Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (1)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 1, 2018 8 Mins Read
66 Comments

މެންދުރުއްސުރެ އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. އިރެއް އިރަކަށް ޖެހެމުންދިޔަ ވައިރޯޅިވެސް ދިޔައީ ބާރުވަމުންނެވެ. ހީވަނީ ގަސްތައްވެސް މުލުން ލުހެލައިފާނެހެންނެވެ. މުޅި ދުނިޔެ ކަޅު ސާލެއް އޮޅައިލައިގެން އޮތް ފަދައެވެ. ބަލައިލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އަނދިރިކަމެވެ.

ވެހެމުންދިޔަ ބޯވާރޭގަނޑުގެ ތެރޭގައި ހުއްޓުންއަރައިފައި ސަހަރާގެ ތެރޭގައި އެކަނި އަރްޒަން ހުރީ އެތަނުންދާން ބޭނުންނުވެފައެވެ. ދާނީވެސް ކިހިނަކުންހެއްޔެވެ؟ ދާދި ދެންމެއަކު ކަށުކަމާކެމީގެ ކަންތައް ނިންމައިލުމަށްފަހު ބިމުގެ ތެރެއަށްލައި ފަސްއެލެވުނީ އޭނާގެ އަލަތު ލޯތްބެވެ. އުފަލާއި ހިތްހަމަޖެހުމެވެ. އެކުގައި އަބަދަށް އުޅުމަށް ވައުދުވި އޭނާގެ ހަޔާތުގެ ބައިވެރިޔާއެވެ. މުޅި ދުނިޔެއަށް އަރްޒަން އެކަނިކޮށްލުމަށްފަހުއެވެ. އެންމެފަހަރަކުވެސް އެލޯތްބާނުލައި އޭނާ އުޅޭނީ ކޮންފަދަ ހިތްދަތި ހާލެއްގައިކަން ޔޫލީއަށް ނުވިސްނުނީހެއްޔެވެ؟ އަރްޒަން ޔޫލީއަށް އެންމެ ބޭނުންވިދުވަހު އޭނާ މުޅި އުމުރަށް ލޯމަރައިލީ މިއަނިޔާވެރި ދުނިޔެއާ ކުރިމަތިލުމަށް އަރްޒަން އެކަނި ދޫކޮށްލުމަށްފަހުއެވެ.

އަރްޒަން ލޮލުން ފައިބަމުންދިޔަ ކަރުނަތައް ވާރޭގެ ތިކިިތަކާއެކުވެ އޭނާގެ ކޯތާފަތުގައި ބޮސްދެމުންދިޔައީ އޭނާގެ ހިތުގައިވި ރިހުން އިތުރަށް ގަދަކުރުވަމުންނެވެ. އެކަރުނަތައް ހުއްޓުވަން މިއަދު އޭނާ ބޭނުންނުވާފަދައެވެ. ފިރިހެނެއްކަމަކު އަރްޒަންގެ ހިތްވަރުވެސް މިއަދުވަނީ އެލިފައެވެ. މުޅި ދުނިޔެވެސް އޭނާގެ މިހިތާމަައިގައި ބައިވެރިވާ ކަހަލައެވެ.

ގިސްލެވެމުންދިޔަ ހާލު ކުރިމަތީގައިހުރި މަހާނަ ގަލާއި ދިމާއަށް އަރްޒަންއަށް އަނެއްކާވެސް ބަލައިލެވުނެވެ. ޔޫލީ ހަމަ ހަގީގަތުގައިވެސް އޭނާ ދޫކޮށްލައިފައި ދިޔައީހެއްޔެވެ؟ އަދިވެސް އޭނާއަށް ގަބޫލުކުރަން ހާދަ ދައްޗެވެ. ހިނިތުންވެފައިވާ އެމައުސޫމު ލޯބި މޫނު އަރްޒަންގެ ދެލޯކުރިމަތީގައި ސިފަވަމުންދިޔައީ ކުރިމަތީގައި ޔޫލީ ހުރިނަމަވެސް ފެންނާނެހައި ސާފުކޮށެވެ. ބޭއިޚްތިޔާރުގައި އަރްޒަންއަށްވެސް ކަރުނައިގެ ތެރެއިން ހިނިތުންވެލެވުނެވެ. އޭނާގެ ލޯބި އެކަނި ދޫކޮށްލުމަށްފަހު އެނބުރިދާން އޭނާގެެ ހިތް ދެކޮޅު ހަދަމުންދިޔައީ ކެތްނުވާވަރަށެވެ.

