ވާނަން އެކީ
ހިތަށްލިބޭ ވޭނަށް އޮތް އެންމެބޮޑު ޝިފާއަކީ ހަނދާންނައްތާލުމައެކު އެލިބޭ ވޭނުގެ އަސްލަކީ ވީކަމަކަށް ނުހެދުމެވެ. ކަރުނައާއި ހިތާމައިގެ ތެރޭގައި ހިތްހަލާކުވެގެން ދިރިއުޅުމުގެ ދަތުރު ކުރިއަކަށް ނުގެންދެވޭނެއެވެ. ދިރިއުޅުން ފުރިފައިވަނީ އެކިކަހަލަ ރަހަތަކުންނެވެ. އެދަތުރުގައި އަޑިގަނޑުތަކާއި އުސްގަނޑުތަށް އަންނާނެއެވެ. ކެތްތެރިވެއްޖެނަމަ ހީކުރިވަރަށްވުރެވެސް ރަނގަޅުކަންތަކާ ކުރިމަތިވާނެއެވެ.
ފުވައްމުލަކުގެ އެއާޕޯޓް ވަނީ ފުރާމީހުނާއި އެމީހުންގެ އާއިލާތަކުން ފުރިފައެވެ. ފުރޭތީ އުފާވެފައިވާ މީހުނާއި އެމީހުން ވަކިވެގެންދާތީ ދެރަވެފައިވާ މީހުނެވެ.
އެއާޕޯޓްގެ އިމާރާތުގެ ކުރިމަތީ ޖަހާފައިވާ ތަނބުތަކުން ތަނބެއްގައ ލެނގިލައިގެން އެހެންމީހުނާ އެކަހެރިކޮށް އަންހެންކުއްޖަކު ހުއްޓެވެ. ޢުމުރުން ސަތާރަވަރަކަށް އަހަރުގެ އެކުއްޖާ ފެންނަފެނުމަށް އެހާ މުއްސަނދި ވައްތަރެއް ނުޖަހައެވެ. ގުދުރަތުން ރީތި ސިފަތަކެއް ލިބިގެންވާ ކުއްޖެކެވެ.
ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި ޖީންސްގައި ހުރި އޭނާއަށް ލބިފައިވަނީ ކުރު އެހެނަސް ރީތިވަރެއްގެ އިސްކޮޅެކެވެ. ހިމަތޮޅިވެފައި ދޮނެވެ. ކަޅުކުލައިގެ ބޯ ފަންއިސްތަށިގަނޑު އުނަގަނޑާހަމަޔަށް އޮތެވެ. ލބިފައިވަނީ އަޅިކުލައިގެ ބޮޑުދެލޮލާއި ބޯ އެސްފިޔަތަކެކެވެ. ލިޕްސްޓިކާ ނުލާވެސް އެތުންފަތުގެ ރަތްކަން ފާޅުވެއެވެ. ރޭގަނޑުގެވަގުތުކަމުން އެއާޕޯޓްގެ ތެރެއަށް ވެރިވެފައިވާ ފަނޑު ހުދުއަލިކަމުގެ ތެރޭގައި ވިދަމުންދިޔަ އެދޮން މޫނުމަތީ ވަނީ ނުރުހުމުގެ ކުލަވަރެވެ. ކަމަކާ ހިތްހަމަނުޖެހިފައި ހުރިކަހަލައެވެ.
އެކުއްޖާގެ ގާތުގައި މުސްކުޅި އުމުރަށް އަޅާފައިވާ އަންހެނަކު ހުއްޓެވެ. ކަޅުހެދުމުގައި ތުއްތު ފިރިހެންކުއްޖަކު އުރާލައިގެން ހުރި އެމީހާ އެކުއްޖާއާ ވާހަކަތަކެއް ދައްކަމުން ދިޔައެވެ. ފެންނަފެނުމަށް އެކުއްޖާ ހިތްހަމަނުޖެހިފައި ހުރީ އެވާހަކަތަކަށެވެ.
“ދަރިފުޅާ އަރޫނާ. ލިބުނު މިފުރުސަތުގެ ބޭނުން ނަގާ ނުލާތި. މަންމައަށް އިނގޭ އަރޫ ބޭނުންވަނީ މަންމަމެންގާތު ރަށުގަ ހުރެގެން ކިޔަވަންކަން. އެކަމަކު މާލެއިން ބޭނުން ކޯހެއް ހިލޭ ހެދެން ފުރުސަތުލިބުނީމަ އެކަން ނަގާލުމުން އެއީ ހާދަބޮޑު ގެއްލުމެކޭ. ދިރިއުޅުމުގައި ތިމާ ބޭނުންނުވާ ޑިޒިޝަންތައްވެސް ބައެއްފަހަރު ހާލަތާ ގުޅިގެން ނަގަންޖެހޭ. އެކަންކަމާ ކެރިގެން ކުރިމަތިލާން ޖެހޭނީ.”އާރިފާ މަސައްކަތް ކުރަމުންދިޔައީ އަރޫނާއަށް ވިސްނައިދެވޭތޯއެވެ.
“އޯކޭ. މަންމަ ބުނީތީއެއްނު އަރޫ މި ދަނީ. އިރާދަކުރެއްވިއްޔާ ކޯސް ފުރިހަމަކުރާނަން އެންމެ މޮޅު ދަރިވަރުގެ ގޮތުގައި. އެކަމަކު ދެރަވަނީ މަންމައާއި ކޮއްކޮ ނުފެންނާނެތީ.”އެންމެފަހުން އަރޫނާ ހިނިތުންވެލައިފިއެވެ. ނަމަވެސް އެރީތި ދެލޯ ވަނީ ފެންކަޅިވެފައެވެ.
