Skip to content
އެސްފިޔަ

ބަރުބާދު (ހަތްވަނަބައި)

އަހަރެން ސައިބޮއެ ނިމުމާއެކު ކައިލް މޭޒު ދުރުކޮށްލަމުން ގޮސް ދޮރު ހުޅުވާލިއެވެ. އަދި އަތުގެ އިޝާރާތުން އެތެރެއަށް އައުމަށް އެދުނެވެ. އަހަރެންނަށް ޔަޤީންކުރެވުނީ ސިޓިން ރޫމްގައި އިނީ ކޮންމެވެސް މީހެއްކަމެވެ. އެއީ ކާކުކަން ބެލުމުގެ ޝަޢުޤުވެރިކަމެއް އުފެދިގެން ދިޔައެވެ.

“..ސަޕްރައިޒް..” ކުއްލިއަކަށް އެމީހަކު ކޮޓަރި ދޮރުމައްޗަށް އަރަމުން ފިރިހެން ވަންތަ އަޑަކުން ބާރަށް ބުނެލިއެވެ.

“..ލޫޠު..” އަހަރެންނަށް ލިބުނު ހައިރާންކަމާއެކު ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ އަނގަމަތީ އަތްއަޅާ ލަމުންނެވެ. އެޔާއެކު އަހަރެންގެ އަނގައިން ނުކުތް މަޑުމަޑު ހަޅޭކުގެ އަޑު ކޮޓަރިތެރޭ ގުގުމާލިއެވެ.

“..ޔޫ..އާރ ބެކް މައި ޓްވިން ބްރަދަރ..” އަހަރެންނަށް ލޫޠުއާ ދިމާއަށް ބާރަށް ހިނގައިގަނެވުނެވެ.

“..ޔަޕް..ޔާޕް.. އައި އޭމް ބެކް..” ލޫތު އަހަރެންނާ ދިމާއަށް އައީ ހެވިފައިހުރެއެވެ.

“..އަންގާވެސް ނުލާ..” އަހަރެން ލޫޠު ކައިރީ ހުއްޓިލަމުން އެހަށިގަނޑަށް ރަނގަޅަށް ބަލާލީމެވެ. “..ޔޫ ލުކް ޑިފަރެންޓް.. ކުޑަކޮށްފަލަވެސް ވެއްޖެހެން ހީވޭ..”

“..ބަޓް ސްޓިލް ފިފްޓީ ނައިން ކޭޖީ..” ލޫޠު ބުމައަރުވާލަމުން ހީލާފައި ބުނެލިއެވެ. އަހަރެން މަޑުމަޑުން ހީލަމުން ލޫޠު ކޮނޑުމަތީ ބޮނޑިއެއް އަޅާލީމެވެ. އަދި ލޫޠު ގައިގާ މަޑުމަޑުން ބައްދާލެވުނީ ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުންނެވެ. ލޫޠުވެސް ބައްދާލިއެވެ.

ލޫޠުއާއި އަހަރެންނަކީ އެއްމާބަނޑު ދެބެއިންނެވެ. އޭނާއަކީ އަހަރެންނަށްވުރެ ގަޑިއިރެއްހާއިރު ހަގު އަދި އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮވެސް މެއެވެ. މަންމައާއި ބައްޕަގެ އިތުރަށް ޢާއިލާގައި ހުރި މީހަކީވެސް އެއީއެވެ. އެހެންކަމުން އެތަކެއް ދުވަހަކަށްފަހު ކޮއްކޮ ފެނުމުން އަހަރެންނަށް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ. ލޫޠު އަހަރެންގެ ބޮލުގައި ފިރުމާލިއެވެ. އެޔާއެކު އަހަރެންގެ ބަރުވެފައިވާ ސިކުނޑިއަށް ލުޔެއް ލިބުނު ހިނދު އުފަލުންގޮސް އަހަރެން ފެންކަޅިވިއެވެ.

“..ކޮބާ ސަޕްރައިޒް.. ކަމުދޭތަ؟..” ކައިލް އަހަރެން ކޮނޑުމަތީ އަތް ބާއްވާލިއެވެ.

“..ހުއް..” ލޫޠުގެ އަތުތެރެއިން ވީއްލިގަންނަމުން ޝަހާދު އިނގިލިން ކަރުނަތައް ފޮހެލީމެވެ.

“..އޯ.. ލުކް އެޓް ދިސް ބޭބީ އިޒް ކުރައިން.. ކުރައިން..” ލޫޠު އަނގަޔަށް ވައްތަރެއް ޖައްސާލަމުން އަހަރެންނަށް މަލާމާތްކޮށްލިއެވެ. އެޔާއެކު ކައިލް ހޭންފެށިއެވެ. މަންމަގެ ހުނުމުގެ އަޑުވެސް އިވިގެންދިޔައެވެ.

