Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރާސްތާ 40

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 21, 2018 6 Mins Read
13 Comments

އިސްރާއާއި އަހުސަމް ތިރިއަށް ފޭބިއިރު އާލާ އުޅުނީ ހެނދުނުގެ ނާސްތާ ތައްޔާރުކޮށެވެ. އިސްރާ އަވަސްވެގަތީ އާލާއަށް އެހީވެދޭން ދާށެވެ.

“އަނހާ ދަރިފުޅިމެން ހޭލީތަ؟ މަންމަ މިއުޅެނީ އިސްރާމެން އަނަންވާއިރަށް ރަނގަޅު އެއްޗެއް ތައްޔާރު ކުރެވޭތޯ. ޝަހޫ ބުނި އިސްރާ ވަރަށް ނުކަޔޯ. މިގެއަށް އައިސަ ނުކައެއް ނޫޅެވޭނެ އެނގޭ” އާލާ އުޅުނީ ފަތްމަސްހުނި ހަދަން ފިޔާ ކޮށައެވެ. އިސްރާވެސް އާލާއަށް އެހީވެދިނުމުގެ ގޮތުން ފަތްކޮށަން ފެށިއެވެ. “މަންމާ އަންކޮ ނުހޭލަނީތަ؟” ގޮނޑިއަށް ވެއްޓިގަންނަމުން އަހުސަމް އަހާލިއެވެ. “އާން އަންކޮ ރޭގަ ފުދޭވަރަކަށް ލަހުން ނިދުނީމަ އެބޮތް ނުހޭލާ. ބައްޕަވެސް ނަމާދަށް ތެދުވެފަ އޮށޯވެއްޖެ މާމަމެން ވެއްޖެ ހިނގާލަން ނިކުމެ” އާލާގެ ލޮލުން އަންނަމުން ދިޔަ ފެންތައް އަތުގެ ނުފުށުން ފުހެމުން ދިޔައެވެ. އިސްރާ ނުހަނު ފަރިތަކަމާއެކު  ފަތްކޮށަމުން ދިޔައެވެ. “އިސްރާއަަށް އެނގޭތަ ކައްކަން؟” އާލާގެ ސުވާލަށް ޖަވާބު ދިނުމުގެ ގޮތުން އިސްރާ ބޯޖަހާލިއެވެ.

އާލާއާއި އިސްރާ ވެގެން ނާސްތާ ތައްޔާރު ކުރިއިރު އަހުސަމް އޮތީ ސޯފާގައި އޮށޯވެލައިގެން ޓީވީ ބަލާށެވެ. އަހުސަމް އެހެން އޮއްވައި އަޒީޒާ އަދި އަބްދުﷲ ގެއަށް އައެވެ. ބަލި ގޮތަކަަށް ހިނގަމުން އައި އަޒީޒާ އަތުގަ ހިފައިގެން އަބްދުﷲ ހިނގަމުން ދިޔައެވެ. މާމާއާއި ކާފަ އިށީންނަށް އަހުސަމް ތަން ދެއްކިއެވެ. އަހުސަމާއި ބައިވެރިވެގެން އަބްދުﷲއާއި އަޒީޒާވެސް ޓީވީ ބަލަން ތިއްބެވެ.

 

ހެނދުނުގެ ނާސްތާއަށްފަހު ދާނިޝް އަކްމަލް ގޮވައިގެން ސައިކަލު ދުއްވާލަން ދިޔައެވެ. ސިނަމާލެ ބްރިޖް ހުރަސްކޮށްފައި ހުޅުމާލެ ގޮނޑިދޮށް ސަރަހައްދަށް ގޮސް ދާނިޝް ސައިކަލު ޕާކު ކުރިއެވެ. އެއަށްފަހު އަކްމަލް ގޮވައިގެން ގަހެއް ދޮށުގައި އިށީނެވެ.

“އަކަމްލަ ދަރިފުޅާ. ދަރިފުޅު މީހަކާ އިންނަން ދެންނެތް މަހެއްހާ ދުވަސްވެސް. ބައްޕަ އަކްމަލް ގޮވައިގެން މިތަނަށް މިއައީ ދަރިފުޅަށް ނަސޭހަތްދޭން. ބައްޕަ މިދޭ ނަސޭހަތް ކަނުލާ އަޑުއަހާތި” ފަނަރަ ވަރަކަށް މިނެޓު ވަންދެން ދާނިޝް އަކަމަލަށް ނަސޭހަތްދިނެވެ. އެހުރިހާއިރު އަނގައިން އެންމެ ބަހެއްވެސް ބޭރުނުކޮށް ނަސޭހަތް އަޑުއަހަން އަކްމަލް ހުއްޓެވެ.

