ރާސްތާ 47
ދެދުވަހެއްގެ ތެރޭގައި މާނީ ހަމައަކަށް އެޅުނެވެ. އޭނާ ބެލީ ވީހާވެސް އާރާޝާއި ދުރުން އުޅެވޭތޯއެވެ. އެއާ ޚިލާފަށް އާރާޝް ބެލީ މާނީއާ ގާތް ވެވޭތޯއެވެ. އަބަދުވެސް ކޮންމެސް އެއްޗެކޭ ކިޔާ މާނީ ރުޅި އަރުވަން މަސަައްކަތްކުރެއެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކު އަޅާވެސް ނުލާ މާނީ ދުރަށްދަނީއެވެ. އެކަމުގެ ސަބަބުން އާރާޝްގެ ހިތަށްވޭން ލިބެމުން ދިޔައެވެ.
އަފްރީނަަށް ވިސްނެމުން ދިޔައީ އާރާޝާ މެދުގައެވެ. އާރާޝް އޭނާއަަށް ކިޔާދިން ވާހަކަތައް އަރްޝާދަށް ކިޔާދޭންވެސް އަފްރީން ހިތަށް އެރިއެވެ. އެހެނަސް އެކަންތައް ސިއްރުކޮށްދިނުމަށް އާރާޝް އެދުމުން އެއްވެސް މީހަކަށް ކިޔާދޭކަށެއް އަފްރީނަކަށް ނުކެރުނެވެ.
މާނީއަކީ އޭނާގެ ލޯބިވެރިޔާ ނޫންކަމަށާއި ދެބެއިންގެ ދެދަރި ކުއްޖެއްްގެ އިތުރަށް އޭނާގެ ބެސްޓް ފްރެންޑްކަން އާރާޝް މީޑިއާގައި ހާމަކުރިއެވެ. އޭނާއާ މާނީއާ އަޅުވައި ނޫސްވެރިން ދެއްކި ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ބުންޏެވެ.
ހިނގާދިޔަ ހާދިސާއަށް ފަހު ޒަހީނު އެކަކާވެސް ވާހަކައެއް ނުދައްކައެވެ. އާރާޝްގެ ހަގީގަތް އެނގުމުން އޭނާއަށް ވަނީ އަސަރުތަކެއް ކޮށްފައެވެ. ސުހެއިދު ގުޅުމުންވެސް ޒަހީނު ފޯނެއް ނުނެގިއެވެ.
މާނީ ކައިވެންނަށް އިންކާރު ކުރިކަން އެނގުމުން ރަޒީން ރުޅިންފަޅައިގެން ދާ ވަރުވިއެވެ. އިވާނާއި ދިމާއަށް އެތައް އެއްޗެއްކިޔެވެ. އިވާނާއި ރަޒީނާއި ދެމެދު ހަމަނުޖެހުމެއް ހިނގިއެވެ.
ހުޅުމާލޭގައި އަޅަށް ހުޅުވި ކުޑަކުދިންގެ ޕާކަށް ޔާޒް ގޮވައިގެން ނަވްޔާއާއި މާއިޒް ދިޔައެވެ. އިސްރާއާއި އަހުސަމްވެސް އައިރާ ގޮވައިގެން ދިޔައެވެ. ޕާކުގައި އަޅާފައި އޮތް ވިނަގަނޑު މަތީ ޔާޒްގެ އަތުގައި ހިފައިގެން އައިރާ ހިނގިއެވެ. މާއިޒާއި ނަވްޔާ ޔާޒްއާ ގާތްވިއަވެސް ނުދިނެވެ. އިރުކޮޅަކުން އިޝްމާއާއި އަކްމަލްވެސް އަލައިކާ ގޮވައިގެން އައެވެ. އައިރާ ދެން ބޭނުންވީ އަލައިކާ އުރާށެވެ. “ދަރިފުޅު އަލައިކާ ކޮއްކޮ ނޫރާނެ. މިހިރީނު ޔާޒް ކޮއްކޮވެސް. އައިރާދައްތައާ ޔާޒްބޭބެ ކުޅޭތަން ބަލަންށޭ އަލައިކާ އެއައީ ދޯ.” އައިރާއާ އެއްވަރަަށް ވިނަގަނޑުމަތީގައި ދެކަކޫ ޖައްސައިގެން އިނދެ އިސްރާ ބުންޏެވެ. އިސްރާ އެހެން ބުނުމާއެކު އައިރާ އަނެއްކާވެސް ޔާޒް އަތުގަ ހިފައިގެން ހިނގަން ފެށިއެވެ. އެދެކުދިންގެ ތަންކޮޅެއް ފަހަތުން އަހުސަމް ދިޔައެވެ.
