Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 12ވަނަބައި

Anha Level 110 Stories100 Comments
September 3, 2018 9 Mins Read
34 Comments

“އިޓްސް އޯކޭ. ހާއި. އައި އެމް ޑރ.އިދާން. ނައިސް ޓު މީޓް ޔޫ.” އިދާން އަމިއްލައަށް ތައާރަފްވެލިއެވެ.

“ޑރ.އާލިމް އަލަށްތޯ ތި ޖޮއިން ކުރެއްވީ؟ އަޅުގަނޑު މިދަނީ ޕަންޗްއިން ކުރަން. އަޅުގަނޑާއި އެކީ ހިނގާ.” އިދާން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އާލިމް ބޯ ޖަހައިލުމަށްފަހު އިދާންގެ ފަހަތުން ހިނގައިގަތެވެ. ޕަންޗްއިން ކުރުމަށްފަހު އިދާން ދިޔައީ ތަނުގެ ތަންތަން އާލިމްއަށް ދައްކައިލާށެވެ. މީގެކުރިން އޭޑީކޭއަށް އާދެވިފައި ހުރިނަމަވެސް  އެތަނަށް އެހައި ބޮޑަކަށް އާލިމް ފަރިތަވެފައެއް ނެތެވެ. “މިއީ އިމާރޖެންސީ އަކީ. އަޅުގަނޑުގެ ޑިއުޓީ މިއަދު އިނީ މިތާނގައި. ޑރ.އާލިމް އަންނަންވީ ނޫންތޯ އެލޮކޭޓް ކޮށްފައި އިންތަނެއް ބަލަން.؟” އިމާރޖެންސީ ރޫމްގެ ކުރިމައްޗަށް އަރަމުން އިދާން ވާހަކަދެއްކިއެވެ. “ޑރ.އިދާން. އަޅުގަނޑާ ތިހާ މާތްބަހުން ވާހަކަ ނުދައްކާ ޕްލީސް. ރަނގަޅީ ހަމަ ރައްޓެއްސެއްގެ ހައިސިއްޔަތުން ދެއްކިއްޔާ. އާލިމް އެކަނި ކީމަ ރަނގަޅުވާނެ.” އިދާން މާ ރީއްޗަށް ވާހަކަދެއްކީތީ އާލިމް ހުރީ ލަދުގަނެފައެވެ. އިދާންވެސް ބަދަލުގައި ޑރ ނުކިޔައި ހަމައެކަނި އިދާން ކިއުމަށް ބުންޏެވެ.

އިމާރޖެންސީއަށް ވަދެ ބެލިއިރު އިދާންއަދި އާލިމްވެސް އިނީ އިމާރޖެންސީ ރޫމްގެ ޑިއުޓީއެވެ. އެހެންކަމުން އިދާން ދިޔައީ އާލިމްއަށް ހުރިހައި އެއްޗެއް ކިޔައިދެމުން ހާނުވަމުންނެވެ. ފުރަތަމަ ދުވަސްކަމުން އާލިމްއަށް ކުޑަކޮށް އުނދަގޫވިކަމުގައި ވިޔަސް އިދާން ކައިރީގައި ހުރުމުން ފަސޭހަވިއެވެ. ބްރޭކްގަޑި ޖެހުމުން ދެމީހުން ގެއަށް ދިއުމުގެ ބަދަލުގައި ދިޔައީ ކެންޓީނަށެވެ. އެހެންކަމުން ދުވަހުގެ ޑިއުޓީ ނިމިގެން ދިޔައިރު ދެމީހުންތިބީ ރަނގަޅު ރަހުމަތްތެރިންނަށް ވެފައެވެ.

*************************

ކެބިންގައި އެކަނި ލާނާ އިނީ މަސައްކަތް ނުނިމޭތީ ގެއަށް ނުދެވިފައެވެ. އެހެން އެންމެންވަނީ އެމީހެއްގެ މަސައްކަތް ނިންމައި ގެއަށް ގޮއްސައެވެ. އަލަން ފިޔަވައެވެ. އަލަން އޭނާގެ މަސައްކަތްތައް ނިންމައި ކެބިންއިން ނުކުތީ ގެއަށް ދާށެވެ. އޭރު ހުޒާމްވެސް ވީ އަލަން ނުނިމިގެން ގެއަށް ގޮއްސައެވެ. ކެބިންގެ ބޭރުގައި ހުރި ގިނަ ލައިޓްތައް ހުރީ ނިވާފައިކަމުން އެތެރެއޮތީ ކުޑަކޮށް އަނދިރިކޮށެވެ. ކެބިންއިން ނުކުތް އަލަންގެ ލޮލުގައި އެވަގުތު އަޅައިގަތީ ދިއްލިފައިހުރު ލާނާގެ ކެބިންއެވެ. ލާނާ އަދިވެސް ގެއަށް ނުދަނީބާއޭ އަލަންގެ ހިތަށްއެރިއެވެ. އަލަން މަޑުމަޑުން ލާނާގެ ކެބިންއާއި ކައިރިވެލުމަށްފަހު ދޮރުހުޅުވައިލިއެވެ. އެވަގުތު ފައިލްތަކެއް ހިފައިގެން ނިންމަންއިން ލާނާގެ ފެނި އަލަންގެ ތުންފަތާއި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ.

