Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 46

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
October 3, 2018 6 Mins Read
25 Comments

ބެލްކަނީގެ ދޮރު ކައިރީގައި މަންޒަރު ބަލަން ހުރި ރިފްޝާ އާއި ޝައުނާވެސް ހުރީ ހައިރާންވެފައެވެ. ދުވަހަކުވެސް އައިލީންގެ ފަރާތުން ނުފެންނަ ފަދަ ސިފައެއް ފެނިގެން ދިޔުމުން ދެމީހުންވެސް ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ” ޔޫން… އާރް ޔޫ އޯކޭ… ” ރިފްޝާ ގޮސް ޔޫހާންގެ ކޮނޑުގައި އަތް ބާއްވާލަމުން އެހެން ބުނުމާއެކު ޔޫހާންއަށް ސިހިފައި ބަލާއިލެވުނެވެ. އޭނާ އަދިވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އައިލީން އޭނައަށް އެހެން ހަދާފާނެކަމަކަށް ޔޫހާންއަށް އެއްވެސް ވަރަކަށް ގަބޫލެއްނުކުރެއެވެ. އޭނައަށް ކޮށްފައިވި އަސަރު މޫނު މަތިންވެސް ހާމަވާން ހުއްޓެވެ. ” ޝީ ކާންޓް ޑޫ ދިސް ޓު މީ… ޝީ ކާންޓް… ” ރިފްޝާ އާއި ޝައުނާއަށް ބަލައިލުމަށްފަހު ކުރެހެފައިވި އަޑަކުން ޔޫހާން ބުނެލިއެވެ. ޔޫހާންގެ އަޑުގައިވެސް ވަނީ ހިތްދަތިކަމެވެ. ޔޫހާން އޭނަގެ އަތުގެ ތެރެއަށް އަނގޮއްޓި ލައި ބާރުކޮށްލަމުން ބާރު ހިނގުމެއްގައި ބެލްކަނިން ނިކުމެ އައިލީންގެ ކޮޓަރި އާއި ދިމާލަށް މިސްރާބު ޖެހިއެވެ.

ކޮޓަރިއަށް ވަދުނު އައިލީން ދޮރު ޖަހާ ތަޅުލިއެވެ. އައިލީން ދޮރުގައި ލެނގިލައިގެން ހުރި އިރު އެއް އަތް ވަނީ އަނގަމަތީގައި އަޅާފައެވެ. އަނެއް އަތް މުއްކެވިފައިވީއިރު ހުއްޓުމެއްނެތި އައިލީންގެ ލޮލުން ހޫނު ކަރުނަތައް ފައިބަމުން ދިޔައެވެ. އަނގަ މަތީގައި އަތް އަޅާފައި އޮތުމުން އޭނަ ރޯއަޑު އިއްވަން ބޭނުންނުވާކަން އަންގައިދިނެވެ. ”އައިލީ… އޯޕެން ދަ ޑޯ… އޯޕެން ދަ ޑޯ އައިލީ… ޔޫ ކާންޓް ޑޫ ދިސް ޓު މީ… އައިލީ އައި ލަވް ޔޫ… އައިލީ އައި ސެޑް އޯޕަން ދަ ޑޯ… ” ކުއްލިއަކަށް ޔޫހާން އައިސް ދޮރުގައި ތަޅަމުން ވާހަކަ ދެއްކި އަޑަށް އައިލީން ސިހުނެވެ. ޔޫހާންގެ އަޑުގައިވި ރިހުމުން އައިލީންގެ ހިތް ކުދިކުދި ކުރަމުން ދިޔައެވެ. ހިތަށް ކުރަމުން ދިޔަ އަސަރެއްގެ ސަބަބުން އައިލީންއަށް ކޮޅަށްވެސް ހުރުންވީ ދަތިކަމަކަށެވެ. އައިލީންއަށް މަޑުމަޑުން ތިރިވެވުނެވެ. ދޮރުގައި މަޑުމަޑުން ބޯ ޖައްސާލަމުން ދެލޯ މަރަ ބާރުކޮށްލީވެސް ހިތަށް ކުރަމުން ދިޔަ އަސަރަށް ކުޑަ ނަމަވެސް ލުއެއްލިބޭތޯއެވެ. އެހެނަސް އެކަންވީ ނާކާމިޔާބެވެ. ހިތަށް ކުރަމުން ދިޔަ އަސަރަކަށް ބަދަލެއް ނައެވެ. ޔޫހާންގެ ރިހުން އެކުލެވިގެންވީ އަޑު އިވޭ ކޮންމެ ފަހަރަކު އައިލީންގެ ހިތަށް ހީވަނީ ތޫނު ހަންޖަރަށް ހަރާލާހެންނެވެ. އެހެނަސް މިއަދު އެނޫން ގޮތެއް ނެތެވެ.

