Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވާނަން އެކީ 7

Ayyrie Level 110 Stories
September 25, 2018 5 Mins Read
20 Comments

ރޭގަނޑު ދަންވެ ބާރަޖެހިއިރުވެސް އަރޫނާ ގެއަކަށް ނާދެއެވެ. ޔަނާލް ހާސްކަމާއެކު ކޮޓަރިތެރޭ އެނބުރެމުންދިޔައެވެ. އަރޫނާ ފޯނެއް ނުނަގައެވެ. ވީކަމެއް ނޭނގޭތީ ޔަނާލް ހުރީ ބިރުގެންފައެވެ. އެވަރަށް ގުޅާއިރުވެސް ފޯނު ނުނަގާތީއެވެ. ޒީކާއަށް ގުޅޭނެ ގޮތެއް ނޭނގޭތީ ހަބަރެއް ބަލާލެވޭކަށްވެސް ނެތެވެ. އާރިފާއަށް ގުޅައިފިނަމަ ކަންތައްތައް ގޯސްވާނެތީ ޔަނާލް ނިންމީ ނުގުޅުމަށެވެ. އޭނާ އަނެއްކާވެސް އަރޫނާގެ ނަންބަރަށް ޑައިލްކޮށްލަމުން އެނދުމަތީ އިށީނެވެ. ޒީންވެސް އައިސް އެކޮޓަރިއަށް ވަނީ އެވަގުތެވެ.

“ޔަންތާ މިރޭ ނުނިދާ ރެއަކީތަ؟” ޒީން އައީ ޔަނާލްގެ ކޮޓަރީގައި ބޮކިދިއްލާފައި ހުރުމުން ވީގޮތެއް ބަލައިލާށެވެ.

“ނިދޭ ވަރެއްތަ އަޅެ ޒީން. އަރޫ ހަވީރު ނިކުތްގޮތަށް އަދި ގެއަކަށް ނާދެޔޭ. މަގޭ ބޯ އެބަ ގޮވާ.” ހިތްހަމަނުޖެހިހުރެ ޔަނާލްއަށް ފޯނު އެނދުމައްޗަށް ހޫރާލެވުނެވެ. އެ ކޮޓަރިއަށް ވަންނަން އައި ކައިލްއަށްވެސް ޔަނާލް ބުނި ޖުމްލަ އިވުނެވެ. ކައިލްގެ ހިތް ނުބައި ވަސްވާސްތަކުން ފުރާލީ ހިނދުކޮޅެއްގެ ތެރޭގައެވެ. އަރޫނާއަށް ކަމެއްވީބާވައެވެ؟ މި ބޮޑު މާލެތެރޭ ކަމެއް ހިނގިޔަސް އެނގޭނީވެސް ކިހިނަކުން ހެއްޔެވެ.؟

“ވަޓް!؟ ކޮންތާކަށްތަ އަރޫ ދިޔައީ؟” ކައިލްއަށް އަހާލެވުނެވެ.

“ޒީކާމެން ގެއަށް. އެގެއަކަށް ކިޔާ ނަމެއް ޔަންއަކަށްވެސް ނޭނގެ. އެކަމަކު އެގޭ ހުންނަނީ ހެންވޭރުގައި.” ޔަނާލް އޭނާއަށް އެނގޭވަރު ބުނެދިނެވެ.

“މިއަދު ހަވީރު ހެންވޭރުގައި އެކްސިޑެންޓެއްވެސް ހިނގިއެންނު؟” ހަނދާންވެފައި ކަހަލަ ގޮތަކަށް ޒީންއަށް ބުނެވުނެވެ. ޔަނާލްގެ އިތުރުން ކައިލްވެސް ދިޔައީ ސިހިގެންނެވެ.

“ވަޓް؟ އަރޫ؟”ދެމީހުންނަށްވެސް ކިޔާލެވުނީ އެކުއެކީގައެވެ.