“ހާއި މިސިސް އަލަން.” ފައިލް ހިފައިގެން އިން ލާނާ ސިހުނީ ކެބިން ހުޅުވާފައި އެތެރެއަށްވަތް އަލަން ފެނިފައެވެ. ކަންތަކާ ޖެހުނީއޭ ލާނާގެ ހިތަށް އެރިއެވެ. “ކޮން އުނދަގުލެއް ކުރަން ތިއައީ؟” ފޫހި ގޮތަކަށް ލާނާ ރައްދުދިނެވެ. އަލަންގެ ލޭ ކެކެންފެށިއެވެ. “އަހަރެންގެ ވާންއުޅޭ އަންހެނުން ކައިރިއަށް މިއައީ. މިރޭ ކައިވެނީގެ ކާޑު ފައިނަލް ކުރަން ދާންވެފައި އޮތީމަ.” ރުޅިގަނޑު މައިތިރި ކުރަމުން އަލަން ވާހަކަދެއްކިއެވެ. “ޔޫ ނޯ ވަޓް އަލަން. އައި ޑޯންޓް ކެއާރ. އަހަރެންނަށް ހެޔޮ ކާޑު ނުފޮނުވިޔަސް. އެހެންވީމަ މިބުނަނީ ރީއްޗަށް. އަހަރެން ދާކަށް ބޭނުމެއްނޫނޭ.” އެއްވެސް އަސަރެއްނެތް ގޮތަކަށް ލާނާ މިހެން ބުނުމުން އަލަންގެ ލޭ ކެކިގަތެވެ. އަލަން ފުންމައިގެން ތެދުވެ ލާނާގެ ގޮނޑީގައި ދެތައުން ހިފައިލަމުން ލާނާ ހައްޔަރުކޮށްލިއެވެ. “ޔޫ ނޯ ވަޓް. ޔޫ ހޭވް ޓު ކެއާރ. އައި ވިލް މޭކް ޔޫ ޑޫ ދެޓް. މިހާރު އަހަރެން މާ ރަނގަޅުވެގެން އުޅޭތީ ތި މާ ގަދަ ވަނީ. މިރޭ ޖެހޭނީ ދާން. 9 ޖަހާއިރަށް ރެޑީ ނުވިއްޔާ އަހަރެންގެ ނުބައިކަން ދައްކާލާނަން. އިވިއްޖެތަ”  ލާނާގެ ކޮނޑުގައި ހިފައި ނަގަމުން އަލަން ހަޅޭއްލަވައިގަތެވެ. ލާނާގެ ހިތްބިރުގަތެވެ. އަލަންއަކީ ރުޅިއައިސްފިނަމަ އެއްވެސްކަމެއް ކުރަން ފަސްޖެހޭނެ މީހެއްނޫނެވެ. ނަމަވެސް ގޮތްދޫކުރާކަށް ލާނާ ބޭނުމެއްނުވިއެވެ. އަލަންގެ އަތްފޮޅުވައިލުމަށްފަހު އަނެއްކައިވެސް ނުދާނަމޭ ލާނާ ބުންޏެވެ. އައި ރުޅީގައި އަލަން ވަގުތުން ލާނާ ގެންގޮސް ފާރަށް ތަތްކޮށްލިއެވެ. އޭރު އަލަންގެ ހޫނު ނޭވާ ދިޔައީ ލާނާގެ މޫނަށް އެޅެމުންނެވެ. އަލަން ހިފަހައްޓާފައި ހުރި ބާރުކަމުން ލާނާއަށް ގުޑިލެވޭ ގޮތެއްނުވިއެވެ. އިރުކޮޅެއްނުވެ ލާނާގެ ދެލޯ ބޮޑުވީ ފެންބޮވައިގަނެފައި އޮތް ސިންގާއެއްހެން ލާނާގެ މޫނުގައި އަލަން ބޮސްދޭން ފެށުމުންނެވެ. ގަތްބިރުން ލާނާއަށް ތެޅިގަނެވުނެވެ. “އަލަން ޕްލީސް. އަހަރެން ދާނަން. ހެޔޮނުވާނެ އަހަރެން ދޫކޮށްލާ.” ލާނާ ރޮވިފައި ބުންޏެވެ. އަލަން ނުލަފާ ގޮތަކަށް ހޭންފެށުމަށްފަހު ލާނާގެ ނިތްކުރިއަށް ދޮނެއް ދީފައި ގައިން ދޫކޮށްލިއެވެ. “ގުޑް ގާރލް. ކުރިއަށް އޮތްތާވެސް އުޅެން ޖެހޭނި ތިހެން. މިހާރުން ފެށިގެން ޕްރެކްޓިސް ޖައްސައިގެން ވާނި. ޕަޕީފޭސް.” ލާނާގެ ކަރުނަ ފޮހެދެމުން އަލަން މަލާމާތުގެ ރާގަކަށް ބުންޏެވެ. “އައި ހޭޓް ޔޫ އަލަން. އައި ހޭޓް ޔޫ. ދުވަހަކުވެސް މާފެއް ނުކުރާނަން.” ރޮވިފައި ލާނާ ބުނިގޮތުން އަލަން ގާތަށް އިތުރަށް ހިނިއައެވެ. “ކާކުތަ އުޅެނި މައާފަށް އެދެން. ހުވަފެނުގައިވެސް ނުވާނެކަމެއް ތީ.. މާ ވާހަކަ ގިނަ ނުކޮށް އާދޭ ގެއަށްދާން. މިހާރު ޕަޕީފޭސް އެކަނި އޮފީހުގައި އުޅެނި. މަ އިތުރަށް ރުޅި ނާރުވައި ދާން އާދޭ.” އަލަން ހަރުކަށި ކަމާއިއެކު އެހެން ބުނުމުން ލާނާއަށް އިތުރަށް ހުންނާކަށް ނުކެރުނެވެ. ލާނާގެ އަތުގައި ހިފައިގެން އަލަން ނުކުތީ ލާނާ ގެއަށް ލައިދޭން ދާށެވެ. ނޭނގިނަމަވެސް އަލަންއަށް ލާނާއަށް ބެލެއެވެ. ރުޅިއައިސްގެން ލާނާ ރޮއްވިނަމަވެސް ފަހުން އެކަމައި އަލަންއަށް އުނދަގޫވެއެވެ.

********************

ރޭގަނޑު 9 ޖެހިއިރު ލާނާ ހުރީ ތައްޔާރުވެގެން އަލަންގެ އިންތިޒާރުގައެވެ. އަލަން ބަލައި އައިސް ގުޅުމުން ލާނާ ތިރިއަށް ފޭބިއެވެ. ތިރިއަށް ފޭބި ލާނާފެނި އަލަން ހިތްހަމަނުޖެހުނެވެ. މެރޫންކުލައިގެ އޮފްޝޯލްޑާރް ޓޮޕަކާއި ނޫކުލައިގެ ޖީންސެއް ލައިގެން ހުރިއިރު ލާނާގެ ބަނޑުފޮރުވެނީ ކިރިޔާއެވެ. އިސްތަށިގަނޑު މައްޗަށްނަގައި ހުޅި ޖަހާފައި ހުރުމުން އެދޮން ކަނދުރާ އޮތީ ހާމައަށެވެ. ހަގީގަތުގައި އެހެދުން ލާނާ ލީ ގަސްތުގައި އަލަން ރުޅި އަރުވާށެވެ. ފަރިހިނގުމުގައި އައިސް ލާނާ ކާރަށް އަރައި ހަމަޖެހިލިއެވެ. “މަ ނުބުނަންތަ ތިކަހަލަ އެއްޗެހި ނުލާށެކޭއެއް ލާނާ ކައިރީ. ބަލަ ގެއަށޭ މިދަނީ. އަދިވެސް މަ ލަދުގެންނެވުންވަރު މަދީތަ މަގޭ ބައްޕަމެން ކުރިމަތީގައިވެސް މަ ލަދުގަންނަވަން ތިއުޅެނީ.” އަލަން ހިތްހަމަނުޖެހިފައި ބުންޏެވެ. “މަށަށް ނުބުނެވޭތަ މަ ބޭނުން އެއްޗެކޭ މަ ލާނީ.” ލާނާ ބާރަށް މިހެން ބުނުމުން ރައްދުގައި އެއްޗެއް ބުނަން އުޅެފައިވެސް އަލަން މަޑުކުރީ ކައިވެންޏަށް ކުޑަދުވަސްކޮޅެއް އިނީމައެވެ. ބޭނުން އެއްޗެއް ލެވޭތޯ ބަލާނަމޭ އަލަންގެ ހިތަށް އެރިއެވެ.