“އަރްޒަން. ދަރިފުޅާ ދެން ހިނގާ ދާން. މިވާރޭގަނޑުތެރޭ މާގިނައިރު ހުންނަންވެއްޖެނަމަ ބަލިވެދާނެ.” ކަންބޮޑުވުން އެކުލެވިފައިވާ ރާގަކަށް އަރްޒަންގެ ބައްޕަ ޝިހާމު ބުނެލިއެވެ. ފުންނޭވާއެއްލަމުން ކަރުނަވީ ދެލޮލުން އަރްޒަން ބައްޕައާ ދިމާއަށް ބަލައިލުމަށްފަހު އަނެއްކާވެސް ކުރިމަތީގައިހުރި މަހާނަގަލާއި ދިމާއަށް ބަލައިލިއެވެ.

“ދަރިފުޅާ. ހިތްވަރުކުރަންވާނެ. މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް.” އަރްޒަންގެ ފަރާތުން ޖަވާބެއް ނުލިބުމުން އޭނާގެ ކޮނޑުގައި އަތްބާވައިލަމުން އޯގާތެރިއަޑަކުން އަނެއްކާވެސް ޝިހާމު ބުނެލިއެވެ. ހަރަކާތްހުއްްޓިފައިވާ މީހަކުފަދައިން ދެންވެސް ވަކި ޖަވާބެއްނުދީ އެހުރިގޮތަށް އަރްޒަން ހުރީއެވެ.

“އަރްޒަން. މިއަދު މިދުނިޔެއަށް އުފަންވި އަރްޒަންގެ ތުއްތު ތުއްތު ދަރިފުޅުމަތިން ހަނދާންކޮށްބަލަ. އެތުއްތު ފުރާނަ އުފަންވުމާއެކު މަންމަ އެދިޔައީ ދުނިޔެދޫކޮށް. އެކުއްޖާހުރި ހަމައެކަނި މީހަކީ އަރްޒަންއެއްނު. އަރްޒަން ބޭނުންވަނީ ތިލޯބިންވެސް އެތުއްތު މައުސޫމު ފުރާނަ މަހުރޫމްވާންތަ؟ ހެޔޮނުވާނެ އެދަރިފުޅަށްޓަކައި ހިތްވަރުކޮށްފައި މިދުނިޔެއާ ކުރިމަތިލައިބަލަ ދަރިފުޅާ. ހިނގާ ދާން. ބައްޕަ އާދޭސްކޮށްފަ މިބުނީ. ޔޫލީވެސް ބޭނުމެއްނުވާނެދޯ އަރްޒަން ތިގޮތަށް ހިތާމަކުރާކަށް.” މަޑުމައިތިރިކަމާއެކުގައި ޝިހާމު މަސައްކަތްކުރަމުންދިޔައީ އަރްޒަންއަށް ވިސްނައިދެވޭތޯއެވެ.

