އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 13
ޝާމިން މޫނު ހިއްލާ ބަލާލިތަނުން އަރުޝް ޝާމިންގެ ފޮޓޯ ނަގައި ފޯނުގައި ރައްކާކޮއްލިއެވެ. އަދި ފޯނަށް ބަލަމުން ހެމުން ގެންދިޔައެވެ. މިތަންފެނި ހަމީދުވެސް ހޭންފެށިއެވެ. އޭރު އެ އަންހެން ކުއްޖާ ފޯނުނަގައި އަރުޝްގެ ފޮޓޯ އެއް ނެގިއެވެ. އަދި އެ ފޮޓޯއަށް ބަލަމުން ފޯނުގައި އިން އަރުޝްގެ ފޮޓޯގައި އަތް ހާކާލައި ހާދަ ލޯބިއޭ ބުނެލިއެވެ.
އެކުއްޖާއަކީ ކަޅު ހަންގަނޑެއްލިބިފައި ވިޔަސް ހަޑި ކުއްޖެކޭ ނުބުނާއެވެ. ޒަމާން ތަރަށްގީ ވީ ވީނުުން މީހާގެ އަސްލު ސިފަ އޮޅޭވަރަށް މީހާއަށް ބަދަލު ގެނެސްފިނަމަ, މީހާއަށް ގުދުރަތުން ދެއްވާފައިވާ ރީތިކަން ގެއްލުމަކީ ދުރުގަ އޮތް ކަމެއްނޫނެވެ.
އެކުއްޖާ ލާފައިވަނީ ކަޅު ކުލައިގެ ޓޮޕް ކޮޅަކާއި ވިލު ނޫ ކުލައިގެ ޖިންސެކެވެ. ކަންފަތް ތޮރުފާފައި ވާއިރު ކަންފަތުގައިވަނީ ބޮޅެއް އެލުވާފައެވެ. ބޮލުގެ އިސްތަށިގަނޑު ހީވަނީ ތަންކޯކޮޅުން ދަބަރު ޖަހާފަހުރިހެންނެވެ. އަދި އިސްތަށިގަނޑު މައްޗަށް ނަގާ ހުޅިޖަހާފައިވާ އިރު, ހުޅި ހިފެހެއްޓުމަށް ދަނޑި ކޮޅެއް ކަހަލަ އެއްޗެއް ޖަހާފައިނެވެ. ތުންފަތުގައި ޖައްސާފައިވާ ރަތް ކުލައިން ހީވަނީ ދެންމެ ދެންމެ ތިކި ޖަހާފާނެހެންނެވެ. ބަލާލާ ކޮންމެ މީހަކަށް ވެސް އެއީ ފެޝަނަށް ލޯބި ކުރާ ކުއްޖެއްކަން އެނގޭހާ ވަރުވެއެވެ.
އެ އަންހެންކުއްޖާ ކުރިއަށް އަޅާލި ފިޔަވަޅު ހުއްޓުނީ ފަހަތުން މީހަކު ގޮވާލުމުންނެވެ. އެހެންކަމުން ފަހަތަށް އެނބުރި ބަލާލިއެވެ.
“ނޭނގުނުތަ މީ ޝާމިން” ޝާމިން މޫނުގައި ހުރި ވެލިތަށް ފޮޅަމުން ބުނެލިއެވެ. އެވަގުތު ހަމީދުއާއި އަރުޝްވެސް ހަމަވަނީއެވެ.
” އާނ, ކާކަށްދޯ އެނގޭނީ, ސިފަ ނޭނގޭ ވިއްޔަ” އެހެން ބުނެ ހޭންފެށިއެވެ.
“އާނ, އެއީ މިހިރަ އަރުޝްއާއި ހަމީދުގެ ކަންތައް” ޝާމިން އެހެން ބުނެ އެމީހުންނަށް އިނގިލި ދިއްކުރުމާއެކު ނަޢުހާ އަރުޝްއަށް ބަލާލިއެވެ. އެބަލާލުމުގައި އެތަށް މާނައެއް އެކުލެވިގެންވާ ފަދައެވެ. އަދި ހިތާ ހިތުން އަރުޝްގެ ރީތި ކަމަށް ތައުރީފު ކުރިއެވެ.