“ނޯ. ރައްޓެހި ކުއްޖަކު ބުނިގޮތުން އެ ކުއްޖާއަކީ ބުރުގާ އަޅާ ކުއްޖެއް.” ޒީންގެ ޖަވާބުން ބިރުފިލައިދިޔަ ނަމަވެސް އަރޫނާއަށް ވީގޮތެއް ނޭނގޭތީ އެ ދެކުދިންގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ.

“އެބަ އަންނަން.” ކައިލް ނިކުތީ ބޭރަށެވެ.

“އަހަރެން ބޯ އެބަ ގޮވާ. ބޮޑުކަމެއް ވީތީވެއެއްނު ފޯނު ނުނަގާނީ. އަވަހަށް ނުދެވޭނެނަމަ އެކަން ކުރިން އަންގާނެވިއްޔަ. އަހަރެން ހަދާނެގޮތެއް ނުވިސްނުނު. ކަމެއް ވެއްޖެއްޔާ ޒިންމާ ނަގަންވެސް ޖެހޭނީ އަހަރެން.” ޔަނާލް ކޮޓަރިތެރޭ ދެކޮޅުން ދެކޮޅަށް ހިނގަންފެށިއެވެ. ޒީންއަށް ހުރީ ވިސްނައިގަންނަން ނޭނގިފައެވެ.

ކޮޓަރިތެރެ ހިމޭންވެފައި އޮއްވާ އެހިމޭންކަން ނަގާލީ ޔަނާލްގެ ފޯނު ރިންގުވާންފެށި އަޑަށެވެ. ޔަނާލްގެ އިތުރުން ޒީންވެސް ދިޔައީ ސިއްސައިގެންނެވެ. ޔަނާލް ދުވެފައި އައިގޮތަށް ފޯން ނެގިއިރު ހިނިތުންވެވުނީ ސްކްރީނަށް އަރާފައިވާ ނަން ފެނުމުންނެވެ.

“ކޮންތާކުތަ ތިއުޅެނީ. ކިހާ ވަރަކަށް ގުޅިއްޖެ މިހާރު؟” ޔަނާލް ޝަކުވާކުރިއެވެ.

“ޔަން. އަހަރެންނަށް މިރެއަކު ގެއަށް ދެވޭކަށް ނެތް. އެކަން އަންގަން މި ގުޅީ.” ޔަނާލްގެ ވާހަކަ އަޑުއެހުމެއް ނެތި އަރޫނާ ވާހަކަ ދެއްކިއެވެ. އެއަޑުންވެސް ވަރަށް ގިނައިރު ރޮއެފައިވާކަން ހާމަވެއެވެ.

“އޭނ؟ ކިހިނެތް ވެގެންތަ މިއުޅެނީ؟” ޔަނާލްއަށް އަހާލެވުނެވެ.

“މިއަދު އެކްސިޑެންޓެއް ވިއެއްނު؟ އެ އެކްސިޑެންޓްގައި މަރުވީ ޝީންއޭ. ޝީންގެ ކަންތައްތައް ނިމެންދެކަށް އަހަރެން މިހުރީ އަލްމެން ގާތު. ތިގެއާއި ދުރެއްވެސް ނޫނެއްނު.؟” ވީގޮތް ކުރުގޮތަކަށް އަރޫނާ ކިޔައިދިނެވެ. ޔަނާލްގެ ދެލޯ ބޮޑުވިއެވެ. އޭނާވެސް ފެންކަޅިވިއެވެ. ޝީންއަކީ އޭނާއާއި އެހާ ގާތް ނޫނަސް އޭނާގެ އެކުވެރިއެކެވެ.

“ކިހިނެތް ވީ؟” ޔަނާލް ރޯންފެށުމުން ޒީންއަށް އަހާލެވުނެވެ.

“ޒީ. އެ އެކްސިޑެންޓްގައި މަރުވީ ޝީން އޭ އަރޫ ބުނީ.” ޔަނާލްއަށް ބުނެލެވުނީ އުދަގުލުންނެވެ.

