Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 13ވަނަބައި

Anha Level 110 Stories100 Comments
September 8, 2018 8 Mins Read
25 Comments

ކެއުމައިގެން މަޝްއޫލުވެފައި އިން އާލިމް ހުއްޓުންއެރީ ކާގެއަށް ވަދެގެންއައި އަންހެންކުއްޖާފެނިއެވެ. ކަރުގައި އަނގަޔަށްލީ ބަތްކޮޅުވެސް ތާށިވިކަހަލައެވެ. ދިރުވަން ނޭނގިފައި އިން އާލިމް ކޮށިއަރަން ނެގީ ސިކުންތުކޮޅެކެވެ. ކޮށިއަރައިގެން މީހާގެ ލޮލާއި ނޭފަތުން ފެންއައި އިރުވެސް އާލިމްއަށް ހުރީ ކުރިމަތިން ފެންނަމުންދިޔަ ކަންތައް ގަބޫލުނުކުރެވިފައެވެ.

އެއީ ހަމަ އެމޫނެވެ. އެ މައުސޫމު ކަމެވެ. އެ މޫނު ފެނި އާލިމްގެ ނިދި ގެއްލުވާލި ކުއްޖާއެވެ. އައިކާއެވެ. އައިކާ އަކީ އިދާންގެ ކޮއްކޮހެއްޔެވެ. އެދުވަހުގެ ފަހުން އައިކާ ފެނިދާނެ ކަމަކަށް އާލިމް ހިޔެއްނުކުރެއެވެ. ނަމަވެސް ކުރިމަތީގައި ހުއްޓިގެން އެހުރީ ހަމަ އައިކާއެވެ. ނޫކުލައިގެ ޓީޝާޓަކާއި ޑިޒައިން ހަރުވާޅެއް ލައިގެން ހުރިއިރު އައިކާ ހާދަ ލޯތްބެވެ. އެ ފަން އިސްތަށިގަނޑު ހާވާލައިފައި ހުންނައިރު ހާދަ ރީއްޗެވެ. ތަގުދީރުގެ ނިންމުން ނިކަން ދެކެބަލާށެވެ. ފަހަރުގައި މިއަދު މިގެއަށް ކާން އާދެވުނީ އާލިމްއަށް އައިކާ ފެންނަންކަމަށް ވެދާނެއެވެ.  އައިކާ ފެނޭތޯ އެދުވަހުގެ ފަހުން އާލިމް ވަރަށް މަސައްކަތްކުރިއެވެ. ފޭސްބުކުން އައިކާގެ ނަންޖަހައިގެން ފެނޭތޯވެސް އާލިމް ބެލިއެވެ. މަގުމަތިން ދާއިރު އައިކާ ފެނޭތޯ މަގުމަތި ބަލައި ހޯދެއެވެ. ނަމަވެސް މިހާރު އާލިމްގެ ކުރިމަތީގައި އެހުރީ އައިކާއެވެ. އެމޫނު ދެކިލުމަށް އާލިމްގެ ހިތްއެދޭ މޫނެވެ. “އައިކާ”. އާލިމްއަށް މަޑުމަޑުން ކިޔައިލެވުނެވެ.

ކާގޭތެރެއަށް ވަދެގެންއައި އައިކާގެ ދެލޯ ބޮޑުވީ ކާންއިން އާލިމްފެނިފައެވެ. އެއާރޕޯޓުން ފެނުންފަހުން އައިކާގެ ހިތުން އާލިމްގެ ސޫރަފިލައެއް ނުދެއެވެ. އާލިމް ދެކިލުމަށްޓަކައި އެހިތް އެދޭވަރު އިނގޭނީ ހަމަ އޭނާއަށެވެ. ބޭރަށްނިކުތް ކަމުގައިވިޔަސް އާލިމްފެނޭތޯ އައިކާއަށް ބެލެއެވެ. މިކަހަލަ ގޮތަކަށް އާލިމްއާއި ދިމާވެދާނެ ކަމަކަށް އައިކާ ހީކޮށްފައެއްނެތެވެ. ހުއްޓުންއަރާފައިހުރި އައިކާއަށް ހަމަބިމަށް ފޭބުނީ އިދާން ފެންތައްޓެއް ގެންނަންބުނުމުންނެވެ. އޭރު އާލިމް ކޮށިއަރައިގެން ދެލޮލުންނާއި ނޭފަތުން ފެންއާދެއެވެ. އައިކާ އަވަހަށް ފެންތައްޓެއް އިދާންއަށް ދިއްކޮށްލިއެވެ. އާލިމްގެ ބުރަކަށީގައި ތަޅައިލުމަށްފަހު އިދާން އެ ފެންތަށި ދިއްކޮށްލިއެވެ. އިދާން ދިއްކޮށްލި ފެންތަށީގައި ހިފުމަށްފަހު އާލިމް އެއްނޭވައިން އެ ބޯލިއެވެ. މިތަންފެނި އައިކާގެ ގާތަށް ހިނިއައެވެ. އާލިމްގެ ކޮންމެ ހަރަކާތެއް ދިޔައީ އައިކާގެ ހިތާއި ކުޅެމުންނެވެ. “ލީމޯ ކިހިނެއް ތިހެދީ؟ ކިރިޔައި އެންނު މީހާ މަރުނުވީ. އޯކޭތަ މިހާރު؟ އަނެއްކައި ނޭވާލާން އުނދަގުލެއް ވޭތަ؟” ހަމަޔަކަށް އެޅުން އާލިމްފެނި އިދާން ކަންބޮޑުވެފައި އަހައިލިއެވެ. އާލިމްގެ ނަޒަރު ވަގުތުންގޮސް ހުއްޓުނީ އައިކާއަށެވެ. އައިކާ ވަގުތުން އިސްޖަހައިލިއިރު އެ ކޯތާފަތް ލަދުން ރަތްވެގެން ދިޔައެވެ. ލަދުގަތް އައިކާފެނި އާލިމްގެ ގާތަށް ހިނިއައެވެ. “ކަރުގައި އަޅައިގަތީ މާބޮޑަށް. މިހާރު އޯކޭ. އިރުކޮޅަކުން ހަމައަކަށް އެޅޭނެ. ސޯ މީތަ އިދީގެ ކޮއްކޮއަކީ؟” އިދާންއާއި ދިމާލަށް ނަޒަރެއް ދެމުން އާލިމް އަހައިލިއެވެ. “ޔެސް. މިއީ އައިއްކޮ. އައި މީން އައިކާ. އަހަރުމެން ކިޔަނީ އައިއްކޮ. މިއީ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮ. މިގޭ ޕްރިންސަސް މީ. ” ހެވިފައި އިނދެ އިދާން ބުނެލިއެވެ. އިދާންގެ ވާހަކައިވި އާލިމްގެ ހިތް ނުތަނަވަސްވިއެވެ. އައިކާ ލިބިއްޖެނަމަ އެގުޅުމަށް އިދާން ގަބޫލުވާނެބާވައެވެ. “ކަމްއޯން އާލިމް. ކީއްވެތަ އިދީ ގަބޫލުނުވާނީ.” އާލިމް އަމިއްލަ ނަފްސު ހަމައަކަށް އެޅުވޭތޯ ބަލަމުން އައިކާއާއި ދިމާލަށް ބަލައިލިއެވެ. “ހާއި. އައިއެމް އާލިމް.” ސާލަމަށް އަތްދިއްކުރަމުން އައިކާއަށް ބުނެލިއެވެ. ލަދުންހުރެފައި އައިކާ ސަލާމްކޮށްލިއެވެ. “އައިކާ.” އައިކާގެ ޖަވާބު ވަރަށް ކުރެވެ. ލަދުން ކަންނޭނގެއެވެ. ބަދަލުގައި އާލިމް ރީތި ހިނިތުންވުމެއް އައިކާއަށް ރައްދުކޮށްލިއެވެ. އެވަގުތު އިދާން އިތުރަށް އާލިމްއާއި ބެހޭގޮތުން އައިކާއަށް ކިޔައިދިނެވެ. އޭޑީކޭއިން ދިމާވިގޮތާއި މަސައްކަތް ކުރަނީ އެކީގައިކަން ކިޔައިދިނެވެ. ވަރަށްގިނައިރު ވާހަކަ ދައްކަންތިބެފައި އިދާންމެން ނުކުތީ ބްރޭކްގަޑި ހަމަވާން ކައިރިވެފައި ހުރީމައެވެ. ދާން ނުކުންނަމުން އާލިމް ފަހަތަށް ބަލައިލީ އައިކާ ހުރިތޯއެވެ. އެވަގުތު އެދިމާލަށް ބަލަންހުރި އައިކާފެނި އާލިމް އެއްލޯ މަރައިލިއެވެ. އާލިމްގެ މިއަމަލުން އައިކާގެ ހިތް އުފަލުން ނަށައިލިއެވެ.

