Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގަައި ހުންނަމޭ ލޯބިން 47

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 6, 2018 10 Mins Read
36 Comments

ރިފްޝާ މަޑުމައިތިރިކަމާއެކު ޝައުނާ ދެއްކި ވާހަކަތަކާއިމެދު ވިސްނަން ހުއްޓެވެ. ” ރިފޫ… ދެން ދޭ އައިލީ ގާތު ސޮރީ އޭ ބުނަން… އައިލީ ވަރަށް ދެރަވެފަ ހުންނާނީ ރިފޫ އެހެން ރުޅި އައިއްސަ ވާހަކަ ދެއްކީމަ… ” ރިފްޝާގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން ޝައުނާ ބުނެލިއެވެ. ”ނޯ… ނުބުނާން ސޮރީ އެކޭ… އައިލީ އެއްނު އަހަރެމެނާ ޑިސްކަސްވެސް ކޮށްނުލާ ޑިޒިޝަން ނެގީ… ކޮންމެ ގޮތެއްްވިޔަސް އައިލީ ޔޫންއަށް އެހެން ހާޓްކޮށްގެން ނުވާނެ… އައިލީއަށް ވިޔަސް މިފަހަރު ކަންތައް ކުރީ ރަނގަޅަކަށްނޫން… އައި ވޮންޓް ސޭ ސޮރީ… ” ރިފްޝާ މިހެން ބުނެ ޝައުނާއަށް އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ އެތަނުން ދިޔައެވެ. ރިފްޝާގެ ބޯ ހަރުކަމުން ޝައުނާއަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. ރިފްޝާ އަކީ އަބަދުވެސް އޭނަ ބުނެފި ގޮތެއްގައި އެކަމެއް ހިފަހައްޓާ ކުއްޖެކެވެ. އޭނަގެ ނިންމުން ބަދަލުކުރުމަކީ ވަރަށް އުނދަގޫކަމެކެވެ.

ކޮޓަރީގައި އަލަމާރި އެތެރެ ތަރުތީބުކޮށްލުގައި އައިލީން ހަރަކާތްތެރިވަމުން ދިޔައެވެ. އަންނައުނުތައް ރީތިކޮށް ކޮނޑު އަޅުވައި ފަށްޖެހުމަށްފަހު އަލަމާރި ތެރޭގައި ތަރުތީބުކޮށް ބަހައްޓަމުން ދިޔައެވެ. އެކަމުގައި ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް އައިލީންގެ ލޮލުން އިރުއިރުކޮޅާ ކަރުނަ ފައިބައެވެ. އެއިން ކޮންމެ ފަހަރަކުވެސް އައިލީން އަވަސް އަވަހަށް ކަރުނަތައް ފޮހެލައެވެ. ހުރިހާ އެއްޗެއް ތަރުތީބުކޮށް ނިންމުމަށްފަހު އަލަމާރީގެ ދޮރު ލައްޕާލިތަނާ ރިފްޝާ އައިސް ކޮޓަރިއަށް ވަނެވެ. އަޅާއިވެސް ނުލާ ފާޚާނާއަށް ވަދުމުން އައިލީން އިތުރަށް ދެރަވިއެވެ.

ރޭގަނޑުގެ ވަގުތެވެ. ބެލްކަނީގައި ހުރި ޔޫހާންގެ ސިކުނޑި ފުރި ބާރުވެފައިވަނީ އައިލީންގެ ޚިޔާލުތަކުންނެވެ. އައިލީން ބުނެލި ކޮންމެ ބަހެއް ޔޫހާންގެ ސިކުނޑީގައި ހަރުލާފައިވެއެވެ. އައިލީންގެ ކަރުނުން ފުރިފައިވި ދެލޯ ސިފަކުރެވޭ ކޮންމެ ފަހަރަކު ޔޫހާންގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވިގެން ދެއެވެ. ބެލްކަނީގައި ހުރި ޔޫހާންއަށް އިޝާ ނަމާދު ބަންގީގެ މޫރިތި އާޔަތްތައް އަޑު އިވުމާއެކު ފާޚާނާއަށް ވަދެ ވުޟޫކޮށްލައިގެން މިސްކިތައް ދާން ނުކުތެވެ.

ރޭގަނޑު ކައިގެން އައިލީން އާދައިގެ މަތިން ޓީވީ ބަލަން ސިޓިންރޫމު ސޯފާގައި ޖައްސާލިއެވެ. އެހެން ރޭރެޔާއި ޚިލާފަށް ޝައުނާާ އާއި ރިފްޝާ ކައިނިމިގެން ވަދުނީ ކޮޓަރިއަށެވެ. އައިލީންއަށް ގަބޫލުކުރެވުނީ އެދެ މީހުން މިއަދު ހަވީރުގެ ހާދިސާގެ ސަބަބުން ހިތްހަމަނުޖެހިފައި ހުރީ ކަމަށެވެ. އެ ޚިޔާލުތަކުން ދުރުވުމަށް އައިލީން އަނބުރާ ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅަކުން ދެމީހުންވެސް ނިކުތީ ތައްޔާރުވެގެންނެވެ. ” ބޭރަށް ދަނީތަ… ” ލުއި ހިނިތުންވުމަކާއެކު އައިލީން އަހާލިއެވެ. ” ހޫމް… ޝޮޕަށް… ” އާދައިގެ ގޮތަކަށް ރިފްޝާ ބުނެލިއެވެ. އައިލީންވެސް ހިތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ދެމީހުން އެކުގައި ގެއިން ނިކުތުމުން އައިލީން މިފަހަރުވެސް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.

ޝައުނާ އާއި ރިފްޝާ ގެއިން ނިކުންއިރު ޔައިޝް އާއި އިފާން ސައިކަލުގައި އެދެމީހުންގެ އިންތިޒާރުގައި ތިއްބެވެ. ދެމީހުން ގޮސް ސައިކަލަށް އެރުމާއެކު އެމީހުންގެ މަންޒިލަށް ވާސިލްވުމަށް ދަތުރު ފެށިއެވެ. އެމީހުން ގެއަށް ދިޔައިރު ޔޫހާން ސިޓިންރޫމުގައި އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. އެންމެން ހަމަވުމާއެކު ޔޫހާން އޭނަގެ ވާހަކަ ފެށިއެވެ.

އެނދުގައި އިށީންދެ އިން އައިލީންގެ ލޮލުން ކަރުނަ ނުހިކެއެވެ. އެނދުގެ ހެޑް ބޯޑުގައި ލެނގިލައިގެން އިންއިރު ބާލީސް ވަނީ މެޔާއިލާ ބޮޑިކޮށްލާފައެވެ. ” އައިމް ސޮރީ ޔޫހާން… އައިމް ސޮރީ… ޔޫހާން ފެނުމުން މިހިތަށް ވަރަށް އަސަރުކުރޭ… ވަރަށް ލޯބިވޭ އެކަމަކު… އެކަމަކު މިއަދު ޔޫހާން އާ ދުރުގަ ހުންނަން އަހަންނަށް މަޖުބޫރު… އަހަރެން އަބަދުވެސް ލޯބިވާނީ ޔޫހާންދެކެ… އައިމް ސޮރީ… ސޮރީ… ” އަމިއްލަ ނަފްސަށް އަޑުއިވޭ ވަރަށް އައިލީން ވާހަކަ ދެއްކިއެވެ. އެއަޑު އިވުނު މީހެއްގެ ހިތަށް އަސަރުކުރާނެކަން ގައިމެވެ. އޭރުވެސް ހުއްޓުމެއްނެތި އައިލީންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