“ޝީން އޭ؟ އެއީ ކާކު؟” ދޮރުން ވަނދެގެން އައި ކައިލްއަށް އަހާލެވުނެވެ. އެނަމަކީ ކައިލް ދަންނަ ނަމެކެވެ. ނަމަވެސް ވިސްނައެއް ނުގަނެވުނެވެ.

“ރަށު ކުއްޖެއް. ކައިލް ހިނގާބަލަ އެގެއަށް.” ޔަނާލް ކަރުނަތައް ކޮންޓްރޯލްކުރަމުން އެދުނެވެ. ކައިލް ބަލާލީ ގަޑިއަށެވެ.

“ޑޭމްން. އެއޮތް އެކެއް ޖަހަނީ. ކިހާ ހިސާބަކަށް އަހަރެމެން ގެންދަން ތިއުޅެނީ؟” ކައިލްއަށް އަހާލެވުނެވެ.

“މާކަ ދުރަކަށް ނޫން. މިގޭ ކުރިމަތީ އެހެރަ ގެއަށް.” ޔަނާލްގެ ޖުމްލައިން ކައިލް ހަނދާންވިއެވެ. އެއީ އަރޫނާގެ އެކުވެރިޔާއެވެ. ޖީޒާން ރައްޓެހިވެގެން އުޅުނު ކުއްޖާއެވެ.

****************

އަރޫނާ އިނީ ސޯފާގައެވެ. ޖެހި ބުދެއްހެން އިންއިރު ކަމަކާ ވިސްނާހެން ހީވެއެވެ. ޔަނާލްމެން ވަނުމުންވެސް އޭނާއަކަށް ރޭކާވެސް ނުލިއެވެ. ޔަނާލް ގޮސް އިށީނީ އަރޫނާ ގާތުގައެވެ. ޒީންއާއި ކައިލްވެސް އިށީނެވެ. އޭރު ޢަލްޔާވެސް އައިސް އިށީންނަނީއެވެ. ޖީޒާން ފެންނާކަށް ނެތެވެ.

“ކޮބާ ޝީން؟” ޔަނާލްއަށް އަހާލެވުނެވެ.

“ހޮސްޕިޓަލުގައި. ޖީ ވީ އެތާ. މިރޭ ދަންވަރު ފްލައިޓްގަ ޝީ މަންމަމެން އެބަ އާދޭ. އެހެންވެ ޝައިލްވީ އެތާ.” ޢަލްޔާ ކިޔައިދިނެވެ.

އަރޫނާ ގެއަށްދާން ނިންމީ ޝީންގެ މަންމަމެން އައިސް ޝީންގެ ކަށުކަމާކެމީގެ ކަންތައްތައް ހަމަޖެހުމުންނެވެ. ޢަލްޔާ އެދުނީ މޫނުބަލަން ސަހަރާއަށް ދާއިރު އަރޫނާވެސް އޭނާއާއެކު ދިޔުމަށެވެ. ފަތިސްނަމާދަށްފަހު ވަޅުލުން ހަމަޖެހުމުން އަރޫނާ ގެއަށް ދިޔައީ ފެންވަރާ ތައްޔާރުވެލުމުގެ ނިޔަތުގައެވެ.

ޝީންގެ މޫނު ފެނުމުން ކޮންމެ މީހަކަށްވެސް ރޮވުނެވެ. ދެން ދުވަހަކުވެސް ޝީން ނުފެންނާނެކަން އެނގުމުންނެވެ.

