Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 14

Sh@_n@ Level 410 Stories100 Comments100 Login
September 10, 2018 6 Mins Read
17 Comments

އަރުޝް ހުރީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ސާރާގެ ލޯބި ހޯދަން އަޒުމު ކަނޑައަޅައިގެންނެވެ. އަނެއްކޮޅުން ނަޢުހާ މަސައްކަތް ކުރަމުންދިޔައީ އަރުޝް އަތުއަޅުވާލާނެ ގޮތެއް ފެނޭތޯއެވެ. އެންމެ ފުރަތަމަވެސް ޖެހޭނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެގެޔަށް ދާންކަން ވިސްނުމާއެކު ޝާނިމްގެ ގެއަށް ކުޑަގޮތަކަށް ތައްޔާރުވުމަށްފަހު ދާން ނިކުތެވެ. އެވަގުތަކީ ނަޢުހާގެ މަންމަ ނައީމާ ގޭތެރެ ކުނިކަހަން ހުރި ވަގުތެވެ. ނަޢުހާ ފެނުމާއެކު ކޮންތާކަށް ތޯ ތިދަނީ ސުވާލުކުރީ ޖަވާބު ނުދޭނެކަންވެސް އެނގިހުރެއެވެ.

“މަންމަވެސް ދޯ،, ދެން ހުރިހާ ކަމަކަށް ނުބެހިބަލަ, ކުރަން ހުރި ކަންތަކަށް ސަމާލުކަންދީބަލަ, ފިޔަވަޅެއް އަޅާލެވެން ނެތް ކޮންތާކަށްހޭ ސުވާލުކުރާވަރުން, އަމިއްލަ މިނިވަންކަމެއްވެސް ނުލިބޭނެ, އަމިއްލަ ކަންތަކާ ބެހިބަލަ, ވަރަށް ފޫހިވޭ”މިހެން ބުނެ ބާރު ހިނގުމުގައި ގެއިން ނިކުމެގެން ދިޔައެވެ. ނައީމާ ލޮލުގެ ކޮއެ ފަދައިން ބަލާބޮޑުކުރި ދަރި އެގޮތަށް ރަހުމެއްނެތި ބޭރު ކޮއްލާ ކޮންމެ ބަހަކުން ނައީމާގެ ހިތް ދިޔައީ ވިރިގެން ފައިބައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަޢުހާގެ އުޅުން ގޯސް ކަމުން މާލޭގައި އޭނަ ހުންނަ ގޭ މީހުންނަށް ކެތް ނުވެގެން ރަށަށް ފޮނުވާލީއެވެ. ނައީމާގެ ދެމަފިރިން ނަޢުހާ އާ ދޭތެރޭ ވިސްނި ވަރަކަށް ދެމީހުންގެ ހާލު އެއްދުވަހުން އަނެއްދުވަހަށް ދަނީ ދަށްވަމުންނެވެ. އެކަމާ ނަޢުހާ ވިސްނާވެސް ނުލައެެވެ.

ފަރި ހިނގުމުގައި ޝާމިން ގޭ ދޮށަށް ނަޢުހާ ދިޔައެވެ. އެހެންނަމަވެސް ވަންނާކަށް ނުކެރުނެވެ. އެގޭ ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އިރުކޮޅެއްނުވެ ކޮންމެ ގޮތެއްވިޔަސް ވަރިހަމަކަމަށް އެގެއަށް ވަނެެވެ. ސަލާން ގޮވާ އަނގަ ވާޅުވީއިރުވެސް މީހެއްގެ ހަބަރެއް ނުވިއެވެ. އެހެންކަމުން މަޑުހިނގުމުގައި ގޭގެ ދޮރުން ނިކުތްތަނުން މީހެއްގެ ގައިގައި ޖެހުނެވެ. ކިހާދެރަ ކަމެއްހޭ ބުނެ އެމީހަކާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު ނަޢުހާގެ ދެލޯ ބޮޑުވިއެވެ.
ސާރާ ފެނިފައި ނަޢުހާ ބުނަން އުޅުނު ބަސް ވެސް ހަނދާން ނެތުނެވެ. ނަޢުހާ ފެނުމާއެކު ސާރާގެ މޫނުމަތިން ކަންބޮޑުވުން ފެންނަން ހުއްޓެވެ. ނަޢުހާ ސާރާއާ ދިމާލަށް އިނގިލި ދިއްކޮއްލުމަަށްފަހު “ޔޫ” އެހެންބުނުމާއެކު ސާރާ އެތަނުން ދިއުމަށް ހިނގައިގަތެވެ. އެހެންނަމަވެސް ނަޢުހާ ވަގުތުން ސާރާގެ އަތުގައި ހިފިއެވެ. ނަޢުހާ ހިފާފަ ހުރިލެއް ބާރުކަމުން ސާރާއަށް އޭނަގެ އަތެއް ނައްޓުވާ ނުލެވުނެވެ.
“ކަލޭ ހީކުރީ މަގޭ ކައިރިން ސަލާމަތް ވެވޭނެ ކަމަށްތަ, ނުވާނެ, މަގޭ އަތްދަށުން އެއްވެސް މީހަކު ސަލާމަތް ވުމަކީ ވާނެ ކަމެއް ނޫން, އެހެން ނޫނަސް ކަލޭ މިގޭގަ ކީއްކުރަނީ” ނަޢުހާގެ ކޮންމެ ލަފްޒަކުން ސާރާގެ ހިތް ދިޔައީ ކަފާ ކުދި ކުރަމުންނެވެ. އެ ނަފްރަތުގެ ބެލުމުން ސާރާ އަނދާ އަޅިއަށް ހަދަން އުޅޭކަހަލައެވެ.