ބޭރުގައި ކާރު ޕާރކު ކުރުމަށްފަހު ލާނާ ގޮވައިގެން އަލަން މައްޗަށްއެރިއެވެ. އޭރު ސޯފާގައި އާލާ އާއި ޝާކިރުއާއި އާސިމާ ތިއްބެވެ. ލާނާގެ އަތުގައި ހިފައިގެން އަލަން އައިސް ސޯފާގައި އިށީނުމުން އާލާ ވާހަކަ ދައްކަން ފެށިއެވެ. “ފައިނަލީ. ދޮންބެ ލާލާ ނުގެނެސްގެން މިއިނީ. ވެޑިންގް އޮތީ ހަފްތާއެއް ފަހުން. މިހާރު ކާޑު ފޮނުވަން މާ ލަސްވެސް ވެއްޖެ. ލާލާ ކާޑެއް ސެލެކްޓް ކޮށްދީ. އޭރަށް އައިވިލް ޓޭކް ކެއާރ އޮފް ދަ ރެސްޓް” އާލާ ވާހަކަދައްކަމުން ކާޑުގެ ޑިޒައިންތައް ލާނާއަށް ދައްކަމުން ދިޔައެވެ. ނަމަވެސް ލާނާގެ އިނީ އެހައި އެކަމައި ވެގެންނެއް ނޫނެވެ. އަލަންއަށް މިކަން ފާހަގަވުމުން ރުޅިއައީ ޝާކިރުމެންގެ ކުރިމަތީގައި ލާނާ އެގޮތަށް ކަންތައްކުރާތީއެވެ. “ލާލާއަށް ރީތީ ކޮންއެއްޗެއްކަން ބުނެބަލަ އަވަހަށް.” މަޑުމައިތިރި ކަމާއިއެކު އަލަން މިހެން ބުނިނަމަވެސް އެއަޑުގައިވި ހަރުކަށިކަން ލާނާއަކަށް ސިއްރެއްނުވިއެވެ. “އާލާއަށް ރީތި އެއްޗެއް ސެލެކްޓް ކުރޭ. އާލާ އެންނު ތީމްވެސް ކަނޑައެޅީ. ލާލާއަށް އިނގޭ އާލާގެ ޓޭސްޓް ވަރަށް ފުރިހަމަ ވާނެކަން.” ވަރަށް ވިސްނަން އިނުމަށްފަހު ލާނާ ބުނެލިއެވެ. ހަގީގަތުގައި ލާނާ ބޭނުންވީ އޭނާ އެކަމަށް އެއްވެސް ޝައުގެއްނެތްކަން އަލަންއަށް ދައްކާށެވެ. އަދި މަޖުބޫރުން ކާޑު ފައިނަލް ނުކުރުވޭނެކަން އަންގާށެވެ.

އަމިއްލަ ކާމިޔާބީގެ މައްޗަށް އުފާ ފާޅުކުރަމުން ލާނާ ބަލައިލީ އަލަންގެ މޫނަށެވެ. އެލޮލުން ލާނާ އަނދައިއަޅިއަށް ހަދާލަފާނެހެން ހީވެއެވެ. ނަމަވެސް ލާނާ މިއަދު ޖެހިލުމެއްނުވެއެވެ. އެކަމަށްވެސް އާދަ ވެއްޖެއެވެ. ބޯމަތިވެފައި އޮތް ތޫފާނުގެ ހިލަމެއްނުވައި ލާނާ އިނީ ވަގުތީ އުފާ ފާޅުކުރާށެވެ.

ކާޑު ފައިނަލްކޮށް ނިންމުމަށްފަހު އެންމެން ތބީ ކައިވެނީގެ ވާހަކަ ދައްކާށެވެ. ކައިވެނީގެ ހެދުން ގެންނަނީ ޑިޒައިނާރއެއް ލައްވައި ލާނާގެ ގައިގެ މިނަށް ފަހުވައިގެންނެވެ. ހެދުމުގެ ޑިޒައިންގެ ކަންތައްވެސް ލާނާ ހަވާލުކުރީ އާލާއާއެވެ. މިހުރިހައި ކަމަކައިވެސް ބޮލަށް ބާރުކޮށްފައި އިނީ އަލަންއެވެ. ލާނާއަށް ހިތުން ނުފިލާވަރުގެ ބޮނޑިއެއް ދޭނަމޭ އަލަންގެ ހިތަށްއެރިއެވެ. ކައިވެނީގެ ކައުންޓްޑައުން ފަށައިގެން އެންމެން އެކަމާއި އުޅޭއިރު އެކަމަށް އެންމެ އިންތިޒާރު ކުރަނީ އަލަންއެވެ.

ކައިވެނީގެ ވާހަކަ ދައްކަންތިބުމަށްފަހު އަލަން ނުކުތީ 11 ޖެހުމުން ލާނާ ގެއަށްލާން ދާށެވެ. ކާރަށް އަރައި ހަމަޖެހިލުމަށްފަހު އަލަން ބަލައިލީ މަލާމާތުގެ ގޮތަކަށް ހެވިފައި އިން ލާނާއަށެވެ. “މާ ވައްތަރަކަށް ބަލާނެ ކަމެއްނެތް. 7 ދުވަސް ތެރޭގައި ތި ލާނާ މުހައްމަދު ހަސީނުއަށް އަހަރެން ހަދާނީ ބޭނުން ގޮތެއް. މިހާރު ހޭނެ ވަރަކަށް ހޭންވީ.” ހެވިފައި އިން ލާނާ ފެނި އަލަން މިހެން ބުނުމާއިއެކު ލާނާގެ ހިނިތުންވުން ފަނޑުވިއެވެ. ތެދެކެވެ. ހަފްތާއެއްގެ ތެރޭގައި ލާނާ ވާނީ އެހެންމީހެއްގެ ހައްގަކަށެވެ. މުޅިއުމުރަށް އިދާން ގެއްލުނީއެވެ.  އިދާންގެ މަތިން ހަނދާންވުމާއެކު ލާނާގެ ހިތުގައި ރިއްސައިލިއެވެ. އިދާން ކޮބައިބާއެވެ؟ ހާލު ރަނގަޅު ބާއެވެ. އިދާންގެ އެއްވެސް ހަބަރެއް ލާނާއަކަށް ނުވެއެވެ.