އިޝްމާއާ އަކްމަލް އަލައިކާ ގޮވައިގެން ޕާކުތެރޭގައި ހިނގާލިއެވެ. އަކްމަލް އެއް އަތުން އަލައިކާ އުރައިގެން އަނެއް އަތުން އިޝްމާގެ އަތުގައި ހިފައިގެން ހިނގަމުން ދިޔަ މަންޒަރު ފެނުނު ބައެއް ކުދިންގެ ހިތުގައި ހަސަދައިގެ އަލިފާން ރޯވަމުން ދިޔައެވެ. އަނެއްބައި މީހުން އެކުޑަ އާއިލާއަށް ތައުރީފްގެ ބަސްއޮއްސަމުން ދިޔައެވެ. ދެމީހުންނަށްވެސް ފަހަތަށް އެނބުރެވުނީ އަންހެން ކުއްޖަކު އިޝްމާއޭ ކިޔާ ގޮވުމުންނެވެ.
ސިފައިންގެ ޔުނީފޯމްގައި ހުރި އެކުއްޖާ ފެނުމުން އެއީ ކޮންކުއްޖެއް ކަމެއް އިޝްމާއަކަށް ނޭންގުނެވެ. “މަ ވަކިކުރަން ނޭންގިގެން ދޯ ތިބަލަނީ ފާޑަކަށް” ސުމާގެ އަޑުޖެހުމާއެކު އެއީ ސުމާކަން އިޝްމާއަށް އެނގުނެވެ. ކުރިއަށްވުރެ ފަލަވެފައި އެއްވެސް މޭކަޕެއް ނުކޮށްހުރުމުން ކާކުކަން ނަގައިގަންނަށް އިޝްމާއަށް އުނދަގޫވީއެވެ. ކައިވެނި ޕާޓީން ދިމާވި ފަހުން ސުމާއާއި އިޝްމާއާ ދިމަލެއްވެސް ނުވެއެވެ. “ސުމާ ދޯ. ޔޫ ލުކް ޑިފަރެންޓް” އިޝްމާއާ ސުމާ ސަލާން ކުރިއެވެ. އަކްމަލާއި ދިމާއަށް ބަލާލައިފައި ހިނިތުންުވުމެއް ހަދިޔާކުރުމަށްފަހު އަނެއްކާވެސް އިޝްމާއާ ވާހަކަ ދައްކަން ފެށިއެވެ. “ދަރިފުޅުތަ؟ ކޮން ނަމެއް ކިޔަނީ؟” އަކްމަލް އަތުގައި އިން އަލައިކާ އުރާލަމުން ސުމާ އެހިއެވެ. “އަލައިކާ”. ސުމާ ނަވްޔާ އަދި އިސްރާއާ ވެސް ބައްދަލުކުރިއެވެ. ސިފައިންގެ ޔުނީފޯމްގައި ސުމާ އިނުމުން އައިރާ ބިރުން އަހުސަމްގައިގައި ހިފެހެއްޓިއެވެ. އެއާ ޚިލާފަށް ޔާޒް ސުމާއާ ވަރަަށް ދޯޅުވިއެވެ. އެހާ ދުވަސްކޮށްފައި ދިމާވުމުން ސުމާ ގޮވައިގެން އެކުދިން ހުޅުމާލޭގަ ހުންނަ ޑައިނަމޯއަށް ވަނެވެ.
ކާންތިބިއިރު ދެކެވުނު ވާހަކައެއްގެ ތެރެއިން މާނީއާ އާރާޝްގެ ވާހަކަ ސުމާ އެހިއެވެ. އޭނައަަށްވެސް ވަނީ ފޮޓޯތަކާ ޕޯސްޓްތައް ފެނިފައެވެ. “ޔޫ ސްޓިލް ހޭވް އަ ކްރަޝް އޮން އާރާޝް؟” އެމައުލޫއަށް ވާހަކަ ދައްކަން ބޭނުންނުވާތީ އަހުސަމް ވާހަކަ އޮޅުވާލިއެވެ. އަހުސަމް އެހެން ބުނުމާއެކު ބާރަކަށް ސުމާ ހީގަތެވެ. “އޯ ޕްލީޒް. ނޯވޭ. މޭބީ ހީއިޒް މައި ސެލެބްރިޓީ ކްރަޝް. ހެހެހެހެ. އަހަރެން ވެސް މީހަކާ އިންނަން މިއުޅެނީ. އެނގެއެއްނު ޒައިން. އަހަރުން ސްކޫލްގަ އުޅުނު އެނައާ ތި މީހުންނަށް އިންވައިޓް ކުރާނަން އެނގޭ” ސުމާ ހުރިހާ ކުދިންގެ ފޯނު ނަންބަރު އަތުލިއެވެ. ފަހުން ބައްދަލުވާން ނިންމައިގެން ސުމާއާ ހުރިހާ ކުދިން ވަކިވިއެވެ. ސުމާ ދަމުން އައިރާގެ ކޮލުގަ ހިފާލުމުން އައިރާ ރަކިވެގެން އިސްރާގައި ތެރޭގައި ބޮނޑިވިއެވެ.