ރިފްޝާ އާއި ޝައުނާ ގެއަށް އައީ ނުވަގަޑި ބައިވެ ބޮޑުވިފަހުންނެވެ. ދެމީހުން ކޮޓަރިއަށް ވަންއިރު އެއްޗެހި ބަދަލުކޮށްގެން އައިލީން ފާޚާނާއިން ނިކުންނަނީއެވެ. ” ހާދަ ލަސްވީ… ” އެދެމީހުންނަށް ބަލައިލަމުން އައިލީން ބުނެލިއެވެ. ”ހޫމް… މިއައީ ޔައިމެންގެ ގެއަށްވެސް ގޮސްލާއިފަ… މާދަމާ އަކީ ފާންގެ ބާތްޑޭ… އެހެންވެ ފާންއަށް ސަޕްރައިޒެއް ދޭން ޕްލޭންކުރަން ދިޔައީ… އައިލީ ގާތު ނުބުނީ ޔޫން އަންނާނެތީ… ޔޫން އަންނަންޏާ އައިލީ ނާންނާނެކަން އިނގޭ… ކުޑަ ޕާޓީއެއް ބާއްވަން މިކިޔަނީ… އަހަރެމެން އެންމެން… އައިލީ އަންނާނަންދޯ ޕާޓީއަށް… ޕާޓީއަކަށް ޔޫންއެއް ނާންނާނެ… މާދަމާ ބިޒްނަސް ކަމަކު ކޮންމެވެސް ތަނަކަށް ފުރަންޖެހޭ ވާހަކަ ބުނި… އެކަމަކު ރެޑީ ކުރަން އުޅޭއިރު ޔޫން އުޅޭނެ… ސޯ އައިލީ އަންނާނީ ހަމައެކަނި ޕާޓީއަށް… އޯކޭ… ޔޫން އާ ގުޅުން ކަނޑާލިޔަސް ފާން އާ އައިލީ އާ ދެމެދު އޮތް ރަހުމަތްތެރިކަމުގެ ގުޅުން އޮންނާނެއެއްނު… އަންނާނަން ދޯ… ”ރިފްޝާ އައިސް އައިލީންގެ ކުރިމަތީ ހުއްޓިލަމުން އެއްފަހަރާ ހުރިހާ ވާހަކައެއް ދައްކާލިއެވެ. ”ހޫމް… އެކަމަކު… އެކަމަކު ފާންގެ ބާތްޑޭ މިއަންނަ މަހު ހައެެއްގަ އެެއްނު… ” ކުޑަ ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު އައިލީން ބުނެލިއެވެ. ” ފާންގެ ބާތްޑޭ މިމަހު ހައެކޭ… އައިލީ ހަނދާން ނެތުނީތަ… ” ޝައުނާ އަވަސް އަވަހަށް ބުނެލިއެވެ. އައިލީން އޭނަ މިއުޅެނީ ނިދަން ކަމުގައި ބުނެ އެނދުގައި ގޮސް އޮށޯތުމާއެކު ރިފްޝާ އަށާއި ޝައުނާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ޕްލޭން އާއި އެއްގޮތަށް ކަންތައް ކުރެވުމުން ދެމީހުންވެސް ހިތްހަމަޖެހުނެވެ.

މުޅިން އައު ދުވަހަކަށް އިރު އެރި އިރު އަނެއްކާާވެސް ވަނީ އެކި މީހުންގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ޔޫހާންގެ އެކި ޚިޔާލުތަކުން އައިލީންގެ ހިތް ދިޔައީ ޒަޚަމްވަމުންނެވެ. އެހެނަސް އޭނައަށް މިއަދު ކެތްކުރުން ނޫން އިތުރު ގޮތެއް ނެތެވެ. ބައެއް ފަހަރު ތިމާާ ލޯބިވާ މީހުންގެ އުފަލަށްޓަކައި ނުވަތަ އެމީހުންނަށް ރަނގަޅަކަށް ތިމާގެ އުފާ ގުރުބާން ކުރަން ޖެހެއެވެ. ތިމާ ހިތް އެދޭގޮތަށް ފަސްދޭން އެބަޖެހެއެވެ.

ހުކުރު ދުވަސްކަމުން އަންހެންވެރިން ދިޔައީ ވަރަށް އަވަދިނެތި ބަދިގޭގައި ހަރަކާތްތެރިވަމުންނެވެ. ސިޓިން ރޫމުގައި އިން އައިހަމްގެ ނަޒަރު ހުއްޓިފައިވަނީ ކާމޭޒު ކައިރީގައި ތަރުކާރީ ކޮށަން އިން އައިލީންއަށެވެ. އައިލީންގެ މޫނު މަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެވެ. އައިލީންގެ މިލާފައިވި މޫނަށް ބަލަހައްޓާއިގެން އިން އައިހަމް ސިހުނީ ފަހަތުން އޭނަގެ ކޮނޑުގައި މީހަކު އަތްލުމުންނެވެ. ” އައިހަމް… ކޮން ކަމަކަށް ގެއްލިފަތަ… ދޮންތަ ކިހާ އިރެއް މިހާރު ގޮވާތާ… އައިހަމްގެ ގަމީސް އިސްތިރިކޮށްފައޭ ހުންނާނީ… ކިހިނެއްވެފަތަ ތިއިނީ… ” އައިހަމްގެ ކައިރީގައި ހުރެ އާޝިޔާ ބުނެލިއެވެ. ” ދޮންތާ… އަހަންނަކަށް ހިޔެއްނުވޭ އައިލީ ރަނގަޅުހެނެއް… އެހެން އައިލީ ޔޫހާން އާ ދުރުވެދާނެ ހެނެއް ހިޔެއްނުވޭ… އައިލީއަށް ބަލައިލަބަލަ ރަނގަޅަށް… އެހެންޏާ އުޖާލާކަން ފެންނަ ހުންނަ އެ މޫނު މަތިން މިއަދު ފެންނަމުން ދަނީ ހިތައިމައިގެ އަސަރުތައް… އެއްވެސް އުޖާލާާކަމެއް ނެތް… މޫނު މަތި ވަނީ މިލާމޯޅިވެފަ… ކޮންމެވެސް ކަމަކާ މާބޮޑަށް ވިސްނާހެން އަހަންނަށް ވަރަށް ފާހަގަ ކުރެވުނު މިދެތިން ދުވަހު… ” އައިލީންއަށް ނަޒަރު ހުއްޓާލައިގެން ހުރެ އައިހަމް ވާހަަކަ ދެއްކިއެވެ. ” ދޮންތައަށްވެސް ފާހަގަވޭ އެކަން… އައިހަމް އައިލީ އާ ވާހަކަ ދައްކާލަބަލަ އަދި ރަނގަޅު ވަގުތެއްގަ… ދޮންތައަށްވުރެ ބޮޑަށް އައިލީ ކްލޯޒް ވާނީ އައިހަމް އާއެއްނު… ކުޑައިރުވެސް ދޮންތައަށްވުރެ އައިހަމްއަށް ފޯރި ހުރޭ ވިއްޔަ… ހެހެހެ… ” ލުއި ހުނުމަކާއެކު އާޝިޔާ ބުންޏެވެ. އެއާއެކު އައިހަމް ބޯ ޖަހާލަމުން ރަނގަޅު ވަގުތެއްގައި އައިލީން އާއި އަދި ވާހަކަ ދައްކާނެ ކަމަށް ބުންޏެވެ. އާޝިޔާ ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ބަދިގެއަށް މިސްރާބު ޖެހުމުން އައިހަމްވެސް ކޮޓަރިއަށް ވަނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. އުޑު މަތީގައި ވިލާާ ރޮއްޖެއްވެސް ފެންނަންނެތްއިރު އުޑު މަތި އޮތީ ސާފުކޮށް މަޑު ނޫކުލައިގައެވެ. ކޮޓަރީގެ ކުޑަ ދޮރުން ބޭރު ބަލަހައްޓާއިގެން ހުރުމަށްފަހު އައިލީން އެނބުރި އައިސް އެނދުގައި އިށީނެވެ. އެނދުގެ އެެއްފަރާތުގައި ބާއްވާފައި އޮތް އޭނަގެ ފޯނު ނަގައި ގެލެރީ ހުޅުވާލުމަށްފަހު އޭގައި ހުރި ފޮޓޯތައް ބަލަން އައިލީން އިނެވެ. ޔޫހާން އާއި އެކުގައި އޭނަ ނަގާފައިހުރި ފޮޓޯތައް ފެނުމާއެކު އެ ތުންފަތަށް ރީތި ހިނިތުންވުމެއް ވެރިިއެވެ. އެހެނަސް އޭނައަށް ޔޫހާން އާއި އެކުގައި އުޅެވެން ނެތަކަން ހިތަށް އެރުމާއެކު އައިލީންގެ ހިތުގައި ރިއްސާލިއެވެ. ގެލެރީއިން ޔޫހާންގެ ފޮޓޯތައް ބަލަން އިން އައިލީން ސިހުނީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމުންނެވެ. އައިލީން އަވަސް ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލިއެވެ.

