ވީމޭ މަ ކައިރީގާ (1)
ހުޅު ވިފައިވާ ކުޑަދޮރުން އެއްވެސް ހުރަހެއް ނެތި ކޮޓަރި ތެރެއަށް މަޑު ވައިރޯޅިތައް ޖެހެއެވެ. ހުދު ކުލައިގެ ފޮތިތަކުގައި ވައިއަޅާލާފައި ކޮޓަރިތެރެއަށް ވިހުރިލާގޮތުން ވަރަށް ހިތްގައިމެވެ. ހުދު ކުލައިގެ ދޮރުފޮތި ތަކުން ފެށިގެން އެނދުގައި އަޅާފައިވާ ކުއިލްޓްވެސް އޮތީ ހުދު ކުލައިގެންނެވެ. ނަމަވެސް ކޮޓަރީގެ ފާރުގައި ލާފައިވަނީ ފެހި ކުލައެވެ. ކޮޓާރީގެ އެއްފަރާތުގައި އެއްކޮށްވަނީ ބިއްލޫރި ދޮރުތަކެކެވެ. އެނދުގެ ކުއިލްޓް އަތާއެކު ބޮނޑި ކުރަމުން އެނދުގައި އޮތް ކުޑަކުޑަ ކުއްޖާ ފިކުރިލާފައި އައިވެސް ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައި މަޑުކޮއްލައިގެން ހުރެފައި ތިރިއަށް ބަލާލައިފިއެވެ. ވަށްވަށް ބޮޑުދެލޮލުން އެހެން ބަލަން އިނުމަށްފަހު އެންމެފަހުން ތުން ފިއްތާލާފައި ރޯން ފަށައިފިއެވެ.
“އާރާ…” މެދު އުމުރުގެ އަންހެނެއް ދުވެފައި ކަހަލަ ގޮތަކަށް އައިސް ރޮމުން ދިޔަ ކުޑަކުޑަ އާރާ ނަގައި މަސަލަސްކުރަމުން ބުނެލިއެވެ.
“މަންމާ.. ކިހިނެއްވީ؟..” ދުރުން ދުވެފައި ކަހަލަ ގޮތަކަށް އައި ރުހާނީ ބުނެލިއެވެ. ހާސްކަން ފާޅުވަމުންދިޔަ އޭނާގެ މޫނުން ދާތިކިތައް ހިއްލާލައިފިއެވެ. އާރާގެ އަތާއި ފައި ބަލާލާފައި ފުންނޭވާއެއް ދޫކޮއްލައިފިއެވެ.
“ރޫހީ ކޮންތާކު ތިއުޅޭނީ.. އެމަންޖެ ކިރިޔާއޭ ނުވެއްޓި ހުރީ…” ޝަރޫނާ ނުރުހިފައި ރުހާނީއަށް ބަލާލި ގޮތުން އޭނާ ހިތްހަމަ ނުޖެހިފައި ހުރިވަރު އެނގެއެވެ.
“މަންމާ.. ހަމަ އެންމެ”
“ކިހިނެއްވީ އާރާއަށް؟..” ފަހަތުން ފިރިހެނެއްގެ އަޑު ކަންފަތުގައު ޖެހުމާއެކު ރުހާނީގެ ބަސްހުއްޓިއްޖެއެވެ. އެދިމާލަށް ބަލަން ބޭނުންނުވި ރުހާނީ އިސްޖަހާލީ އާރާގެ ކުޑައަތުގައި ފިރުމާލަމުންނެވެ.
“ކިހިނެއްވީ ކާފަގެ އާރާއަށް؟…” ރިޔާޒު އާރާ އުރާލަމުން ވަރަށް ލޯބިން އާރާގެ ކޮލުގައި ނޭފަތް ޖައްސާލިއެވެ. ދެން ރުހާނީއާއި ދިމާލަށް ބަލާލީ ދަރިފުޅާއި ދިމާލަށެވެ. ރުހާނީ އޭރުވެސް ހުރީ ދުރު ބަލާށެވެ. މިވީ އަހަރަކާއި ދެތިން މަހުގައި އެއްފަހަރު ނަމަވެސް ރުހާނީ އޭނާގެ ބައްޕަޔާއި ހަތަރު ކަޅި ހަމަ ކޮއްފައެއް ނުވެއެވެ. ކުޑަވެގެން ލައްބައޭވެސް ބުނެފައެއް ނުވެއެވެ. ދަރިފުޅުގެ ބަދަލުވި އާދައާއެކު ރިޔާޒުގެ ހިތުގައިވެސް ރިހުމެއް އުފެދުނެވެ. އަމިއްލަ ނަފްސު ކުއްވެރި ކުރެވުމުން އާރާއަށް ދެވެމުން ދިޔައީ ރުހާނީއަށް ނުދެވުނު ލޯތްބެވެ.
