Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (5)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
September 20, 2018 11 Mins Read
21 Comments

“ޒައިން” ހިޔާލް ތަކުން ނުކުތް އީނާލް ގެ ދުލުން ބޭރުވި ލަފްޒާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އިނާލް ވިސްނާލިއެވެ. އޭނާ އެ ނަންބަރަށް މެސެޖް ކޮށް ޒައިން ތޯ އަހަން ވީ ހެއްޔެވެ؟. އެހެންނަމަވެސް ޒައިން އަށް އެ ނަންބަރު ލިބޭނީ ކިހިނެތްތޯ އޭނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެއަށް ފަހު ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ވަރަށް ވިސްނާލުމަށް ފަހު އޭނާ އެ ނަންބަރަށް މެސެޖެއް ކޮށްލިއެވެ.

“ޒައިން… ޒައިން ތަ؟” ފޯން ގެ ސްކްރީނަށް ބަލަހައްޓައިގެން އެނދުގައި އޮށޯވެ އޮތް ޒައިން ގެ ފޯން ގެ ސްކްރީން ދިއްލުމާއެކު އޭނާ އަވަސް އަވަހަށް އެ މެސެޖް ހުޅުވާލީ ހިނިތުންވެފައިވާ މޫނަކާއިއެކުގައެވެ. މެސެޖުގައި ލިޔެފައި އޮތް އެތި ފެނިފައި އޭނާގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. އީނާލް އަދިވެސް އެރޭގެ މަތިން ހަނދާން ނުނެތެނީ ކަމުގައި އޭނާ އަށް ގަބޫލް ކުރެވުނެވެ. އީނާލް އަށް އޭނާ މެސެޖު ކުރީ ވަރަށް ދުރު ދުރުން ކަމަށް  ވިޔަސް އެއީ ކާކުކަން އީނާލް އަށް ވެސް އެނގިއްޖެތާއެވެ. އޭނާ އެހާ ހާއްސަ ނުވާނަމަ އަދި އޭނާކަން ޔަގީން ނުވާއިރު އީނާލް އޭނާ އަށް މެސެޖް ކުރަންވީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލިއެވެ.

“ޔެސް”ދެ އަތް މުށްކަވާލުމަށްފަހު ލޯ ވެސް ތަގުޅި ކޮށްލުމަށް ފަހު ޒައިން އަށް ބުނެވުނެވެ. ޒައިން ގެ އަޑުންނާއި އެ ވަގުތު އޭނާގެ ހަރަކާތް ތައް ހުރި ގޮތުން އޭނާ އުފާވެފައި ހުރި ވަރު ހާމަވޭވޭ ހުއްޓެވެ. “އީނާލް” ޒައިން އަށް ބުނެވުނެވެ. އަދި އޭނާ ލޯ ހުޅުވާލާ ފޯނުން މެސެޖެއް ލިޔަން ފެށިއެވެ.

އީނާލް އާއި ބައްދަލު ކުރުން ވީ ހާވެސް އަވަސް ކުރަން ޒައިން ބޭނުންވިއެވެ. އޭނާ ބޭނުންވީ އެ ހިތުގެ ހާލު އީނާލް އަށް އަންގާށެވެ. ލަސް ކޮށްފިނަމަ ތެޔޮ ނާށި ކާޅު ޖަހައިގެންފާނޭހެން އޭނާ އަށް ހީވަނީއެވެ. ޒައިން ވަރަށް ވިސްނުމަށް ފަހު މެސެޖެއް ލިޔެލިއެވެ. “ހެއި އީނާލް… އިޓްސް މީ ޒައިން… އީނާލް ހީކުރި ގޮތަށް… އަހަރެން ބޭނުން އީނާލް އާ ވާހަކައެއް ދައްކާލަން…”

ފޯނަށް އައި މެސެޖް އީނާލް ކިޔާލިއެވެ. އެނދުގައި އޮށޯވެގެން އޮތް އީނާލް އަށް ފުންމައިގެން ތެދުވެވުނެވެ. އަދި މެސެޖް ހުޅުވާލިއެވެ. އޭނާ މެސެޖް ކިޔާލިއެވެ. އަދި އެއަށް ފަހު އެ ލިބުނު ހާސްކަމުގައި ތެދުވެ ދެކޮޅަށް ހިނގަން ފެށުނެވެ.

ދޭނޭ ޖަވާބެއް އީނާލް ގެ އަތަކު ނެތެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާ އަށް އާދަޔާހިލާފް އިހްސާސް ތަކެތް ކުރެވެމުން ދިޔައެވެ. ނޭނގި ނަމަވެސް ޒައިން ގެ ފަރާތުން އޭނާ އަށް ކަމަކަށް އުންމީދު ކުރެވެން ފެށުނެވެ. “ކޮންކަމަކާ” ދޭނެ ޖަވާބެއް ނޭނގުމުން އީނާލް އަށް ޖަވާބު ފޮނުވާލެވުނެވެ. އޭރު ޒައިން އެންމެ ފަހު މެސެޖް ކުރިތާ ފަނަރަ މިނިޓް އަށް ވުރެ ގިނަ އިރު ވެއްޖެއެވެ.

ޒައިން އީނާލް ގެ މެސެޖަކަށް އިންތިޒާރު ކުރާތާ މިހާރު ފަނަރަ މިނިޓް ވީއެވެ. އަދިވެސް އެ ހިތުގައި އުންމީދެއްވެއެވެ. އެ ހިތް ބުންޏެވެ. އީނާލް އޭނާ އަށް މެސެޖް ކުރާނެއެވެ.

އީނާލް ގެ މެސެޖް އައުމާއެކު އޭނާ އެމެސެޖް ހުޅުވާ ކިޔާލިއެވެ. އަދި އެއަށްފަހުދޭނެ ޖަވާބަކާ މެދު ވިސްނާލިއެވެ. “އަހަރެން ބައްދަލު ކޮށްލަން ބޭނުންވާ ކަމަކީ ފޯނުން ބުނެދޭން އެހާ ފަސޭހަ ކަމެއް ނޫން… އެކަނި ބައްދަލު ކުރާކަށް ބޭނުން ނޫނިއްޔާ ރައްޓެހި ކުއްޖަކާ އެކު ވިޔަސް އެންމެ ރަނގަޅު. އަހަރެން ދެކޭ ގޮތުގައިވެސް އެއީ ކަންނޭގެ އެންމެ ރަނގަޅު ގޮތަކީ” ޒައިން މެސެޖް ކޮށްލިއެވެ.

އީނާލް އެ މެސެޖް ކިޔާލިއިރުވެސް ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ވަރަށް ވިސްނުމަށްފަހު އީނާލް ނިންމީ ސަމާ އާއެކު ގޮސް ޒައިން އާ ބައްދަލު ކުރާށެވެ. ޚުދު އޭނާގެ ޒަމީރު ވެސް އެކަމަށް އެދެމުން ދިޔައީތީއެވެ.

“އެންމެ ރަގަޅު ކޮން ތާކުން ކޮން އިރަކު ބައްދަލު ކުރަން ވީ؟” އީނާލް މެސެޖް ލިޔެލާފައި ފޮނުވާލިއެވެ.