“..އައި އޭމް އެލްޑަރ ދޭން ޔޫ އޯކޭ..” އަހަރެން ތުންކޮޅު އޫކޮށްލަމުން ލޫޠު ކަންފަތުގައި ހިފާލީ ހެމުން ހެމުންނެވެ. “..އެކަން ހަނދާން ނައްތާނުލާތި..”

“..އޯކޭ .. އޯކޭ..” ލޫޠު ދެއަތް މައްޗަށް ނަގަމުން ބުނެލިއެވެ. އެޔާއެކު އަހަރެން ލޫޠުގެ ކަންފަތުން ދޫކޮށްލީމެވެ. ލޫޠު ހިނިތުންވެލަމުން އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.

“.. ދެބެން ފައިޓްކޮށްލަން ވަގުތުދީފަ އަހަރުން މިދަނީ..” ކައިލް ކިނާން އުރާލައިގެން ކޮޓަރިން ނުކުތެވެ. މަންމަވެސް ބައްޕައަށް ސައިދިނުމަށް ދަނީކަމަށް ބުނަމުން ކޮޓަރިން ނުކުތީ ކައިލް ހެނދުނުގެ ނާސްތާގެނައި ތަބަށް ހިފައިގެންނެވެ.

“..ކީއްކުރަންތަ ރާއްޖެ ތިއައީ.. މެލޭޝިޔާގަ އުޅުންނަމަ.. ރާއްޖެ މީ ކަމުދާ ތަނެއް ނޫނެއްނުން ބޭފުޅާއަކަށް…” އަހަރެން ލޫޠު އިށީނުމަށް ގޮނޑި ދައްކާލަމުންގޮސް އެނދުގައި އިށީނީމެވެ.

“..ހުމް..” ލޫޠު ގޮނޑީގައި އިށީނީ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލަމުންނެވެ.

މިޒާޖުގައި ސަކަ ގޮތެއް ހުންނަ ލޫޠު ތަޢުލީމު ޙާސިލްކުރުމަށްޓަކައި މެލޭޝިޔާއަށް ދިޔައީ މީގެ ހަތަރު އަހަރުކުރިންނެވެ. އޭނާ ދިޔައީ 03 އަހަރު ދުވަހުގެ ކޯހެއް ހެދުމަށްޓަކައި ނަމަވެސް ކޯސް ނިމުމުންވެސް ރާއްޖެ އަންނާކަށް ބޭނުމެއްނުވިއެވެ. އޭނާ ބޭނުންވީ މަސްދުވަހެއްހާވަރު މެލޭޝިޔާގައި މަޑުކޮށްލާށެވެ. އެމަސްދުވަސް ހަމަވުމުން އަނެއް މަސްދުވަހުވެސް މަޑުކުރުމަށް ބޭނުންވީއެވެ. އެގޮތަށް ދިގުލަމުންގޮސް އަހަރުދުވަސް ވީއިރުވެސް އޭނާ ރާއްޖެ އަންނާކަށް ހިޔާލެއްނުކުރިއެވެ.

“..އައި ކޭމް ބެކް.. ބިކޯޒް އޮފް ޔޫ..” ލޫޠު އަހަރެންނާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“..ހުމް ދެން މާ ފޮނިވެގެން އިނގިރޭސިއަކަށްވެގެން އުޅޭނެކަމެއް ނެތް..” އަހަރެން ލޯ އަޅާލީމެވެ. “..ދިވެހިބަސް ހަނދާން ނެތުނީތަ؟..”

“..އެހެނެއް ނޫން.. މަމީ ދިވެއްސެކޭ..” ލޫޠު ލައިގެންހުރި ގަމީހުގެ ގިރުވާންކޮޅަށް ޖަހާލަމުން ބުނެލިއެވެ. “..ދިވެއްސަކަށްވީތީ ފަޚުރުވެރިވަން..”

“..ހޫމް ދިވެހިންގައިގަ ހުންނަ ފޮނި ގޮތްގަނޑުވެސް އެބަހުރި.. ދެން ސީރިއަސްކޮށް ބުނެބަ ކީއްވެ ކުއްލިއަކަށް އަންގާވެސް ނުލާ ތިއައީ؟ ބުނީމެއްނުން އަދި މަހެއްހާ ދުވަހު މަޑުކޮށްލާފައޭ އަންނާނީ..”

“..އަހަރެން ހަމަ ތި ސުވާލްގެ ޖަވާބު ދޭންޖެހޭނެތަ؟..” ލޫޠުގެ މޫނުމަތިން ސީރިއަސްކަން ފާޅުވެގެންދިޔައެވެ. “..ދޮނާވީ އަހަރެންގެ ސުވާލްތަކަށް ޖަވާބު ދޭން.. އޯކޭ..”

“..ކޮން؟..” އަހަރެންގެ މޫނުމަތީ ސުވާލްމާކްތަކެއް ޖެހިގެންދިޔައެވެ.

