Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހިތް އެދުނަސް… (2)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
September 5, 2018 10 Mins Read
31 Comments

“އަހަރެންނަން މިހެން ވީ ކީއްވެ؟” ޝަކުވާ ގެ ބަސްތައް އަނގައިން ނުކުންނަމުން ދިޔަ ނަމަވެސް އެ އަޑު އަހާނެ އެއްވެސް މީހަކު ނެތެވެ. ހިއްސާ ކޮށްލާނޭ މީހަކުނެތެވެ. ހުރިހާ ކަމެއް އަމިއްލަ ހިތު ތެރޭގައި އޮއްބާލައިގެން ހުރެ ހުރެ އޭނާ ވަރުބަލިވެއްޖެއެވެ.


ހެނދުނުގެ ވަގުތެވެ. ފަތިސް ވީފަހުން ވާރޭ ތުނިކޮށްލާފައި ވީނަމަވެސް އޭރުވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުން ދިޔައެވެ. އާދީއްތަ ދުވަހަށް ވުމުން މަގުމަތީގައިވެސް މީހުން ގިނައެވެ. ހެނދުނު ދަންފަޅިއަށް ސްކޫލަށް ދާ ކުދިން ސްކޫލަށް ދާން ވެގެން ނުކުމެ އުޅޭ ވަގުތަށް ވުމާއެކު މަގުތަށް ހަލަބޮލި ވީއެވެ.

އީނާލް ގެ ޑިއުޓީ މި ހަފްތާގައި ހަވީރުން ފަށައިގެން އޮތުމާއެކު އޭނާ ބަދިގެއަށް ވަނީ ހެނދުނު ސައި ހެދުމަށް މަންމަ އަށް  އެހީތެރިވުމަށެވެ. އައިމަން ގެ އަންހެނުން ބަނޑުބޮޑުވެ ވިހަން ގާތްވެފައި ވުމާއެކު  ސާމިރާވެސް ނާއިލާ ލައްވާ އެއްވެސް މަސައްކަތެއް ނުކުރުވައެވެ. އީނާލް ސާމިރާ އާއެކު މޭޒުމަތި ތައްޔާރުކުރަން އުޅެނިކޮށް ނާއިލާ ވެސް އައިސް ވަނެވެ. އޭރު އޭނާގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ.

“އަނހާ ދަރިފުޅާ… ހާދަ ހެނދުނަކާ… އައިމަން ކޮބާ؟ މިއަދު ސްކޫލަށް ވެސް ނުދާ ދުވަހަކީތަ؟’ ސާމިރާ އަހާލިއެވެ. އޭރު އެ ތުންފަތުގައި ހިނިތުންވުމެއް ވުމާއެކު އޭނާގެ ފުރިހަމަ ސަމާލް ކަން ހުއްޓިފައި ވަނީ ނާއިލާ އަށެވެ. “މާން ވެސް އެބަ އާދޭ… މާ ހެނދުނު ނޭނގެ ކީވެކަމެއް… އުނަގަނޑުގައި ރިއްސާތީ ހޭލެވުނީ… މާން ވެއްޖެ ސްކޫލަށް ދާން ފެންވަރަން ވަދެ… އެއްވެސް ގަމީހެއް އިސްތިރި ނުކުރެވި ހުރީ އެހެންވެ މިއައީ…” ނާއިލާ އުނަގަނޑުގައި އަތް ޖައްސާލައިގެން ހުރެ ވާހަކަ ދެއްކިއެވެ.

“އެހެންތަ؟ އެހެންވިއްޔާ ދަރިފުޅު އަރާމް ކޮށްލަން ވީނު. މަންމަ އިސްތިރި ކޮށްލަފާނަން” ސާމިރާ އަތް ފުހެމުން ބުނެލިއެވެ. އީނާލް ވެސް ނާއިލާ އަށް ބަލާލާފައި ހިނިތުންވެލިއެވެ.

އައިމަން ރީތިވެގެން އައުމުން އީނާލް އަވަސްވެ ގަތީ އައިމަން އަށާއި ބައްޕަ ނާޖިދު އަށް ސައިހަދާދޭށެވެ. އީނާލް އެ މަސައްކަތުގައި އުޅެނިކޮށް ސާމިރާވެސް އަވަސް ފިޔަވަޅުތަކެއްގައި އައިސް ވަނެވެ. “ކޮބާ އެ އަޔާން… އަދިވެސް ނުދެދުވޭ ދޯ… ދެން ކީކޭ ބުނާނީ” ސާމިރާ ދެފަރާތަށް ބޯ ހޫރާލިއެވެ. “އަބަދު ގޮސް މޫދުގަ އުޅުނީމަ ވީތަ؟” ސާމިރާ އަށް ކުދި ކިޔާލެވުނެވެ.

“އައިމަން ވެސް ވެއްޖެ އެއްނު ކޮއްކޮ އަށް ނަސޭހަތް ދޭން” ސާމިރާ އައިމަން އަށް ބަލާލަމުން ބުނެލީ އައިމަން ގާތަށް ހިނިއައުމުންނެވެ.

“މަންމާ ކޮން ހަޅޭކެތްތަ؟” އަޔާން އާފުރެމުން އައިސް ކާގެއަށް ވަނެވެ. އަދި އައިސް މޭޒު ދޮށުގައި އިށީނެވެ.

“ދޭ ހަމަ މިހާރު ދަތް އުނގުޅައިގެން އަންނަން… އެ ނޫނީ ކާ އެއްޗެއް ނުދޭނަން” ސާމިރާ ބުނެލިއެވެ. އެއާއެކު އަޔާން ލޯ އަޅާލަމުން ނުކުމެގެން ދިޔައެވެ. އަޔާން ގެ މި އަމަލުން އީނާލް އަށް ހެވުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރާލިއެވެ.

ނާޖިދު އަކީ އެ ރަށު އިންޖީނުގޭ ބޮޑު މީހާއެވެ. އޭގެ އިތުރުން ރަށުގައި ގެސްޓް ހައުސްގެ ވިޔަފާރިވެސް ފުޅާ ދާއިރާއެއްގައި ކުރެއެވެ.

ނާޖިދު ގެ ދޮށީ ފިރިހެން ދަރި އައިމަން އަކީ ރަށު ސްކޫލުގެ ޕްރިންސިފަލެވެ. އެހެންކަމުން އެ ދެމީހުންނަކީ ވެސް އާއްމު ގޮތެއްގައި ހެނދުނު ވަރަށް ކުރިން މަސައްކަތަށް ނުކުންނަން ޖެހޭ ދެމީހުންނެވެ.

ހެނދުނުގެ ނާސްތާ ނިންމާލުމަށްފަހު ސާމިރާ އާއި އީނާލް އަދި ނާއިލާ ސޯފާގައި ޖައްސާލީ ނާޖިދު މެން ދިޔުމާއެކު ޓީވީން ޑްރާމާއެއް ބަލާލާށެވެ.