އޮފީސް ނިންމާފައި މާނީގެއަށް އައިރު މާއިޒްއާއި ނަވްޔާއެއް ނޫޅެއެވެ. ވަރުބަލިވެފަައި ހުރިލެއް ބޮޑުކަމުން ގެއަަށްވަން ގޮތަށް ސޯފާއަށް ވެއްޓިގަތެވެ. ކަންނެއްގޮތަކަށް ސޯފާގައި އޮށޯވެގެން ބުރުގާގައި ހުރި ޕިންތައް ނައްޓަން ފެށިއެވެ. ދޮރުގައި ޓަކި ޖެހިއަޑު އިވުމުން ވަރުބަލި ގޮތަކަށް ވަންނާށޭ ބުންޏެވެ. ތެދުވެގެން ގޮސް ދޮރުހުޅުވާނެހާ ވަރެއް މާނީ ގަޔަކު ނެތެވެ. އެހެނަސް އެތެރައަށް ވަދެގެން އައި އާރާޝް ފެނުމުން ފުންމައިގެން މާނީއަށް ތެދުވެވުނެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެ ނޭވަޔަށް ގޮތްވާން ފެށިއެވެ. “ހާދަ ޓަޔަޑްކޮށް. ކޯބާ މާއިޒް؟” ފޯނުގެ ސްކްރީނަށް ނަޒަރަ ހުއްޓައިގެން ފިރިހެންވަންތަކޮށް ހިނގާފައި އައިސް އާރާާޝް ސޯފާގައި އިށީނެވެ. “ގެއަކު ނޫޅޭ” ކުރު ގޮތަކަށް ޖަވާބު ދިނުމަށްފަހު މާނީ ބެލީ އަވަހަށް ކޮޓަރިއަށް ދެވޭތޯއެވެ. ނަމަވެސް ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. އާރާޝްގެ ބާރުގަދަ އަތުން މާނީގެ އަތުގައި ހިފައި އޭނާއާ ދިމާއަށް އަނބުރާލިއެވެ. މާނީގެ މޫނު ގޮސް ޖެހުނީ އާރާޝްގެ ތަނަވަސް މޭމަތީގައެވެ. ޖެހުނު ގޮތުން މާނީގެ ނޭފަތަށް ތަދެއް އަރައިގެން ދިޔައެވެ. އެއާއެކު އޭނާގެ އަނގައިން ތޫލި އަޑެއް ނުކުތެވެ. “އޫޕްސް ސޮރީ ތަަދުވިތަ. އެކަމު ހެޔޮ ތަދުވިއަސް. އަހަރެންގެ ސުވާލަށް ޖަވާބުދިނީމަ މަރިޔަނބު ދޫކުރެވޭނީ. ކީއްވެ އަހަންނާ ރުޅިވެގެން ތިއުޅެނީ؟” ސީދާ މާނީގެ ބޮޑު ދެލޮލަށް ބަލަހައްޓައިގެން ހުރެ އާރާޝް އެހިއެވެ. “މަށަށް ކިތަންމެ ތަދުވިއަސް އާރާޝަށް ހެޔޮކަން އެނގޭ. އެހެންވެއެއްނު އަހަރެންގެ ހިތަށް ތަދުކުރަނީ” ހިތާހިތުން މާނީ އާރާޝާއި ދިމާއަށް އެއްޗިހި ކިޔާލިއެވެ. “އަނގައިގަ ޑައްލޮޕު ލައިގެންތަ ތިއުޅެނީ. އެހެންވެ ދޯ. ވާހަކަ ނުދައްކާނީ” މާނީ އަނގައިން ނުބުނުމުން އާރާޝް ރުޅިއައެވެ. “ސޮރީ” މާނީގެ އަނަގައިން އެ ލަފްޒު ނުކުތީ ކިހިނެއްކަމެއް ޚުދު މާނީއަކަށްވެސް ނޭންގެއެވެ. އޭނާއަށް ރޮވެނީކަން އެނގުނީ ލޮތްބާއެކު އާރާޝް މާނީގެ ކަރުނަތައް ފޮހެދޭން ފެށުމުންނެވެ. “އައި ލަވް ޔޫ” މާނީގެ ގައިގަ ލޯލިތައް