އަލަން ބާރު ބާރަށް ކާރު ދުއްވައިލީ ލާނާއަށް ޖެއްސުންކުރުމުގެ ބޭނުމުގައެވެ. ގެއަށް ގެންދިއުމުގެ ބަދަލުގައި ލާނާ ގޮވައިގެން އަލަން މުޅި މާލެ ތެރޭގައި ދުއްވިއެވެ. އެތައް އިރަކު ދުއްވުމަށްފަހު އަލަން މިސްރާބު ބަދަލުކޮށްލިއިރު 12.30 ވެއްޖެއެވެ. އަލަން އިތުރަށް ލާނާއަށް ޖެއްސުންކޮށްލާ ހިތްވިއެވެ. “ކޮންތާކަށް ތި މަޑުކުރީ އަލަން. އަލަން އިޓްސް އޯލްރެޑީ 12.30 . ގޭގެ ދޮރުމައްޗަށް ލައިދީބަލަ ޕްލީސް.” ގެޔާއި ދުރަށް ކާރު މަޑުކުރުމުން ލާނާ ހިތްނުތަނަވަސްވެފައި ބުންޏެވެ. އަލަން ބޭނުންވީ ލާނާއަށް އިތުރަށް ޖެއްސުންކޮށްލަން ކަމުން މަޑުކުރީ ގެޔާއިފުދޭވަރަކަށް ދުރަށެވެ. “ހަމަ މިހާރު މަގޭ ކާރުން ފައިބާ. ދެން މިހިސާބުން ހިނގާފައި ގެއަށް ދޭ.” އެއްވެސް އަސަރެއްނެތް ގޮތަކަށް އަލަން މިހެން ބުނިއިރު ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތެވެ. ލާނާ އާދޭސް ކުރުމުންވެސް އަލަންގެ ހިޔާލު ބަދަލު ނުވުމުން ދަބަސް ކޮނޑުގައި އަޅުވައިލަމުން ކާރުން ފޭބިއެވެ. ކާރުން ލާނާ ފޭބުމުން އަލަން ކާރު ދުއްވައިލިއެވެ. ބިރުންހުރެ މަގުމައްޗަށް ނަޒަރެއް ދެމުން ލާނާ ހިނގައިގަތެވެ. އޭރު ގޯޅި ކަންމަތީގައި ބޮޑު ގުރޫޕެއް ތިއްބެވެ. ލާނާގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް ދައުރުކޮށްލިއެވެ.  ލައިގެންހުރި ކުރު  ޓޮޕްކޮޅު ތިރި ކުރަމުން ލާނާ މަޑުމަޑުން ހިނގައިފައި ކުރިއަށް ދާންފެށީ ހިތާހިތުން އަލަންއަށް އެތިވަރު ގޮވަމުންނެވެ. “އޭ މަންޖޭ. ހާދަ ރީއްޗޭ. ދުނިޔެމަތީގެ ކަމެއްތަ މީ.” ކަންމައްޗަށް އަރައި ހަމަވުމުން އެ ގުރޫޕުން އެކަކުގޮވައިލިއެވެ. ލާނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައިރު ސަލާމަތްކޮށްދޭން މީހަކު އަންނާނެ ނަމައޭ ހިތަށްއެރި އަދަދެއް ނޭނގެއެވެ. އެވަގުތު އެމަގުގައި އެމީހުންގެ އިތުރަށް ކުރިއަށް މީހަކު ފެންނާކަށް ނެތެވެ. ބިރުންގޮސް ލާނާގެ އަތްފައި ފިނިވެ ކުރިއަށް ދާންވެސް އުނދަގޫވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ކުރިއަށް ހިނގަމުން ދިޔައެވެ. “އޭ މަންޖޭ. މަޑުކޮށްބަލަ. ކޮންތާކަށްތަ ތިދަނީ މާ އަވަހަކަށް. ކޮން ނަމެއްތަ ކިޔަނީ. މަށަށް ލިބޭނެތަ.” އެތަނުން އެހެން މީހަކު ލާނާއަށް ބުނެލިއެވެ. ލާނާގެ ހިނގުން ވަގުތުން ބާރުކޮށްލިއިރު ރަނގަޅަށްވެސް ރޮވިއްޖެއެވެ. ކުއްލިއަކަށް ލާނާ ސިއްސައިގެން ދިޔައީ އެތަނުން އެކަކު ކުރިމައްޗަށް އެރުމުންނެވެ. ލާނާ ވަގުތުން ފަހަތަށް އެނބުރުންއިރު ފަހަތުގައި ހަތަރު މީހުން ތިއްބެވެ. “ހުވާ މިހާ ރީތި ކުއްޖެއް ނުފެނޭ. ބަލާބަލަ އެހެރަ ދޮން ކަނދުރާއެއް. އައްދޭ. މަންޖެ އަދި ރޯކަށް ނުވެއެންނު. އާދެބަލަ އަހަރުންނާއެކީ ދާން މިރޭ.” ފަހަރަކަށްވުރެއް ފަހަރެއް އެމީހުން ދިޔައީ ލާނާއާއި ކައިރިވަމުންނެވެ. އެމީހުންނާއި ލާނާއާއި ދޭތެރޭގައި ގާތްގަނޑަކަށް ހުންނާނީ ދެ ފޫޓެއްހައި ޖާގައެކެވެ. ދުއްވައިގަންނަން ހިތަށް އެރިނަމަވެސް ލާނާހުރީ މުޅިންބެދިފައެވެ. އިތުރު ގޮތެއްނެތުމުން ލާނާ ދެލޯ މަރައިލީ މިދެން ދިޔައީއޭ ހިތަށް އަރަމުންނެވެ.