“..ޔޫ ފޮގޮޓް ސަމްތިންގ..” ލޫޠު އެހެން ބުނަމުން އޭނަ ފަންގެ އިސްތަށިގަނޑުން ނިއްމައްޗަށް ހުރި އިސްތަށިތައް އަތުން ހިއްލާލިއެވެ. އެހިނދު އަހަރެންނަށް ލޫޠުގެ ނިތްކުރިމަތިން ރަތްވެފައިވާ ތަންގަނޑެއް ފެނުނެވެ.

“..އޯ..” އަހަރެންނަށް އަހަރެންގެ ނިތްކުރިމަތީ އަތްޖައްސާލެވުނެވެ. ލޫޠުގެ އަލި ހަންގަޑުން އެ ނިޝާން ވަރަށް ރީއްޗަށް އެނގެން ހުއްޓެވެ.އެއީ ހަމަ އަހަރެންގެ ނިތްކުރިންވެސް ފަޅައިގެން ގޮސްފައިވާ ހިސާބެވެ.

“..ޔޫ ނީޑް މޯ އެކްސްޕްލެނޭޝަން..” ލޫޠުއެހިއެވެ. އަހަރެންނަށް ނޫނެކޭ ބުނުމުގެ ގޮތުން ދެއަތަށް ބޯ ހޫރުވާލީމެވެ.

އަހަރެންނާއި ލޫޠުއަކީ ވަރަށް އާދަޔާ ހިލާފް ދެކުދިންނެވެ. ދެ ހަށިގަނޑެއްގައި ދެފުރާނަ ހުއްޓަސް ދެމީހުންނަކީ އެކަކުހެން ހީވެއެވެ. އެކަކު ބަލިވެއްޖެނަމަ އެކަމުގެ އަސަރު އަނެކަކަށްވެސް ކުރެއެވެ. އެކަކު ހިތާމައިގައި އުޅެންޏާ އަނެކަކު ކިތަންމެ ދުރުގައި އުޅުންނަމަވެސް އެކަން އިޙްސާސް ކުރެވޭނެއެވެ. އަނިޔާއެއް ލިބިއްޖެނަމަ އެއަނިޔާ ލިބުނުކަމުގެ ހެކި އަނެކާގެ ކިބައިންވެސް ފެނެއެވެ. މަންމަމެން ބުނާގޮތުންނަމަ އެހެންވަނީ އަހަރުމެންނަކީ އެއްނޭވާގެ ދެބެއިންކަމުގައި ވާތީއެވެ. އެހެންކަމުން އަހަރުމެން ބޮޑުވަމުން އައީވެސް ވަރަށް އެކީގައި އުޅެމުންނެވެ.

އަހަރުމެން އައީ އެކަކު އަނެކަކަށް ދިމާވާ ކަންތައް ހިއްސާކުރަމުންނެވެ. ލިބޭ ކޮންމެ އުފަލަކާއި ހިތާމައެއްގައި ބައިވެރިވަމުންނެވެ. އަހަރެންނަށް އެހީތެރިކަމެއް ބޭނުންވި ކޮންމެ ހިނދެއްގައި ލޫޠުއައީ އެހީތެރިވަމުންނެވެ. އަހަރެންވެސް ލޫޠުއަށް އެހީތެރިވަމެވެ. ދެމީހުންވެސް ކަމެއް ކުރުމުގެ ކުރިން މަޝްވަރާކޮށް ހިޔާލް ހޯދާނެއެވެ. އަހަރެން ފުރާވަރަށް އަރައިގެންގޮސް ކައިލްއާ ރައްޓެހިވީއިރުވެސް އެކަންއޮތީ އެގޮތަށެވެ. ނަމަވެސް އެހުރިހާ ކަމެއް ބަދަލްވީ އަހަރެން ކައިލްއާ އިންފަހުންނެވެ. ލޫޠު މެލޭޝިޔާއަށް ދިޔަފަހުންނެވެ. ލޫޠު މެލޭޝިޔާއަށް ދިޔައީ އަހަރެން ކައިލްއާ އިންފަހުންނެވެ. އޭގެ ފަހުން އަހަރެން ދިރިއުޅުމުގެ އެއްވެސް ވާހަކައެއް ލޫޠުއަކަށް ކިޔައެއް ނުދެމެވެ. ލޫޠުވެސް އަހަރެންގެ ކަންތައްތައް އޮޅުންފިލުވާކަށް މަސައްކަތެއް ނުކުރެއެވެ. ނަމަވެސް އޭގެފަހުންވެސް އަހަރުމެން ދެބެންގެ މެދުގައި އޮތީ ގާތް ގުޅުމެކެވެ. ކިތަންމެ ދުރުގައި ތިބިނަމަވެސް އެކެއްގެ ހާލު އަނެކަކުވެސް ބަލައެވެ.

“..ސޯ ޓެލް މީ..” ލޫޠު ގޮނޑިން ތެދުވެގެން އައިސް އަހަރެންގެ ކައިރީ އިށީނެވެ.