އެތައް އިރަކު ދޮރުގައި ތެޅުމުންވެސް އައިލީން ދޮރެއް ނުހުޅުވިއެވެ. ދޮރު ނުހުޅުވިއިރު އަނގައިންވެސް ބުނެނުލިއެވެ. ޔޫހާންގެ ހިތުގައި ރިއްސަމުން ދިޔައީ އިންތިހާއަށެވެ. ” އައިލީ… ޑޯންޓް ޑޫ ދިސް… ޕްލީޒް… ޑޯންޓް ޑޫ ދިސް ޓު މީ… ” ހިތަށް ލިބިފައިވި ހިތްދަތިކަމާއެކު ޔޫހާންވެސް އެހެން ބުނެ އެހުރި ގޮތަށް ހުރެ ދޮރުގައި މަޑުމަޑުން ބޯ ޖައްސާލިއެވެ. އެއާއެކު އަނެއްކާވެސް ޔޫހާންގެ ލޮލުން ކަރުނައެެއް ފޭބިއެވެ. ކައިރީގައި ތިބި ރިފްޝާގެ އިތުރުން ޝައުނާއަށް ވެސް ހުރީ ރޮވިފައެވެ. ޔޫހާންއަށް ކުރަމުން ދިޔަ އަސަރު އެހާ ގާތުން ފެނުމުން އަސަރުނުކުރާނީ ވެސް ކާކަށް ހެއްޔެވެ؟ ތިން މީހުންގެ ހިތުގައިވެސް އައިލީން އާއިމެދު އެގޮތަށް ކަންތައް ކުރުމުން ޝަކުވާވިއެވެ. ކުރި މަސައްކަތް ބޭކާރުވުމުން ކަރުއެލުވާލަމުން ޔޫހާން އެގެއިން ނިކުތެވެ.

” ޝައު… އައި ތިންކް އަހަރެމެން ފާން އެން ޔައި ގާތު މިކަންތަކުގެ ވާހަކަ ބުނަންވީހެން… ޔޫންއަށް މިވަގުތު އެދެމީހުންގެ ހެލްޕް ބޭނުންވޭ…” ޝައުނައަށް ބަލައިލަމުން ކަންބޮޑުވެފައި ހުރެ ރިފްޝާ ބުނެލިއެވެ. ޝައުނާވެސް އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ. ދެ މީހުންވެސް އަވަހަށް އިފާންގެ އިތުރުން ޔައިޝްއަށް ގުޅާ ކުރު ގޮތަކަށް ކަންތައްވީ ގޮތް ކިޔައިދިނެވެ. އެއަށްފަހު ދެމީހުންވެސް އައިލީންއަށް ގޮވަމުން ދޮރުގައި ތަޅަން ފެށިއެވެ.

ޔޫހާން ގޮސް ކާރަށް އެރިތަނާ އޭނަގެ ފޯނަށް ކޯލެއްއައެވެ. ” ތިގެއަށް އެބަ ދަން… ” ގުޅަމުން ދަނީ ޔައިޝް ކަމުން ޔޫހާން ފޯނު ނަގައި ޔައިޝް އެއްޗެކޭ ބުނުމުގެ ކުރިން ބުނެލިއެވެ. އެއާއެކު ޔައިޝް އޯކޭ އޭ ފޯނު ކަނޑާލިއެވެ. ސިކުނޑީގައި ފުނިޖެހިފައިވި ހައިޖާނުގަނޑަށް ކޮންމެވެސް ވަރެއްގެ އެހީއެއް ލިބޭތޯ ޔޫހާން އޭނަގެ ރަހުމަތްތެރިންގެ ގާތަށް ދިއުމަށް ކާރު ދުއްވާލިއެވެ. އޭރުވެސް އައިލީން ބުނެލި ކޮންމެ ބަހެއް އޭނަގެ ސިކުނޑީގައި ހަރުލާފައިވެއެވެ.