“ލާލާ.” ދެލޯ މަރައިގެންހުރި ލާނާ ލޯ ހުޅުވައިލީ ކައިރިން އަލަން ގޮވައިލި އަޑުއިވުމުންނެވެ. އޭރު އަލަން ހުރީ ލާނާއާއި ޖެހިގެން ލާނާގެ ފަހަތުގައެވެ. ކުއްލިއަކަށް ލާނާ ބައްދައިގަތުމުން އަލަންއަށް ބެލެންސް ވީ ހަމަ ކިރިޔާއެވެ. އަލަން ރުޅިވެރިކަމާއިއެކު ވަށައިގެން ތިބި އެންމެންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ. “އޭ ބްރޯ މަގޭ އަންހެނުންނޭ. ތަނަކުން ހަމަ އަންހެނަކު ފެންނައިރަށް ޖެހޭތަ ފޮށެން.” އަލަން ހަޅޭއްލަވައިގަތުމުން އެ އެންމެން ދުރަށްދިޔައެވެ. “އޭ ވަރަށް ބޮޑަށް ސޮރީ ބްރޯ. އަހަރުމެންނަށް ނޭނގުނީ.” އެތަނުން އެކަކު އެހެންބުނެލުމަށްފަހު އެ އެންމެން އެކީގައިގޮސް އޮބައިލިއެވެ. އަލަން ވަގުތުން ފޯނުނަގައި އެކަންތައް ޕޮލިހުންނަށް ރިޕޯޓުކުރިއެވެ. ޕޮލިހުންނަށް ރިޕޯޓުކުރި ކަމުގައިވިޔަސް އިތުރު ކަމެއްނުވާނެކަން އަލަންއަށް އިނގެއެވެ. ނަމަވެސް ކުރިއަށްއޮތްތާ އެހެންމީހަކަށް އެހެންވުމުގެ ފުރުސަތު ކުޑަވެދާނެކަމަށްބަލައި ކުރީއެވެ. އޭރުވެސް ލާނާ ހަމަ އެހުރިގޮތަށް އަލަންގެ ގައިގައި ބައްދައިގަނެގެން ހުރެގެން ރޮނީއެވެ. ލާނާގެ ހާލުފެނި އަލަންއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. ލާނާ އެކަނި ބަހައްޓައިފައި ދެވުންއެއީ އޭނާއަށް ކުރެވުނު ވަރަށްބޮޑު ކުށެވެކެވެ. ކުޑަ ތަންކޮޅަކަށް ދިއުމަށްފަހު އަލުން އަނބުރާލައި އަލަން އައީވެސް ކުރެވުނު ކަންތައް އިހުސާސްވެގެން ލާނާ ގެއަށް ލައިދޭށެވެ. ގޯޅި ކަންމައްޗަށް ކާރު ޕާކު ކުރުމަށްފަހު އަލަން އައީ މަގުމަތީގައި ގުރޫޕަކު އެއްވެފައި ތިބުމުން ކަމެއްވީ ކަމަށް ހީކޮށެވެ. އަނބުރައި އާދެވުނުކަމީ އަލަންގެ ނަސީބެވެ. ލާނާއަށް ކަމެއްވިނަމަ އަލަންއަށް އަމިއްލަ ނަފްސަށް މައާފެއް ނުކުރެވޭނެއެވެ.

“ޝޫޝް.. ދެން ހުއްޓާލާ.. އަހަރެން މިހުރީ އެންނު މިހާރު ލާލާ ކައިރީ. އެމީހުން އެދިޔައީ އޭ. އައި އެމް ސޯ ސޮރީ ލާލާ. ދުވަހަކުވެސް އެހެންނެއް ނަހަދާނަން ދެނެއް. ޕްލީސް ނުރޮއެ ދެން.” އެ ބާރުގަދަ ދެއަތުން ލާނާގެ ހަށިގަނޑުގައި ވަށައިލައިގެން ހުރެ އަލަން ދެރަވެފައި ވާހަކަ ދެއްކިއެވެ. އަލަން ދެރަވެފައި ހުރިވަރު ހުދު އަލަންއަށްވެސް އިހުސާސްނުވެއެވެ. ލާނާ ހުރީ އަލަންގެ ގައިން ދޫކޮށްލާ ކަހަލަ ގޮތަކަށް ނޫނެވެ. އެއަށްވުރެން ބޮޑަށް އެހިތަށްވަނީ އަސްރުކޮށްފައެވެ. އެހެންކަމުން އަލަންހުރީ ލާނާ ރޯނެވަރަކަށް ރޯން ބަހައްޓައިގެންނެވެ.

ހ.ކެތި ދޮރުމަތީގައި މަޑުކޮށްގެންހުރި އިދާން އެންމެ ފަހުން ކަރުއެލުވައިލުމަށްފަހު ގެއަށްދާން ހިނގައިގަތެވެ. އިދާން އެގޭގެ ދޮރުމަތީގައި ހުންނަތާ ކިތަންމެ އިރެއް ވެއްޖެއެވެ. ލާނާއާއި ބައްދަލުކުރަންވެގެން އިދާން އައިސް ހުރީ ތިރިއަށް ފައިބާނެކަމަށެވެ. ނުގުޅީ ލާނާ ފޯނު ނުނަގާނެކަމަށް ހީކޮށެވެ. ހުރެހުރެ ނުފޭބުމުން އެންމެފަހުން އިދާން ހިނގައިގަތީ ފަހުން އައުމުގެ އަޒުމުގައެވެ. ސައިކަލު ދުރުގައި ޕާރކުކޮށްފައި ހުރުމުން މަޑު ހިނގުމެއްގައި އިދާން ދިޔައީ ސައިކަލާއި ދިމާލަށެވެ. ގޯޅި ކުރިމައްޗަށްއެރި އިދާންގެ ފިޔަވަޅު ހުއްޓުނީ އަލަންގެ ގައިގައި ބައްދައިގަނެގެންހުރި ލާނާފެނިފައެވެ. ލޯމައްޗަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުނުކުރެވިފައި އިދާންއަށް ހުރެވުނީ ކިހައި އިރަކު ކަމެއް ނޭނގެއެވެ. ހަމަގައިމުވެސް އެހިތަށް މިރޭ ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. އިދާން ހީކުރީ ލާނާ އެކައިވެންޏަށް އެއްބަސްވީ އިތުރު ގޮތެއް ނެތުމުން ކަމަށެވެ. ނަމަވެސް ކުރިމަތިން ފެންނަމުންދާ މަންޒަރުގެ ގޮތުން އެކަން ގަބޫލުކުރަން އިދާންއަށް މުޅިން އުނދަގޫވިއެވެ. އަލަންގެ ދެއަތް ލާނާ ވަށައިލެވިފައި ވާއިރު ލާނާގެ ދެއަތްވަނީ އަލަންގެ ގައިގައި ވަށާލެވިފައެވެ. ހުއްޓުމެއްނެތި އަލަން ދިޔައީ ލާނާގެ ބޮލުގައި ފިރުމަމުންނެވެ. މަޖުބޫރުން އުޅޭ މީހުން އުޅެނީ މިހެން ހެއްޔެވެ؟ ވިސްނިވަރަކަށް ލާނާއާއި ދޭތެރޭގައި އޮންނަ ލޯބީގެ މައްޗަށް އިދާންގެ ހިތުގައި ދިޔައީ ރުޅިވެރިކަން ކުރިހޯދަމުންނެވެ. ދަތްކުނޑި ވިކައިލަމުން ލާނާއަށް އިދާން ބަލައިލީ ހިތްކުދިކުދިވެފައި ހުރެގެންނެވެ. އިދާން މަޑު ހިނގުމެއްގައި އައިސް ސައިކަލު ނެރެ ދުއްވާލި އިރުވެސް ލާނާއާއި އަލަން އެތިބި ގޮތަށް ތިއްބެވެ. އެމީހުންނަށް އެތާގައި އިތުރު ބަޔަކު ނޫޅޭފަދައެވެ.