ބައްޕަގެ ވާހަކަތައް ނިމުމާއެކު އަރްޒަންއަށް ދެލޯމަރައިލެވުނެވެ. އެވަގުތު އެންމެ ފުރަތަމަ ފަހަރަށް އޭނާއާއިި ޔޫލީގެ ލޯބީގެ ނިޝާނެއްކަމަށްވާ އެމީހުންގެ ދަރިފުޅު އުރައިލެވުނު ވަގުތު އޭނާގެ ހިތަށް ވެރިވެގެންދިޔަ އިހުސާސުތައްމަތިން ހަނދާންވިއެވެ. އެލޯބި ދޮން މޫނު ދެކިލާހިތުން އަރްޒަންގެ ހިތް ތެޅިގަތެވެ. އެއީ މިދުނިޔޭގައިހުރި އޭނާއާއި ޔޫލީގެ ތެދުވެރި ލޯބީގެ ހަމައެކަނި ނިޝާނެވެ. ޔޫލީއަށްޓަކައިވެސް އެދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތުކުރަން އެވަގުތު އޭނާގެ ހިތް ބޭނުންވިއެވެ. ކޮންމެފަދަ ހިތާމައަކާ ކުރިމަތިލާން ޖެހުނުނަމަވެސް އެދަރިފުޅު ކޮންމެ ހާލެއްގައިވެސް ރައްކާތެރިކޮށް ބެލެހެއްޓުމަށް އަރްޒަން އޭނާގެ އަމިއްލަ ނަފުސަށް ވައުދުވިއެވެ.

ދެލޯހުޅުވައިލަމުން ހިތްދަތިގޮތަކަށް ޔޫލީގެ މަހާނަ ގަލާއި ދިމާއަށް ބަލައިލުމަށްފަހު އަރްޒަން ބައްޕައާއި ދިމާއަށް އެނބުރިލަމުން ގަދަކަމުން ހިނިތުންވެލަމުން ހިނގައިގަތެވެ. ފަހަތުން ޝިހާމުވެސް ފަހުފަހަރަށް އެމަހާނަގަލާއި ދިމާއަށް ބަލައިލަމުން ހިނގައިގަތެވެ.

ސަހަރާކުރިމަތީގައިއޮތް އަރްޒަންގެ ކާރު ކައިރީގައި ޑްރައިވަރ މަޑުކޮށްލައިގެންހުރީ އަރްޒަންގެ އިންތިޒާރުގައި ކަހަލައެވެ. އަރްޒަން ފެނުމާއެކުގައި އަވަސްހަރަކާތަކާއެކު އަރްޒަންގެ ގާތަށް ޖެހިލަމުން އޭނާ އަތުގައިއޮތް ކުޑައިގެ އެހީގައި އަރްޒަން ވާރޭގެ ހަމަލާތަކުން ސަލާމަތްކުރެވޭތޯ ތެޅިގަތެވެ. އެކަމަށް މާބޮޑު ސަމާލުކަމެއްނުދީ ފަހަތުދޮރު ހުޅުވައިލަމުން އަރްޒަން ކާރަށް އަރައި އިށީނެވެ. އެވަގުތު ކާރުގެ އަނެއް ދޮރުފަތް ހުޅުވައިލަމުން ޝިހާމުވެސް ކާރަށް އަރައި ހަމަޖެހިލިއެވެ. ޑްރައިވަރ ކާރު ދުއްވައިލީ އޭޑީކޭ ހޮސްޕިޓަލާއި ދިމާއަށެވެ.

ހޮސްޕިޓަލުގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ހިތްއަވަސްވެފައިއިން އަރްޒަން ކާރުން ފައިބައިގެން އަވސްހިނގުމެއްގައިގޮސް ހޮސްޕިޓަލަށް ވަނެވެ. ބޭބީީ ނާސަރީގެ ދޮރުމައްޗަށް ހުއްޓެމުން އޭނާއަށް ތެމިފައިވާ އިސްތަށިގަނޑުގައި އަތްހިންގައިލެވުނީ ޔޫލީގެ އެންމެ ފަހުވަގުތުކޮޅުގެ ހަނދާންތައް އާވާން ފެށުމުންނެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން އަރްޒަން މަޑުމައިތިރިކަމާއެކު އެތަނަށްވަނެވެ. އަދި އޭނާގެ ތުއްތު ދަރިފުޅު ބާވާފައިއޮތް އެނދާއި ދިމާއަށް ލަސްފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އަރްޒަން ފެނުމުން އެތަނުގައި ހަރަކާތްތެރިވަމުންދިޔަ ނަރުސްކުއްޖާ ހިނިތުންވެލިއެވެ. އެހެނަސް އޭނާއަށް އޭނާގެ ވަށައިގެންވާ އެއްވެސްކަމެއްގެ ހިލަމެއްނުވާފަދައެވެ. ކުރިމަތީގައިހުރި ކުޑަ އެނދު ފިޔަވައި އިތުރު އެއްޗެއް އޭނާއަށް ނުފެންނަކަހަލައެވެ.