“ޝީ. ކީއްވެ ދޫކޮށްފައި ތިދަނީ؟ ޝީ ބުނީމެއްނު އަހަރެންނަށް ހުރިހާ ކަމެއްގައި އެހީވާން އަބަދުވެސް ހުންނާނަމޭ؟ ކީއްވެ ދޮގު ހެދީ؟ ޝީ ނެތީސް އަހަރެން ކިހިނެތް އުޅޭނީ؟ ޔޫ އާރ ވަން އިމްޕޯޓެންޓް ޕާޓް އޮފް މައި ލައިފް. ޝީ ނެތްކަން އެނގުނީމަ ހާދަ އެކަނިވެރިވާނެޔޭ.” ޖީޒާންގެ ބަސްތަކުން އެމީހުންނަށް އިތުރަށް ރޮވުނެވެ. ޝީން ބާއްވާފައި އޮތް ދިމާލަށް ތިރިވެ އިނދެ ޝީންއަށް އިވޭތޯ ވާހަކަދައްކަމުން ދިޔައިރު ފެނުނު ކޮންމެ މީހެއްގެ ހިތަށް އަސަރުކުރާނެއެވެ. ނަމަވެސް ޝީންވަނީ އެއަޑުތައް ނީވޭނެހާ ދުރަށް ގޮސްފައެވެ. މިއަދު ރީތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވައިގެން އޮތްއިރު ޝީންއަކީ އެ އެންމެންގެ ހިތްތަކުގައި ވާނޭ ހަނދާނަކަށް ވަނީ ވެނިމިފައެވެ.

*****************

ޝީންގެ ވަކިވުމަށް ހަފްތާއެއް ވީއެވެ. އެ ހަނދާންތަކާ ދުރުވެވޭތޯ މަސައްކަތްކުރަމުން އަރޫނާގެ އިތުރުން ޖީޒާންއާއި ޢަލްޔާވެސް ކޮލެޖްއަށް ނިކުންނަން ފެށީ އެދުވަހެވެ. ޓީޗަރު އެބްޒެންޓް ކަމުން ފުރަތަމަގަޑި ދިޔައީ އަރޫނާމެން ކްލާހަށް ފްރީކޮށެވެ.

އަރޫނާއާއި ޔަނާލް އަދި ކައިލް ތިބީ ކެންޓީނުގައި އަތުރާފައިވާ މޭޒުތަކުން މޭޒެއް ދޮށުގައެވެ. ޖީޒާންވެސް ހުއްޓެވެ. އޭނާ މިހާރު މަދުމަދުން އަރޫނާއާއި ވާހަކަ ދައްކާ ހަދަައެވެ. ނަމަވެސް ކްލާސް އެހެންކުދިންނާއި ކައިލް ފަދައިން ބީރައްޓެއްސެވެ. ކައިލްއާއި ޖީޒާންވެސް އެކުވެރިވީ ނިކަން ފަސޭހައިންނެވެ. ދެމީހުންގެ މިޒާޖު އެއްގޮތްކަމުން ކަން ނޭނގެއެވެ.

“އަން. ޝައި ބޯއިއަށް އޮތް ހަދިޔާއެއް.” ހަތަރުކުދިން ވާހަކައިގައި ތިއްބާ އެތަނަށް އައިސް ހުއްޓުނީ އެކުދިން ކްލާސް ކުއްޖެކެވެ. ކުރިން ފެނުނަސް ބަހެއް ބުނެ ނުލާތާނގައި ހީނވެސް ނުލާ ކުއްޖެކެވެ. އޭނާ އައިސް ޖީޒާންއަށް ކަރުދާސްކޮޅެއް ދިއްކޮށްލިއެވެ. ޖީޒާން އޭގައި އަތްލުމުގެ ބަދަލުގައި ފާޑަކަށް ބަލަހައްޓައިގެން ހުރީއެވެ.

“ނުހިފާނަންތަ؟ އަތަށް ލައްވަދޭން ވީ ދޯ.؟” ހިނިގަނޑަކާއިއެކު ހިޒްޔާ އަނެއްކާވެސް ވާހަކަދެއްކިއެވެ. އެންމެފަހުން އެ ހޯދީ ޔަނާލްއެވެ.