“މި.. މި މި ހަ ހައްވަތަ ބުނެގެންންްން މަަަސައްކަ… ” އެހިސާބަށް ބުނުމާއެކު ނަޢުހާ ސާރާގެ ބަސް ހުއްޓުވިއެވެ.
“އޯހް.. މަށަށް އެނގިއްޖެ, ނޯކަރު މީހާ ތިޔައީ މަސައްކަތު ދޯ, ކީއްކުރާނީ, އެހާ ކުޑައިރުންސުރެ ވެސް އެ ޖެހެނީ މީހުންގެ އަޅަކަށް ވެގެން އުޅެން, ކުލާހުގަވެސް، އަހަރެން ހާދަ ރުޅިއާދެޔޭ ކަލޭދެކެ” ނަޢުހާގެ ނަފްރަތުގެ ކޮންމެ ބަހެއް އަމާޒުވެގެންދަނީ ނިކަމެތި ސާރާއަށެވެ. އަމިއްލަ ދިފާއުގައި ބަސްބުނާހާ ހިތްވަރެއްވެސް ސާރާގެ ކިބައަކު ނެތްކަހަލައެވެ އެހެންނަމަވެސް ވަރަށް ހިތްވަރު ކޮއްފައި ވާހަކަ ދެއްކޭތޯ ސާރާ މަސައްކަތްކުރިއެވެ. އޭރުވެސް ސާރާގެ އަތުގައި ހިފައިފަ ހުރި ތަން ހުރީ ހުރި ގޮތަށް އަރާފައެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އަތް ނައްޓުވާލަމުން ސާރާ އިސްދަށަށް ޖަހާލިއެވެ.

” ކީއްވެތަ ނަޢުހާ އަހަރެން ދެކެ ތިހާ ރުޅިއަންނަނީ, އަހަރެންގެ ކުށަކީ ކޮބާ? އަހަރެން ނަޢުހާއަށް ކޮން ދެރައެއް ދިނީ” ކުރެހިފައިވާ އަޑަކުން ލޮލުގެ ހިމަ ކޮޅުން ފައިބަމުން ދިޔަ ކަރުނަތަށް ފޮހެލަމުން ސާރާ އެހިއެވެ.

“ކަލޭގެ ކުށެއް ކަލެއަކަށް ނޭނގޭތަ, ކްލާހުގައި ވެސް ހުރިހާ ފިރިހެން ކުދިންގެ ދުލުގެ ކުރީގެ ސާރާ ސާރާ, އެންމެންވެސް ކަލޭގެ ރީތި ކަމުގެ ވާހަކަ, އެެންމެ ފަހުން އަދީލް ކައިރީ ރައްޓެހިވާން އެހީމަވެސް ބުނީ އެކަހަލަ ހިޔާލެއް ނުކުރަމޭ، އެކަމަކު އަހަރެންގެ މި ދެ ކަންފަތުން އެހީ ހަނީފް ކައިރީ ކަލޭ ސެޓް ކޮއްދޭށޭ ބުނި އަޑު, ކަލޭގެ ސަބަބުން މަށަށް އަދީލް ނުލިބުނީ, ކަލޭ ހީކުރީ އަހަރެން މާލެ ދިއައިމަ ސަލާމަތް ވީއޭތަ, ނުވާނެ, އެހެންނޫނަސް ރީތި ސިފައެއް ހުއްޓަސް އެއްވެސް މީހަކަށް ނުކެރޭނެ ގުޅޭކަށް, ތިހާ ނިކަމެތި މީހަކު ޖެހޭނީ އެކަހަލަ ނޯކިރީ ކަންތަކެއްނު ދޯ ކުރަން..ކާކު ނޯކަރަކާ ހިތާވާނީ, ހެހެހެހެހހހ… ނަޢުހާގެ އެ މަލާމަތުގެ ބަސްތަކުން ސާރާއަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އަނގަމަތީ އަތް އަޅައިގެން އެނބުރި ގެއަށް ދިއުމަށް ގޭގެ ބޮޑު ދޮރުން ނިކުންނަަން ދުއްވައިގަތެވެ. އެހެންނަމަވެސް ސާރާ ލައިގަތީ ގެއަށް ވަންނަން އައި އަރުޝް ގައިގައެވެ.