“އަހަރެން ތަނާ ގަޑި ފަހުން މެސެޖް ކުރާނަން އިނގޭ” ލަސްތަކެތް ނުވެ އެ ކޮޅުން ޖަވާބު އައެވެ. އެއާއެކު އީނާލް އަށް އަމިއްލަ މެއާ ދިމާލުގައި އަތް އަޅާލެވުނެވެ. އޭނާ އަށް ކުރެވެން މިއުޅެވޭ ކަމަކާ މެދު ފުން ކޮން ވިސްނެން ފެށުނެވެ. އަނެއްކާ ކުރެވެން މިއުޅެނީ ރަނގަޅު ކަމެއް ބާއެވެ. ހިޔާލްތަކުން އެއްފަރާތް ވެލި އީނާލް އަވަސް އަވަހަށް ލޯ ގަނޑު ކުރިމަތީ ހުއްޓިލިއެވެ. އޭނާ ބޭނުންވީ އަމިއްލައަށް އޭނާ އަށް އަންނަމުން ދިޔަ ބަދަލް ތައް ދިރާސާ ކުރާށެވެ.

އެހެން ހުރި އިރުވެސް ތަފާތު ހިޔާލް ތަށް އޭނާގެ ހިތަށް ވެރިވަމުން ދިޔައެވެ. ޒައިން ދައްކަން އެ އުޅޭ ވާހަކަ އާ ދޭތެރޭ އޭނާ ހީކުރަންވީ ކީކޭ ކަމެއް ނޭނގެއެވެ.

އެތަށް އިރަކު އީނާލް އެގޮތަށް ހުއްޓެވެ.

ހެނދުނު އަށެއް ޖަހަން އުޅެނިކޮށް އާދަނުގެ ކޯލެއް ޒައިން އަށް ލިބުނެވެ. މިހާރު އާދެވޭނެތޯ ސުވާލް ކުރުމުން ޒައިން އެއްބަސް ވިއެވެ. އަދި ރާނިޔާ ގާތު ބުނެލުމަށް ފަހު އޭނާ ދިޔުމަށް ހިނގައިގަތެވެ.  އާދަންބެ މެން ގެއަށް ގޮސް ދޮރުމަތީ ހުއްޓި ހުރެ ޒައިން ސަލާމް ގޮވާލިއެވެ.

“ވައަލައިކުމުއް ސަލާމް” އާދަންބެ ގޭތެރެއިން ނުކުންނަމުން ބުނެލިއެވެ. އޭރު އޭނާ ދުފާފައި ހުރި ލެތް ގިނަ ކަމުން އަނގަ ވެސް ހުޅުވާލެވެނީ ކިރިއާއެވެ. “ކިހިނެތް ހަދާދޭންވީ އާދަންބޭ” ޒައިން ބޭނުންވީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާ ލުމަށްފަހު ދާށެވެ. އަދި ކުރަން ހުރި ބައިވަރު މަސައްކަތް ވެސް ހުރީއެވެ.

އާދަންބެ އެގޭ އަނެއްފަރާތަށް ޒައިން ގޮވައިގެން ގޮސް އެ އަށި ރާނަންވީ ތަން ދެއްކިއެވެ. އަދި އެއްޗެހި ވެސް ޒައިން ގެ އެހީތެރިކަމާއެކެ ގެނެސް ދިނެވެ. ޒައިން އެ މަސައްކަތް ކުރިއަށް ގެން ދިޔަ އިރު އާދަންބެ ވެސް އެހީތެރިވަމުން ދިޔައެވެ. އެގޭގެ އެފަރާތުގެ ގޯތީގެ ވަށާ ފާރު ރާނާފައި ހުންނަނީ ނުހަނު ތިރިކޮށް ކަމުން ޒައިން މަސައްކަތް ކުރާތަން ރީއްޗަށް ބޭރަށް ފެނެއެވެ.

އީނާލް ވެސް މަންމަ ސާމިރާ ބުނެގެން ކޮންމެވެސް އެއްޗެއް ގަންނަން ދުރު ފިހާރައަކަށް ދާން ދިޔައީ އެ މަގުންނެވެ. ކުއްލިއަކަށް އެއްލި ކަޅި އަކުން ޒައިން އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއާއެކު އޭނާ އަށް ކުޑަ ހިނދުކޮޅަކަށް އެ ތަނުގައި މަޑު ކޮށްލެވުނެވެ. ތުންފަތަށް ހިނިތުންވުމެތް ވެރިވެގެން ދިޔުމާއެކު އޭނާ އަށް ލަދުން އިސްޖަހާލެވުނެވެ. އަނެއްކާވެސް ޒައިން އަށް ބަލާލުމަށްފަހު އޭނާ ކުރިއަށް ހިނގައިގަތެވެ.

“ކޮބާ އާދަންބޭ… މިހާރު ރަނގަޅު ދޯ” ޒައިން ބުނެލިއެވެ. އާދަންބެ ވެސް އުފަލުން ހުރެ “އާނ ރަނގަޅޭ” ބުނެ އަންހެނުންނަށް ގޮވާލިއެވެ. އަދި ޒައިން އަށް ސައި ތައްޔާރުކޮށްގެން ޖޯއްޔަށް ގެނައުމަށާއި ދުފާ އެއްޗެއް ވެސް ގެނައުމަށް ބުނެލިއެވެ.

ސައި ބޮއި ހަދާ ނިންމާލުމަށް ފަހު ޒައިން ވެސް ދާން އަވަސްވެގަތެވެ. “ޒައިން ދަރިފޫ… އެހަށް މަޑޫ ކޮށްބަލަ… ބޭބެ އެބަ އަންނަން” އާދަންބެ އެހެން ބުނެލުމަށް ފަހު ގޭތެރެއަށް ހިނގައިގަތެވެ.

“އާން… މިއޮތީ” އެނބުރި އައިސް ފަސްސަތޭކަ ރުފިޔާ ޒައިން އަށް ދިއްކޮށްލަމުން އާދަންބެ ބުނެލިއެވެ. އަދި ޒައިން އަށް ބަލާލާ ހިނިތުންވެލިއެވެ. “އެއީ އާދަންބެ އަށް ކޮށްދިން ކަމެކޭ… ތި ނުދިނަސް ރަނގަޅުވާނެ” ޒައިން ބުނެލިއެވެ. އަދި އޭނާ ވެސް ރައްދުގައި ހިނިތުންވެލިއެވެ. “އެކަމަކުވެސް މީގަ ހިފާ ދެން” އާދަންބެ އެ ޒައިން ގެ އަތަށް ލައިދިނެވެ. “ޝުކުރިއްޔާ” ޒައިން ޝުކުރު އަދާކުރިއެވެ. އަދި އާދަންބެއާ ސަލާމް ކޮށްފައި ގެއަށް ދިޔުމަށް ހިނގައިގަތެވެ.

އީނާލް ފިހާރައިން އެނބުރި އައި މަގު މަތީގައި ވެސް ހުރީ ޒައިން ފެންނާނޭ ކަމުގެ އުންމީދުގައެވެ. އެހެންނަމަވެސް އޭނާ އަށް ޒައިން ފެންނަގޮތެއް ނުވިއެވެ. އީނާލް އެ މަގަށް އެރިއިރު ޒައިން އަނެއް މަގުން ލަނބާލަނީއެވެ. އެހެންނަމަވެސް އީނާލް ގެ ނަސީބު ދެރަކަމުން ޒައިން ނުފެނުނީއެވެ.