ޔޫހާން ދިޔުމުންވެސް އައިލީން އެގޮތުގައި އެތައް އިރަކު ރޯން އިނެވެ. އެންމެ ފަހުން ޝައުނާ އާއި ރިފްޝާ ދޮރުގައި ތެޅުން ނުހުއްޓުމުން އައިލީން އިންތަނުން ތެދުވެ ފާޚާނާއަށް ވަނެވެ. ފާޚާނާއަށް ވަދެ އެންމެ ފުރަތަމަވެސް އޭނައަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. ދެލޯ ވަނީ ދުޅަވެ ރަތްވެފައެވެ. އެހެން ހުރިއިރުވެސް ހުއްޓުމެއްނެތި އައިލީންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. ” ނޯ އައިލީ… ނޯ… ޔޫ ހޭވް ޓު ބީ ސްޓްރޯންގް… ޔޫ ހޭވް ޓު ބީ ސްޓްރޯންގް … ” ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރެ އައިލީން ބުނެލިއެވެ. އަދި ލޮލުން އައިސްފައިވި ކަރުނަތައް ފުހެލުމަށްފަހު މޫނު ދޮވެލައިގެން ފާޚާނާއިން ނިކުތެވެ. ހަމަޖެހިލުމަށްފަހު އާދައިގެ ހިނގުމެއްގައި ގޮސް އައިލީން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

” ވަޓްސް ރޯންގް ވިތް ޔޫ އައިލީ… ހައު ކުޑް ޔޫ ޑޫ ދިސް ޓު ހިމް… ” އައިލީން ފެނުމާއެކު އައިސްފައިހުރި ރުޅިއެއް ރިފްޝާއަކަށް މަތައެއް ނުކުރެވުނެވެ. އެހެންކަމުން އޭނައަށް ވާހަކަ ދެއްކުނީވެސް ހަރުކަށިކޮށެވެ. ” އެއީ އަހަރުމެން ދެމީހުނަށްވެސް އެންމެމަށް ރަނގަޅު ގޮތް… ” ރިފްޝާގެ މޫނަށް ބަލައިލަމުން އާދައިގެ ގޮތަކަށް އައިލީން ބުނެލިއެވެ. ” އޯ ރިއަލީ… ކޮން ގޮތަކުން ރަނގަޅީ… ބުނެބަލަ އައިލީ… ކޮން ގޮތަކުންތަ ރަނގަޅީ… ” ރުޅިއައިސްފައިހުރެ ބާރަށް މިފަހަރުވެސް ރިފްޝާ ބުނެލިއެވެ. ”ރިފޫ… ތި ރުޅި މަޑުކޮށްބަލަ… ތިހެނެެއްނޫނޭ އައިލީ އާ ވާހަކަ ދައްކާނީ… ” ހިތްހަމަނުޖެހިފައިހުރެ ޝައުނާ ރިފްޝާގެ އަތުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އެއްވެސް ސަބަބަކާއި ނުލައި އައިލީން އެހެން ކަންތައް ކޮށްފާނެކަމަކަށް ޝައުނާގެ ހިތް ގަބޫލެއްނުކުރެއެވެ. އައިލީންގެ އެ އަމަލުތަކުގެ ފަހަތުގައި ކޮންމެވެސް ހަގީގަތެއް ވާކަމަށް އޭނަގެ ހިތް ބުނަމުން ދިޔައެވެ. ” ކީއްވެ ބާރަށް ނުބުނަންވީ… އައިލީ ޔޫން އާ ވާހަކަ ދެއްކީ ރީތި ކޮށްތަ… އައިލީ… ޓެލް މީ… އެގޮތް ތިދެމީހުނަށް ރަނގަޅީ ކޮން ގޮތަކުންހޭ… ” ރިފްޝާ އެންމެ ތަންކޮޅެއްވެސް ދޫކުރާކަށް ބޭނުމެއްނުވިއެވެ.