ސާރާއަށް އަރުޝް ދިމާލަށް ބަލާލި ވަގުތަކީ އަރުޝްވެސް ސާރާއަށް ބަލާލި ވަގުތެވެ. ސާރާގެ ކަރުނައިން ފުރިފައިވާ ދެލޯ ފެނުމާއެކު އަރުޝްގެ ހިތަށް ހީވީ ތޫނު ހަންޒަރެއް ހަރާލިހެންނެވެ. ކިހިނެއްހޭ ވީ އަހާލަން އަނގަ ހުޅުވާލިތަނުން ސާރާ ދުވެފަ އެތަނުން ނުކުތެވެ. އަރުޝްގެ ސިިކުނޑީގައި އެތަށް ސުވާލެއް ފުނިޖެހެމުން ދިޔައެވެ. ސާރާއަށް އެވީ ގޮތް ބަލަންދާން ކިތަންމެ ހިތް އެދުނަސް ހަވަނަ ހިއްސު ބުނެދެމުން ދިޔައީ ސާރާ ހަމައަކަށް އެޅެން ދޫކޮއްލުމަށެވެ.

އަރުޝް ގެއަށް ވަތްއިރު ނަޢުހާ ހުރިތަން ފެނުމާއެކު ނިއްކުރިއަށް ރޫ އަރައިގެން ދިޔައެވެ. ނަޢުހާގެ މޫނުމަތިން ފެނުނު ނުތަނަވަސް ކަން އަރުޝް އަށް ނަގައިގަނެވުނެެވެ. އެހެންނަމަވެސް އެއީ ޝާމިންގެ ރައްޓެއްސެއް ކަމުން އެއްޗެކޭ ނުބުނެ ގޭތެރެއަށް ވަންނަން ދިޔައެވެ. ނަޢުހާ އަށް އަރުޝް ފެނުމާއެކު ހަމަޖެހޭ ގޮތް ދައްކަމުން ހިނިތުންވެލިއެވެ. އަދި ކިހިނެއްހޭ އަހާލިއެވެ. ޖަވާބުގައި ޝާމިން އެބަ އާދޭ ބުނުމަށްފަހު މަޑުވެސް ކޮއްނުލާގޮސް ކޮޓަރިއަށް ވަނެވެ.

އަރުޝްގެ ޖަވާބުން ނަަޢުހާ ކައިރިއަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. އެހެންކަމުން އެންމެ އިރުކޮޅަކު ވެސް މަޑުކޮއްނުލާ ގެއަށް ދިޔަގޮތަށް ކޮޓަރިއަށްވަދެ ދޮރު ބަން ލާފައި ޖެހިއެވެ. އަދި އެނދުމައްޗަށް ގެންގުޅުނު އަތް ދަބަސް ހޫރާލުމަށްފަހު އެނދުމައްޗަށް ޖެހިގަތެވެ.
” އަރުޝް ކަލޭތީ ކާކު އަހަރެން ކުރި ސުވާލަށް ޖަވާބު ނުދީ ހުންނަން, އަހަރެން ދިޔައީ ޝާމިން ހޯދާކަށް ނޫނޭ، ބަލަން ހުންނާތި އަދި ތިޔަ އަރުޝް އަހަރެންގެ އަތު ތެރެއަށް ލާ ފިއްތާލާނަން, ތިޔަ އުޅެނީ މި ނަޢުހާގެ ހުރި ވަރު ނޭނގިގެން, ކުރަން ބޭނުން ކަމެއް ކޮއްފަ ނޫނީ ހުއްޓާނުލާނަން” ނަޢުހާގެ ކޮންމެ ލަފްޒެއް ވީ އަރުޝް އަށް އޮތް ބިރުވެރި އިންޒާރަކަށެވެ. އަންނަން އޮތް ކޮޅިގަނޑުގެ ބާރުގަދަ މިން އެކަކަށްވެސް ނޭނގޭ ކަހަލައެވެ.