ކޮޓަރީގެ ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އައިހަމްއެވެ. ” ދޮންބެ… ކަމަކުތަ… ” ލުއި ހިނިތުންވުމަކާއެކު އައިލީން ބުނެލިއެވެ. ” މީ އަނެއްހެން ކަމަކު ނޫން… ދެން އައިލީ އާ ވާހަކަ ދައްކާލަން… ދޮންބެ އެތެރެއަށް ވަދުނަސް އޯކޭތަ..” އައިހަމްވެސް އައިލީންއަށް ހިނިތުންވުމެއް ހަދިޔާކުރަމުން ބުނެލިއެވެ. އެއާއެކު އައިލީން ބޯ ޖަހާލަމުން އައިހަމްއަށް ކޮޓަރިއަށް ވަދުމަށް ތަން ދެއްކިއެވެ. ” ކޮބާ ރިފޫ އާ ޝައު މިއަދު… ” އައިލީންގެ އެނދުގައި އައިސް އިށީންނަމުން އައިހަމް ސުވާލުކުރިއެވެ. ” އެދެމީހުންވީ ޔައިޝް މެން ގޭގަ… ފާންގެ ބާތްޑޭ މިއަދު… އެހެންވެ ސަޕްރައިޒް ޕާޓީއެއް ރެޑީކުރަން… ” އައިލީންވެސް އައިސް  އައިހަމްގެ ކައިރީ އިށީންނަމުން ޖަވާބު ދިނެވެ. ” ދެން ޕްރިންސަސް ކީއްވެ ނުދިޔައީ… ” އައިލީންގެ މޫނަށް ބަލައިލަމުން އައިހަމް ކުރި ސުވާލާއެކު އައިލީންގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ”އެއީ… އަޅުގަނޑު ނުދިޔައީ… ” އައިހަމްގެ ސުވާލަށް ޖަވާބުދިނުންވީ އައިލީންއަށް އުނދަގޫކަމަކަށެވެ. ” ޔޫހާން އުޅޭނެތީ… އެހެއްނު… ” ހަމަ އެގޮތަށް އައިލީންއަށް ބަލަހައްޓާއިގެން އިނދެ ޔޫހާން ބުނެލިއެވެ. އައިލީން ވަގުތުން އިސްޖަހާލިއެވެ. ” ލިސެން ޕްރިންސަަސް… ދޮންބެއަށް އިނގޭ އައިލީ މިވާހަކަ ދައްކަން ބޭނުންނުވާނެކަން… އެކަމަކުވެސް ދޮންބެ ބޭނުން އައިލީ އާ މިވާހަކަ ދައްކާލަން… ޕްްރިންސަސް ހަމަ ޔޫހާންގެ ބައްޕަ ގަބޫލުނުވީމަތަ މި ޑިޒިޝަން ނެގީ… ދޮންބެއަށް ހީވަނީ އައިލީ ދޮންބެމެނަށް ކޮންމެވެސް ކަމެއް ސިއްރުކުރާހެން… ޕްރިންސަސް… ކަންބޮޑުވާ އެއްވެސް ކަމެއް އުޅެންޏާ ބުނެބަލަ… ޔޫހާންގެ ބައްޕަ ގަބޫލުނޫނަސް އަހަރެމެނަށް ޓްރައި ކުރެވިދާނެ އެއްނު… ދޮންބެވެސް ޔޫހާންގެ ބައްޕަ އާ ވާހަކަ ދައްކާފާނަމޭ… ދޮންބެއަށް އިނގޭ އައިލީ ހެޕީ ނޫންކަން… އެން އައި ޑޯންޓް ވޯންޓް ޓު ސީ ޔޫ ލައިކް ދިސް… ޖަސްޓް ޓެލް މީ ޕްރިންސަސް އިފް ދެއާ އީޒް އެނީ ޕްރޮބްލެމް… އައިލީންގެ އަތުގައި ހިފާލަމުން އައިހަމް ވާހަކަ ދެއްކިއެވެ. ”ދޮންބެ… އައިމް އޯކޭ… އިތުރު އެއްވެސް ކަމެއް ނުވޭ… އަޅުގަނޑު ވަރަށް ވިސްނާފަ މިހެން ނިންމީ… އަޅުގަނޑު ކުރިންވެސް ބުނީމެއްނު ވަގުތާއެކު ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ… އައި ޖަސްޓް ނީޑް ސަމް ޓައިމް… އައި ދޮންބެ އަބަދުވެސް އައިލީ އާއެކު ވާނެކަން… ” ގަދަކަމުން ހިނިތުންވެލަމުން އައިލީން ބުނެލިއެވެ. ބަދަލުގައި އައިހަމްވެސް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެހެނަސް އަދިވެސް އޭނަގެ ހިތް ބުނަމުން ދަނީ މިކަމުގެ ފަހަތުގައި އިތުރު ސިއްރެއް ވާކަމަށެވެ. އައިލީންގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުމުން އައިހަމް ދަނީ ކަމުގައި ބުނެ ކޮޓަރިން ނިކުތެވެ. އައިހަމް ކޮޓަރިން ނިކުތުމާއެކު އައިލީން ހަމަޖެހުމުގެ ނޭވައެއް ލިއެވެ. ” އައިމް ސޮރީ ދޮންބޭ… ” އައިހަމް ދިޔަ ދިމާލަށް ބަލަހައްޓާއިގެން އިނދެ އައިލީންއަށް ބުނެލެވުނެވެ. އައިހަމްއަށް ދޮގު ހަދަން ޖެހުމުން އައިލީން ވަރަށް ދެރަވިއެވެ. އެހެނަސް އޭނަ ކެތްތެރިވިއެވެ. އެކަނި މިހެން އިންނަނަމަ އެކި ޚިޔާލުތަކުން މާބޮޑަށް އުނދަގޫކުރާނެތީ އައިލީން ސިޓިންރޫމަށް ނިކުތެވެ.

