Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އޯގާވީ ހިތަކުން…27

މުތާ/ ސ.ހިތަދޫ Level 210 Stories
May 17, 2014 7 Mins Read
13 Comments

ކޮޓަރިން ނިކުންނަން އުޅެފައިވެސް އީނާ އައިސް އިށީންދެލީ ރަތާއި ހުދުން ފަރުމާކުރެވިފައިވާ ސޯފާގައެވެ. ކޮޓަރީގެ ކޮންމެ ދިމާލެއްވެސް ވަނީ ރަތާއި ހުދުން ޒީނަތްތެރި ކުރެވިފައެވެ. މޮޅު ކުރެހުންތެރިންގެ ކުރެހުންތަކާއި ފާރުގައި ހަރުކުރާ މާވަށިގަނޑުތަކުން މަޑު ރަތްކުލައަކުން ޕެއިޓްކޮށްލާފައި ހުރި ފާރުތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އޮފްއަރަމުން ދިޔަ ހުދު މާރބްލްސްތަކަށް އެޅިފައި ވަނީ ސީލިންގްގައި ކުރަހާފައިވާ ރީތި ޑިޒައިންތަކެވެ. އޭސީގެ ފިނިކަން ރަސްކަން ކުރަމުން ދިޔަ ކޮޓަރިއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ.

ސޯފާއާ ކުރިމައްޗަށް ވާގޮތަށް ހުރި ބިއްލޫރި މޭޒުމަތީގައި އަތުރާލާފައި ތިބި މެގެޒިންތަކުގެ ތެރެއިން ހެލްތް މެގެޒިންއެއް އީނާ ނެގިއެވެ. ފަހަރަކު ގަނޑެއް އުކަމުން ދިޔަ ކަމުގައި ވިޔަސް އެއަށްވެސް ސަމާލުކަމެއް ނުދެވުނެވެ. ކޮންމެފަހަރަކު ސިފަވެގެން ދަނީ އެންމެ މަންޒަރެކެވެ. އެންމެފަހުން އޭނަގެ ބޮލަށް އެނބުރުން އަރައިފިއެވެ. ތުންއަނބުރާލަމުން އީނާ މެގެޒިން ލައްޕާލިއެވެ. އޭނަ އިނީ ރުޅިއައިސް މޫނު ރަތްކޮށްލައިގެންނެވެ. ނަޒްކަގް ދެކެ ރުޅިއައިސް އެތެރެއިން ދިލަ ހޫނުކަމެއް ބޭރުވާހެންވެސް ހީވެއެވެ.

ސޯފާގެ ލެނގޭބަޔަށް ލެނގިލަމުން އީނާ ފުންނޭވާތަކެއް ލިއެވެ. އަލްޔަސް މަތިން ހަނދާންވާން ފެށީވެސް އެވަގުތުއެވެ. އީނާ ކުއްލިޔަކަށް ލޯހުޅުވާލަމުން ގޮސް ބެލްކަނިއަށް ނިކުންނަން ހުރި ފުޅާ ބިއްލޫރި ދޮރުފަތް ކަހާލިއެވެ. ފުރުސަތަކަށް ބަލަބަލާ ތިބި ރޯޅިތައް ވަދެގަތީ އެއްފަހަރާއެވެ. އީނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ރެއިލިންގްއަށް ލެނގިލަމުން އީނާ ނަޒަރު ހިންގާލީ ފަރިވެލައިގެން އިން ހަނދަށެވެ. ސިކުނޑީގެ ނާރުތަކުގެ ވާންކަން ހިނދުކޮޅަކަށް ނަމަވެސް ކެނޑުނެވެ.

”ވައި ކާންޓް އައި ހޭޓް ހިމް؟ އަހަރެން އެހާވަރަށް ލޯބިދިނީމަވެސް އަލްޔަސް ދިނީ ހުސް އަނިޔާ، ފަހުފަހަރަށް ބައްދަލުކޮށްލަން އަންނާނެކަމަށްވެސް އުއްމީދުކުރީން، އެކަމަކު އެފިރިހެންގަނޑު ނައި…. ދެން ކީއްވެތަ ނަފްރަތު ނުކުރެވެނީ؟… އެހަނދާންތަކާ ދުރަށްވެސް ނުދެވޭ، އަހަރެން މޮޔަވެދާނެ މިކަންތަކާ ވިސްނަމުން ގޮސް….” އީނާއަށް ފިނިވަމުން ދިޔަ ކަމުގައި ވިޔަސް އެތެރެއަށް ވަންނަން އޭނަ ބޭނުމެއް ނުވިއެވެ. އަނދިރީގެ ތެރޭގައި ވަގުތު ހޭދަކުރުމުން އޭނަގެ ހިތަށް ފިނިކަމެއް ލިބެއެވެ. އީނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ އަލްޔަސްގެ ލާނެއް ވާހަކަތައް ކަންފަތުގެ ތެރޭގައި ގުގުމާލަން ފެށީމައެވެ. އެލޯބި ހިނިތުންވުން ކުރިމަތިން ސިފަވާހެންވެސް ހީވިއެވެ.