ރިންގްވަމުންދިޔަ ފޯނަށް ނަޢުހާ ބަލާލުމަށްފަހު ޗޮކެއް ކަނޑާލިއެވެ. ފޯނު ރިންގްވުމަށްފަހު ކެނޑިއްޖެއެވެ. އަނެއްކާވެސް ރިންގްވާން ފެށުމުން އަނެއްކާ އަނެއްކަންތަކޭ ބުނެ ފަރުވާ ކުޑަ ގޮތަކަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.

“ބޭބީ ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ, ރަށަށް ދިޔައިން ސުރެ މި ގުޅަނީ، ރޭގަވެސް ހާދަ ވަރަކަށް ގުޅީމޭ” އެކޮޅުން އިވުނީ ފިރިހެނެއްގެ އަޑެވެ. ކުއްލިއަކަށް ނަޢުހާއަށް މޮޅު ހިޔާލެއް އައެވެ. ާއެހެންކަމުން ގިސްލަ ގިސްލާ އަނިޔާއެއް ލިބިފައިވާ މީހެއް ފަދައިން ރޯންފެށިއެވެ. “ލަވް, ސޮރީ, އަހަރެންނަކަށް މި ގުޅުން ކުރިއަށް ގެންދެވޭކަށް ނެތް, މަންމަ އާއި ބައްޕަ ގަބޫލެއްނޫން, އެމީހުން ނުގަބޫލު ކަމެއް ކުރާނެހާ ހިތްވަރެއްނެތް, އަހަރެން މަތިން ހަނދާން ނައްތާލާ” މިހެން ބުނެ އެކޮޅުން އެއްޗެއް ބުނުމުގެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. އަދި އެނދުމައްޗަށް ފޯނު ޖެހިއެވެ. އެ ނަމްބަރ އިން އެތަށް ފަހަރަކު ގުޅަމުން ދިޔައެވެ.

” ވާ ވާ.. އަހަރެންވެސް ހާދަ މޮޅޭ އެކްޓް ޖައްސަން، ޒިޔާދު ހީކުރާނީ އަހަރެން އަސްލަށްވެސް ރޮނީ ކަމަށް, ހެހެހެހ،،, އަރުޝް ހަނދާންކުރާތި, އަހަރެން އެބަހުރިން….

ވަގުތުތަށް ފާއިތުވަމުންދަނީ ހީނުކުރާހާ ހަލުއި މިނުގައެވެ. ހަވީރު އަތަށް އަޅާލުމާއެކު ކުޑަބޮޑު އެންމެން ހަވީރު ފިންޏަށް ހިނގާލުމަށް ކޮޅު ކޮޅު މައްޗަށް ހަރަކާތްތެރި ވަމުންދެއެވެ. ކުޑަކުދިން އެކުދިންގެ މަަންމަ ނޫނީ ބައްޕަގެ އަތުގައި ހިފައިގެން ހިނގަމުންދެއެވެ. ޒުވާން ފުރައިގެ ކުދިންތަށް ވޮލީ ކުޅުމާއި ފުޓްބޯޅަ ކުޅުމުގައި ހަރަކާތްތެރިވެއެވެ.

އޮއްސެމުންދާ އިރަށް ބަލަހައްޓައިގެން އެލުވާފައި ހުރި އުނދޯލީގައި އަރުޝް އިނެވެ. ނަޒަރު ސީދާ ވެފައިވަނީ އިރަށް ނަމަވެސް ސިކުނޑި ދަނީ އެކި ކަންކަމަށް ވިސްނަމުންނެވެ. ސިކުނޑިއަށް ބާރު ބޮޑުވުމާއެކު އުނދޯލީގައި އޮށޯވެލާ ހަމަޖެހިލިއެވެ އަދި ނިތްމަތީގައި އަތްބާއްވާލާ ދެލޯ މަރާލިއެވެ.