އެއެނދު ކައިރިއަށް ހުއްޓެމުން ފެންކަޅިވެފައިވާ ދެލޮލުން އަރްޒަން ފުންނިންޖަކުން ނިދިފައިއޮތް އޭނާގެ ލޯބިވާ ދަރިފުޅުގެ ތުއްތު މޫނަށް ބަލައިލިއެވެ. އެމޫނުމަތީގައި އެވަނީ ހަމަ ޔުލީގެ މޫނުމަތީގައިވާ މައުސޫމުކަމެވެ. މަޑުފިޔާތޮށިކުލަ އަރައިފައިވާ ތުންކޮޅު ކުޑަކޮށް އޫކޮށްލައިގެންއޮތްގޮތުން އެމޫނުމަތީގެ މައުސޫމުކަން އިތުކޮށްދީފައިވާކަމަށް ދައްކައެެވެ. ބޭއިޚުތިޔާރުގައި އަރްޒަންއަަށް ހިނިތުންވެލެވުނެވެ. އެގޮތަށް އެތައްއިރަކު އެލޯބި ފުށްކޮޅެއްފަދަ ދަރިފުޅަށް ބަލަހައްޓައިގެން އަރްޒަންއަށް ހުރެވުނެވެ. އެތަނުން ދާހިތްނުވެފައެވެ. އެންމެ ހިނދުކޮޅަކުވެސް އެދަރިފުޅު އެކަނިކޮށްލަން އޭނާގެ ހިތް ދެކޮޅުހަދަމުންދިޔައެވެ. ހީވާކަހަލައެވެ. ޔޫލީ ވަކިވެގެން ދިޔަގޮތަށް އެދަރިފުޅުވެސް ވަކިވެގެން ގޮސްފާނެތީ އެހިތްބިރުގަންނަނީއެވެ.

އޭނާގެ ކޮނޑުގައި މީހަކު އަތްބާވައިލުމާއެކު ކުޑަކޮށް ސިހިފައި އަރްޒަން ބަލައިލިއެވެ. ގާތުގައި ހިތާމަވެރި މޫނަކާއިއެކުގައި ހުއްޓިހުރި ޝިހާމުފެނުމާއެކު ފުންނޭވާއެއްލަމުން އަރްޒަން އިސްޖަހައިލީ އެދެލޮލުގައި ބޮޑިވަމުންދިޔަ ކަރުނަތައް އެހެންމީހަކަށް ފެންނަން ނޭދޭތީއެވެ.

ޝިހާމުގެ އިޝާރާތާއިއެކު އަރްޒަން އެތަނުން ނުކުންނަން ހިނގައިގަތެވެ. ތަންކޮޅެއް ދުރުގައި ހުރި ގޮނޑިބަރިއެއްގައި އަރްޒަން ބައިނދަމުން ގާތުގައި ޝިހާމްވެސް އިނށީނެވެ.

“ދަރިފުޅާ. ދާންވީނު ފެންވަރައި ތާޒާވެލައިގެން އަންނަން. މުޅި މީހާ ތިހުރީ ތެމިފޯވެފަ. ދަރިފުޅު އަންނަންދެން ބައްޕަ މިތަނުގައި މަޑުކުރާނަމޭ.” ޔަގީންކަންދޭފަދަ ގޮތަކަށް ޝިހާމު ބުނެލިއެވެ. އިސްޖަހައިލައިގެންއިން އަރްޒަން އިސްއުފުލައިލަމުން ޝިހާމުގެ މޫނަށް ބަލައިލީ އެތަނުންދާން ބޭނުންނުވެއޭ ބުނާފަދަ ގޮތަކަށެވެ. ނަމަވެސް ޝިހާމު ހުއްޓައިނުލާ އެހެން ކިޔަން ފެށުމުން އަރްޒަންއަށް މަޖުބޫރުވީ ގެއަށް ދާށެވެ. މޫނުގައި އަތް ކާތައިލަމުން އިންތަނުން ތެދުވެ ޖީބުގައިއޮތް ފޯނުނަގަމުން ޑްރައިވަރަށް ގުޅައިލުމަށްފަހު ހޮސްޕިޓަލުން ނުކުންނަން ހިނގައިގަތެވެ.