”އައި ސްޓިލް ލަވް ހިމް….” އީނާގެ އަޑުގައި ރިހުމެއް އެކުލެވިފައި ވިއެވެ. ކުއްލިޔަކަށް ފަހަތުން ފިޔަވަޅުތަކެއް އަޑު އިވުމުން އީނާ ފަސްއެނބުރި ބަލާލިއެވެ. އޭރު ޒަނާ އައިސް ބެލްކަނިއަށް ނިކުމެއްޖެއެވެ. ”އެކަނި ހުރެ ކާކާތަ ވާހަކަ ތިދައްކަނީ؟…” ޒަނާ ސަމާސާ ރާގަކަށް ބުންޏެވެ.

”މައި ސެލްފް….” ޒަނާއާ ކުރިމައްޗަށް ވާގޮތަށް އީނާ ހުއްޓިލިއެވެ. ”އެޑްވައިސެއް ހޯދަން ބޭނުންވަންޏާ އާސްކް މީ އިނގޭ، އަހަރެން ވަރަށް މޮޅުވާނެ އެޑްވައިސް ދޭން….” ޒަނާ ހިނިތުންވެލިއެވެ. ހަޤީޤަތުގައި ޒަނާ އެހުންނަނީ އީނާއާ މެދު ކަންބޮޑުވެފައެވެ. އީނާގެ އުފާވެރިކަމުގެ ފަހަތުގައި ހިތްދަތިކަން ފޮރުވަން މަސައްކަތްކުރިޔަސް އެކަން އޭނައަކަށް ސިއްރެއް ނުކުރެވެއެވެ. އަދިވެސް އަލްޔަސްއާމެދު ވިސްނަނީކަމަށްވެސް ވެދާނެއެވެ.

”ފިޔުޗާރ ސައިކޮލޮޖިސްޓް.. އަދިވެސް ޤަބޫލެއް ނުކުރެވޭ ޒީ އެހާ ފޫހި ކެރިޔާރއެއް ޗޫޒްކުރާނެކަމަކަށް….” އީނާއަށް ރަގަޅަށް ޒަނާ އެބުނި ޖުމްލަ ދޭހަވިއެވެ. އޭނަ އުޅުނީ މައުޟޫޢު ބަދަލުކޮށްލާށެވެ.

”ޓޮޕިކް ބަދަލުކުރަން ނޫޅެބަލަ، އަހަންނަށް އިނގޭ އީނޫ އަލްޔަސްދެކެ ލޯބިވާކަން، އެކަމަކު އެފަދަ މީހަކަށް ޓްރަސްޓް ކުރެވޭނެތަ؟ ދެވަނަ ފަހަރަށް ކޮށްފާނެކަމެއް އެނގެނީކީ ނޫން، ހުރިހާ ދެރައެއް ލިބޭނީ އީނޫއަށް، އަޅެ އެންމެ ފަހަރަކުވެސް އޭނަ މަތިން ހަނދާން ނައްތާލަބަ، އީނޫގެ ލައިފް ހަލާކުވުން ނޫންކަމެއް ނުވާނެ އެފަދަ މީހަކު ހަޔާތަށް ގެނެސްގެން، އޭނަ އީނޫއަށް ޤަދަރުކުރިނަމަ އެހާ ދަށުދަރަޖައިގެ އަމަލެއް ހިންނަން ނޫޅުނީސް، އެކަލަ މީހަކަށް އިތުބާރު ނުކުރެވޭނެ…. އަހަރެން އީނޫއަކަށް ފޯސް ނުކުރާނަން، އެކަމަކު މާޒީއިން އިބުރަތް ލިބިގެން ކުރިއަށް ގޮސްގެން ނޫނީ ކާމިޔާބު ނުލިބޭނެ… އީނޫ ތިހުރިހާ ކަމަކާމެދު ވިސްނަމުން ގޮސް އަހަރުމެންނަށް ގެއްލިދާނެ ކަމުގެ ބިރުހީވާން ފަށައިފި… އަހަރެން ސުވާލެއްކޮށްލަންތަ؟ އީނޫ އަލްޔަސްއަށް މާފްކުރާނަންތަ؟….” ޒަނާ ބުނެލިއެވެ. އީނާ މޫނު އަނެއްފަރާތަށް އަނބުރާލި ހިނދު އެސްފިޔަތަށް ތެމުނެވެ. ޒަނާއަށް ފެނުމުގެ ކުރިން އޭނަ ކަރުނަތައް ފޮހެލިއެވެ.

”އީނޫ އަހަރެން ކުރި ސުވާލަށް ޖަވާބު ދީބަލަ…..” ޒަނާ އައިސް އީނާގެ އަތުގައި ހިފާލިއެވެ. ޒަނާގެ މޫނަށް ބަލައިލަމުން އީނާ ހުރީ ހުއްޓުންއަރާފައެވެ. ދޭނެ ޖަވާބެއް ނޭގުނެވެ. އީނާގެ ދެލޮލުގައިވި ރިހުންތައް ޒަނާއަށް އިހުސާސްކުރެވުނެވެ. އޭނަ ދެން އިތުރަކަށް އެވާހަކަ ކުރިއަށް ގެންދާކަށް ގަސްދެއް ނުކުރިއެވެ.

”އިޓްސް ކޮމްޕްލިކޭޓެޑް، އަހަރެން އަލްޔަސް ދެކެ އަދިވެސް ލޯބިވޭ…….” އީނާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނެވެ. އޭނަގެ އަޑު ބެދިއްޖެއެވެ.