އެވަގުތު ގޭތެރެއަށް ވަދުނު އެންމެނަށްވެސް ސިހުން ލިބުނީ ރިފްޝާގެ އަޑުންނެވެ. ރިފްޝާ އެހާ ރުޅިއައިސްފައިހުރެ އައިލީން އާއި ވާހަކަ ދައްކަމުން ދިޔުމުން އެންމެންވެސް ތިބީ ހައިރާންވެފައެވެ. ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައިކަމުން މަންޒަރުވެސް އެމީހުނަށް ފެންނަމުން ދިޔައެވެ. ”ކިހިނެއްވެގެން މިއުޅެނީ…” އައިހަމް އައިސް އެމީހުންގެ ކައިރީގައި ހުއްޓިލަމުން އަހާލިއެވެ. ” އައިހަމްބޭ.. އެއްވެސް.. އެއްވެސް ކަމެއް ނުވޭ.. ” އަޅައަޅާއިގަންނަމުން ޝައުނާ ބުނެލިއެވެ. ” ޝައު… ބުނޭ… ކީއްކުރަން ސިއްރުކުރަނީ… އައިލީ އެެއްވެސް މީހަކު ކައިރީ ބުނެވެސް ނުލާއި ޑީޒިޝަނެއް ނެގިއިރު އެ ޑިޒިޝަނެއްވެސް އެންމެނަށް އެނގެންވާނެއެއްނު… ” ހިތްހަމަނުޖެހިފައި ހުރެ އައިލީންއަށް ބަލައިލަމުން ރިފްޝާ ބުނެލިއެވެ. ދެވަނަ ފަހަރަށް އައިހަމް ސުވާލުކުރުމުން ޝައުނާ ކުރުގޮތަކަށް ވީގޮތް ކިޔައިދިނެވެ. އަައިހަމްގެ އިތުރުން ދެން ތިބި މީހުންވެސް ތިބީ ގަބޫލުކުރަން ދަތިވެފައެވެ. އައިލީން ޔޫހާންދެކެ އެހާ ލޯބިވާއިރު އެގޮތަށް ކަންތައްކުރުމުން ކޮންމެ މީހަކުވެސް ހައިރާންވާނެ ނޫން ހެއްޔެވެ؟ ” އައިލީ… ކީއްވެ އެހެން ތިނިންމީ… ” ޖަވާބު ބޭނުންވެފައިހުރެ އާޝިޔާ ސުވާލުކުރިއެވެ. ” އެއީ އަހަރެމެން ދެމީހުނަށްވެސް އެންމެ ރަނގަޅު ގޮތް ކަމަށް ވީމަ… ” މަޑުމައިތިރިކަމާއެކު އައިލީން ޖަވާބުދިނެވެ. ” ކިހިނެއްހޭ ރަނގަޅީ… ” މިފަހަރުވެސް ރިފްޝާއަކަށް މަޑަކުން ނުހުރެވުނެވެ. ” ޔޫހާންގެ ބައްޕަ ގަބޫލެއްނޫނޭ އަހަރެމެންގެ މިގުޅުމަކަށް… އެހެންވެ އަހަރެން ވަރަށް ވިސްނާފަ ނިންމި ނިންމުމެއް މީ… ޔޫހާންއަށްވެސް އެންމެ ރަނގަޅު ވާނީ އެގޮތް… ” އެއްވެސް އަސަރެއް ނެތް ގޮތަކަށް އައިލީން ބުނެލިއެވެ. ” އައި ކާންޓް ބިލީވް އިޓް އައިލީ… ޔޫން އާވެސް ޑިސްކަސް ނުކޮށް އައިލީ އެކަނި ޑިޒިޝަނެއް ނެގީ… ހިޔެއްނުވޭ އައިލީއަށް އެއްވެސް އަސަރެއް ކުރާހެނެެއް… އިނގޭތަ އައިލީއަށް ޔޫންއަށް ހާޓް ވީވަރެއް… އޭނަ ދެލޮލުން ކަރުނަ އައިއްސަ ހުރީ… ޔޫންއަށް ވަރަށް ހާޓްވި… އެއްވެސް ރަހުމެއްނެތި އައިލީ ޔޫންގެ ހިތް ކުދިކުދިކޮށްލީ… ޔޫން ބައްޕަ އަދި ތިދެމީހުންގެ ގުޅުމަށް ގަބޫލު ނޫންކަން ގަބޫލުކުރަން… އެކަމަކު އެޓްލީސްޓް ދެމީހުނަށް ޓްރައި ކުރެވޭނެ ދޯ ޕްރޮބްލެމް ސޯލްވްކުރަން… ޔޫންއަށް އެންމެ ހެލްޕް ބޭނުންވި ވަގުތު އައިލީ ޔޫން ތި ދޫކޮށްލީ… ތި ހިތަށް ހަމަ އެކައްޗެއްވެސް ނާރާތަ… އެއްވެސް އަސަރެއް ނުކުރޭތަ… ” ހިތްހަމަނުޖެހިފައިހުރެ ރިފްޝާ މިފަހަރުވެސް ވާހަކަ ދެއްކިއެވެ. ” އާނ… އެއްވެސް އަސަރެއް ނުކުރޭ… އަސަރު ކުރިއަސް ވަގުތާއެކު ބަދަލުވެގެންދާނެ… ވަގުތާއެކު ޔޫހާންވެސް ބަދަލުވެގެންދާނެ… މީ އަހަރެންގެ ފައިނަލް ޑިޒިޝަން… ކޮންމެ މީހަކު ވާހަކަ ދެއްކިއަސް އަހަރެންގެ މި ނިންމުމެއް ބަދަލެއްނުވާނެ… އަދި މިވާހަކަ އިތުރަށް ދައްކާކަށްވެސް ބޭނުމެއްނޫން… ޕްލީޒް… ” ފެންކަޅިވެފައިވި ދެލޮލާއެކު އެންމެންގެ މޫނަށް ބަލައިލަމުން އައިލީން ބުނެލިއެވެ. ” އައިލީ… ޔޫ ނޯ ވަޓް… އައި… އައި ޖަސްޓް ޑޯންޓް ވޯންޓް ޓު ޓޯކް ޔޫ އެނީމޯރް… ” އައިލީންއަށް ބަލައިލުމަށްފަހު އެހެން ބުނެ ރިފްޝާ ކޮޓަރިން ނިކުމެ ބެލްކަންޏަށް ހިނގައިގަތެވެ. ” އެބަ އަންނަން ރިފޫ ހަމައަކަށް އަޅުވާފަ… ” އެންމެނަށް ނަޒަރެއް ދެމުން ޝައުނާ ބުނެލިއެވެ. އެއާއެކު އާފިޔާ ބޯ ޖަހާލަމުން އަވަހަށް ދާށޭ ބުނެލިއެވެ. ލަސްކުރުމެއްނެތި ޝައުނާ ކޮޓަރިން ނިކުތެވެ. ”ޕްރިންސަސް… އާރް ޔޫ ޝުއާ ޔޫ… ” އައިހަމް އައިލީންއަށް ބަލައިލަމުން ވާހަކަ ދައްކަން މަސައްކަތްކުރިއެވެ. ” ދޮންބެ ޕްލީޒް… ދިޒް އީޒް މައި ފައިނަލް ޑިޒިޝަން… ” އައިހަމް ބުނަން އުޅުނު އެއްޗެއް އައިލީންއަށް އެނގުނެވެ. އެހެންކަމުން އައިހަމްގެ ވާހަކަ އޭނަ ވަކި ހިސާބަކުން މެދުކަނޑާލަމުން ބުނެލިއެވެ. އެންމެންވެސް އެނބުރި އެމީހެެއްގެ ކޮޓަރިއަށް ދިޔުމަށް ހިނގައިގަތެވެ.