މަލަކް ފިހާރަޔަށް ގޮސް ހިސާބު ކެނޑުމަށްފަހު ގެއަށް ހިނގައިގަތް ތަނާ އޭނާގެ ލޮލުގައި އަޔާން އަޅައިގަތެވެ. އެއާއެކު އެނާގެ މެޔަށް ފިނިވެގެން ދިޔައެވެ. ހުދު ކުލައިގެ ޓީޝާޓް އަކާއި ގަދަ ފެހި ކުލައިގެ ސޯޓެއްގައި ހުރެގެން އެ ދިމާލަށް އަންނަމުން ދިޔަ އަޔާން ފެނި އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅުނެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވިއެވެ. ލޯ މަރާލާ އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. “ރިލެކްސް މަލަކް…” މަލަކް އަށް ބުނެވުނެވެ. ހީވަނީ ގަދަކަމުން އޭނާގެ ހިތާ ސިކުނޑިއާ އެއްބަސް ކުރިވީ ހެންނެވެ.

އަޔާން މަލަކް ގެ ކުރިމަތިން ލާފައި ފިހާރައަށް ވަދެގެން ދިޔައިރު އޭނާ އަށް ދުވި ސެންޓް ގެ ވަހުން ވެސް ލޯ މަރާލެވުނެވެ. އެނާގެ ހތާ ސިކުނޑީގައި ހައިޖާނުގަނޑެއް އުފެދިގެން ދިޔައެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ފިޔަވަޅުތަކަށް ބާރުލަމުން ގެއާ ދިމާލަށް ހިނގައިގަތެވެ.


ޒައިން ގެއިން ނުކުންނަން އުޅެނިކޮށް އާޝާ ޒައިން އަށް ގޮވާލިއެވެ. އޭނާ ހޫމް އެއް ލައްވާލަމުން އާޝާ އަށް ބަލާލާ މަޑުކޮށްލިއެވެ. އާޝާ ވާހަކަ ދެއްކުމާއެކު ޒައިން ވެސް ހިނިތުންވެ ހުރެ ވާހަކަ ދެއްކިއެވެ.

“އެކަމަކު އަޝްކޮ ކީއްވެ މިއަދު ސްކޫލަށް ނުދިޔައީ… ތިހެން ހަދަން ޔާ ދޮންބެއެއް ވެސް ރުޅިއަންނާނެ އިނގޭ…” ޒައިން ބުނެލިއެވެ. އާޝާ އަކީ ރަށު ސްކޫލް ގެ ގްރޭޑް އަށެއްގައި ކިޔަވަމުން ދާ ކުއްޖެކެވެ. ކިޔެވުމަށް މާ މޮޅު ނޫނަސް އަބަދުވެސް ހުރިހާ މާއްދާ އަކުން ވެސް ފާސް ހޯދައެވެ.

ޒައިން ދިޔަ މަގުމަތީގައި އޭނާގެ އެކުވެރިއަކާ ދިމާވިއެވެ. “އޭތް ޒައިން ކޮންތާކު ތިއުޅެނީ… މަންމަ ވެސް ހޯދިޔޭ ޒައިން… ބުނީ މިހާރު ފެނިވެސް ނުލައޭ… ވާނެއެއްނު ދާން ގެއަށް ސައި ކޮޅެއް ބޯލަން… މަސައްކަތު ދަނީތަ ތި؟” ޒައިން ގެ ބޮލުން ފަށައިގެން ތިރިއަށް ބަލާލަމުން އެކުވެރިޔާ ބުނެލިއެވެ.

“އާނ…އާސިފް… މި ދަނީ ދާން… ދެން ދާ މަގު މަތީ ތިގެއަށް ވެސް ވަދެލާނީ ދޯ” ޒައިން އާސިފް އަށް ދޯ ދިނެވެ. އަދި އާސިފް އާއެކު އެ ގެއާ ދިމާލަށް ހިނގައިގަތެވެ. ދެމީހުންގެ ދެމެދުގައިވެސް ތަފާތު ގިނަ ވާހަކަތައް ދެކެވެމުން ދިޔައެވެ. އާސިފް މެން ގެއަކީ އީނާލް މެންގޭގެ އެއްފަރާތުގައި އިންނަ ގެއަކަށް ވުމާއެކު އެގެއަށް ދާން ޖެހެނީ އީނާލް މެން ގޭ ގެ ދޮރުމަތިން ލާފައެވެ. އެމަގަށް ޒައިން އެޅީވެސް ފަހަރެއްގައިވެސް އީނާލް ފެނިދާނޭ ކަމަކަށް ނޫނެވެ. އެހެންނަމަވެސް މިފަހަރު ނަސީބު ހުރީ އޭނާ އާ އެކޮޅަށެވެ. ގޭގެ ދޮރޯށި ހުޅުވާލާފައި ނުކުތް އީނާލް މަގުގެ ދެކޮޅު ބަލާލަނީއެވެ. ޒައިން ގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. “އޭތް ޒައިން ކިހިނެތްވީ؟” އާސިފް އަހާލިއެވެ. އެއާއެކު ޒައިން ދެފަރާތަށް ބޯ ހޫރާލިއެވެ. އީނާލް އަށް ވެސް އެއްލި ކަޅީއަކުން ޒައިން ފެނުނުކަން ދެނެގަނެވުނީ އޭނާގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވެ އިސްޖެހިގެން ދިޔައީތީއެވެ.

ޒައިން ގޮސް އާސިފް މެން ގެއަށް ވަނުމާއެކު އީނާލް ވެސް އޭނާ ގެ މަންޒިލާ ދިމާލަށް ދިޔުމަށް ހިނގައިގަތެވެ.


މަންމަ ބުނެގެން އީނާލް މިސްރާބު ޖެހީ އެކުވެރިއެއްގެ ގެއަކަށް ދާށެވެ.

އީނާލް މަޑު ފިޔަވަޅުތަކެއްގައި ދަނިކޮށް ޖެހިގެން އޮތް ހަނި ގޯޅިން ލަނބާލި އަންހެން ކުއްޖާ ޖެހުނީ އޭނާގެ ގައިގައެވެ. ސިހިފައި އޭނާ އަށް ވެސް އެ އަންހެން ކުއްޖާ އަށް ބަލާލެވުނީ ބައިވަރު އެއްޗެހި ތަކެއް ބިންމައްޗަށް ވެރުނުހެން ހީވުމާއެކިގައެވެ. މަލަކް ވެސް ބިންމައްޗަށް ވެރުނު އެއްޗެހި ތަކަށް ބަލާލުމަށް ފަހު ދެވަނަ ފަހަރަށް ކުރިމަތީ ހުރި އަންހެން ކުއްޖާ އަށް ބަލާލިއެވެ. އެ އަންހެން ކުއްޖާ ވެސް އީނާލް އަށް ބަލާލަމުން ހިނިތުންވެލިއެވެ. އެހެންނަމަވެސް އޭރު މަލަކް ގެ ހިތުގައި އެހެނިހެން ޝުއޫރުތަކެއް ވެސް ދައުރުވާން ފަށައިފިއެވެ.