”ތިބުނީ މާފްނުކުރާނެމޭތަ؟…” ޒަނާ ސީރިޔަސްކަމާއެކު އަހާލިއެވެ. އީނާ ޖަވާބެއް ނުދިނެވެ. އޭނަ ހިޔާރު ކުރީ ހިމޭންކަމެވެ.

”އީނޫ އިޓް ވިލްބީ ޑިފިކަލްޓް، އެކަމަކު އެންމެ ރަގަޅުވާނީ އޭނަގެ ނަންވެސް ހިތުން ފޮހެލައިފިއްޔާ…”’ ޒަނާ ބުންޏެވެ.

”ދެން ދަމާ ހިނގާ. މިހާރު މަންމަ ހުންނާނީ ލަސްވެގެން. މެހުމާނަކުވެސް އެބަހުރި އައިސް….” ޒަނާ ކުއްލިޔަކަށް ކަމެއްމަތިން ހަނދާންވާފަދަ ގޮތަކަށް ބުނެލިއެވެ. އޭނަ ފޯނުން ގަޑި ބަލާލިއެވެ. ”ކާކު؟…” އީނާ އެތެރެއަށް ނޭފަތް ދަމާލަމުން ކަރުނަ ފޮހެލިއެވެ.

”ދޮންބެގެ ފްރެންޑެއް، ހިނގާއަވަހަށް ދަމާ…” އީނާގެ އަތުގައި ހިފާ ދަމާލަމުން ޒަނާ ބުނެލިއެވެ. އީނާ ޓިޝޫއަކުން މޫނު ސާފުކޮށްލަމުން ޒަނާއާއެކު ކާކޮޓަރިއަށްދާން ހިނގައިގަތެވެ. އޭރު ޒަނާ ދެއްކި ވާހަކަތަކާމެދު ފުންކޮށް ވިސްނާލެވުނެވެ. ޒަނާވެސް އެވިސްނަނީ އޭނައާ މެދުގައެވެ. ރޫޔާގެ ކޮޕީއެއްހެން ހީވާފަހަރުވެސް އާދެއެވެ.

ކާކޮޓަރިއަށް ވަންނަން ނެގި ފިޔަވަޅާއެކު އީނާގެ މޫނު ބަނަވެގެން ދިޔައެވެ. އެއީ ނަޒްޔަކް ނޫންދެވަނަ މީހެއް ނޫނެވެ. އައިނައިގޮތެއް ނޭގި ބަގީޗާ ތެރޭން ގައިމައްޗަށް ވެއްޓިގަތް ފިރިހެނާއެވެ. ބަގީޗާގެ ފަނޑުއަލިވަރުގެ ތެރޭން ނަޒްޔަކްގެ މޫނު ސާފުވާވަރު ނުވިޔަސް މިހާރު އޭނައަށް އެމޫނު ރީއްޗަށް ފެނިއްޖެއެވެ. ނޫކުލައިގެ ޖިންސަކާއި ގަދަ އަޅިކުލައިގެ ޓީޝާޓެއްގައި ހުރިއިރު ޓީޝާޓު މަތިން ލާފައި ހުރި ޖެކެޓްގެ ސަބަބުން އީނާއަށް ބޮޑަށް ސިފަކުރެވުނީ ގޮތްދައްކަން އުޅޭ ސްޓައިލެއްގެ ޒުވާނެއް ހެންނެވެ. ކުޑަކޮށް ދިގުވެފައިވާ ފަންއިސްތަށިގަނޑުން ބައެއް ނިތުމައްޗަށް ފައިބާފައިވާއިރު އެންމެ އަޅައިގަންނަނީ ބޯބުމައާއި ކަޅުކަންގަދަ އެސްފިޔަތަކުގެ ތެރޭން ފެންނަ ހޭޒްލް ކުލައިގެ ދެލޮލެވެ. ކިތަންމެ އަޅައިގަންނަ ސިފަތަކެއް ވިޔަސް އީނާ އެސިފަދެކެވެސް އައީ ރުޅިއެވެ. މިރޭ ހިނގި ހާދިސާގެ ހުރިހާ އިލްޒާމެއް އޭނަ އެޅުވީ ނަޒްޔަކްގެ ބޮލުގައެވެ.

ރޯޒް ވުޑް އިން ހަދާފައިވާ ހަތަރެސްކަން މޭޒުގެ ދެފަރާތުގައި އަތުރާލާފައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އީނާއާއި ޒަނާ އިށީނެވެ. ކާމޭޒުމަތި ފަޅުފިލުވާލާފައި ހުރީ ތަފަތު ކާނާ ތަކަކުންނެވެ. ކުޅިދިޔާވާފަދަ މީރުވަހެއް މުޅި ކާކޮޓަރިއަށްވަނީ ވެރިވެފައެވެ. އީނާ އިސްއުފުލާލި ވަގުތު ނަޒްޔަކް ކޮންމެވެސް އެއްޗެކޭ ބުނެލުމުން ޒަވާން ހީލިތަން ފެނުމުން އީނާގެ މޫނު ހުދުވިއެވެ. އޭނަ ލަދުން އިސްޖަހާލިއެވެ. ޒަވާންއަށް ފެނުނު މަންޒަރުތަކުން އޭނައާ މެދު ދެކޭނީ ހާދަ ގޯސްކޮށެވެ. ލޮލުން ފެންނަ ކޮންމެ ފިރިހެނަކާއި އަޅުވައިގަނެގެން އުޅޭ ކުއްޖެއްގެ ނަޒަރުންނެވެ. އީނާ ޕާސްތާ ކޮޅެއް އަނގަޔަށް ލަމުން ނަޒްޔަކްއާ ދިމާއަށް ލޯއަޅާލިއެވެ. އެވަގުތު ނަޒްޔަކް ވެސް އިނީ އީނާއަށް ބަލަހައްޓައިގެންނެވެ. އީނާ ތުންފިއްތާލާފައި އާފަލު ޖޫސްތަށިން ކޯވަރެއް ދަމާލިއެވެ.

