Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެހަނދާން ފޮހެވޭތޯ ބެލިޔަސް… 1

eysh Level 510 Stories100 Comments100 Login500 Comments
September 6, 2018 3 Mins Read
53 Comments

ވިދާލި ވިދުވަރާއިއެކު ހިނގަމުންދިޔަ ޒީކްގެ ފިޔަވަޅުތައް ހުއްޓުނެވެ. ދެލޯ ބޮޑުވެގެންދިޔައީ ކަންފަތް ފަޅައިގެން ދާހާ ބާރަށް ޖަހާލި ގުގުރީގެ އަޑު އިވުމުންނެވެ. މަގުމަތީގައި ދުއްވާ އެއްޗެއް ފެންނަން ނެތްއިރު މީހަކުވެސް ފެންނާކަށް ނެތެވެ. ގުޑިލަންވެސް ނޭނގިފައި ހުއްޓާ މުޅި ސަރަހައްދުން އެކީ ކަރަންޓް ދިޔައެވެ. މާދުރުން ފަނޑު އަލިކަމެއް ފެންނަމުން ދިޔަ ނަމަވެސް ކުރިޔަށް އެންމެ ފިޔަވަޅެއްވެސް އަޅާލަން ނޭނގިފައި ޒީކްއަށް ހުރެވުނީއެވެ.

ކުއްލިއަކަށް އިވިގެން ދިޔައީ އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑެވެ. ބިރުން މުޅި މީހާ ތުރުތުރު އަޅަމުންދިޔަ ނަމަވެސް އަޑު އައި ދިމާއަށް ޒީކް ހިނގައިގަތެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގަމުންދިޔަ ޒީކް ސިހުނީ ކުއްލިއަކަށް ޖެހިލި ބާރު ވައިރޯޅި އައިސް އޭނަގެ ގައިގައި ބީހިލުމުންނެވެ. އަންހެން މީހާގެ ރުއިމުގެ އަޑު ހިނދެއްހިނދަކަށް ބާރުވަމުން ދިޔައެވެ. ޒީކްގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ވެގެން އުޅެނީ ކީއްކަމެއް ނޭނގުނަސް އެމީހާގެ އަޑުގައި ހުރި ވޭން އިޚްސާސްކުރެވުނެވެ.

މަގުގައި ޕާކުކޮށްފައިވާ ކާރުތަކުގެ ނިވަލުން ގޮސް އަޑު އަންނަ ދިމާއަށް ޒީކް އޭނާގެ ފޯނުން އަލިކޮށްލިއެވެ. އެވަގުތު ފެނިގެންދިޔަ މަންޒަރުން ކަރު ހަލާކުވެގެންދާހާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

ބިންމައްޗަށް ވެއްޓިފައި އޮތް އަންހެންމީހާގެ ގައިމަތީގައި އެއޮތީ ފިރެހެނެކެވެ. އެއަންހެން މީހާ ލެއިން ތަތްތެޅިފައި އޮތްއިރު، އަޑު މަޑުވެ، ހަރަކާތްވެސް ކެނޑެމުން ދިޔައެވެ. ޒީކްގެ ހަޅޭކުގެ އަޑަށް އަންހެން މީހާގެ ގައިމަތިން އެމީހަކު ތެދުވިއެވެ. އަދި އެނބުރި އޭނަ އާއި ދިމާއަށް ބަލާލިއެވެ. އެއާއިއެކު ކުރިއަށްވުރެ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އެމީހާގެ ހުރިގޮތް ފެނުމުން ހޭބުއްދި ފިލައިގެން ނުދިޔައީ ކިރިޔާއެވެ. އޭރު ވެއްޓިފައި އޮތް އަންހެން މީހާގެ ކަރުން ބޮކިޖަހާފައި ލޭ އަންނަމުންދިޔައެވެ.

