Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ސޫރަ ތިއޭ

Xeesh Level 110 Stories
September 9, 2018 4 Mins Read
14 Comments

ޒަޔާ ދޮރު ހުޅުވަބަލަ…. ކިހާވަރުގަދަ ކަމެއްތަ މީ” މުޅި ގޭގައި ގުގުމާލީ އާފިޔާގެ އެލާމް ގެ އަޑެވެ. ޒަޔާ ދޮރު ހުޅުވާލުމަށްފަހު އޭނާގެ ދޮންމަންމައާއި ދިމާލަށް ބަލާލީ ނުރުހުމުގެ ނަޒަރަކުންނެވެ. ” ހޫން ދެން ތިހެން ބަލަން ނީދެ ފެންވަރައިގެން ކޮލެޖެއަށް ދާން ތައްޔާރުވޭ ” އާފިޔާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހީ ޒަޔާ ފާހާނައަށް ވަތް ކަން ޔަގީން ކުރުމަށްފަހުއެވެ. އާފިޔާ އަނގައިން ކުދި ކިޔެމުން ދިޔައީ މަނިކުއަށްޓަކައި އޭނާ އުފުލަން ޖެހޭ ބުރަ ހިތަށް އަރުވާލަމުންނެވެ. ޒާޔާ ކިތަންމެ ބޮޑުވިޔަސް އަމިއްލައަށް އެއްވެސް ކަމެއް ކުރަން ހިތަކަށް ނާރުވައެވެ. ހުރިހާ ކަމެއްވެސް ކޮށްދޭން ޖެހެނީ މި ނުލަފާ ދޮންމަންމައެވެ. އާފިޔާ ހިތާ ހިތުން ކިޔާލިއެވެ. ޒަޔާ އަކީ މަނިކުގެ ހަމައެކަނި ހުރި ދަރިފުޅެވެ. ޒަޔާގެ މަންމަ އޭނާ ވިހެއުމަށްފަހު ނިޔާވީ ލޭ މަދުވެގެންނޭ ބުންޏަސް މަނިކުއަށް އެނގޭހާވެސް އެއްޗަކީ އެއީ އޭނާ ހަނދާން ކުރަން ބޭނުންވާ މާޒީއެއް ނޫންކަމެވެ. ތެދު ބުނެފިއްޔާމް އޭނާގެ ދިރިއުޅުން ދެން ހޭދަ ކުރަންޖެހޭނީ ޒަޔާއާއި ނުލާކަމެވެ. “މަންމީ ، ޒާޔާ މިއަދު ލަސްވާނެ ” މޭޒު ކައިރީ އިށީންނަމުން ޒަޔާ ބުނެލި ވާހަކައަށް އާފިޔާ ބޯޖަހާލީ އޭނާއާއި ދިމާލަށް ހިނިތުންވަމުންނެވެ. “ހެނދުނު ހާދަ އަޑުގަދައޭ މިގޭތެރޭގައި ،މިގޭ އެލާމް އަޅާލެއް ބާރުކަމުން” މަނިކު ލާނެއް ގޮތަކަށް އާފިޔާއަށް ބަލަމުން އައިސް ސައިބޯން އިށީނީ އާފިޔާއަށް މަލާމާތް ކޮށްލަމުންނެވެ. “ޒަޔާ އެވަރު ނުކުރަންޏާ ނުހޭލާނެއޭ މަނިކުއަށްވެސް އެނގެއެއްނު ހެނދުނުގަޑީގައި ބައެއް ކުދިން ހުންނަނީ ހަންޑި ބޮލަށް އަރާފައޭ” އާފިޔާ ބުނެލި ޖުމްލައިން ޒާޔާ ތުން އޫކޮށްލިއެވެ. ޒާޔާ ފެންތަށި ދަމާލުމަށްފަހު ދަބަސް އަޅުވާލައިގެން ދޮރުން ނިކުތީ އޭނާގެ މައިންބަފައިންނަށް ހިނިތުންވުމެއް ރައްދު ކުރަމުންނެވެ. ގޭގެ މައިދޮރާށިން ނިކުމެ ސައިކަލް ހުރިހިސާބު ބަލާލުމަށްފަހު ފޯން ކަންފަތުގައި ޖަހާލިއެވެ. ” މާނީ ކިހާހިސާބެއްގަ؟ ޒާޔާ އޭނާގެ ރަހްމަތްތެރިޔާ އާދޭތޯ ދެކޮޅު ހޯދަމުން ސުވާލުކޮށްލިއެވެ. ޕޭމަންޓް މަތިން ހިނގާލާފައި މާނީ އަންނަމުން ޒަޔާ އާއި ދިމާލަށް އަތް ހޫރުވާލިއެވެ. “ސާބަސް މާނީއަށް، މިހާރު ކިހާއިރެއްވެއްޖެ ؟ ” ޒާޔާ އޭނާގެ ރަހުމަތްތެރިޔާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ސައިކަލާ ދިމާލަށް މިސްރާބު ޖެހިއެވެ.