“ތިޔެއް ނޫނޭ ކޮންއިރަކު އައީ, މިއޮއް ވަރަށް އަހަރެމެން އެނބުރޭ އިރުވެސް ނުދެކެން” ޝާމިން އަހާލިއެވެ. ނަޢުހާ މިއަދުއޭ އައީ ބުނުމަށްފަހު ފަހުން ދިމާވަން ބުނެ ދިޔައީއެވެ.
ނަޢުހާއަކީ ޝާމިންއާއި އެއްކުލާހެއްގައި އުޅެމުންދިޔަ ކުއްޖެކެވެ. އޭރުވެސް ޝާމިން ނަޢުހާ ބޭނުންވެގެން އުޅުނެވެ. އެހެންނަމަވެސް އޭނަ ކުއްޖަކާ ގުޅިގެން އުޅޭކަން އެނގުމުން އެ ހިޔާލް ދޫކޮއްލީއެވެ. އަނެއްކާވެސް ނަޢުހާ ފެނުމުން ތަފާތު ގޮތެއް ޝާމިންގެ ހިތަށް ވެގެންދިޔައެވެ. އެހެންނަމަވެސް ކަމެއްވީ ކަމަކަށް ނަހަދާ ދެން ގެއަށް ހިނގާށޭ ބުނެ ގެއާ ދިމާލަށް ތިން މީހުން މިސްރާބު ޖެހިއެވެ.
ކޮޓަރިއަށް ވަތް ގޮތަށް އެނދުމައްޗަށް ގެންގުޅުނު އަތް ދަބަސް އެއްލާލަމުން ނަޢުހާ އެނދުގައި ބަންޑުން އޮށޯވެލިއެވެ. ކޮޓަރިއަކީ އެހާ ބޮޑު ނޫންނަމަވެސް ފުދޭވަރެއްގެ ކޮޓަރިއެކެެވެ. ކޮޓަރީގައި ކަޅު ކުލައިގެ ބޮޑު އެނދެއްގެ އިތުރުން އަލަމާރި އަކާއި ޑްްރެސިންގް ޓޭބަލްގެ އިތުރުން ސޯފާއެއްވެސް ހުއްޓެވެ. ކޮޓަރީގައި ލާފައިވާ މަޑު ދަނބު ކުލައިން ހިތް ގައިމު ކަމެއް ދައްކައެވެ. އެހެންނަމަވެސް ކޮޓަރީގެ ރީތިކަން ގެއްލިފައިވަނީ ސޯފާ މައްޗަށާއި ފާރުގައި ހަރުކޮއްފައިވާ ހޮޅި އަންނައުނުން ފުރިފައި ވުމުންނެވެ. އަދި ޑްރެސިންގް ޓޭބަލް މަތީގައި އެއްވެސް ތަރުތީބެއްނެތި ހުރި ސާމާނު ތަކުންނެވެ. މީހާގެ އެއްވެސް ރީތި އުޅުމެއް ލިބިފައި ނެތްކަން މިކަމުންވެސް ފުދެއެވެ.
ނަޢުހާ ގެ މައިންބަފައިންނަކީ ފުދިގެން އުޅޭ ބަޔަކަށް ވުމުން, ނަޢުހާ ބުނިކަމެއް ބުނި ވަގުތަކު ކުޑައިރުން ސުރެން ކޮއްދީގެން އުޅުމުން މިއަދު ނަޢުހާ އަކީ ހަމަ އެގޮތަށް ބޭނުންވެއްޖެ އެއްޗެއް ހޯދާފައި ނޫނީ ހުއްޓާލާނެ މީހެއް ނޫނެވެ. އެހާމެ ބޯހަރު މީހެކެވެ. މީހެއްގެ އިހްސާސަކަށް ވިސްނާނުލާ އަމިއްލަ ބޭނުންތަށް ފުއްދަމުން އަންނަ މީހެކެވެ. މިއަދު ނަޢުހާގެ މައިންބަފައިން ކިތަންމެ ދެރަވި ނަމަވެސް ވަގުތު ވަނީ ފާއިތުވެފައެވެ. މައިންބަފައިންނަކީ އެއްވެސް މީހެއް ކަމުގައި މިހާރު ނަޢުހާ ނުދެކެވެ. އަށާރަ އަހަރުވުމަށްފަހު ބޭނުން ގޮތަކަށް އުޅެވޭނެ ކަމަށް ދަނީ ބުނަމުންނެވެ
ނަޢުހާ ހަމަޖެހިލަމުން ފޯނުގައި އިން އަރުޝްގެ ފޮޓޯއަށް ބަލާލިއެވެ. އަދި ވިހަ ގޮތަކަށް ހިނިތުންވެލަމުން ތެދުވެ ޑްރެސިންގް ޓޭބަލް ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރައަށް ބަލާލިއެވެ. އެއަށްފަހު އިސްތަށިގަނޑު ހިފަހައްޓަން އިން ދަނޑިކޮޅު ނައްޓާލިއެވެ. އަދި ފޯނު ގެނެސް އަމިއްލަ މީހާގެ މޫނާ ކައިރި ކޮއްލީ އަރުޝްގެ ފޮޓޯ ލޯގަނޑުން ފެންނާނެ ހެންނެވެ.