”ފޫހި މީހެއް، ނަމާ މިހާވެސް ގުޅެ، ޔަކް….” އީނާ ހިތާހިތުން ކިޔާލިއެވެ. އޭނަ އެންމެ ފުރަތަމަވެސް ކެއުން ނިންމާލާފައި ދާން އުޅުމުން މުނީރާ ގޮވާލައިފިއެވެ. ”ޑެސާރޓް ކައިގެންނު ދާންވާނީ، ދައްތަ ހުންނާނެ ސްޓްރޯބެރީ ޕައިއެއް ތައްޔާރުކޮށްލާފަ….” އީނާ ގޮނޑީގައި އިށީނެވެ.

”ސޯ އީނޫ ހަމަ ގޭގަތަ ހުންނަނީ، މިބުނީ ތަންތަން ބަލާލަންވެސް ނުދަނީހޭ؟…” ޒަވާން އަހާލިއެވެ. ”ނޫނޭ، މާދަމާ ޒީއާއެކު ދާން ޕްލޭން މިކުރަނީ….” އީނާ ބުންޏެވެ.

”ދެ ގާރލްސްއިން އެކަނި ދާކަށް ނުވާނެ، މާދަމާ އޮފް ދުވަހެއް، އަހަރެން އަދި ނަޒްޔަކްވެސް ތި ދެކުދިންނާއެކު ދާނަން….” ޒަވާން ބުންޏެވެ. އީނާ ދެކޮޅު ހަދަން އުޅުނުތަނާ ޒަނާ އެއްބަސް ވެއްޖެއެވެ. ”ސޯ ސްވީޓް، ތިހެން ވެއްޖެއްޔާ ރައިޑެއްވެސް ލިބުނީއެއްނު….” ޒަނާ ބުނެލިއެވެ. އީނާ ވަކިއެއްޗެއް ނުބުނެ އިނީއެވެ.

”ނަޒްޔަކް މިހާރު ތިހުންނަނީ ޑައިޓުގަތަ؟ ހިމަކަމުން ވައިރޯޅިއެއް ޖެހިލާއިރު އުދުއްސައިގެން ހިނގައިދާނެ ދުވަސްކޮޅަކުން، ނޭގޭ މިޒަމާނުގެ ކުދިންނަށް ވެގެން މިއުޅޭ ގޮތެއް، ޒަވާންވެސް ރަގަޅަށް ކަނީއެއްނޫން…” މުނީރާ ގެނައި ޕައި ކަފާލަމުން ބުންޏެވެ.

”ޑައިޓް ކުރީމައެއްނު ފިޓްކޮށް ތިބެވޭނީ…” ނަޒްޔަކް ސަމާސާ ރާގަކަށް ބުނެނަލަމުން އޭނަގެ ޖެކެޓަށް ތަތްވެފައިވާ މުލައްދަނޑި ދައްކާލުމުން އީނާއަށް ހީވީ އޭނައަށް ދައްކަން ކުރި ކަމެއް ހެންނެވެ. ބޮޑަށް ސިފަކުރެވުނީ ނަޒްޔަކް އޭނައާ ޖައްސާލާފައި އުޅޭހެންނެވެ.

”ޝޯ އޮފް…” އީނާ ޕައި އިން އެތިކޮޅެއް އަނގަޔަށް ލަމުން މަޑުން ބުންޏެވެ. ކާރީގައި އިން ޒަނާއަށް އީނާ ބުނި ޖުމްލަ އަޑު އިވުނެވެ. އޭނަ ނުހޭން އިންދާވެސް ހިނިގަނޑު ފަޅައިގެން ދިއުމުން އީނާއަށް ލިބުނީ ސިހުމެކެވެ. ”ހާދަ ވަރަކަށް ތި ހެނީ، އީނޫ ޖޯކެއް ކިޔާދިނީތަ؟…” ޒަވާން ބުމަ އަރުވާލިއެވެ.

”ހޫމްމްމް، އެއީ ގާރލްސް ސީކްރެޓެއް….” ޒަނާ ހިނގިގަނޑު މަތަކުރަމުން ބުންޏެވެ. ”އެހެންތަ؟….” ޒަވާން ދިމާކޮށްލަން ބުންޏެވެ. ނަޒްޔަކް އިނީ އީނާއާ ދިމާއަށް ދެލޯ ތަތްކޮށްލައިގެންނެވެ. ޒަނާގެ ހުނުމާ އޭނައާ ގުޅުމެއްވާނެކަމަކަށް ހީކުރެވުނީތީއެވެ. އެހެންނޫނަސް މިއަދު ހިނގި އެކްސިޑެންޓަށް މާފަށް އެދެން އޭނަ ބޭނުމެވެ. އެކަމަކު އީނާ އޭނައާ ވާހަކަ ދައްކަފާނެ ހެނެއް ހިޔެއް ނުވެއެވެ. އޭނަ ފެނުމުން އެމޫނުގެ ކުލަވަރު އޮއްސުނުތަން އޭނައަށް ވަނީ ފެނިފައެވެ.