 

ދާނިޝް އަކްމަލް ގޮވައިގެން ދިޔުމުން ރައުފާ ގޭގައި އިނދެގެން ނަވްޔާއަށް ނަސޭހަތްދެމުން ދިޔައެވެ.

 

އިސްރާއާއި އަހުސަމްގެ ކައިވެނީގެ ޚަބަރު އިވާންގެ ކަންފަތަށް ފޯރީ ހޮނު ގުގުރިއެއް ހެންނެވެ. ހިތުގައި ރޯވަމުން ދިޔަ އަލިފާންގަނޑު އިތުރަށް ބޮޑުވެގެން ދިޔައެވެ. ކޮޓަރީގައި ހުރިއްޔާ ހުރި އެއްޗެއް ތަޅާ ސުންނާފަތި ކުރިއެވެ. “އަހުސަމް އައި ވިލް ކިލް ޔޫ” އަޑުގެ ނެތް ތަނަށް އިވާން ހަޅޭއްލަވައިގެވެ. ކޮންމެހެނެއް ހަދާފަވެސް އިސްރާ އޭނާގެ މިލްކަކަށް ހަނދަން އިވާން ބޭނުމެވެ.

 

އައްޒާމާއި އަރްޝާދް ތިބީ މާލޭގެ މަޝްހޫރު ހޮޓަލެއްގައެވެ. މޭޒުމަަތީގައި އާވިއަރާއަރާ ހުރި ދެކޮފީ ތަށި ހުއްޓެވެ. ދެމީހުންގެ މޫނު މަތިން ފެންނަމުން ދިޔަ އަސަރުތަކުން އެ ދެމެދުގައި ދެކެވެމުން ދިޔައީ ވަރަށް ސީރިއަސް ވާހަކަތަކެއްކަން އެނގެއެވެ. އައްޒާމް އަރްޝާދަށް ކިޔާދިނީ ރަޒީންގެ ވާހަކައެވެ. ރަޒީން ދޭތެރެއަކުން އެމީހުން ގޭކައިރީގައި އުޅޭކަން އައްޒާމަށް ވަނީ ފާހަގަވެފައެވެ. “މަށަށް ޔަގީން ރަނގަޅު ނިޔަތެއްގައި ނޫންކަން އޭނަ އަހަރުން ގޭކައިރީގަ މުގޯލިއަޅަނީ.” ކޮފީތަށިން ކޯވަރެއް ބޯލަމުން އައްޒާމް ބުންޏެވެ. އެވާހަކައަށް އެއްބަސް ވުމުގެ ގޮތުން އަރްޝާދް ބޯޖެހިއެވެ. އަރްޝާދް އެންމެ ބިރުގަންނަނީ މާނީ ނޫނީ އިޝްމާއަށް ކަމެއް ވެދާނެތީއެވެ.

 

ދުނިޔެ ރީތިކޮށް އޮވެފައި ކުއްލިއަކަށް ވާރޭ އޮއްސައިގަތެވެ. ވާރެއާ ނުތެމޭތާ ގިނަދުވަސް ވުމުން މާނީ ބޭނުންވީ ވާރެއާ ތެމޭށެވެ. ޓެރަހަށް ދިޔުމުގެ ބަދަލުގައި މާނީ ފޭބީ އެންމެ ތިރިއަށެވެ. ގެއަށް ވަންނަ އެހެން މީހުންނަށް ނުފެންނާނެހެން އޮތް ހުސްބިމުގައި މާނީ އުޅުނެވެ. އޭނާ ދިޔައިރު ދިޔައީ އަފްރީންގެ ހުއްދައާއެކު އަޝްވާ ވެސް ގޮވައިގެންނެވެ. އިޝްމާ އަދި މާއިޒް އެވަގުތު ވީ އަރްޝާދާ އެއްކޮށް ދާނިޝްމެން ގެއަށް ގޮހެވެ. މާނީއާއި އަޝްވާ ދުވެދުވެފައި އުޅުނެވެ.