” ވާހް. ކިހާ ގުޅޭ ޖޯޑެއް މީ, ކޮންނަމެކޭތަ ބުނީ, ހޫމްމްމް, އަރުޝް, ހާދަ ރީތި ނަމަކޭ, މީހާ އާ އެއްވަރަށް ނަން ވެސް ވަރަށް ރީތި, ހީވަނީ ވަރަށް މުއްސަނދި ކުއްޖެއްހެން, އަނެއްކާ ބިޓެއް ހުރޭބާ؟؟؟؟..”މިހެން ބުނެ އިރުކޮޅަކު އަނގައިން ނުބުނެ ހުއްޓެވެ. އިރުކޮޅަކުން ނުލަފާ ގޮތަކާ އަނގަމަތީ އަތް އަޅައިގެން ހުރެ ހޭންފެށިއެވެ. އެއަށް ފަހު ގޮސް އެނދުމަތީ އިށީނދެ އެއްފައި މައްޗަށް އަނެއްފައި ލުމަށްފަހު, ދެއަތް ފަހަތުގައި ވިއްދާލިއެވެ.
“ހެހެެހ, އަހަރެން ހަނދާން ނެތުނީ… މީގެ ކުރިންވެސް އެތަށް ބަޔަކު ހޯދިން, މިހާރު އަދި ތަގީނުންވެސް ވާނެ, އެހެންނޫނަސް ބިޓެއް ހުއްޓަސް ނެތަސް މަށަށް ކީއް،, މިހާރުވެސް މީހުންނާ އިނދެގެން އުޅެ, ތިމަންނަ މީ ވަފާތެރި މީހެކޭ ބުނި ކިތަށް މީހުން ހާސިލްކޮއްފަ ހުންނާނީ, އެހެންވީމަ އަދި ބިޓެއް ހުއްޓަސް މީހެއްގެ ފިރިއަކަސް މަށަށް ކޮން ގެއްލުމެއް ވާނީ, ހަމަގައިމުވެސް އެކަހަލަ މުއްސަނދި ކުއްޖަކު ފަގީރަކު ބޭނުމެއް ނުވާނެ, މިރަށުގައި އަހަރެންހާ ރީތި، އަދި ތަނަވަސް ކަމުގަ އުޅޭ އެހެން މީހަކު ނެތް, އެހެންވީމަ ޗާންސް ބޮޑުވާނީ މަށަށްތާ, ގިނަގިނައިން މުގޯލި އަޅަންވީ.. “ނަޢުހާ އަމިއްލަ މީހާ ކޮއްފައި ހުރި ވިޔާނުދާ ކަންތަކަށް ފަހުރުވެރިވަމުން ބުނަމުން ދިޔައެވެ. އެ ބުނުމުގައި ވެސް ނުރައްކާތެރިކަން އެކުލެވިގެންވެއެވެ. ބޭނުންވެއްޖެ ކަމެއް ކޮއްފަ ނޫނީ ނުހުއްޓާނެކަން އެބުނުމުންވެސް ހާމަވެއެވެ.