ވިލާ ކޮލެޖްގެ މައި ދޮރާށިން ދެކުދިން ވަދެގެން ދިޔައިރު ބައިގަނޑު ހަދާލާފައި އެކި ކުދިން އެކި ވާހަކައިގައި ތިއްބެވެ. ޒާޔާ އާއި މާނީ ފެނުމުން ބައެއް ފިރިހެންކުދިން ތުމުން އަޑު ގޮއްވާލާ ހަދާލިއަސް އެ ދެކުދިންނަށް އެއީ އެހާ ބޮޑުކަމެއްހެނެއް ހިޔެއް ނުވެއެވެ. ކްލާހަށްވަދެ އެންމެ ކުރީސަފުގައި އިށީނުމަށް މާނީ މިސްރާބު ޖެހުމުން ޒާޔާ އޭނާގެ އަތުގައި ހިފާ ކްލާހުގެ އެންމެ ފަހަތު ބަރިއަށް އިޝާރާތްކޮށްލިއެވެ. މާނީގެ މޫނަށް ގޮތެއް ހަދާލަމުން ޒާޔާ ފަހަތުން ގޮސް އިށީނެވެ. “ޒާޔާ މިފަހަރު ކްލާހުގަ ސަކަރާތް ޖަހަންޔާމް މަށެއް ނީންނާނަން ޒާޔާ ކައިރިއަކު” މާނީ އޭނާގެ ރަހްމަތްތެރިޔާއަށް އިންޒާރެއް ދިނެވެ. ޒަޔާ އޭނާގެ ރަހްމަތްތެރިޔާ އާއި އެއްބައިވެލުމަށް ބޯޖަހާލިއެވެ. ކްލާސް ތެރޭ ހުރިހާ ކުދިން ހަމަވެ ބެލް ޖަހާލި އަޑަށް ކްލާސް ތެރެއަށް ވަދެގެން އައި ލަންކާ ޓީޗަރު ފެނުމުން ކްލާސްތެރޭގެ އަޑު މަޑުވެގެން ދިޔައެވެ. ޒާޔާ ކިޔަވަނީ ކްރިމިނަލް ސައިކޮލޮޖީ ކަމުން މަޖުބޫރު މާއްދާއެއްގެ ގޮތުގައި އިނގިރޭސި ވަނީ ހިމަނާފައެވެ. ޒަޔާ އާއި މާނީ ލެކްޗަރާ ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން އިނދެފައި ސިއްރު ސިއްރުން ބުނެލިއެވެ ” އަސްލު ވަރަށް ފޫހި ދޯ މުޅި މި ކޯސް ރާއްޖެއިން ނުހެދޭތީ … މި ކޮޅުން އެއް އަހަރު ކިޔަވާފައި މި ދާން ޖެހެނީ ރާއްޖެއިން ބޭރަށް ބާކީ ބައި ނިންމަން ” މާނީ ޒާޔާ އާއި އެއްބައިވެލުމަށް ތުން އަނބުރާލިއެވެ. ކްލާސް ފެށިގެން ފަނަރަވަރަކަށް މިނެޓް ވީފަހުން ކްލާހުގެ ދޮރު މައްޗަށް ދުވެފައި އައިސް މީހަކު ހުއްޓުމުން އެންމެންވެސް އެ ދިމާލަށް ބަލާލެވުނެވެ. މާނީ ޒާޔާ ފޮތުގައި ކުރަހަން އިނުމުން އުޅަބޮށިން ޖަހާފައި ދޮރާއި ދިމާލަށް ލޯ އަޅާލުމުން ޒަޔާ އެ ދިމާލަށް ބަލާލިއެވެ. ” ޔޫ އާރް ލޭޓް  މިސްޓަރ .. ސިންސް ދިސް އިޒް ޔުރަ ފަސްޓްޑޭ އައިވިލް ލެޓް ޔޫ އިން… ” ކްލާސް ތެރޭ ގުގުމާލީ ލެކްޗަރަ މިސް ޕަޓާނީގެ އަޑެވެ. ” ހާދަ ފިރިހެންވަންތައޭ ” މާނީ ޒާޔާގެ ކަންފަތް ބުޑުގައި އެއްޗެއް ބުނެލިއަޑު އިވުނެވެ…. ޒާޔާ އަދިވެސް އިނީ އެ ޒުވާނާ އާއި ދިމާލަށް ކަޅި ޖާހާނުލާ ބަލާށެވެ. ފުރިހަމަ އިސްކޮޅެއް އަޅި ދެލޯ ،މުށި އިސްތަށިގަނޑެއް  ލާފައިވާ ގަމީސް މީހާއަށް ވުރެ ބޮޑުހެން ހީވިޔަސް އެ ސްޓައިލް ވެސް އޭނާއާއި