 

ސުކޫލު ދައުރުގެ އެކުވެރިޔަކާ މަގު މަތިން ދިމާވެގެން ކޮފީއަކަށް ގޮއްސަ ގެއަށް އައި އާރާޝް ހުރީ ތެމި ފޯވެފައެވެ. ގެއާ ނުހަނު ކައިރިވެފައި ހުއްޓާ ވާރޭ އޮއްސާލުމުން މަގު މަތީ މަޑުކުރުމުގެ ބަދަލުގައި އޭނަ ގެއަށް އައީއެވެ. ގެއަަށް ވަންއިރު ގޭގެ ހުސްކޮށް އޮންނަ ބަޔުން ދެ އަންހެން ކުދިންގެ ހުނުމުގެ އަޑު އިވުނެވެ. އެހެންވެ މައްޗަށް އެރުމުގެ ބަދަލުގައި އާރާޝް ދިޔައީ އެތަނަށެވެ.

އެސްފިޔަ ޖަހާލަންވެސް ނޭންގިފައި އާރާޝަށް ހުރެވުނީ ޕަރީއެއް ފަދައިން އެތަނުގައި ދުވެދުފައި އުޅުނު މާނީ ފެނިފައެވެ. ވާރެއާ ތެމުމުގެ ސަބަބުން މާނީ ލައިގެން ހުރި މަޑުނޫކުލައިގެ ކުރުތާ ހުރީ ގައިގައި ތަތްލާފައެވެ.

އަޝްވާ އަތުނުޖެހެން ވެގެން ދުވަމުން ދިޔަ މާނީއަށް އާރާޝް ހުރި ކަމެއް ނޭންގެއެވެ. ފަހަތް ބަލަމުން ބާރަށް ދުވެފައި އައި މާނީ ކުރިއަށް އެނބުރުނު ވަގުތު ކުރިމަތީގައި ހުރި އާރާޝް ފެނުމުން ވަގުތުން މަޑު ޖެހެވުނެވެ. “ޔޭ އާރާޝް ދޮންބޭ އައީ. ދޮންބެ އާދެބަ ކޮއްކޮއާ ދޮންތިއާ އެއްކޮށް ވާރެއާ ތެމެން” އާރާާޝް އެތަނުން ފެނުމުން އަޝްވާ ކުރިއަށް ވުރެ ބޮޑަށް ވާރެއާ ތެމެން ފޯރިއެރިއެވެ. އާރާޝްވެސް އެއްވެސް ދެކޮޅުހެދުމެއް ނެތި އަޝްވާއާއި އެއްބަސް ވިއެވެ.

