Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 42

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 23, 2018 3 Mins Read
8 Comments

އާރާޝް އޭނާގެ ހުވަފެނުގައި މާނީ ގޮވައިގެން ދުނިޔެ ވަށާ ބުރެއްޖަހާލަން ދިޔައެވެ. އާލާއުއްދީންގެ ކާޕެޓްގައި ދެކުދިން އުފާވެރިކޮށް ދަތުރުކުރަމުން ދަނިކޮށް ކުއްްލިއަކަށް ނުބައި ބަޔަކު ބަޑިއާއި އޭތި މީތި ހިފައިގެން ކާޕެޓާއި ދިމާއަށް އައެވެ. ދުޝްމަނުންގެ ލަޝްކަރު އެންމެ ކުރީގައި ބޮޑު ބަޑިހިފައިގެން ހުރި މީހާ ފެނި އާރާޝާއި މާނީއަށް ދެމީހުންނާ ދިމާއަށް ބަލާލެވުނެވެ.

ގައިގައި ފުރާ ދަގަނޑު ދަހަނާއާއި ބޮޑު ބަޑިއެއް ހިފައިގެން ނުލަފާ ގޮތަކަށް ހީގެން ހުރީ އިވާން ނޫން ދެވަނަ މީހެއް ނޫނެވެ. އިވާންގެ ފަހަތުގައި ތިބި މީހުން ސާފު ނުވިއެއް ކަމަކު އެއީ އިވާންކަން ހަމަ ރަނގަޅަށްވެސް އާރާޝަށް އެނގުނެވެ. އާރާޝް ތެދުވެ މާނީގެ އަތުގައި ހިފެހެއްޓިއެވެ. އޭރު މާނީ ބިރުންގޮސް ތުރުތުރު އަޅައެވެ. ފިނިވެފައިވި މާނީގެ އަތުގައި ހިފައިގެން އާރާޝް މާނީ އޭނަގެ ގަޔާލާ ބޮނޑިކޮށްލިއެވެ.

އިވާން އެހުރި ގޮތަށް ހުރެ އަރާޝާއި ދިމާއަށް ބަޑި ދިއްކުރިއެވެ. އަދި އަނގައިން އެއްވެސް ބަހެއް ބުނުމެއް ނެތި ބަޑި ޖެހިއެވެ. ބަޑީގެ ވަޒަން އެރީ މާނީ ގަޔަށެވެ. އެއާއެކު އާރާޝްގެ އަތުން ދޫވެ މާނީ ތިރިއަށް ވެއްޓުނެވެ. އަޑުގެ ނެތް ތަނަށް މާނީއޭ ކިޔާ އާރާޝަށް ހަޅޭއްލަވައިގަނެވުނެވެ.

“މާނީ” ސިހިފައި އާރާޝަށް ހޭލެވުނެވެ. އޭސީ ޖައްސާފަ ހުއްޓެއް ކަމަކު އާރާޝް ވަނީ ދާހިއްލާ ފޯވެފައެވެ. ހަމަ އެވަގުތު ދުވެފައި ކަހަލަ ގޮތަކަށް އައްޒާމް އައިސް އޭނާގެ ކޮޓަރީ ދޮރު ހުޅުވިއެވެ. “އާރާޝް ކިހިނެއްވީ؟ ހާދަ ބާރަކަށް މާނީއަށް ގޮވީ؟” ކަންބޮޑުވެފައި ހުރެ އައްޒާމް އަހާލިއެވެ. “ހުވަފެނެއް ފެނުނީ” ފުން ނޭވައެއް ދޫކޮށްލުމަށްފަހު އާރާޝް ބުންޏެވެ. އެއަށްފަހު އޭނާގެ ފޯނި ނަގައި ގަޑި ބަލާލިއެވެ. ގަޑިން ވީވަރު އެނގުމާއެކު އާރާޝަށް ފުންމައިގެން ތެދުވެވުނެވެ. އެނާއަށް ހޭލެވުނުއިރު އެގާރަ ގަޑި ބައިވެއްޖެއެވެ. ދެ ފަރާތަށް ބޯ ހުރުވަމުން ގޮސް ފާޚާނައަށް ވަނީ ތާޒާވެލާށެވެ.

 

“ބުނަން އަރްޝާދް. އެއީ ވަރަށް ރަނގަޅު ކުއްޖެއް އަރްޝާދްމެން ވެސް ދަންނާނެ އެކުއްޖާ. އަހަރެން ނެތި އެއީ ކާކު ކަމެއް ބުނާކަށް. މަށަށް ޔަގީން މާނީއަށްވެސް އެކުއްޖާ ކަމުދާނެކަން” ޒަހީނު މަސައްކަތް ކުރަމުން ދިޔައީ އަރްޝާދް ރުއްސާށެވެ. އެހެނަސް އެއީ ފަސޭހައިން ވާނެ ކަމެއްހެންނެ ހިއެއް ނުވެއެވެ. “ނުންނުއަށް އެކުއްޖާ ކާމު ނުގޮސްފިއްޔާމުން ބައްޕަ ނުވާނެ ނުންނުއަށް މަޖުބޫރު ކޮށްގެންނެއް. ނުންނުއަށް ކަމުގޮސްފިއްޔާމުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތް” އިންޒާރެއް ދޭފަދަ ގޮތަކަށް އެހެން ބުނުމަށްފަހު އަރްޝާދް ތެދުވެގެން ދިޔައެވެ.