އާދުވަހަކަށް އިރުއެރީ އެކި މީހުންނަށް އެކި ކުލަ ޖައްސައިދެމުންނެވެ. ސާރާ މިހާރު ހިސާބަކަށް އަރުޝް ފެންނަ ހިސާބަށް ދާން ޖެހިލުންވެއެވެ. އެހެންކަމުން އަރުޝްގެ ކުރިމައްޗަށް ނުގޮސް ވޭތޯ މަސައްކަތް ކުރެއެވެ. އަރުޝްވެސް ސާރާއަށް ވަގުތު ދިނުމުގެ ގޮތުން ސާރާ ކުރަން އަންނަ ކަންތަށް ކޮއްނިމިގެން ގެއަށް ދަންދެން ނުނިކުމެ ހުރެއެވެ.
ޝާމިންއައިސް ސައިބޯން ބުނުމުން އަރުޝް ޝާމިންނާއި ހަމީދުއާ އެކު ގޮސް ސައިބޯން ޖައްސާލިއެވެ. ސައިބޯންހުރީ ރޮއްޓާއި ބޭކެޑް ބީންސްއެވެ. ތިންމީހުން ވާހަކައިގައި ސައިބޮމުން ދަނިކޮށް ޝާމިން, މޭޒު ތަންދޮށުން އަރުޝްގެ ފައިގައި ކޮއްޓާލުމަށްފަހު އަރުޝް ބަލާލުމުން ވައި އަޑުން ސާރާއޭ ބުނެލިއެވެ. އެހެން ބުނުމާއެކު ހަމީދުވެސް ހަމަހިމޭންވިއެެވެ.
ބަދިގެއަށް ވަންނަން އައި ސާރާއަށް ޝާމިން އަރުޝްގެ ނަން ކީހެން ހީވެގެން މަޑުކޮއްލިއެވެ.
“އަސްލުވެސް އަރުޝް ހަމަ ދަނީތަ, އަސްލު ކިހިނެއް ވެގެން ތިއުޅެނީ؟؟؟ ޝާމިންގެ އެ ސުވާލުން ސާރާގެ ހިތަށް ތަދުވިއެވެ. އެހެންކަމުން ބޭއިހްތިޔާރުގައި ހިތާ ދިމާލުގައި އަތްއަޅާލެވުނެވެ. އަރުޝްގެ ޖަވާބު އަޑުއެހުމަށް ސާރާ ކެތްމަދުވިއެވެ.
” އާނ.. ވަކި ކަމެއްވެގެންނެއް ނޫން, ހުންނަ ހިތްނުވަނީ, ބޭނުންވާ ކަންތަށް ހާސިލްނުވީމަ ދެން ކީއްކުރަން ހުންނަންވީ, ވެދާނެ އަހަރެންނަކީ އަބަދުވެސް މިގޮތަށް އެކަނި އުޅެންޖެހިފައިވާ މީހަކީ ކަމަށް, ޝާމިން ބުނެބަލަ, އަހަރެން އަތުގަ ނެތީ ކޯއްޗެއް, މުދާ އެބަހުރި, މުއްސަނދި މަންމައަކާއި ބައްޕަ އެއް އެބަހުރި, އެކަމް އެއްވެސް އުފަލެއް ނުލިބޭ, ދެން ކީއްކުރާ މީހެއްމީ, މާލެ ގޮސް ވަޒީފާއިން ކެނޑި މަގުމަތީގައި ގިނަވެގެން އުޅުނަސް ހާދަ އުފަލެއް ވަގުތީ ގޮތުން ވިޔަސް ލިބޭނޭ, އެހެންވެގެންނޭ ހަގީގަތުގައި މަގުމަތީގައި ގިނަވެ ކުދިން މަގު ގެއްލެނީ, އަހަރެން ބޭނުންވެގެން, އަހަރެން ދެކެ ލޯބިވާނެ މީހަކު ނެތް”އަރުޝް ސާރާއަށް އަޑު އިއްވަން އެހެން ކިޔަސް ހަގީގަތުގައި އަރުޝްގެ އަނގައިން ނިކުތް ކޮންމެ ލަފްޒަކީ ސާރާގެ ކުރިމަަތީ ހުރެވިޔަސް ކުރަން ބޭނުންވި ޝަކުވާއެވެ.
އަރުޝްގެ ކޮންމެ ލަފްޒެއް ހީވީ ސާރާގެ ހިތުގައި ވަކި އަޅަމުންދާހެންނެވެ. ސާރާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށުމުން އިތުރަށް މަޑުނުކޮށް އެތަނުން ދިޔައެވެ. ޝާމިން ސާރާ ގޮއްސި ކަމަށް ބުނުމުން އަރުޝް ފުން ނޭވާއެއް ދޫކޮއްލިއެވެ.