“ހިނގާ ގޭމެއް ކުޅެން. ދޮންބެ ކުރަންވީ ކަމަކީ ކޮއްކޮއާ ދޮންތި އަތުލަންވީ. މިތާ އެތެރޭގަ އެކަނި ދުވެވޭނީ. އޯކޭ” އަޝްވާ ބޮޑުވާ އިނގިލި ހިއްލާލަމުން ބުންޏެވެ. މާނީއާ އާރާޝް ބޯޖެހުމުން އަޝްވާ ދިހައަކާ ހަމައަށް ގުނިއެވެ. އެއަށްފަހު ދުއްވައިގަތެވެ. މާނީވެސް އާރާޝް އަތުނުޖެހެން ވެގެން ދުއްވައިގަތެވެ. އާރާޝް އަޝްވާ އަތުކުރަންވެގެން އަޝްވާގެ ފަހަތަުން ދުވުނެވެ. އެހެނަސް އާރާޝް ހީކުރިވަރަށް ވުރެ ބާރަށް އަޝްވާ ދުވަމުން ދިޔައެވެ. އެހެންވެ އާރާޝް ގެ މިސްރާބް މާނީއާ ދިމާއަށް ބަދަލުކޮށްލިއެވެ. މާނީގެ ކުރި ބެދޭނެހެން މާނީގެ ކުރި މައްޗަށް އެރިއެވެ. މާނީ އަނެއްކޮޮޅަށް އެނބުރި ދުއްވައިގަންނަން އުޅެނިކޮށް ހުށިޔާރު ކަމާއެކު އާރާޝް މާނީގެ އުނަގަނޑުގައި އަތް އަޅުވާ ހިފެހެއްޓިއެވެ. މާނީ ދެފައި ތަޅުވާގަތުމުން ލުއި ފަތެއްހެން އާރާާޝް މާނީ އުފުލާލިއެވެ. “އާރާޝް ދޫކޮށްލާ. ދެން” ފަހު އަކުރަށް ދަމާލަމުން މާނީ ކުސް ތަޅައިގަތެވެ. އޭރު އަޝްވާ ހެމުން ހެމުން އެތާ ކައިރިއަށް އައިސް ހުއްޓުނެވެ. މާނީ ކުސްތަޅަން ފެށުމުން އާރާޝަށް މަޖާވިއެވެ. “ދެން ދުލެއް ނުކުރެވޭނެ. މިހާރު މިއޮތީ ހިފަހައްޓާފަ. ސަންތިމަރިޔަނބު ގެ ހަސަނަށްވެސް ދެނެއްް ނުލިބޭނެ” ދެމާނައަށް އެކުލެވޭ ގޮތަށް އާރާޝް ބުންޏެވެ. ހިތަށް ކިތަންމެ ތަދުވިއަސް އާރާޝް މަޖަލަކަށް ކަމަށް ހަދާފައި ބުންޏެވެ. “ތީއޭ މާނީގެ ހަސަނަކީ އާރާޝް ޔޫ އާ ސޯ ޑަންބް. ގައިމު މަށާ ދިމާއަށް ކިޔާނެ މޮޔަ ކުއްޖާއޭ ސިކުނޑިއެއް ނެތޭ. އާރާޝް އެންމެ ފަހަރަކު ވިސްނާލިއަސް އެނގޭނެ ހަސަނަކީ އާރާޝްކަން. އިޑިއަޓް” އެބަސްތައްވީ މާނީގެ ހިތުގައެވެ. ދުލުން ބޭރުކުރަން ބޭނުންވިއެއް ކަމަކު އޭނާގެ ދުލުގައި ވަނީ ތަޅުއެޅުވިފައެވެ. އާރާާޝްގެ އަތް ނައްޓުވަން މާނީ މަސައްކަތް ކުރިއެވެ. އެހެނަސް އާރާޝް ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ނެއްޓުވޭ ގޮތެއް ނުވިއެވެ.

މާނީ އޭނާގެ އަތް ނައްޓުވަން މަސައްކަތް ކުރުމުން އާރާާޝް އޭނާއާ ވީ ދިމާއަަށް މާނީ އަނބުރިއެވެ. މާނީގެ މޫނު އެހާ ގާތުން ފެނުމުން އާރާޝްގެ ހިއްސުތަކަށް އެނގުން ވިއެވެ. މުތީތަކެއް ފަދައިން ހުރީ ވާރޭ ފެންތިކިތަށް މާނީގެ މޫނުގައި ހަރުލާފައި ހުއްޓެވެ. ދެހިތްވެސް ނޭންގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. އެތަނުގައި އަޝްވާ ހުރިކަން ވެސް އެމީހުން ހަނދާންނެތުނެވެ. ވިދާލިވިދުވަރާއެކު އިވުނު ބާރު ގުގުރީގެ އަޑުން މާނީ ސިއްސައިގެން ގޮސް އާރާާޝް ގައިގައި ބައްދާލިއެވެ. މާނީއަކީ ކުޑައިރުންސުރެ ގުގުރި ޖަހާ އަޑުއިވުމުން ބިރުގަންނަ ކުއްޖެކެވެ. އަޝްވާވެސް ބިރުން އައިސް އާރާޝްވެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. އެހެންވެ އެއް އަތުން މާނީގެ ގައިގައި އަތް ވަށާއިގެން އަނެއް އަތުން މާނީގެ އަތުގައި ހިފަހައްޓައިގެން އާރާޝް ހުއްޓެވެ.