ކުރިމަތީގައި އެހުރީ އިންސާނެއް ކަމާއިމެދު ޒީކްއަށް ޝައްކުވިއެވެ. އެމީހެއްގެ އަނގައިގައި އެހުރީ އެއަންހެން މީހޭގެ ލޭ ފިޔަވައި އިތުރު އެއްޗެއް ނޫނެވެ. އަނގައިގެ ދެކޮޅުން ތޫނު ދެދަތް ނިކުމެފައިވާއިރު ދެލޮލުގެ ކަޅި ވަނީ އޮރެންޖް ކުލައިން ދިއްލިފައެވެ. ޒީކްގެ އަތުގައި އޮތް ފޯނު ދޫވިއެވެ. އެއާއިއެކު މޫނުމައްޗަށް އަނދިރިވެގެން ހުރިތަނަށް ވެއްޓެން ދިޔައެވެ.

********

“ދާއިން….” އިވިގެން ދިޔައީ ކަރަމްގެ ބާރު އަޑެވެ. އެއަޑާއިއެކު މުޅި ގެވެސް ގުޑައިގެން ދިޔައެވެ.

ކަރަމްގެ އަޑަށް ކޮޓަރީގައި އުޅުނު ސުމޭނާ ދިޔައީ ސިއްސައިގެންނެވެ. އެސްފިޔަ ޖަހާލާހައި ހިނދުކޮޅެއްގެ ތެރޭގައި އޭނަ ހުރީ ކަރަމްގެ ކުރިމަތީގައެވެ.

“ކިހިނެތްވެގެން މިއުޅެނީ….” ސުމޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.

“ވީގޮތެއް ދާއިންގެ ކައިރީ އަހާ…” ކަރަމްގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ކުރިމަތީ އިސްޖަހާލައިގެން ހުރި ދާއިން އާއި ދިމާއަށް ބަލާލިއިރު ދެލޮލުން އަލިފާންކަނި ބުރައެވެ.

“މަންމާ….” ދާއިން ހުރީ ޖެހިލުންވެފައެވެ.

ދާއިން އާއި ދިމާއަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު ސުމޭނާ ހުއްޓެވެ. ދާއިންގެ ސިކުނޑީގައިވާ އެއްޗެއް އެނގެމުންދިޔަ ވަރަކަށް އެމޫނުމަތީގެ ކުލަވަރު ބަދަލުވަމުން ދިޔައެވެ. ކުއްލިއަކަށް ޖެހި ލުއްކާއިއެކު ސުމޭނާ ހިފީ ދާއިންގެ ކަރުގައެވެ. އޭރު އޭނަގެ ދެލޯ ވަނީ އޮރެންޖް ކުލައިން ދިއްލިފައެވެ. މޫނުމަތިން ރުޅިވެރިކަމުގެ އަސަރު ފެންނަމުން ދިޔައެވެ.

“ކޮބާ އޭނަ….” އެއްއަތުން ދާއިންގެ ކަރުގައި ހިފައި އުފުއްލާލަމުން ސުމޭނާ ހަޅޭއްލަވައިގަތެވެ. އެއަޑު މުޅި ގޭތެރޭގައި އެކޯވެގެންދިޔައެވެ. ދާއިންއަށް ލޯމަރާލެވުނެވެ. އެއާއިއެކު އިވިގެން ދިޔައީ ދާއިންގެ ވޭނީ ހަޅޭކުގެ އަޑެވެ.

********

“ފިޒާނާ…. އެމަންޖެއަށް ފިހާރަ ހަވާލުކުރުން އެއީ އަހަރެމެންނަށް ކުރެވުނު ރަގަޅު ކަމެއްތަ…. ބައެއް ފަހަރު ހިތަށް އަރާ އެމަންޖެވެސް ބޭނުންވާނެއޭ އަމިއްލަ އުފާވެސް…. ނުލާހިކު ބުރަކޮށް އުޅެން އެޖެހެނީ….” އުމޭދު ވާހަކަ ދައްކަމުން ދިޔައީ އޭނަގެ އަންހެނުން ފިޒާނާ އާއެވެ.

“މަވެސް ތިހެން ހިތަށް އަރާ އެބަ…. އެކަމަކު މިވަގުތު އިތުރު ގޮތެއްވެސް ނެތެއްނު…. އިތުރު މީހަކު ނެގޭކަށް ނެތްތަ…. އޭރުން އެމަންޖެއަށް ތަންކޮޅެއް ލުއިވާނެ އެއްނު…..” ފިޒާނާ ބުންޏެވެ.

ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން އެމަންޖެ އައީ ކަމުގައި ބުނެ އުމޭދު ހިނގައިގަތެވެ. އުމޭދު ދިޔަ ދިމާއަށް ބަލަހައްޓައިގެން ފިޒާނާއަށް ހުރެވުނީ ހިނިތުންވެފައެވެ. ފުރަތަމަ ކައިވެނި ރޫޅި ލިބުނު ދަރިފުޅާއިއެކު ބިކަވެފައިވަނިކޮށް އެހީތެރިވެދިނީ އުމޭދުއެވެ. އުމޭދަކީ އިންޑިއާ މީހަކަށް ވާތީ އޭނަގެ އެދުމުގެ މަތިން ދަރިފުޅާއިއެކު އިންޑިއާއަށް ދިރިއުޅުން ބަދަލުކުރީ އާއިލާގައި އިތުރު މީހަކުވެސް ނެތުމާއި ގުޅިގެންނެވެ.

ފިޒާނާ އޭނަ ކުރަންހުރި މަސައްކަތަށް އެނބުރުނެވެ. އެވަގުތު އިވިގެންދިޔައީ އުމޭދު ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑެވެ. ފިޒާނާގެ ތުންފަތްމަތީގައިވި ހިނިތުންވުން ގެއްލުނެވެ. އިސާހިތަކު އެމޫނުމަތިން ފެނިގެންދިޔައީ ކަންބޮޑުވުމުގެ އަސަރެވެ. ދެފައިގައި ލެވުނުހާ ބާރެއް ލާފައި އޭނައަށް ސިޓިންގްރޫމާއި ދިމާއަށް ދުއްވައި ގަނެވުނެވެ.

ގޭގެ މައިދޮރު ހުޅުވިފައިވާ ތަން ފެނި ފިޒާނާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. ލަސްފިޔަވަޅު ތަކެއްގައި ގޮސް ދޮރާއި ތަންކޮޅެއް ދުރުގައި މަޑުކޮށްލިއެވެ. ބޭރު ފެންނަން އޮތްލެއް އަނދިރިކަމުން ފިޒާނާގެ ހިތް ނޭނގޭ ބާރު މިނެއްގައި ތެޅެންފެށިއެވެ.

“އުމޭދު…..” މޭގައި އަތް ޖައްސާލައިގެން ހުރެ ފިޒާނާއަށް ގޮވާލެވުނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. އަނެއްކާ އުމޭދުއަށް ކަމެއް ވީހެއްޔެވެ؟ ފިޒާނާގެ ހިތަށް ތަފާތު އެއްޗެހި އަރާފައިބަމުން ދިޔައެވެ. ރޮވިފައިވާ ހާލު އަނެއްކާވެސް ފިރިމީހާއަށް ގޮވާލެވުނެވެ. އޭރު އޭނަގެ އަޑުވެސް ތުރުތުރު އަޅަމުން ދިޔައެވެ.

ދޮރުން ބޭރަށް އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު ފިޒާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފިރިމީހާގެ އަތްދަނޑި މަތީގައި އެއޮތީ އޭނަގެ ލޯބިވާ ދަރިފުޅެވެ. އެދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތްއިރު ލޯވެސް ވަނީ މެރިފައެވެ.

“ސުބުހާނަﷲ މަގޭ ދަރި…. ޒީކް…. ދަރިފުޅާ ޒީކް….” ފިޒާނާ ރޯން ފެށިއެވެ. ޒީކްގެ ހަރަކާތް ހުއްޓިފައިވާތަން ފެނުމުން އެހިތަށް ކުރީ ބަޔާންކުރަންދަތި އަސަރެކެވެ. ހިތްއެކީ ކުދިކުދިވެގެން ދިޔައެވެ. އެދަރިފުޅު ނެތް ދުނިޔޭގައި އޭނައަށް އެއްވެސް އުފަލެއް ލިބުމެއް ނެތެވެ.