އޭރު ޒައިން ހެދިތަން ނުހަނު ރީއްޗަށް އީނާލް އަށް ފެނުނެވެ. އޭނާ ވެސް ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ރޭގަނޑު އަށެއް ޖަހާ ބޮޑުވެފައި ހުއްޓާ އީނާލް ގެ ފޯނަށް މެސެޖެއް އައެވެ. ނުވަގަޑި ބައިގައި އަތިރީ މަތީ ގޮނޑު ދޮށް ކައިރީގައި އިންނަ ހަޓް އާ ދިމާލުން ދިމާކުރުމަށެވެ.

އީނާލް ވިސްނާލާފައި އާނއެކޭ ބުނެލާފައި ޖަވާބު ފޮނުވާލިއެވެ. ދެން އޭނާ އަވަސް ވެގަތީ ރީތި ވުމަށެވެ. އޭގެ ކުރިން އޭނާ ސަމާ އަށް ގުޅާލިއެވެ.

“ސަމާ… އަހަރެންނާ އެކު މިރޭ ނުވަގަޑި ބަޔަށް ތަނަކަށް ދެވިދާނެތަ؟” އީނާލް އަހާލިއެވެ.

“އާނ… އެކަމަކު ކޮންތާކަށް” ސަމާ އަހާލިއެވެ.

“އަޅެ ޕްލީޒް ފަހުންނޭ… މިހާރ ރެޑީވޭ އިނގޭ… އަހަރެން ތިގެ ކައިރިއަށް ގޮސް ގުޅާނަން” އީނާލް އެހެން ބުނެ ފޯން ބޭއްވީ އަވަހަހަށް ތައްޔާރު ވުމުގެ ބޭނުމުގައެވެ.

ރީތިވެ ނިމިގެން އޭނާ ސަމާ އަށް ގުޅިއެވެ. ސަމާ ވެސް ހުރީ ރީތިވެގެން ކަމަށް ބުނުމުން އީނާލް ސަމާ މެން ގެއާ ދިމާލަށް ދިޔުމަށް ގެއިން ނުކުތެވެ. އޭނާ ދިޔައީ ސާމިރާ ގާތުވެސް ބުނެލާފައެވެ.

އެކަނި މަގުމަތީގައި ދިޔައިރުވެސް ވާން މިއުޅެ ގޮތާ ދޭތެރޭ އިނާލް އަށް ވިސްނެމުން ދިޔައެވެ. ޒައިން ދައްކަން އުޅެނީ އޭނާ ގެ ހިތުގައި އޮތް ވާހަކަ ކަމަށް ވަނީނަމަ މިރޭ އޭނާ ހަގީގަތުގައިވެސް ވަރަށް އުފާވާނެއެވެ.

އީނާލް ސަމާ މެން ގެއާ އަރާ ހަވިއިރު ސަމާ ހުރީ ނުކުމެ ދޮރު މަތީގައެވެ. އީނާލް ސަމާގެ އަތުގައި ހިފާ އޭނާ އާ ގާތަށް ޖެހިލާ ވާހަކަ ދެއްކިއެވެ.

“އޭތް… އަހަރެން ގާތު ކުއްޖަކި ކަމަކު މީޓް ކުރަން ބުނީއޭ އެހެންވެ އޭ ބުނީ” އީނާލް ބުނެލިއެވެ. އޭރު އޭނާގެ މޫނުމަތި ރަތްވެގެން ގޮސް ޖަންބު ކުލައެއް ވެރިވެފައި ވެއެވެ. “ކޮންތާކުން ކާކު… ކިހިނެތް؟” ދެލޯ ބޮޑު ކޮށްލަމުން ސަމާ އަށް އެއްފަހަރާ އެތަކެއް ސުވާލއއް ކޮށްލެވުނެވެ.

“ހޫމް… ދެން އިނގޭނޭ އަދި. މިހާރު ހިނގާބަލަ ދާން” ޒައިން ގެ ނަން ބުނަން އީނާލް ހިސާބަކަށް ޖެހިލުންވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާ ބޭނުންވީ އެތަނަށް ގޮސް ޒައިން ދައްކާށެވެ.

އީނާލް އާ ދެމީހުންނަން ހަޓް ހުންނަ ހިސާބަށް އާދެވުނު އިރު ނުވަ ގަޑި ސާޅީސް ފަހެއް ވަނީއެވެ. އޭރު އީނާލް އަށް ހަޓް ގެ އަނެއްފަރާތުގައި މަޑު ކޮށްލައިގެން ހުރި ޒައިން ލޮލުގައި އަޅައިގަތެވެ.

ރަށުގެ ގޮނު ދޮށައް ބީއްސަމުން ދިޔަ ރާޅުތަކަށް ފުރިހަމަ ސަމާލް ކަން ދީގެން ހުރި ޒައިން އަށް ފަހަތުން ބަޔެއްގެ ހިލަން ވިހެން ހީވުމުން ބަލާލިއެވެ. އެތަނާ ތަންކޮޅެއް ދުރުގައި ދިއްލާފައިވާ ބައްތިއާއި ހަނދުވަރުގެ އަލި އެކުވެގެން ތަނުގައި މަޑު އަލިކަމެއް ހުއްޓެވެ. އޭނާގެ ލޮލުގައި އީނާލް އަޅައިގަތެވެ. އެއާއެކު އޭނާ އަށް ހިނިތުންވެލިއެވެ. “އޭތް ޒައިންތަ… ގަދަ އިނގޭ” އީނާލް ގެ ކަންފަތް ދޮށަށް ގުދުވެލާ ސަމާ ބުނެލިއެވެ.

އޭނާ އީނާލް ގެ ކޮނޑު ގައި މަޑު މަޑުން ކޮއްޓާލަމުން އެދިމާލަށް ދިޔުމަށް އީނާލް އަށް އިޝާރާތް ކޮށްލިއެވެ. އީނާލް ވެސް ސަމާ އަށް ލޯ އަޅާލުމަށް ފަހު ކުރިއަށް ހިނގައިގަތެވެ. ސަމާ ހިތުން ސަމާގެ ސަކަރާތް ޒައިން އަކަށް ނުފެނެއެވެ. އެހެންނަމަވެސް އެ ދެމެދުގައި ހިނގި ހުރިހާ ކަމެއް ޒައިން އަށް ފެނުނެވެ. އޭނާގެ ތުންފަތް މައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވެފައިވެއެވެ.

އީނާލް މަޑު ފިޔަވަޅު ތަކެއްގައި ޒައިން އާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދެންމެ ދެންމެ މޭ ފަޅާލާފައި ނުކުމެދާނެހެން ހީވި ސިކުންތު ކޮޅެކެވެ.

“ތެންކިޔު އައިސް ދިނީތީ” އީނާލް އެ ހިސާބަށް އަރާ ހަމަވުމުން ޒައިން ބުނެލިއެވެ. “ކީކޭތަ ބުނަން ބޭނުމީ” އީނާލް އަހާލިއެވެ. އޭރު އެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ.