ޔޫހާން އެގެއަށް ވަދުނު ގޮތަށް ދިޔައީ ޔައިޝްގެ ކޮޓަރިއަށެވެ. އޭރު ޔައިޝްގެ އިތުރުން އިފާންވެސް ކޮޓަރީގެ ސޯފާގައި ތިއްބެވެ. ޔޫހާންވެސް ކޮޓަރިއަށް ވަދެ ސޯފާގައި އިށީންދެލިއެވެ. އަދި ސޯފާގައި ލެނގިލުމަށްފަހު ދެލޯ މަރާލަމުން އިސްތަށިގަނޑުގެ ތެރެއަށް އޭނަގެ އަތް މަހާލިއެވެ. ” ޔޫން… އަހަރެނެނަށް އިނގޭ ތިވެގެން އުޅޭ ގޮތް… އާރް ޔޫ އޯކޭ… ” އިފާން މަޑުމަޑުން ޔޫހާންގެ ކޮނޑުގައި އަތް ލަމުން އަހާލިއެވެ. ”ކިހިނެއްތަ އޯކޭ ވާނީ… އައި ސްޓިލް ކާންޓް ބިލީވް އިޓް… އައިލީ އަހަރެން ދޫކޮށްލާފާނެ ކަމަކަށް ހިތަށްވެސް ނާރާ… ” ދެލޯ ހުޅުވާލުމަށްފަހު ސޯފާގައި ރީތިކޮށް އިށީންނަމުން ޔޫހާން ބުނެލިއެވެ. ” އައި ތިންކް ސަމްތިން އީޒް ފިޝީ ހިއާ… ބައްޕަ ގަބޫލުނުވީމަ މިގުޅުން ކަނޑާލަން ބޭނުންނޫންނަމަ އައިލީ ކުރިންވެސް އަހަންނާ ގުޅުން ކަނޑާލަންވީއެއްނު… އެންމެ ފަހުން އަހަރެމެން މީޓްވިރޭވެސް އައިލީ ހަމަ ޕޮޒިޓިވްކޮށް ހުރީ… ހަމަ ހުރެފަ ކޮންމެވެސް ކަމެއް ނުވާނަމަ އައިލީ މިހެނެއް ނުހަދާނެ… ލޯބިނުވެޔޭ ބުނިއިރުވެސް އަދި ހިތަށް އަސަރެއްނުކުރެއޭ ބުނިއިރުސް އައިލީގެ ލޮލަށް ޖަމާވެފަ ހުރި ކަރުނަތައް އެކަން ހެކިދޭ… އޭރުވެސް އެދެލޮލުން ފެނުނީ ލޮއެބާ ހިތްދަތިކަން… އަހަރެންގެ ހިތެއް ނުބުނޭ އައިލީ ސަބަބެއްނެތި މިހެން ކަންތައް ކޮށްފާނެކަމަކަށް… ސަމްތިން އީޒް ރޯންގް… ” އިރުކޮޅަކު ވިސްނަން އިނދެފައި އިފާން އާއި ޔައިޝްގެ މޫނަށް ބަލައިލަމުން ޔޫހާން ބުނެލިއެވެ. ” މަށަކަށްވެސް ގަބޫލެއްނުކުރެވޭ ހަމަ ހުރެފަ އައިލީ އެހެން ކަންތައް ކޮށްފާނެ ކަމަކަށް…” ޔައިޝްވެސް ޔޫހާންގެ ވާހަކައަށް ތާއީދުކުރަމުން ބުންޏެވެ. އެއާއެކު އިފާންވެސް ބޯ ޖަހާލިއެވެ. ” އައިލީ ޔޫންދެކެ އެހާ ލޯބި ވާއިރު އެހެނެއް ކަންތައްކުރީ ކީއްވެބާ ދެން… ” އިފާންވެސް ވިސްނަން އިނދެފައި ބުނެލިއެވެ. ”ވީހޭވް ޓު ފައިންޑް ދެޓް… މީގެ ފަހަތުގަ ކޮންމެވެސް ސަބަބެއްވެޔޭ އަހަރެންގެ ހިތް ބުނަނީ… އައި ތިންކް އައި ނޯ ވަޓް ޓު ޑޫ… ” މުޅިން އައު ހިތްވަރަކާއެކު ޔޫހާން ބުނެލިއެވެ. އެއާއެކު ސުވާލުގެ ނަޒަރަކުން އިފާން އާއި ޔައިޝް ޔޫހާާންއަށް ބަލައިލިއެވެ.