“އަހަރެން ވަރަށް ގޯސްދޯ, ސާރާ ރޮއްވާލީ, މިކަހަލަ މީހަކާ ސާރާ އެކަށީގެންވެސް ނުވެއެއްނު” އަރުޝް މާޔޫސް ކަމާއެކު ބުނެލިއެވެ.
” ތިހެން ނުބުނޭ އަރުޝް, ކޮންމެ ގޮތަކުންވިޔަސް ސާރާގެ ދުލުން ބުނުން މުހިންމު ދޯ، ސާރާ ބުނެފިއްޔާ ނިމުނީނު, މިހާރު އަހަރެމެންނަށް ޔަގީން ސާރާ ލޯބިވާކަން, ކާމިޔާބު ކޮއްފަ ނޫނީ ހުއްޓާނުލާތި, މަށާއި ހަމީދުއަށް ވެވުނު ވަރަކުން އެހީ ވާނަން, އަރުޝްއަށް ތިކަން ވާނެ, އަނެއްކާ އަރުޝްގެ މައިންބަފައިން ގަބޫލުވާނެތަ”ޝާމިން ދެން ކުރި ސުވާލުން އަރުޝް ވެސް ވިސްނާލަން މަޖުބޫރުވިއެވެ.
” ހިޔެއްނުވޭ މަންމަ ބެހޭނެ ހެނެއް އަހަރެން ކުރާ ކަންތަކާ, މިހާރުވެސް އަޅާނުލާ ވިއްޔަ, ދެން އެވާހަކަ ނުދައްކާ ހިނގާ ސައިބޮއެގެން މޫދަށް، ވަރަށް މޫދަށް އެރޭ ހިތްވޭ” އަރުޝް ގެ ވާހަކައިން ދެމީހުންވެސް އެ ވިސްނުން އެއް ފަރާތް ކޮއްލުމަށްފަހު އަވަހަށް ސައިބުއިމާގެން ކުރިއަށް ދިޔައެވެ.
އަރުޝް ހުރީ ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ސާރާގެ ލޯބި ހޯދަން އަޒުމު ކަނޑައަޅައިގެންނެވެ. އަނެއްކޮޅުން ނަޢުހާ މަސައްކަތް ކުރަމުންދިޔައީ އަރުޝް އަތުއަޅުވާލާނެ ގޮތެއް ފެނޭތޯއެވެ. އެންމެ ފުރަތަމަވެސް ޖެހޭނީ ގުޅުން ބަދަހި ކުރުމުގެ ގޮތުން އެގެޔަށް ދާންކަން ވިސްނުމާއެކު ޝާނިމްގެ ގެއަށް ކުޑަގޮތަކަށް ތައްޔާރުވުމަށްފަހު ދާން ނިކުތެވެ. އެވަގުތަކީ ނަޢުހާގެ މަންމަ ނައީމާ ގޭތެރެ ކުނިކަހަން ހުރި ވަގުތެވެ. ނަޢުހާ ފެނުމާއެކު ކޮންތާކަށް ތޯ ތިދަނީ ސުވާލުކުރީ ޖަވާބު ނުދޭނެކަންވެސް އެނގިހުރެއެވެ.
“މަންމަވެސް ދޯ،, ދެން ހުރިހާ ކަމަކަށް ނުބެހިބަލަ, ކުރަން ހުރި ކަންތަކަށް ސަމާލުކަންދީބަލަ, ފިޔަވަޅެއް އަޅާލެވެން ނެތް ކޮންތާކަށްހޭ ސުވާލުކުރާވަރުން, އަމިއްލަ މިނިވަންކަމެއްވެސް ނުލިބޭނެ, އަމިއްލަ ކަންތަކާ ބެހިބަލަ, ވަރަށް ފޫހިވޭ”މިހެން ބުނެ ބާރު ހިނގުމުގައި ގެއިން ނިކުމެގެން ދިޔައެވެ. ނައީމާ ލޮލުގެ ކޮއެ ފަދައިން ބަލާބޮޑުކުރި ދަރި އެގޮތަށް ރަހުމެއްނެތި ބޭރު ކޮއްލާ ކޮންމެ ބަހަކުން ނައީމާގެ ހިތް ދިޔައީ ވިރިގެން ފައިބައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަޢުހާގެ އުޅުން ގޯސް ކަމުން މާލޭގައި އޭނަ ހުންނަ ގޭ މީހުންނަށް ކެތް ނުވެގެން ރަށަށް ފޮނުވާލީއެވެ. ނައީމާގެ ދެމަފިރިން ނަޢުހާ އާ ދޭތެރޭ ވިސްނި ވަރަކަށް ދެމީހުންގެ ހާލު އެއްދުވަހުން އަނެއްދުވަހަށް ދަނީ ދަށްވަމުންނެވެ. އެކަމާ ނަޢުހާ ވިސްނާވެސް ނުލައެެވެ.