ގުޅެއެވެ. ޒާޔާ ހިތާ ހިތުން ކިޔާލިއެވެ. އެ ޒުވާނާ ކްލާހުގެ އެކި ދިމަދިމާލަށް ބަލާލުމަށްފަހު ޒަޔާ އިން ގޮނޑި ބަރިއާއި ދިމާލަށް ބަލާލިއެވެ. ޒާޔާ އާއި މާނީ އެކަނި އެ ބަރީގައި ހުރުމުން އިތުރު ދެމީހުން ތިބެން ޖާގަ އޮތެވެ. ޒުވާނާ އެދިމާލަށް މިސްރާބު ޖެހުމުން މާނީ އަނެއްކާވެސް އުޅަބޮށިން ޒާޔާ ގައިގައި ޖަހާލިއެވެ. ޒާޔާ އޭނާ އާއި ދިމާލާށް ހިނިތުންވެލިއެވެ. “ހެލޯ ލޭޑީސް” އޭ ކިޔާފައި އޭނާ އައިސް ޒާޔާ ކައިރި އިށީނދެލިއެވެ. ކްލާސް ނިމެން ކައިރިވެފައި ވަނިކޮށް ހުރިހާ ކުދިންގެ އިނޓްރޮޑަކްޝަން އެއް ދޭން މިސް ޕަޓާނީ އެދުނެވެ. ކްލާހުގެ ފަހު ބަރިޔާ ހަމަޔަށް އައިރު ކުރީ ސީޓް ތަކުގައި ތިބި ހުރިހާ ކުދިންވެސް ޒާޔާ މެންނާއި ދިމާލަށް ބަލަމުންދިޔައެވެ. އަންހެން ކުދިންގެ ތުއި ހަރަކާތްތަކުން އެ ބަލަމުން ގެންދަނީ އޭނާ ކައިރީގައި އިން ޒުވާނާ އަށް ކަން ޒަޔާ އަށް އެނގެއެވެ. މާނީ އޭނާގެ ތައާރަފެއް ދިނުމަށްފަހު އިށީނދެލީ ޒާޔާ ތެދުވަން އަންގާލަމުންނެވެ. ޒާޔާ ތެދުވެލިއެވެ. ކްލާހުގައި ތިބި ހުރިހާ ފިރިހެން ކުދިން ކަހަލަ ގޮތަކަށް ޒާޔާއާއި ދިމާލަށް ބަލަމުން އަނގަޔަށް ގޮތްގޮތް ހަދަމުންދިޔައެވެ.  މީހުންނަށް އަޅައިގަންނަނީ ޒާޔާގެ މުށި ކުލައިގެ ކަޅިއެވެ. ކަޅު ކުލައިގެ އެސްފިޔަތަކެވެ. މުށިކުލައިން ފިބާ ކުރެވިފައިވާ ކަޅު ދިގު އިސްތަށިގަނޑެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށިކުލައިން އޭނާގެ ސިފައަށް އިތުރު ފުރިހަމަ ކަމެއް ގެނުވާފައިވާއިރު އޭނާ ދޭ ކޮންމެ ހިނިތުންވުމެއްގައި އޭނާގެ ކޮލަށް އެޅެމުންދާ އަޑިކޮޅުން އެންމެންގެ ހިތް ފަތަހަ ކުރަމުން ދެއެވެ. ” އައި އޭމް މަރިޔަމް ޒާޔާ އެންޑް އައި އޭމް 19 އިއާރސް އޯލްޑް … ސްޓަޑީން ކްރިމިނަލް ސައިކޮލޮޖީ އެންޑް ޕްލޭނިންގް ޓް ލީވް ފޯ ހަޔަރ ސްޓަޑީސް އާފްޓަރ ވަން އިއަރ….” ޒާޔާ އިށީދެލުމަށްފަހު ކައިރީގައި އިން ޒުވާނާއަށް ބަލާލިއެވެ. އޭނާ އަދިވެސް އިނީ ޒާޔާ އާއި ދިމާލަށް ބަލާށެވެ. “އިޓްސް ޔުރ ޓާރން މިސްޓަރ ” މިސް ޕަޓާނީގެ ބަރު އަޑު ކްލާސް ތެރޭ ގުގުމާލުމުން އެ ޒުވާނާ ތެދުވެލިއެވެ. ” އައި އޭމް އަމާން …  އައި އޭމް 21 ، ދިސް އިޒް މައި ފަސްޓް އިޔަރ އެންޑް ޔެސް އައި އޭމް ޕްލޭނިންގް ފޯ ހަޔަރ ސްޓަޑީސް އެބްރޯޑް” ޒާޔާ އާއި ދިމާލަށް އެއްލޯ މަރާލަމުން އަމާން ބުނެލިއެވެ.” ވަޓް އެން އެކްސެންޓް” މާނީ ޒާޔާގެ ކަންފަތްބުޑުގައި ބުނެލިއެވެ … ޒާޔާއާއި މާނީ އެއްފަހަރާ ހޭންފެށިއެވެ.  