“ސީރިޔަސްލީ؟ ވަޓް ވޯޒް ދަޓް؟” މޫނަށް ވައްތަރެއް ޖައްސާލަމުން ޖީޒާންއަށް އަހާލެވުނެވެ. ޔަނާލް ކަރުދާސްކޮޅު ހުޅުވައިލާ ކިޔާލިއެވެ. އެއާއިއެކު އޭނާގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.

“ވަޓް؟” ކައިލްއަށް އަހާލެވުނެވެ.

“ޖީއަށް ކުއްޖަކު ޕްރޮޕޯޒް ކުރީއޯ.” ޔަނާލް ހެމުން ކަރުދާސްކޮޅު ހޫރަންފެށިއެވެ.

“ކާކު؟ ތީގައި އޮތް އެއްޗެއް ކިޔާބަލަ.” ޖީޒާން ނުރުހުނުކަން އޭނާގެ އަޑުންވެސް ހާމަވިއެވެ.

“އެންމެންގެ ތެރޭ ކިޔަންވީ؟ އޯކޭ. ‘ޓު ޖީޒާން. އަހަރެން މި ވާހަކަ ބުނާހިތުން ހުންނަތާ ވަރަށް ދުވަސްވެއްޖެ. ޖީޒާން ފުރަތަމަ ފެނުނު ދުވަހުން ފެށިގެންވެސް، ޔޫ ބިކޭމް މައި ޑްރީމް ބޯއި. އައި ތިންކް އައިމް އިން ލަވް. ވިލް ޔޫ ބީ މައިން؟'” ހިނިގަނޑު ހިންދަން މަސައްކަތްކުރަމުން ޔަނާލް އެންމެންނަށް އިވޭވަރަށް އެ ކަރުދާސްކޮޅުގައި ވާ ލިޔުންކޮޅު ކިޔާލިއެވެ.

“ކޮންގްރެޓްސް ބްރޯ.” ހީގަންނަމުން ކައިލް ބުނެލައިފިއެވެ. ނަމަވެސް ޖީޒާންގެ ސަމާލުކަން އެކަމަށް ދާގޮތެއް ނުވިއެވެ. އޭނާ ބަލާލީ އަރޫނާގެ މޫނަށެވެ. ޖީޒާން ބަލަންފެށުމުން އަރޫނާއަށް އިސްޖަހާލެވުނީއެވެ.

“ލޮލް. އަހަރެން އަދި ނުދަންނަން މާލޭގައި އަންހެންކުދިންކަމެއް ޕްރޮޕޯޒް ކުރަނީ.” ޖީޒާން ބުނެލަމުން އަރޫނާގެ މޫނުން ނަޒަރު ވަކިކޮށްލިއެވެ. އެމަންޒަރު ކައިލްއަށް ރީތިކޮށް ފެނުނެވެ. އޭނާގެ ހިތަށް ތަދުވީނަމަވެސް ކެތްކުރުން މަޖްބޫރުކަން އޭނާއަށް އިނގެއެވެ. އަރޫނާ ލޯބިވަނީ ޖީޒާންދެކެ ކަމަށްވެފައި ޖީޒާންވެސް ލޯބިވަނީ އަރޫނާދެކެއެވެ. މިއަދު ޝީން ނެތުމުން އެދެމުދުގައި ހުރަހެއްވެސް ނެތެވެ. އެހެންކަމުން ކައިލްއަކީ އަރޫނާގެ ހަޔާތަށް އަންނަން ކާކު ހެއްޔެވެ. އެހެންް ހިތަށް އެރުމުންވެސް ކައިލް ފެންކަޅިވިއެވެ. ނަމަވެސް އޭނާ ހިފަހައްޓާލައިގެން ހުރީއެވެ.

