަރޫނާ ދާނަމަ އޭނާވެސް ހުރީ ދާގޮތަށެވެ. ނަމަވެސް އަރޫނާ ހުރީ ދާކަހަލަ މޫޑެއްގައެއް ނޫނެވެ.

“ވަޓް އިޒް ޔުއާރ ޕްރޮބްލަމް އަރޫނާ. ކްލާސް އެންމެނޭ ދަނީ. މަޖާކުރަން ލިބޭނީވެސް މިކަހަލަ ފުރުސަތެކޭ.” އަރޫނާގެ ނިންމުމާއިހެދި ހިޒްޔާ ހުރީ ރުޅިގަދަވެފައެވެ. ސަބަބަކީ އަރޫނާ ނުދަންޏާ ޖީޒާން ނުދާނަމޭ ބުނުމުންނެވެ. ޖީޒާން ހިޒްޔާ އެކުވެރިއެއްގެ ގޮތުގައި ބަލައިގަތީ އޭނާގެ އުނދަގޫ ބޮޑުވާންފެށުމުން އެކުވެރިންވެސް ކިޔަންފެށުމުންނެވެ.

“އައި ޑޯންޓް ކެއާރ. އަހަރެން ދާން ބޭނުމީ ރަށަށް. ޖީ ޔޫ ޑޯންޓް ނީޑް ޓު ވެއިޓް ފޯ މީ. ” އަރޫނާ ހިތްހަމަނުޖެހުނަސް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ.

“އައިމް ސީރިޔަސް. އަހަރެން ގޮސްފިއްޔާ އަލް ހުންނަން ޖެހޭނީ އެކަނި. އަރޫ ދަންޏާ އަލް ގޮވައިގެންވެސް ދެވިދާނެ. ސޮރީ އައި ހޭވް ނޯ ޗޮއިސް.” ޖީޒާން އިސްޖަހާލީ އޭނާގެ ކަރުނަތައް ފޮރުވުމަށެވެ. އޭނާ އެދަތުރު އަރޫނާއާއެކު ދާން ކިތަންމެހާވެސް ބޭނުމެވެ.

“ސާބަހޭ ޖީޒާން. ހާދަ މުހިންމެކޭ ޖީޒާންއަށް އަރޫނާ ތިވަނީ.” ހިޒްޔާއަކަށް މަޑަކުން ނުހުރެވުނެވެ. ހިތުގައި ހަސަދަވެރިކަމުގެ ހުޅުކޮޅެއް ރޯވީ އަރޫނާއާއިމެދު ޖީޒާން ވިސްނާވަރު ފެނިފައެވެ.

“މައިންޑް ވަޓް ޔޫ ސޭ ގާލް. އަރޫ މަށަށް މުހިންމުނުވެ ކާކު ދެން މަށަށް މުހިންމުވާނީ. އަލްއާއި އަރޫ ތިބީތީވެ އަހަރެންނަށް މާލޭގައި މިހުރެވެނީވެސް.” ހިޒްޔާގެ ވާހަކަތައް ހުރިގޮތުން ޖީޒާން ހިތްހަމައެއް ނުޖެހުނެވެ. އަރޫނާ ހުރީ ޖީޒާންގެ ވާހަކަތަކުން ހައިރާންވެފައެވެ. ޖީޒާން ހަގީގަތުގައިވެސް އަރޫނާ ގެންދަން އުޅޭތީއެވެ.

“އަރޫ. ދާނަންތަ؟ ޕްލީޒް އިޓް ވިލް މީން އަ ލޮޓް ޓު މީ އިފް ޔޫ ޑިޑް.” ކްލާސްތައް ނިންމާފައި ނިކުންނަން ދިޔަ ވަގުުތު ޖީޒާން އޭނާގެ ފުރުސަތުގެ ބޭނުން ހިފިއެވެ. އޭނާ ނިންމާފައިވަނީ މިދަތުރުގައި އަރޫނާގާތު ހުރިހާ ވާހަކައެއް ކިޔައިދީ އޭނާ ބޭނުންވާގޮތް ހާމަކުރުމަށެވެ. އޭނާއަށް ނޭނގުނު ކަމަކީ އެކަމަށް ހުރަސްއަޅާނެ މީހަކު ފާރަޔަށް ހުރިކަމެވެ. އަދި އެމީހަކު އަރޫނާއާއި އޭނާ ދުރުކުރުވަން ރާވަމުން ދާކަމެވެ.