*************

ރޭގަނޑުގެ ހިތްގައިމު ވަގުތެވެ. ފަޒާގެ ފިނިކަމުން ގައިން ހީބިހި ނަގާވަރު ވެއެވެ. ހަނދުވަރުދޭ ރީތި ރެޔެއްކަމުން މުޅިތަނަށްވަނީ އަލިކަމެއް ފެތުރިފައެވެ. އުޑުގައި ފިޔަޖަހަމުންދާ ތަރިތަށްފެނި ގުދުރަތުގެ ފުރިހަމަކަން ހާމަވެގެންދެއެވެ. އަލަން ކޮފީ ޖޯޑެއް ހިފައިގެން ޓެރަސް މަތީ ސޯފާގައި އެއްލާފައި އޮތެވެ. ފޯނުން ލާނާގެ ފޭސްބުކް ޕްރޮފައިލް ހާވަމުންދިޔައިރު މޫނުމައްޗަށް އަރައި ފައިބަމުންދާ ކުލަވަރުތަކުން ހިތްހަމަނުޖެހިފައި އޮތްކަންއިނގެއެވެ. ފޯނަށް ގެއްލިފައި އޮތްވަރުން ފަހަތުން ވެދެގެންއައި ހުޒާމްއާއި އާލިމްއެއް އަލަންގެ ލޮލުގައި އަޅައެއްނުގަތެވެ. “އައްދޭ. މިހާރުން ފެށިގެން އަންހެނުންގެ ޕްރޮފައިލް ސްޓޯކް ކުރަން ފެށީ ދޯ؟” ސަމާސާގޮތަކަށް އާލިމް އަހައިލުމުން އަލަން ސިހިފައި ކުރިމައްޗަށް ބަލައިލިއެވެ. އޭރު ހުޒާމްއާއި އާލިމް ކުރިމަތީގައި ހުރި ގޮނޑީގައި އިށީންނަނީއެވެ. ބުނާނެ އެއްޗެއް ނޭނގުމުން އަލަން ބޯ ކަހައިލިއެވެ. “އަލަންޓޭ ކޮބާތަ އިހުސާސްތަކަކީ ކައިވެނި ކުރެވޭތީ؟” މަޖާވެފައި ހުޒާމް އަހައިލިއެވެ. “ހަހަހަ.. ވެރީ ފަނީ ޒިމީ.. ބޭބެ ކަމަކުތަ މާ ކުއްލިއަކަށް ތިއައީ؟” މޫނަށް ވައްތަރު ޖައްސައިލަމުން އަލަން އަހައިލީ އާލިމްގާތުއެވެ. “އައްދެ މިހާރު ބޭބެއަށް އަލަން ކައިރިއަށް އާދެވެން ޖެހެނީވެސް ކަމެއް އޮވެގެންތަ. ހެހެ.. އަސްލު އެއްޗެއް އަހައިލަންވެގެން މިއައީ. އެންޑް ޒިމީ އަލަން ހޯދަން އައިމަ އޭނަ ގޮވައިގެން މިތަނަށް އައީ.. އޯކޭތަ ބޭބެގެ ފްރެންޑަކަށް މާދަން ޕާޓީއަށް އަންނަން އިންވައިޓް ކުރިޔަސް؟” އާލިމް އެތަނަށްއައި ބޭނުން ހާމަކޮށްލިއެވެ. “ބޭބެ ނުޖެހޭނެ ދޯ އަހާކަށްވެސް ތިސުވާލު. ބޭބެ ބޭނުން މީހަކަށް އިންވައިޓް ކުރޭ. އާލާ ކައިރީވެސް ބުނިން ބޭނުން ރައްޓެއްސަކަށް އިންވައިޓް ކުރާށޭ. އާފްޓާރ އޯލް އަހަރެންގެ ކައިވެނި ދޯ.” އަލަން ބުނެލިއެވެ. އާލާގެ ނަންބުނުމުން ހުޒާމްގެ ހިތަށް ގޮތްވިއެވެ. އަލަން ހޯދުމުގެ ބަހަނާގައި ހުޒާމް ބޭނުންވީ އާލާގެ މޫނު ދެކިލާށެވެ. ނުފެންނަތައި ގިނަދުވަސް ވުމުންނެވެ. ހިޔާލަށް ގެއްލިފައި އިން ހުޒާމް ސިހުނީ އާލިމް އޭނާގެ ކޮނޑުގައި ދަނީއޭ ކިޔައި ޖަހައިލުމުންނެވެ. “ސޯ އަލަންޓެ. ކޮބާ ލާލާ؟” ހުޒާމް ސުވާލުކޮށްލިއެވެ. ލާނާގެ ނަން އަޑުއިވުމާއެކު އަލަންގެ ދެބުމަ ގޮށްޖެހުނެވެ. “މަށަކަށް ނޭނގެ. ގޭގަ ކަންނޭނގެ ވީ.” ފަރުވާކުޑަގޮތަކަށް އަލަން މިހެން ބުނުމުން ހުޒާމް ހިތްހަމަނުޖެހުނެވެ. “އަލަން. އިނގޭ ދޯ ތިނެގެނީ ވަރަށް ބޮޑު ސްޓެޕްއެއްކަން. އަލަންއަށް އުޅެވޭނެތަ ލާލާއާއި އިނދެގެން. މިހެން މިބުނީ ޔޫ ޑޯންޓް އީވެން ލަވް ހާ. ޔޫ އާރ ޖަސްޓް ގެޓިންގް މެރީޑް ޖަސްޓް ޓު ގެޓް ރިވެންޖް ފްރޮމް ހާރ. އެއީ ބައެއްގެހުރި ހަމަ އެކަނި ދަރި. އޭނާއަށް ދެރައެއް ނުދޭތި. އަދިވެސް ވަގުތު އެބައޮތް. މިކައިވެނި ހުއްޓުވޭނެ އަލަންޓެ ބޭނުމިއްޔާ. ” ހުޒާމް ބެލީ އަލަންއަށް ވިސްނައިދެވޭތޯއެވެ. މިހުރިހައި ވާހަކަތަކެއް ކަނުލައި އަޑުއަހަން އިން އަލަންގެ ސިކުނޑިއަށް ބާރުވިއެވެ. ލާނާ ކައިރިން ބަދަލުހިފަން އޭނާ ބޭނުމެވެ. އެކަމަށްޓަކައި އޭނާ ކޮންމެފަދަ ކަމެއްވެސް ކުރަން އެހެރީ ތައްޔާރަށެވެ. ނަމަވެސް ހުޒާމް އެދެއްކި ވާހަކަ ތަކުން އަލަންއަށް އެހައި އުނދަގޫވަނީ ކީއްވެހެއްޔެވެ.؟ “ޒިމީ އަހަންނަށް މިކަން ވާނެ. އަހަރެންވެސް ލާނާއަށް އެކަހަލަ ދެރައެއް ނުދޭނެ އެންނު.” ހާސްކަން ފޮރުވަމުން އަލަން މިހެންބުނިއިރު އަޑުއަހަން އިން މީހަކަށް ހީވާނީ އެއީ ތެދެއްކަމަށެވެ. ހަގީގަތް އިނގޭނީ އަލަންއަށެވެ. އަލަންގެ އެކްޓުކުރުން އެހައިވެސް މޮޅެވެ.

****************

ނުނިދިގެން އެނދުގައި ފުރުޅެންއޮތް ލާނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮއްސާނެ ހެންނެވެ. މާދަމާ ލާނާ ވެގެންދާނީ އެހެން މީހެއްގެ ހައްގަކަށެވެ. މުޅިއުމުރަށް އިދާން ގެއްލުނީއެވެ. މުޅިއުމުރަށް އަލަންގެ މީހަކަށް ވަނީއެވެ. އުޅެންޖެހޭނެ ހާލެއް އިނގެނީއެއް ނޫނެވެ. ލާނާގެ ލޮލުން ކަރުނަ ނުހިކެއެވެ. އިދާންގެ އަޑު ފަހުފަހަރަށް ނަމަވެސް އަހާލައި ހިތްވަނީއެވެ. “ނޯ ލާލާ. އަލަންއާއި ކައިވެނި ކުރާކަންނު ތިއުޅެނީ. މޫވް އޮން.” ރޮމުން ލާނާ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ ބެލިއެވެ. ނަމަވެސް އެ ބަސްނާހާ ހިތެއް އެކަމެއް ގަބޫލެއް ނުކުރިއެވެ. ވަރަށް ވިސްނަން އޮވެފައި ލާނާ ފޯނުނަގައި އިދާންއަށް ގުޅައިލިއެވެ. މިކުރެވެނީ ކިހައިވަރެއްގެ ކަމެއްކަން ލާނާގެ ސިކުނޑިއަށް ވިސްނުންކަމުގައިވިޔަސް ހިތް އެކަން ގަބޫލުކުރާކަށް ތައްޔާރެއްނޫނެވެ. ފަހުން މިކަމުގެ ސަބަބުން ލާނާއަށް ވޭން އުފުލަން ޖެހޭނެކަން އިނގޭނެނަމައެވެ. ރިންގުވަމުންގޮސް ކެނޑުންއިރުވެސް އެކޮޅުން އިދާން ފޯނެއް ނުނެގިއެވެ. ލާނާ އިތުރަށް މާޔޫސްވުންނޫން ކަމެއްނުވިއެވެ. ފޯނު ނުނެގުމުން ވަކި ކޮންކަމެއް ހެއްޔެވެ. މެސެޖެއްނަމަވެސް ލާނާ ކުރަން ބޭނުންވިއެވެ. ލާނާ މެސެޖުލިޔަން ފެއްޓިއެވެ. “އައި މިސް ޔޫ އިދީ.. އަބަދުވެސް އުފަލުގައި ހުންނާތި.. ގުޑްބާއި”. މެސެޖު ލިޔުމަށްފަހު ލާނާ ސެންޑަށް ފިތައިލިއެވެ. ހިތުގައި ރިހުމެއް އުފެދިފައި ވީއިރު ލޮލުން ކަރުނަ ނުހިކުނެވެ. ލާނާގެ ލޮލުން ކަރުނަ ނުހިކުނުކަމުގައި ވިޔަސް އިދާން ސަލާމަތުން އުފަލުގައި ހުންނަނިކޮށް މައްސަލައެއްނެތެވެ. ލާނާއާއި އެކީގައި ނުވިނަމަވެސް މައްސަލައެއްނެތެވެ. އިދާންއަށްޓަކައި ލާނާ ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ. އެކަމުގެ ސަބަބުން ލާނާއަށް ކޮންމެފަދަ ވޭނެއް އުފުލަން ޖެހުނަސް ފަރުވާލެއްނެތެވެ. އެނދުމަތީ ގުޅައަކަށް ޖެހިގެން އޮވެގެން ލާނާ ރޮމުން ގެންދިޔައީ ހިތުގައި އަޅާވޭނެއްގެ ބޮޑުކަމުންނެވެ. މުޅި ކޮޓަރީގައި ލާނާގެ މަޑު ގިސްލުމުގެ އަޑު ހިފާފައި ވާއިރު އެއަޑުގައި ވީ ރިހުމެވެ. ވޭނާއި ކެކުޅުމެވެ. އެ މަންޒަރު ފެންނަ ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ލާނާއަށް ނިދުނީވެސް ރޯން އޮއްވައެވެ.