“ސޮރީ އިނގޭ.. މާ އަވަސް އަރުވާލައިގެން އުޅެވުނީމަ ދޯ…” އީނާލް ހީލަމުން މާފަށް އެދިފައި ކޮތަޅުތަކުން ވެރުނު އެއްޗެހިތައް ނަގަން ތިރިވިއެވެ. މަލަކް ވެސް ތިރިވެލާ އެއްޗެހިތައް ކޮތަޅަށް އެޅިއެވެ.

މަލަކް އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށްފައި ހިނގައިގަތެވެ. އީނާލް ވެސް އޭނާ ފަސްދީ ދިޔަ މަލަކް އަށް ބަލާލުމަށްފަހު ކުރިއަށް ހިނގައިގަތުމަށް އަވަސްވެގަތެވެ. އެހެންނަމަވެސް އެ ވަގުތު ބިން މައްޗަށް ވެއްޓިފައި އޮތް ވިދުން ގަދަ އެއްޗެއް އެ ލޮލުގައި އަޅައިގަތެވެ.

ފަހަތް ބަލާލެވުނީ އެ އަންހެން ކުއްޖާގެ އެއްވެސް ހިލަމެއް ވޭތޯއެވެ. އެހެންނަމަވެސް އޭރު އެ އަންހެން ކުއްޖާ ތަންކޮޅެއް ދުރުގައި ހުރެ އެހެން މަގަކަށް ލަނބާލަނީއެވެ.

ބިންމަތިން ކެވެލި ކޮޅު ނަގާ އޭނާ ވޮލެޓަށް ލިއެވެ. އަދި އޭނާގެ މަންޒިލަށް ދިޔުމަށް ހިނގައިގަތެވެ.

މެންދުރު ވަމުން ދިޔަ އިރު ދުނިޔެ މައްޗަށް ހޫނުގަދަވަމުން ދިޔައެވެ. ވިލާތަށް ސާފުވެ އިރު ގެ އަލިން ބިންގަނޑު ދޮން ކުރަމުން ދިޔައެވެ. އީނާލް ގެއަށް އެއައީ އެކުވެރިއެއްގެ ގެއަށް ގޮސްލާފައެވެ. މަންމަ ބުނެގެން ހެދުމެއް ފަހަން ފޮތިގަނޑެއް ހަވާލުކޮށްފައެވެ.

އައިސް ސިޓިން ރޫމްގައި ހުރެ ވޮލެޓް ހުޅުވާލިއެވެ. އެއާއެކު އީނާލް އަށް ވެސް ނޭނގި އޭގެތެރޭގައި އޮތް ކެވެލިކޮޅު ވެއްޓުނެވެ. އީނާލް ވޮލެޓް ހާވަމުން ގޮސް ކޮޓަރިއަށް ވަނެވެ. ހީވަނީ އެއްޗެއް ގެއްލިގެން ހޯދަނީ ހެންނެވެ. ކޮޓަރިތެރޭގައި ކޭޝް ކާޑް އޮތް ތަން ފެނިގެން އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

ބޭރުގަ އުޅެފައި އަޔާން ގެއަށް ވަނެވެ. ހަރުގަނޑުގައި ބޫޓް ބަހައްޓާފައި ކޮޓަރިއާ ދިމާލަށް ހިނގައިގަތް ތަނާ އޭނާގެ ފައިދަށައް ތޫނު ތަދެއްވެގެން ދިޔައެވެ. ކޮންމެވެސް އެއްޗެއް ހެރުނީއެވެ. އެހެންވެ “އައްދޯތް” ޔޭ ކިޔާ ފައި ދަށް ބަލާލިއެވެ. އެއާއެކު އޭނާ ގެ ހަރަކާތް ތަކަށް ކުޑަ މަޑުޖެހުމެއް އައެވެ. މަޑުމަޑުން ގުދުވެލާ އޭނާ އެ ކެވެލި ކޮޅަށް ފުންކޮން ބަލާލިއެވެ. އަދި އެ ކެވެލި ކޮޅު ނަގާ ލޮލާ ކައިރިކޮށްލާ ބަލާލިއެވެ.

ހިތުގެ ބައްޓަމަށް ގަތާފައިވާ އެ ކެވެލި ކޮޅުގެ ކޮންމެ ހިތެއްގައި ވިދާ އެހެއް ކަހަލަ އެއްޗެއް ހަރުކުރެވިފައި ވެއެވެ. އެހެންކަމުން އެ ކެވެލި ކޮޅުގެ ވިދުން ވެސް އެހެން އެއްޗެއްސާ ހިލާފަށް ގަދަކަމަށް ދައްކައެވެ.

އަޔާން އެ ކެވެލި ކޮޅަށް ބަލަން ހުރެފައި އެ ހިފައިގެން ކޮޓަރިއަށް ވަނެވެ. އަދ ފެންވަރާ ތާޒާވެލީ އެ ކެވެލި ކޮޅު ޑްރެސިން ޓޭބަލް މަތީގައި ބައިންދާފައެވެ.

ގެއަށް ވަތް މަލަކް މޭޒުމަތީގައި ކޮތަޅުތައް ބަހައްޓަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާގެ އެ އަމަލުން އެހުރި ވަރަށް ވަރުބަލި ވެފައި ކަން އެނގެއެވެ. އެވަގުތު ބަލި އަޑަކުން މަންމަ ކެއްސާލި އަޑު އޭނާ އަށް އިވިގެން ދިޔައެވެ. ސިޓީން ރޫމް ގައި ހުރި ގޮނޑީގައި އިން އާނިސާ ގާތަށް މަލަކް ދިޔައީ ފެންތައްޓެއް ހިފައިގެންނެވެ. މަލަކް ގެ އަތުން އާނިސާއަށް އަށް ފެންތައްޓެއް ދިނެވެ.

އާނިސާ ހަމަ އަކަށް އެޅިލުމާއެކު މަލަކް އާނިސާ ކޮޓަރިއަށް ވައްދާ އެނދުގައި ބޭއްވުމަށް ފަހު އޭނާގެ ކޮޓަރިއަށް ވަނެވެ.