ގެއަށް ވަނދެވުމާއިއެކު އަރޫނާއަށް ވިސްނެންފެށީ މިއަދު ވެގެންދިޔަ ކަމާއިމެދެވެ. ޖީޒާން ވަރަށް ބަދަލުވެއްޖެކަން އޭނާއަށް ފާހަނގަ ކުރެވެއެވެ. އަރޫނާއާއި މެދު އޭނާ ދެކޭ ގޮތެވެ. އޭނާގެ ބެލުމުގައި ހުންނަ ތަފާތު ގޮތެވެ. އެއާއިއެކު އޭނާ އަރޫނާއާއި މެދު ވިސްނާ ވަރެވެ. މިހާދުވަހު އެއިހްސާސްތައް ފޮރުވައިގެން އޭނާއަށް ހުރެވޭނީ ހާދަ ހިތްވަރުހުރެގެނޭ އަރޫނާގެ ހިތަށް އެރިއެވެ. އޭނާ ނުދިޔައިއްޔާ ޖީޒާން ދެރަވާނެކަން އިހުސާސްކުރެވުމުން އަރޫނާވެސް ދެރަވިއެވެ. ޖީޒާންގެ އިހްސާސްތަކާ ކުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ.

“ބަޓް ޔޫ ޑިޑް ޓޫ.” ޖީޒާން ކުރިން ކަންތައްކުރިގޮތް ހަނދާންވުމުން އަރޫނާގެ ރުޅިގަނޑު އަނެއްކާވެސް ގަދަވިއެވެ. އޭނާ ބޭނުންވީ ޖީޒާންއަށްވެސް އޭނާ ހިތާމަކުރިވަރު އަންގައިދޭށެވެ.

ފޯން ވައިބްރޭޓްވީ އަޑުއިވުމުން އަރޫނާ ސިހިފައި ބަލާލިއެވެ. އެއީ ނުދަންނަ ނަންބަރަކުން ކޮށްފައިވާ މެސެޖެކެވެ. އޭނާއަށް ބުމައަރުވައިލެވުނީ އޭނާއަށް މެސެޖްކުރާނެ މީހަކު ނުވިސްނުމުންނެވެ. ހައިރާންވެފައި އަރޫނާއަށް މެސެޖް ހުޅުވައިލެވުނެވެ.

“ޔޫ ސްޓޭއި އަވޭ ފްރޮމް ޖީޒާން އޯކޭ. އެނޫނީ އައި ވިލް މޭކް ޔުއާރ ލައިފް އޭޒް ހެލް.” އެމެސެޖް ކިޔާލެވުމާއިއެކު އަރޫނާއަށް ގަބޫލުކުރަން ދަތިވިއެވެ. އެފަދަ މެސެޖެއް ކުރާނެ މީހަކީ ހިޒްޔާކަން އެނގޭތީއެވެ. ހިޒްޔާ އަރޫނާދެކެ ރުޅިއަޔަސް އެފަދަ ދަރަޖައަކަށް ވެއްޓެން ނުކެރޭނެކަން އޭނާއަށް އެނގުމުން އޭނާގާތަށް ހިނިއައެވެ.

“އިޒް ދަޓް ޔޫ ހިޒްޔާ؟ ބުނަން ވާހަކައެއް. އަހަރެންނަށް ފާޑުފާޑުގެ އިންޒާރުދީގެން ވާނެކަމެއް ނޯންނާނެ. އަހަރެން އެހެންމީހުންގެ އޮޕްޝަންތަކަކަށް ޑިޕެންޑެއް ނުވަން. އަހަރެންގެ ނިންމުންތައް ނިންމާނީ އަހަރެން.” އަރޫނާ ޖަވާބުދިނެވެ. އެމެސެޖް ފެނުމާއިއެކު ހިޒްޔާގެ ލޭކެކިގަތްފަދަ އިހްސާސެއް ހިޒްޔާއަށް ކުރެވުނެވެ.

“ތިއީ ދޯ ޖީޒާން މާ ލޯބިވާ ކުއްޖަކީ؟” ހިޒްޔާ ސީދާ ސުވާލަށް ދިޔައީ އާދެވުނު ރުޅީގައެވެ. ކުރިމަތީގައި އެފަދަގޮތަކަށް ވާހަކަ ނުދައްކާތީ އޭނާއަކަށް މިފަދަ ޖަވާބަކަށް އުންމީދުކުރެވިފައެެއް ނެތެވެ.

“ޖެލަސް ވަންޏާ ދިމާލަށް ބުނެބަލަ. އަހަރެންނާ ކޮންމެހެން ބެހެން ހެދޭނެކަމެއް ނެތް.” އަރޫނާގެ ޖަވާބުން ހިޒްޔާއަށް އިތުރަށް ރުޅިއައުން ނޫންކަމެއް ނުވިއެވެ.

“މި ދަތުރު ގޮސްފިއްޔާ އިޓްވިލް ޗޭންޖް ޔުއާރ ލައިފް ފޯރެވާ. އެންޑް އައިލް މޭކް ޝުއާރ އިޓް ޓު ބީ ލައިކް ދަޓް.” ހިޒްޔާ ބުނެލިއެވެ.