ކޮޅަށްޖެހިގެން ދިޔައެވެ. އެސްފިޔަވެސް ޖަހާނުލާ އާރާޝާއި ދިމާއަަށް ބަލަހައްޓައިގެން އިނދެވުނެވެ. “ސޭ އިޓް އަގައިން” އާރާޝް މާނީގެ ގައިން ދޫކޮށްލިއެވެ. “ޔޫ އާ ބްލަޑް ޓު މައި ވެއިންސް. ޔޫ އާ ސްމައިލް ޓު މައި ފޭސް. ޔޫ އާ ދަ މިސިން ޕީސް އޮފް މައި ޕަޒަލް. ވިލް ޔޫ ކޮމްޕްލީޓް ދަ ޕަޒަލް ބައި މެރިއިން މީ. މަރިޔަމް މާނީ މިހްރާން ވިލް ޔޫ މެރީ މީ؟” މާނީ ކުރިމަތީ އެެއްފައި މައްޗަށް ތިރިވެގެން އިނދެ އާރާޝް މާނީ ގާތުން ކައިވެންނަށް އެދުނެވެ. އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭންގިފައި މާނީއަށް އިނދެވުނެވެ. އޭނާއަށް މި ފެންނަނީ ހުވަފެނެއްބާއޭ ހިތަށް އެެރިއެވެ. އެހެނަސް އޭނާއަށް އެއީ ހަގީގަތެއްކަން އެނގިގެން ދިޔައީ ގޭތެރެއަށް ވަދެގެން އައި އެންމެން ފެނިފައެވެ. ނަވްޔާއާއި އިސްރާ އަދި އިޝްމާގެ އިތުރަށް މާއިޒްއާއި އަހުސަމް އަދި އަކްމަލެވެ. ހުރިހާ އެންމެން ވެސް ތިބީ ބައްތިރީސް ދަތްފެންނަށް ވަރަށް ހެވިފައެވެ. ހައިރާންކަމާއެކު ފަހަރަކު މީހެއްގެ މޫނަށް ބަލާލުމަށްފަހު މާނީ ދެލޯ މަރާލިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްފައި ލޯހުޅުވާލިއެވެ. ހުރިހާ އެންމެންވެސް ތިބި ގޮތަށް ތިއްބެވެ. “އޯ ސަންތިމަރިޔަނބު. ޖަވާބެއް ނުދީ ތިހުންނަނީ ކީއްވެ؟ މުޅި އުމުރަށް އާރާޝް މިހެން ހުންނަންވީތަ؟” މޫނަށް މަޖާ ވައްތަރެއް ޖައްސާލަމުން އާރާޝް ބުންޏެވެ.
“މާނީ ސޭ ސަމްތިން” އިސްރާއަކަށް ހިމޭނުންނެއް ނީންދެވުނެވެ. މިދުވަހަށް އޭނާ އިންތިޒާރު ކޮށްގެން ހުންނަތާ ކޮންދުވަހެއް ހެއްޔެވެ.
“އަމް އަމް. މާނީއަކީ އާރާޝްގެ ކޮއްކޮއެއްނު. އާރާޝް މާނީ ދެކެ ލޯބިވަނީ ކޮއްކޮއެއްހެއްނު. މާނީވެސް އާރާޝް ދެކެނީ ބޭބެއެއް ގޮތަށް އެހެއްނު؟ އައި އޭމް ޖަސްޓް ޔުއާ ކަޒިން ރައިޓް؟” މަލާމާތުގެ ރާގަށް މާނީ އާރާޝާއި ދިމާއަށް ބުންޏެވެ. ޒަހީނުގާތު އާރާޝް އެހެން ބުނިކަމުގެ ރުޅި އެބޭލުނީ އަދި ކިރިޔާއެވެ. ރުޅި މޫނު ހަދައިގެން ހުރެ އާރާޝަށް ފުރަގަސްދީފައި ދާން އުޅުނު މާނީގެ ފިޔަވަޅުތައް ހުއްޓުނީ އަނެއްކާވެސް އާރާޝްގެ އަޑު އޭނާގެ ކަންފަތުގައި ޖެހުމުންނެވެ.