“ފިޒާނާ ދޭބަލަ ފެންތައްޓެއް ހިފައިގެން އަންނަން….” އުމޭދު ހުރީ ހާސްވެފައެވެ. ޒީކް ގެނެސް ސޯފާގައި ބާއްވާލުމަށްފަހު އުމޭދަށް ހުރެވުނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މިވީހާ ތަނަށް އޭނައަށް އަދި އޭނަގެ އާއިލާއަށްވެސް ގެއްލުމެއް ދޭން މީހަކު މަސައްކަތް ކޮށްފައެއް ނުވެއެވެ. އޭނަ އާއި ދުޝްމަނުކަމެއް އޮންނަ މީހަކުވެސް ނުހުންނާނެއެވެ. ވީއިރު ޒީކްއަށް އެފަދަ ކަމެއް ކުރާނީ ކާކު ބާއޭ ހިތަށް އެރިއެވެ.

މޫނަށް ފެންފޮދެއް ބުރުވާލުމާއިއެކު ޒީކް ލޯ ހުޅުވާލިއެވެ. އޭނަގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ ކަންބޮޑުވެފައި ހުރި މަންމައެވެ. ދެން ބައްޕައެވެ. ދެމީހުން ތިބިގޮތުން ބޮޑުކަމެއް ވެއްޖެކަން އެނގުނެވެ.

“ކިހިނެތްވީ…” ހައިރާންވެފައި ޒީކް ސުވާލުކޮށްލިއެވެ. ވެދިޔަ އެއްވެސް ކަމެއް އޭނަގެ ހަނދާނުގައި ނެތްކަހަލައެވެ. ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ޒީކް މަސައްކަތްކުރީ ތެދުވާށެވެ. ނަމަވެސް ކުއްލިއަކަށް ބޮލަށް ތޫނު ތަދެއް އަރައިގެން ދިޔައެވެ. އެއާއިއެކު ބޮލުގައި ބާރަށް ހިފަހައްޓާލެވުނެވެ.

“ދަރިފުޅާ….” ފިޒާނާއަށް ރޮވުނެވެ. ދަރިފުޅުގެ ހާލު ފެނި މައިލަގޮނޑި ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ.

“ދަރިފުޅާ…. ވީގޮތެއް އެނގޭތަ…” ޒީކް ކުޑަކޮށް ހަމައަކަށް އެޅުމުން އުމޭދު ސުވާލުކޮށްލީ ކަންބޮޑުވެފައި އިނދެއެވެ. އެއްވެސް ގެއްލުމެއް ނުލިބި އެފަދަ ގޮތަކަށް ގޭ ދޮރުމަތީގައި ޒީކް އޮތުމުން އޭނަގެ ހިތުގައި ވަނީ އެތައް ސުވާލެއް އުފެދިފައެވެ.

ފިހާރަ ބަންދުކޮށްފައި ގެއަށްދާން ނުކުތް ވަގުތު ކަރަންޓް ކަނޑައިގެން ދިޔަކަން ޒީކްގެ ހަނދާނުގައި ހުއްޓެވެ. ނަމަވެސް އޭގެ ފަހުން ވީ އެއްވެސް ކަމެއް ހަނދާނަށް އަންނަގޮތެއް ނުވިއެވެ. ފަހުން ވީގޮތެއް ނޭނގޭ ކަމަށް ބުނިއިރު ޒީކްއަށް ރޮވިއްޖެއެވެ. ވީގޮތް ހަނދާން ކުރަން ސިކުނޑިއަށް ބާރުލީ ވަރަކަށް ބޮލުގެ ރިހުން ގަދަވާން ފެށިއެވެ.

ޒީކްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުވާނާގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުގެ ކައިރީގައި އެމީހަކު ހުރީ ޒީކްގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެގެންނެވެ. ޒީކް އާއި ނަޒަރު ވަކިކޮށްލުމަށްފަހު އެޒުވާނާ އުޑާއި ދިމާއަށް ބަލާލިއެވެ. އެވަގުތު ވިދާލި ވިދުވަރެއް ފަދައިން މަތިން އައި އަލިފާން ކަނި އެޒުވާނާގެ ކުރިމައްޗަށް ވެއްޓުނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ހިތް އެދުނަސް… (2)

Next

ބުނާށެ ލޯބި ނުވަނީހޭ (6)

Next
September 6, 2018

ބުނާށެ ލޯބި ނުވަނީހޭ (6)

Previews
September 5, 2018

ހިތް އެދުނަސް… (2)

53 Comments!

  1. Meee says:
    September 6, 2018 at 5:48 am

    Ohhhh thank you eysh ????? dhn mivaahaka mi site ga ehkn up kohla dhehchey plx….abadhuvx eysh ga story thah v kiaa hihvey vvvv reethi masha Allah

    1. eysh says:
      September 6, 2018 at 8:29 am

      Thank u so much dear ❤ Insha Allaah mi story ehkoh mi site ga upkohdheynan ? Alhamdhulillaahi vvv happy vehje ????