އަދި އޭނާގެ ކުޑަ ވޮލެޓް ނެގިއެވެ. އޭގެ އެތެރެ ބަލާލިއިރު އެ ކެވެލި ކޮޅެއް ނެތެވެ. އެހެންވެ ވޮލެޓް ގައި ހުރި ހުރިހާ އެއްޗެއް ވަރާލައިގެން ވެސް މަލަކް ބެލިއެވެ. އެހެންނަމަވެސް އެ ކެވެލި ކޮޅެއް ނުފެނުނެވެ. ވަގުތުން އޭނާގެ ލޯ ކަރުނުން ފުރިގެން ދިޔައެވެ. އެކެވެލި ކޮޅަކީ އޭނާގެ އެތަކެތް ހަނދާނެއް އޭގައި ރައްކާކުރެވިފައިވާ އެއްޗެކެވެ. ހަނދާން ނައްތާލަން ބޭނުންނުވާ އެތަކެއް ހަނދާންތަކެއް ގެ ރަމްޒެކެވެ. މިހުރިހާ ދުވަހު އޭނާ އެ ރައްކާކުރީ ވެސް ސަބަބަކާ ލައިގެނެވެ. އެ ހިތުގައި ވި އިހްސާސްތަކެއްގެ ސަބަބުންނެވެ. ފޮހެލަން ބޭނުންނުވާ ހަނދާން ތަކެއްގެ ސަބަބުންނެވެ.

އެހެންނަމަވެސް މިއަދު ދިރިއުޅުމުގެ ހާލަތު ނިޔާކުރި ގޮތުން އޭނާ އެ ކެވެލި ކޮޅު ނެގީވެސް ވިއްކާލާށެވެ. ހިތުގައި އަތް އަޅާފައި ލޯ މަރާލާފައިވެސް އެ ގޮތަށް ކަންތައް ކުރަން މަޖުބޫރުވީއެވެ. ހަދާނެ ގޮތެއް ނޭނގުނީމައެވެ. ކާނޭ އެއްޗެއް ބޯނޭ އެއްޗެއް ގަންނާނޭ ލާރި އަތުގައި ނެތުމުންނެވެ. އާއިލާގެ ޒަރޫރީ ބޭނުންތައް ފުއްދައިދެވޭނޭ އެއްވެސް މަގެއް ނެތުމުންނެވެ.

މަލަކް އެތައް އިރަކު ރުއިމާ ވިސްނުމުގައި އިނެވެ. އެހެންއިން އިރު ތަންކޮޅެއް ކުރީގެ ހަނދާނެއް އެ ސިކުނޑީގައި ދައުރުވިއެވެ.

“އާނ… އެކަންވެސް ކުރެވޭނެ… އޭރުން ކޮންމެވެސް ވަރަކަށް ފައިސާވެސް ލިބޭނެ” މަލަކް ކަރުނަ ފޮހެލިއެވެ. މަލަކް ގެ ވިސްނުމަށް އޭނާގެ މަންމަ ކުރިން ކުރި މަސައްކަތެއްގެ ހިޔާލް ވެރިވީއެވެ. ހެދިކާ ހަދާ ވިއްކައިގެން ވެސް ގޭގެ ޒަރޫރީ ބޭނުންތައް ކުރެވޭވަރަށް ފައިސާ ލިބިދާނެއެވެ.

ޒައިން އާސިފް މެން ގެއިން ނުކުމެގެން މިސްރާބުޖެހީ އޭނާ މަސައްކަތް ކުރާ ސައިޓަށް ދިޔުމަށެވެ. އާސިފް އަކީ އޭނާގެ ވަރަށް ގާތް ރަހްމަތް ތެރިއެވެ. އިންޖީނު ގޭގައި މަސައްކަތް ކުރަމުން ދިޔަ ތައުލީމީ ޒުވާނެކެވެ. ތަހުޒީބީ މި މުޖްތަމައުއަށް ލޯ ހުޅުވިފައިވާ މީހެކެވެ. ޒައިން އާ ބަލާފައި އޭނާ އުޅެމުން ދަނީ ނުލާހިކު އަރާމް ދިރިއުޅުމެކެވެ. އެހެންނަމަވެސް ދެމީހުން ގެ ދެމެދު ހުރި ފަރަގަކަށް އާސިމް އެއް ނުބަލައެވެ. އޭނާ އަބަދުވެސް ޒައިން އަށް ހެޔޮ އެދެއެވެ. އޭނާ ދެކޭ ގޮތުގައި އެކުވެރިކަން ހަމައެކަނި ބާއްވަން ޖެހޭނީ ތިމާއާ އެއްފެންވަރުގެ މީހުނަކާ ނޫނެވެ. އެކަކު އަނެކަކާ ތަފާތު ކުރުމަކީ އޭނާ މާ ގަޔާވާ ކަމެއް ނޫނެވެ.

ޒައިން އަކީ އޭނާ އާ ބަލާފައި ދަށްފެންވަރުގެ މީހެކޭ އޭނާ ނުބުނާނެއެވެ. ޒައިން އަކީވެސް އޭނާ އިހްތިރާމް ކުރާ މީހެކެވެ. ކޮންމެ އިންސާނަކުވެސް އަނެއް އިންސާނަކަށް އިޙްތިރާމް ކުރަން ޖެހޭނޭ ކަމަށް އާސިފް ގަބޫލް ކުރެއެވެ.

ޒައިން އެންމެ ފުރަތަމަ ދިޔައި މުސާރަ ބަލައެވެ. އެއަށް ފަހު އޭނާ މާޔޫސްކަމާއެކު ސައިޓަށް ދިޔައީ މުސާރަ ދެވެން އަދި ނެތް ކަމަށް ބުނުމުންނެވެ.

އެހެންނަމަވެސް އެ ދުވަހު މަސައްކަތް ނިމެން ވާއިރަށް މުސާރަ ހަމަޖެހުނު ވާހަކަ ބޮޑު މީހާ ގުޅާފައި ބުނުމުން އޭނާ އަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ.

ރޭގަނޑުގެ ވަގުތެވެ. އީނާލް ވެސް ހޮސްޕިޓަލަށް އެވަގުތު އެކްސިޑެންޓެއްވެގެން ދެމީހަކު ގެނެވުމާއެކު އުޅުނީ ވަރަށް ބުރަކޮށެވެ. މިކްޔަންވެސް ހަރަކާތް ތެރިވަމުން ދިޔައެވެ. އަދިވެސް އެހެން ޑޮކްޓަރަކު ހަރަކާތް ތެރިވާތަން ފެނެއެވެ. ރަށުގެ ސިއްހީ ފެންވަރު ރަނގަޅުވަމުން އައި ކަމުގައި ވިނަމަވެސް އަދިވެސް ބޮޑެތި ފަރުވާތަށް ދެވޭގޮތްވަނީ ނުވެފައެވެ.