ދުވަހަށް ހަމަޖެހިފައިވާ ކްލާސްތައް ނިންމާލުމަށްފަހު ކޮލެޖް ދޮރުމަތީގައި މަޑުކޮށްލައިގެން ޒާޔާ ހުރީ މާނީގެ އިންތިޒާރުގައެވެ. އަމާން ކޮލެޖް ދޮރުމަތީގައި މަޑުކޮށްލައިގެން ހުރި ޒާޔާ ފެނިފައި އެ ދިމާލަށް މިސްރާބު ޖެހީ ކީއްވެގެންކަންވެސް ހުދު އޭނާއަކަށް ނޭނގެއެވެ. ” ޓު ހޫމް އާރ ޔޫ ވައިޓިންގް ފޯ ” އަމާންގެ ޖުމްލައިން ޒާޔާ އޭނާ އާއި ދިމާލަށް އެނބުރިލިއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އަމާން ގެ ހިތުގައި ވިންދެއް ޖަހާލިއެވެ. މާނީ އައިސް ދެމީހުންގެ މެދަށް ހުއްޓިފައި އަމާން އަދި ޒާޔާގެ އަތުގައި ހިފާ ތަޅުވާލިއެވެ. “ވަޓް އާރ ޔޫ ގައިސް ޑްރީމިންގް އަބައުޓް” މާނީގެ ސުވާލުން ދެމީހުންނަށްވެސް މާނީ އަށް ބަލާލިއެވެ. “އައި އޭމް ވެއިޓިންގް ފޯ ދަ ޓޮއިލެޓް ކުއީން، އެންޑް ލުކް ހޫސް ހިޔަރ ” ޒާޔާ މާނީ އާއި ދިމާލަށް ލޯ ހަނިކޮށްލާފައި ބަލާލަމުން މާނީގެ އަތުގައި ހިފާ އަމާން އަށް ދަނީ އޭ ބުނެލާފައި އަވަސް ހިނގުމެއްގައި ގޮސް ބޭރު މަގަށް ނިކުތެވެ. ސައިކަލް ހުރި ހިސާބަށް ގޮސް ދެކުދިން މަޑުކޮށްލުމަށްފަހު  މާނީ ޒާޔާ އަށް މާލާމާތް ކޮށްލިއެވެ. ” ފުރަތަމަ ނަޒަރުން ހިތް ދެވުނުތަނާ ދުނިޔޭގެ ތެރަށް ނިކުމެލިތަނާ” މާނީ ލަވަ ކިޔަން ފެށުމުން ޒާޔާ ލަދު ގަނެއޭ ކިޔާފައި ބޮޑާ ހާކާލިއެވެ. ނޭނގޭ ކަމަކީ ދެ ކުދިންގެ ހަރަކާތްތަށް ބަލަން އަމާން ދުރުގައި ހުރިކަމަވެ. ގޭގެ މައި ދޮރާށިން ޒާޔާ ވަދެގެން ދިޔައިރު އާފިޔާ ހުރީ ގަސްތަކަށް ފެންދޭށެވެ. “މަންމީ ލުކް ބުޅަލެއް” ޒާޔާ އޭނާގެ މަންމަ ގައިގައި ކޮއްޓާލަމުން ބުނެލިއެވެ. އާފިޔާ އަށް ތެޅިގަނެވުނެވެ. ނަމަވެސް ހަމަ އެ ސިކުންތު ޒާޔާއަށް ބަލާލާފައި އަތް މަޅާލީ ޒާޔާ ޖެއްސުމެއް ކޮށްލީކަން ޔަގީންވުމުންނެވެ. “ސޮރީ މަންމީ … ” ޒާޔާ ދުވަމުން ކަހަލަ ގޮތަކަށް ގޭތެރެއަށް ވަދެގެން ދިޔައީ އާފިޔާގެ އަތުގައި ނުޖެހެންށެވެ. ޒާޔާ ކޮޓަރިއަށް ވަނުމަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. ފޯނު ބީޕްވާ އަޑަށް ފޯނު ހުޅުވާ ބަލާލިއިރު ކްލާސް ވައިބަރ ގުރޫޕެއް ހެދުމަށްފަހު މިސް ޕަޓާނީ ވަނީ ހުރިހާ ކުދިން އެޑްކޮށްފައެވެ. ޒާޔާ ފޫހިކޮށް ބަލާލުމަށްފަހު ފޯނު ބާއްވާލިއެވެ.