އެނދުގައި ނުނިދިފައި އޮތް އިދާން އޮތީ ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓައިގެންނެވެ. ރުޅިވިފަހުން އިދާންއަށް ލާނާ ގުޅި މިއީ ފުރަތަމަފަހަރެވެ. ފޯނު ނަގަން ބޭނުންވި ނަމަވެސް އިދާންއަށް އެކަމެއްނުވިއެވެ. ލާނާ ގުޅާތަންފެނި އިދާންގެ ހިތްއުފަލުން ނަށައިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އިދާންގެ ލޯ ކުރިމައްޗަށް އަލަންއާއި ލާނާ ބައްދާލައިގެން ހުރި މަންޒަރު ސިފަވެ ފޯނު ނަގާހިތް ނުވީއެވެ. “ކީއްވެ ލާނާ.. ކީއްވެ އަހަންނަށް ބޭވަފާތެރިވީ.. ކީއްވެ އަހަރެން ދޫކޮށްލާފަ އަލަން ކައިރިއަށް ދިޔައީ.” އިދާން އަމިއްލަ ނަފްސައި ވާހަކަ ދައްކަމުން ދިޔައިރު އެލޮލުގައި ވީ ރުޅިވެރިކަމެވެ. “ޔޫ ހޭވް ޓު އާންސާ މީ ލާނާ. އައިވިލް މޭކް ޔޫ ޑޫ ދެޓް.” އިދާންގެ ލޮލުން އަލިފާންކަނި ބުރަމުން ދިޔަކަހަލައެވެ. އޭނާ އަދިވެސް ލާނާ ދެކެ ލޯބިވެއެވެ. ނަމަވެސް އެލޯބީގެ މައްޗަށް ރުޅިވެރިކަންވަނީ ކުރިހޯދާފައެވެ. ލާނާގެ މެސެޖު ކިޔާފައި އިދާންގެ ހިތްއުފަލުން ފޮޅުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެބުމަ ގޮށްޖެހުނީ ލާނާގެ ބޭވަފާތެރިކަން ހިތަށް އަރާފައެވެ. ލާނާގެ ފަރާތުން އިދާން އަދި ޖަވާބު ހޯދާނެއެވެ. ގަދަކަމުން ވިޔަސް ހޯދާނެއެވެ. “ލާނާ. އައިއެމް ކަމިންގް.” ސީލިންގަށް ބަލަހައްޓައިގެން އޮވެ އިދާން އަމިއްލަ ނަފްސަށް ވައުދުވިއެވެ.

************

އާދުވަހަކަށް އިރުއަރައިގެން އައީ އެކިމީހުންގެ ހަޔާތަށް އެކި ކުލަޖައްސަމުންނެވެ. އިރު އޭގެ ވާޖިބު އަދާކުރުމުގައި އުޅުނެވެ. ދުވަހަކީ އުޑުމަތި ސާފު ރީތި ދުވަހެކެވެ. ހީވަނީ އަލަންއާއި ލާނާގެ ކައިވެންޏަށް އުޑުމަތިވެސް ޖަރީވެފައި އޮތްހެންނެވެ. ނިފައި އޮތް އަލަންއަށް ހޭލެވުނީ މީހަކު މޫނަށް ފެންއެއްޗެއް އަޅައިލުމުންނެވެ. ރުޅިއައިސްގެން ދެލޯ ހުޅުވައިލިއިރު ކުރިމަތީގައި ހުރި ޝާކިރުފެނި އަލަން ފުންމައިގެން ތެދުވިއެވެ. “ބަ.. ބައްޕާ.. މިދެން ކޮންކަހަލަ ސަމާސާއެއްތަ. ” ހިތްހަމަ ނުޖެހުނަސް މަޑުމައިތިރި ކަމާއިއެކު އަލަން ބުނެލިއެވެ. އެވަގުތު ހެމުން ހެމުން އާލިމް އާއި އާލާއާއި އާސިމާ ކޮޓަރިއަށް ވަނެވެ. އަލަން ވަގުތުން އާލިމްއާއި އާލާއަށް ލޯ އަޅައިލިއެވެ. “ބަލަ ނިދަންމިޔަރަކަށް ވެގެން ތި އޮންނަނީ މިއަދު މީ ދަރިފުޅު ކައިވެނި ކުރެވޭ ދުވަހޭ. އަވަހަށް ތެދުވެބަލަ.. ގަޑިން މިހާރު 12 ޖެހީއޭ. ” ޝާކިރު ހެމުން ހެމުން ވާހަކަ ދެއްކިއެވެ. އަލަން ފޯނުނަގައި ގަޑި ބަލައިލިއެވެ. ތެދެކެވެ. ގަޑިން މެންދުރު ބާރަ ޖެހީއެވެ. މިއަދަކީ އަލަންއާއި ލާނާގެ ކައިވެނި ކުރެވޭ ދުވަހެވެ. އަލަންގެ ތުންފަތާއި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. “އަދިވެސް ޑްރީމިންގަ އަހަރުމެންގެ ގްރޫމް މިއިނީ. ދޯ އާލާ.” އާލިމް އިތުރަށް އަލަންއާއި ދިމާކޮށްލިއެވެ. އެންމެން އެކީގައި ހޭންފެށިއެވެ.