އަހަރެން ކުޑަކޮށް ހާސްވާގޮތްވިއެވެ. ކައިލްގެ ފުށުން ލިބުނު އަނިޔާއެކޭ ބުނެފިނަމަ ވީގޮތް ސާފުކޮށް ތަފްޞީލަކަށް ދާންޖެހޭނެއެވެ. އޭރުން ލޫޠުގެ ކުރިމަތީގައި ވެއްޓޭނީ އަހަރެންގެ ފިރިމީހާގެ އަގެވެ. ފަހަރުގައި ލޫޠު ރުޅި އައިސްގެން އަހަރެން މިގެއިން ނެރެގެން ރަށަށްވެސް ގެންދަން އުޅެފާނެއެވެ. ކައިލް ދޫކޮށްލާފައި ރަށަށްދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކައިލް އިޞްލާޙްވޭތޯ ފުރުޞަތެއްދޭން ބޭނުމެވެ. އެހެނަސް ލޫޠުއަށް ދޮގުހެދުމަކީވެސް ފަސޭހަކަމެއް ނޫނެވެ.

“.. މި.. މި ވީގޮތަކީ ވެއްޓުނީ..” އަހަރެންނަށް ވަރަށް އުނދަގުލުން ބުނެވުނެވެ.

“..ދޮނާ..” ލޫޠު އަހަރެންގެ ފިނިވެފައިވާ އަތްތިލާގައި ހިފާލިހިނދު ހިތުގެ ތެޅުން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ލޫޠުއަށް ކަންތައް ސިއްރުކުރުމަކީވެސް އުނދަގޫކަމެވެ.

“..އަހަރެން ނާހަން ކިހިނެއްވެފަތޯ ތިހުރީ.. އަހަރެންނަށް އިނގޭ ފާހާނާ ތެރެއަށް ވެއްޓިގެންކަން ތިހެންވެފަ ތިހުރީ..” އަހަރެންނަށް ލޫޠުއާ ދިމާއަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ. ލޫޠުކައިރީ އެވާހަކަ އެގޮތަށް ބުނީ ކާކުހެއްޔެވެ؟

“..ދޮނާބެ ބުނީ..” ލޫޠު ބުނެލިއެވެ. އަހަރެންނަށް ހަމަޖެހުމެއް ލިބުނެވެ. ކައިލް ދޮގު ހަދައިގެން ނަމަވެސް ލޫޠުއަށް އޮޅުވާލިކަން ނަސީބެކެވެ.

“..އަހަރެން މިއަހަނީ ކޮންވާހަކައެއްކަން ދޮނާއަށް އެނގޭދޯ؟..” ލޫޠު އަނެއްކާވެސް އަހާލިއެވެ. އަހަރެންނަށް މިހާރު ލޫޠު އޮޅުން ފިލުވުމަށް ބޭނުންވެގެން އުޅޭ ކަންތައް އެނގިއްޖެއެވެ.

“..ނުވޭ އެއްވެސް ކަމެއް.. މިހާރު އޯކޭ އޭ..” އަހަރެން ބުނެލީމެވެ. “..ދެން ދިރިއުޅުމުގަ ހުންނާނުން ވިސްނަންޖެހޭ ކަންތައްތައް..”

“..އައި ނޯ ދެޓް..” ލޫޠު އެނދުން ތެދުގެންގޮސް ގޮނޑި ހިފައިގެން އައިސް އަހަރެންގެ ކުރިމަތީގައި އިށީނީ އަހަރެންގެ ދެއަތުގައި ހިފާލަމުންނެވެ. “.. ދޮނާއަށް އެނގޭނެ.. ދޮނާ ހިތާމަކޮށް ރޮއެ ހެދިޔަސް.. ހާސްވުމެއްގައި އުޅުނަސް އަނިޔާއެއް ލިބުނަސް.. ބަލިވިޔަސް އަހަރެންނަށް އެކަން އިޙްސާސްވާނެކަން.. އަހަރެންނަށް ސިއްރެއް ނުވާނެކަން.. އަހަރެންނަށް މައްސަލައަކީ ކޮބައިކަން ނޭގުނަސް ކޮންމެވެސް ކަމެއްވާކަން އެބަ އިނގޭ.. ދޮނާ މެރީ ކުރިފަހުންވެސް އުފަލުގަ އުޅެމުން އައިކަން ފީލްވަމުން އައީ.. ނަމަވެސް ވޭތުވެދިޔަ ދެތިން މަސްތަކުތެރޭގައި ދޮނާއަށް ކޮންމެވެސް ކަމެއް ވަމުން އަންނަކަން އަހަރެންނަށް އިޙްސާސްވަމުން އައީ.. އަހަރެންނަށް ފީލްވަނީ އަހަރެންގެ ދޮނާ ކޮންމެވެސް ކަމަކާ ފިކުރުކުރާހެން.. އައި ފީލް ލައިކް ޔޫ އާ ނޮޓް ހެޕީ އޭ.. އިނގޭ ވިސްނަންޖެހޭ ކަންތައްތައްވެސް ދިމާވާނެކަން.. އަދި ކޮއްކޮއަކަށް ކިޔާ ނުދެވޭ ކިޔާދޭން ނުވާވަރުގެ ކަންތައްވެސް ދެމަފިރިންގެ ދެމެދުގައި ހިނގާނެކަންވެސް.. އެހެންވެގެން އަހަރެން މިވީހާ ދުވަހުވެސް އެކަމާ ބެހޭގޮތުން ސުވާލެއްވެސް ނުކޮށް މިހުންނަނީ.. ދޮނާގެ ޕާސަނަލް ކަންތައް އޮޅުންފިލުވާ ނަހަދަނީވެސް މިފެމެލީ ތެރޭ މައްސަލަތަކު ތެރެއަށް ނުވަންނަންވެގެން.. އަހަރެން ހީކުރީ ދުވަސްކޮޅަކުން ތިވެގެން އުޅޭކަމެއް އޯކޭ ވާނެކަމަށް ބަޓް އެހެނެއް ނުވި.. އެހެންވެ އަވަހަށް މިކޮޅަށް މިއައީ.. އަހަރެން ފޯންކޮށްފަ އަހާލިޔަސް ދޮނާ ވަރަށް ފަސޭހަކަމާއެކު ދޮގު ހަދާލާނީ.. އައި ނޯ ދެޓް ޔޫ ކާންޓް ލައި އިންފްރޮންޓް އޮފް މީ.. އެހެންވެ މިސުވާލް ކުރިމަތީ އިނދެގެން މިކުރީ.. ސޯ ޓެލް މީ.. ކޮންކަހަލަކަމެއް ދިމާވެގެން ތިއުޅެނީ.. އައި ވިލް ހެލްޕް ޔޫ..”