މާލެއަށް ކުރަމުން ދިޔަ ގަދަ ވިއްސާރަ ހުއްޓާލާކަށް ނޫޅެއެވެ. ރޭގަނޑު ދުވާލަށް ހަދާލަމުން އުޑު ފަޅައިގެން ދާފަދަ ރޮނގުތަކެއް ދަމާލާ އަލިގަދަ ވިދުވަރުތަކާ ވިދިގެން އިވިގެންދަނީ ބިންގަނޑަށް ލޮޅުން އަރައިގެންދާކަހަލަ ގުގުރީގެ އަޑެވެ. ހޮނުގުގުރީގެ ބިރުވެރި އަޑު ސިކުންތަކަށްވެސް ކެނޑިގެން ނުދެއެވެ. ބާރު ވަޔާއެކު އަމާޒުވަމުން ދިޔަ ވާރޭތިކިތަކުން މަންޒަރުތައް ވަނީ ފުސްކޮށްލާފައެވެ. މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި ވާއިރު ވެރިވެފައި އޮތީ ނާމާންކަމެވެ. ޕާޓެންގް އުނދޫތައް ބޮޑުވެދާނެތީ މީހުންތައް ގެތަކަށްވަދެ ދޮރުތައް ތަޅުލައިގެން ތިބިއިރު ކަނު އަނދިރީގެ ތެރޭން އެޕާރޓްމެންޓްތަކުގައި ދިއްލާފައި ހުރި އުއްބައްތިތަކުގެ އަލިވަރުތައް ކުޑަދޮރުތަކުން ފެނިލައެވެ.  ގިނަ އަދަދެއްގެ ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ. މަގުތަކުގެ އަމާންކަން ހިފެހެއްޓުމަށެވެ.

މިގަދަ ތޫފާނީ ރޭގައި އަލްޔަސް އިނީ އާރޓިފިޝަލް ބީޗްގައި ހުރި ބެންޗެއްގައި އިށީންދެލައިގެންނެވެ. ވެހެމުންދިޔަ ވާރެއާއެކު މުޅި މީހާ ތެމިފައިވާއިރުވެސް އޭނަ އެތަނުންދާކަށް ބޭނުމެއް ނުވެއެވެ. މަގުތަކުގައި ދިއްލާފައި ހުރި ބައްތިތަކުގެ އަލިވަރު އެހިސާބަށް އެޅިފައިވިޔަސް މިތޫފާނީ ރޭގައި އެތާންގައި އިންނާނީ މޮޔައެކެވެ. ޕާޓޭންތައް މަގުމައްޗަށް ގިނަވެގެން އުޅޭ ވަގުތެއްގައި ކޮންމެފަދަ ހާދިސާއެއްވެސް ހިނގާފާނެއެވެ.

ތޮށިގަނޑުމައްޗަށް ބިންދާލަ ބިޔަ ރާޅުތަކާއި ފުސްވެފައިވާ ފަޒާގެ ތެރޭން ދުރުން ފެންނަމުންދިޔަ ހުޅުލެއަށް ބަލަން އިނދެފައި އަލްޔަސް މޫނުގައި ފިރުމާލިއެވެ. މިއެކަނިވެރިކަމުގެ ތެރޭގައި އޭނަ މަރުވެދާނެއެވެ. ކުއްލިޔަކަށް ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި އަންހެންކުއްޖަކު އައިސް ބައްދާލީ އަލްޔަސްގެ ހަށިގަނޑުގައެވެ. އަލްޔަސްއަށް ސިހުން ލިބުނުއިރު ހަށިގަނޑުގައި ކަރަންޓްގެ ބާނީތަކެއް ދަތުރުކޮށްލައިފިއެވެ. އެއަންހެންކުއްޖާގެ ތުރުތުރުއަޅަމުން ދިޔަ ހަށިގަނޑުން ހާމަކޮށްދެނީ ބިރުގެންފައިވާވަރެވެ. އަލްޔަސްއަށް އިރުކޮޅެއްވަންދެން އެކުއްޖާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެން އޭނަ ފަސްއެނބުރި ބަލާލިއިރު ދެމީހަކު ތަންކޮޅެއް ދުރަށް ހުއްޓިލަމުން އެމީހުންގެ މިސްރާބު ބަދަލުކޮށްލައިފިއެވެ.

”އެމީހުން ހިނގައްޖެތަ؟….” އަންހެންވަންތަކަމުން ފުރިގެންވާ ހިތްގައިމު އަޑެކެވެ. އޭނަ އަލްޔަސްއާ ދުރަށްޖެހިލީ އަލްޔަސް އާނއެކޭ ބުނީމައެވެ.