ޝައުނާ ބެލްކަންޏަށް ދިޔައިރު ހަރަންބަދެލައިގެން ތޮއްޖެހިފައިވި މާލޭގެ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން ރިފްޝާ ހުއްޓެވެ. ” ރިފޫ… ކީއްވެތަ އެހެން އައިލީ އާއި ވާހަކަ ދެއްކީ… އައިލީ ކިހާ ދެރަވާނެ… ” ޝައުނާ ރިފްޝާގެ ފަހަތުގައި ހުއްޓިލަމުން މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ” ދެން ޔޫން އޯ… އަހަރެން އެކަންޏެއް ނޫނެއްނު މީހުން ދެރަކުރަނީ… ކިހިނެއްތަ އައިލީއަށް ވެފަ އެހުރީ… އައިލީ ޔޫންދެކެ އެހާ ލޯބިވާއިރު ހައު ކުޑް ޝީ ޑޫ ދެޓް… ” ޝައުނާ އާއިވީ ފަރާތަށް އެނބުރެމުން ރިފްޝާ ބުންޏެވެ. ” ރައިޓް… އައިލީ ޔޫން ދެކެ އެހާ ލޯބިވާއިރު އައި ޑޯންޓް ތިންކް ސަބަބެއްނެތި އައިލީ ޔޫންއަށް ހާޓްކޮށްފާނެ ހެނެއް… އެން މީގެ ކުރިން އަބަދުވެސް އައިލީ ކަމެއް ދިމާވެއްޖިއްޔާ އަހަރެމެން ދެމީހުނާ ޑިސްކަސްކުރޭ… ބަޓް ދިސް ޓައިމް ނޯ ޑިސްކަޝަން… އެން ރިފޫއަކަށް ނޯޓިސްއެއް ނުވޭތަ މިތިން ދުވަހު އައިލީ ވަރަށް ދުރުދުރުން އުޅެނީ… ގިނަ ވަގުތު އެކަނި ކޮންމެވެސް ޚިޔާލަކަށް ގެއްލިފަ އިންނަނީ… މޫނު މަތިން މާޔޫސްކަން އަބަދުވެސް ފެންނަނީ… ސުވާލުކުރިޔަސް މާ އެދެވޭ ޖަވާބެއް ނުދޭ… ގެއިން ބޭރަކަށްވެސް ނުދެއެއްނު… މިހުރިހާ ކަމަކަށް ބަލާފަ އައި ފީލް ދެޓް ސަމްތިން އީޒް ރޯންގް… ” ޝައުނާ ދެއްކި ވާހަކަތަކާއިމެދު ރިފްޝާވެސް ވިސްނާލިއެވެ. އޭނައަށްވެސް އެކަންތައްތައް ގަބޫލުކުރެވުނެވެ. އެވަގުތު ޝައުނާގެ ފޯނު ރިންގުވެގެން ދިޔައެވެ. ބަލާއިލިއިރު ގުޅަނީ ޔޫހާންއެވެ. ޝައުނާ ފޯނު ނެގުމާއެކު ޔޫހާން އެންމެ ފުރަތަމަވެސް އެދުނީ މިރޭ ރިފްޝާ އާއި ދެމީހުން ބައްދަލުކުރުމަށެވެ. އަށް ގަޑި ފަނަރައަށް ޔައިޝްގެ ގެއަށް އައުމަށް އެދުނެވެ. އަދި އައިލީންއަށް މިކަން ނޭނގުމަށް އެދުނެވެ. ޝައުނާ އެއްބަސްވުމާއެކު ދެން ހުރި ވާހަކަތައް މިރޭ ދައްކާނެ ކަމަށް ބުނެ ޔޫހާން ފޯނު ކަނޑާލިއެވެ. ރިފްޝާ ސުވާލުގެ ނަޒަރަކުން ބަލާއިލުމުން ޝައުނާ އޭނަ އާއިވެސް އެވާހަކަތައް ހިއްސާކުރިއެވެ. ” އައި ނިއު އިޓް… އައިލީ އެއްވެސް ރީޒަންއަކާ ނުލާ ޔޫންއަށް ހާޓްނުކުރާނެކަން ޔޫންއަށް އިނގޭނެ… އައިމް ޝުއާ ހީ އިޒް ޕްލޭނިން ސަމްތިން… ” ލުއި ހިނިތުންވުމެއްވެރިކުރުވަމުން ޝައުނާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ވީމޭ މަ ކައިރީގާ 13