“އެމީހުންގެ އުސޫލަކީ އެއީ ކަމަށް ވާނީ.” ޔަނާލްވެސް ހެމުން ބުނެލިއެވެ. “ކީކޭތަ ޖަވާބަށް ދޭނީ.؟”

“ސީރިޔަސްލީ ޔަނާލް. އައިމް ނޮޓް އިންޓްރެސްޓެޑް. ޝީ ވަކިވީތަނާ އަދި މިވީ އެންމެ ހަފްތާއެއް. މީހުން ހީކުރާނީ ކީކޭ. އެންޑް އެނީވޭސް، އަހަރެން އިތުރަށް ރިލޭޝަންއަކަށް ދާކަށް ބޭނުމެއް ނޫން. އެންމެފަހަރަކުންވެސް އަހަރެންނަށް ކުށެއްނެތް ބައެއްގެ ދިރިއުޅުން ހަލާކުކުރެވިއްޖެ.” ޖީޒާން ޖަވާބުދިނެވެ. އަނެއްކާވެސް އޭނާއަށް ބަލާލެވުނީ އަރޫނާގެ މޫނަށެވެ. އޭރުވެސް އަރޫނާ އިނީ އިސްޖަހާލައިގެނެވެ. ކައިލް ހައިރާންވީ ޖީޒާންގެ އެ ނިންމުމުގެ ސަބަބުންނެވެ. ޖީޒާން އަރޫނާދެކެ ލޯބިވާއިރުވެސް ދޫކޮށްލީ ކީއްވެބާއޭ ހިތަށް އެރިއެވެ. އެވަގުތު ފުރަތަމަގަޑި ނިމުނުކަމަށް ބެލްޖެހުމުން އެމީހުންނަށް ޖެހުނީ ދާށެވެ.

“އަލް ގާތު ބުނާތި މިއަދު އަހަރެން ދާނަމޭ ތިގެއަށް.” ކްލާހަށް ދަމުން އަރޫނާ ޖީޒާންއަށް ބުނެލިއެވެ. ޖީޒާން އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

ހިޒްޔާ އަނެއްކާވެސް ދިމާކޮށްލީ ނިމިގެން ގެއަށް ދާން ނިކުތްތަނާއެވެ. އޭރު ނަސީބަކުން ޖީޒާންްއަށް ހުރެވުނީވެސް އެކަންޏެވެ.

“ކޮބާ ޖަވާބު؟ ޕްލީޒް ޑޯންޓް ޑިސްއެޕޮއިންޓް މީ. އައި ޑޫ ލަވް ޔޫ.” ހިޒްޔާ ޖީޒާންގެ ކުރިމައްޗަށް ހުއްޓި ފަރިވެލަމުން ވާހަކަދެއްކިއެވެ. ޖީޒާން ވީ ފޫއްސެކެވެ. އަރޫނާ ނޫން މީހަކަށް އޭނާގެ ހިތް ނުދެވޭނެއެވެ. އެކަން ރަނގަޅަށްވެސް އަންގާލަން ޖީޒާންގެ ހިތް ބޭނުންވިއެވެ.

“އައިމް ސޮރީ ހިޒްޔާ. އަހަރެން ރިލޭޝަން އަކަށް ދާހިތެއް ނެތް. ޝީ ނިޔާވީތާ އަދި މިވީ ވީކްއެއް. އެނީވޭސް، ލޯބިނުވާ މީހަކާއެކު އަހަރެން ކިހިނެތް އުޅޭނީ؟ އަހަރެން ލޯބިވާ ކުއްޖެއް އެބަހުރި. ޝީ އެކުއްޖާ ހުންނަންވީ މަގާމުގައި ހުރިއިރުވެސް އައި ފައުންޑް ހާޑް ޓު ޓޮލެރޭޓް. ސޯ ނޯ ތޭންކްސް. އައި ލަވް ހާ އެންޑް ނޯވަން އެލްސް. ފައިންޑް އަނަދާރ ވަން.” ޖީޒާން އޭނާ ބުނަން ބޭނުންވީއެތި ބުނުމަށްފަހު ހިނގައިގަތީއެވެ. ހިޒްޔާ ހުއްޓުން އަރާފައި ޖީޒާން ދާތަން ބަލަން ހުއްޓެވެ.