 

އިވިގެން ދިޔަ ބާރު ގުގުރީގެ އަޑުން ބާރަކަށް ހަޅޭއްލަވައި ގަނެފައި އިސްރާއަށް އަހުސަމް ގައިގައި ބައްދާގަނެވުނެވެ. އާލާއާއި އައްމާރު ގެ އިތުރުން އަޒީޒާ އަދި އަބްދުﷲވެސް އެތާ ތިބިކަން އިސްރާ ހަނދާން ނެތުނެވެ. ކުރެވުނު ކަންތައް ރޭކައިލުމާއެކު ލަދުންގޮސް އިސްރާ މަރުވާވަރުވިއެވެ. އޭނާއާ ހެދި އަހުސަމްވެސް ލަދުގަތްހެން ހީވުމުން ދެރަވިއެވެ. އެންމެނަށް ބަލާލުމަށްފަހު ހިތި ހިނިތުންވުމެއް ހަދިޔާކޮށްފަ އިސްރާ އެތަނުން ތެދުވެގެން ކޮޓަރިއާ ދިމާއަށް ދިޔައެވެ.

“އިސްރާ ވަރަށް ބިރުގަންނާނެ އެހެންވެ އެހެން ހެދުނީ” އާލާމެން ނުރުހިދާނެރީވެ އަހުސަމް އަވަހަށް ބުނެލިއެވެ. އެއާއެކު އެންމެން އެކީ ހޭން ފެށިއެވެ. “ސާބަސް އެނގޭ އަހޫއަށް. އެންމެނަށްވެސް އެނގެޔޭ އިސްރާ ބިރުންކަން އެހެން ހެދީ. އެއީ އަހުސަމްގެ ވައިފްއޭ އެހެންވީމަ މައްސަލައެއް ނޫނޭ އެއީކީ” އަހުސަމްގެ ކޮނޑަށް އަތްވައްޓާލަމުން އައްމާރު ބުންޏެވެ. “ދެންވެސް އަވަހަށް ދޭ އިސްރާ ގާތަށް އެކުއްޖާ އިންނާނީ ބިރާ ލަދުގަނެފަ އަވަހަށްދޭ” ހެވިފައި އިނދެ އަޒީޒާ ބުންޏެވެ.

އަހުސަމް ކޮޓަރިއަށް ވަންއިރު އިސްރާ އިނީ އެނދަށް އަރާ ދެކަންފަތް މަތީ އަތްއަޅައިގެން ކަކުލުގައި ބޯ އަޅައިގެންނެވެ. އަހުސަމް ގޮސް އިސްރާ ގާތު އެނދުގައި އިށީންދެ އިސްރާއަަށް ގޮވާލިއެވެ. “އަހޫ އައި އޭމް ސޯ ސޮރީ. އެގަޑީގަ..” އިސްރާއަށް ވާހަކަ ފުރިހަމަ ނުކުރެވެނީސް އަހުސަމް އިސްރާ ގެނައިސް އޭނާގެ އަތުތެރެއަށް ލިއެވެ. “ޝްޝްޝް އިޓްސް އޯކޭ. މަންމަމެން ނުބުނާނެ އެއްޗެކޭ އެހެން ނޫނަސް ތީ މަގޭ ވައިފެއްނު.” އިސްރާގެ އަނަގައިން ލުއިހުނުމުގެ އަޑެއް އިވުނެއެވެ.

 

ފެންވާރައިގެން ނުކުމެ ލޯގަނޑު ކުރިމަތީ ހުއްޓުނު މާނީއަށް މިއަދުގެ މަންޒަރުތައް ސިފަވާން ފެށިއެވެ. އެއާއެކު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

އާރާޝަށް ވިސްނެމުން ދިޔައީ މާނީގެ ހަސަނާ މެދުގައެވެ. އެ ނަސީބުގަދަ ކުއްޖަކީ ކާކުތޯ ބަލަން އޭނާ ވަނީ ކެއްމަދުވެފައެވެ. އާރާޝް ނިންމީ އިޝްމާ ގާތުން އެއީ ކާކުތޯ އޮޅުން ފިލުވާށެވެ.

 

އަހުސަމާއި އިސްރާގެ ކައިވެންނަށް ހަފްތާއެއް ވީ ދުވަހު އަހުސަމް އަނބުރާ ބަންގާޅިއަަށް ފުރިއެވެ. އިސްރާ ގެންދެވޭ ގޮތްނުވުމުން އަހުސަމް ދިޔައީ އިސްރާ ބަހައްޓާފައެވެ. އަހުސަމް އޭނާ ބަހައްޓާފައި ދިޔަސް އިސްރާގެ ޝަކުވާއެއް ނެތެވެ. އަހުސަމްމެންގޭ އެންމެން ވެސް އޭނާއަށް ވަރަށް ހެޔޮއެވެ. އަޒީޒާއާއި އާލާވެސް އޭނާއާ ވާހަކަ ދައްކަނީ ވަރަށް ލޯބިންނެވެ.