”ނަސީބެއް ސަލާމަތްވިކަން… އޮފީހުން ނިކުތްތަނާ ފަހަތުން އަޅުވާލި ބަޔެއް، ފޯނެއް ވިއްކަންށޯ ކިޔާފަ، އަހަރެން މީ މޮޔައެއްތަ އެމީހުން އަތުން ފޯނު ގަންނަން، ބިރުވެސްގަތޭ ފަހަތުން އަންނަން ފެށީމަ، ނަސީބެއް ތިމީހާއާ ބައްދަލުވިކަން….” އޭނަ ވާހަކަދައްކަން ފެށިއެވެ. އަލްޔަސް އެކުއްޖާއަށް ސަމާލުކަމެއް ނުދިނެވެ. އޭނަ އެހެންދިމާއަކަށް މޫނު އަނބުރާލިއެވެ. ނަމަވެސް އެކުއްޖާގެ ރީތިކަމާއި ޗާލުކަން ފާހަނގަ ކުރެވުނެވެ. މެދުމިނުގެ އިސްކޮޅެއް ލިބިފައިވާއިރު ވަށް މޫނުމަތިން ފެންނަނީ ޒުވާންކަމުގެ ޖޯޝެވެ. ރާޅުބާނީ އިސްތަށިގަނޑުގައި ރަންކުލައެއް ޖައްސާލާފައި ވުމުން ބޮޑަށް ވައްތަރުވަނީ ބޭރުކުއްޖަކާއެވެ. އާދައިގެ ވަރަކަށް ދޮންވިޔަސް އެފަދަދެވަނައެއްނެތް ފަރިކަމެކެވެ. ހިމަ ދިގު އެސްފިޔަތަކާއި ހިމަ ބުމައިގެ އިތުރުން ރަތް ފިނިފެންމަލުގެ ކުލަ ވެރިވެފައިވާ ތުންފަތަށް ހިތްތަށް ލަންބުވާލާނެއެވެ. ކަޅުކުލައިގެ ބޮޑު ދެލޮލުގައި ވަނީ ޝުކުރެވެ.

”ވެލް ދިސް އިޒް އަންޔޫޝުއަލް، އާންމުގޮތެއްގައި ތޫފާނީރެއެއްގައި އަންހެންކުދިން ތިބޭނީ ބީޗް ތަންތާނގައި، ސުޕަނެޗުރަލް ލަވާރއެއް ލިބޭތޯ، އެކަމަކު މިރޭ މިފެންނަނީ އެހެން މަންޒަރެއް…” އޭނާ ބުންޏެވެ. އަލްޔަސް ސީދާ ބަލަލީ އެކުއްޖާގެ ދެލޮލަށެވެ. އޭނަ ލަދުގަތެވެ. ނުވެސް ދަންނަ ފިރިހެނަކާއި ދައްކަން ނުޖެހޭ ވާހަކަތަކެއް ދެކެވިއްޖެއެވެ. މިފިރިހެނާއަށް އިތުބާރުކުރަން ހިތް ބާރުއަޅާ ސަބަބެއް ނޭގުނެވެ. އޭނަ ފަހަތުން އައި ޕާޓޭންނާ މިފިރިހެނާއާއި ހުރީ ކޮން ތަފާތެއް ހެއްޔެވެ؟ ހިއްސުތައް ބަރާބަރަށް މަސައްކަތް ކުރާނެއެވެ.

”ޒެލީން…” ޒެލީން ތަޢާރަފްވެލި އެވެ. ”ނަންބުނެލަބަ…. އަހަރެން ސަލާމަތްކޮށްދިނީމަ ޓްރީޓެއް ދޭނަން….” ޒެލީން ބެންޗްގައި އިށީންދެލިއެވެ.

”ދިއުމުގެ ކުރިން ނަން ބުނެބަލަ، ހާދަ ގާރލިޝްއޭ…” އަލްޔަސް ދާން އުޅުމުން ޒެލީން ފަހަތުން ދިޔައެވެ. ”އަހަރެން ގެއަށް ލައިދީފާނަންތަ؟ ޕްލީޒް، ދެން ނުކެރޭނެ އެކަނި ދާކަށް، ވިއްސާރަ ރެއެއްގައި ކޮންމެފަދަ ކަމެއްވެސް ހިނގާފާނެ، މާލޭގެ މަގުތަކަކީ އަމާންތަނެއް ނޫނެއްނު، ޕްލީޒް….” ޒެލީން ބުންޏެވެ. އަލްޔަސް ޒެލީންއަށް ބަލައިލަމުން ބުނީ އޭނައާއެކު އައުމަށެވެ. ހިމާޔަތެއްނެތް ތަނަކަށް އަންހެންކުއްޖަކު ދޫކޮށްލައިފިނަމަ ދެރަގޮތެއް ދިމާވެދާނެއެވެ. ދެވަނަ ފަހަރަށް އޭނަގެ ސަބަބުން އަންހެން ކުއްޖަކަށް ދެރައެއް ލިބޭކަށް އޭނަ ބޭނުމެއް ނޫނެވެ.

ޒެލީން ކާރަށް އަރަމުން އެތެރެއަށް ނޭފަތް ދަމާލިއެވެ. ޒެލީން ދާންވީތަން ކިޔާލަ ދިނެވެ. އޭނަ އިނީ އަލްޔަސްއަށް ބަލަހައްޓައިގެންނެވެ. އޮރެންޖް އަލީގެ ތެރޭން އަލްޔަސް ފެންނަނީ ވަކިން ފުރިހަމައަށެވެ. މޫނުގައި ވިދާ ފެންތިކިތައް ތިރިއަށް ފައިބެންދާއިރު ބަލަން އިނދެވިދާނެއެވެ.