އަހަރެން ލޫޠުގެ ސުވާލްތަކަށް ޖަވާބުދިނުމެއްނެތި ވިސްނަން އިނީއެވެ. ކައިލް މިހާރު އެހުރީ އިސްލާޙްވުމަށް އަޒުމް ކަނޑައަޅައިގެންނެވެ. ލޫޠު އެހުމުންވެސް އެއްވެސް ވާހަކައެއް ކިޔާދީފައިނުވަނީ އެކަންތައް ލޫޠުއަށް އެނގެން ކައިލް ބޭނުންނުވާތީކަން އަހަރެންނަށް އެނގެއެވެ. މާޒީގެ ވާހަކަ ދެއްކުމުގެ ބޭނުމެއްވެސް ނެތެވެ. ފަހަތަށް އެނބުރި ބަލަމުން ކުރިޔަކަށް ނުހިނގޭނެއެވެ. އަހަރެންގެ މާޒީގައި ހިނގައިގޮސްފައިވާ ކަންތައްތަކަކީ ފެނުނު ބިރުވެރި ހުވަފެނެކެވެ. އަހަރެން މިހާރު މިވަނީ އެހުވަފެނުން ހޭލެވިފައެވެ. އެހެންކަމުން އަހަރެންވެސް އެބިރުވެރި ހުވަފެން ލޫޠުއަށް ކިޔާދޭކަށް ބޭނުމެއްނޫނެވެ.

“..ދޮނާ އޯކޭ އޭ..” އަހަރެން ހަމަޖެހިލަމުން ބުނެލީމެވެ. “..ގޯޑް ޕްރޮމިސް.. ޑޯންޓް ވޮރީ.. އޯކޭ..”

“..އޯކޭ.. އައި ބިލީވް ޔޫ.. އައި ނޯ ލައިފްގަ އަޑި ގުޑަންތައް އަންނާނެކަން..” ލޫޠު އެވާހަކައެއް އޮޅުން ފިލުވަން ނޫޅުނު ނަމަވެސް އޭނާ އެކަމާ ވިސްނާނެކަން އަހަރެންނަށް އެނގެއެވެ.

އަހަރެން ގަދަކަމުން ހިނިތުން ވެލީމެވެ. ދެން ވެރިވެގެން ދިޔައީ ހަމަހިމޭން ވަގުތުކޮޅެކެވެ. ލޫޠު އަހަރެންގެ ލޮލަށް ބަލަހައްޓައިގެން އިނީއެވެ. އޭނާ ސިކުނޑީ ތެރޭގައި އެނބުރެމުންދަނީ ކޮންކަހަލަ ހިޔާލްތަކެއްކަމެއް އަހަރެންނަކަށް ނޭގެއެވެ. އޭނާ އިތުރަށް އެވާހަކަ ނުދައްކާފިޔާ ކިތަންމެހާވެސް ރަނގަޅެވެ. އަހަރެންނަށް އިނދެވުނީ ލޫޠު އަނގައިން ބަހެއް ބޭރުކޮށްލާނެ އިރެއްގެ އިންތިޒާރުގައެވެ.

“..އޯކޭ ދެން އެވާހަކަ ބާއްވާ..” ލޫޠު ހިނިތުންވުމަކާއެކު ބުނެލިއެވެ. “..އެންޖޯއީ ކޮށްލަން ރަށަށްދަމާ.. ދޮނާބެ އެން ނާން ކޮކީވެސް ގޮވައިގެންދާނީ..”