“އައި ލަވް ހާ އޯ. އާނ ހިތްފުރޭވަރަށް ލޯބި ވޭވޭ ހުރޭ. އެކަމަކު މާދަން އޭނާވެސް ދާން ޖެހޭނީ އެ ޝީންގަނޑު އޮތް މަގާމަށް. ޔޫ ބިލޯންގް ޓު މީ. އަހަރެން ކޮންމެގޮތަކުން ވިޔަސް ތިކުއްޖަކު ހޯދާނަން.” ބިމުގައި ފައިން ބާރަށް ޖަހާލަމުން ކިޔާލާފައި ހިޒްޔާ ނިކުމެގެން ދިޔައެވެ. އޭނާގެ ވާހަކައިން ޝީންގެ މަރާއި ގުޅޭ އެއްޗެއް އޭނާއަށް އެނގޭކަން ހާމަވެގެންދިޔައެވެ.

މެންދުރު ކާން އިންއިރުވެސް ހިޒްޔާ ވިސްނަމުންދިޔައީ ޖީޒާން އަތުއަޅުވާލެވޭނެ ގޮތަކާމެދެވެ. އަދި ޖީޒާން އެ ލޯބިވާ ކުއްޖާ ހޯދާނެ ގޮތަކާމެދެވެ.

“ހިޒްކޮ މިއަދު ކޮލެޖްގަ ކަމެއް ހިނގީތަ މާ މޫޑީވެފައި ތިހުންނަނީ؟” ހުމާމްއަށް ފާހަނގަވުމުން ސުވާލުކޮށްލިއެވެ. ހިޒްޔާ ސިހިފައި ހުމާމްއަށް ބަލާލަމުން ހިނިތުންވެލިއެވެ.

“ނޫން.” ހުމާމްއާއި އެވާހަކަ ދައްކާކަށް ހިޒްޔާ ބޭނުން ނުވީ ހުމާމްގެ ސަމާސާތައް ބޮޑުވާނެތީއެވެ.

“ދޮގު ނަހަދާ ހިޒްކޮ. ދޮންްބެއަށް ޔަގީން ކަމެއް ވެއްޖެކަން..” ހުމާމް ހުރީ ދޫ ދޭކަހަލަ މޫޑެއްގައެއް ނޫނެވެ. އެންމެފަހުން މަޖްބޫރުވުމުން ހިޒްޔާ އެވާހަކަތައް ކިޔައިދީފިއެވެ.

“ސީރިޔަސްލީ ހިޒްކޮ؟ ތިވަރު ކަމަކާ ތިވިސްނަނީ؟ އޭނަ ބޭނުން ނުވަންޏާ ޖަސްޓް މޫވް އޮން އެންޑް ފޮގެޓް ހިމް. ދުނިޔެއިން ފިރިހެންކުދިން ހުސްވީކީ ނޫނެއްނު ހިޒްޔާ.” ހުމާމްގާތަށް އައީ ހިންޏެވެ.

“ނޯ ވޭ. އަހަރެން ބޭނުމީ ޖީޒާން. އެންޑް އަހަރެން ކޮންމެގޮތަކުން ވިޔަސް އޭނާ ހޯދާނަން.” ހިޒްޔާ ބޮޑާހާކާލިއެވެ. ހުމާމް ފޫހިވީނަމަވެސް ހިޒްޔާ ރުޅިއައިސްފިއްޔާ ހަދާނެގޮތެއް ނޭނގޭތީ އެއްޗެކޭ ނުބުނީއެވެ. މާލޭގައި ކިޔަވަން އައިސް އެކަނި އުޅޭތީ ހިޒްޔާއާއި ދެކޮޅުހަދަން ހުމާމްއަށް ނުކެރެނީ ހިޒްޔާ އެކަމުގެ ސަބަބުން ނަގާ ފިޔަވަޅަކުން ކިޔެވުމަށް ލިބިފައި އޮތް ކުޑަ ފުރުސަތު ގެއްލިދާނެތީއެވެ.