ހަވީރު ހަތަރެއް ޖެހިއިރު ދިޔަ ގޮތަށް ރިފްޝާ އާއި ޝައުނާއަށް ގެއަށް އާދެވުނީ ހައެއް ޖަހަން އުޅެނިކޮށެވެ. ގެއަށް އައިސް ހަވީރު ސައިބޮއެގެން ދެމީހުންވެސް ޕާޓީއަށް ދިއުމުގެ ކުރިން އަރާމުކޮށްލުމަށް އެނދުގައި ޖައްސާލިއެވެ. ހަތެއް ޖެހުމާއެކު އައިލީން ތައްޔާރުވުމަށްޓަކައި ކޮޓަރިއަށް ވަނެވެ. އޭރު އަލަމާރި ކައިރީގައި ރިފްޝާ އާއި ޝައުނާ ހަރަކާތްތެރުވަމުން ދިޔައެވެ. ” އައިލީ… ޕްލީޒް ހެލްޕް މީ… ހެދުން އިސްތިރިކޮށްލަ ދީބަ… ޕްލީޒް…” އައިލީން ދޮރު ހުޅުވިކަން އެނގުމާއެކު ރިފްޝާ ޝައުނާއަށް ލޮލުން އިޝާރާތްކޮށްލިއެވެ. އެއާއެކު ޝައުނާ އޭނަގެ އަތުގައި އޮތް އޮރެންޖު ކުލައިގެ ހެދުން ދެމުން ބުނެލިއެވެ. ” އައިލީ… މިހެދުންވެސް… ” ރިފްޝާވެސް އޭނަގެ އަތުގަ އޮތް ރަތް ކުލައިގެ ހެދުން އައިލީންއަށް ދެމުން ބުނެލިއެވެ. އައިލީން އޯކޭ އޭ ބުނެ އަވަހަށް އިސްތިރިކުރުމައިގެން އުޅުނެވެ. ޝައުނާގެ ހެދުން އިސްތިރިކުރުމާއެކު އޭނަ އެއްޗެހި ހިފައިގެން ފެންވަރަން ފާޚާނާއަށް ވަނެވެ. ޝައުނާ ނިމުމުން ރިފްޝާ ފާޚާނާއަށް ވަނެވެ. އެދެމީހުންގެ ހެދުން އިސްތިރިކުރުމަށްފަހު އެންމެ ފަހުން އައިލީން އޭނަގެ ހެދުން އިސްތިރިކުރަން ފެށިއެވެ. އައިލީން ފެންވަރައިގެން ނިކުންއިރު ރިފްޝާ އާއި ޝައުނާ ހުރީ ތައްޔާރުވެގެންނެވެ. ” އައިލީ… ވީއާ ގެޓިން ލޭޓް… ސޯ އައިލީ ރެޑީވެގެން ޓެކްސީއެއްގަ އަންނަންވީނު…މަށާ ޝައުއާ މިދަނީ …އޯކޭތަ..” އައިލީން ފެނުމާއެކު ރިފްޝާ ބުނެލިއެވެ. އައިލީން އެންމެ ރަނގަޅޭ ބުނުމާއެކު ދެމީހުން އަވަހަށް ކޮޓަރިން ނުކުތެވެ.

އައިލީން ގޮސް  ޑްރެސިން ޓޭބަލްގެ ކުރުމަތީގައި ހުއްޓިލިއެވެ. މެރޫން ކުލައިގެ އަތް ދިގު މަތިކޮޅާއި ފައިތިލަ އާއި ހަމައަށް އަންނަ ދިގު ސްކާޓް އައިލީންގެ ދޮން ހަންގަނޑާ ނުހަނު ގުޅެއެވެ. މެރޫން ކުލައިގެ ޑިސްކޯއިން މަލުގެ ރީތި ކުރެހުމެއް އެކުލެވޭ ލޭސް ފޮތި މަތިކޮޅުގައި ބޭނުންކޮށްފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ސްކާޓްގައި ބޯ ފޮތީގެ މަތިން ބޭނުންކޮށްފައިވަނީ އެއްވެސް ކުރެހުމެއް ނުވާ އާދައިގެ ލޭސް ފޮއްޗެވެ. އައިލީން ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި މޫނުގައި ލުއި މޭކަޕެއް ކޮށްލިއެވެ. ފިޔާތޮށި ކުލަ އަރާ ތުންފަތް މެރޫން ކުލައިގެ ލިޕްސްޓިކް އަކުން ފަވާލުމަށްފަހު އޭނަގެ ފަން ދިގު އިސްތަށިގަނޑު ބޮލުގެ އެއްފަރާތުން ކަފިކޮށްލާ ފުނާ އަޅަން ފެށިއެވެ. ކުރުކޮށް ކޮށާ ލެވިފައިވި އިސްތަށިތައް އެއްފަރާތުން ނިއްމައްޗަށް ކޮންމެވެސް ވަރަކަށް ވެއްޓިފައި އޮތުމުން ނުހަނު ރީއްޗެވެ. އިސްތަށިގަނޑުގެ އެއްބައި ކަނާތް ފަރާތު ކޮނޑު މަތިން ގެނެސް ކުރިމައްޗަށް ވައްޓާލާފައިވީއިރު ފަހަތަށް އިސްތަށިގަނޑުގެ ބޮޑު ބައެއް ވަނީ ދޫކޮށްލާފައެވެ. ފަހު ކަމަކަށް ގަޔަށް ސެންޓު ޖަހާލުމަށްފަހު އެނދު މަތީގައި އޮތް ފޯނާއި ޕާރުސަލް ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ފޯނަށް ބަލާއިލިއިރު ބެޓްރި ލޯ ވެފައި އޮތުމުން ޗާޖަރަށް ޖަހާލުމަށްފަހު ކޮޓަރިން ނުކުތެވެ. ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔަ އާޝިޔާ ގާތު ދަނީ ކަމުގައި ބުނެ ފައިވާން ހަރުގަނޑުގައި އިން އޭނަގެ މެރޫން ކުލައިގެ ބާޓާއަށް އެރުމަށްފަހު ގެއިން ނުކުތެވެ.

ވަރަށް އުނދަގުލުން ޓެކްސީއެއް ހޯދައިގެން އައިލީން ޔައިޝްގެ ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ޓެކްސީ ގޮސް ޔައިޝްގެ ގޭގެ ކުރިމައްޗަށް ހުއްޓުމާއެކު އައިލީން ފޭބިއެވެ. އެވަގުތު އޭނަގެ ހަނދާނަށް އައީ މީގެ މަސްތަކެއްގެ ކުރިން އޭނަ އެފަދަ ގޮތަކަށް އައި ހަނދާނެވެ. ޔޫހާން އޭނަ ދެކެ ލޯބިވާކަން ހާމަކުރި ރޭގެ އުފާވެރި ހަނދާންތައް އާވުމާއެކު އައިލީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެހެނަސް ހިތްވަރުކޮށްލުމަށްފަހު ކަރުނަތައް ހިންދާލިއެވެ. އަދި ލަސް ފިތަވަޅުތަކެއްގައި ގޭގެ ދޮރާއި ހަމައަށް ހަދާފައި އޮތް ވޯކްވޭއިން ހިނގާފައި ގޮސް ދޮރު ހުޅުވާލިއެވެ. މުޅި ގޭތެރޭގައި ވަނީ އުއްބައްތިތަކުގެ ފަނޑު އަލިކަމެކެވެ. ސިޓިން ރޫމުގެ އެކި ތަންތަނުގައި އުއްބައްތިތައް ބަހައްޓާފައިހުރިއިރު ބަލާއިލަން ކިތަންމެހާވެސް ރީއްޗެވެ. އައިލީން ހީކުރީ އެއީ އިފާންއަށްޓަކައި ރިފްޝާމެން ތައްޔާރުކުރި ސަޕްރައިޒްކަމަށެވެ. މަޑުމަޑުން ރިފްޝާއަށާއި ޝައުނާއަށް ގޮވާލަމުން އައިލީން އެތެރެއަށް ވަނެވެ. އެއާއެކު ކުއްލިއަކަށް ގޭގެ ދޮރު ލެއްޕުނެވެ. ދޮރު ލެއްޕުނު އަޑަށް އައިލީންއަށް ސިހިފައި ފަހަތަށް ބަލައިލެވުނެވެ. އެހެނަސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އައިލީންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ބިރުވެރިކަން ފިލައިގެން ދިޔައީ މުޅި ތަން އަލިވުމުންނެވެ. އައިލީންއަށް ވަގުތުން އެ ބޮޑު ސިޓިންރޫމުގެ އެކި ދިމަދިމާލަށް ބަލައިލެވުނެވެ. ސިޓިންރޫމުގެ އެކި ތަންތަނުގައި އުއްބައްތިތައް ބަހައްޓާފައިހުރިއިރު މުޅި ޓައިލްސްތައް މަތީގައި ވަނީ ރަތްކުލައިގެ ފިނިފެންމަލުގެ ފިޔައެވެ. ފަސްއެނބުރި ބަލައިލި އައިލީންގެ ދެލޯ ބޮޑުވީ އޭނަގެ ކުރިމަތީގައި ހުރި ފާރު ފެނުމުންނެވެ. ހުދު ކުލައިގެ ފާރުގައި ހުއްޕާފައިހުރި ހިތުގެ ބައްޓަމުގެ ހަންތަކެއް ކައިރި ކައިރީގައި ވަނީ ތަތްކުރެވިފައެވެ. އެއިން ކޮންމެ ހިތެއްގައި ކަޅު ކުލައިން އަކުރަކާއެކު ފިއްޔެއް ލިޔެފައިވެއެވެ. ”އިންތިޒާރުގައި ހުންނަމޭ ލޯބިން… ” ހަންތަކުގައި ލިޔެފައިވި ލިޔުންކޮޅު އައިލީން މަޑުމަޑުން ކިޔާލިއެވެ. އެއާއެކު އައިލީންއަށް ރީތި މިއުޒިކެއްގެ އަޑު އިވުނެވެ.