  2. Inoo says:
    September 6, 2018 at 5:57 am

    Woww ?… Stry hama varah reethi dear..
    Keep it up..

    1. eysh says:
      September 6, 2018 at 8:30 am

      Thank u so much Inoo dear ❤Alhamdhulillaahi vvv happy vehje story kamudhiyaeema? ????

  3. Lotus says:
    September 6, 2018 at 6:33 am

    Yahoo eysh is back soo happy.. this is a vampire story dhw.. l love vampire stories.. parts thaka maa vara inthixaaru kuran nujasachey.. mikahala mystery story eh vejjiyaa adhi maa curious vaane.. hehe..
    Waiting for the next part.. best of luck sis???

    1. eysh says:
      September 6, 2018 at 8:34 am

      Readers miss vaa varun dhuruga hunnan undhagoo vanee hama ❤ hehe ? yes dear ?? lets c dho wht hpnns ? Thank u so much lil sis ❤Alhamdhulillaahi vvv happy vehje ? ????

  4. Ema says:
    September 6, 2018 at 7:32 am

    Wow.. Vrh nice. ?

    1. eysh says:
      September 6, 2018 at 8:35 am

      Thank u so much Ema dear ❤ Alhamdhulillaahi vvv happy vehje mi part kamudhiyaeema ? ????

  5. arey says:
    September 6, 2018 at 8:23 am

    Wow this is very interesting. This is my first comment on ur story. But i love ur stories a lot. Keep it up Eysh. So happy that u r back.

    1. eysh says:
      September 6, 2018 at 8:36 am

      Thank u so much arey dear ❤ Alhamdhulillaahi vvv happy vehje ? ????

  6. eysh says:
    September 6, 2018 at 8:43 am

    Assalaamalaikum my loabi loabi readers ❤
    Kihinehtha huriha kudhin? ?
    Thi hurihaa kudhin miss vaa varun dhuruga hunnan undhagoo vaathee mi aee. Engey thankolheh lasves vehje kan. Balive ulhuneema avahau upkuran nufeshunee ❤
    Unmmeedhukuran mi story ves kiyuntherinnah kamudhaane kamah. Adhi Eysh ge ehen story thakah libunu tharuheebuves libigendhaane kamah. ?❤
    Mikahala story eh Eysh mi liyanee adhi mulhin alah. So mistakes huredhaane. Mistakes faahaga kohla dhinumakee improve kuran libey hihvarakah vegendhaane.
    ❤❤❤❤

  7. Sheen says:
    September 6, 2018 at 8:44 am

    Alhamdhulillaahuli..? haadha haadha reehchey. ♥ ♥. Hama bunaane ehcheh neyngi bas huttijje.. Ehaaves sifakurunthah hiygaimu. ♥ ♥ ? ? specially furathama paragraph hama vvvv habeys. Feshun kiyaalaafaves hiy hama ekee furijje. ? ♥ eysh ge vaahaka thah hama dhuvahakahvure dhuvaheh dhanee furihama vamun.. Mihaaru thee mi dhaairaa ah aa meehekey bunaane evves jaaga eh neiy.. Ehaaves perfect.. Mie adhi me ge favorite style ge story eh. I love vampires. Thank you eysh darling.. ? ♥ ? ?. Vvv inthizaaru kureveyne.. Abadhuves thee me ge one and only favourite writer kan yageen vejje.. Thivareh hama neiy. ♥ ♥ ♥ ithurah hama loehbey vevenee. ♥ ♥ ? ? ? ? ?