“ލެޓްސް ސީ.” އަރޫނާ ނިންމާލީ ޗެލެންޖިން މޫޑެއްގައި ހުރެއެވެ. އޭނާ ނިންމީ ރަށުދަތުރު ކެންސަލްކޮށްފައި ހިޒްޔާއަށް ދައްކަންވިޔަސް ދަތުރު ދާށެވެ. ހިޒްޔާ އޭނާގެ ގޮތުގައި ހިފާލާފައި ވުމުން ހިޒްޔާގެ އަސްލު ހޯދަން އޭނާ ބޭނުންވީއެވެ. އެހެންކަމުން އޭނާ ޖީޒާންއަށް އޭނާ ދާނެވާހަކަ މެސެޖްކޮށްލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ayyrie

Level 110 Stories

Other Articles

Previous

ކައިރީގައި އެހެނަސް ދުރުގައި ވާހަކައިގެ ކިޔުންތެރިންނަށް

Next

ނޭދެން ވަކިވާކަށް (ފަސްވަނަބައި)

Next
October 6, 2018

ނޭދެން ވަކިވާކަށް (ފަސްވަނަބައި)

Previews
October 5, 2018

ކައިރީގައި އެހެނަސް ދުރުގައި ވާހަކައިގެ ކިޔުންތެރިންނަށް

25 Comments!

  1. Lover says:
    October 6, 2018 at 5:10 am

    Vvvv nice.. when next part? Also me first dhoo??

    1. Aruu says:
      October 6, 2018 at 9:36 am

      Yeah you first?. Thanks btw❤

  2. Livee says:
    October 6, 2018 at 8:27 am

    Wow salhi

    1. Aruu says:
      October 6, 2018 at 9:37 am

      Thanks ❤

  3. Star says:
    October 6, 2018 at 9:12 am

    Salhi…kn iraku nex part???

    1. Aruu says:
      October 9, 2018 at 4:47 pm

      Thanks❤

  4. riya says:
    October 6, 2018 at 9:42 am

    masha allah darl its the best. varah reethi !!!!

    1. Aruu says:
      October 6, 2018 at 9:44 am

      Thanks?❤

  5. Nunama says:
    October 6, 2018 at 10:10 am

    Very nice Waiting for next part please upload fast

    1. Aruu says:
      October 6, 2018 at 10:11 am

      Thanks ❤ . Tuesday ga next ingey?

  6. Nunama says:
    October 6, 2018 at 10:11 am

    And when next part?

  7. samm says:
    October 6, 2018 at 11:48 am

    nice vrh mi part vxx.. thankolheh avahah up khdhybr nxt part

    1. Aruu says:
      October 6, 2018 at 12:48 pm

      I’ll try?. Thanks❤

  8. Star says:
    October 6, 2018 at 12:57 pm

    Aruu..u r so talented…story hama vrh habeys..??kn iraku nxt part???waitin

    1. Aruu says:
      October 9, 2018 at 4:48 pm

      Thanks?❤

  9. Naju says:
    October 6, 2018 at 2:20 pm

    ᐯ ᑎIᑕE ???

    1. Aruu says:
      October 9, 2018 at 4:49 pm

      Thnx❤

  10. Maya says:
    October 7, 2018 at 3:22 pm

    Waaaaaau Masha Allah ????vv habeys vv interesting….. Alhey hizya e ulheni kyhkuran baa!??????? Vv curious avahah nxt is part up kohdhehchey luv u… ????????????????????????

    1. Aruu says:
      October 9, 2018 at 4:50 pm

      Thanks❤. Btw next part thankolheh las vedhaane. Im lil busy studying for exams ehnve. Ekam vee haa ves avahakah up kohdheynan?

  11. unknown says:
    October 8, 2018 at 8:43 pm

    hoaaannnn….keyfymey fahena:)v salhi

    1. Aruu says:
      October 9, 2018 at 4:51 pm

      Egeye egeye?❤

  12. ?? says:
    October 15, 2018 at 7:41 pm

    Kon irakun next part up kohdeyny??

    1. Aruu says:
      October 18, 2018 at 7:15 pm

      After my exams?. November 8 ga nimeyne edhuvahu up kohdheynan insha allah?❤

  13. Lover says:
    November 4, 2018 at 2:32 pm

    How was the exams? Exam nimuneema up kuraairu miah vure story dhigu kuraanan dhooo. Best of luck?

    1. Aruu says:
      November 7, 2018 at 4:52 pm

      Exams went good?. Maadhan nimeyne. Yeah try kuraanan dhigu kureveytho❤

Comments are closed.

Next Episodeވާނަން އެކީ 9←


All Right Reserved!