“އީނާލް އާ ދައްކާލަން ބޭނުންވާ ވާހަކަ އެއް އޮތީމަ… އަހަރެންނަން އީނާލް ކަމުދާތީ؟” ޒައިން ގެ ވާހަކަ ކޮޅާއެލު އީނާލް އަށް ހިފައްޓައިގެން ހުރި ނޭވާ ފަޒާގެ ތެރެއަށް ދޫކޮށްލެވުނެވެ. ހަމަގައިމުވެސް ނޭގޭ އުފާވެރިކަމަކުން އޭނާ އަށް ހިންހަމަޖެހުން ލިބިގެން ދިޔައެވެ.

“އަހަރެން…” އީނާލް އަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ބަސް ހުއްޓި މީހާ އަށް ތަފާތު އިހްސާސް އެއް ވެރިވެގެން ދިޔައެވެ.

“އަހަރެން ބޭނުން އީނާލް”

“ޖަވާބެއް ބޭނުން” ޒައިން އީނާލް އަށް ފުން ނަޒަރެއް ދިނެވެ. “ޔެސް” އީނާލް މަޑު މަޑުން ބުނެލިއެވެ. އީނާލް ބުނި ލެއް މަޑު ވިޔަސް ޒައިން އަށް އެ އަޑު ރީއްޗަށް އިވުނެވެ.

އޭނާގެ ހިތަށް އުފާވެރިކަން ވެރިވެގެން ދިޔައެވެ. ދެފައިން ވާގި ދޫވާހެން ހީވިއެވެ. ވަގުތުން އެ އުފާވެރިކަން ހިނިތުންވުމެއްގެ ސިފައިގައި ފާޅުވެގެން ދިޔައެވެ. “ކީކޭ އަދި އެއްފަހަރު ބުނެބަލަ” ޒައިން އަށް ބުނެވުނެވެ. “ޔެސް” އީނާލް ތަންކޮޅެއް ބާރަށް އެހެން ބުނެލުމަށްފަހު ވަގުތުން ފަހަތަށް އެނބުރި ދުއްވައިގަތެވެ. އަދި ގޮސް ސަމާގެ އަތުގައި ހިފައިގެން އެއްގަމާ ދިމާލަށް މިސްރާބުޖެހިއެވެ. “އޭތް ކިހިނެތް ވީ އީނާލް” ވީ ގޮތެއް ނޭނގި ހުރި ސަމާ އީނާލް އާއި ސުވާލުކޮށްލީ އީނާލްގެ އަތުގައި ހިފާ ތަޅުވާލަމުންނެވެ.

“ފަހުން އެހަށް ހިނގާބަލަ” އީނާލް ބުނެލިއެވެ.

“ހޫން ދެން ބުނޭ” މަގުން އަނބުރާލަން އުޅުމުން އެތަނުގެ ކަންމަތީގައި އީނާލް މަޑު ކުރުވާފައި އީނާލް އާއި ސަމާ ސުވާލުކޮށްލިއެވެ. “އަހަރެން ބުނީ އާއެކޭ” އީނާލް މާ ނޭވާ ލަމުން ބުނެލިއެވެ. “ކޮން ކަމަކާ އޭތް… ހަމަ ޖެހިފަ ވާހަކަ ދައްކާފަ ބުނެބަލަ” ސަމާ ބުނެލިއެވެ. “އަހަރެން ބުނީ އާއެކޭ… އޭނަ އެހީ އަހަރެން ގާތު… އަހަރެން ގާތު… އޭނަޔާ… އަހަރެން ގާތު” އީނާލް އާށް ކިޔޭ ނުކިޔޭ އެއްވެސް ނޭނގެއެވެ. އޭނާ ހުރީ އެހާވެސް ހިތް އަވަސް ވެފައެވެ.

“ހޫމް… ކީކޭ ހަމަޖެހިފަ ކިޔައިދީ” ދެ ބުމަ އަރުވައިގެން ހުރެ ސަމާ އަހާލިއެވެ. “އަހަރެން ގާތު އޭނާ އެހީ…” އީނާލް އަށް ވާހަކަ ނުދެއްކި އުޅެނިކޮށް އޭނާގެ ފޯން ރިންގްވިއެވެ. އެއާއެކު އޭނާ ފޯން ނެގީ ދޮންބެ ގެ ކޯލަކަށް ވީމައެވެ. “ކީކޭ ދޮންބޭ” ހަލޯ އޭ ބުނުމުން އެކޮޅުން ޖަވާބު އައުމާއެކު ލަސްނުކޮށް އީނާލް ވެސް އަހާލިއެވެ. “އެހެންތަ މި ދަނީ އިނގޭ” އީނާލް ފޯން ބާއްވަމުން ބުނެލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ސަމާ މެން ގެއާ ދާދި ގާތުގައި ކަމުން އީނާލް ވާހަކަ ދެއްކިއެވެ.

“އޭތް ސަމާ ފަހުން ދޯ… ދާން ޖެހިއްޖެ އިނގޭ” އީނާލް ގުޅާނަމޭ ބުނެ އަތުން އިޝާރާތް ކޮށްލުމަށްފަހު ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

އީނާލް ދިޔުމުން ވެސް ގެއަށް ދާ ހިތް ނުވެފައި ޒައިން އަށް ހުރެވުނީ އެކި ކަންކަމާ ފިކުރު ކުރާށެވެ. އޭނާ އީނާލް އަށް ލޯބި ހުށައެޅީ އެހާ ފަސޭހައިން އީނާލް އޭނާގެ ލޯބި ގަބޫލް ކޮށްފާނޭ ކަމަކށް ނޫނެވެ. އެހެންނަމަވެސް ހީކުރި ގޮތާ ހިލާފަށް އީނާލް ނުލާހިކު ފަސޭހައިން އޭނާ އަށް އާބަސް ދީފިއެވެ. އެހެންކަމުން އޭނާގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ވެރިވެފައި ވުމާއެކު މޭގައި އަތް އަޅާލެވުނެވެ. އޭނާގެ ހިތްވެސް ތެޅެމުން ދިޔައެވެ. ދެން ވާނީ ކިހިނެތްކަން ނޭނގޭ ހާލު މުސްތަގް ބަލާ މެދު ކުރެވޭ އުންމީދުތައް ދެގުނަވެގެން ދިޔައެވެ. އެތާ އިރުކޮޅަކު ހުރެލުމަށްފަހު ޒައިން ވެސް ގެއާ ދިމާލަށް ދާން މިސްރާބުޖެހީ ގެއަށް ގޮސް އީނާލް އަށް މެސެޖް ކުރުމުގެ ނިޔަތުގައެވެ.

ގެއަށް ވަތް އިރު މަންމަ ރާނިޔާ ފެންނާކަށް ނެތެވެ. އެހެން ނަމަވެސް އެތަނުގައި ހުރި މޭޒެއް ދޮށުގައި އާޝާ ފޮތް ތައް ހިފައިގެން އިނެވެ. ހީވާގޮތުން ފިލާވަޅު ދަސްކުރަނީއެވެ. ޒައިން އާޝާ އާއި ވާހަކަ ދައްކާލުމަށްފަހު އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އަދި ވަދެ ފެންވަރާ ތާޒާ ވެލައިގެން އީނާލް އަށް މެސެޖެއް ކޮށްލިއެވެ. އެއަށްފަހު ފޯން ބޭއްވުމަށްފަހު މަންމަ ގޮވުމުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރުމަށް ދިޔައެވެ.

މަލަކް ގެ ހިޔާލުގައި ނުނިދިފައި އޮތް އަޔާން ނިންމީ މަލަކް އާއި ބައްދަލުކުރާށެވެ.