    1. eysh says:
      September 6, 2018 at 8:51 am

      Alhamdhulillaahi ?❤❤❤ vvvvv happy vehje mi sweeeet cmnt kiyaalaafa ❤❤?? Awnnn Eysh akah hama neyngun bunaane ehchehves dear ehaa ves happy vehje ??❤❤?? hurihaa teeths fenna varah heelaigen mi indhevunee ????❤?? one n only favrt writer kan yageen v ma vvv ufaa vehje my dear ❤??❤?? thank u so much dear fr the support nd love ?????

  8. Ree? says:
    September 6, 2018 at 9:09 am

    Oh fainally you are back i miss you so much and im sure eysh ge mi stry ves reethi vaanekamah whn nxt part?❤❤???

    1. eysh says:
      September 6, 2018 at 1:49 pm

      Awwn ❤❤ I miss u too dear ?❤ vvv happy vehje cmnt kiyaalaafa ?? IA Eysh try kuraanan interest vaagothah genesdheveytho ?? next part IA v avahah genesdheveytho balaanan ?❤??

  9. Shasha says:
    September 6, 2018 at 11:30 am

    Wow!!! Story v reethi….

    1. eysh says:
      September 6, 2018 at 1:51 pm

      Varah happy vehje story kamudhiyaeema ???❤ thank u so much dear ?❤❤??

  10. Lam says:
    September 6, 2018 at 11:42 am

    Wow eysh story eh alun kiyaalan libunihyoo.. haadha inthixaareh kurevihjey mi story up kuran fashaane dhuvahakah… ehaaves rythi vaane eysh khonme story ehves… eysh ge story ehvihyaa yageenunves kiyaahithun indhe kiyaaleveyne… miss u eysh

    1. eysh says:
      September 6, 2018 at 1:54 pm

      Yayy ???? Awwwnn v gina dhuvahu inthixaaru kuruvihje dho Eysh ah ❤❤ kehtheri kamaa eku inthizaaru kohlleema v happy vehje ❤?? eysh balive ulhuneema aslu lasvee. Varah happy vehje mi cmnt kiyaalaafa. ???❤ showing all my teeth ?? hehe ❤ miss u too my dear ❤❤?? and thank u so much ?❤❤??

  11. Naju says:
    September 6, 2018 at 12:40 pm

    Wow ??? My Favorite writer eysh dhooni is back mi sitah… ????????? vvvvvvvvvvv ufaavehjje eysh dhooni ge new story eh fenunyma… ????????? story vvvvvvvvv reethi… ????????? eysh dhooni ge kuryge vaahaka thakey ehfadhain mi vaahakavx vvvvvvvvv reethi vaane kamah unmeedhukuran… ????????? And I missed your stories n Your sweet sweet rply also… ????????? waiting 4 next part… Lots of love from naju ??????????????

    1. eysh says:
      September 6, 2018 at 2:00 pm

      ?? Naju dear so happy favrt writer ey buneema ?????❤? eysh vvv happy vehje cmnt kiyaalaafa ???❤❤ huriha teeths fenna varah heelaigen meenee ??❤❤ IA Eysh v try kuraanan kiyuntherin shauguveriva gothah story genesdheveytho ?? kiyuntheringe faraathun libey support akee libey v bodu hihvareh. I miss u too dear ????? much loves ?❤❤?

  12. vimee says:
    September 6, 2018 at 1:09 pm

    when is the next part eysh dhooni. feshun vara salhi 🙂 🙂

    1. eysh says:
      September 6, 2018 at 2:03 pm

      Vimee dear v happy vehje story kamudhiyaeema ??❤?? thank u so much dear ❤❤❤? IA next part v avahah genesdheveytho try kuraanan ??❤❤??

  13. Airah says:
    September 6, 2018 at 4:50 pm

    ooh eysh is back.eysh dhooni mi story vv reethi.n I really miss u

    1. eysh says:
      September 7, 2018 at 9:05 am

      ?? Airah dear i miss u too ❤❤❤ vvv happy vehje story kamudhiyaeema ???❤❤ thank u so much dear ??❤❤??❤

  14. Saadhu says:
    September 6, 2018 at 9:37 pm

    V ufaavege eysh vahakaye mi site kiyaala libuneema.nimedhen genes dhechay egs.v reethi eysh ge biruveri story tha.