މާއިޒް ހޭލުމުގެ ކުރިން ނަވްޔާ ތެދުވެގެން ބަދިގެއަށް ވަނެެވެ. އަބަދުހެން އެގެއަށް އައިސް އުޅޭތިވެ ނަވްޔާއަށް އިހްސާސް ވަމުން ދިޔައީ އަމިއްލަ ގެހެންނެވެ. ނާސްތާ ތައްޔާރ ކުރުމުގެ ކުރިން މާނީ ހޭލިތޯ ބަލަން އުޅެނިކޮށް މާނީވެސް ހޭލައިގެން ނުކުތެވެ. “ހެއި ދޮންބެ ދައްތާ” ރާގަކަށް ފައްތާލަމުން މާނީ ނަވްޔާއަށް ގޮވާލިއެވެ. މާނީ ގޮވި ގޮތް މަޖާވެގެން މަވްޔާއަށް ހެވުނެވެ. “ހެއި ނުންނު” “ދޮންބެ ނުހޭލާ” މާނީ ގޯސް ސޯފާއަށް ވެއްޓިގަންނަމުން އަހާލިއެވެ. “އާން އަދި ނުތެދުވޭ. މާއިޒް ހޭލަން ވާއިރަށް ސައި ހަދަން މިއުޅެނީ. ކަަމް އެންޑް ހެލްޕް މީ” ނަވްޔާއާއި މާނީ ވެގެން މާއިޒް ހޭލަން ވާއިރަށް ސައި ތައްޔާރުކޮށް ނިންމާލިއެވެ.

މާއިޒް ހޭލުމުން ތިން ކުދިން އެކީ ސައި ބޯން އިށީނެވެ. މާއިޒް ނަވްޔާއާ ދިމާއަށް ބަލާލާގޮތުން ނަވްޔާ ރަކިވެގެން އިސް ޖަހާލައެވެ. ރަނގަޅަށް ސައިބޮއެ ނުނިމެނީސް މީހަކު ދޮރުގައި ޓަކި ޖެހިއެވެ. މާއިޒްއާއި ނަވްޔާ ބައިތިއްބާފައި ގޮސް މާނީ ދޮރު ހުލުވިއެވެ. ކުރިމަތީގައި ހުރި ޒަހީން ފެނުމުން މާނީއަށް އިސްދަށަށް ޖަހާލެވުނެވެ. ޒަހީން ރޭގައި އޭނާ ގާތު ބުނި ވާހަކަތައް ކަންފަތުގައި ގުގުމަން ފެށިއެވެ.

މާނީއަށް ބަލާލުމެއް ނެތި ޒަހީނު ގޮސް މާއިޒްއާ ވާހަކަ ދައްކަން ފެށިއެވެ. “މިއަދު ހަވީރު އަންނާނެ މާނީއާ ބައްދަލުކޮށްލަން ފިރިހެން ކުއްޖަކާ އޭނަގެ އާއިލާ. މާއިޒްވެސް ނަވްޔާވެސް ވާނެ އޭރަށް ތައްޔާރުވެގެން ތިބެން” މާއިޒަށާއި ނަވްޔާއަށް ތިބެވުނީ ހުއްޓުން އަރާފައެވެ. މާއިޒަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ޒަހީނު ނުކުމެގެން ދިޔައެވެ.

“ނުންނު” މާއިޒަް ވައި އަޑުން މާނީއަށް ގޮވާލިއެވެ. “ދޮންބޭ. ޑޯންޓް ވޮރީ. އެކުއްޖާއާ މީޓް ކުރުމަކުން ވާނެ ގެއްލުމެއް ނެތެެއްނު. އިފް ހީ އިޒް ނައިސް އައި ވިލް އެކްސެޕްޓް. އިފް އައި ޑޯންޑް ލައިކް ހިމް އައި ވިލް ރިޖެކްޓް.” ހިތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރަމުން މާނީ ބުންޏެވެ. މާއިޒް އިތުރު އެއްޗެކޭ ނުބުނެ ސައިބޮއެ ނިމުނު ގޮތަށް ބޭރަށް ދިޔައެވެ.