ފަސްއެނބުރި ބަލައިލި އައިލީންގެ ދެލޯ ބޮޑުވީ ސިޑި މަތީގައި ފަރިތަކަމާއެކު ގިޓާ ކުޅެން ހުރި ޔޫހާން ފެނިފައެވެ. ގަދަ ރަތް ކުލައިގެ އަތް ދިގު ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީގައި ޔޫހާން ހުރިއިރު އޭނަގެ އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ގަމީހުގެ އަތް އޮޅަބޮއްޓާއި ހަމައަށް އޮޅާލައިފައިވުމުން އިތުރަށް ފުރިހަމަ ކޮށްދެއެވެ. ކަންފަތުގައި އިއާ މައިކްރޯ ފޯނެއް ހަރުކުރެވިފައިވީއިރު ގިޓާހިފައިގެން ހުންނައިރު ޔޫހާންގެ ފިރިހެންވަންތަކަންވެސް އިތުރު ކޮށްދެއެވެ. ޔޫހާން ފެނުމާއެކު އައިލީންގެ އަތުގައި އޮތް ޕާރުސަލްވެސް ވެއްޓުނެވެ. އެއްވެސް ހަރަކާތެއްނެތި ހުއްޓުން އަރާފައި ހުރެވުނީއެވެ.

** މިވާވަރު ބުނެދޭ ހިތްވޭ ** ކަލާޔަށް އަންގާހިތްވޭ ** ތިލޮއެބަށް އެދިގެން ދާހިތްވޭ ** މަގޭ ހިތް މޮޔަ ވާވަރުވޭ ** މަގޭ ހިތް ހުއްޓޭ ގޮތްވޭ ** އަރާމެއް މިހިތަށް ބޭނުންވޭ ** މަޑު ހިނގުމެއްގައި ސިޑިން ފައިބަމުން ދިޔަ ޔޫހާން އަސަރާއެކު މިއުޒިކާއި އެއްވަރަށް ކިޔާލިއެވެ. އޭރުވެސް އޭނަގެ ނަޒަރު ހުއްޓިފައިވަނީ އައިލީންއަށެވެ. އެހާ އަސަރާއެކު ޔޫހާން އެހެން ކިޔާލުމާއެކު އައިލީންގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އޭގެ ހެއްކެއްގެ ގޮތުން އައިލީންގެ ލޮލަށް ޖަމާވެފައި ކަރުނަތައް ފުދެއެވެ. ** ކަލާ ފެނުމުން ހީވަނީ އަހާހެންނޭ ** ލޯބިވޭހޭ ނިކަން ** ސިޑިން ފައިބައިގެން އައިސް އައިލީން އާއި ފުދޭވަރަކަށް ދުރުގައި ހުއްޓި ހުރެ އައިލީންގެ ލޮލަށް ބަލައިލަމުން ޔޫހާން ކިޔާލި ތަންކޮޅު އަޑު އިވުމާއެކު އައިލީންއަށް ހިންދިރުވާލެވުނެވެ. އެއްވެސް ހަރަކާތެއްނެތި އައިލީންއަށް އޭރުވެސް ޔޫހާންއަށް ބަލަހައްޓާއިގެން ހުރެވުނެވެ.** ޝަކުވާ މިހިތާ ކުރެވޭ ރޮމުން ** އާދޭސް ކުރާ ހިތްވޭ ރޮމުން ** މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ ** އިންތިޒާރުގާ ހުންނަމޭ ލޯބިން ** އައިލީން އާއި ތަންކޮޅެއް ކައިރިއަށް އައިސް ހުއްޓިލަމުން ޔޫހާން އިއްވާލި ލަވައިގެ ތަންކޮޅުގެ ސަބަބުން އައިލީންގެ ހިތަށް ވަރަށް ތަދުވިއެވެ. އެތަންކޮޅު ކިޔައިލި އިރު އައިލީންއަށްވެސް ޔޫހާންގެ ލޮލުން ފާހަގަކުރެވުނީ އޭނަ އާއި މެދު ޔޫހާންގެ ހިތުގައި އޮތް ޝަކުވާއެވެ. ޔޫހާންގެ ލޮލުގައި އޭރު ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރުތައް ހުއްޓެވެ. އެ މަންޒަރު ބަލަން ކެތްނުވާނެކަން ޔަގީންވުމާއެކު އައިލީން އަވަސް އަވަހަށް ފަހަތަށް އެނބުރުނެވެ. އަދި ދެލޯ މަރާ ބާރު ކޮށްލިއެވެ. އެއާއެކު ހޫނު ކަރުނަތައް އައިލީންގެ ކޯތާފަތުގައި ބޮސްދިނެވެ. އޭނާ އެވަގުތުވެސް ބޭނުންވީ ޔޫހާންގެ ކައިރިއަށް ގޮސް ބާރަށް ޔޫހާންގެ ގައިގައި ބައްދާލުމަށެވެ. އަދި އަދިވެސް ލޯބިވަނީ ޔޫހާންދެކެއޭ ބުނަން ބޭނުންވިއެވެ. އެހެނަސް މިއަދު ޔޫހާން އާއި ދުރުގައި ހުރުން އެނާއަށް މަޖުބޫރެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒުބާތުތަކުގެ ސަބަބުން އައިލީންގެ ދެއަތްވެސް ވަނީ މުއްކެވިފައެވެ. އައިލީން ދިޔައީ އޭނައަށް ކެތްކުރެވޭނެ އެންމެ މައްޗަކަށް ކެތްކުރަމުންނެވެ. އޭރުވެސް ހުއްޓުމެއްނެތި ލަވައިގެ މިއުޒިކް އިވެމުން ދިޔައެވެ.

ކުޑައިރުކޮޅެއް ވަންދެން އެހެން ހުރުމަށްފަހު އައިލީން ދެލޯ ހުޅުވާލިއެވެ. އަދި ކަރުނަތައް ފޮހެލުމަށްފަހު ފަހަތަށް އެނބުރި ބަލައިލިއެވެ. އެހެނަސް ޔޫހާން ފެންނާާކަށް ނެތެވެ. **ހައިރާންވާ ވަރްވޭ އިނގޭ ފަރިކަން ފެނުމުން ** ހިތާ ކުޅެލާފައި ދާކަށް ނޭދެން ލޯބިވާއޭ ** އައިލީން ސިހިފައި އަނެއް ފަރާތަށް އެނބުރިލީ ޔޫހާންގެ ފިރިހެންވަންތަ އަޑުން އަނެއްކާވެސް ލަވައިގެ ތަންކޮޅެއް ކިޔާލުމުންނެވެ. އައިލީން ފަސްއެނބުރި ބަލާާއިލިއިރު ޔޫހާން އެހާ ގާތުގައި ހުރުމުން ސިހުންގެނުވިއެވެ. އައިލީންއަށް ވަގުތުން އިސްޖަހާލެވުނެވެ. އެއާއެކު ޔޫހާން އައިލީންގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލުމަށްފަހު އިސްއުފުލާލިއެވެ. އެއާއެކު ދެމީހުންގެ ލޮލާއި ލޯ ސީދާވިއެވެ. އެގޮތުގައި ހުރެ ޔޫހާން ލަވައިގެ ތަންކޮޅެއް އަނެއްކާވެސް ކިޔާލިއެވެ. **ސިއްސައިގެންދާގޮތްވޭ ހިނިތުންވެލުމުން ** ލޮލާ ލޯ ސީދާވީމާ ވާގޮތް ނޭނގެނިއްޔޭ ** އޭރު ޔޫހާންގެ އަތުގައި ގިޓާއެއް ނެތެވެ. އެހެނަސް ވަރަށް ފުރިހަމައަށް އޭރުވެސް މިއުޒިކްގެ އަޑު އިވެމުން ދިޔައެވެ. ޔޫހާންގެ ލޮލާއި ލޯ ސީދާކޮށްގެން ހުންނަންވެއްޖެނަމަ އޭނަގެ ޖަޒުބާތުތައް ނުފޮރުވޭނެތީ އައިލީން އަވަހަށް ޔޫހާން އާ ދުރުވެލުމަށްފަހު ދާން ހިނގައިގަތެވެ.