އެމަރޖެންސީކޮށް އެ ދެމީހުން މާލެ ފޮނުވާލެވުނީ ނަރުހަކާ ޑޮކްޓަރަކާ ވެސް އެކުގައެވެ. އީނާލް ހަމަޖެހުމުގެ ނޭވާއެއްލުމަށްފަހު ޑޮކްޓާރސް ލައުންޖަށް ވަނީ ކޮފީއެއް ބޯލުމަށެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު އޭނާ އަށް ވަރުބަލިކަން އިހްސާސްވެ ނިދިއަންނަ ގޮތް ވީއެވެ. އެހެންކަމުން ކޮފީ މެޝިނު ދޮށަށް ކައިރިވެފައި އޭނާ ކޮފީއެއް ތައްޔާރުކޮށްލަން ހުއްޓާ މިކްޔަން ވަދެގެން އައިސް އީނާލް ކައިރީގައި ހުއްޓުނެވެ. އީނާލް ހިނިތުންވެލާ ކޮފީތަށި ހިފައިގެން އައިސް ސޯފާގައި އިށީނެވެ. އަދި އޭގެން ކޯވަރެއް ދަމާލިއެވެ. މިކްޔަންވެސް ކޮފީއެއް ހަދައިގެން އައިސް އިނާލް އާއި ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައި އިށީނެވެ. އަދި އީނާލް އަށް ބަލާލާ ހިނިތުންވެލިއެވެ.

އީނާލް ވެސް ހިނިތުންވެލިއެވެ. އެހެންނަމަވެސް މާބޮޑު ވާހަކައެއް އެދެމެދު ނުދެކެވެއެވެ.

ރޭގަނޑު ޑިއުޓީ ނިންމާލާފައި އީނާލް ހެނދުނު ގެއަށް ދިޔައީ ވެސް އޭނާ އާއްމުކޮށް ގެއިން ހޮސްޕިޓަލަށް ދާ މަގުންނެވެ. ޒައިން މަސައްކަތް ކުރާ ސައިޓާ އަރާ ހަމަވެފައި ބޭއިޚްތިޔާރުގައި އޭނާ އަށް ފިޔަވަޅުތަކަށް މަޑުޖައްސާލެވުނެވެ. އަދި އެ ދިމާލަށް ރަނގަޅަށް ބަލާލިއެވެ. އެހެން ނަމަވެސް މާޔޫސް ވީ އާއްމުކޮށް އޭނާ އާ ކުރާ ސަމާސާ ކޮށްލަން ޒައިން ނެތީތީއެވެ.

އިސްޖަހައިގެން ހުރެ އީނާލް ހިނގައިގަތެވެ. އެހެންނަމަވެސް އިރުއިރުކޮޅަކާ ފަހަތް ބަލާލެވެނީ ޒައިން ހުރޭތޯއެވެ. އެހެންނަމަވެސް އޭނާ އަށް ޒައިން އެއް ނުފެނުނެވެ. އޭނާގެ ހިތަށް މާޔޫސް ކަން ވެރިވެގެން ދިޔައެވެ.

ގެއާ ހިސާބަށް ދިޔައިރުވެސް އޭނާ އަށް ވިސްނެމުން ދިޔައީ ޒައިން އާ މެދުގައެވެ. ޒައިން އަށް ކަމެއް ވީ އޭ އޭނާގެ ހިތަށް އެރިއެވެ. އެހެންކަމުން އޭނާ އަށް ހާސް ކަމެއް ވެސް ވެރިވެފައިވެއެވެ.

އެދުވަހުގެ ބޮޑުބައި އީނާލް ވެސް ފޫހިކަމާއެކު ހޭދަކުރިއިރު ގޭގައި ހުރި ޓީވީ ރަނގަޅު ކުރުމުގެ މަސައްކަތުގައި އިތުރު މީހަކާއެކު ޒައިން އުޅުނޫ ނުހަނު ބުރަކޮށެވެ.


ހެނދުނުގެ ހިތްގައިމު ކަމާއެކު ރަށުގެ އެކި ދިމަދިމާލުން ހާލުގެ ކައްކަކާކޯގެ އަޑާއެކު ކެވެލިތަކުގެ ގޮވުން ތަކުގެ އަޑު ވެސް އިވެމުން ދިޔައެވެ. އަރާމް ނިދިން ނިދާފައިވާ ކޮންމެ މީހަކުވެސް ލޯ ހުޅުވާލަނީ ހިންހަމަޖެހުމާއެކުގައެވެ. އާދުވަހަކަށް މަރުހަބާ ކިޔުމަށެވެ. ކޮންމެ އަކަސް ވޭތުވެ ދިޔަ މާޒީގައި ހިނގާފައިވި ކަންތަކުން އިބްރަތް ލިބިގަނެ އެކަންތަކުން އިބްރަތް ހާސިލް ކުރަން ކޮންމެ މީހަކުވެސް ވަނީ ބޭނުންވެފައެވެ.

އެހެންނަމަވެސް އެނދުގައި އޮށޯވެގެން އޮތް އަޔާން ގެ ލޮލުގައި ނިދީގެ އެއްވެސް އަސަރެތްނެތެވެ. ސިކުނޑީގައި ދައުރުވަމުން ދިޔައި ކޮންފަދަ ހިޔާލް ތަކެއް ކަމެއް ލަފާކޮށްލާކަށް ނޭނގެއެވެ. އޮށޯވެ އަތުން ކެވެލި ކޮޅު މޫނާ ދިމާލަށް އެލުވާލައިގެން އޮވެ ވިސްނަމުން ދިޔައީ އެ އާ މެދުގައި ކަން ޔަގީންވަނީ އެ މޫނުމަތިން ފާޅުވަމުން ދިޔަ އަސަރުތަކުންނެވެ. އެއްފަހަރު ދެބުމަ ހިއްލާލަފާނެއެވެ. އަނެއްފަހަރު އަތުގެ ދެ އިނގިލިން ނިތްކުރިމަތީގައި ފިރުމާލަފާނެއެވެ. އަނެއްބައި ފަހަރު ދެލޯ މަރާލަފާނެއެވެ. ކުއްލިއަކަށް ދެލޯ ހުޅުވާލަފާނެއެވެ. ހީވަނީ އަންނަމުން ދިޔަ ހިޔާލް ތަކަކުން ސަލާމަތް ވާން އުޅެނީހެންނެވެ. ލިބިދާނޭ ނުތަނަވަސް ކަމަކުން ނަފްސު ސަލާމަތް ކުރަން އުޅެނީ ހެންނެވެ.

އަޔާންގެ ދެލޮލުން އޭނާ ރޭގައި ނުނިދާ ހުރި ކަމުގެ އަސަރުތަށް ފާޅުވަމުން ދިޔައެވެ. އެގޮތުން ދެލޯ ކުޑަކޮށް ދުޅަވެފައި ހުރި ކަމުގެ އަސަރުތަށް ފެންނަމުން ދިޔައެވެ.

އިރުކޮޅަކު އެ ކެވެލި ކޮޅަށް ބަލަން އޮތުމަށް ފަހު އޭނާ އެ ކެވެލި ކޮޅު މުށުތެރެއަށް ލާ އެއަތް ގެންގޮސް މޭގައި ޖައްސާލިއެވެ. އަދި ލޯ މަރާލިއެވެ.

