Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 49

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 28, 2018 4 Mins Read
29 Comments

އެއްމަސް ފަސް…

ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށްޓަކައި ތުރުކީގައި ހެދި އެންމެ ބޮޑު ސްޓޭޑިއަމަށް މީހުން ޖަމާވަމުން ދިޔައެވެ. ވޯލްޑްކަޕްގެ ފައިނަލް މެޗުބެލުމަށްޓަކައި އިސްތަންބޫލްގެ އިތުރަށް މުޅި ތުރުކީ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން ތައްޔާރުވަމުން ގެންދިޔައެވެ. މުބާރާތް ކުޅޭ ގައުމެއް ނުކުޅޭ ގައުމެއް ތަފާތެއް ނެތެވެ. ސޯޝަލް މީޑިއާގައިވެސް ވަރަށް ފޯރި ނަގަމުން ދިޔައެވެ. ފައިނަލަށް ދިޔަ ދެ ގައުމުގެ ސަޕޯޓަރުން އެ ގައުމެއް މޮޅުކޮށްފައި ޕޯސްޓްތައް ކުރަމުން ދިޔައެވެ. އެއް ކުޅުންތެރިޔަކާ އަނެއް ކުޅުންތެރިޔަކު އަޅާ ކިޔަމުން ދިޔައެވެ.

 

ކުރީގެ މަޝްހޫރު ކުޅިންތެރިންވެސް ފައިނަލް މެޗު ބަލާލުމަށްޓަކައި ދަނޑަށް އައިސް ތިއްބެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯއާ ލިއޮނަލް މެސީ ވެސް ހިމެނެއެވެ. މިފަހަރުގެ ތާރީޚީ ފައިނަލް މެޗާއި ދެގައުމުގެ ކުޅުންތެރިންނާއި ބެހޭ ގޮތުން ކުރީ ގެ ކުޅުންތެރިންނާ ނޫސްވެރިން ސުވާލުކުރަމުން ދިޔައެވެ.

 

ބަހުގައި ދެ ޓީމުގެ ކުޅުންތެރިންވެސް ދަނޑަށް ހާޒިރުވިއެވެ. އެއާއެކު ނޫސްވެރިން އެމީހުންގެ ކެމެރާތައް އެކުޅުންތެރިންނަށް އަމާޒު ކުރިއެވެ. ގިނަ ކުޅުންތެރިން ތިބެނީ ހެޑްސެޓް އަޅައިގެން ކޮންމެސް އެއްޗެއް އަޑު އަހާށެވެ. އެމީހުންނަށް ހުއްޓެމުން ދިޔަ ކެމޭރާތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އަނެއްބައި ކުޅުންތެރިން ކެމެރާއަަށް ބަލަހައްޓައިގެން ތިބެ ކޮންމެސް ހަރަކާތެއް ކޮށްލައެވެ.

 

ފައިތިލައާ ހަމައަށް އަރާ ރަތްކުލައިގެ ދިގު ހެދުމާއި އޭގެ މަތިން ހަމަ އެހެދުމުގެ ދިގުމިނަށް ހުރި ކަޅު ކުލައިގެ ޖެކެޓެއް ލައިގެން ކަޅު ޝޯލްއެއް އަޅައިގެން އިން މާނީ ހީވަނީ އަރަބި މޮޑެލެއް ހެންނެވެ. ލޮލުގައި ފަވާފައި ހުރި އަނދުން ފިޔަވާ އިތުރު މޭކަޕެއް ކޮށްފައި ނެތަސް މާނީގެ ރީތިކަން ފަނޑެއް ނުވެއެވެ. މާނީގެ މޫނު މަތިން ފެންނަނީ އުފާވެރިކަމެވެ. އެފްއޭއެމްގެ ލޯގޯ ޖަހާފައި އިން މައިކް ހިފަހައްޓައިގެން ކެމެެރާއަށް ކުރިމަތިލައިގެން ވަރަށް ފޯރީގައި ހުރެ މާނީ ވާހަކަ ދައްކަމުން ދިޔައެވެ.