ރޮއެރޮއެ ހިތަށް ކުޑަކޮށް ލުޔެއްލިބުމުން ލާނާ ވަގުތުން އަލަންއާއި ދުރަށްޖެހިލިއެވެ. “ލާލާ އާ ޔޫ އޯކޭ؟” ކަންބޮޑުވެފައި އަލަން އަހައިލިގޮތުން ލާނާގެ ލޭކެކިގަތެވެ. “ޖަސްޓް ސްޓޮޕް އިޓް އަލަން. އަހަރެންނަށް އިނގޭ އަލަން އަހަރެންދެކެ ނަފްރަތުކުރާކަން. މާ ހެޔޮއެދޭ މީހަކަށް ވާން އުޅޭނެ ކަމެއްނެތް. ކުރެވުންވަރު ކުޑައީތަ އަދިވެސް. އަހަރެން އެކަނި ހާލައިގެން ދޫކޮށްލާ ހެޔޮނުވާނެ.” ލާނާ ރޮއެގަނެފައި ވާހަކަ ދެއްކިގޮތުން އަލަންގެ ހިތުގެ އެންމެ ހިމަނާރަށްވެސް އަސަރުކުރިއެވެ. “ލާލާ އަޑުއަހާބަލަ…”އަލަންގެ ވާހަކަ މެދުކެނޑުނީ ލާނާ ވާހަކަދައްކަން ފެށުމުންނެވެ. “އަހަރެން އަލަންގެ ވާހަކަ އަޑުއަހާކަށް ބޭނުމެއްނޫން. ލެޓް މީ ގޯ” ލާނާ ރުޅިއައިސްފައި ބުންޏެވެ. ނަމަވެސް އަލަން ހުރީ ދޫކުރާ ގޮތަކަށްނޫނެވެ. ގަދަކަމުން ލާނާގެ އަތުގައި ހިފައިގެން ހިނގައިގަތީ ގެއަށް ލައިދޭށެވެ. ގޭގެ ކުރިމައްޗަށް ލައިދިނުމުންވެސް އަލަން ހިތްހަމަޖެހޭގޮތް ނުވުމުން ލައިދިނީ އެޕާރޓްމެންޓް ކުރިމައްޗަށެވެ. ލާނާ ގެއަށްވަދެ ދޮރުޖަހަންދެން އަލަން ބަލަހައްޓައިގެން ހުއްޓެވެ. ގެއަށް ވަދެ ލާނާ ދޮރުޖެހުމުން އަލަންއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ.

ކޮޓަރިއަށްވަތް ލާނާ ދަބަސް އެއްލައިލުމަށްފަހު އެނދަށްޖެހިގަތެވެ. އެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދާއިރު ހިތުގައި އެތައް ޝަކުވާއެއްވިއެވެ. އެއީ އިދާން ނަމަ ލާނާއަކަށް އެހެންނެއް ނަހަދާނެއެވެ. އިދާންގެ މަތިން ހަނދާންވުމުން ލާނާއަށް އިތުރަށް ރޮވުނެވެ. “އިދީ އައި މިސް ޔޫ. ކޮންތާކުތަ ތިއުޅެނީ. ނޭނގޭތަ ލާލާ މިސްވާ ވަރެއް އިދީ މަތިން.” ލާނާ އަމިއްލަ ނަފްސާއި ވާހަކަ ދައްކަމުން ދިޔައިރު ކޮޓަރީގައި ވަނީ އެގިސްލުމުގެ އަޑު ހިފާލައިފައެވެ. ރޯންއޮތް ލާނާ ބާލީހުން މޫނު ވަކިކޮށްލީ ފޯނު ރިންގުވާން ފެށުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައި އިން އަލަންގެ ނަންފެނި ލާނާގެ ރުޅިގަނޑު ގަދަވިއެވެ. މިހާރު ކޮން ގުޅުމެއް ގުޅާކަށް ހެއްޔެވެ؟ ލާނާ ފޯނު ނަގަން ބޭނުން ނުވުމުން ނުނަގައި ބަލަން އޮތީއެވެ. އަލަން އެތައް ފަހަރަކު ގުޅިއެވެ. އެންމެ ފަހުން ފޯނު ނުނެގުމުން އަލަން ކުރީ މެސެޖެކެވެ. ލާނާ ފޯނު ނަގައި އެ މެސެޖު ކިޔައިލިއެވެ. އަލަން އޮތީ މިރޭ ކަންތައް ކުރެވުނުގޮތުން މައާފަށް އެދިފައެވެ. ވެދިޔަ ކަންތަކާއި ދޭތެރޭ ލާނާ ވިސްނައިލިއެވެ. އަލަން ދުވަހަކުވެސް ލާނާއާއި ދިމާލަށް ‘ލާލާ’ ކިޔާފައެއް ނުވެއެވެ. އެކަނި ހުންނައިރު މުޅިންވެސް ކިޔަނީ ޕަޕީފޭސްއެވެ. މީހުން ކުރިމަތީގައި ލާލާ ކިޔައި އުޅުނެއްކަމަކު، އެއީ ހިތުގެ އަޑިން ބުނާ ބުނުމެއް ނޫންކަން ލާނާއަށް އިނގެއެވެ. ނަމަވެސް މިރޭ ތަފާތެވެ. އެއަޑުގައި މިރޭ ހުރީ ކަންބޮޑުވުމެވެ. ލާލާ ކިޔައި މުހާތަބު ކުރިއިރު އެއީ ހިތުގެ އަޑިން ކީ އެއްޗެއް ކަމުގެ އިހުސާސް ފުރަތަމަ ފަހަރަށް ލާނާއަށް ކުރެވުނެވެ. އަލަން ހަމަ އަސްލުވެސް ކުރެވުން ކަންތަކަށް ދެރަވަނީ ބާވައެވެ.؟ ނަމަވެސް އެއީ އަލަންއެވެ. ލާނާދެކެ އިންތިހާއަށް ނަފްރަތުކުރާ މީހާއެވެ. ލަނޑެއް ދީފައި ދެރަވާނެ ހެއްޔެވެ؟ އެތައް ސުވާލެއް ލާނާގެ ބޮލުގައި އެނބުރެމުންދިޔައެވެ. ނަމަވެސް ޖަވާބެއްް ނެތެވެ.