އިތުރަށް ނިދި ނައުމުން އޭނާ ދެން ފާހާނާ އަށް ވަދެ މޫނު ދޮވެ ހަދައިގެން ކޮޓަރިން ނުކުތީ ސައިބޯށެވެ. ނުކުތް އިރު އާދައިގެ މަތިން މަންމަ ބަދިގެ ބައިގައި ހަރަކާތް ތެރިވަމުން ދިޔައެވެ.

“މަންމަ އަޅުގަނޑަށް ކޮފީއަށް ހަދާލަ ދީފާނަންތަ؟” އަޔާން އައިސް ކާކޮޓަރިއަށް ވަންނަމުން ގޮވާލިއެވެ.

“ސުންހާނަﷲ… މިއަދު ޖެހޭނެ ދޯ ބޮނޑިބަތް ކައްކަން… ހާދަ ރީތި ކޮށޭ މިއުޅެނީ މިއަދު ދޯ… ހާދަ އަވަހަކަށް އިރު އަރައިގެން… ” ސާމިރާ އޭނާ ކޮށަން ހުރި ފިޔާތަކާ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރެ ވާހަކަ ދައްކައެވެ. “މަޑު ކޮށްލާ ދަރިފުޅާ… މަންމަ މި ފިޔާ ކޮށާލާފަ އެބަ ހަދާދެން… ހާދަ އަވަހަކަށް ތި ތެދުވީ….” ސާމިރާ ދެންވެސް ވާހަކަ ދެއްކިއެވެ.

“އޯކޭ މަންމާ… ކޮބާ އީނާލް؟” އަޔާން އަހާލިއެވެ.

“އީނާލް ޑިއުޓީ އިން އައި ގޮތަށް އައިސް އެބަ އޮތް ނިދާލަން… މަޑު ކޮށްލާ މި ހަދާލަނީ އިނގޭ” ސާމިރާ ބުނެލިއެވެ. އަޔާން ބޯ ޖަހަމުން އައިސް މޭޒު ކައިރީގައި އިށީނެވެ. އަޔާން އަށް ދެލޯ އުނގުޅާލެވުނީ ތަދުވާވަރުންނެވެ.

“ދަރިފުޅާ… ކިހިނެތްވެފަ ތި ހުރީ ލޮލަށް ރޭގަ ނުނިދެނީތަ؟” އަޔާން ގެ ދެލޮލަށް ބަލާލުމާއެކު ކޮފީތަށި ހިފައިގެން އައިސް ބެހެއްޓި ސާމިރާ އަށް ބުނެވުނެވެ. އެއާއެކު އަޔާން އަށް ދެލޮލުގައި އަނެއްކާވެސް އަތް ހާކާލެވުނެވެ.

ސާމިރާގެ ސުވާލަށް ވަކި ޖަވާބެއް ނުދީ އަޔާން ހަމައެކަނި ހީލީއެވެ. ސާމިރާވެސް އިތުރަށް އެއްޗެއް ބުނަން ނަހަދާ އޭނާ ކުރަން ހުރި މަސައްކަތައް ސަމާލް ކަން ދިނެވެ.


ގޭގެ ބަދިގެ ތެރޭގައި އަވަސް އަރުވާލައިގެން ހަރަކާތް ތެރިވަމުން ދިޔަ މަލަކް ދިޔައީ އިރު އިރު ކޮޅަކާ ގަޑިއަށް ބަލަމުންނެވެ. ކޮއްކޮ ސްކޫލަށް ދާ ގަޑީ ޖެހުމުގެ ކުރިން ނާސްތާއެއް ތައްޔާރު ކުރެވޭތޯ ބަލަމުން ދިޔަ މަލަކް އަށް އާނިސާ ގޮވާލިއެވެ. އެއާއެކު މަލަކް އެތާ ހުރި ފޮތިގަނޑުގައި އަތް ފުހެލުމަށްފަހު އާނިސާ ގާތަށް ދިޔުމަށް އަވަސްވެގަތެވެ.

އާނިސާ އިނީ ފުރޮޅި ލީ ގޮނޑީގައެވެ. މީގެ ހަތަރު އަހަރު ކުރިން ވި އެކްސިޑެންޓެއްގައި ލިބުނު ގެއްލުމުގެ ސަބަބުން އާނިސާ އަށް ވަނީ ހިނގާއުޅުމުން މަހްރޫމް ވެފައެވެ. ފުރޮޅި  ލީ ގޮނޑީގައި އާނިސާ ގުނަމުން ދަނީ ހިތްދަތި ދުވަސްތަކެކެވެ.

“ކިހިނެތްވީ މަންމާ” މަލަކް އަހާލިއެވެ.

“މަންމަ އަށް ފެން ފޮދެއް ދީބަލަ” އާނިސާ ބުނެލިއެވެ.

“މަޑު ކޮށްލާ މަންމާ މި ގެންނަނީ” މަލަކް ހިނގައިގަތެވެ.

“މަލަކް… ޝާމިން ގެ ސްކޫލް އެއްޗެހި ލިބުނުތަ؟؟” މަލަކް ހިނގައިގަތުމާއެކު އެ އަތުގައި ހިފައްޓާފައި އާނިސާ އަހާލިއެވެ. “ލިބިއްޖެ… އެކަމަކު އެ އެއްޗެހި ގެނައި ފިހާރައިގަ ޖަހާފަ… ވަރަށް އެއްޗެހި ކީ ބިލް ބޮޑުވެގެން… އެކަމަކުވެސް ދީފި…” މަލަކް ހިސާބެއްގެ ޖެހިލުން ވުމަކާއެކު ބުނެލިއެވެ. އެއާއެކު އާނިސާ ބޯޖަހާލިއެވެ.

އާނިސާ އާއި މަލަކް ދެއްކި ވާހަކަ އަހަން ޝާމިން ހުރި އިރު އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރު ފާޅުވަމުން ދިޔައެވެ.

އެހެންނަމަވެސް ނިކަން އަވަހަށް ހިނިތުންވުމެއް ވެރިކޮށްލަމުން އެ ސަރުތަށް ފަރުދާ ކޮށްލުމަށްފަހު މަލަކް އަށް ގޮވަމުން އެދިމާލަށް ހިނގައިގަތެވެ.

“ދޮންތާ… ދޮންތާ؟” މަލަކް އާއި އާނިސާ ގެ ސަމާލް ކަން ޝާމިން ހޯދިއެވެ. “ކޯންޗެއްތަ މިއަދު ހުރީ ވަރަށް ބަނޑު ހައި އިނގޭ… އަވަހަށް ދީބަލަ” ޝާމިން އައިސް މަލަކް ގެ ކޮނޑަށް އަތް ވައްޓާލިއެވެ.

“ހޫން… ދުރުގަ ހުރޭ… މި އުޅެނީ ކައްކަން އުޅެފައޭ… ގައިގަ ވަސް ހިފާފާނެ…” މަލަކް ބުނެލިއެވެ. އެއާއެކު ޝާމިން އެއްލޯ މަރާލުމަށްފަހު ދުރަށް ޖެހިލިއެވެ.