” އަހަރެންގެ ސިއްރު ހިފަހައްޓާދޭ އެކުވެރިޔާއެވެ. ދުލަކުން ގަަލަމަކުން ބަޔާންކޮށްދެވޭ ވަރަށް ވުރެއް ބޮޑަށް އަހަރެންނަށް އާރާޝްދެކެ ލޯބިވެވިއްޖެއެވެ.” އަސަރާއެކީ އާރާޝް އިއްވާލީ މާނީ ޑައިރީގައި ލިޔުނު އިބާރާތް ކޮޅެކެވެ. ވަގުތުން ފަހަތަށް އެނބުރުނެވެ. އޭރު ލާނެއް ހިނިތުންވުމެއް މޫނު މައްޗަށް ވެރިކޮށްގެން އެއް އަތުން ޑައިރީ ހިފައިގެން އާރާޝް އިނެވެ. މާނީ ބަލާލުމުން ތުމުން ފުމެން ފެށިއެވެ.
ގަތްލަދާއެކި މާނީ ހުރީ އިތުރަށް އެންމެ ފިޔަވަޅެއް ވެސް އަޅަންނުކެރިފައެވެ. އާރާޝަށް މާނިގެ ޑައިރީ ލިބުނީ ކިހިނެއްތީ އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.
އާރާޝް ލަަސް ހިނގުމެއްގައި ތުން ފުމެމުން މާނީ ގާތަށް ގޮސް ޑައިރީ ދިއްކޮށްލިއެވެ. އެ އަތުލަން ވެގެން މާނީ އަތް ހިއްލާލުމާއެކު އާރާޝް އޭނާގެ އަތް މައްޗަަށް ނެގިއެވެ. “އެހާ ފަސޭހައިންނެއް ނުލިބޭނެ. މަށަަށް ޖަވާބެއް ދިނީމަ ޑައިރީ ލިބޭނީ. ދުލަކުން ގަލަމަކުން ބަޔާން ނުކުރެވޭތީތަ ޖަވާބެއް ނުދެވިގެން ތިއުޅެނީ؟” އާރާޝް މާނީއާ ދިމާއަށް އެއްލޯ މަރާލިއެވެ. އެއާއެކު މާނީ ގައިގައި ހުރިއްޔާ ހުރި ލެއެއް އޭނާގެ ކޯތާފަތަށް ޖަމާވިއެވެ. “އޯނ. ސަމްވަން އިޒް ބްލަޝިން އޯން” އާރާޝް އިތުރަށް މާނީ ރަކިކޮށްލިއެވެ. މާނީ ރަކިވިއެއް ކަމަކު އެކަން އެންމެންނަށް ނުދައްކަން ވެގެން އާރާޝާއި ދިމާއަށް ލޯ އަޅާލިއެވެ. “ނުންނޫ” މާނީ ޖަވާބެއް ނުދިނުމުން ފަހު އަކުރަށް ދަމާލަމުން އިޝްމާ މާނީއަށް ގޮވާލިއެވެ.
“ޓެ ކަސަރިއަސް ކޮންމިއަގޯ މި އަމޮރް؟” ސުޕެއިން ބަހުން އާރާޝް ބުނީ ކީކޭކަން މާނީއަށް ދޭހަވިއެވެ. “ސި މި އަމޮރް މެ ކަސަރެ ކޮންޓިގޯ” ދެލޯ ހަނި ކުރަމުން މާނީވެސް ޖަވާބުދިނީ ސުޕެއިން ބަހުންނެވެ. މާނީގެ ޖަވާބުން އަހުސަމާއި މާއިޒްގެ އިތުރަށް އަކްމަލް ޔޭ އޭ ކިޔާ ހަޅޭއްލަވައިގަތެވެ. ފުޓު ބޯޅަކުޅުންތެރިންނަށް ވުމުގެ ސަބަބުން ސްޕެއިން ބަސް އެކުދިންނަށް އެނގެއެވެ.
“ތީ ހާދަ ހެއްވާ ގޮތެކޭ. ތިކީ އެއްޗެއް އަހަރުންނަކަށް ނޭންގުނު” އިސްރާ ޗޮކެއް ކަނޑާލިއެވެ.