************

ކައިވެންޏަށް ދުވަހަކަށް ވީއިރު ވާންޖެހޭ ހުރިހައި ތައްޔާރީތަކެއް ވަނީ މުޅިންހެންނިމިފައެވެ. އެންމެ ފަހުން ލިބުނީ ލާނާގެ ހެދުމެވެ. މާ ކުޑަ ދުވަސްކޮޅެއްގައި ހެދުން ނިންމަން ދިނުމުން ލަސްވީއެވެ. ހެދުން ގެނައީ ޝާކިރުގެ އާއިލާ މީހެއް ކައިވެންޏަށް ރާއްޖެއައިއިރު އޭނާ ލައްވައެވެ. ކައިވެންޏަށް އެންމެ ކެތްމަދުވެފައި ހުރީ އަލަންއެވެ. ހަފްތާއެއްކުރިން ހިނގައިދިޔަ ކަންތަކަށްފަހު ލާނާވަނީ އަލަންއާއި ވާހަކަ ދެއްކުން ވަރަށް މަދުކޮށްފައެވެ. ލާނާ ބަލަނީ އަލަންގެ ކުރިމައްޗަށް ނާރައިވޭތޯއެވެ. އަލަންވެސް އެވަރަކުން ލާނާއާއި ވާހަކަ ދައްކައި ނޫޅެނީ ކައިވެނި ވެވޭތީއެވެ. އޭރަށް އޭނާއަށް ލާނާ ހާސިލްވީއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އާލިމްއާއި އިދާންގެ ރަހުމަތްތެރިކަންވެސް ވަނީ އިހުނަށްވުރެއް ބަދަހިވެފައެވެ. ދެމީހުން ޑިއުޓީ ހަދަނީ އެކީގައެވެ. ޑިއުޓީނޫން ގަޑިތަކުގައި އެކީގައި ކޮފީތަކަށް ދެއެވެ. އެކީގައި ޑިއުޓީގައި އުޅޭނަމަ ބްރޭކަށް ދަނީވެސް އެކީގައެވެ. އެހެންކަމުން ދެމީހުންވެފައިވީ މިހާރު ގާތްރަހުމަތްތެރިންނަށެވެ.  އާދައިގެ މަތިން މިއަދުވެސް އާލިމްއާއި އިދާން އުޅުނީ ހެނދުނު ޑިއުޓީގައި އިމާރޖެންސީގައެވެ. މެންދުރަށް ވީއިރު ބަނޑުހައިކަމުގެ އިހުސާސް ކުރެވެންފެށުމުން އާލިމްއަކަށް ނުހުރެވުނެވެ. “އޭ އިދީ.. ހާދަ ބަނޑުހައޭ. ދެން ނުހުރެވޭނެ ކާން ނުގޮހެއް. މިހާރު 1 ޖެހީއެ. ” ފައިލެއް ހިފައިގެންހުރި އިދާންއާއި މުހާތަބުކޮށް އާލިމް ބުނެލިއެވެ. އިދާންވެސް ހުރީ ބަނޑުހައިވެފައި ކަމުން ވަގުތުން ބޯ ޖަހައިލީ ކާއެއްޗެއް ކާންބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. “އޭ ލީމޯ. އަހަރުމެން ގެއަށް ދާންވީއެންނު މިއަދު ކާން. މަންމަ މިއަދު ގުޅި މާ މީރުކޮށް ކައްކައިގެންނޯ. އޭރަށް އަހަރެންގެ މަންމައާއިވެސް ލީމޯއަށް މީޓް ވާނެ އެންނު.” ނުކުންނަން ދޮރާއި ދިމާލަށް ދަމުން އިދާން ހިޔާލެއްދިނެވެ. “ލީމޯ” އަކީ އާލިމްގެ ރައްޓެހިން މާކުރިންފެށިގެންވެސް އާލިމްއަށް ކިޔައިއުޅޭ ‘ނިކްނޭމް’ އެކެވެ. އިރުކޮޅަކު ވިސްނަން ހުރެފައި އިދާންގެ ހުށައެޅުން އާލިމް ގަބޫލުކުރިއެވެ.

ސައިކަލު ބޭރުގައި ޕާރކު ކުރުމަށްފަހު އާލިމް ގޮވައިގެން އިދާން ގެއަށްވަތްއިރު ސިޓިންގްރޫމުގައި މީހެއް ފެންނާކަށްނެތެވެ. “މަންމާ.. މަންމާ..” އާލިމް ސޯފާގައި ބައިންދަމުން އިދާން ގޮވަންފެށިއެވެ. އެވަގުތު ބަދިގެއިން ބުރުގާ ރަނގަޅުކުރަމުން ޒަމީރާ އަންނަތަން ފެނުނެވެ. ޒަމީރާ ފެނުމުން މީގެ ކުރިން އާލިމްއަށް ކޮންމެވެސް ތާކުން އޭނާ ފެނުންހެން ހީވިއެވެ. ނަމަވެސް ކޮންތަނަކުން ކަމެއް ހަނދާނެއްނުވިއެވެ. “އަހާނ ދަރިފުޅާ.. މީ ކޮންކުއްޖެއްތަ؟” އާލިމްއަށް ހިނިތުންވުމެއް ރައްދުކުރަމުން ހިތްހެޔޮކަމާއިއެކު ޒަމީރާ ސުވާލުކޮށްލިއެވެ. އިދާން ވަގުތުން ޒަމީރާއަށް އާލިމް ތައާރަފްކޮށްދިނެވެ. “ކޮބާތަ އައިއްކޮ؟ ބައްޕަވެސް ނޫޅެނީތަ؟” އާލިމް ގޮވައިގެން ކާގެއަށް ދަމުން އިދާން ސުވާލުކޮށްލީ ޒަމީރާއާއެވެ. “އައިއްކޮ އެބައޮތް ކޮޓަރީގަ. ބައްޕަވީ ބޭރުގައި. ބުނި ތަންކޮޅެއް ލަހުންނޯ އާދެވޭނި ކާން. ދަރިފުޅު ކާން އިށީންދޭ އާލިމް ގޮވައިގެން. އައިއްކޮއަށް މިގޮވަނީ ޖޫސް ގިރަން.” މިހެން ބުނުމަށްފަހު ޒަމީރާ ދިޔައީ ސިޑިން އަރައިގެން މައްޗަށެވެ. އިދާންގެ ފަހަތުން އާލިމް އައިސް ކާމޭޒުދޮށުގައި އިށީނެވެ. އޭރު ޒަމީރާ ހުރީ ކާން ހަދާފައެވެ. އެކި ބާވަތް ބާވަތުގެ ކާއެއްޗެހި އެތުރިފައިވާތަން ފެނުމުން އާލިމްއާއި އިދާންގެ ކުޅުދިޔާވިއެވެ. ލަސްނުކޮށް ދެމީހުން ކެއުމައިގެން އުޅެގަތީ ބަނޑުހައިވެފައި ހުރިވަރު ބޮޑުކަމުންނެވެ.

ކެއުމަށް ގެއްލިފައި އިން އާލިމް ހުއްޓުންއެރީ ކާގެއަށް ވަދެގެންއައި އަންހެންކުއްޖާފެނިފައެވެ. ކަރުގައި އަނގަޔަށްލީ ބަތްކޮޅުވެސް ތާށިވިކަހަލައެވެ. ދިރުވަން ނޭނގިފައި އިން އާލިމް ކޮށިއަރަން ނެގީ ސިކުންތުކޮޅެކެވެ. ކޮށިއަރައިގެން މީހާގެ ލޮލާއި ނޭފަތުން ފެންއައި އިރުވެސް އާލިމްއަށް ހުރީ ކުރިމަތިން ފެންނަމުންދިޔަ ކަންތައް ގަބޫލުނުކުރެވިފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 6

Next

ޢައިބެއް ނުވާ ތަސްވީރު

Next
September 4, 2018

ޢައިބެއް ނުވާ ތަސްވީރު

Previews
September 3, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 6

34 Comments!

  1. Rose says:
    September 3, 2018 at 11:17 am

    varah reethi. Hardly waiting for next part. Keep it up.