”އަހަރެން ހީކުރީ މަންމަން ކުއްޖެއްކަމަށް، ވާހަކަ ދެއްކީމަ ކުޑަ ޝޮކެއް ލިބުނީ، އަދިވެސް ނަންނުބުނާނަންތަ؟….” ޒެލީން އޭނަގެ ޝައުގުވެރިކަން ހުއްޓާލީ އަލްޔަސް އަށެވެ. އަދިއެއްފަހަރު އަލްޔަސްގެ ހަށިގަނޑުގައި ބައްދާލުމުގެ ނަސީބު އޭނައަށް ލިބޭނެނަމައެވެ.

”އަލްޔަސް…” އަލްޔަސް ބުންޏެވެ.

”ވާއު…” ޒެލީން އާގަމަވެފައިވާ އަޑަކުން ބުންޏެވެ.

***

”ތާއިފް، އަދިވެސް އަލްޔަސް ގެއަކަށް ނާދޭ، އެކެއްޖަހަން ކައިރިވެއްޖެ، އަހަރެން ވަރަށް ބޮޑަށް އެބަ ބިރުގަނޭ، އަނެއްކާ އަލްޔަސްއަށް ކަމެއް ވީތަ؟ މިފަހަކަށް އައިސް ގެއަށްވެސް ނާދޭ، މުޅިންހެން ބޭރުތެރޭގަ އެއުޅެނީ، އަހަރުމެންގެ ދަރިފުޅު ނުބައި މަގަކުން ދިއުމުގެ ކުރިން ތާއިފް އޭނައާ ވާހަކަ ދައްކަބަލަ، އިނގޭ ތާއިފް ރުޅިއަޔަސް އަލްޔަސްދެކެ ލޯބިވާކަން، އަލްޔަސް ކުރި ކަންތައް ބަދަލެއް ނުކުރެވޭނެ. އެކަމަކު އަހަރުމެންގެ ދަރިފުޅު ގެއްލިއްޖެއްޔާ އުފުލަން ޖެހޭނެ ހިތާމަތަށް ބޮޑުވާނެ….” ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި ކުލްޘޫމް ކަރުނަތައް ފޮހެލިއެވެ.

”ތާއިފް، އަލްޔަސްއަށް ގުޅާލަބަ….” ކުލްޘޫމްއަށް ބުނެވުނެވެ. އަލްޔަސްއާމެދު ވިސްނިވަރަކަށް އޭނަގެ ހިތުގެ ތެޅުން އަވަސްވެ މުޅި މީހާ ދަލުން ފެންވެރެނީއެވެ. އަލްޔަސްއާ މެދު ކަންތައް ކުރެވުނު ގޮތާމެދު އޭނަ ދެރަވިއެވެ. އޭނަ އެހުރީ އަލްޔަސް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ.

”ފޯނެއް ނުނަގާ…” ތާއިފްގެ އަޑުގައި ހާސްކަން އެކުލެވިގެންވިއެވެ. އޭނަ އެތައްފަހަރަކު އަލްޔަސްގެ ފޯނަށް ގުޅާލިއެވެ.

ޕޯޓިކޯއަށް ކާރު މަޑުކޮށްލިއަޑަށް ކުލްޘޫމް ދުވެލާފައި ގޮސް ދޮރު ހުޅުވާލިއެވެ. އަލްޔަސް ފެނުމުން އޭނައަށް ރަގަޅަށްވެސް ރޮވިއްޖެއެވެ. ދިޔަ ބާރުމިނުގައި ގޮސް ދަރިފުޅުގެ ގައިގައި އޭނަ ބައްދައިގަތެވެ. ”ކޮންތަނަކަންތަ ދިޔައީ؟ ދަރިފުޅަށް ނޭގޭތަ މަންމަމެން ހާސްވާނެވަރު، ބުނެފަ ދިޔަނަމަ….” ކުލްޘޫމްގެ މޭގައި ގަނޑުފެން އަޅާލެވުނުހެން ހީވި ވަގުތުކޮޅެކެވެ. އޭނަގެ ހިތް ސާފުވެއްޖެއެވެ.

އަލްޔަސްއަށް ހުރެވުނީ ފެންނަމުންދިޔަ މަންޒަރުތައް ޤަބޫލުކުރަން ދަތިވެފައެވެ. މަންމައާއި ބައްޕައަށް ކުއްލިޔަކަށް އެއައި ބަދަލު ފެނުމުން އޭނަ އުފާވެސް ވިއެވެ. ދެން ދުވަހަކުވެސް އެލޯބި ލިބޭނެކަމަށް އޭނަ އުއްމީދެއް ނުކުރިއެވެ. ނަމަވެސް މިރޭ މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ތާއިފްވެސް އަލްޔަސްއާ ވާހަކަ ދެއްކިއެވެ. ބޭރަށް ދިއުން މަދުކުރަން ބުނެފައި އަލްޔަސްގެ ބުރަކަށީގައި ފިރުމާލިއެވެ.