އެ ހިތުގައި ހިނގާ ހައިޖާނުގަނޑަށް ނިމުމެއް އަންނާނީ މަލަކް އާއި ބައްދަލުކޮށްގެން ކަމުގައި އޭނާގެ ހިތް ބުނަނީއެވެ.

މަލަކް އާއި ބައްދަލުކުރަން ބޭނުންވިޔަސް އެކަން ކުރާނީ ކިހިނެތްތޯ އޭނާގެ ހިތުގައި ސުވާލް އުފެދުނެވެ. ކޮންމެ ގޮތަކުންވެސް އޭނާ މަލަކް އާއި ބައްދަލުކުރަން ބޭނުމެވެ. އެހެންނަމަވެސް އެކަން އެ ގޮތަށް ކުރުމަށް ފުރުސަތެއް ލިބޭނޭ ކަމާމެދު ޝައްކެވެ.

މަލަކް ގެ ހިޔާލުގައި އެތައް އިރަކު އޮވެފައި އަޔާން އަށް ނިދުނު އިރު މެންދަމުން އަލިވެ ދެ އެއް ޖަހާ ބޮޑު ވެއްޖެއެވެ. ނިދުނުހެން ހީނުވެ އޭނާ އަށް ސިއްސައިގެން ތެދުވެވުނީ ފެނުނު ހުވަފެނެއްގެ ސަބަބުންނެވެ. ފުން ނޭވާތަކެއްލަމުން އެނދުގައި އިށީނދެ އިން އަޔާން ސައިޑް ކަބަޑް މަތީ ހުރި ފެންތަށި ނަގާ ބޯލިއެވެ. އަދި މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ.

ނިދިފައި އޮތް މަލަކް އަށް ހޭލެވުނީ ރިންގް ވަމުން ދިޔަ ފޯން ގެ އަޑަށެވެ. ނިދި ނުފިލި ކަމުގައި ވިނަމަވެސް އޭނާ ފޯން ނަގާ ބަލާލިއެވެ. މި ގަޑީގައި މެސެޖް ކުރާނީ ކާކުބާ އޭ ހިތަށް އެރިއެވެ. މަލަކް ގެ ނިދި ފިލައިގެން ދިޔައީ ފޯނަށް ކުރިން ވެސް މެސެޖް ކުރި ނަންބަރުން މެސެޖް ކޮށްފައ އޮތުމުންނެވެ. މެސެޖް ކިޔާލުމާއެކު މަލަކް ގެ ނިތަށް ރޫތަށް ގިނަވިއެވެ. ދެބުމަ ކައިރި ކޮށްލެވުނެވެ. ދެއަތުން ބޮލުގައި ހިފައްޓާލެވުނެވެ. އަނގައިން އަޑެއް ލައްވާލެވުނެވެ. އެމީހާ އަށް ރައްދެއް ދޭން މެސެޖް ލިޔެލޭފައިވެސް މަލަކް އެ މެސެޖް ފޮހެލިއެވެ. އަދި އެނދުން ފައިބައިގެން ގޮސް ފާހާނާއަށް ވަނެވެ. މޫނު ދޮންނަ ތަށި ކައިރިއަށް ހުއްޓިލުމަށްފަހު އިސްކުރު ދޫކޮށްލިއެވެ. އެއަށްފަހު އަތަށް ފެން ގޮށްޓެއް ނަގާ މޫނު ދޮވެލިއެވެ. އަދި މޫނު ފޮހެލަމުން އޭނާ ފާހާނާއިން ނުކުތެވެ. ގޮނޑި މައްޗަށް އެއްލާލާފައިވާ ބުރުގާ ގައި އަތް ލާފައިވެސް މަލަކް ފުން ނޭވާއަކާއެކު ބުރުގާ އަނެއްކާވެސް ބޭއްވިއެވެ. އެއަށްފަހު އޭނާ ނިދަން ލާފައިވާ އަތް ކުރު ޓީޝާޓް ގެ މަތިން އަތް ދިގު ހެނދުމެއް ވައްޓާލުމަށް ފަހު ބުރުގާ އަޅާލިއެވެ. އެއަށްފަހު ކޮޓަރި ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ.

މަޑު މަޑުން ދޮރު ހުޅުވާލުމަށްފަހު އޭނާ ނުކުމެލިއެވެ. އަދި ދެފަރާތަށް ބަލާލީ ގޭތެރޭން އެއްވެސް މީހެއްގެ ހިލަމެއް ވޭތޯއެވެ. އެއްވެސް މީހެތް ނެތް ކަން ޔަގީން ވުމާއެކު މަލަކް ގެއިން ނުކުންނަ ދޮރާ ދިމާލަށް މިސްރާބުޖެހިއެވެ. އޭރު އޭނާގެ ހިތް އާދަޔާ ހިލާފު ބާރުމިނުގައި ތެޅެމުން ދިޔައެވެ. ވާން މިއުޅެނީ ކިހިނެތްކަން ނޭނގޭ ހާލު މަލަކް ގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވެސް ވިއެވެ. އެހެންނަމަވެސް އޭނާ ފިނޑި ވާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ވެސް ވަނީ ހިތެކެވެ. އަބަދު ފިލައިގެނެއް ވެސް ނޫޅެވޭނެއެވެ. އެހެންނަމަވެސް އެ ދުލުގައި ވަނީ ވަރުގަދަ ތަޅެއް ލެވިފައެވެ. އަނަގައިން ބުނާނެ ހިތްވަރެއް ނުހުރެއެވެ. މަދަދަށް އެދި އާދޭސް ކުރާނޭ މީހަކު ނެތެވެ.

މަލަކް އަނެއްކާވެސް ފޯން ބަލާލިއެވެ. “އަހަރެން މިހުރީ ބޭރުގަ. ނުނިކުތިއްޔާ އަހަރެން މަލަކް ގެ ގެއަށް ވަންނާނަން” ކުރު މެސެޖެއް ނަމަވެސް އެ މެސެޖުން އެކަނިވެސް މަލަކް ގެ ހިތަށް ބިރުވެރިކަން ވެރިވިއެވެ.

މަލަކް ގޭގެ ދޮރު ހުޅުވާލާފައި ނުކުތެވެ. އެ ގެ ހުންނަނީ ބަނދަރާ ކައިރީގައި ކަމުން ގެއިން ނުކުންނަ އިރު ސާފުކޮށް ބަނދަރު މަތި ފެނެއެވެ. މެންދަމުގެ ގެ ވަގުތަށް ވުމާއެކު މަގުމަތިން ދުއްވާއެއްޗެއް ނުފެންނަތާ މީހެއްގެ ހިލަމެތް ވެސް ނުވެއެވެ. ގޭގެ އެއްފަރާތުގައި އިން ލައިޓް ވެސް އަނދާފައި އިނުމުން ނާއި އެގޭގެ ބޭރުގައި ލައިޓް އެއް ނީންނާތީ އެ ހިސާބުގަނޑުގައި އާދަޔާ ހިލާފް އަނދިރިކަމެއް ރަސްކަން ކުރަމުން ދިޔައެވެ. މަލަކް ގެ ނަޒަރު ދަތުރު ކުރީ ބަނދަރު މައްޗަށެވެ. ބަނދަރުގައި ދިއްލާފައިވާ އޮރެންޖް ކުލައިގެ ލައިޓް ތަކަށް ނަޒަރު ހުއްޓާލުމަށްއެކު ދެވަނަ ފަހަރަށް މަލަކް އުޑު މައްޗަށް ނަޒަރު ހުއްޓާލިއެވެ. އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން މަލަކް ހުރީ ފުން ވިސްނުމެއްގައެވެ. އެހެން ހުރެފައި އޭނާ މަގުގެ ދެފަރާތަށް ނަޒަރު ހިންގާލިއެވެ.