 

އާރާޝާއި އަކްމަލްވެސް އެނބުރި އިންޑިއާއަށް ދިޔައެވެ. އަކްމަލް އަބަދުހެން ހުންނަނީ ހިނިއައިއްސައެވެ. ދެން އޭނާ އެނބުރި ގައުމަށް ދާނީ ކައިވެންނަށް ކަން އެނގޭތީވެ ހިތަށް އަރާ ކޮންމެ ފަހަރަކު ހިތް އުފަލުން ނަށާލައެވެ.

ބޭރުގެ އެކި ކުލަބުތަކުން މާއިޒަށް ހުށަހެޅުންތައް ލިބެމުން ދިޔައެވެ. އެހެނަސް އެދުވަސް ކޮޅުގެ ގޮތުން އެއިން އެއްވެސް ކުލަބަކަށް ޖަވާބު ނުދީ މާއިޒް ހުއްޓެވެ.

އާލާގެ އެދުމުގެ މަތިން އިސްރާ އަނަޖަލަށް ކިޔަވާދޭން ފެށިއެވެ. އެގޭގައި ހޭދަވި މަދު ދުވަސްކޮޅު ތެރޭގައި އިސްރާ ވަނީ އަންޖަލާއި ވަރަށް ދޯޅުވެފައެވެ. އިސްރާ ހުންނަކޮށް އާލާއާއި އައްމާރު ނެތަސް އަންޖަލަށް ހެޔޮއެވެ. އިސްރާ ބުނާ ކޮންމެ ކަމެއް ދެބަސްވުމެއް ނެތި އަންޖަލް ކުރެއެވެ. އެހެންކަމުން އަންޖަލަށް ކިޔަވާދިނުމާކީ ވަރަށް ފަސޭހަ ކަމަކަށް ވިއެވެ.

 

ދުވަސްތައް އެންމެ ބާރުމިނުގައި ފާއިތުވަމުން ދިޔައެވެ. އިނޑިއާގެ އައި ލީގުގެ ޗެމްޕިއަންކަން ބެންގަލޫރު އެފްސީން ނެގިއެވެ. މުޅި ލީގުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާގެ މަގާމު ލިބުނީ އާރާޝަށެވެ. އުފާފާޅުކުރުމުގައި ދެދުވަސް ހޭދަކުރުމަށް ފަހު ތިންވަނައަށް ވީ ދުވަހު އަކްމަލާއި އާރާޝް މާލެއައެވެ.

 

ބަންގްލަދޭޝް ލީގުގެ ޗެމްޕިއަންކަން ނެގީ ޑާކާ އަބަހާނީއެވެ. ލީގުގެ ރަންބޫޓު ލިބުނީ އަހުސަމަށެވެ. ލީގު ނިމުނުތާ ދެވަނައަށް ވީ ދުވަހު އަހުސަމް އެނބުރި މާލެއައެވެ.

 

ގޭގެ ބެލް ޖެހުމާއެކު އަންޖަލް ގޮސް ދޮރު ހުޅުވިއެވެ. ހެވިފައި ކުރިމަތީގައި ހުރި އަހުސަމް ފެނުމުން އަންޖަލް ދޮންބޭއޭ ކިޔާ ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާލިއެވެ. އެހެނަސް އަހުސަމް އަންޖަލްގެ އަނގަމަތީގައި އަތް އަޅާ ހަޅޭއް ނުލެވުމަށް ބުންޏެވެ. “އަންކޮ ޝްޝް. ކޮބާ ދޮންބެ ދައްތަ؟” އަންޖަލް ކަންފަތް ބުޑުގައި ވައި އަޑުން އަހުސަމް އެހިއެވެ. ” ބަދިގޭގަ ކައްކަން ހުރީ” އަންޖަލްވެސް ވައި އަޑުން ބުންޏެވެ.