އަހަރެންނާއި ކައިލްގެ ދިރިއުޅުން މުޅިން އާ ފެށުމަކުން ފެށުމަށް އެއީ ރަނގަޅު ގޮތެކެވެ. ޔުމްނުގެ ކިބައިން ކައިލް ސަލާމަތް ކުރަން ފަސޭހަވާނީ އޭނާގެ ލޯމަތިން އަހަރުމެން ގެއްލުނިއްޔާއެވެ. ކައިލްގެ ގޮތެއްވެސް އެނގެނީކީ ނޫނެވެ. އޭނާގެ ލޯ ކުރިމަތިން އެސޫރަ މާގިނައިން ފެންނަ ފަށާފިނަމަ ކައިލްގެ ހިޔާލް ބަދަލްވުންވެސް އެއީ ވެދާނެގޮތެކެވެ. އެހެންކަމުން އަހަރެން ދުވަސްކޮޅަކަށް ރަށަށް ބަދަލުވުމަށް ނިންމީމެވެ.

ޔުމްނުއަކީ އެހާ ފަސޭހައިން ބަލި ޤަބޫލްކުރާނެ މީހެއް ނޫނެވެ. އޭނާ އެއްގޮތަކުން ކާމިޔާބު ނުވިއްޔާ އަނެއްގޮތަކުންވެސް ކައިލް ޙާޞިލްކުރަން މަސައްކަތްކުރާނެވެ. އަހަރެމެން ދެމަފިރިންގެ ދެމެދަށް ވަންނަން އުޅޭނެކަން ޔަޤީނެވެ. ޔުމްނުގެ ފޯން ކޯލްތަކުން ކައިލް ބޯ ހާސްކުރުވާނެކަންވެސް ޤައިމެވެ. އެހެންކަމުން އެދުވަހުން ދުވަހަށް އަހަރެން ކައިލްގެ ނަންބަރުވެސް ބަދަލުކުރުވީމެވެ. އަދި ކައިލް ކައިރީ ބުނެގެން ޔުމްނު ވަޒީފާއިންވެސް ވަކިކޮށްލީމެވެ. އަހަރެންގެ މަޤުޞަދަކީ ޔުމްނުގެ ކިބައިން ބަދަލެއް ހިފުމެއް ނޫނެވެ. އަހަރެންގެ ބޭނުމަކަށް ވީ ޔުމްނު ކައިލްއާ ކައިރިވުމަށް ހުރި ހުރިހާ ދޮރުތަކެއް ބަންދުކޮށްލުމެވެ.

ޔުމްނު ވަޒީފާއިން ވަކިކޮށްލި ކޮށްލުން ވެގެންދިޔައީ ޔުމްނުގެ ރުޅިގަނޑު އިހުނަށްވުރެ ގަދަކޮށްލި ކަމަކަށެވެ. އޭނަގެ ހިތުގައި އަހަރެންގެ މައްޗަށްވާ ނަފްރަތުގެ ހުޅުގަނޑު ބޮޑަށް ރޯވެގަތްކަމަކަށެވެ. ޔުމްނު އައި ރުޅީގައި އަހަރެންގެ ހަޔާތް ބަރުބާދުކޮށްލާނެކަމަށް ބުނެ މެސެޖްކުރިއެވެ. އަދި ކައިލްއާ އިނދެފަ ނޫނީ ހަމަނޭވާވެސް ނުލާނެކަމަށްވެސް މެސެޖްގައި ބުނެފައިވެއެވެ. ނަމަވެސް އަހަރެން އެމެސެޖަށް ރައްދެއް ނުދެމެވެ. ޔުމްނުއާ ބަހުސްތަކެއްކޮށްގެން ވަޤުތުތައް ބޭކާރުކުރުމުގެ ބޭނުމެއް ނެތެވެ. އަހަރެން އަހަރެންގެ ފިރިމީހާއަށް ސަމާލުވާނަމެވެ. ކައިލްއަށް ފާރަވެރިވެސް ވާނަމެވެ. ޔުމްނު ކައިލްއާ ކައިރިވެވެން އޮތް ހުރިހާ މަގެއް ބަންދުކުރާނަމެވެ.

ރޭގަނޑުގެ ވަގުތެވެ. އަހަރެން ކިނާން ނިންދަވާލުމަށްފަހު ކޮޓަރިން ނުނިކުމެ އިނީ ކައިލް ކޮޓަރިއަށް އަންނާނެ ވަގުތަކަށް އިންތިޒާރުކުރަމުންވެ. އަހަރެން ކައިލްއާ ކަމަކާ މަޝްވަރާކޮށްލަން އެބަޖެހެއެވެ. އަހަރުމެން ކުޑަދުވަސްކޮޅަކަށް ރަށަށް ބަދަލުވުމާމެދު ކައިލްގެ ވިސްނުން ހުރިގޮތެއް ބަލާލުމަށް ބޭނުންވެއެވެ. އަހަރެން ކައިލްގެ އިންތިޒާރުގައި ހުއްޓައި ލޫޠު ކޮޓަރިއަށް ވަނެވެ.