ނިފައިއޮތް ލާނާއަށް ހޭލެވުނީ ހަސީނުއާއި ފާހިރާއައިސް ގޮވުމުންނެވެ. އުނދަގުލުން ލާނާ ދެލޯ ހުޅުވައިލިއިރު ފެންކަޅިވެފައި ތިބި ހަސީނުއާއި ފާހިރާފެނި ލާނާގެ ނިދި ފިލިއެވެ. ތެދުވެލުމަށްފަހު ލާނާ އެނދުގައި އިށީންދެލިއެވެ. “ދަރިފުޅު ރޮއެފަތަ؟” ތެތްވެފައިވާ ލާނާގެ އެސްފިޔަތަކަށް އިޝާރާތްކުރަމުން ފާހިރާ އަހައިލިއެވެ. ރޭގައި މާގިނައިރު ރޮއެފައި ހުރުމުގެ ސަބަބުން ލާނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އެސްފިޔަތަކުގައި ތެތްކަމެއް ހުރިއިރު ނިދީގައިވެސް އޮވެގެން ރުއީބާއޭ ލާނާގެ ހިތަށްއެރިއެވެ. “މަންމަމެން ދޫކޮށްފައި ދާން ޖެހޭތީ ދެރަވެގެން ރޮވުނީ” ލާނާ ދޮގެއް ހަދައިލިއެވެ. ދޮގު ހަދަން ޖެހުމުން ލާނާ ދެރަވިކަމުގައި ވިޔަސް ތެދަށް ކިޔައިދެވޭކަށް ނެތެވެ. ލާނާގެ ވާހަކަ އިވިފައި ފާހިރާ ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް އޮހެންފެށިއެވެ. ދަރިފުޅާއޭ ކިޔައި ބާރަށް ލާނާ ގައިގައި ބައްދައިގަނެގެން ފާހިރާ ރޯންފެށީ ދަރިފުޅު ލޯމަތިން ގެއްލޭތީއެވެ. ލާނާގެ އުމުރުން މިވީހައި ދުވަހު އުޅުނީ މަންމަމެން ކައިރީގައެވެ. ރަޝިޔާގައި ކިޔަވަން ހުރީވެސް ފާހިރާ ގޮވައިގެން ގޮހެވެ. ހުރި ހަމައެކަނި ދަރިކަމުން ފާހިރާ އަބަދުވެސް ގެންގުޅެނީ ލާނާ ވަރަށް ކައިރީގައެވެ. މީހަކައި އިނދެގެން ދަރިފުޅު އުފަލުގައި އުޅޭތަން ފާހިރާވެސް ދެކެން ބޭނުންވެއެވެ. ދަރިފުޅުގެ މޫނު ކޮންމެ ދުވަހަކު ނުފެންނާނެތީ ފާހިރާ ދެރަވަނީއެވެ. އެދަރިފުޅުގެ މޫނު ކޮންމެ ދުވަހަކު ހެނދުނު ދެން ފާހިރާއަކަށް ނުފެންނާނެއެވެ. ބޮލުގައި ފުނާ އަޅައިދޭން ބޭނުންވިޔަސް ދެން އެކަމެއްވެސް ނުވާނެއެވެ. ފާހިރާ ރޯތަން ފެނުމުން ހަސީނުގެ ހިތަށް ތަދުވިއެވެ. ނަމަވެސް މިއީ ދުނިޔޭގެ އާދައެވެ. އަންހެން ދަރި ބޮޑުވުމަށްފަހު ކޮންމެވެސް ދުވަހަކުން މައިބަފައިންނާއި ވަކިވެގެން އެހެން މީހެއްގެ ހިމާޔަތަށް ދާނެއެވެ. އަތުގެ ނުފުށުން ލޮލުން ވެއްޓުން ކަރުނަތިކި ފޮހެލަމުން ހަސީނު ބެލީ ފާހިރާ ހަމައަކަށް އެޅުވޭތޯއެވެ. “ފާހީ. ބަލަ އެމަންޖެ ރާއްޖެ ދޫކޮށް ދަނީއެއް ނޫނޭ.. ގަލޮޅަށޭ އެ ބަދަލުވަނީ. ލާލާ އަންނާނޭ މިގެއަށް. ފާހީ ދެން ތިހެން ރުއީމަ ލާލާ މާ ބޮޑަށް ދެރައެންނު ވާނީ.” ހަސީނު ބެލީ ފާހިރާ ހަމައަކަށް އެޅުވޭތޯއެވެ. ރޮވިފައި އިން ލާނާ ފާހިރާގެ ދެލޯ ފޮހެލަދިނެވެ. “މޯމް. ލާލާ އަންނާނަމޭ މިގެއަށް ކޮންމެ ދުވަހަކު އަލަން ބިޒީ ނުވަންޏާ. ކޮންމެ ދުވަހަކު ގުޅަންވެސް ގުޅާނަމޭ. މަންމަ ތިހެން ރުއީމަ ލާލާ މާބޮޑަށް ދެރަވޭ. ” ލާނާ ރޮވިފައި ފާހިރާއާއި ހަސީނުގެ ގައިގައި ބައްދާލިއެވެ. މައިންބަފައިން ދޫކޮށް، އުޅެބޮޑުވި ގެ ދޫކޮށް ދިއުމަކީ މިހައި ވޭންހުރި ކަމެއްކަން ލާނާއަށް އިހުސާސްވީ އަދިކިރިޔާއެވެ.