މާއިޒް ދިއުމުން ނަވްޔާ މާނީ ގެނެސް ސޯފައިގައި ބޭންދިއެވެ. “ދެން އާރާޝް؟” ނަވްޔާގެ ސުވާލުން މާނީއަށް ކޮޅަށް ތެދުވެވުނެވެ. އެއްވެސް މީހަކަށް ނޭންގި އޮތް ބޮޑުސިއްރު ނަވްޔާއަށް އެނގުމުން މާނީ ހައިރާންވިއެވެ. “އޭއި މިތާ އިށީންދެބަ. ލުކް އައި ނޯ ޔޫ ލަވް އާރާޝް. އެދުވަހު ހަސަނޭ ބުނީވެސް އެއީ އާރާޝްކަން އެނގޭތީވެ. އައ ރެޑް ޔުއާ ޑައިރީ” ކުށްވެރިއެއް ފަދައިން އިސް ޖަހާލަމުން ނަވްޔާ ބުންޏެވެ. މާނީ ސޯފާގައި އިށީނުމަށްފަހު މޫނުގައި ދެއަތް އަޅާ ރޯންފެށިއެވެ. “ނާޔާ އާރާޝް ލޯބިވަނީ އެހެން ކުއްޖެއް ދެކެ. އައި އޭމް ޖަސްޓް ހިޒް ބެސްޓް ފްރެންޑް” ވަރަށް އުނދަގުލާއެކު މާނީ ވާހަކަ ދެއްކިއެވެ. އެތައް އަހަރުތަކެއް ވަންދެކަށް ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ އެއްޗެށް ނަވާޔާއަށް މާނީ ކިޔާދިނެވެ. އެއިން އެއްވެސް ވާހަކައެއް މާއިޒަށް ނޭންގުމަށް ނަވްޔާ ލައްވާ މާނީ ވައުދުކުރުވިއެވެ.

 

ރައުފާ އިޝްމާއާށް ކަންތައްކޮށްދެމުން ދިޔައީ ނަވްޔާއަށް ކަންތައްކޮށްދޭ ފަދައިންނެވެ.

 

މާނީ ބޭނުންވީ އޭނާގެ ހުރިހާ އެކުވެރިން މިއަދު ހަވީރު މާނީގާތު ތިބުމަށެވެ. އެހެންވެ އިޝްމާއާއި އިސްރާއަށް މެސެޖްކޮށްފައި އެގެއަށް އައިސްދިނުމަށް އެދުނެވެ.

 

ހަވީރު ހަތަރު ގަޑި ބައިވި އިރަށް މާނީ އިނީ ތައްޔާރުވެގެންނެވެ. އޭނާގެ ތިން އެކުވެރިންވެސް މާނީއަށް ހިތްވަރު ދެމުން ގެންދިޔައެވެ.

ބައްދަލުވުން ކުރިއަށް ގެންދަން ހަމަޖެހިފައި އޮތީ މާނީމެންގެ އެޕާޓްމެންޓްގައެވެ. އެހެންވެ އަސްރުން ފައިބައިގެން އެންމެ އެތަނަށް ޖަމާވެފައި ތިއްބެވެ. އާރާޝާއި މެދު އަހުސަމްގެ ހިތް ހަމްދަރުދީން ފުރުނެވެ. މާއިޒް ހިތްހަމަ ނުޖެހިފައި ހުރިއެއް ކަމަކު އެއްވެސް އެއްޗެކޭ ނުބުނެ މަޑުން ހުއްޓެވެ. އަރްޝާދްވެސް ހީމެނުން އިނެވެ.

ގޭގެ ބެލް ޖެހުމާއެކު ޒަހީނު ގޮސް ދޮރު ހުޅުވިއެވެ. އެއާކު ގެއަށް ވަން މެދު އުމުރުގެ ފިރިހެނަކާ ޒަހީން ސަލާން ކުރިއެވެ. އެ ފިރިހެން މީހާ ފަހަތުން ވަދަގެން އައި ޒުވާނާ ފެނި ހުރިހާ އެންމެންނަށް ކޮޅައް ތެދުވެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބާތިލު ވޯޓު

Next

ރާސްތާ 43

Next
September 23, 2018

ރާސްތާ 43

Previews
September 23, 2018

ބާތިލު ވޯޓު

8 Comments!

  1. Akuusher says:
    September 23, 2018 at 9:40 am

    haadha kureyy.. ekam vrh salhii

    1. Kiyara says:
      September 23, 2018 at 9:45 am

      Thanks. Adhi miadhu one part up kohdheynan Insha Allah

    2. Akuusher says:
      September 23, 2018 at 9:51 am

      me first dhww ??

  2. lotus says:
    September 23, 2018 at 9:44 am

    Thanks a lot for uploadin two parts..
    curiously waitin fr the nxt prt?

    1. Kiyara says:
      September 23, 2018 at 9:47 am

      Welcome dear. Insha Allah adhi eh part miadhu up kureveytho mibalany

  3. ? says:
    September 23, 2018 at 10:05 am

    When next part dear??

    1. Kiyara says:
      September 23, 2018 at 10:28 am

      Mihaaru innane aneh bai up kohffa

  4. Hudher says:
    September 23, 2018 at 3:00 pm

    Haadha avahakah 2 part vx…….anwy v v v salhi…maasha allah

Comments are closed.

Next Episodeރާސްތާ 43←


All Right Reserved!