މަލަކް އަވަސް ކޮށްލީ ޝާމިން އަށް ސައި ހަދާދިނުމަށެވެ. ޝާމިން އާނިސާ ގާތު މަޑުކޮށްލާފައި ގޮސް މޭޒު ދޮށުގައި އިށީނެވެ.

‘ދޮންތަގެ މީރު ސޭންޑް ވިޗް ތަ މިހެދީ… ހާދަ ހެނދުނަކާއޭ ދޯ” ޝާމިން އަށް ބުނެވުނީ އެއީ ވަރަށް މަދުން ނޫނީ އެ ގަޑީގައި އެކަހަލަ އެއްޗެއް ނުހުންނާނެތީއެވެ. އާއްމުގޮތެއްގައި ހެނދުނުގެ އެ ގަޑީގައި ހުންނާނީ ސަޔާއި ބިސްކޯދެވެ. ނޫނީ ކުޅި ރޮށި ކަހަލަ އެއްޗެކެވެ.

މަލަކް އާނިސާ ވެސް ގެނެސް މޭޒު ދޮށުގައި ބެއިންދިއެވެ. އަދި އޭނާ ވެސް އިށީނެވެ. ތިން މީހުން ސައި ބޮމުން ދިޔަ އިރު ތަފާތު އެކި ކަހަލަ ވާހަކަތައް ދައްކަމުން ދިޔައެވެ.

ޝާމިން ސްކޫލަށް ދިޔުމާއެކު މަލަކް އާނިސާ ގެންގޮސް ގޭގެ ފުރަގަހުގައި ހުރި ބޮނޑު ޖަނބުރޯލި ގަސްދޮށުގައި ބެއިންދިއެވެ. ގޯއްޗަކީ ކުޑަ ގޯއްޗަކަށް ވިޔަސް ގެ އާއި ބަދިގެ ބަޔާއި އަޅާފައި ދެން އޮތް ހުސްތަނުގައި ޖަނބުރޯ ލި ގަހަކާއި ކުންނާރުގަހެއް ހުއްޓެވެ. މަލަކް ގެ ބައްޕަ ދުނިޔޭގައި ވަށާފާރު ނަގާފައިވާކަމީ ނަސީބެކެވެ. އެހެންނޫންނަމަ އެގެ އިންނާނީ މަގާ ދިމާލަށް ހާމައަށެވެ.

މީގެ ހަތް އަހަރު ކުރިން މަލަކް ގެ ބައްޕަ ނިޔާވުމާއެކު މަލަކް އާއި ޝާމިން ގެ ކަންތައް ބަލަމުން ގެން ދިޔައީ އާނިސާއެވެ. އާނިސާ ފަންގިވިނުމާއެކި ހެދިކާ ހެދުންފަދަ މަސައްކަތްތައް ކޮށްގެން ގޭގެ ހަރަދުތައް ބެލެހެއްޓޭވަރުވެއެވެ. މަލަކް މެންނަށް ކިޔަވާދިނުމަކީ އޭނާ އެންމެ އިސްކަން ދިން ކަމެވެ. ރަށުގައި ކިޔެވޭ އެންމެ މައްޗަކަށް މަލަކް ކިޔެވިއެވެ. ބާރަ ނިންމުމަށްފަހު ތައުލީމް ހާސިލް ކުރަން މާލެ ދާނެ ތަނަވަސްކަން ނެތުމާއެކު މަލަކް ނިންމީ ރަށުގައި ހުރެގެން އޮންލައިން ކޮށް ނަމަވެސް ކޯހެއް ހެދޭތޯއެވެ. އެހެންނަމަވެސް އެކަން ވާ ގޮތް ނުވީ އާނިސާގެ ކުއްލި އެކްސިޑެންޓާ ގުޅިގެންނެވެ. މަލަކް ގެ އުމުރުން ސައުވީސް އަހަރު ވެފައި ވާއިރު އޭނާ ގެ ހުރިހާ ސަމާލް ކަމެއްވެސް މިހާރު ހުއްޓިފައިވަނީ ޝާމިން އަށާއި މަންމަ އަށެވެ. ޝާމިން އަށް ރަނގަޅު ތައުލީމެއް ދިނުމަކީ މިހާރު އޭނާގެ އަމާޒެވެ.

“މަލަކް… އަދިވެސް ވަޒީފާ ހަމަޖެހޭ ގޮތެއްނުވޭދޯ؟” ޝާމިން ދިޔުމާއެކު އާނިސާ މަލަކް ގާތު ސުވާލުކޮށްލިއެވެ.

“އެކަމެއް ނުވި މަންމާ… ކީކުރާނީ…” މަލަކް ބުނެލިއެވެ. އަދި އޭނާ ވެސް ތަށިތަށް ނެގުމަށް އަވަސްވެގަތެވެ.

އެ ހުރިހާ ވާހައެއް އަޑު އަހަން ހުރި ޝާމިން އަށް ވެސް ހިތްދަތިކަންވެރިވެގެން ދިޔައެވެ. ޝާމިން އަތުކުރީ އޮތް އާދައިގެ ގަޑިއަށް ބަލާލަމުން ގޭން ނުކުންނަން ހިނގައިގަތެވެ.

ޒައިން އަށް މިއަދު ވެސް ކަންތައްތައް ދިމާވި ގޮތުން އެ ސައިޓަށް ދެވޭ ގޮތެއްނުވިއެވެ. އީނާލް ނުފެނުމުން އޭނާގެ ހިތަށް މާޔޫސްކަންވެސް ވެރިވެފައި ވެއެވެ.

އެހެންނަމަވެސް އެ ދުވަހު ކުރަން ހުރި ބާކީ މަސައްކަތްތައް ކޮށްނިންމާލުމަށް ފަހު ހަވީރު އަތަށް އަޅާލުމުން ޒައިން ނިންމީ މޫދަށް އެރިލަން ދިޔުމަށެވެ. ފަތާލާ ހަދާލުމުން ހަށިގަނޑަށް ވެސް ކަސްރަތު ލިބި މީހާ ތާޒާ ވާނެތީ އޭނާ ބޭނުންވީ މޫދަށް ގޮސް މަޖާކޮށްލުމަށެވެ. އެހެންކަމުން ގާތް އެކުވެރިއަކަށް ގުޅައިގެން މޫދަށް ޒައިން ދިޔައެވެ.