Next

ލޯތްބަކީ 16

Next
October 4, 2018

ލޯތްބަކީ 16

Previews
October 2, 2018

ވީމޭ މަ ކައިރީގާ 13

25 Comments!

  1. Ifoo ifoo says:
    October 3, 2018 at 2:28 pm

    Salaam dear readers ???… It’s shorter than the last part cause I’m super busy ???… Sorry dear readers… Next part In Sha Allah dhigu kohlaanan n In Sha Allah Saturday ga next part… Thankyou so much all for the support ???❤️❤️❤️?????????…

  2. kamana says:
    October 3, 2018 at 3:09 pm

    haada kurey….. when next part….

    1. Ifoo ifoo says:
      October 3, 2018 at 3:52 pm

      It’s shorter than the last part but it’s more than 1300 words ???… Next part In Sha Allah Saturday ga ???… Thankyou ???❤️❤️❤️…

  3. Mixuhan says:
    October 3, 2018 at 3:12 pm

    Alhey haadha dhigu inthixaare k ifooo…eoh kuyaa hithun indha thi nimmaaleee …varah varah nice mi story …curiously waiting dear❤

    1. Ifoo ifoo says:
      October 3, 2018 at 3:56 pm

      Mixuhan ❤️❤️❤️???… Thankyou so much ???❤️❤️❤️?????????… Saturday ge kurin vx liyevihjihyaa up kohdheynan avahah In Sha Allah ???… Thankyou so much ifoo ah thidhey support ah ❤️❤️❤️??????… Keep waiting dear ???…

  4. Maii? says:
    October 3, 2018 at 3:30 pm

    Buxy ves vaane life ga … thats nt a big deal.. bt stry hama obi igeyy… waiting 4 the next part… n keep up the gud hardwork buddy?????