 

ވޯލްޑް ކަޕަކީ ފެށުނީންސުރެ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރު މުބާރާތެވެ. މުބާރާތް ފެށުމުގެ ދެތިން މަސްކުރިން މުބާރާތް ބެލުމަށްޓަކައި ދިވެހިން ތައްޔާރުވެއެވެ. އެމީހަކު ތާއިދު ކުރާ ގައުމެއްގެ ދިދައާ ކުޅުންތެރިންގެ ޖާޒީ ފަދަ ތަކެތި ގަނެއެވެ. އެހެން ފަހަރުތަކާ ޚިލާފަށް މިފަހަރު މުޅި ދިވެހި ރާއްޖޭގައި ދަމާފައިވަނީ ދިވެހި ދިދައެވެ. އެހެން ގައުމުތަކުގެ ކުޅުންތެރިންގެ ޕޯސްޓަރު ތަކުގެ ބަދަލުގައި މަގުމަތީގައި ހަރު ކުރެވިފައިވަނީ ދިވެހި ކުޅުންތެރިންނާއި ދިވެހި ޓީމާ ބެހޭ ގޮތުން ހަދާފައި ހުރި ޕޯސްޓަރުތަކެވެ. މުބާރާތުގެ ދުރަށް ނުދެވުނަސް ވޯލްޑް ކަޕްގައި ދިވެހިރާއްޖެ ކުޅުމަކީވެސް ދިވެހިންނަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާ ކާމިޔާބީއެކެވެ. ދިވެހި ޓިމާމެދު ދިވެހިންގެ އުއްމީދު އެހާ ބޮޑެއް ނޫނެވެ.

މުޅިދުނިޔެވެސް ގަބޫލުކޮށްގެން ތިބީ މުބާރާތުން އެންމެ އަވަހަށް ކަޓާނެ ޓީމަކަށް ދިވެހި ރާއްޖެވާނެކަމަށެވެ. އެހެނަސް މުޅި ދުނިޔެ ހައިރާން ކުރުމަށްފަހު ރާއްޖެ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއެވެ. މުޅި މުބާރާތުގައި އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެެރިންގެ ތެރޭގައި ދިވެހި ކުޅުންތެރިން ހިމެނެއެވެ. ލަނޑު ލިސްޓުގެ ކުރީގައި ރާއްޖޭގެ އާރާޝް އޮތުމަކީ އެކަމުގެ ހެއްކެކެވެ. މުޅިއަކު ހަލަނޑު ޖަހައިގެން ފައިނަލާ ހަމައަށް ދިޔައިރު ލަނޑުލިސްޓުގެ އެއްވަނަ އާރާޝަށް ލިބެއެވެ. މުބާރާތުގައި އެންމެ ގިނަ ބޯޅަ މަތަކޮށްފައިވަނީ އަކްމަލެވެ. ރާއްޖޭއާ އިދިކޮޅަށް ފައިނަލްގައި ވާދަ ކުރަނީ ރާއްޖެފަދަ ކުޑަ ގައުމެއް ކަމަށްވާ އައިސް ލޭންޑެވެ. އެމީހުންނަކީ އެންމެ ފަހުގެ ޗެމްޕިއަނުންވެސް މެއެވެ. ފުޓުބޯޅާއިގެ ދުނިޔޭގައި ކުދި ގައުމުތައް ކުރި އަރަމުން ގެން ދިޔައެވެ. ޔޫރަޕުގެ ޓީމު ތަކެކޭ އެއްފަދައިން އޭޝިއާ ވެސް އަޑުގަދަ ކުރަން ފެށިއެވެ. މުބާރާތުގެ ގަދަ ސޯޅައަށް އޭޝިއާގެ ފަސްގައުމެއް ދަތުރު ކުރިއެވެ. އެއީ އޮސްޓްރޭލިއާ ދިވެހިރާއްޖެ ޖަޕާން ކޮރެއާ އަދި އިރާނެވެ. އިރާން މުބާރާތުން އަލްވަދާއުކީ ސެމީފައިނަލްގައި އައިސް ލޭންޑް އަތުން ބަލިވެގެންނެވެ.