 

ތަށިތައް ދޮންނަން ހުރި އިސްރާގެ ހަރަކާތްތައް ހުއްޓުނީ މީހަކު އައިސް ފަހަތުން އޭނާގެ ގައިގައި ބައްދާލުމުންނެވެ. ބިރުން ގޮސް އިސްރާއާށް ތެޅިގަނެވުނެވެ. އެހެނަސް އޭނާގެ ނޭފަތުގައި ޖެހުނު ސެންޓު ވަހުން އެއީ އަހުސަމްކަން އިސްރާއަށް އެނގުނެވެ. އެހެންވެ ވައި އަޑުން އަހޫއޭ ކިޔާ ގޮވާލެވުނެވެ. “ޔޭސް އިޓްސް މީ. ސަޕްރައިޒް ކިހިނެއް؟” އޭނާއާ ވީ ދިމާއަށް އިސްރާ އަނބުރާލަމުން އަހުސަމް ބުންޏެވެ. “ހަމަ ވަރަށް ރަނގަޅު” އަހުސަމް މަޑު މަޑުން އިސްރާއާ ގާތްވެލިއެވެ. އެއަށްފަހު އިސްރާގެ ކޯތާފަތުގައި ބޮސްދިނެވެ. އިސްރާއަށް ދެލޯމަރާލެވުނެވެ. “އައި މިސްޑް ޔޫ ސޯ މަޗް ވައިފީ” އިސްރާގެ ކޮލުގައި ހިފާލަމުން އަހުސަމް ބުންޏެވެ. “މިސްޑް ޔޫ ޓޫ. އަހޫ މިއަދު ޖެހޭ ނާޔާމެން ގެއަށް ދާން. އަހޫ ދާނަން ދޯ” އަނެއްކާވެސް ތަށި ދޮންނަން ފަށަމުން އިސްރާ ބުންޏެވެ. “އާނ. މާއިޒްއާ އާކޭ ބުނި ތިވާހަކަ. ކޮބާ މަންމަމެން؟” “މަންމަ އެބައިން އަންކޮގެ ކޮންމެސް ހެދުމެއް ފަހަން. ބައްޕަ އޮފީހުގަ” އިސްރާ އެހެން ބުނުމާއެކު އަހުސަމް އަވަސްވެގަތީ އާލާ ގާތަށް ދާށެވެ.

 

ނަވްޔާގެ ކޮޓަރި ހީވަނީ ފޮތި ވިއްކާ ފިހާރައެއް ހެންނެވެ. ކޮޓަރިގެ އެކި ހިސާބު ތަކުގައި ފޮތި ކޮތަޅު އަތުރާފައި ހުއްޓެވެ. އިޝްމާ އަދި ނަވްޔާގެ މިން ނަގަން މީހަކު ހުއްޓެވެ. އިސްރާ އަދި މާނީ ނަވްްޔާގެ އެނދަށް ފައި ނަގައިގެން އިށީންދެގެން ތިއްބެވެ. އެމީހާ މިންނަގައި ނިމިގެން އެ ތަނުން ދިއުމުން ނަވްޔާ ގޮސް ކޮޓަރީ ދޮރު ލެއްޕިއެވެ. އެއަށްފަހު އެނގު ކައިރީ ހުރި ގޮނޑިއަށް ވެއްޓިގަތެވެ. “އިސްރާ ގިވް އަސް ސަމް ޓިޕްސް.” އިޝްމާ އިސްރާ ގާތު އެހިއެވެ. ނަވްޔާވެސް އެއީ ތެދެކޭ ބުންޏެވެ.

 

މާއިޒްމެންގޭ ސޯފާގައި ހަތަރު ކުދިން އިށީންދެގެން ތިބިއިރު ކޮންމެ ކުއްޖެއް އަތުގައި ކޮފީ ތަށްޓެއް އިނެވެ. ” އޭ އާރާޝް އަދިވެސް ނުބުނަމެއްނު އަހަރުން ގާތު އެއްކަލަ ކުއްޖާގެ ނަމެއް. ނެކްސްޓް ވީކްގަ މަށާ މާއިޒްއާ މެރީ ކުރީމަ ދެން ބްރޯ އެކަނި ސިންގަލްކޮށް ހުންނާނީ.” އަކްމް ދެއްކި ވާހަކަ އަކުން އާރާޝް ކުށިއެރިއެވެ. މިއޮށް ހުރިހައި ދުވަހު އެކަކުވެސް އެވާހަކަ ނުދައްކާ ހުރުމުން އޭނާ ހީކުރީ އެކަންތައް އޭނާގެ އެކުވެރިން ހަނދާން ނެތުނީކަމަށެވެ. އަހުސަމް އުޅުނީ އެއީ މާނީކަން އޭނާއަށް އެނގޭކަން ބުނާށެވެ. އެހެނަސް އޭނާއަށް ފޯނެއް އައުމުން އެ ގަޑީ ބުނެވޭ ގޮތެއް ނުވިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ 03