ލޯ މަރާލުމާއެކު އަރުޝްގެ ލޮލުގެ ކުރިމަތީ ސާރާއާއެކު ހޭދަކުރެވުނު ކޮންމެ މަންޒަރެއް ސިފަ ވަމުންދިޔައެވެ. ދެމީހުންގެ ނޭވާ އެޅޭހާ ގާތުގައި ތިބި މަންޒަރެވެ. ދެމީހުންގެ ލޮލަށް ގެއްލިފައި ބަލަން ހުރެވުނު މަންޒަރެވެ. އެހާ ކަައިރީގައި ވުމުން ހިތް އަވަސް ވަމުންދިޔަ ބާރުމިނެވެ. އަރުޝްގެ ގައިގައި ސާރާގެ ހަށިގަނޑު ބީހިލާ ކޮންމެ ފަހަރަކު ހިތަށް ކުރުވަމުންދާ އިހްސާސެވެ. އެހުރިހާ ކަމެއް އިހްސާސް ކުރެވުމާއެކު މަޑުމަޑުން އަރުޝްއަށް ހިނިތުންވެވުނެވެ.
އަދި މަޑުމަޑުން ރާގެއް އަނގައިން ލައްވާލެވުނެވެ. އަދި ބޭއިހްތިޔާރުގައި ކިޔާލެވުނެވެ.

ހިތުގެ އެދުމެކޭ މި ބީހިލީމަ އާވަނީ
ކޮންމެ މިނެޓަކުން ހިތޭ އަވަސްވަމުންދަނީ
**************************
އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ
މަޑުމަޑުން ހިތާ ކަލާ ސުވާލްކުރޭ
ކީއްވެހޭ ކުރިން ނުވާ ގޮތެއް ވަނީ
ކޮންމެ ހިއްސަކާ ވަކިން ސުވާލް ކުރޭ
**************************
ނާރުތަކުގެ ލޭ ހިނގާނެ ބާރަކީ ތިޔޭ
ލޭ ހިނގާ މިހިތުގަވާ އަރާމަކީ ތިޔޭ
މިހިތުގަވާ އަރާމަކީ ތިޔޭ.. ވާ އަރާމަކީ ތިޔޭ….
********************************
އަމިއްލަ ހިޔާލީ ދުނިޔޭގައި އޮތް އަރުޝްއަށް ކައިރީގައި ޝާމިންއާއި ހަމީދު ތިބިކަމެއް ނޭނގެއެވެ. ސިއްސައިގެން ގޮސް ތެޅިގަނެވުނީ ޝާމިން އަރުޝްގެ ކަންފަތުގައި ފުއްޓަތްކެއް ޖެހުމުންނެވެ. ތެދުވިގޮތަށް ބަލާލިއިރު ދެމީހުން ކުރިމަތީ ހޭން ތިއްބެއެވެ.
” ކޮންކަހަލަ މަސްތެއްގަ ތި އޮތީ”. ދިމާކުރުމުގެ ގޮތުން ހަމީދު އަރުޝްއަށް އެއްލޯ މަރާލަމުން އަހާލިއެވެ.
“ސާބަސް ތި މީހުންނަށް ހީވަނީ އަހަރެން މިހެން އޮތިއްޔާ ކޮންމެސް ކަމެއްގައޭ, ތިޔެއް ނޫނޭ އެބަޖެހޭ މާލެ ޖައްސާލަން, މިއަދު ގުޅާފަ ޗުއްޓީގެ ވާހަކަވެސް ބުނިން, ދެން އެނގެއެއްނު, މިވަގުތަށް ޗުއްޓީ މުހިންމުވާނެ ވަރު, ހިނގާ އަވަހަށް ދާން, އޭރުން އާދެވޭނީ, އަހަރެމެންވެސް އޮފީސްގެ ކަންތަށް ރަނގަޅަށީ ބެލީމެއްނު, 3 މީހުން މަދު އިރު, އެހެންވީމަ އަހަރެމެން ނެތަސް އެމީހުންނަށް ވާނެ” އަރުޝް އެއް ނޭވާއިން ހުރިހާ އެއްޗެއް ފައްޗަކަށް އަމުނާލިއެވެ.
“ހެހެހހ, އަހަރެމެން އެއްޗެކޭ ކިޔާފާނެތީތަ އެއްފައްޗަކަށް ތި އަމުނާލީ, އަހަރެމެން އެއްވެސް އެއްޗެކޭ ނުކިޔާނަން, އެކަމް އެއްޗެއް ދައްކަފާނަންދޯ” ޝާމިން ހަމީދުއަށް ދޯ އަޅާލަމުން ބުނެލިއެވެ. ހަމީދު ބޮލުގެ އިޝާރާތުން އާ އެކޭ ބުނެ ބޯ ޖަހާލިއެވެ. އަރުޝް ކޯއްޗެއްހޭ އަހާލުމާއެކު ޝާމިންގެ ފޯނުގެ ވީޑިއޯއެއް އަރުޝްއަށް ދައްކާލިއެވެ. ވަގުތުން އަރުޝްއަށް ކޮން އިރަކު ހޭ އަހާލެވުނެވެ.
“ސާބަސް, އެހެންވީމަ އަހަރެން ބުނީ މަސްތުގަ ޖެހިފައޭ, ހެހެހ” ހަމީދު ހެމުން ހެމުން ބުންޏެވެ. “މައްސަލައެއްނެތޭ, ކިހާ ރީތިތަ ލަވަ ކިޔާލެއް, އަރުޝް އަރުޝްގެ ދިފާއުގައި ބުނެލިއެވެ.