މަލަކް ގެ ކޮންމެ ހަރަކާތަކަށް ސަމާލް ވެގެން ތަންކޮޅެއް ދުރުގައި މަލަކް އަށް ނުފެންނާނޭހެން ހުރި ޒުވާނާގެ ތުންފަތް މައްޗަށް ހިނިތުންވުމެތް ވެރިވެފައިވެއެވެ. ލޮލުން ވިދުމެތް ފާޅުވެގެން ދިޔައީ އިސާހިތަކު އެ ޒުވާނާގެ ލޯ ފެންކަޅިވަމުން ދިޔައީތީއެވެ. މަލަކް ގެ ކޮންމެ ހަރަކާތަކުން އޭނާ އަށް ލޮބުވެތިކަން ފެނިގެން ދެއެވެ. ކޮންމެ ހަރަކާތަކަށް އޭނާ އަށް ބެލެނީ ލޯތްބާ އެކުގައެވެ. ދުވަހަކުވެސް މަލަކް ދެކެ އޭނާ ފޫއްސެއް ނުވާނެއެވެ. އެ ލޯބި އަދާތަށް ބަލަން އޭނާ އަބަދުވެސް ކެތް މަދުވެއެވެ. ދެން ނުވާނޭ ކަމެއް ކަން އެނގޭއިރުވެސް އަދިވެސް އޭނާ މަލަކް އާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލަން ބޭނުންވަނީއެވެ. މަލަކް އާ މެދު ކަންބޮޑު ވަނީއެވެ. މަލަކް ގެ ލޮލުން އެންމެ ކަރުނަ ތިއްކެތް ވެއްޓެން ވެސް އޭނާ ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް….

އެރޭ އޭނާއަށް މަލަކް ގެ ލޮލުން ކޮންމެވެސް ކަހަލަ ރިހުމެތް ފެނުނެވެ. ކޮންމެވެސް ކަމެއް ސިއްރު ކުރަން އުޅޭހެން ހީވިއެވެ. އެހެންނަމަވެސް ކުރިން ވެސް އެ ހުރިހާކަމެއް ދޮގު ކުރީ މަލަކް ގެ އަމިއްލަ ދުލުންނެވެ.

މަލަކް މަގުގެ ދެކޮޅު މަލާލާފައި ތުން ކޮޅު ހަދާލަމުން ގެއަށް ވަންނަން އެނބުރިލީ ވަގުތު ބާރުގަދަ އަތަކުން އޭނާގެ އަނގަމަތީ އަތް އެޅުމާއެކު އެމީހަކާ ދިމާލަށް މަލަކް ދަމާލައިފިއެވެ. މަލަކް ހަޅޭއްލަވައިގަންނަން އުޅުނު ކަމުގައިވިނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވީ އެމީހަކު މަލަކް ގެ އަނގަމަތީގައި އަތް އަޅާފައިވާ ލެތް ބާރުކަމުންނެވެ. “މަލަކް… އިޓްސް މީ” އިވުނު ޒުވާނާގެ އަޑާއެކު މަލަކް ގެ ހަރަކާތް ތަކަށް ވެސް މަޑު ޖެހުމެއް އައެވެ. އެ އަޑުގައި ވީ ރިހުން މަލަކް ގެ ހިތަށް ވެސް ތަދު ކުރުވައިފިއެވެ.

އެމީހަކު މަލަކް ގެ އަތުގައި ހިފައިގެން ބާރުމިނުގައި ގޮސް ޖެހިގެން ހުރި ގޭގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކުގެ ތެރެއަށް ވަނެވެ.

“މަލަކް… ކިހިނެތް ވެތަ އެރޭ ރުއީ… އަހަރެން ނަކަށް ނޭނގުނު މަލަކް އަށް ވެފަ ހުރި ގޮތެއް… ވަރަށް ހާސްވި ބުނެބަލަ ކިހިނެތް ވީތަ؟” އެ ޒުވާނާގެ އަޑުގަވަނީ ހާސްކަމެވެ.

ފަޒާގައި ހިފާފައިވާ ތެތް ފިނިކަމުން ފިނިވެފައި ހުރި މަލަކް ދެއަތުން ދެ އަތުގައި ހާކާލިއެވެ. އެ ޒުވާނާ ކުރި ސުވާލަށް އޭނާ ދޭނީ ކޮން ޖަވާބެއް ބާއޭ ހިތަށް އަރަނީއެވެ. ހުދު އެ ސުވާލަށް ދެވޭނެ ޖަވާބެއް މަލަކް ގެ އަތުގައިވެސް ނެތެވެ. މަލަކް އަށް އެނގޭހާވެސް އެއްޗަކީ އެ ހިތުގައި ރިއްސަމުން ދިޔަ ނަމަވެސް ހަނު ހުރުމަށް މަޖުބޫރު ވެފައި ވާކަމެވެ.

މަލަކް ގެ ފަރާތުން މާއެދެވޭ ޖަވާބެއް ނުލުބުމުން އެ ޒުވާނާ ގެ ކެތް ތެރިކަން ވެސް ކޮޅުން ލާން ފަށައިފިއެވެ. “މަލަކް ޖަސްޓް ޓެލް މީ ވަޓްސް ރޯންގް…” އެންމެ ފަހުން އެ ޒުވާނާ އަށް ތަންކޮޅެއް ބާރަށްބުނެވުނެވެ.

“ވަޓްސް ރޯންގް.. އައި ކާންޓް ސީ ޔޫ ސަފަރިންގެ…” އެ ޒުވާނާގެ އަޑު މިފަހަރު މަޑެވެ. މަލަކް ގެ ކޯތާފަތުން ތިރިއަށް ފައިބަމުން ދިޔަ ކަރުނަތަށް އެ ޒުވާނާ އޯގާތެރި ކަމާއެކު ފޮހެދިނެވެ. “މަލަކް އަށް ހާރޓް ނުވާނަމަ ނުރޯނެދޯ… އެޓްލީސްޓް ޓެލް މީ… އަހަރެން ގާތު ބުނެބަލަ… މަލަކް އަށް އުނދަގޫ ވާ ކަމެއް ހުރިއްޔާ… އަހަރެން ދުރުގަ ހުރެގެން ވެސް މަލަކް ފެންނަ ހިސާބަށް ނައިސް ހުރެގެން ވެސް ހެލްޕް ވެ ދީފާނަމޭ… އައި ޖަސްޓް ވޯނޓް ޓް ނޯ ކިހިނެތް ވީ ކަން… އެރޭގެ ފަހުން މިހިތަށް ހަމަޖެހުމެތް ނުލިބޭ… ޖަސްޓް ޓެލް މީ މަލަކް” އެ ޒުވާނާގެ އަޑު ގައިވަނީ އިންތިހާ ދަރަޖައިގެ ވޭނެވެ. މަލަކް ގެ ހިތަށް ހައްތަހާ ތަދުވުން ނޫން ކަމެއް ނުވިއެވެ. އޭނާ ދެއަތް މުށްކަވާލެވުނީ އަނގައިން ބޭރު ކޮށްގެން ނުވާނޭ އެއްޗެއް ބޭރު ކުރެވިދާނެތީއެވެ. މަލަކް ގެ ނިތް ކުރީގައި އެ ޒުވާނާ އޭނާގެ ނިތް ކުރި ޖައްސާލިއެވެ.