ރާއްޖޭ ފައިނަލާއި ހަމައަށް ދަތުރުކުރީ ވަރުގަދަ ގައުމުތައް ބަލިކޮށްފައެވެ. ގުރޫޕް ސްޓޭޖުގައި މިސްރާއި ތުރުކީ ބަލިކުރިއެވެ. ބައި ކޮޅަށް ލަނޑެއް ވަނަނުދީ ޕޯޗުގަލް ހިފެހެއްޓިއެވެ. ގުރޫޕްގެ ދެވަނައިގެ ގޮތުގައި ގަދަ ސޯޅައަށް ގޮސް ދެކުނު އެމެރިކާގެ ގަދަ ބާރެއް ކަމަށްވާ ޗިލީ ޕެނަލްޓީ ޖަހައިގެން ބަލި ކުރިއެވެ. އެއަށްފަހު ކުއާޓާގައި ކްރޮއޭޝިއާ ބަލިކުރިއެވެ. ސެމީ ފައިނަލްގައި ތިނެއް ސުމެއްގެ ބޮޑު ތަފާތަކަުން ވޭލްސް ބަލިކޮށް ފައިނަލަށް ދަތުރުކުރިއެވެ. އެހާ ހިސާބުން ރާއްޖެއިން ދަތުރު ހަދާފައި ފައިނަލް މެޗު ބަލަން ތުރުކީއަށް މީހުން ދަތުރުކުރަން ފެށިއެވެ. ރާއްޖޭގެ ގައުމީ އެއާލައިނުން ޓީމުގެ ހުރިހާ ކުޅުންތެރިންގެ އާއިލާ މެންބަރުންނަށް ހިލޭ ދަތުރު ކުރެވޭނެ ގޮތް ހަމަޖައްސާދިނެވެ.

ފައިނަލް މެޗު ބަލަން ތުރުކީއަށް ދާން ހުރިހާ ދިވެހި ރައްޔިތުންވެސް ބޭނުންވިއެވެ. މިއަދު މެޗުން ދިވެހި ޓީމު ބަލިވިއަސް ރައްޔިތުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ފައިނަލްގައި ކުޅެލެވުމަކީވެސް ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރެއެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް ބޮޑު ސްކްރީން ބަހަށްޓާއިފައިވާ ތަނަށް ރަށުގެ ރައްޔިތުން ޖަމާވަމުން ދިޔައެވެ.

 

މާނީ ހުއްޓިލައިގެން ހުރީ ކްރިސްޓިއާނޯ ރޮނާލްޑޯ ގާތުގައެވެ. އެހެން ނޫސްވެރިން ފަދައިން ރޮނާލްޑޯއާ ސުވާލު ކުރުމުގެ ފުރުސަތު މާނީއަށް ވެސް ލިބުނެވެ. މާނީ ކުޑައިރުގައި އެންމެ ސަޕޯޓް ކުރި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. އޭނާއާ އާރާޝް ކުޑައިރު އެއްގަލަކަށް އަރަނީ ހަމައެކަނި ރޮނާލްޑޯގެ މޮޅު ވާހަކަ ދައްކަންށެވެ. މާނީގެ ހިތް އާރާޝަށް ދެވެން ފެށި ދުވަސްވަރަކީ އެގޭތެރޭގައި ރޮނާލްޑޯ މެސީ ޒުވާބު ބޮޑުވި ދުވަސްކޮޅުގައެވެ. ރޮނާލްޑޯ ފަޅިއަށް ތިބެނީ މާނީއާ އާރާޝެވެ. އެހެން އެންމެން ތިބެނީ މެސީ ފަޅީގައެވެ. މާނީއާ އާރާޝް ވެގެން މާއިޒްމެންގެ އަނގަ ބަންދުކުރެއެވެެ. އެހެންކަމުން ރޮނާލްޑޯއަކީ އެއް ގޮތުން ނޫން އާނެއް ގޮތަށްވެސް މާނީއަށް ޚާއްސަ ފަރާތެކެވެ.