”ދަރިފުޅާ ދެން އެއްގޮތަކަށްވެސް ބޭރަށް ގޮސްގެން ނުވާނެ….” ކުލްޘޫމް ކަރުނަތައް ފޮހެލިއެވެ. ފާއިތުވެގެން ދިޔަ ދެހަފްތާއެއްހާ ދުވަސް ތެރޭގައި އަލްޔަސްގެ ހަށިގަނޑަށް އައިސްފައި ހުރި ބަދަލުތައް ފެނި އޭނަ ދެރަވިއެވެ. ދަރިފުޅު ހިތާމަކުރާވަރު އޭނައަށް އަންދާޒާ ކުރެވުނެވެ. އަލްޔަސް، އީނާއަށް އަނިޔާކުރާނެއެކޭ އޭނަގެ ހިތެއް ނުބުނެއެވެ. އަލްޔަސް އީނާދެކެ ވަނީ މަތިވެރި ލޯތްބެވެ. އަލްޔަސްގެ ދެލޯ ހެކިދެނީ ކުށެއްނެތްކަމަށެވެ.

ކުލްޘޫމް އަލްޔަސްއާ ސުވާލުކުރިކަމުގައި ވިޔަސް އަލްޔަސްގެ ހަނދާނުން އެރޭގެ ހާދިސާގެ ބޮޑުބައެއްވަނީ ފޮހެވިގެން ގޮސްފައެވެ. އޭނަ ވިސްނަން އުޅުނުވަރަކަށް ބޮލަށް އެނބުރުން އަރައެވެ. ކުލްޘޫމްގެ ގިނަ ސުވާލުތަކަށް ޖަވާބެއް ނުލިބުނެވެ.

”ތެތް ހެދުންތައް ބަދަލުކޮށްލަން ދޭ، ދަރިފުޅު އަންނަން ވާއިރަށް ނޫޑްލްސް ސޫޕެއް ތައްޔާރުކޮށްލާނަން…” ކުލްޘޫމް ހިނިތުންވެލިއެވެ. އެއީ ބަޔެއްގެ ރޭވުމެއްކަމަށް ހިތްބުނަން ފެށީ ކީއްވެގެން ކަމެއް ކުލްޘޫމްއަކަށް ނަގައިނުގަނެވުނެވެ. އީނާއާއި އަލްޔަސް ދުރުކޮށްގެން ފައިދާވާނީ ކާކަށްހެއްޔެވެ؟ އަލްޔަސްގެ ހަނދާނުން އެހާދިސާގެ ބޮނޑުބައެއް ފޮހެވިގެން ދިއުމުގެ ފަހަތުގައި ސަބަބުތަކެއް ވާނެ އެވެ.

(ނުނިމޭ)

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

މުތާ/ ސ.ހިތަދޫ

Level 210 Stories

Other Articles

Previous

އެކުގައިވާން އެދެމޭ… 28

Next

މައިދައިތަ

Next
May 17, 2014

މައިދައިތަ

Previews
May 15, 2014

އެކުގައިވާން އެދެމޭ… 28

13 Comments!

  1. sem says:
    May 17, 2014 at 9:25 am

    Gud .. falhaa aruvaalaa. v nice mi part vs

  2. shify says:
    May 17, 2014 at 9:44 am

    ހާދަ ކުރުކޮއް

  3. ummi says:
    May 17, 2014 at 9:49 am

    V reethiii. … alhe maimoona bust kohlabaa avahah…..

  4. shai says:
    May 17, 2014 at 10:31 am

    dhn maimoona bust kohlaa ankakuge dhari aieetha alyas kaari yah dhn e firihenaa ah inaa nugulhuvaathi alyas ah inaa ah dhemeehun gulhen jeheyny

  5. Anonymous says:
    May 17, 2014 at 11:37 am

    Kulshoom visnun kan eiy Hama naseebu… Maimoona kuri kanthah falhaa arany dhow? Oh yeeeeeee 🙂

  6. Anonymous says:
    May 17, 2014 at 11:39 am

    Kulshoom visnun kan eiy Hama naseebu… Maimoona kuri kanthah falhaa arany dhow? Oh yeeeeeee

  7. Anonymous says:
    May 17, 2014 at 11:39 am

    Kulshoom visnun kan eiy Hama naseebu… Maimoona kuri kanthah falhaa arany dhow? Oh yeeeeeee

  8. thui says:
    May 17, 2014 at 12:34 pm

    Omg. .e nulafa umeira miulheny eynage zelyn alyas aai thaiy kuruvan dw..nama nama thi game there ah nuvannathi alyas..inoo ah inthizaaru kurey …

  9. inaa says:
    May 17, 2014 at 1:31 pm

    yeye..ekamu eena and nazyak nuguluvahchey…..

  10. shai says:
    May 18, 2014 at 5:31 am

    muthaa cover in hevany inaa ah nazyak hen v hiyy biruganey eba kihinehbaa vany

  11. reesh .. says:
    May 18, 2014 at 7:11 am

    Nama nama inaa alyas ah gehlluvaa nulaathi eyrah mulhi story hadivaane ..

  12. fan says:
    May 18, 2014 at 8:40 pm

    Habeys, varah salhi mihaaru thiin cover pic, inu, naxyak nd alyas dhoa mithibhi ♥♥♥♥♥♥♥

  13. ma says:
    May 22, 2014 at 11:25 am

    alivaruthakeyyy???? ei hama dhivehi bahehtha

Comments are closed.

Next Episodeއޯގާވީ ހިތަކުން…28←


All Right Reserved!