    1. eysh says:
      September 7, 2018 at 9:06 am

      Awwnn❤❤❤ vvv happy vehje story kamudhiyaeema ???❤❤ Insha Allaah nimendhen genesdheynan ?❤?thank u so much dear ??❤❤??❤

  15. maya says:
    September 6, 2018 at 10:12 pm

    anehkaa vea eysh new story eh kiyan libuni dhw…um lwbi vevumun that story maya hama regular koh kiyan comment nukuriyas its getting intrested day by day…and mi story ves hama vv habeys vv rethi vaanehen hyvey..mised u so much…

    1. eysh says:
      September 7, 2018 at 9:09 am

      Yes dear❤❤❤ Awnn v happy vehje regular koh kiyaalaa kan enguneema???❤❤ Insha Allaah interest vaa gothah genesdheveytho try kuraanan?❤?Missed u too dear ❤❤thank u so much ??❤❤??❤

  16. Reader says:
    September 7, 2018 at 6:45 am

    Eysh keehve fenvaru ah up kuraa story ehaa kuru koh up kurany… Mihaaru kiyaa hitheh ves nuey ehaa.. Maigandu story eh nufeshenys onnany part nimifa…

    1. eysh says:
      September 7, 2018 at 9:13 am

      Iyye ge part kuruvedhaane. Ekam ehen baithah hama fudheyvarakah dhigukoh genesdhenee. Part eh kurukoh genesdhevunas dhen inna part eh dhigukohla dheveytho abadhuves balan. ?? v happy vehje buneleema ❤❤ Insha Allaah e story ge next part thankolheh dhigukoh genesdheynan. Unmmeedhukuran kiyaalaane kamah ?❤?? thank u so much dear ?❤❤?

    2. Reader says:
      September 7, 2018 at 8:19 pm

      Dhen esfiya ah up kohba :(…
      Hama fenvaru ah up kursn feshi fahun kuru vaan fashaifi ???.. Anekkaa daily koh up nukurevey fenvaru ah

  17. Ainthu says:
    September 7, 2018 at 9:23 am

    Maasha Allaah varah furihama varah reethi story eh ??? furathama nukiyaves engunu reethi vaanekan. Ekam kiyaaleema dhen inna bai kiyaa hithun keh madhuvaan fashaifi. Ehaa ves reethi ???

    1. eysh says:
      September 8, 2018 at 10:39 am

      Thank u so much dear ??❤? Awwn ❤❤ varah happy vehje mi cmnt kiyaalaafa ??❤? unmmeedhu kuran dhen huri baithah ves kamudhaaane kamah ?❤❤❤?

  18. Ainthu says:
    September 7, 2018 at 9:24 am

    Next part konirakun genesdhenee

    1. eysh says:
      September 8, 2018 at 10:40 am

      Insha Allaah new part eh miadhu genesdheveytho balaanan ?❤?

  19. rush lover says:
    September 7, 2018 at 11:04 am

    Rush finallllllellllllly I love your stories

    1. eysh says:
      September 8, 2018 at 10:41 am

      Awnnn ?❤? Eysh v happy vehje Eysh ge story thah dear ah kamudhiyaeema ????❤? Rush lover dear thank u so much ??❤?❤?

  20. Sheen says:
    September 7, 2018 at 2:48 pm

    Eysh ge hurihaa vaahakaeh iraadha kureh viyyaa eba kiyyan eba emme part eh ves miss nukoh.. Hurihaa vaahaka eh ves hama ehaa furihama. And v bodah gaboolu kuran eysh akee kiyuntherinnaa dheytherey v bodah visnaa writer eh kan ? ♥ ? ? ♥ ♥ fenvaruga genna vaahaka ves v habeys. Aammukoh ves eysh akee v dhigukoh vaahaka genesdhey writer. ♥ ♥ ? ? kommes sababeh medhuveri vegen aammukoh genna varahvure kuru koh up kurevijiyyaa dhen inna part abadhuves v dhigukoh genes dheykan v ufalaaieku faahaga kuran.. ? ♥ ?thanx dear thihaa bodah readers ge ihusaasyhakah gadharu kuraathee.. ? ♥ ? ? hama hurihaa part eh ehvarakah dhigukoh genes nudhevidhaane. Personal life ga dhimaavaa haalathakunvea noonee vaahaka genesdheyn writer plan koffa inna gothakunves. So aharumen hurihaa readers ves vaane vaahaka liyaameehaa ah respect kuran. Shukuru kuran vaane e kohdhey ijuthimaaee hidhumathah. ♥ ♥ ? thank you thi heydhakuraa time ah.. ? ♥ ?