** ލޯބިވޭ ނިހާޔަތަށް ** ހިތް އެދޭ އެހާ ވަރަށް** ލޯ މަރާލުމުންވެސް ފެންނަހެން ހީވަނިއްޔޭ… ** އައިލީން ދާން ހިނގައިގަތުމާއެކު ޔޫހާން އައިލީންގެ އަތުގައި ހިފާ އޭނަގެ ކައިރިއަށް ދަމާލުމަށްފަހު ލޮއެބާއެކު އައިލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ލަވައިގެ ތަންކޮޅެއް ކިޔާލިއެވެ. އޭރު އައިލީންއަށްވެސް ހުރެވުނީ ޔޫހާން އޭނަގެ މޫނުގައި ހިފަހައްޓާފައިވި އަތުގައި ހިފަހައްޓާއިގެންނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެފައިވުމުން ދެހިތުގެ ހިނގުންވެސް އަވަސްވެގެން ދިޔައެވެ. ޔޫހާން ލަވައިގައި ކިޔަމުން އެދަނީ އޭނަގެ އަސްލު އިހުސާސްކަން އައިލީންއަށް ވަރަށް ރަނގަޅަށްވެސް އެނގެއެވެ. ޔޫހާންގެ ލޮލުން އައިލީންއަށް ފެނިގެން ދިޔައީ ތެދުވެރި ލޮއެބެވެ. އައިލީންގެ ފެންކަޅިވެފައިވި ދެލޯ ފެނި ޔޫހާންގެ ހިތުގައި ރިއްސާލިއެވެ. އެ ރީތި ދެލޮލުން ޔޫހާންއަށް ފެނިގެން ދިޔައީ ނިމުމެއްނެތް ލޮއެބެވެ. އައިލީންގެ ލޮލުން އަދިވެސް އޭނައަށް އިންތިހާ ލޯބިފެނެއެވެ. އައިލީން ދުލުން ކިތަންމެ ވަރަކަށް ލޯބިނުވާކަމަށް ބުނިކަމުގައިވިޔަސް އޭނަ ގަބޫލެއް ނުކުރާނެއެވެ. ** ލޯ މަރާލުމުންވެސް ފެންނަހެން ހީވަނީއޭ ** ދެލޯ މަރާލުމަށްފަހު އައިލީންގެ ނިއްކުރީގައި އޭނަގެ ނިއްކުރި މަޑުމަޑުން ޖައްސާލަމުން ޔޫހާން އެހެން ކިޔާލިއެވެ. އެއާއެކު އައިލީންއަށްވެސް ދެލޯ މަރާލެވުނެވެ. މިފަހަރުވެސް އައިލީން ދެލޯ މަރާލުމާއެކު ލޮލަށް ޖަމާާވެފައިވި ކަރުނަތައް ފައިބައިގަތެވެ. ޔޫހާންގެ ހޫނު ނޭވާ އައިލީންއަށް އިހުސާސްކުރެވުމުން އޭނަގެ ހިތުގެ ހިނގުން އިހުނަށްވުރެ އަވަސްވިއެވެ. ޔޫހާން އާއި އެހާ ގާތުގައި ހުންނަންވެއްޖެނަމަ އައިލީންއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވިދާނެތީ އޭނާ ޔޫހާން އާއި ދުރުވެލުމަށްފަހު މިފަހަރުވެސް ދާން ހިނގައިގަތެވެ. އެހެނަސް ހުއްޓެން މަޖުބޫރުވީ ޔޫހާން އޭނަގެ އަތުގައި ހިފަހައްޓާލުމުންނެވެ. އައިލީންގެ އަތުގައި ހިފަހައްޓާލައިގެން ހުރެ ލަވަ ކިޔުމައިގެން ކުރިއަށް ދިޔައެވެ. ** ޝަކުވާ މިހިތާ ކުރެވޭ ރޮމުން ** އާދޭސް ކުރާ ހިތްވޭ ރޮމުން ** މިދެލޯ ފޮހެލާދޭން ކަލާ އަންނާށޭ ** އިންތިޒާރުގައި ހުންނަމޭ ލޯބިން ** ޔޫހާންގެ ފެންކަޅިވެފައިވި ދެލޯ ފެނި ފަސްއެނބުރި ބަލައިލި އައިލީންގެ ހިތަށް ތޫނު ތަދެއް އިހުސާސްކުރެވުނެވެ. އެއްވެސް އިޚުތިޔާރަކާއި ނުލާ އައިލީންގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. ޔޫހާންގެ ލޮލުން ފެންނަމުން ދިޔަ އާދޭހުން އައިލީންގެ ހިތް ރޮއްވަމުން ދިޔައެވެ. އެންމެ ފަހުން ޔޫހާންގެ މޫނަށް ބަލަން ކެތްނުވުން އައިލީން ގޮސް ބާރަށް ޔޫހާންގެ ގައިގައި ބައްދާލަމުން އެތަނަވަސް މޭގައި މޫނު ފޮރުވާލިއެވެ. ގިސްލަ ގިސްލާފައި ރޮމުން ދިޔަ އައިލީންގެ ހަށިގަނޑުގައި ދެއަތް ވަށާލަމުން ޔޫހާންވެސް ދެލޯ މަރާލިއެވެ. އެއާއެކު ޔޫހާންގެ ލޮލަށް ޖަމާވި ކަރުނަތައްވެސް ކޯތާފަތުގައި ބޮސްދޭންފެށިއެވެ.

ކުރެވުނު ކަންތައް ރޭކާލުމާއެކު އައިލީން އަވަސް އަވަހަށް ޔޫހާން އާއި ދުރުވެލިއެވެ. އޭނަގެ އިހުސާސްތައް ޔޫހާންއަށް އެނގިގެން ނުވާނެއެވެ. އައިލީންގެ އެއަމަލުން ޔޫހާންގެ ނިތައް ރޫތައް ޖަމާވިއެވެ. ދެންމެ އެހާ ލޯބިން ބައްދާލުމަށްފަހު ކުއްލިއަކަށް ބިރެއް ފެނިގެން ދުރުވުމުން ކޮންމެ މީހެއްގެ ހިތުގައިވެސް ސުވާލުއުފެދޭނެ ނޫން ހެއްޔެވެ؟ އައިލީން ކަރުނަތައް ފޮހެމުން މިފަހަރުވެސް ޔޫހާންއަށް ފަސްދީފައި ހިނގައިގަތެެވެ. މިފަހަރު އައިލީންއަށް ހުއްޓެވުނީ ޔޫހާން ކިޔާލި ލަވައިގެ ތަންކޮޅުންނެވެ. **އެނގުމުން ހިތަށް މިކުރާ އަސަރް ** ގައިމޭ ކަލާ ރޯނޭ ފަހުން ** މިހިތަށް ތިލޮއެބާ ރުހުން ** ދެއްވާތޯ ދަންނަވަން ދުޢާ ** ވާވަރުން ލޯބިން ** ޔޫހާން ކިޔަމުންދިޔަ ކޮންމެ ލަފްޒެއްގައި ރިހުން އެކުލެވިގެންވިއެވެ. އައިލީންގެ ހިތް ހީވަނީ ފަޅާއިގެން ހިނގައިދާނެ ހެންނެވެ. ކިތަންމެ ވަރަކަށް ކަރުނަ ފޮހުނަސް އިރުކޮޅެއް ނުވަނީސް އައިލީންގެ ކޯތާފަތް ހޫނު ކަރުނައިން ތެއްމާލައެވެ. ** ނުނިދާ ހޭލާ ހުރެވެނީ މިވެވޭ ލޯބިން ** މިހިތް ވަސްވާހުން ފޯވާ ގޮތްވޭ ލޯބިވާއޭ ** ވިރިގެންދާ ވަރްވޭ މިހިތް މިވެވޭ ލޯބިން ** ނަސީބެއްނެތް މީ އިންސާނެންހެއް ހީވަނީއޭ ** ދެންވެސް ޔޫހާންގެ އަޑުން އިވިގެން ދިޔައީ ހިތާއި ކުޅޭލާފަދަ ލަވައިގެ ބައެކެވެ.