ކާރުތެރޭގައިއިން އިރުވެސް އަރްޒަންގެ ހަނދާނުގައިވީ ޔޫލީއެވެ. އަލުން އެނބުރި އޭނާގާތަށް ޔޫލީ އަންނާނެނަމައޭ ހިތަށްއެރީ ކިތަށްފަހަރު ކަމެއްވެސް ނޭނގެއެވެ. އޭނާގެ ހަޔާތަށްއައި އުފާވެރިކަމާއެކު ހިތާމައިގެ ހިޔަނިވެސް އެހަޔާތަށް އެޅިދާނެކަން އޭނާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟

ގޭގެ ކަޅުދަނގަޑު ގޭޓު ކައިރިއަށް ކާރު މަޑުކޮށްލުމާއެކު ދޮރުވާނު އަވަސްއަވަހަށް ގޭޓު ހުޅުވައިލިއެވެ. އެއާއެކު މަޑުދުވެއްޔެއްގައި ފެހި ވިނައިގެ ކާޕެޓްގެ މެދުން ހަތަރެސްކަން ގައު އަތުރައިގެން ހަދައިފައިވާ މަގުން ޑްްރައިވަރ ކާރު ދުއްވައިލިއެވެ. ހުދުކުލައިގެ ބޮޑު ގަނޑުވަރެއްފަދަ އެގެއަށް އަރްޒަން ބަލައިލީ ހިތްދަތިގޮތަކަށެވެ. ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން ދޮރުހުޅުވައިފައި އަރްޒަން ކާރުން ފޭބިއެވެ. ބެލް އަޅައިލުމާއެކު ހުދު ޔުނީފޯރމްގައި ހުރި ޚާދިމަކު ދޮރުހުޅުވައިލިއެވެ. އެއާއެކު އިސްޖަހައިގެންހުރި އަރްޒަން ބާރުހިނގުމެއްގައި ގޭތެރެއަށް ވަނެވެ. ދުވެފައިކަހަލަ ގޮތަކަށް ފުޅާސިޑިން އަރައި އޭނާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.

“އަރްޒަން.” ފަހަތުން އޭނާގެ ނަމުން ގޮވައިލުމާއެކު ހިނގުން މަޑުކޮށްލަމުން އަރްޒަން ހުރިތަނުގައި ހުއްޓުނެއްކަމަކު ފަހަތަށް އެނބުރި ބަލައިލާކަށް އޭނާ ގަސްދެއްނުކުރިއެވެ.

އަރްޒަންގެ ފަހަތުގައި ހުއްޓިހުރި ހިމަތޮޅި ދޮން އަންހެންކުއްޖާ ހިނިތުންވެލަމުން އައިސް އޭނާގެ ކުރިމަތީގައި ހުއްޓިލިއެވެ. ލައިފައިވާ ކުރު ޓޮޕްކޮޅާއި ފަޔަށްބާރު ޖިންސްގެ ސަބަބުން އެއީ ފެޝަނަށް ލޯބިކުރާ ކުއްޖެއްކަން އަންގައިދެއެވެ.

“ހެއި ޔޫ އޯކޭ؟” އަރްޒަންގެ ކޮނޑުގައި އަތްބާވައިލަމުން އޯގާތެރިއަޑަކުން ނިޝްޔާ އަހައިލިއެވެ. ބަދަލުގައި އަރްޒަން ދެފަރާތަށް ބޯހޫރުވައިލިއެވެ. އޭނާ ރަނގަޅުވާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ލޯބިވާ އަނބިމީހާ ނިޔާވިތާ އަދި 24 ގަޑިއިރުވެސް ނުވެއެވެ.