ރޮނާލްޑޯ އޭނާގެ ޚިޔާލު ފާޅުކުރިއިރު އާރާޝަށް ވަރަށް ބޮޑަށް ތައުރީފު ކުރިއެވެ. އާރާޝްގެ ކުޅުން ފެނުމުން އޭނާގެ ރަންޒަމާނުގެ ދުވަސްތައް މަތިން ހަނދާންވާކަމަށް ރޮނާލްޑޯ ބުންޏެވެ. އަދި ރާއްޖޭގެ މިހާރު އޮތް ޓީމާ ދެކޮޅަށް މެޗެއް ކުޅެން އޭނާ  ވަރަށް ބޭނުން ކަމަށްވެސް ބުންޏެވެ. ރޮނާލްޑޯއާ އިންޓަވިއު ކުރުމަށްފަހު މާނީ މެސީއާ އިންޓަވިއު ކުރިއެވެ. މެސީވެސް އެންމެ ބޮޑަށް ފާހަގަކުރީ އާރާޝްގެ ކުޅުމެވެ. އާރާޝަށް އެކުޅުންތެރިންގެ ތައުރީފް އޮހޭ ކޮންމެ ފަހަރަކު މާނީގެ ހިތް އުފަލުން ނަށާލައެވެ. ލަދުން ގޮސް މުޅި ކުއްޖާ ރަތްވެއެވެ. އޭނާއަކީ އާރާޝްގެ ލޯބިވެރިޔާކަން އެނގެނީ ހަމަ އެކަނި ގާތް މީހުންނަށެވެ. އާރާޝާއި އެކުގައި ކުޅެން އުޅޭ ކުޅުންތެރިންނަށްވެސް އޭނާއަކީ އާރާޝްގެ ލޯބިވެރިޔާކަމެއް ނޭންގޭނެއެވެ.

ދިވެހި ހުރިހާ ކުޅުންތެރިންގެ އާއިލާ މެންބަރުންނާއި މާލެއިން ފައިނަލް މެޗު ބެލުމަށްޓަކައި ތުރުކީއަށް ދަތުރުކުރިސަޕޯޓަރުން ބޮޑު ހަބަހުގައި ދަނޑަށް އައެވެ. ކުޅުންތެރިންގެ އާއިލާ މެންބަރުންނަށް ފުރަތަމަ އައި ދެބަސް ވަނީ ޚާއްސަ ކުރެވިފައެވެ.

ނަވްޔާމެން ދަނޑަށް ވަދެ އެމީހުންނަށް ޚާއްސަ ކުރެވިފައިވި ގޮނޑިތަކުގައި އިށީނެވެ. ހުރިހާ އަންހެން ވެރިން  ތިބީ ކަޅުހެދުން މަތިން ރަތް ޖާޒީ ލައިގެންނެވެ. ކުޑަކުޑަ އަލައިކާވެސް ހުރީ ރަތް ޖާޒީއެއް ލައިގެންނެވެ. ޖާޒީގެ ފަހަތުގައި 1ޖަހައިފައި އޭގެ މަތީގައި ޑެޑީ ޖަހައިފައި އިނެވެ. ޔާޒް ލައިގެން ހުރި ޖާޒީގެ ފަހަތުގައި 4ގެ މަތީގައި މާއިޒް ޖޭއާރް ޖަހައިފައި އިނެވެ. އައިރާ އިނީ އަހުސަމްގެ އެގާރަ ނަންބަރު ޖާޒީ ލައިގެންނެވެ. އެގާރާއިގެ މަތީގައި ޑެޑީ ޖަހައިފާ އިނެވެ. ޒިވާއާއި އަޝްވާ ލައިގެން ތިބި ޖާޒީގައި ދިހަ ނަންބަރު ޖަހައި އޭގެ މަތީގައި ދޮންބެ ޖަހައިފައި އިނެވެ. އަންޖަލްގެ ޖާޒީގައިވެސް އިނީ ދޮންބެ ޖަހާފައެވެ. އެހެނަސް ޖާޒީ ނަންބަރަކަށް ހުރީ އެގާރައެވެ.