“މާމަގެ ރުއްރު ކިރިޔާއޭ ނުވެއްޓުނީ މިކިޔަނީ..” ޝަރޫނާ އާރާގެ މޫނުގައި ފިރުމާލުމުން އެކުއްޖާ ރިޔާޒުގެ މޭގައި މޫނު ފޮރުވާލައިފިއެވެ. ރިޔާޒަށް ދެންވެސް ބަލާލެވުނީ ދުރު ބަލަހައްޓައިގެން ހުރި ރުހާނީއަށެވެ.
“ރޫހީ ދަރިފުޅު… އާރާ ނިން ދަވާލަން ވީނު.. އެމަންޖެ ވަރަށް ހޫނު ވެފައި މީނީ..” ރިޔާޒު ދުރުގައި ހުއްޓިހުރި ރޫހާނީ އަތަށް އާރާ ދިއްކޮށްލަމުން ބުނެލިއެވެ. ތިރިއަށް ބަލަން އިނުމަށްފަހު އާރާ އުރާލައިގެން ދުރަށް ހިނގައި ގަނެއްޖެއެވެ. މަންމައާއި ބައްޕަ ކޮޓަރިން އާރާ ފެންވަރު ވަރުވާލައިގެން އައިސް ރުހާނީ އިށީނީ އެނދުގައެވެ. ދެފައި ދަމާލުމަށްފު ފައިގެ މައްޗަށް ބާލީހެއް ލައިފައި އާރާ ބާއްވާލިއެވެ. މޫނާއި ކަރު ދަށުގައި ފުއްޖަހާލައިފައިވާ ގޮތުން އިތުރަށް އެމޫނު ދޮންހެން ހީވެއެވެ. އަތްފައިގައި މަސްޖަހާލާފައި ހުރިގޮތުން އަތާއި ފައިން ހީވަނީ ވަކި ހިސާބަކުން ބުރި ވެފައި ހުރިހެންނެވެ.
ނިދިފައި އޮތް އާރާ އެނދުގައި ބާއްވާ ލުމަށްފަހު ރުހާނީ އާރާއަށް ބަލާލިއެވެ. ހަނދާން ބޭނުން ނުވާ އެތައް ކަމެއް ރުހާނީ ވަށާލިއެވެ. ހިންދިރުވާލަމުން އޭނާ ކުޑަދޮރުން ބޭރަށް ބަލާލިއެވެ.
“ބޭބީ.. ވައި ޑޫ ޔޫ ހޭވް ޓު ލުކް އެކްޒެކްޓްލީ ލައިކް ހިމް..” އެނދުން ތެދުވަމުން އަދިވެސް އެއްފަހަރު އާރާއަށް ބަލާލަމުން ރުހާނީ ބުނެލިއެވެ.
ބުރުގާ ބޮލަށް މަހާލަމުން ރުހާނީ ތިރިއަށް ފޭބީ މިގަނޑިއަކީ އެންމެން އެކުގައި ކާން އަރާ ގަޑި ކަމަށް ވުމުންނެވެ. ތިރިއަށް ފޭބިއިރުގައި އޭނާ ނޫން އެންމެން ހަމައަށް ތިއްބެވެ. ރައްޔާނަށް ރުހާނީ ފެނުމުން އަތް އުފުލާލަމުން އަވަހަށް އައުމަށް ބުނެލިއެވެ. އަވަސް ފިޔަވަޅުތަކެއްގައި އައިސް އިށީންނަމުން ރުހާނީ ހިނިތުންވެލިއެވެ. ރައްޔާންގެ އަންހެން ނޫރު އެންމެ ފުރަތަމަވެސް އަހާލީ އާރާ ކޮބައި ތޯއެވެ. އެމީހުންގެ އެއްމާބަނޑު ދެފިރިހެން ކުދިންވެސް މޭޒު ޝަކުވާ ކުރަމުން ދިޔައީ އާރާ އަވަހަށް ނިންދެވުމުންނެވެ.
“ކޮކީ ކޮން އިރަކުން ދެން އޮފީހަށް ނިކުންނަން ފަށާނީ..” ރައްޔާން އެހެން ބުނުމުން ރުހާނީ ކެއުމަށް މަޑު ޖެހުމެއް އައެވެ.