****************

ގަޑިން ރޭގަނޑު ހަތްގަޑި ބައިވީއެވެ. ލާނާ ކައިވެނީގެ ހެދުން ލުމަށްފަހު އިނީ މޭކަޕް ނިމެންދެންނެވެ. ހެދުން ދޮވެ ހުރިހައި ކަމެއް ކޮށްދިނީ ފާހިރާއެވެ. މޭކަޕް ކުރުމަށްޓަކައި ވަނީ މާލޭގެ އެންމެ އަގުބޮޑު މޭކަޕް އާޓިސްޓު ގެނެވިފައެވެ. ހެއާރ ސްޓައިލިސްޓަކުވެސް ވަނީ އެރެޔަށްޓަކައި ވަކިން ގެނެވިފައެވެ. މޭކަޕްކޮށް ނިމުމުން ލާނާ ތެދުވެ ހެދުމަށް ހާއްސަކުރެވިފައިވާ ހައިހީލްއަށް އަރައިލިއެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު ސިޓިންގްރޫމަށް ނުކުތެވެ. ކޮޓަރިން ނުކުތް ލާނާފެނި ސޯފާގައި ތިބި ހަސީނުއާއި ފާހިރާ ކޮޅަށްތެދުވިއެވެ. ހުދު ކުލައިގެ އަތްދިގު ގަޔަށް ހިފައިފައިވާ މާރމެއިޑް ކައިވެނީގެ ހެދުމުގައި ލާނާ ފެންނަނީ ޕަރީއެއް ހެންނެވެ. ކޮށްފައިވަނީ ލުއި މޭކަޕެކެވެ. އެ ބުޅި އިސްތަށިގަނޑު ވަނީ ރީތި ޑިޒައިނެއް ހެދުމަށްފަހު ވިހުރެން ދޫކޮށްލާފައެވެ. ކައިވެނީގެ ހެދުމުގައި ހުރި ލާނާފެނި ހަސީނާއި ފާހިރާގެ ލޮލުން ކަރުނަ ހިލުނެވެ. “ބައްޕަގެ ލާލާ ހާދަ ރީއްޗޭ މާޝާ ﷲ..” ހަސީނު ލޯބިން ލާނާގެ ގައިގައި ބައްދައިލިއެވެ. “ބައްފަވެސް ހާދަ ހޭންޑްސަމް އޭ.” ކޯޓު ފަޓުލޫނުގައިހުރި ހަސީނަށް އިޝާރާތްކުރަމުން ލާނާ މިހެންބުނުމުން ފާހިރާ ކަރުކެހެލިއެވެ. “މަންމަވެސް ވަރަށް ރީތި.” ލަކުޑިކުލައިގެ މެކްސީއެއްގައި ހުރި ފާހިރާއަށް އިޝާރާތްކުރަމުން ލާނާ ބުންޏެވެ. ހަސީނު ވަގުތުން ފާހިރާއަށް އެއްލޯމަރައިލިއެވެ. މިތަންފެނި ލާނާ ހޭންފެށިއެވެ.

ގަޑިން 8 ޖަހަން ފަސް މިނެޓަށް ވީއިރު ޝާކިރުގެ އާއިލާ ތިބީ ދަރުބާރުގޭ ދޮރުމަތީގައި ލާނާގެ އިންތިޒާރުގައެވެ. އާލިމް އާއި ޝާކިރުއާއި އަލަން ކޯޓު ފަޓުލޫނުގައި ހުރިއިރު އާލާއާއި އާސިމާ ހުރީ ލަކުޑިކުލައިގެ މެކްސީއެއްގައެވެ. ލަކުޑިކުލައަކީ ކައިވެނީގެ ކުލައިގެ ގޮތުގައި އާލާ ހަމަޖެއްސިކުލައެވެ. އެންމެންވެސް މިރޭ ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. ގަދަ ކަނޑުނޫކުލައިގެ ކޯޓު ފަޓުލޫނުގައި އަލަން ހުރިއިރު އަޑިން ހުރީ ހުދުކުލައިގެ ގަމީހެއް ލައިފައެވެ. އަދި ހަމަ ގަދަ ކަނޑު ނޫކުލައިގެ ޓައީ އެއްވެސް އަޅައިފައި ހުއްޓެވެ. މޭމައްޗާއި ދިމާލުން ކޯޓުގައި ހުދުކުލައިގެ ކުޑަ މަލަކާއި އެކީގައި އިން ފަތްކޮޅެއް ޖަހާފައި އިނެވެ. ކޮނޑާއި ހަމަޔަށް އަރައި އެ އިސްތަށިގަނޑު ވަނީ ނަގައި ބޮލުގެ މެދަށް ވާނެހެން ހުޅިއެއް ޖަހައިފައެވެ. އެހެންކަމުން އަލަންގެ ރީތިކަން އިންތިހާއެވެ.