“ބުނަން ރަނގަޅު ވާހަކައެއް ހިޒްކޮ. ލޯތްބަކީ ގަދަކަމުން ލިބޭނެ އެއްޗެއް ނޫން.” ނިކުމެގެން ދަމުން ހުމާމް އިއްވާލިއެވެ.

“ހޫނ. މި ދޮންބެވެސް އަބަދު ހުންނާނީ މަށާ ޖެހިފަ. ދުވަހަކުވެސް މަށާ އެއްބައިވާކަށް ނޫޅޭނެ.” ހިޒްޔާ ތުންއަނބުރާލަމުން ތެދުވިއެވެ. “ލެޓްސް ސީ ހައު ދިސް ޑްރާމާ އެންޑްސް.” ފޯން ނަގާ ހިޒްޔާ މީހަކަށް ގުޅާލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ayyrie

Level 110 Stories

Other Articles

Previous

ކުށަކާނުލައި- 18ވަނަބައި

Next

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1

Next
September 25, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1

Previews
September 25, 2018

ކުށަކާނުލައި- 18ވަނަބައި

20 Comments!

  1. Sara says:
    September 25, 2018 at 10:36 pm

    Varah salhi mi part vex.arru

    1. Aruu says:
      September 26, 2018 at 4:27 pm

      Thanks Sara??❤

  2. maya says:
    September 25, 2018 at 10:43 pm

    suhbooo anehkaa aneh ha kanthah..myna kanenge sheen vs maraaly..alhe aru ah dhera gotheh nuhadhahchey..story is osm…masha allah..nxt part wen//???vvv curious ..i wnt aru and kyle

    1. Aruu says:
      September 26, 2018 at 4:28 pm

      Vedhaane dhw hehe. Thanks btw❤

  3. Naju says:
    September 26, 2018 at 2:07 pm

    ᑎIᑕE ?????

    1. Aruu says:
      September 29, 2018 at 6:14 pm

      Thanks?

  4. ????? says:
    September 26, 2018 at 2:10 pm

    Aroonaa aa jeezaan akee tha main charecters akee? Anyway, story Vrh salhi.. Maa sha Allah.. ????

    1. Aruu says:
      September 26, 2018 at 4:29 pm

      Yes they are?. Thanks❤

  5. riya says:
    September 26, 2018 at 2:18 pm

    masha allah girl. keep it up. we are with you . and this part is beautiful

    1. Aruu says:
      September 26, 2018 at 4:30 pm

      Thanks girl❤

  6. unknown says:
    September 29, 2018 at 6:04 pm

    if youre happy and you know it clap youre hand,clap clap..lmaooo…..salhiye

    1. Aruu says:
      September 29, 2018 at 6:07 pm

      Leh? thanks ?

  7. Anonymal says:
    September 29, 2018 at 8:13 pm

    I only read mi story ge 6th part and i’m already loving it. Totally new here.

    1. Aruu says:
      October 2, 2018 at 4:12 pm

      Thanks?

  8. kwyn says:
    October 1, 2018 at 5:06 pm

    Wow can’t wait for the next episode

    1. Aruu says:
      October 2, 2018 at 4:14 pm

      Kuda inthizaareh kolla?. Midhuvaskolhu kudakoh busy ehnve las vanee. Fridayah up kureveytho balaanan❤?

  9. ARU says:
    October 2, 2018 at 6:44 pm

    WHEN NEXT PART …..

    1. Aruu says:
      October 5, 2018 at 9:01 pm

      Maadhan insha allah?

  10. Shine says:
    October 4, 2018 at 9:36 am

    Plx next part avas koh dhechey…lovin it??

    1. Aruu says:
      October 5, 2018 at 9:02 pm

      Thanks❤

Comments are closed.

Next Episodeވާނަން އެކީ 8←


All Right Reserved!