“އާރާއަށް 8މަސް ވަރު ވީމާ.. އެހެންނާ އަހަރެއް…”
“އަހަރެއް ނުވިއަސް ދަރިފުޅަށް ދެވިދާނެ އެއްނު… މަންމަވެސް އެމަންޖެ ބަލާނެ..” ރިޔާޒު ހިނިތުން ވެލަމުން އެހެން ބުނެލިއެވެ. ނަމަވެސް މޫނުގެ ކުލަ އޮއްސުނީ ރުހާނީއެވެ. ބަތްތަށީގެ ދެބައި ކުޅަ އެއްބައި ބެހެއްޓުމަށްފަހު އޭނާ ގޮނޑި ދަމާލުމަށްފަހު އަތް ދޮންނަން ހިނގައި ގަނެއްޖެއެވެ.
“ބައްޕާ… ރޫހީ ބޭނުންވީމަ ނުކުންނާނެ އެއްނު..” ރައްޔާންވެސް ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ދަރިފުޅާ.. ބައްޕަ އެހެން ބުނީ ގޯސް ކޮށެއް ނޫން.. ރޫހީއަށް އަދި އެންމެ ވިހި އަހަރޭ.. ބައްޕަ ބޭނުންވަނީ ރޫހީ އަދި ކިޔަވަން ޑިޕްލޮމާ ހެދިއަސް އަދި ޑިގްރީ ހެދި ދާނެއެއްނު..” ރިޔާޒު އެހެން ބުނެލަމުން ބަލާލީ ޝަރޫނާގެ މޫނަށެވެ.
“ތަންކޮޅެއް ކުރިން ބައްޕައަށް ތިކަން ވިސްނުނު ނަމަ ދޯ.. މިހާރު އެއީ ކިތަންމެ އުމުރުން ހަގަސް ކުއްޖެއްގެ މަންމަ.. ރޫހީވެސް ވިސްނާނެ އެކުއްޖާއާއި މެދު.. ރުހީއާއިއެކު ކިޔަވާ ނިންމި ކުދިން މިހާރު ޑިގްރީ ހަދަން ފަށައިފި ..” ބައްޕައާއި ދިމާލަށް ބަލާލަމުން ޝަކުވާ ކުރާ ކަހަލަ ގޮތަކަށް ބުނެލިއެވެ.
******
އެއަރޕޯޓުން ނިކުމެ ޓެކްސީއަކަށް އެރި އައްރާދު އެންމެ ފުރަތަމަވެސް އޭނާ ފޯނަށް ރާއްޖޭގެ ނަންބަރު ލައްވާލިއެވެ. ޓެކްސީއަށް އެރުމަށްފަހު މާލެއާއި ދިމާލަށް މިސްރާބު ޖެހިއިރު އައްރާދު ހުރީ ހައިރާން ވެފައެވެ. ބްރިޖްގެ ފުރިހަމަ ކަމުންނާއި ރީތިކަމުން އައްރާދު ވަރަށް ހިތްހަމަ ޖެހުނެވެ. ފޯނަށް ކޯލެއް އައުމުން އޭނާ އަވަހަށް ފޯނު ކަންފަތުގައި ޖަހާލަމުން ހިނިތުން ވެލިއެވެ. މަންމަގެ އަޑު ކަންފަތުގައި ޖެހުމުން ނޭނގޭ ހިތްހަމަ ޖެހުމެއް ވެރިވިއެވެ. އަހަރު ދުވަހު ވާހަކަ ނުދައްކައި ހުރުމަށްފަހު އަރީފާ އައްރާދުއަށް ގުޅިމީ ތިންވަނަ ފަހަރެވެ.
ދެވަނައަށްވީ ދުވަހު އޮފީހަށް އައްރާދު ނިކުންނަން ބޭނުންވީ ކީއްވެ ކަމެއް ނޭނގުނެވެ. ބޮޑު ދިހަބުރީގެ އިމާރާތަށް ވަދެގެންދިޔަ އައްރާދު ފެނުމުން އެންމެންވެސް ހިނިތުން ވެލިއެވެ. ހުދު ކުލައިގެ ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެން ހުރި އައްރާދުގެ ތީރިކަން ދެގުނައަށް ދާހައިވެއެވެ. އަތުކުރި އޮޅާލާފައި މޭމަތިން ހިފިފައި ހުރުމުން އޭނާގެ ހަށިގަނޑުގެ ބައްޓަން ވަރަށް ރީތިކޮށް ފެނެއެވެ. އައްރާދުގެ އަތުގައި ހިފާލައިގެން ކައިރީގައި ހުރި އަންހެން ކުއްޖާވެސް އެހާމެ ރީއްޗެވެ. ދިގުދިހު އެސްފިޔަތަކާއި ހަމުގެ ކުލަ އެހާމެ އައްޔެވެ. އަޅި ކުލައަކަށްދާ ކަޅިއާއި ކަޅު ކުލަ ދެބުމައިން އެމޫނުގެ ރީތިކަން އިންތިހާ ވެއެވެ. ދެމީހުން އެއްކޮށް ގޮސް ލިފްޓަށް އެރިއިރު އަންހެން ކުއްޖާ ހުރީ ހިނިތުން ވެލައިގެންނެވެ.