ރެފްރީއާއެކު ދެޓީމުގެ ކުޅުންތެރިންވެސް ދަނޑަށް އެރިއެވެ. ދިވެހި ހުރިހާ ކުޅުންތެރިންގެ މޫނުމަތިންވެސް ހިނިތުންވުމެކެވެ. ކުޅުންތެރިން އުއްމީދުކޮށްގެން ތިބި ވަރަށް ވުރެ ގިނަ ސަޕޯޓަރުން ތިއްބެވެ. އަދި ކޮންމެ ކުޅުންތެރިއެއްގެ އާއިލާ މެންބަރުން ދަނޑުން ފެނުމުން އިތުރަށް އެކުޅުންތެރިންނަށް ހިއްވަރު ލިބިގެން ދިޔައެވެ.

ގައުމީ ސަލާން ކިޔަމުން ދިޔަ ގަޑީ ހުރިހާ ކުޅުންތެރިން ވަރަށް ޖޯޝާއެކީ ލަވަ ކިޔަމުން ގެންދިޔައެވެ. ސަޕޯރުންވެސް ޓީމާއެކު ލަވަ ކިޔެވެ.

ގައުމީ ސަލާން ކިޔާ ނިމުމާއެކު ދެޓީމުގެ ކުޅުންތެރިންނާއި ރެފްރީން ސަލާން ކުރިއެވެ.

ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ތުރުކީގައި ބޭވިގެންދާ ވޯލްޑްކަޕް ފައިނަލް މެޗުގެ ކުޅުން އައިސް ލޭންޑިން ފެށިއެވެ. ދެޓީމުގެ ސަޕޯޓަރުންގެ އަޑުވެސް އެހާމެ ގަދައެވެ. ކެމެރާ ހިފައިގެން ގޯލް ފަހަތުގައި ހުރި މާނީއަށް ހަޅޭއްލަވައި ނުގަނެ އިނދެވެނީ ކިރިޔާއެވެ. އޭނާ ހުރި މަގާމުގެ ގޮތުން އެހެންނާ އުޅޭހެން ލައިނުގަނެގެން އުޅެވޭކަށެއް ނެތެވެ.

ނަވްޔާމެން މެޗު ބަލަން ތިބިއިރު މާނީ މަތިން ވަރަށް ހަނދާންވިއެވެ. މާނީ ނެތުމުގެ ފަޅުކަން އެކުދިންނަށް އިހްސާސް ކުރެވެމުން ދިޔައެވެ.

މެޗުގެ ފުރަތަމަ ތިރީސް މިނެޓު ނިމިގެން ދިޔައީ ދިވެހި ކުޅުންތެރިން ހާސް ކުރަމުންނެވެ. އޭރިއާގެ ބޭރުންނާއި އެތެރެއިން ފުލުފުލުގައި ހަމަލާތައް އައިސް ލޭންޑުން ފޮނުވަމުން ދިޔައެވެ. އެއްބައި ބޯޅަތައް ދަނޑީގައި ޖެހިފައި ބޭރަށް ދާއިރު އަނެއް ބައި ބޯޅަތައް އަކްމަލް ނޫނީ ޑިފެންސް ލައިނުން ކްލިއާ ކޮށްލައެވެ.