“މަލަކް… އައި ރިއަލީ ޑޫ ލަވްޔޫ” އެ ޒުވާނާގެ ލޮލުން ވެސް ކަރުނަ އަންނަނީއެވެ. އިރު ކޮޅަކު އެހެން ހުރެލުމަށްފަހު އޭނާ މަލަކް އާއި ދުރުވެލިއެވެ. އަދި މަލަކް ގެ އެތް އަތް އުފުލާލާ މުށް ހުޅުވާލުމަށްފަހު އޭނާ އެ އަތުގެ ތެރެއަށް ކޮންމެވެސް އެއްޗެއް ލައިދިނެވެ. އެއަށްފަހު އެ އަތް ލައްޕާލިއެވެ.

“ކީޕް ދިސް ވިތް ޔޫ މަލަކް” އެހެން ބުނެލުމަށް ފަހު އޭނާ މަލަކް ގެ ލޮލާ ނަޒަރު ސީދާ ކޮށްލިއެވެ. އެ ތޫނު ދެލޮލާ ނަޒަރު ސީދާ ވުމާއެކު މަލަކް އަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުނެވެ. އެއާއެކު އޭނާ ލަސްނުކޮށް އެ ދިޔަ ގޮތަށް ގޮސް ގެއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި ގޭގެ ދޮރުގައި ލެނގި ލައިގެން އެތައް އިރަކު ހުއްޓެވެ.

ދެދުވަސް ފަހެވެ. ދެ ދުވަހު ތެރޭގައި ޒައިން އާއި އީނާލް އާއި ދެމެދު ވާހަކަ ދެކެވެމުން ދިޔައީ ފޯނުގެ ޒަރީއާއިންނެވެ. ޒައިން އަށް އެންމެ ފަހުން އީނާލް ފެނުނީ އިއްޔެގެ ވަގުތުގައި އީނާލް ހޮސްޕިޓަލަށް ދިޔަ މަގުމަތީގައެވެ. އެ ގަޑީގައި ޒައިން ވެސް ސައިޓުގެ މަސައްކަތުގައި ހުރުމާއެކުގަޔާއި އީނާލް ވެސް ދިޔައީ ލަސްވެގެން ކަމުން ވާހަކަ ދައްކާލެވޭ ގޮތް ނުވީއެވެ. އެހެންނަމަވެސް އާދައިގެ މަތިން ޒައިން އޭނާ ކޮށްއުޅޭ ސަމާސާ އީނާލް އާއި ކޮށްލިއެވެ. އީނާލް ގެ ފަރާތުން ފެން ލަދު ރަކިކަން ޒައިން އަށް ކަމުދަނީއެވެ.

މި ދެވުވަހުގެ ގެރޭގައި ޒައިން އޭނާ އަކީ ކާކުކަމާއި ކީއްކުރާ މީހެއްކަން އީނާލް އަށް ކިޔައިދިނެވެ. އީނާލް ވެސް އޭނާ އާއި ބެހޭ ގޮތުން ޒައިން އަށް ބައެއް އެއްޗެހި ކިޔައިދިނެވެ. ދެމީހުން ގެ ހިތުގައިވެސް އެ ކަކު އަނެކަކަށް ލޯ ބި އުފެދި އެ ލޯބި ކުރި ފަޅާ ހެދެމުން ދިޔައީ ހީ ނުކުރާހާ އަވަށެވެ.

މިއަދުވެސް ހޮސްޕިޓަލް ގައި ބަލި މީހުން ބަލާ ނިމުނު އިރު އީނާލް ހުރި ފުދޭވަރަކަށް ވަރުބަލިވެފައެވެ. ވާނީވެސް އެހެންތާއެވެ. ވައިރަލް ފްލޫ އާއި ރޯގާ އާއި އުޅޭ މިންވަރު އިތުރު ވުމުގެ ސަބަބުން ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ އަދަދު ވެސް މިދުވަސްކޮޅު ވަނީ އިތުރު ވެފައެވެ.

އީނާލް ޑޮކްޓާރސް ލައުންޖަށް ވަނީ ކޮފީއެއް ބޯލުމުގެ ނިޔަތުގައެވެ. ކޮފީ މެޝިނުން ކޮފީއެއް ހަދައިގެން އީނާލް ގޮސް އިށީނީ ކުޑަ ދޮރު ކައިރީގައި ބަހައްޓާފައި ހުރި ސޯފާގައެވެ. ސޯފާގެ ކުރިމަތީގައި ހުރި މޭޒުގައި ކޮފީ ޖޯޑު ބަހައްޓާލުމާއެކު އޭނާ ބޭރަށް ނަޒަރު ހުއްޓާލިއެވެ.

އެ ވަގުތު އެ ދިމާ ބޭރުގައި ހައްދާފައިވާ ތަފާތު ވައްތަރުގެ މާ ގަސްތަކަށް ހޮޅިއަކުން ފެން ޖެހުމަށް އެ ތަނުގެ މަސައްކަތު މީހަކު ހަރަކާތް ތެރިވަމުން ދިޔަ ތަން އީނާލް އަށް ފެނުނެވެ. އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ގަސްތަކުގައި މާތަށް ފަރިވެ ފޮޅިފައި ވާއިރު ބަލާލަން ނުހަނު ނަލައެވެ. ގުދުރަތުގެ ފުރިހަމަ ކަމުގެ ލާމަސީލު މިސާލެކެވެ.

އިރު ކޮޅަކު ބޭރަށް ބަލަން އިނުމަށް ފަހު އީނާލް ކޮފީތަށި ނަގަން އުޅުނު ވަގުތު ކުރިމަތީގައި އިން މިކްޔަން ފެނި އޭނާގެ އަތަށް ހޫނު ކޮފީތަށި ބަންޑުން ނުވީ ކިރިޔާއެވެ. “ސާބަސް.. އީން… ކިހިނެތް ތި ހެދީ… ހާދަ ވަރަކަށް ގެއްލިފަ ތި އިނީ” މިކްޔަން އޭނާގެ އަތުގައި އޮތް ކޮފީތަށި ތުނމުގައި ޖެހިއެވެ. އެއާއެކު އީނާލް ހިނިތުންވެލިއެވެ. އަދި ވާހަކަ ދެއްކިއެވެ.

“އައި ލައިކް ގާޑެންސް… ކިހާ ރީތިތަ؟ ކިހާ ހިންހަމަ ޖެހޭތަ؟ ބަލާބަލަ… ގޮނޑީގައި އެއިން ޕޭޝެންޓް ވެސް… ހާދަ ހިންހަމަޖެހޭނޭ އެގޮތަށް ނުކުމެލާ ހެދޭތީ” އީނާލް ތަންކޮޅެއް ދުރުގައި އިން ބަލި މީހަކަށް އިޝާރާތް ކޮށްލަމުން ވާހަކަ ދެއްކިއެވެ.