“..ހޭ.. ދޮނާ.. މިއަދު ޔުމްނުއާ ދިމާވި.. އޭނަވެސް އުޅެނީ ރަށަށްދާން..” ލޫޠު ކުއްލިއަކަށްދިން ހަބަރަކުން އަހަރެންގެ ނޭވާ ސިކުންތު ކޮޅަކަށް ހުއްޓުނެވެ. ކައިލްއާ އެކަމާ މަޝްވަރާކުރެވިފައި ނެތްކަން ނަސީބެކެވެ. ޔުމްނު ރަށަށް ދާނަމަ އަހަރެން ކައިލް ގޮވައިގެން ރަށަކަށް ނުދާނަމެވެ.

“..ދޮނާބެއާ އެވާހަކަ ދައްކާފިންތަ؟..” އަހަރެން އަނގައިން ނުބުނެ އިނުމުން ލޫޠު ސުވާލްކޮށްލިއެވެ.

“..ކޮން ވާހަކައެއް..” ކައިލް ކޮޓަރިއަށް ވަނީ އެވަގުތެވެ.

“..މި ކިޔަނީ ކުޑަދުވަސް ކޮޅަކަށް ރަށަށްދާން ހިނގާށޭ.. ގާތްގަނޑަކަށް މަހެއްހާ ދުވަހަށް..” ލޫޠު ބުންޏެވެ. “..ދޮނާ ބުނީ ދޮނާބެ އޯކޭ ވެއްޖެޔާ ދާނަމޭ..”

ކައިލް އެއްވެސް ޖަވާބެއް ނުދެއެވެ. ގަދަކަމުން ހިނިތުން ވެލަމުން އަހަރެންގެ މޫނަށް ބަލާލީއެވެ. ކައިލްގެ މޫނުމަތިން ފެނުނު ކުލަވަރުން އަހަރެންނަށް ވިސްނުނީ އޭނާވެސް ރަށަށް ދާން ބޭނުންނުވާކަމެވެ. ކައިލް ޖަވާބެއް ނުދީ ހުރުމުން ލޫޠުއަށްވެސް އެއްޗެއް ވިސްނުނީ ކަންނޭގެއެވެ. ލޫޠު ކޮޓަރިން ނުކުމެގެން ދިޔައީ ދެމީހުން އެކަމާ މަޝްވަރާކޮށްލުމަށް ބުނަމުންނެވެ.

“..ލޫޝް..” ކައިލް އަހަރެން ކައިރީ އިށީނަމުން އަތުގައި ހިފާލިއެވެ.

“.. މަޣުރިބް ނަމާދަށް ދަނިކޮށް އޮފީހުގަ އުޅޭ ކުއްޖަކު ބުނި ޔުމްނު ރަށަށްދާން އުޅޭވާހަކަ.. އެކަން އިނގޭތަ؟..” ކައިލް ސުވާލްކޮށްލިއެވެ. އަހަރެން ކައިލްގެ މޫނަށް ބަލާލަމުން ބޯ ޖަހާލީމެވެ.

“..އަހަރެން ބޭނުމެއް ނޫން ޔުމްނު ފެންނަ ހިސާބަށްދާކަށް.. އަހަރެންނަށް ޔުމްނު މަތިން ހަނދާން ނައްތާލެވޭނީ އެސޫރަ ނުފެންނަ ހިސާބެއްގައި އުޅެގެން.. ރަށަށް ގޮސްފިނަމަ އޭނަގެ އުނދަގޫތައް ޖެހޭނެ.. ދުވާލަކު އެތައް ފަހަރަކު އެސޫރަ ފެންނާނެ.. އެހެންވީމަ އަހަރެން ރަށަށް ދާކަށް ބޭނުމެއް ނޫން.. އަދި އެއްވާހަކައެއް ބުނަން ހަނދާންނެތިފަ މިހުންނަނީ.. އަހަރެން މިއުޅެނީ ވިޔަފާރި ކަމަކު ކުޑަދުވަސްކޮޅަކަށް ބެންކޮކަށް ޖައްސާލަން.. ދެތިން މަހެއްވަރު އެކޮޅުގަ މަޑުކޮށްލަން ދާންވެގެން.. އަހަރެން ބޭނުންވޭ މިނޫން މާހައުލެއްގަ ދުވަސްކޮޅަކު އުޅެލަން.. އަހަރެންގެ މާޒީގެ މަތިން ހަނދާންނައްތާލުމަށް ދުވަސްކޮޅެއް ބޭނުންވޭ.. ޔުމްނު ރަށަށް ނުދާނަމަ މިދަތުރު ކެންސަލްކޮށްފައި ނަމަވެސް ލޫޝްއާއެކު ރަށަށް ދިޔައީމުން.. ލޫޝްއަށް އަންޑަސްޓޭންޑް ވާނެކަމަށް ހީކުރަން.. އަހަރެންނަށް ޝައްކު ނުކުރައްޗޭ އަހަރެން ކިތަންމެ ދުރުގައި އުޅުނަސް އަހަރެން އުޅޭ ނޫޅޭގޮތް ލޫޝްއަށް ބެލޭނެ.. އަހަރެން ލޫޝްގެ ހާލުބަލާ ހަދާނަން.. އަހަރެން ދާނީވެސް ބައްޕަ ގޮވައިގެން.. އެހެންވީމަ މަންމައާ ކުޑަމީހަ ގޮވައިގެން ލޫޝް ރަށަށް ދާންވީނުން.. އަހަރެން މިކޮޅަށް އައިމަ ދެން އަންނާނީ.. އެންމެ ރަނގަޅުތަ؟.”