“މީތަ ރާދު ބައްޕަގެ ބިޒްނަސްއަކީ..” ޔަލާ ބޮޑަށް ހިނިތުންވެލިއެވެ.
“ބައްޕައާ ބޮޑު ބޭބެގެ..” އައްރާދު ފޯނަށް ބަލާލަމުން ބުނެލިއެވެ.
“ދެން ކޮން އިރަކުން ރާދު ޑިވޯސްވާނީ.. އަހަރުމެން ދެމީހުން މެރީ ކުރަން ރާދު ބޭނުން ނުވަނީތަ؟..” ޔަލާގެ އެސުވާލުން އައްރާދުގެ ނިތަށް ރޫތަށް އިތުރުވެގެން ދިޔައެވެ.
“ޔަލާ.. ތިކަންވެސް ކުރަންނު މިއައީ…” ދުރުން ބަލަން ހުރެފައި އައްރާދު ބުނެލިއެވެ.
ދިހަވަނަ ބުރިއަށް ހުއްޓުނު ލިފްޓުން ނިކުމެގެން އައި އައްރާދު އެންމެ ފުރަތަމަވެސް އަޅައިގަތީ ރިޔާޒުގެ ލޮލުގައެވެ. ދެލޯ ބޮޑު ކޮއްލައިގެން އިނުމަށްފަހު އެންމެ ފަހުން ހީލިއެވެ. ނަމަވެސް ގަދަކަމުންނެވެ. ކެބިންއަށް ވަން އައްރާދުއަށް ރިޔާޒް ފެނުމުން ބޯޖަހާލަމުން ހީލިއެވެ. އަދި ކައިރީގައި ހުރި ޔަލާއަށް ބޭބެ ދައްކާލިއެވެ. ހުއްޓުން އަރާފައި ހުރި ރިޔާޒް ފެނުމުން ކެބިން އިން ނިކުތް ރައްޔާން ބައްޕަގެ އަތުގައި ހިފާލިއެވެ.
“ބައްޕާ… ކިހިނެއް ވީ..” ރައްޔާން ހާސްވެފައި އަހާލިއެވެ.
“ރާދު.. ރައްޔު ރާދު އެބައިން ކެބިންގަ… ރޫހީ އާއި މަންމަ އެބަ އާދެއެއްނު މިތަނަށް.. ސްޓޮޕް ދެމް…” އާދޭހުގެ ރާގަކަށް ރިޔާޒް ބުނެލިއެވެ.
ރައްޔާން ފޯނު ނަގައި އަވަހަށް ރުހާނީގެ ނަންބަރަށް ގުޅާލިއެވެ. ފައިލް ލިބިއްޖެ ކަމަށް ބުނަމުން އޮފީހަށް ނުވަދެ ދާށޭ ބުނެލިއެވެ. ނަމަވެސް ހިތަކަށް ހަމަ ޖެހުމެއް ނުލިބުނެވެ. ރުޙާނީ މިވަގުތު އެތާ ކައިރީގައި ހުންނަންވެސް އޭނާ ބޭނުމެއް ނުވެއެވެ. ތިރިއަށް ދަނިކޮށް ރާމިޒު ގޮވާލުމުން ރައްޔާންގެ ހުއްޓުނެވެ. ރާމިޒަކީ ރިޔާޒުއާއި އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި މީހާއެވެ. އެހެން ވުމުން އެދެބެއިންގެ ގުޅުން ވަރަށް ވަރުގަދައެވެ.