އަމާން ބަލަމުންދިޔައީ ވައިބަރ ގުރޫޕްގެ ކޮންޓެކް ލިސްޓް އަށެވެ. އެންމެ ފަހަށް އިން ޒާޔާގެ ނަންބަރަށް ފިތާލުމަށްފަހު “ހާއި ޖަހާލިއެވެ”.ނުދަންނަ ނަންބަރަކުން މެސެޖްކޮށްފަ އިނުމުން ޒާޔާ އެއަށް ރިޕްލައި ނުކޮށް ކޮންޓެކްޓް ނަންބަރު ސޭވްކޮށްލީ ކާކުތޯ ޔަގީންކޮށްފައި މެސެޖްއަށް ރިޕްލައި ކުރާށެވެ.  “މީ އަމާން ، މިހާރު ތި އުޅެނީ ކާކުތޯ ޔަގީން ކުރަންށެންނު” އަނެއްކާވެސް އެ ނަންބަރު މެސެޖް އައުމުން ޒާޔާ މެސެޖް ކިޔާލިއެވެ. ” ޔޫ އާރ ކްރީޕީ” ޒާޔާ މެސްޖްއަށް ރިޕްލައިކޮށްލިއެވެ. ” ޔޫ އާރ ދަ ޕްރިޓިއަސްޓް ލޭޑީ އައި ހޭވް އެވަރ ނޯން” އަމާން ގެ މެސެޖް އިން ޒާޔާގެ މޫނަށް ހިނިތުންވުމެއް ގެނެސްފިއެވެ. ނަމަވެސް އޭނާ މާ ހުޝިޔާރެވެ. ” ޑޫ ނޮޓް ފްލާރޓް ވިތް މީ އޭ ކިޔާފައި ޒާޔާ މެސެޖް ކޮށްލުމަށްފަހު ކޮޓަރިން ނިކުތީ ގޭގެ ބެލް އާޅާލި އަޑަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Xeesh