“ލަވްޔޫ ތިއްތިގެ ލޯބިލޯބި އަރީން. ލަވްޔޫ މަންމާ. އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކު ގުޅާނަން. ވިލް މިސްޔޫ. ބާއި.”ޑިޕާޗުރަލް ހޯލަށް ދާންގޮވުމުން އަތްހޫރުވާލަމުން ގޮސް އެތެރެއަށް ވަނދެއްޖެއެވެ. އޭނާ އިށީނީ އޭނާއާއެކުގައިދާ ޝީން ގާތުގައެވެ.
މިފުރުސަތަކީ އޯލެވެލް އެގްޒާމުން އެސްކޫލުން އެންމެ މަތިން ނަތީޖާ ލިބުނު ހަތަރު ކުދިންނަށް ސަރުކާރުން ދިން ފުރުސަތެކެވެ. އަރޫނާއާއި ޝީންއަކީ އޭގެތެރެއިން ދެކުދިންނެވެ. ދެންތިބީ ޢަލްޔާއާއި ޖީޒާންއެވެ.
“މިހާ ބޮޑު ފުރުސަތެއް ލިބުނީމަވެސް ކިޔަވަނީ ‘ލޯ’ތަ؟”ހަމަޖެހިލަމުން އަރޫނާ ޝީންގާތު އެއްސެވެ.
“އެނގެއެންނު ހިޔާލު ބަދަލެއްނުވާނެކަން. މަންމަމެންގެ ހުވަފެންވިއްޔަ. އަރޫ ކޯޗެއް ނެގީ؟”ޝީން އަހާލިއެވެ. ޝީންއަކީ ދިގުކޮށް ދޮންކޮށް ހުންނަ ކުއްޖެކެވެ. ރީތިވަރަކަށް ފަލަވެފައި ރީތި ސިފަތަކެއް ލިބިގެންވާ ކުއްޖެކެވެ.
“އެކައުންޓިން. އެރޮނގުން ދާން މި ވިސްނީ.”އަރޫނާ ޖަވާބު ދިނެވެ.
“އެހެންދޯ. ޖީވެސް ކިޔަވަން ނެގީ އެކައުންޓިން. އެކަމަކު އާއިލާ މައްސަލައެއް ޖެހިގެން މިހާރު އޭނަ ނާދޭ. ޖީ އަސްލު ވަރަށް ދެރަވެފައި ހުރީވެސް.”ޝީން ފެށި ވާހަކައަކުން އަރޫނާގެ ހިތަށް އުނދަގޫވިއެވެ. ޖީޒާންއަކީ އަރޫނާގެ އުމުރުން އެންމެ ދިހައަހަރުއްސުރެ އޭނާގެ ހިތްދެވިފައިވާ ކުއްޖާއެވެ. އެހާ ޅައުމުރުގައި ލޯބިވެވޭނެކަމަށް އޭނާއަށް ގަބޫލުކުރަންދަތިވި ނަމަވެސް އެއީ ހަގީގަތެވެ. ޖީޒާންއަށް އެކަން އެނގުމުން ފާޅުކުރީ ނުރުހުމެވެ. އަރޫނާއަކީ އޭނާއަށް މުހިންމު މީހެއް ނޫން ކަމުގައި ބުންޏެވެ. ނަމަވެސް އަރޫނާއަށް އެނގޭ އެއްޗަކީ އެހިތް ދެވަނަ މީހަކަށް ހަދިޔާ ނުކުރެވޭނެ ކަމެވެ.
“މަށަށް ކީތް އޭނާ އަޔަސް ނޫނީ ނަޔަސް؟”އަރޫނާ ލާނެތްގޮތަކަށް ހީނލިއެވެ. ޖީޒާން ނައިއްޔާ މާ ރަނގަޅޭ ބުނާފަދަ ގޮތަކަށެވެ.
“އަހަރެން ހިޔެއް ނުކުރަން ތިހާ ފަސޭހައިން މޫވްއޮން ކޮށްފާނެކަމަކަށް؟”އަރޫނާގެ ރާގުހުރިގޮތުން ޝީން ހައިރާންވިއެވެ.
“އިޓްސް ނޮޓް މޫވްއޮން ޝީ. އައި ކާންޓް މޫވްއޮން. އައިމް ޓްރައިން ޓު އިގްނޯރ އެންޑް ފޮގެޓް.”ހިތާމަވެރި ގޮތަކަށް އަރޫނާ ހިނިތުންވެލިއެވެ. ޝީންއަށް އޯހް އޭ ބުނެލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.


Me first dhw. Masha allah varah reethi mih part. Whn next part.?
Thanks. Thursday ga next part?
Hyvany v rythi vaane hen mi story
Yah I’ll try to make it like that☺
Masha Allah varaha reethi aruu??hama best .and waiting for next par?
Thanku. ??
wow! nice stry……bt kuruvma, dhn anna faharakun dhigukhlahcheyyy!! Gud luck for your stry.
Thanks☺
This is really good. And i love the descriptions. You go girl ❤️
Thank ya❤
Looks intresting?
Thanks. Insha allah I’ll try to make it interesting to all☺
MASHALLAH LOVE. VARAH REETHI INGEY.WAITING FOR THE NEXT PART. ?
Thanks?
wah wah wah wah;)
Hoon thanks??
Stry v v nyc maasha allah ? kyp it up the good work dear?
Thanks☺
Interesting.keep it up!!
Thanks?❤