ޔަލާ އިރުގަނޑެއް ކުރިން ދިއުމުން އައްރާދުވެސް ނިކުމެލީ ކައިރީގައި ހުރި ކޮފީ ޝޮޕުން ކޮފީއެއް ގަތުމުގެ ބޭނުމުގައެވެ. ދޮރު ހުޅުވާލި އައްރާދުގެ ލޮލުގައި އަޅައިގަތީ ކާރެއް ކައިރީގައި ފުރަގަސް ޖަހައިގެން ހުރި އަންހެން ކުއްޖާއަށެވެ. އަވަސް ވަމުން ދިޔަ ހިތާއެކު އައްރާދު އެދިމާލަށް ހިނގައިގަތީ ޔަގީން ކުރުމުގެ ނިޔަތުގައެވެ. ކުޑަ ކުއްޖެއް އުރައިގެން ހުރެ އޭނާ މަސައްކަތް ކުރަމުން ދިޔައީ ތިރިއަށް ވެއްޓިފައި އޮތް އޭނާގެ ދަބަސް ނެގޭތޯއެވެ. ފައިން ދަބަހުގެ ވާގަނޑުގައި އަޅުވާލުމަށްފަހު އޭނާ އަތާއި ހަމައަށް ދަބަސް ގެނެސްފައި ކޮނޑުގައި އަޅުވާލިއެވެ. އަދި ހިންދެމިލަމުން ކުރިމައްޗަށް ބަލާލިއެވެ. އެތެރެއަށް ލައިލައި ހުރި ނޭވާވެސް އެހިނދު ރުހާނީގެ ކަރުގައި ތާށި ވި ކަހަލައެވެ.
އައްރާދު ކުރިމަތީގައި ހުރި ރުހާނީއަށް ބަލާލީ ޔަޤީން ނުކުރެވޭފަދަ ގޮތަކަށެވެ. ކުރިއާއި ބަލާފައި ކޮލުގަޔާއި ގައިގަ ފުދޭވަރަކަށް މަސްޖަހާލައިފައި ހުއްޓެވެ. އެލޮލުގެ މަޑުމުށި ކުލަ އިތުރަށް އަލިހެން އައްރާދަށް ހީވިއެވެ. ދިގުދިގު އެސްފިޔަތަކުގެ ހިޔަނި ކޮލަށް އެޅިފައުވާ ގޮތުން އެމާމުއި ކުލައިގެ ހްނގަނޑުގެ ކުލަ އިތުރަށް ރީއްޗެވެ. ރުހާނީއަކީ އެހާމެ ދޮންކުއްޖެއް ނޫން ނަމަވެސް އައްރާދަށް އަބަދުވެސް އެކުލަ ކަމުދެއެވެ. ކުރިއެކޭ އެއްފަދައިން މިއަދުވެސް އޭނާ ލައިގެން ހުރީ ގަޔަށް ދޫދޫކޮށް ފަހާފައުވާ ފެހި ކުލައިގެ ހެދުމެކެވެ. ރުހާނީގެ އުރުގައި އިން އާރާ ރުޅި އަޑު ލައްވާލުމުން އައްރާދުގެ ނަޒަރު ވަގުތުން އާރާއަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮއްގެން ހުރި އައްރާދު ފެނުމުން ރުހާނީ ގަޔަށް ބާރެއް ލިބުނު ފަދައެވެ.
“ރޫހީ…” ފަހަތަށް ޖެހުނު ރުހާނީއަށް ބަލާލި އައްރާދަށް ބުނެލެވުނެވެ.
ދުރަށް ހިނގައި ގަތުމުން އާރާގެ ރުއިންވީ އިތުރެވެ. އެއަޑު އިވުން އައްރާދަށް މަޑުންނެއް ނުހުރެވުނެވެ. އަވަސް ފިޔަވަޅު ތަކެއްގައި އައިސް ރުހާނީއާއި އަރައި ހަމަ ކޮއްލައިފިއެވެ. މަގުމަތިން ދިޔަ ހުރިހާ ކާރަކަށްވެސް އަތް ނަގަމުން ދިޔަ ރުހާނީ ނޭވާލަމުން ދިޔައީ އިހުނަށްވުރެ އަވަހަށެވެ. ނަމަވެސް ރުހާނީ އެއަށްވުރެ ކުރިން ކާރަށް އަރައި ދުއްވާލައިފިއެވެ. އައްރާދުގެ ލލަށް ސިފަވަމުން ދިޔައީ ކުޑަކުޑަ އާރާގެ މޫނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.


Nyc stry dear…….maasha allah…..kyp it up…furathama bayah balaafa v v v v rythi……luv this stry…whn next..me first dhw
V nice story eh hen heevany. All the best. Whn next part?
Hope mifaharu story ehkoh genesdheyne kamah.?
liumuga masala ebahuri denfaharakun up kurumuge kurin rangalhae balailaathi ingeyy…. ekam vaahakaige feshun salhe mashaa allah