ފަރި ހިނގުމުގައި ޝާމިން ގޭ ދޮށަށް ނަޢުހާ ދިޔައެވެ. އެހެންނަމަވެސް ވަންނާކަށް ނުކެރުނެވެ. އެގޭ ދޮރުމަތީ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އިރުކޮޅެއްނުވެ ކޮންމެ ގޮތެއްވިޔަސް ވަރިހަމަކަމަށް އެގެއަށް ވަނެެވެ. ސަލާން ގޮވާ އަނގަ ވާޅުވީއިރުވެސް މީހެއްގެ ހަބަރެއް ނުވިއެވެ. އެހެންކަމުން މަޑުހިނގުމުގައި ގޭގެ ދޮރުން ނިކުތްތަނުން މީހެއްގެ ގައިގައި ޖެހުނެވެ. ކިހާދެރަ ކަމެއްހޭ ބުނެ އެމީހަކާ ދިމާލަށް ބަލާލެވުނެވެ. އެއާއެކު ނަޢުހާގެ ދެލޯ ބޮޑުވިއެވެ
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.




Hii all. Here 13 part. I hope kamudhaane Kamah. And miss u all hurihaa kudhin vess,????? duty iru kolhakaa change vaathy lasvany up kureveyleh. Sry for that. V dheravefa mihun nany up kohdheveyleh lasveema, insha allah next part tomorrow nightga kiyaalan libey varu kohdheynan. Miss u all very much❤❤?❤?
Love kobbbu
Yey!!! Me first…adhi nukiyaalan …kiyaalaafa comment khlaanan
Its ok dear…. miss u 2…..me first dhw……. maasha allah v v v rythi mi part vx??
Thanx Hudher?❤??
Laaai, haadha reehchey… 1dt part in fashaigen ekkoh kiyaa ninmaaly mi.avahah up kohdhehche
Dhen enauhaa dhee shaamin ah arush ah arushge jaanugandu libey gothah hadhaafa
Reader Thank you so much ❤❤???Avahah up kohdheynan
Hehehehe. Ragalhu idea eh thi dhiny, ekm balamaa aslu dhw aslu vaa goiii. Kiuntheriya wait kuraathi ingey…. ❤❤?????
Hmm I’m waiting avahah up kohdheythi ingey
Oh godddd…. mioh naazuku dhandi valhuga kaaku e aee…. heheheh….. waiting waiting
It’s ok… Miss u 2..vv reethi ingey hama awesome… MashaAllah.. ?????☺️vv curious vey eba.. Yageen eii arush dhw…. Vv maja vaane eyrun
…. Waiting for Next part… ????????
Balamaa naazuku vaguthuga e aee Kaaku thw… Hehehhw???keep waiting dear
Let’s see arush thw eee. Keep waiting dear maya❤?❤???and thank you so much❤?❤❤
Oops ei anehkaa.kaaku…??????…. mi partves awsummm???..keep up the good work..???.luv ya sis?❤? keep smiling???
Bunymehnun mivaahakaige prob eiy…yay i got it correct…
Woow ??? hama speechless ??? bt dear arush n saana ge dheythereyah e nuhaa gandu nuvahdhahchey plxxxxxx eyran fonuvaala ????????❤????????
Sry saaraa
Thanx unknown girlll… And ur right. Nauha eee….
Thanx naju….. Balan hingaa dhw vaagoii❤❤??
Alhey kn dhuvahah that up vaany … waiting.. waiting
Beykaaru vaahaka thah varah gina mi story ge hurihaa part ehga ves
Btw story is nice??