    1. Anha says:
      September 3, 2018 at 4:13 pm

      Thankyou rose. Next part on friday?

  2. Hudher says:
    September 3, 2018 at 2:28 pm

    I am second….. Stry v v v v v nyce keep it up dear….. Whn next…… waiting ??? luv yah❤❤❤❤❤

    1. Anha says:
      September 3, 2018 at 4:14 pm

      Thankyou hudher. Next part on friday. Keep reading. Loves❤?

  3. Nakko says:
    September 3, 2018 at 3:33 pm

    I’m 3rd…uwu
    Vaahaka varah salhi

    1. Anha says:
      September 3, 2018 at 4:15 pm

      Thankyou nakko.. keep reading. Next part on friday?

  4. Anha says:
    September 3, 2018 at 4:12 pm

    Hello everyone. Heres the 12th part. Hope you all will like this part too.. let me know what you all think of this part. Aslu wedding bai ves himanan ulhunee mi part ga. Mibaiga nuhimenee wedding ah waki part eh haassa kuran vegen.. mi part adhi ehen part thakah vuren dhigu vaane. Keep reading. Next part on friday insha allah. Thankyou for the love and support❤?

  5. hamtii says:
    September 3, 2018 at 8:12 pm

    woah…amazing…keep it up anha…btw laala nubuney tha ehvx ehchekey thii magey anhenunney alan buneema….laala aanmu kh ehcheh bunaathii n mifaharu nubunee ma hama alaaly laala nubuney tho ehchekey….i cant belive that laala madun hunnaane ey ehcheh nubune…ans for my question…n haadha lahun next friday n suturday ga up koh dhevey ne tha if ur not busy…cuz dhen vaagoi balan after wedding…waiting for next part..sorry that this comment is too long..sorry

    1. Anha says:
      September 3, 2018 at 9:50 pm

      Thankyou hamtii..its okay comment dhiguviyas. Laala ehchekey nubunee egadeega birun huri varunney.. aammukoh ehcheh bune ennu. Lana akee ehenya alan gaiga bahdhaane meeheh ves nunennu. Ganefa huri birehge bodukamun ehen v. ? yeah dear i know las kan. Mi week duty inn gothun friday ah wanee.. but i will try eyge kurin up kureveythoa. Keep reading??

  6. Ibsha says:
    September 3, 2018 at 8:40 pm

    Varah reethi ?

    1. Anha says:
      September 3, 2018 at 9:51 pm

      Thankyou dear?

  7. aish noor says:
    September 3, 2018 at 8:41 pm

    maa sha allah.. vrh vrh vrh furihama ingey mi part ves Anha dear.. 🙂 adhi kiriyaa mi story ah ves comment eh kohlevey varu mi v.. hehe.. 🙂 feshunyssure ekam noor kiyan mi vaahaka.. furatahama bai kiyaali thanun ves vaahaka ah hiyy jehihje. vrh kamudhaa gothakah kuriyah dhaa vaahaka eh mee.. vrh vrh vrh furihama.. 🙂 good job dear and keep it up the good work.. 🙂 13th part kon irakun? 🙂

  8. Hee says:
    September 4, 2018 at 2:09 pm

    Vvv reethi ….Ava’s kolachsy pls

    1. Anha says:
      September 4, 2018 at 6:24 pm

      Thankyou dear. I will try ingey?

  9. maya says:
    September 4, 2018 at 3:17 pm

    vv habeys ..alhey alan laala ah thihen nuhadhabala…maya nama enme thanfukeh ves dhoonukuraanan….and eii aalim ge dream girl aika dhw.. vv reethi masha allah..keep going..avahah up kohdhehchey..waiting..

    1. Anha says:
      September 4, 2018 at 6:25 pm

      Thankyou maya.. laalaa might come back stronger ennu?? yess.. aalim ge dream girl aika akee ah ves vedhaane dhw. Keep reading. ?

  10. Anmu says:
    September 5, 2018 at 10:40 pm

    Haadha alhey kiyaa miihun foohi vaahaka iru vey viya BTW storyv riithi ??

  11. Kobaaheyyyy says:
    September 7, 2018 at 1:39 pm

    Kobaatha gaimu miadhu up kuraanamoa

    1. hamtii says:
      September 7, 2018 at 6:01 pm

      yap…miadhu up kuraanamey buni writer

  12. Anha says:
    September 7, 2018 at 2:52 pm

    Kobaa tha next part waiting for the next part

  13. Regular reader says:
    September 7, 2018 at 5:00 pm

    Miadhu Mee Friday ehnoontha? Mihaaru kiyaahithun. Bunaadhuwahah up nukurewey. ?

    1. hamtii says:
      September 7, 2018 at 5:59 pm

      adhi friday nunime ey…friday nimuneema bunevey ne bunaa dhuvahah up nukuraa vaahaka..n this is friday ragular reader

    2. Regular reader says:
      September 8, 2018 at 2:13 pm

      Mihaaru ves nubuneweyne tha hamtii? Rulhi aisgenneh nooney mibunani waahaka salhikamun kiyaahithun nuhureweytheewe ✨

  14. hamtii says:
    September 7, 2018 at 6:02 pm

    alheyy…anha avahah story up kohbaaa…cant wait…mirey up kohlaathi if ur not busy

  15. Anha says:
    September 7, 2018 at 7:02 pm

    guys.. 13th part is already uploaded. i have uploaded it. its on pending.

  16. anha says:
    September 7, 2018 at 9:31 pm

    kobaaa tha alhey…waiting waiting waiting

  17. Dhnnnn says:
    September 7, 2018 at 10:47 pm

    ?????????

  18. nav? says:
    September 7, 2018 at 11:42 pm

    alheyyyy….koba tha next?soo sad up nuvaathii….aahh

  19. Aish maaya says:
    September 8, 2018 at 9:01 am

    Alhe..nxt part adhives up nuvey..waiting waiting waiting??☹

  20. Xxxx says:
    September 8, 2018 at 11:16 am

    Waiting

  21. Anha says:
    September 8, 2018 at 3:45 pm

    Varah foohi vey dhen reyga buni uploaded kohfymey its pending ey but akoba

  22. Inthixaaru kuraavaru ingeyhey says:
    September 8, 2018 at 4:28 pm

    Kobaa ???

  23. ishaa says:
    September 8, 2018 at 8:03 pm

    13th episode adhives upload nuvany tha?

  24. Aish maaya says:
    September 8, 2018 at 9:05 pm

    ????

Comments are closed.

Next Episodeކުށަކާނުލައި- 13ވަނަބައި←


All Right Reserved!