** ކޭތިލާ ގޮތުން ދެއަތް ހިތް ހިނގުން އަވަސްވެޔޭ ** ހާދަހާ ގަޔާވޭ ބުނެލިހެން ހީވަނީޔޭ ** ކުއްލިއަކަށް އައިލީން ސިހުނީ ލަވަ ކިޔަމުން އައިސް ޔޫހާން ފަހަތުން އޭނަގެ އަތުގައި ފިރުމާލުމަށްފަހު ކޮނޑުގައި ހިފާ ޔޫހާންގެ ހަށިގަނޑުގައި ޖައްސާލުމުންނެވެ. އައިލީންއަށް ހީވީ އޭނަގެ ނޭވާވެސް ކަރުގައި ތާށިވީހެންނެވެ. ހިތްވަރުކޮށްފައި ޔޫހާން އާއި ދުރުވެލުމަށްފަހު އައިލީން މިފަހަރުވެސް ހިނގައިގަތެވެ. އެހެނަސް މިފަހަރުވެސް ކުރިއަކަށް ނުދެވުނެވެ. ފަހަތަށް ބަލައިލިއިރު އައިލީންގެ އަތުގައި އަޅާފައި އޮތް ހުދު ކުލައިގެ ބްރޭސްލެޓް ވަނީ ޔޫހާންގެ އަތުގައި އޮތް ރިހި ކުލައިގެ ގަޑީގައި އަޅާއިގަނެފައެވެ. އައިލީން އަވަސް އަވަހަށް އެ ނައްޓުވާލިއެވެ. **ޝަކުވާ… ** ކުރާ އާދޭސް … ** އިންތިޒާރުގައި ** ހުންނަމޭ ** ލޯބިން ** ހިތް ކުދިކުދިވެފައިވާ ހާލު ކަރުނަވީ ދެލޮލުން ޔޫހާންއަށް ބަލައިލުމަށްފަހު އައިލީން އެގެއިން ނިކުންނަން ހިނގައިގަތެވެ.

ގޭގެ ދޮރުން ނިކުމެ ނިކުމެ ހުއްޓާ ބާރު ހިނގުމުގައި އައިސް ޔޫހާން އައިލީންގެ އަތުގައި ހިފާ ގެނެސް ފާރުގައި ޖައްސާ ނުުދެވޭނެހެން ހިފެހެއްޓިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި އައިލީން ހުރީ ދެލޯ ބޮޑުވެފައެވެ. ޔޫހާންގެ އެއަމަލުން އައިލީންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ވެދުން

Next

ދުޢާ 23

Next
October 6, 2018

ދުޢާ 23

Previews
October 6, 2018

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ވެދުން

36 Comments!

  1. Ifoo ifoo says:
    October 6, 2018 at 2:51 pm

    Salaam dear readers ❤️❤️❤️???… Here is the next part ???… This part is very long ???… Hope all will like this part too ???❤️❤️❤️… What do you guys think will happen next??? ???… Mistakes huredhaane ehaa avas aruvaalaafa up kohlyma check vx nukurevun… Because I’m super busy… Next part In Sha Allah Tuesday ga ???…

  2. mar-hath says:
    October 6, 2018 at 3:05 pm

    mi part ves v reethi
    waiting for the next part

    1. Ifoo ifoo says:
      October 6, 2018 at 5:42 pm

      Thankyou so much ❤️❤️❤️????????????…

  3. aalaa says:
    October 6, 2018 at 3:12 pm

    vrh reethi me second

    1. Ifoo ifoo says:
      October 6, 2018 at 5:43 pm

      Thankyou so much dear ❤️❤️❤️????????????…

  4. Haapy♥️ says:
    October 6, 2018 at 4:25 pm

    Woooooowwwwww. V nice . Just can’t wait for next

    1. Ifoo ifoo says:
      October 6, 2018 at 5:44 pm

      Haapy ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma dear ah ???…

  5. Maayu says:
    October 6, 2018 at 5:01 pm

    Ifoo v v v reethi mi part vx… ❤❤???? cant wait to read the next parts..ly???

    1. Ifoo ifoo says:
      October 6, 2018 at 5:45 pm

      Maayu ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma dear ah ???.. Lots of love dear ❤️❤️❤️????????????…

  6. Livy says:
    October 6, 2018 at 6:20 pm

    Hello ifoo ❤❤?? story varah reethi and mi part so emotional ????????? ailee and yoon ?? ifoo dear story nimeny tha? Eyrah haadha dhera vaaney ???? ifoo ge ehen story eh kiyaalan libeyne tha adhi ? ☺☺?? hama fave writer thee Livy ge ??????????? lots of love dear ????????

    1. Ifoo ifoo says:
      October 6, 2018 at 9:55 pm

      He’llo Livy ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part vx livy ah kamudhiyaima ???… Yahh… Story is going to finish ???… Dhn iny 2 or 3 parts ???… In Sha Allah ifoo ge new story eh kiyaalan libeyne adhi ???… V v v v ufaavehje livy ge favourite writer ah v ma ??????❤️❤️❤️???… I’m soooooo happy ???… Thanks a lot dear for the support ❤️❤️❤️????????????… Much loves from me dear ❤️❤️❤️????????????…

  7. Maii? says:
    October 6, 2018 at 7:21 pm

    Woww… mi part ves vrh vrh reethi… u ah mi stry in i dheynan 100 out if 100 … ehaaves salhi stry eh mii… hope u will keep writting this stry till the end.. gud luck buddy

    1. Ifoo ifoo says:
      October 6, 2018 at 10:11 pm

      Maii ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… I’m so happy that u like it ❤️❤️❤️???… V v v ufaavehje ???… Now the story is going to end ???… Thankyou so much for the support ❤️❤️❤️????????????… Much loves from me dear ???❤️❤️❤️?????????…

  8. Thaashaa says:
    October 6, 2018 at 7:34 pm

    Varah reethi

    1. Ifoo ifoo says:
      October 6, 2018 at 10:12 pm

      Thaashaa ❤️❤️❤️… Thankyou so much ❤️❤️❤️????????????…

  9. shif says:
    October 6, 2018 at 9:08 pm

    Vadhu hunaani faivaanuga, so vani, vadhejje bunaani, e kahala thanthan kolhu rangalhu kohleema vahaka furihama vaane

    1. Ifoo ifoo says:
      October 6, 2018 at 10:15 pm

      Shif ❤️❤️❤️… Thankyou so much ❤️❤️❤️????????????… V v v ufaavehje anehkaavx mistakes faahaga kohla dhinyma ???… Try kuraanan mistakes ragalhu kureveythr ???… Thankyou ❤️❤️❤️???…

  10. rae rausam says:
    October 6, 2018 at 10:05 pm

    Alhey haadha kurey stry. .. lavaeh nun miothy bodah lava kuru kohlaafa stry dhigukohli nama thankolheh bodah intrst vys hen hyvany?but mi part ves salhi…thankolheh avahah next part up kohla dhehchey . ..