ރާއްޖޭ ޓީމަށް ރަނގަޅަށް ނުކުޅެވޭތީވެ ފޯމެޝަން ބަދަލުކުރިއެވެ. އަހުސަމާއި ޒަޔާން ދެ އަރިމައްޗަށް ލައިފައި އާރާާޝް އެންމެ ކުރިއަށް ލިއެވެ. އެއާއއކު ރާއްޖޭގެ ކުޅުން ފެންނަން ފެށިއެވެ. އަހުސަމާއި ޒަޔާންގެ ރީތި ޕާސްތައް އާރާޝަށް ލައިދެމުން ދިޔައެވެ. އައިސްލޭންޑްގެ ކުޅުން ތެރިން ކޮންމެ ފަހަރަކުވެސް އާރާޝް ހުއްޓުވަނީ އޭނާ ބިންމައްޗަށް ވައްޓާލާއިގެންނެވެ. އާރާޝް ވެއްޓޭ ކޮންމެ ފަހަރަކު މާނީ ރުޅިއައިސްގެން ހަލާކުވާން ކައިރިވެއެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމު ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދިވެހި ކުޅުންތެރިން ހިތްހަމަ ޖެހިލައިގެން ތިބެ ޗޭންޖިއް ރޫމަށް ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ވީމޭ މަ ކައިރީގާ 12

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 19

Next
September 29, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 19

Previews
September 28, 2018

ވީމޭ މަ ކައިރީގާ 12

29 Comments!

  1. Navii says:
    September 28, 2018 at 10:01 pm

    Yey me first tha?

    1. Navii says:
      September 28, 2018 at 10:14 pm

      Wow ?????.. Mi part ves vvv reethi… ??????When next part???????? I’m curiously waiting for next..???

    2. Kiyara says:
      September 29, 2018 at 8:39 am

      Thanks next part today or tmrw ISA

    3. Kiyara says:
      September 29, 2018 at 8:37 am

      Yes dear ure first

  2. Mixuhan says:
    September 28, 2018 at 10:03 pm

    Haadha foossey mi part …ehvx kameh nuvey ..varah vai…alhe avahah upkhlahchey next part. ..Story is nice. ..But this part foohi

    1. Kiyara says:
      September 29, 2018 at 8:38 am

      Thanks. Aslu kiyara ah ves ingey mi baiga ehvves kameh nuvaakan. Ekam myves vaahakaige muhimmu parteh ehenve migenesdhiny.

  3. Nash says:
    September 28, 2018 at 10:47 pm

    Wow!!??? . alhea thy football fan eh tha.. Varah mauloomathu ebahuri football as behey.. Haadha real koshey kurihaa ehchehvess hunnanny .. It amazing…next part ah varah inthizaar kurevey

    1. Kiyara says:
      September 29, 2018 at 8:40 am

      Thanks nash. Yes my varah bodu football fan eh.

  4. Mal says:
    September 28, 2018 at 10:49 pm

    Wow rythi…????ekam keehve maany and aaraash ge part eh nuhimeny kiyaa..?????alhe e dhemyhunge parts thah kiyaa hiyy vany….whn next part???? ❤❤❤❤❤❤❤

    1. Kiyara says:
      September 29, 2018 at 8:42 am

      Thanks dear. Maany and aaraash dho. Mi bai my hama football ah special baeh Ehenve. ISA dhen oii baige maany and aaraash ge bai hunnane. Next part today or tmrw

  5. azu says:
    September 28, 2018 at 10:55 pm

    match balaa laa hiy vaahaa molhah describe kohdheefa huree…vvv reethi waiting for next part..

    1. Kiyara says:
      September 29, 2018 at 8:42 am

      Thanks azu.