“ހޫމް ހޫމް, އެވާހަކަ މިދައްކަނީ, ޔާމިން ވެސް ދުވަސްކޮޅަކުން ލަވަ ކިޔުން ހުއްޓާލާނެ ކަންނޭނގެ ދޯ, އަރުޝްއަށް ނޭނގުނޭ ދެންމެ އަހަރެމެން އައިސް ވީޑިއޯ ކުރިއިރުވެސް, އަމިއްލަ ދުނިޔޭގަ, ސާރާ ނޫނޭ ވަރުގަދަ ޖާދުލެއް ޖައްސައިފި މި ސޮރަށް, ދުވަހަކުވެސް ޗުއްޓީ ނުނަގާ މި މައުސޫމް ކުއްޖާ ޗުއްޓީ ނަގާ ވަރުވެސް ކޮއްފި, ” ޝާމިން އަރުޝްގެ ބޮލުގައި ފިރުމާލަމުން އެހެން ބުނުމާއެކު ހަމީދުގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

“ތިޔެއް ނޫނޭ ސާރާއޭ ބުނީމަ މި ހަނދާންވީ”މިހެންބުނެ މިއަދު ހިނގާދިޔަ ކަންތަށް ކިޔައިދިނެވެ. “އެހެންތަ, އެހެންވީމަ އޭނަ ދެރަވަނީ, ދެން ހަދަންވީ ގޮތަކީ އޭނަ އަށް އަންގާވެސް ނުލާ ދޭ, އޭރުން ދެން އެނގިދާނެތާ, ހަމީދު އެހެންބުނުމާއެކު ޝާމިންވެސް އެކަމަށް އެއްބަސްވިއެވެ. އެމީހުންނަށް ސާރާ ރުއީ އަރުޝް ދާން އުޅޭތީ ކަމަށް ނިންމިއެވެ. އަސްލު ހަގީގަތް އެމީހުންނަކަށް ނޭނގެއެވެ.

އަށެއްގެ ހަބަރަށްފަހު ތިން މީހުން ރޭގަނޑުގެ ކެއުމަށް ތައްޔާރުވިއެވެ. ކެއުމުގެ ތެރޭން ބައިވަރު ވާހަކަ ދެކެވުނެވެ. އިރުކޮޅެއްނުވެ ސާރާއައިސް ވަނުމާއެކު އެމީހުން ދައްކަން ތިބި ވާހަކަ ހުއްޓާލިއެވެ.
“އޭ އަރޫ، އަދިވެސް ނުބުނަމެއްނު ކޯއްޗެއްކަން އެންމެ މީރީ, ދިއުމުގެ ކުރިން މީރު އެއްޗެއް ކާންދޭން ވެގެން ކަމަށް މި އަހާލީ” ހަމީދު އަރުޝްގެ ފައިގައި ކޮއްޓާލުމަށްފަހު, އަރުޝް ބަލާލުމުން ނިތް އަރުވާލަމުން އަހާލިއެވެ.
” ނަސީބެއްނު ތިހާވަރަށް ވިސްނާ މީހަކު ހުރިކަން, އެހެންވީމާ އަހަރެން ބޭނުންވަނީ ބަރަބޯ މިރުހުގަ ހިކި ކޮއް ކާން, ވަރަށް މީރު އެއްޗެއް އެއީ”މިހެންބުނެ ޒިންކް ކައިރީ ފުރަގަސް ދީގެން ހުރި ސާރާއަށް ބަލާލިއެވެ.
“އޭ މަ އެބަޖެހޭ ފޯނެއް ކުރަން, ތި މީހުން އާދޭ, އެއްކަލަ ފިހާރަ ދޮށަށް މިދަނީ” އަރުޝް ކައި ނިންމައި އިން ތަނުން ތެދުވަމުން ބުނެލިއެވެ. ހަގީގަތުގައި ސާރާގެ ކުރިމަތީގައި އުޅެން އަރުޝްއަށް އުނދަގޫވަނީއެވެ. އަނެއްކޮޅުން ސާރާގެ ހިތަށް އެއްޗެއް ވިސްނައި ދެވޭތޯވެސް އެގޮތަށް ކަންތަށް ކުރަން މަޖުބޫރެވެ.