    1. eysh says:
      September 8, 2018 at 10:52 am

      Awwnn ????
      Haadha happy vey thihaa understand vaathee ?❤❤??? vvvv ufaavehje eysh ge hurihaa story gavaidhun kiyaalaathee ??? adhi v happy hama hurihaa part akah ehaa sweet cmnts kohllaathee ??❤??? v ufaavehje huriha vahaaka eh ves kamudhiyaeema ❤❤❤❤ yes dear eysh abadhuves kiyuntherinna dheytherey visnan. Eysh ves vvv shukuru adhaa kohllan eysh aa dheytherey thihaa bodah visneema and thihaa caring vefa understand v ma ?????? v bodah ufaavefa meenee hurihaa teeths fenna varah heelaigen ??????❤❤ thigothah libey hihvarakee kiyuntherinnah story thah genesdhinumah libey v bodu hihvareh ??❤❤???? eysh gaboolukuran kiyuntherin thikohdhenee ves v bura kameh kan
      Kiyaalaafa cmnt kohla dhineema vvv hihvaru libey ????❤❤ thank u so much for the support dear ??❤❤❤??? i really appreciate the hard work ???❤❤

  21. R says:
    September 7, 2018 at 8:55 pm

    When is the nxt episode

    1. eysh says:
      September 8, 2018 at 10:40 am

      Insha Allaah new part eh miadhu genesdheveytho balaanan ?❤?

  22. Faathu says:
    September 8, 2018 at 5:56 pm

    Wow it’s Really interesting story eysh ❤️
    Eysh ge story’s thah vrh salhi ❤️
    Keep it up ❤️ Ur doing great work ?❤️

    1. eysh says:
      September 8, 2018 at 9:32 pm

      Awwnnn ??? vvvv happy vehje story kamudhiyaeema ❤??❤?? story thah kiyaalaakan enguneema ves vv happy vehje ??❤?❤?thank u so much dear

  23. Aish says:
    September 8, 2018 at 5:59 pm

    Eysh ge hurihaa story’s thah ves vrh salhi ❤️ Hurihaa ehcheh ves Eba kian ❤️?? ur going great ❤️ Nd waiting for next episode ❤️❤️❤️

    1. eysh says:
      September 8, 2018 at 9:33 pm

      Awwnnn ??? vvvv happy vehje story thah kamudhiyaeema ❤??❤?? story thah kiyaalaakan enguneema ves vv happy vehje ??❤?❤?thank u so much dear ??

  24. Zeek says:
    September 8, 2018 at 9:29 pm

    Maasha Allaah Woww. Story vr vr vr salhi. Keep it up eysh. ?????

    1. eysh says:
      September 8, 2018 at 9:34 pm

      Vvv hapy vehje story kamudhiyaeema ??❤❤?? thank u so much dear ?❤❤??❤

  25. Zeek says:
    September 8, 2018 at 9:36 pm

    Maasha Allaah Wowww. Story vr vr vr salhi. Keep it up eysh. ?????

    1. eysh says:
      September 9, 2018 at 1:52 pm

      Vvv happy vehje story kamudhiyaeema ???❤❤?❤? thank u so much dear ??❤❤??❤

  26. Anonymous says:
    September 9, 2018 at 9:32 am

    wow

    1. eysh says:
      September 9, 2018 at 1:52 pm

      Vvv happy vehje story kamudhiyaeema ???❤❤?❤? thank u so much dear ??❤❤??❤

  27. Nash says:
    October 8, 2018 at 4:20 pm

    Vvv salhi….. ??

Comments are closed.

Next Episodeއެހަނދާން ފޮހެވޭތޯ ބެލިޔަސް 2←


All Right Reserved!