Level 110 Stories

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (9)

Next

ރާސްތާ 34

Next
September 9, 2018

ރާސްތާ 34

Previews
September 9, 2018

ބުނާށެ ލޯބި ނުވަނީހޭ (9)

14 Comments!

  1. Hudher says:
    September 9, 2018 at 2:49 pm

    Woooow v v v v rythi mi stry…….maasha allah????? kyp it up dear?

    1. Xeesh says:
      September 9, 2018 at 3:05 pm

      Thankyou Hudha … 🙂

  2. Hudher says:
    September 9, 2018 at 2:50 pm

    Nd me first dhw…… yahhhhhh????

    1. Xeesh says:
      September 9, 2018 at 3:07 pm

      keep on reading … and yes you First 🙂

  3. Azuna says:
    September 9, 2018 at 4:47 pm

    Nice❤❤…week ga kithah dhuvahu up kohdhenee

    1. Xeesh says:
      September 10, 2018 at 1:09 pm

      thanks Azu… mivaahaka update vaanee SUNDAY, TUESDAY , THURSDAY … ekamu liyevey varakun ithururah upkuramundhaanee

  4. naash says:
    September 9, 2018 at 7:28 pm

    vvvv nice feshn maasha allah.. and keep up the gud work dear…..

    1. Xeesh says:
      September 10, 2018 at 12:02 pm

      Thanks Naash 🙂

  5. Hudher says:
    September 9, 2018 at 9:11 pm

    Hey sis…..kihinehthrrr??

  6. maya says:
    September 9, 2018 at 9:40 pm

    vv reeethi feshun hope story nimendhen genesdheyne kamah

    1. Xeesh says:
      September 10, 2018 at 12:03 pm

      Thankyou … Story Nimendhen genesdheynan…

  7. Aish maaya says:
    September 9, 2018 at 10:42 pm

    Eelam story ge baakii huri baii thah up nukuranii keehvetha? Konirakun e story up kuran fashany

  8. Blue says:
    September 13, 2018 at 10:01 pm

    Eelaam story nimendhen up kohladheebah.. vaki hisaabakah gossa story up nuvanyaam kihaa foohi.. ☹️

  9. Mau says:
    September 19, 2018 at 4:06 pm

    Asluvx eelam story nunimma aneh story feshy kada mihn vanya

Comments are closed.

Next Episodeސޫރަ ތިއޭ-2←


All Right Reserved!