މެންދަމު 2 ޖެހިއިރުވެސް ސާރާއަކަށް ނުނިދެއެވެ. އަރުޝްގެ ހިޔާލްތަކުން ސާރާއަށް މިންޖްވެވޭ ގޮތްވަނީ ނުވެފައެވެ
“އަރުޝް ކީއްވެ އަބަދު ދާ ވާހަކަ ދައްކަނީ, އަހަރެންގެ މި ދެލޯ އަބަދު ތި ސޫރަ ދެކެން ބޭނުންވޭ, ހިތަށް ހާދަ ތަދުވޭ މިހެން އުޅެން, އަރުޝް ހީކުރީ އަހަރެންނަށް ފަސޭހަ ވެގެން ކަމަށްތަ މިހެން އުޅެނީ, އަރުޝްއަށް ނޭނގެނީ އަހަރެން އަރުޝްއަށް ގުޅިއްޖެ ނަމަ އަރުޝްއަށް ވާނެ ގޮތް، އަރުޝްގެ ރައްކަލަކަށޭ މި ގޮތަށް ކަންތަށް ކުރަން ޖެހެނީ, އެ ނަޢުފަލް ނެތް ނަމަ, އަހަރެން އުފަލުން އަރުޝްގެ ހުށައެޅުން ގަބޫލް ކުރާނަން, އިންތިހާއަށް ލޯބިދޭނަން, އެކަމް މިއަދު އަހަރެންނަށް މަޖުބޫރު އަރުޝް ގެ މާޔޫސްވެފައިވާ މޫނު ބަލަން, އަހަރެންގެ ހިތް ހީވަނީ ހުއްޓިދާނެހެން އަރުޝް, ވަރަށް ބޮޑަށް ލޯބިވޭ, ފުރާނަ ހުރިހާ ހިނދަކު ވާނަން” ސާރާގެ ހިތުގެ ޝަކުވާ ކަރުނައިގެ ސިފައިގައި ބޭރުކޮއްލިއެވެ. އަޑު ވީއްލާ ރޯން ކިތަންމެ ބޭނުންވިޔަސް ސާރާގެ މަންމަ ކައިރީގައި އޮތުމުން އަޑު ވީއްލާ ރޯކަށް ނުކެރުނެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލުމަށްފަހު އާފިޔާ އެނބުރި އޮތް ފަޅިއަށް އެނބުރުނެވެ. އަދި ކުޑަކުއްޖަކު ފަދައިން އާފިޔާގެ ގައިގަ ބައްދާލަމުން ދެލޯ މަރާލިއެވެ.