  6. Anonymous says:
    September 29, 2018 at 5:43 am

    Mi heevany World Cup mubaaraathuge mauloomaathu himeney mazmoonehhen. Mee Ma kiyaa vaahakaehves noon. Mi bai balaalaany or kiyaalaanyey hithaa feshy. Ekamaku chokun dhiyaee.

    1. Abdulla says:
      September 29, 2018 at 10:55 am

      Vaahaka liya meehun ehn meehunge vaahakathakah thikahala coment kireema v dhera… faadu kiyan vaany faadu kiyan engigen… thima ah rangalhu nuviyas ehnmeehakah rangalhu vedhaane…

    2. Someone. says:
      September 29, 2018 at 2:55 pm

      Aslu Anonymous ah thihen thiheevy mi part ekani keema.. Ehn parts thahvess kiyaalinama engeynea mi mauloomathuge furuhamakama muhimmukan… Adhi dhiguvaahakayakah vefa mee kuda part eh v ma kanneygea..
      Maa avahah viyya thi judge kohlany .. Alhea judge kohlumugen kurin ehen chapter eh vess balaalanama dhw.?

    3. Girl?? says:
      September 29, 2018 at 3:15 pm

      Ehcheh rangalhah dhaa vegen e ehchakah thi kahala faadukiyun kiyun rangalhee.. I mean, anonymous thibuny hamaekani mi part ey thi kiyaalee.. Hama ekani mi part kiyaigen mi ee konkahala kihineh kuriyah dhaa vaahaka eh kameh hama ehgothakah ves neyngeynu.. ☺️ kamu nudhiya yas rangalhu kohlan v kanthah thaankolh reehchah buneladhinun rangalhu vaanee. Vaahaka liyumah writers e heydha kuraa vaguthaa proof read kurumah e heydha kuraa vaguthakee hama readers ah takaa vaa bodu gurubaanee eh! Kiyaalaifa faseyha kamaaeku comment kohliyas writers e kuraa bura masahkathaa medhu kudakoh namaves visnaalaa.??? adhi, students ginain mi site ga mi ulheny, writers ah. Ehn veema Vrh undhagoo vaane. Kiyevumah time dhemun vaahaka liyamun… Vrh vaguthu aee.. ? btw, kiyaa mi part miee mi story ga ai one of the best parts.. ☺️☺️☺️??? ma sha Allah.. Vvvvvvvvvvvvvvvvvvvvvvvvvvv furihama mo part.. Just love itt!!!! ??????????? eh oiyy part ah Hama inthizaaruga.. In sha Allah.. Hehe.. ???????☺️☺️☺️☺️????????

    4. Girl?? says:
      September 29, 2018 at 3:16 pm

      Thedheh Someone aa Abdulla ebuny. ☺️?

    5. Girl?? says:
      September 29, 2018 at 3:17 pm

      Dhasvegen *

  7. MALDIVES GIRL says:
    September 29, 2018 at 7:25 am

    MI PART HAADHA KUREY. EKAM VARAH REETHII!!!!KEEP IT UP KIYA!@!!KEEHVE AARASH AND MAANY GE PART EH NULY???

    1. Kiyara says:
      September 29, 2018 at 8:43 am

      Thanks. Eii mi part my football special parteh ehenve. Dhen oii baiga maany and aaraashge bai hunnane ISA.

  8. Kiyara says:
    September 29, 2018 at 9:03 am

    Slm alaikum. Mi baiga ehves kameh nuveydho. Aslu kameh nuviyas kuriah huri baithah kyma engeyne mi ves muhimmu baeh kan. Mi vaahaka aky love story ehge ithurah football ves himeney story eh. ISA dhenn oii part ga maany and aaraash ge gina baithakeh himeney tho masaikkai kuraanan. Foohikameh nethi hurihaa kiyuntherin ves mi vaahaka kiyaane kamah ummeedhu kuran.lysm

  9. No one says:
    September 29, 2018 at 9:19 am

    When is next part?