    1. Ifoo ifoo says:
      October 6, 2018 at 10:18 pm

      Mi part kuru tha??? Mi lava akee ifoo ge one of my favourite n story name vx choose kury e lavain so ifoo v beynun vegen lava include kury ???… Thankyou so much ?????????❤️❤️❤️???… V v v ufaavehje mi part vx reethi v ma ???…

  11. san says:
    October 6, 2018 at 10:34 pm

    mivaahaka varah v v v reethi 28 vana paatu miah vuran vas reethi vaane kamah unmiydh kuani

    1. Ifoo ifoo says:
      October 7, 2018 at 4:10 pm

      San ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma ???… Will try to upload the next part on Tuesday ???…

  12. Naju says:
    October 7, 2018 at 1:06 pm

    ᗯOᗯ ??? IᖴOO ᗪEᗩᖇ ᗰI ᑭᗩᖇT ᐯᐯᐯᐯᐯᐯᐯᐯᐯ EᗰOTIOᑎᗩᒪ IᑎGEY ??? ᕼᗩᗰᗩ ᖇᗩᑎGᗩᒪᕼᗩᕼᐯ᙭ ᖇOᐯIᕼᒍE ᔕTOᖇY KIYᗩᗩ ᑎIᗰᑌᑎᑌᑎ Iᖇᑌ Eᕼᗩᗩᐯ᙭ ᗩᔕᗩᖇᑌGᗩᗪᕼᗩ ??? ᗩᗪᕼIᐯ᙭ ᗰIᑌᒪᕼEᑎY ᐯ ᗷᗩᒪIKOᕼ ᑎᗩᒍᑌ ᗷT KᑌᗪᗩKOᕼ ᖇᗩᑎGᗩᒪᕼᑌᐯYᗰᗩ ᗰI ᗩᐯᗩᕼᗩᕼ ᔕTOᖇY KIYᗩᗩᒪY IᖴOO GE ᔕTOᖇY KIᕼIᑎEᗩᕼ ᗪᕼᗯ ᑎᗩᒍᑌ ᑎᑌKIYᗩᗩ ᕼᑌᑎᑎᗩᗩᑎY Eᕼᗩᗩᐯ᙭ ᖇEETᕼI ????????? ᑌᖇ ᗩ ᗯOᑎᗪEᖇᖴᑌᒪ ᗯᖇITEᖇ ????????? I ᒪOᐯE ᑌᖇ ᔕTOᖇY ????????? KEEᑭ ᑌᑭ TᕼE GOOᗪ ᗯOᖇK ᗪEᗩᖇ ???❤️❤️❤️??? ᗰᑌᑕᕼ ᒪOᐯEᔕ ᖴᖇOᗰ ᑎᗩᒍᑌ ????????????????????????

    1. Ifoo ifoo says:
      October 7, 2018 at 4:28 pm

      Naju ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje Naju ge colourful long comment eh fenunyma ❤️❤️❤️???… Rovihjihyaa ifoo beynun vi gothah story genesdhevihje ???…. Thanks a lot dear for the support ❤️❤️❤️????????????… Ur are very supportive reader ❤️❤️❤️???… Avas shifaa akah edhen ❤️❤️❤️??????… Much loves from me dear ❤️❤️❤️

  13. Maya says:
    October 7, 2018 at 3:39 pm

    Alhdy.. This part is so emotional.. ??????????yoon and aili ????????????????aljey Story nimeny ey ifoo.. Hope ifoo sis ge new story eh kiyaalan libeyne kamah..
    ???????????????u r the best and so talented… Masha Allah ???????????????avahah nxt part up kohdhehchey luv u….. Vv vvbv Curious mihaaru… ???????????????????

    1. Ifoo ifoo says:
      October 7, 2018 at 4:15 pm

      Maya ❤️❤️❤️???… Thankyou so much dear ???❤️❤️❤️?????????… I’m so happy that u like it ❤️❤️❤️???… Yahh… Story is going to end ???… In Sha Allah adhi ifoo ge new story eh kiyaalan libeyne ???.. Thanks a lot dear ❤️❤️❤️????????????… Lots of love ❤️❤️❤️????????????… Will try to upload the next part on Tuesday ???… Keep waiting dear ???…

  14. Mee says:
    October 7, 2018 at 6:37 pm

    Varah reethi mi bai vx
    But faahaga kurevey varah ginan vadhunu liyefa hun nakan ekam ragalhu gothay vaiy

    1. Ifoo ifoo says:
      October 7, 2018 at 10:09 pm

      Thankyou so much dear ❤️❤️❤️????????????… V ufaavehje mistakes faahaga kohla dhinyma ???… Ragalhu kuran In Sha Allah v masaikah kuraanan ???…

  15. Anonymous says:
    October 7, 2018 at 8:17 pm

    Vrh reethi.. Maa sha Allah.. Vrh asaru kohfi hithah.. ???????????????????

    1. Ifoo ifoo says:
      October 7, 2018 at 10:12 pm

      Anonymous ❤️❤️❤️???… Thankyou so much ❤️❤️❤️????????????… V v v ufaavehje mi part vx kamudhiyaima ???… Hithah asaru kuryma v ufaavehje ???… Ifoo ah ragalhah mi part genesdhevihje kamah mi balany hithah asaru kuryma ???… Thankyou so much for the support ???❤️❤️❤️… Much loves from me dear ❤️❤️❤️????????????…

  16. ❤️❤️ says:
    October 7, 2018 at 8:33 pm

    Vrh nic stry…rohvaalaafi?? …bt Ailee ethanun dhiya a nudheythi dear dhimaavi vaahaka thah nukiyaadhy….bxy viyas nukiya nuhureveynethy Hama up vefa toa balaafa kiyaaly…whn next part dear…knirakun stry nimeyny ehkn…????????????❤️❤️❤️❤️

    1. Ifoo ifoo says:
      October 8, 2018 at 6:23 am

      Awwwwnn ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma dear ah ???… Let’s see dhw vaagotheh ???… V v v ufaavehje anehkaavx dear ge comment eh fenunyma ???… Next part In Sha Allah tomorrow ???… Story nimumakaa v gaivehje mihaaru… Dhen innaanee 2 or 3 parts… 50 parts in story nimaaleveythr mi try kurany ???… Keep waiting dear for the next part ???… Lots of love from me ❤️❤️❤️????????????…

  17. Lam says:
    October 8, 2018 at 8:32 am

    rythi.. kon irakun next part??

    1. Ifoo ifoo says:
      October 9, 2018 at 3:16 pm

      Thankyou so much dear ❤️❤️❤️?????????… Next part In Sha Allah tomorrow ???…

  18. Ifoo ifoo says:
    October 9, 2018 at 3:13 pm

    Dear readers… I’m sorry dear readers miadhu new part eh up kureveykah neh… I’m not feeling well… In Sha Allah maadhama up kohladheynan ???…

  19. Mixuhan says:
    October 9, 2018 at 4:42 pm

    Alhey haadha dheraey ….gws dear ..vaahaka up vey thw bala balaafa up nuvaathy hithah ery anehkaa comment khfa indhe dhaaneyey v kihineh kan bunefa …ehnve up nuvaathy comment ga liyefa inthw balaili iru mi libuny sad news eh …varah kiyaahithun mihiry …story is awesome …once again gws ifooo …curiously waiting ?

    1. Ifoo ifoo says:
      October 10, 2018 at 6:01 pm

      Mixuhan ❤️❤️❤️???… Thankyou so much ❤️❤️❤️?????????… Now next part up kohlaifinn ???… Avahah kiyaalaa ???…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 48←


All Right Reserved!