“ވިލް ޔު މެރީ މީ މައި ލަވް؟” ސުޕެއިން ބަހުން ބުނި އެތި އިނގެރޭސިން އާރާޝް ބުންޏެވެ. “ޔޭސް މައި ލަވް އައި ވިލް މެރީ ޔޫ” އިސްދަށަަށް ޖަހާލަމުން މާނީ އޭނާ ދިން ޖަވާބު އިނގެރޭސިން ދިނެވެ. އެއާއެކު ނާވްޔާއާއި އިސްރާ އަދި އިޝްމާ ދުވެފައި ގޮސް މާނީ ގައިގައި އޮޅުލައިގަތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.






Thanks kiya… Kiyaalaafa will comment….
Slm alaikum. Miothy stryge 47vana bai. Hurihaa kudhinnah ves mibai kamudhaane kamah ummedhukuran. Varah gina kudhinge inthizaarah nimumeh aii dho? Mi bai kiyaafa hurihaa readers ves varah ufaavaane kamah kiyara ummedhu kurany. Lysasm readers ♥️♥️❤️❤️❤️??
Finally most awaitet…. It’s amazing..
Dhn inbaives avahah up kohladhehchey plz. Keep going my gurl… ?????
LYSM…
Awaited*
Finally dhoo. Thanks nunnu ly2❤️?
aww emme fahun maa nee and aaraash gulhuny dhw waiting for next part
Thanks. Ya enme fahun edhemyhun gulhihjje dho
Al’hamdhulillaah yayyyyy… You know what kiyaa? I mihunnanee hama etherein halheyh lava lavaa.. ???? ???? ma sha Allah.. Haadha reehchey.. Alhey.. Nxt part kiyaa hithun Hama nuhurevey… Awwwwwww… They’re so cuteee…??????????? when next? When next? When nexxtttt?????
Jazakillah khairan kiyaa… Bodu bodu koh.. LY soooo much.. ?????
Barakillah. Ly2
Thank. Awwwwwnnnnn.
Wow…?
It’s amazing ❤️
Lysm kiyaa..
Meehama ehnme rythi story… Waiting for next part…
Awwnnn thanks
Ooooh .yey…finally dhekudhin gulhuny …I’m so happy…?..kiyaa ..varah molhu vaahaka liyan ..story hama habeys? kiyaahithun keii nuvey mihaaruvx.
Thanks. Yaa finally dho
Yayyy.. Maany and Aaraash.. ??Vrh reethi mi prt ves ❤️
Yes yes yes yes… finally at last.. haaaaadha inthixaare koffeemey mi momenta but still I dont think ehaa faseyhain edhemeehuna ekee ulhevidhaanehene..
Keep up the good work dear waiting for the nxt part ?
Thanks awwwwnnn. Hingaa dho balamaa dhen vaany kihineh tho
Zaheen aee mihraan ge bappa tha?
Yes zaheen aky mihraan and arshaadh ge dad
Oooh yayy finally??????nasybehnu aaraash buni kan…i am so happi for them….dhn onna Part ga e dhemyhunge parts thah himanahchey…..luv yoooh
Thanks. Dho aaraashah finally expressed his feelings ly2
Vrh rythi story…. but haadha kurey??
When is the next part????
Thanks. Alheyy kurutha? Dhen oii part dhigu kureveytho try kuraanan ingey ISA
Alheyyy so cute??? Spanish inney dhw propose kury vx awwwwn???? this part is lovely kiyaa.. as always?
May God bless you with your work and knowledge girl!! Ly?
Aameen thanks. Aahah aaraash ulheny Spain ga nu dho aslu. Ehenvyma spain akun nu propose kuraany dhww ly2
Kiyaa admin said kiya number admin ah fonuva dheysho and then he will send my number to you???
Dear i got ur number and i have txted you now
Kiyaa viber use kuran tha? kuranyya can you please text me viber in ??☺☺???????
Dear viber ga nulheykamah ihnnany thats why i txted u. Let me check again.
Did you get my txt? If so can you pls viber me.
when next I just cant wait
ISA today or tmrw
Alhamdhulillah……mioh hurihaa dhuvahu kuri inthizaarah nimumeh aissi….?????hehehe thankx ingey kiyaa….☺??☺??☺??u r the best author I’ve ever seen..kiyaa..luv ya soo much..☺?????
Awwwn thank you. Ly2
That’s true admin bunii number fonuvaalasho admin ah..?
Kn irakun next part kiyara dear?
Mihaaru ihnnane up kohllafa