ލާނާގެ އިންތިޒާރުގައިތިބި އެންމެންގެ ނަޒަރު ހުއްޓުނީ ކުރިމައްޗަށް އައިސް މަޑުކޮށްލި ކަޅުކުލައިގެ ޕްރައިވެޓް ކާރަށެވެ. ކާރުގެ ދޮރުހުޅުވައިލުމަށްފަހު އެންމެ ފުރަތަ ފޭބީ ހަސީނުއެވެ. ދެން ފޭބީ ފާހިރާއެވެ. އެއަށްފަހު ހަސީނު އަތްދިއްކޮށްލީ އެތެރޭގައި އިން ލާނާ އަށެވެ. ހަސީނުގެ އަތުގައި ހިފައިގެން ނުކުތް ލާނާފެނި އަލަންގެ ހިނިތުންވުން ފުންވިއެވެ. ކައިވެނީގެ ހެދުމުގައި ލާނާ ފެންނައިރު ހާދަ ރީއްޗެވެ. “ވާއު.” އަލަންއަށް މަޑުމަޑުން ބުނެވެ. ލާނާފެނި އެންމެންގެ ލޯ ހުއްޓިފައިހުރީ ލާނާއަށެވެ. މިކަމުގެ ހިލަމެއް ނުވެ ހަސީނުގެ އަތުގައި ހިފައިގެން ލާނާ އައިސް ކައިވެނި ކުރަން ހާއްސަކުރެވިފައިވާ މާލަމަށް ވަނެވެ. އޭރުވެސް އަލަންގެ ނަޒަރު ވަނީ ލާނާއަށް ހުއްޓިފައެވެ. ” އަހަރުމެންގެ ފަހަރި ހަމަ ރީތީއޭ ދޯ ބޭބޭ.” އަލަންގެ ކައިރީގައި ހުރި އާލާ ވާހަކަދެއްކީ އާލިމްއާއެވެ. ބަދަލުގައި އާލިމް ބޯ ޖަހައިލީ ލާނާއަށް ތައުރީފުކުރަމުންނެވެ. “އޭމް އައި ޓޫ ލޭޓް؟” ފަހަތުން އައި ހުޒާމް މާނޭވާ ލަމުން ސުވާލު ކޮށްލީ އާލިމް އާއެވެ. ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުޒާމްވެސް ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އެވަގުތު ހުޒާމްގެ ނަޒަރު ހުއްޓުނީ އާލާއަށެވެ. ލަކުޑިކުލައިގެ މެކްސީގައި އާލާ ހުރިއިރު ވަރަށް ރީއްޗެވެ. އެދޮން މޫނާއި ގުޅޭހެން ލުއި މޭކަޕެއްކޮށްފައި ވާއިރު އަތުގައި ހެދުމާއި ގުޅޭ ކްލަޗެއް އޮތެވެ. ހުޒާމް ބަލާކަން ފާހަގަ ވުމުން އާލާ ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ހުޒާމްވެސް ބަދަލުގައި ހިނިތުންވެލިއެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށިގެން ކުރިއަށްދާން ފެށިއެވެ. “އަނބި ގަބޫލުކޮށްފިން”. އަލަންގެ މިޖުމްލައާއިއެކު ލާނާ ދެލޯ މަރައިލީ ހިތުގައި ރިއްސާލުމުންނެވެ. މުޅި އުމުރަށް އެހެންމީހެއްގެ ހައްގަކަށް ވީއެވެ. ލާނާ ސިހިފައި ދެލޯ ހުޅުވައިލީ މޭޒުގެ ދަށުން އަލަން އޭނާގެ އަތުގައި ހިފައި ފިއްތާލުމުންނެވެ. ސިހިފައި ލާނާ އަލަންގެ މޫނަށް ބަލައިލިއެވެ. އޭރު އަލަން އިނީ ހެވިފައި ލާނާގެ މޫނަށް ބަލާށެވެ. “މިޔާއެކު ހ.ކެތި، މުހައްމަދު ހަސީނާއި ފާހިރާ އަލީ ގެ ދަރި ލާނާ މުހައްމަދު ހަސީނާއި، ގ.ވިނަ އިބްރާހިމް ޝާކިރުއާއި އާމިނަތު އާސިމާގެ ދަރި ޔޫސުފް އަލަން ޝާކިރު 3010 ރުފިޔާގެ ރަނަށް ކައިވެނި ކޮށްދީ އަނބިކޮށްދީފިން. ﷲ ތިދެކުދިންގެ ކައިވެނީގައި ބަރަކާތް ލައްވާށި.” ގާޒީ ކައިވެނި ކޮށްދީ ނިންމިއިރުވެސް އަލަން އިނީ ލާނާގެ މޫނަށް ބަލާށެވެ. ލާނާގެ އަތުގައި ހިފަހައްޓައިގެން އިން އަލަންއަށް އެއަތުން ދޫކޮށްލަން މަޖުބޫރުވީ ގާޒީ ސަލާމަތް އަތްދިއްކުރުމުންނެވެ. ކައިވެނިކޮށް ނިންމުމުން ދެއާއިލާގެ އެންމެން އުފަލުން ސަލާމް ބަދަލުކުރަމުން ގެންދިޔައެވެ. “ކޮންގްރެޓްސް ދެކުދިން” އާލިމް އައިސް އަލަންއާއި ލާނާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ފަހަރަކު މީހަކު އައިސް ދެމީހުންނަށް މަރުހަބާ ކިޔަމުން ގެންދިޔައެވެ.

ކައިވެނި ޕާޓީ ފެށިގެން ކުރިއަށް ދަނީއެވެ. ހުދުކުލައިގެ މަލާއި ފަތްހުރި ‘ބުކޭ” ހިފަހައްޓައިގެންހުރި ލާނާ ހުރީ ޕްލާސްޓިކް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްގެންނެވެ. ކައިރީގައި އަލަން ހެވިފައި ހުރިއިރު މެހެމާނުންތަށް އަންނަވަރުން އަންނަމުން ދިޔައެވެ. އެންމެންވެސް ދައްކަމުން ދިޔައީ ކައިވެނިކުރެވުން ދެކުދިންގެ ޖޯޑު ގުޅޭވާހަކައެވެ. މުޅިތަން ޖަރީކުރެވިފައިވާލެއް ފުރިހަމަކަމުގެ ވާހަކައެވެ. ހުދުކުލައިގެ އަސްލު މަލުންނާއި ފަތުން މުޅިތަން ޖަރީކުރެވިފައި ވާއިރު މުޅިތަނަށް ވަނީ ފެއަރީ ލައިޓްސް ލާފައެވެ. އެކި ދިމަދިމާލުގައި ބޮޑެތި ބަލްބް ލައިޓްސް އެލުވިފައި ހުރިއިރު ކައިވެނި ފޮޓޯ ނެގުމުގައި މާލެއަށް މަޝްހޫރު 6 ޕޮޓޯގްރަފަރުން ހަރަކާތްތެރިވަމުން ދިޔައެވެ. ބަލާލި ކޮންމެ މީހަކަށްވެސް މިއީ މާލެއަށް ނަންހިނގާ މުއްސަނދި ދެ އާއިލާއެއްގެ ކައިވެނިކަން އިނގޭނެއެވެ.