އަހަރެން ކައިލް ދެއްކިވާހަކަތަކަށް ވަރަށް ވިސްނުމަށްފަހުގައި އާބަސް ބުނީމެވެ. އަހަރެން ކައިލްއަށް އިތުބާރުކޮށް ބެންކޮކަށް ދިޔުމަށް އެއްބަސްވީ އެދަތުރުގައި ބައްޕަ ބައިވެރިވާތީއެވެ. މަންމަވަނީ ބައްޕައަށްވެސް ހުރިހާ ވާހަކަތަކެއް ކިޔާދީފައެވެ. އެހެންކަމުން ބައްޕަ ކައިލްއަށް ފާރަވެރިވާނެކަން ޔަޤީނެވެ. ނަމަވެސް އަހަރެންނަށް އޭރު ނޭގުން ހަޤީޤަތަކީ އަހަރެން ސަލާމަތްކުރަން މިއުޅޭ ދިރިއުޅުން ކަނު އަނދިރި ފުން ވަޅުގަނޑަކަށް ވެއްޓިފައިވާ ކަމެވެ. ޔުމްނު ބުނެފައިވާ ފަދައިން އަހަރެން ދިރިއުޅުން ބަރުބާދު ވެފައިވާކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (18)

  1. saamy

    Kehtherikan kolhunlaa hisaabah gossa huttaami vaahaka kiyaalan libuny v bodah thanks nishan vv reethi mibaives

    1. nishan
      saamy

      thank yu thihaa varah mivaahaka ah inthizaaru kuraathi.. 🙂

  2. corrections.

    Its twin brother. Not twins brother.
    Im older thn you … Not elder.
    Cool story though…

    1. nishan
      corrections.

      Thanx a lot for the correction 😀

  3. Haxu

    eyy loosh anikka kal ah trust kuree dhw.. dhn ekahala meehunan trust kurani keekurantha.. v foohi.bankokah dhaan vegen ves e ulheni konmes ehen kamaku. bappa govaigen dhiya as kail beynun kameh kureveyne dhw.. btw nishaan mi part vx v habeys. dhn haxu ah heevani than kolheh laheehen up kohlaaley.. gud luk <3..

    1. nishan
      Haxu

      Yeah haxu.. story up kohdhevey leh Las kamah gabool kuran.. Varah try kuraanan Las nukoh up kohla dhevytho.. And thank u..

  4. Anonymous

    V reeti miwaahaka v kiyaahitun kiyani heywani hama hageygateh hen

    1. nishan
      Anonymous

      Thank yu. 🙂

  5. shai

    v salhi enehkaa kihineh vaan mi ulheny??? abadhu loosh ah dera goiy hadhaan kah nuvaaane ehnun

    1. nishan
      shai

      Thank yu Shai.. Loosh ah dhera gotheh nuhadhaa salaamaiy koh dhe. Veytho try kuraanan inge 😀

  6. bubbles

    Mashaa Allah v nice ni part vs… comment nukuriya baraabarah kiyan.. net slow kamun comment kuran foohi. . Aslu kaul bankok ah e dhiyaiy ragalhah vejjehyaa goas kamaku.. ehn noon nama loosh gendhaane dhw. . My sympathy loosh ah

    1. nishan
      bubbles

      Bubbles vaahaka kiyaakan engunii ma varah ufaa vehjje.. Thank you 🙂

  7. Neem

    vaahaka hama habeysss inge….v kiyaahiyy vaa vaahakaeh mee…dhen kndhuvahakuntha upkohdheynee nishan??? avas kohlahchey inge…. plx

    1. nishan
      Neem

      Thank yu neem 🙂 next part on Sunday… In shaa Allah

  8. rihfatu

    Varah nice u ge vaahakatah I like it keepitup

    1. nishan
      rihfatu

      Thank you rihfatu.. 🙂

  9. mona

    mi othy the mirror image ge idea in thankolheh laafa dw mi story ga…

    1. nishan
      mona

      Mona I didn’t watch that movie.. Eyge idea eh iniyya thee ihthifaageh 🙂

Comments are closed.