ފަތިހުގެ ބަންގީގެ އަޑަށް ސާރާއަށް ހޭލެވުނެވެ. އެހެން ކަމުން އާފިޔާއަށް ގޮވުމަށްފަހު ނަމާދު ކުރުމަށް އަވަސްވެ ގަތެވެ. ނަމާދުކޮއް ނިމުމުން ގޭ ދޮށް ކުނިކަަހަންފެށިއެވެ. ކުނިކަހާ ނިންމާލުމަށްފަހު,
ސައިބޯން ރޮށި ފިހުމަށްފަހު, ހުރި ގަރުދިޔަ ފޮދު ލައިގެން ސައި ހެދުމަށްފަހު އާފިޔާ ކައިރީ ސައިބޯން ބުނެ އަވަހަށް ޝާމިން ގެއަށް ދިއުމަށް ހިނގައި ގަތެެވެ. އަވަސް ފިޔަވަޅުގައި ހިނގަމުން ދިޔަ ސާރާ ޝާމިންމެން ގޭ ދޮށުން ހުއްޓުނީ މީހަކު ގޮވާލި އަޑުއިވުމުންނެވެ. ފަހަތް ބަލާލި އިރު ޖެހިގެން ހުރި ގޭ އަހްމަދުއެވެ. ކިހިނެއް ވީ ހޭ އަހާލުމުން އަހްމަދު އައިސް ދިއްކޮއްލީ ސިޓީ އުރައެކެެވެ. ސާރާ ހައިރާން ކަމާއެކު ސިޓީ އުރައަށް ބަލާލިއެވެ. އެއްފަރާތުގައި ސާރާއަށް މިހެން ޖަހާފަ އިންތަން ފެނުމާއެކު ސާރާގެ ދެލޯ ބޮޑުވިއެވެ. ސާރާއަށް މިވީހާ ތަނަށް ސިޓީއެއް ލިބިފައި ނެތުމާއެކު ކާކު ދިން އެއްޗެއްހޭ އަހާލެވުނެވެ. އެކުއްޖާ ނޭނގޭ ކަމަށް ބުނެ ދިޔައީއެވެ. ސާރާ ސިޓީ އުރަ ކަނޑަމުން އެނގޭ ތެރެއަށް ވަނެވެ. އަދި ބަދިގެއަށް ވަދެ ގޮނޑީގައި ހަމަޖެހިލާ ސިޓީ އުރަ ކަނޑާލުމަށްފަހު ސިޓީ ނިއުޅާލިއެވެ. އެވަގުތު ޝާމިން އައިސް ވަނުމުން އަވަސް ހަރަކާތާ އެކު ސިޓީ ބޮނޑި ކޮއްލެވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ސޫރަ ތިއޭ-2

Next

ބުނާށެ ލޯބި ނުވަނީޙޭ (10)

Next
September 10, 2018

ބުނާށެ ލޯބި ނުވަނީޙޭ (10)

Previews
September 10, 2018

ސޫރަ ތިއޭ-2

17 Comments!

  1. maya says:
    September 10, 2018 at 7:58 pm

    yey im first ,,kiyaalaafa comment eh kohlaaanan..heheh

    1. maya says:
      September 10, 2018 at 8:08 pm

      vv reethi ekam kuru vvarah..bt hama habeys vv wait kohfin mi story up vey tho mihaaru..avahah aneh part up kohdhehchey …vv curious vey eba…;lurv yuh

  2. Reader says:
    September 10, 2018 at 8:06 pm

    Omg haadha reehchey.. Please, please please please please please please please please please please please please please please please please please please please please please please please please please avahah up kohdhyba ?

  3. Reader says:
    September 10, 2018 at 8:07 pm

    Please avahah upload kohba

    1. maya says:
      September 10, 2018 at 8:09 pm

      haha u second dhw

  4. Xuam says:
    September 10, 2018 at 8:27 pm

    Wow…. varah varah reethi…. waiting for the next part….

  5. Hudher says:
    September 10, 2018 at 8:33 pm

    Nyc dear…maasha alllah.. thankolheh dhigu kolla dhehchey next part…luv yah…whn next

  6. Sh@_n@ says:
    September 10, 2018 at 8:55 pm

    Thanks maya??❤❤

  7. Sh@_n@ says:
    September 10, 2018 at 8:57 pm

    Sry all readers. Ihye sha_na story up kuran fonuvaifin. Irukolhakaa beley up vehje thw. Sry for late

  8. Sh@_n@ says:
    September 10, 2018 at 8:59 pm

    I am trying dear. V happy vey wait kuraathy ingey reader??❤❤

  9. Sh@_n@ says:
    September 10, 2018 at 9:00 pm

    ??❤❤thanx xuam dear?❤❤?wait kuraathi ingey

  10. Sh@_n@ says:
    September 10, 2018 at 9:02 pm

    Luv u 2 Hudher. ❤?❤?❤

  11. Naju says:
    September 10, 2018 at 9:45 pm

    Masha Allah vvvvvvvvv nice n intresting mihaaru mi story.. Waiting for the next… ❤❤❤❤❤❤❤❤?????????

  12. Sh@_n@ says:
    September 10, 2018 at 10:28 pm

    Thanx alot naju… ❤❤❤?????

  13. Ishaa says:
    September 10, 2018 at 10:31 pm

    Vara reeti koniruku next part…. aavaha up kodheychey ingey ….

  14. Unknown girlll.. says:
    September 10, 2018 at 11:08 pm

    V. Reethi ,keep up the good work ???luvya❤❤❤ keep smiling???

  15. Fan says:
    September 12, 2018 at 11:23 am

    Vrh reethi….lve you

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 15←


All Right Reserved!