ގަދަކަމުން ހެވިފައި ހުރި ލާނާގެ ކުލަ އޮއްސުނީ އާލިމްއާއި އެކީ ޕާޓީއަށް ވަދެގެންއައި މީހާފެނިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އެހަނދާން ފޮހެވޭތޯ ބެލިޔަސް 2

Next

ވާނަން އެކީ 4

Next
September 8, 2018

ވާނަން އެކީ 4

Previews
September 8, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް 2

25 Comments!

  1. Aesh says:
    September 8, 2018 at 9:39 pm

    Maa sha Allah Vrh vrh furihama.. ???☺️? Ekam dear ah Alan ge hairstyle change kollevidhaanetha? Hahahahah.. Isthashigandu hulhijahaafa huri vaahaka inyma kuda koh odd.. Ekam dear ah vanyaa ingey change kohlaanee.. ???? good job dear and keep it up the good work.. ?☺️?

    1. Aesh says:
      September 8, 2018 at 9:40 pm

      by the way I’m first dhw… ☺️☺️☺️☺️

    2. Anha says:
      September 8, 2018 at 11:09 pm

      Thankyou dear aesh.. ehehe dear. Furathama part gaves innaane alan akee kondaa hamayah anna isthashigandeh inna meehekey.. ehenve aslu eynee evaahaka..??

    3. Beauty says:
      September 8, 2018 at 11:24 pm

      Yeah. Me too aa alan ge handsome kan thankolheh lhakoii gotheh feel vy hulhi eh huryma

  2. Hudher says:
    September 8, 2018 at 9:53 pm

    nyc………maasha allah dear…………v v v v v rythi….me second dhw

    1. Anha says:
      September 8, 2018 at 11:11 pm

      Thankyou hudher.. keep reading. Loves??

  3. kia says:
    September 8, 2018 at 10:17 pm

    vvvvvvvvvv obi..
    marry nudavuni finally…
    den 2 obi vs gotha hadaa…Alan and Lana cute couple……they like kitty and lion next part avaha..

    1. Anha says:
      September 8, 2018 at 11:10 pm

      Thankyou dear kia.. next part on tuesday?

  4. Anha says:
    September 8, 2018 at 11:07 pm

    Hello everyone. Heres the 13th part. Let me know what you all think of this part. Thankyou for all the love and support.. next part on tuesday.❤? What do you all think of aika and aalim?

  5. Xxxx says:
    September 8, 2018 at 11:44 pm

    I luv this story

    1. Anha says:
      September 10, 2018 at 1:28 pm

      Thankyou dear?

  6. ❤️❤️ says:
    September 9, 2018 at 10:08 am

    Alhey…haadha ehn kahala thanakunney this ninmaaly ….vrh kiyaa hiyy vey ehba….vrh nic stry….bt there is some thing which is bothering me!!!… Knmevex part ehga laalaa buniyehnu laalaa loabi vany ehn kuhjeh dheke a…laalaa ge dad kaary….name vex buniyehnu dhw…dhn why mi marriage kuran ulhunyma laalaa ge dad e vaahaka nudheh ky…plx ans this question…??????????❤️❤️❤️❤️????whn next part dear… ahvah up khlahchey….vrh kiyaa hiyy veyba…gud luck dear..

  7. sheen says:
    September 9, 2018 at 10:47 am

    haadha lahun genesdheny

    1. Anha says:
      September 10, 2018 at 1:29 pm

      Sorry dear. I uploaded it on friday haveeru. But it took so long to approve. I have emailed esfiya admin regarding this issue now.

  8. maya says:
    September 9, 2018 at 12:30 pm

    waaaaaaau its beautifool…masha allah..aika n alim hama perfect ..aalim aa eki e aii idhaan dhw..so sad for him

    1. Anha says:
      September 10, 2018 at 1:30 pm

      Thankyou maya.? hingaa dhw balaalan kaakuthoa aalim aa ekyga aee..?

  9. hamtii says:
    September 9, 2018 at 2:00 pm

    vrh salhi mi part as usual…umm..emme fahun laala n alan ge kaiveni kurevijje dhw…btw haadha lahuney mi part up vii..but ok kiyaalan libijje ehnu..hehe

    1. Anha says:
      September 10, 2018 at 1:32 pm

      Thankyou dear hamtii.. hehe yes kaiveni kurevijje dhw.. ? yeah i knw dear. It took so long to approve. I have emailed esfiya admin regarding this issu already. Hope they will solve this issue as soon as possible.

  10. afroo says:
    September 9, 2018 at 6:22 pm

    Mi part salhi

    1. Anha says:
      September 10, 2018 at 1:33 pm

      Thankyou dear afroo?

  11. ❤️❤️ says:
    September 9, 2018 at 7:57 pm

    Dear stry vrh nic ….vrh obi Hama …I just ❤️it…?????????bt there is something which is bothering me….knmea vex part eh ga laalaa buniyehnu laalaa ge dad kaary laalaa loabi vany ehn kuhjeh dheke a…bt fahun mi marriage kuran ulhunyma kyhve ehkamaa beheygothun suvaalhu nukury…plx ans this question…im just confused…plx don’t mind…??????????i just love this stry….gud luck dear…whn is next part dear

  12. xi7 says:
    September 10, 2018 at 10:32 am

    wow? varah salhi? mi part vx finally alan and laalaa has married? yaayy ??dear anha laalaa ah dhera gothe nuhadhaathi?? plx

    1. Anha says:
      September 10, 2018 at 1:34 pm

      Thankyou dear xi. Laala ah kihinehbaa dhw vaanee.. lets see dhw dear?❤ keep reading?

  13. Hawwor says:
    September 10, 2018 at 2:20 pm

    Story v rythi…ekam cover photo change kollinama adhi miah vurre ves furihama vaane hen hyvany…..??????

    1. Anha says:
      September 10, 2018 at 9:09 pm

      Thankyou dear..?❤ yes.. i tried to change. But it kept saying cannot upload for some security reasons. I will try again. Actually i also wanted to change the picture for this episode.

Comments are closed.

Next Episodeކުށަކާނުލައި- 14ވަނަބައި←


All Right Reserved!