    1. Kiyara says:
      September 29, 2018 at 9:35 am

      Liyevunuhaa avahakah. Miadhu noony maadhama ISA

  10. aish noor says:
    September 29, 2018 at 1:53 pm

    maa sha allah.. 🙂 vvvvvvvvvvvvvvv reethi mi part ves.. 🙂 heevanee hama world cup witness kohleveyhen.. hehehe.. 🙂 vrh ufaavi hageegathugaves raahje world cup ga kulhey vaahaka aeema.. 🙂 vrh bodah kurevey ummeedheh aee raahje world cup ga konmeves dhuvahakun fenumakee.. 🙂 maanee innaane haalu hithah araifa noor gaathah annanee hama hini.. hehe.. match eh balan inna irah e araa foarigandu hifehettumakee vrh undhagoo kameh aslugaves.. maanee match balaa iru e ulhey goiyy aee hama noor ah ves vaagoiyy.. lol.. 🙂 maanee ah kihaa undhaguleh vaane adhi mihaaru.. 🙂 maanee aa aarash gulhunyma mihaaru vvvvvvvv salhi.. kurin ves vrh salhi.. mihaaru ekam e dhemyhunge cute and funny moments thakaa hedhi vrh vrh vrh salhi.. maa sha allah.. 🙂 next part kiyaa hithun mihaaru nuhurevey.. kiyaa, kon irakun 50 vana bai? 🙂 story nimen ulhey vaahaka bunyma aslu vrh dhera vefa mihury.. mihaa reethi story eh nimeytheeve.. hama mikahala reethi reeeeethi ehn story eh anehkaaves kiyaa ge faraathun fennaane kamah ummeedhu kuran.. 🙂 maaiyy allah kiyaa thikuraa bura masahkathuga barakaaiyy lavvaashi.. adhi mi dhaairaa in kuriyah dhiyumuge heyo thaufeeq minvaru kuravvaashi.. aameen.. 🙂 comment vrh dhiguves vehje.. hehe.. ekam aammukoh comment nukureveytheeve comment kohlevunu faharu hithuga huri ehchehi bunelaa hiyy v hama.. 🙂 mihaa reethi vaahaka eh genesdheytheeve vrh bodah shukuriyyaa kiyara.. jazakillah khairan dear.. 🙂

    1. Kiyara says:
      September 29, 2018 at 2:36 pm

      Barakillah fyki. Noor ge thihaa dhigu commenteh fenunyma vara ufaavehjje. Mi vaahakai dhey supportah fahfashun shukuru adhaa kuran. Hiyeh nuvey miadhu up kohdheveyne henneh. Maadhama varah bodu testeh ebaoii skl ga. Ehenve miadhu liyeveyne heneh hiyehnuvey. Ekam ves try kuraanan up kureveytho. Noor ge masakkathugai barakaii lahvvaahieve. Ameen

  11. Maya says:
    September 29, 2018 at 4:42 pm

    Waaaaaau vv reethi.. U r so talented.. ?????heevany hama dhandu therey indheveyhen.. Vv real hama.. MashaAllah ???????kba nxt part avahah up kohdhehchey Darling luv u.. And aaraash and maany ge bai bodu koh genesdhehchey.. Alheyy kiya story nimeny thr…????? ???????????vv hini ebaadhe maany ah vaane goih hithah araafa.. Anyway v curious

  12. Lam❤❤ says:
    September 29, 2018 at 5:23 pm

    V nice mi part ves ….n alah mi kaya age story akah comment kury…???but I always reed it by the way what’s ur age kiyaa

  13. Anonymous says:
    September 30, 2018 at 7:52 pm

    When next dear waiting waiting

  14. Lana says:
    October 3, 2018 at 9:25 pm

    Australia aky Asia ge gaumeh nooneh nu?

Comments are closed.

Next Episodeރާސްތާ 2 ފުރަތަމަ ބައި←


All Right Reserved!