“ހޫމް… ތެދު ވާހަކައެއް…” މިކްޔަން ވެސް އީނާލްގެ ވާހަކަ އަށް އެއްބަސް ވެލަމުން އެ މީހާ އަށް ނަޒަރު ހިންގައިލިއެވެ.

އީނާލް ކޮފީ ބޮމުން ދިޔަ އިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ބޭރަށެވެ. އެހެންނަމަވެސް މިކްޔަން ގެ ނަތި ނަޒަރު އީނާލް އަށް ހުއްޓިފައިވާއިރު އެ ތުންފަތުގައި މާނަ ފުން ހިނިތުންވުމެތް ވިއެވެ.

“ވަޓް ހެޕެންޑް” އޭނާ ސިހުނީ އީނާލް އެ ދިމާލަށް އެނބުރި ލުމަށްފަހު ވާހަކަ ދެއްކުމުންނެވެ.

“ކަމެތް ނުވޭ…ދެން އީން އިންލެތް ލޯބި ކަމުން މި ލޯ ދުރަށް ނުލެވުނީ ތި ދިމާލުން” މިކްޔަން ސަމާސާ ގޮތަކަށް އެއްލޯ މަރާލަމުން ބުނެލިއެވެ. އީނާލް ދެފަރާތަށް ބޯ ހޫރާލަމުން އަނެއްކާވެސް ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ދުޢާ 17

Next

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ 03

Next
September 21, 2018

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ 03

Previews
September 20, 2018

ދުޢާ 17

21 Comments!

  1. Hi Mi says:
    September 21, 2018 at 12:00 am

    Assalaam alaikum. story ge 4 vana part himi ah update kohlevuni emme fahun mi mahuge 1 vana dhuvahu. 10 dhuvahuge medhu kendumeh aithy varah bodah maafaf edhen. himi balive ulhumaa dhimaavi ba eh sababu thakaa hedhi vaahaka las v. still not okay. but as i am feeling a bit better today thought of uploading the story for u guys.
    dnt forget to comment on DHEN VAANI KIHINEHBAA?. and zain and eenaal and malak ge life ga dhen kuri ah annan huri kanthah guess kohlaathi ingey, hehe. vvv ufaavehjje. much loves. for the suport. Jazakallah Khairan. :):):) next ep on saturday IN SHA ALLAH.

  2. Hima says:
    September 21, 2018 at 12:09 am

    Yes i am the first…….nyc story..

    1. Hi Mi says:
      September 22, 2018 at 11:15 pm

      Thanks dear. V ufaavehjje.

  3. Thola says:
    September 21, 2018 at 12:18 am

    Masha allah vvvv salhi ..???me first dhw

    1. Hi Mi says:
      September 22, 2018 at 11:16 pm

      Thanks dear. V ufaavehjje. Shukur

  4. Soafy says:
    September 21, 2018 at 12:46 am

    Wow

  5. Aysh says:
    September 21, 2018 at 3:10 am

    InshaaAllah avas shifaa eh dehvashi vv. reeti mi part ves vaahaka mihaaru interesting vamun anny??????

    1. Hi Mi says:
      September 22, 2018 at 11:16 pm

      Thanks dear. V ufaavehjje. Shukur

  6. Hudher says:
    September 21, 2018 at 6:21 am

    Maasha allah dear nyc stry

    1. Hi Mi says:
      September 22, 2018 at 11:17 pm

      Thanks dear. V ufaavehjje. Shukur

  7. Pinky shifoo says:
    September 21, 2018 at 6:40 am

    Wowwww ???❤️❤️❤️… Haadha dhigu inthizaarakah fahu ey mi reethi story kiyaalan mi libuny ???… Varah varah ufaavehje story kiyaalan libunyma ???… Mi part vx v v v reethi ingey Hi Mi ❤️❤️❤️????????????… I love it ???❤️❤️❤️… Malak e meet kury ayaan aa henn heevany ❤️❤️❤️… N pinky ah heevany ehkala keveli kolhu henn ayaan Malak ge athah e dhiny ???… Malak n ayaan ge life v v v ingen beynun ???… It’s becoming more and more interesting ??????❤️❤️❤️… Keep up the good work ??????❤️❤️❤️???… Lots of love from me ❤️❤️❤️????????????…

    1. Hi Mi says:
      September 22, 2018 at 11:17 pm

      Thanks dear. Hingaa balamaa dw. V ufaavehjje.

  8. Lotus says:
    September 21, 2018 at 7:51 am

    V curious vey eba.. eenal ge family in zayan accept kuraaneba.. n wats going on with Malak..
    Waiting for the next part ?

    1. Hi Mi says:
      September 22, 2018 at 11:19 pm

      Thabks lotus dear

  9. Ifu ❤ says:
    September 21, 2018 at 8:54 am

    Himi GWS Dear
    Missed the story
    Komme dhuvahaku ethah faharaku str up vi thr check kurevun
    But I understood that its delaying cause there is a reason behind it
    ??????❤???????❤
    Himi mi part vex v v v reethi ingey
    I guess mikyan eynal dheke like vaahen
    N if eynaal ge famly ah eynaal n Zain ge relation ingunax ekamaa ebbax vaane hen i don’t think so
    Maybe they’ll choose mikyan for eenaal
    They might think that mikyan is the one who deservx eynaal cause they both r doc s right ????
    Im curiously waitin for the next part
    N eah vure curious malak ge part kiyan ☺☺☺☺☺
    Next partga malak ge bai than kolheh ginain genesdheythi gey himi
    ???????
    Luv yaa dear

    1. Hi Mi says:
      September 22, 2018 at 11:18 pm

      Thanks dear. Hingaa balamaa dw. V ufaavehjje. V ufaavehjje nixi kamun reply kuru v mi. Sorry ingey dears

  10. maya says:
    September 21, 2018 at 1:04 pm

    alhey himi love haadha inthizaarekey thi kuruvani..v bxy dhw..ehen ves vaane…btw vvvvvvvvvv reethi masha allah….yey finally eenaal and zain is tyogether dhw,,so happy for both…oooops love triangle hedheny thr mi anehkaa????????avahah next part up kohdhehchey himi dhooni luv yuh….bodu bod koh>3>3>3

    1. Hi Mi says:
      September 22, 2018 at 11:19 pm

      Thanks dear. Hingaa balamaa dw. V ufaavehjje. V ufaavehjje nixi kamun reply kuru v mi. Sorry ingey dears maya jingaa dw balamaa vaa gotheh much loves.

  11. Naju says:
    September 21, 2018 at 8:27 pm

    Wow ??? Himi mi partvx vvvvvvvvvvv rythi ingey… ????????? vvvvv nice Eenal n zain ge life n malak n ayaan ge lifevx v interesting… ?????? Dhn vaany Kihineah baa dhw?? Vvvvvvvvvvv kiyaa hithun mihury next… Curiously waiting for the next… ?????? keep it up…

    1. Hi Mi says:
      September 22, 2018 at 11:19 pm

      Thanks naju dear. V ufaavehjje.

  12. Blue beauty says:
    September 23, 2018 at 1:03 am

    Varah Nice mi part ves …. hi mi vaahaka up kohdheeba avahah igey dhooni…..????❤❤❤

Comments are closed.

Next Episodeހިތް އެދުނަސް… (6)←


All Right Reserved!