    1. Ifoo ifoo says:
      October 3, 2018 at 4:00 pm

      Maii ❤️❤️❤️???… Thankyou so much dear for the support n for understanding ❤️❤️❤️????????????… V v v ufaavehje ehaa understanding v ma ???… Next part In Sha Allah Saturday ga ???… Keep waiting dear ???…

  5. shahi says:
    October 3, 2018 at 3:32 pm

    Ooops haadha kurey kiyaa hithun huhtaa nimunee
    ???? mi part ves vrh reethi
    ???

    1. Ifoo ifoo says:
      October 3, 2018 at 4:01 pm

      shahi ❤️❤️❤️???.. Thankyou so much dear ❤️❤️❤️????????????… Keep waiting for next part ???…

  6. Haapy♥️ says:
    October 3, 2018 at 3:39 pm

    V nice ey. Lill late vias ok busy viyya. At least upkohdhe ehnun. ??

    1. Ifoo ifoo says:
      October 3, 2018 at 4:04 pm

      Happy ❤️❤️❤️???… Thankyou so much for understanding ❤️❤️❤️????????????… V v v ufaavehje ???… Keep waiting for the next ???…

    2. Haapy♥️ says:
      October 5, 2018 at 11:27 pm

      Haapy ey darling

    3. Ifoo ifoo says:
      October 6, 2018 at 2:54 pm

      I’m really sorry dear ???… It’s a typing mistake…

  7. Aisha says:
    October 3, 2018 at 3:55 pm

    Alhey Yoon haadha loabey ulheyleh….. can’t wait to read next part…v v v reethi ????

    1. Ifoo ifoo says:
      October 3, 2018 at 9:21 pm

      Aisha ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part kamudhiyaima Aisha ah ???… Yahh… yoon asluvx v loabi ???…

  8. shif says:
    October 3, 2018 at 7:31 pm

    Salhi, but some words has to correct I think, eg vadhun, vanun or vadhegen dhiun bunevidhaane, ekahala thanthan kolhu rangalhu kohleema adhi v salhivaane

    1. Ifoo ifoo says:
      October 3, 2018 at 9:27 pm

      Shif ❤️❤️❤️… Thankyou so much ❤️❤️❤️????????????… V ufaavehje mistakes faahaga kohla dhinyma ???… I will try my best to correct the mistakes ???…

  9. Anonymous says:
    October 3, 2018 at 8:28 pm

    Mi story ga ahdhi kithah prt abointha

    1. Ifoo ifoo says:
      October 3, 2018 at 9:28 pm

      2 or 3 parts???…

  10. Kokkeeeeee says:
    October 3, 2018 at 9:15 pm

    I feel so sad ??? for yookhan… Ifoooo Story vvvvvv salhi???? avahah part 47 up kohlahjee….all the best?

    1. Ifoo ifoo says:
      October 6, 2018 at 2:55 pm

      Kokkeeeeee ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje ???… Now next part up kohlaifinn ???…

  11. Maayu says:
    October 3, 2018 at 10:42 pm

    Ifoo v reethi mi part vx.. Waiting for the others… love ya and best wishes frm me.. Maya ge first story vx mi varah avahah up kuran fashaanan.. hope ifoo ge support libeyne kamah

    1. Ifoo ifoo says:
      October 6, 2018 at 3:01 pm

      Maayu ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Yahh… In Sha Allah ifoo ge support libeyne ???… Waiting for your story ???… I wish you all the best ???… Much loves from me dear ❤️❤️❤️????????????…

  12. Naju says:
    October 6, 2018 at 2:02 pm

    IᖴOO ᗪEᗩᖇ ᗰI ᑭᗩᖇTᐯ᙭ ᐯᐯᐯᐯᐯᐯᐯᐯ ᖇYTᕼI IᑎGEY ?????? …

    1. Ifoo ifoo says:
      October 6, 2018 at 3:03 pm

      Naju ❤️❤️❤️… Thankyou so much ❤️❤️❤️????????????… Lots of love and take care ❤️❤️❤️????????????…

Comments are closed.

Next Episodeއިންތިޒާރުގަައި ހުންނަމޭ ލޯބިން 47←


All Right Reserved!