Next

ބުނާށެ ލޯބި ނުވަނީހޭ 07

Next
September 21, 2018

ބުނާށެ ލޯބި ނުވަނީހޭ 07

Previews
September 21, 2018

އުންމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ 03

13 Comments!

  1. Sasha says:
    September 21, 2018 at 1:08 pm

    me first <3
    Waiting for the next part

  2. Mary says:
    September 21, 2018 at 1:26 pm

    Mi part ves varah reethi…

  3. Hudher says:
    September 21, 2018 at 1:56 pm

    V v v Rythi mi part vx maasha allah me second dhw

  4. Mal says:
    September 21, 2018 at 1:58 pm

    Salaam kiyaa…?????ummeedhukuran dear mi comment kiyaane kamah…????????first of all i just wanna thank u for giving us a stry like thiss to read….??????????really this is awesome…??????dhn kiyaa plx reply to our comments….?????maany and aaraash ge parts thah ginavyma hama curious vany…?????????plx up fast….mee mihaaru emme look forward kurevey vaahaka….??????☺????adhi mihaaru maany and aaraash ge parts thah ithuru kuraathy v salhi….????????may allah protect your talent from evil ? eyes….. ? ? ?lots of love ❤ ? ? ? ? ? ? ? ? ? ? ? ?

  5. Maya says:
    September 21, 2018 at 2:49 pm

    Hey kiya.. Salaam again. Vvv reethi ingey hama awesome ??????????????and avahah maany and aaraash gulhuvaba…. ???????alhe ahy ah dhera gotheh nuhadhahchey ???????maany and aaraash ge parts thah ithuru kohdhehchey nxt parts thakuga ??????????????and cover change kohlan feney maya ah.. Cox mihaaru ahu n isra is married bt cover ga innany isra and akmal. ?dhen navya n maaiz.. Dhen akmal n ishma both are going to marry so cover rearrange kohlan feney????nxt part avahah up kohdhehchey love kolhu ????????????????????☺️☺️☺️????????lwbivey heskiyaafa????????

    1. Anonymous says:
      September 21, 2018 at 3:00 pm

      No.. Isra aa Ahu aa ey aee.. Ishma and Akmal.. E photo ga e in Neymar aky Akmal ey.. Ahusam e iny Ainu alhaa fa.

    2. meehaa says:
      September 22, 2018 at 11:52 am

      Ahusam ge namuga e photo ga in meehah assu kiyaa an ingeytha

  6. Anonymous says:
    September 21, 2018 at 2:59 pm

    Maa sha Allah… Vrh furihama mi part ves.. Alheyyyyyyy… Nxt part kiyaalaa hithun mihaaru nuhurevey Hama.. 41st part avas kohladhehchey kiyaa… Plx plx plx plx plx plxx plxxxx plxxxxxxxxxxxx…

  7. se6 says:
    September 21, 2018 at 3:12 pm

    ahy?????

  8. fyudtyuftyyuyuk says:
    September 21, 2018 at 3:15 pm

    kiyaa when is the next part
    curiously waiting for next part cant wait
    avahah up kohdheeba

  9. Zoya says:
    September 21, 2018 at 4:24 pm

    Varah salhi so maadhamah next part up koh dheeba kiyara

  10. Reen says:
    September 22, 2018 at 1:46 am

    Hey kiyaa its my first time on commenting to tbis story. Dont get me wrong its just what i felt while readig this.. Well story vvv nice ekam mi part kiyaali iru heevee frnds thakaa ehkoh face to face koh vaahaka eh kiyai dheveyhen so u should improve that ingey vaahaka eh liyumaa vaahaka eh kiyaa dhinumaa v thafaathu vaane so i hope you would improve that.

    1. seysaru says:
      September 23, 2018 at 1:46 am

      heevany reen henn improve kuran v………

Comments are closed.

Next Episodeރާސްތާ 41←


All Right Reserved!