އަޔާން ވެސް ގެއިން ނުކުމެގެން އާއްމުކޮށް ރަށުގެ މީހުން މޫދަށް އެރޭ ތުނޑިއާ ދިމާލަށް މިސްރާބުޖެހިއެވެ. ރޭއްސުރެ ނުނިދާ ހުރި ކަމުގައި ވިނަމަވެސް އަޔާން އަށް ފަރުވާލެއް ނެތެވެ. ބޮލުގައި ރިއްސަމުން ދިޔަނަމަވެސް އޭނާ ހުރީ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަން ބޭނުންވެފައެވެ. އޭރުވެސް އޭނާގެ ހިތުގައި ތަފާތު ގޮތަކަށް ވިންދެއް ޖަހަމުން ދިޔައެވެ. އެހެންނަމަވެސް އަޔާން މަސައްކަތް ކުރަމުން ދިޔައީ އެ އަސަރު އެއްކޮށް ފިލުވާލެވޭތޯއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ވާނަން އެކީ 2

Next

އެހަނދާން ފޮހެވޭތޯ ބެލިޔަސް… 1

Next
September 6, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް… 1

Previews
September 5, 2018

ވާނަން އެކީ 2

31 Comments!

  1. naya says:
    September 5, 2018 at 10:04 pm

    mi forst
    v salhi…keep it up hi mi

    1. Hi Mi says:
      September 6, 2018 at 6:17 pm

      Yayyyy. Ir fisrt dear.thankyou. ???

  2. Hi Mi says:
    September 5, 2018 at 10:05 pm

    Salaam all. Adhi maa bodu kameh story gai nuhingani adhi maigandu haadhisaa there ah vannamun dhaaa
    Thy ingey. Hurihaa kudhinnah ves baajjaveri reygandakah edhemun hurihaa kudhinnah ves story kamudhaane kamaj unmmeedh kuran.
    MUCH LOVES
    JAZAKALLAH KHAIRAN

  3. Reader says:
    September 5, 2018 at 10:24 pm

    YES! I TOTALLY AGREE WITH YOU.
    LoNg stories ga haadhisaa thereah vannan dm2 or 3 part varu negias okay vaane… For me it helps to understand the characters better :))

    1. ? Unknown ? says:
      September 5, 2018 at 11:15 pm

      Even I agree with you

    2. Hi Mi says:
      September 6, 2018 at 6:18 pm

      Awwwn. Much loves dear. Thankyou so much. Vvv ufaavehje. Thankyou so much. ???

  4. Naju says:
    September 5, 2018 at 10:27 pm

    Wooooooow ??? hama speechless ???Masha Allah vvvvvvvvvvv nice mi story ?????? naju adhi alah miky himige story eh n vvvvvv nice mi story dear ??????

    1. Hi Mi says:
      September 6, 2018 at 8:51 pm

      Awwn. Naju haadha thaureefeh. V ufaavehjje. Much loves. ???

  5. ? Unknown ? says:
    September 5, 2018 at 11:17 pm

    Btw v reethi mi part vx. I love reading it. Specially dhigu vyma. ?♥️♥️

    1. Hi Mi says:
      September 6, 2018 at 8:51 pm

      Thanks dear. Means a lot. ???

  6. Mal says:
    September 5, 2018 at 11:25 pm

    Varah reethi story??????????????????????

    1. Hi Mi says:
      September 6, 2018 at 8:51 pm

      Thanks dear. Means a lot. ???

  7. Aysh says:
    September 6, 2018 at 1:28 am

    Salhi mipaat ves???

    1. Hi Mi says:
      September 6, 2018 at 8:50 pm

      Thanks aysh. Much loves. ???

  8. Pinky shifoo says:
    September 6, 2018 at 7:37 am

    Hi Mi ❤️❤️❤️???… Mi part vx v v v reethi ❤️❤️❤️??????… It’s interesting ?????????… Pinky ah heevany malak n ayaan ge knmes gulhumeh vaahenn ???… I think they are lovers before ???… N pinky ah heevey mikyan eenaal aa like vaahen vx… Hehhe… Just a guess ingey Hi Mi ???❤️❤️❤️???… Keep up the good work my favourite writer Hi Mi ❤️❤️❤️?????????… Curiously waiting for the next part ???… Lots of love ❤️❤️❤️????????????…

    1. Hi Mi says:
      September 6, 2018 at 8:49 pm

      Thankyou so much dear. Vaguthu v varakun rwply kuramun mi dhani. Reply thah lasvaathy maafah edhen. Vvv ufaavkuran thihaa colourful comment eg kohlima. Pinky. Hehe. Vvv happy vehjje. Always one of my biggest supporter for sure. Thanks. ???

  9. Xaaan says:
    September 6, 2018 at 9:27 am

    Masha Allah mi part ves v reethi

    1. Hi Mi says:
      September 6, 2018 at 6:17 pm

      Thanks xaaan. Dear. Vvv ufaavehjje. Thankyou. ???

  10. shann says:
    September 6, 2018 at 10:20 am

    Wow my luving HiMi haadha reechey mibaives… neyngun kiyaa ninmaalevun goehves bunaakah… ehaaves kiyaa hithun indhe mi kiyaaly.. miss u

    1. Hi Mi says:
      September 6, 2018 at 6:16 pm

      Shann dear.haadha ufaavehjjey. Shaan ge comment thakun v hiyy varu kibey. Thanks much loves. ??

  11. annoying reader says:
    September 6, 2018 at 11:36 am

    i feel sad for malak. varah reethi mi part ves. much love himi. waiting for the next part

    1. Hi Mi says:
      September 6, 2018 at 6:16 pm

      Thanks dear. Lets see dw. Keep reading to find out more ingey much loves. ???

  12. Aiminath Murushidha says:
    September 6, 2018 at 12:01 pm

    Hi mi is back?

    1. Hi Mi says:
      September 6, 2018 at 5:42 pm

      Thanks dear. Ummedh kuran mofaharuge vaahaka ves reethi vaanr kamah. In Sha Allah. ???

  13. maya says:
    September 6, 2018 at 10:05 pm

    so sad for malak ….vv heart touching,,,,as usual vv reeethi himi u r the best

    1. Hi Mi says:
      September 11, 2018 at 9:41 pm

      Awwn. Thanks dear.

  14. Blue beauty says:
    September 8, 2018 at 9:14 pm

    Varah salhi mipart ves….???????

    1. Hi Mi says:
      September 11, 2018 at 9:42 pm

      Awwn. Thanks dear.

  15. Psenhi says:
    September 9, 2018 at 11:05 pm

    Story is beautiful. Masha Allah. Bt their x a mistake I think. B4 it says zainge kokko ulheny 7gaye n now 8ga. Eha avahah grade badhalveema. Good luck

    1. Hi Mi says:
      September 11, 2018 at 9:43 pm

      Awwn. Thanks dear. Zain ge kokko ulheni 7 ga ingey. Much loves. Thankyou for pointing it out.

  16. Aish Rish says:
    February 18, 2019 at 10:11 pm

    Kudhi kudhi mistakes faahagavi ekam ves v reethi?? and maa gina characters ulheytheeve main character dhene gannan undhaguuve…

Comments are closed.

Next Episodeހިތް އެދުނަސް… (3)←


All Right Reserved!