“އަހަރެންވެސް ވަރަށް ދެރަވި އެޚަބަރު ލިބުނީމަ. އެކަމަކު އެވަގުތު އޮފީހުގައި އުޅެންޖެހުނުލެއް ބުރަކަމުން ނުދެވުނީ. ހޮސްޕިޓަލަށްދާން ތައްޔާރުވެލައިގެން ނުކުތްތަނާ އަރްޒަން ތިއައީ. ދެންމެ މަންމަވެސް ގޮސްފި ހޮސްޕިޓަލަށޭ ކިޔާފަ.” މިލައިފައިވާ އަރްޒަންގެ ހިތްގައިމު މޫނަށް ބަލަމުން ނިޝްޔާ ބުނެލިއެވެ. ނިޝްޔާއަކީ އަރްޒަންއާ ދެބެއިންގެ ދެދަރި ކުއްޖެކެވެ. އަރްޒަންގެ ބައްޕަގެ އެއްބަނޑު އެއްބަފައި މީހަކަށް ހުރީ ހަމައެކަނި ނިޝްޔާގެ މަންމަ ހާޝިމާއެވެ. ހާޝިމާދެކެ ޝިހާމު އަބަދުވެސް ވަރަށް ލޯބިވެއެވެ. އޭނާގެ އެދުމަށް ކައިވެންޏަށް ފަހުވެސް ހާޝިމާގެ އާއިލާ އުޅުނީ އެގޭގައެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ހާޝިމާގެ ފިރިމީހާވަނީ މީގެ ދެއަހަރު ކުރިން ދުނިޔެއަށް އަލްވަދާއުކިޔާފައެވެ.

“އިޓްސް އޯކޭ.” އަރްޒަންގެ އަޑުގައިވި މާޔޫސްކަމުން ނިޝްޔާއަށް ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެއްޗެއް ބުނަން އަނގަހުޅުވައިލި ނިޝްޔާ ހުއްޓުނީ އަރްޒަން ވާހަކަދައްކަން ފެށުމުންނެވެ.

“ނިޝޫ. އަހަރެން.. މިގަޑީ ވަރަށް ވަރުބަލި.. އެކަނިވެލަން ބޭނުމީ. ސޮރީ. ނިޝޫ ދޭ ހޮސްޕިޓަލަށް. ބައްޕަ އެބައިން އެތަނުގައި.” ބުނަން ބޭނުންވި ވާހަކަތައް ބުނެލެމަށްފަހު ނިޝްޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އަރްޒަން އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައިލިއެވެ. އެދިމާއަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ނިޝްޔާ ސިޑިއާއި ދިމާއަށް ލަސްފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.

“އޭތް ކާރު ނެރޭ.” ދޮރުމައްޗަށް ހުއްޓެމުން ވެހެމުންދިޔަ ބޯވާރެއަށް ނަޒަރު ހިންގައިލުމަށްފަހު ބޮޑާ ރާގަކަށް ނިޝްޔާ ޑްރައިވަރާއި ދިމާއަށް ހަޅޭލަވައިގަތެވެ. ބޯޖަހައިލަމުން ގަރާޖުގައިއޮތް ކާރު ނެރިގެން އައިސް ޑްރައިވަރ ގޭގެ ދޮރުމަށްޗަށް މަޑުކޮށްލިއެވެ. “ހޮސްޕިޓަލަށް.” ފަހަތަށްއަރައި ހަމަޖެހިލަމުން ހަރަންބަނދެލުމަށްފަހު ނިޝްޔާ ބުނެލިއެވެ. ބޯޖަހައިލަމުން ޑްރައިވަރ ކާރު ދުއްވައިލިއެވެ.

“ބޭބެ. ކަންބޮޑުނުވޭ. ހުރިހައިކަމެއްވެސް ރަނގަޅުވާނެ. މިވަގުތު އަރްޒަންއަށް ބޭނުންވާނީ އަހަރުމެންގެ އެހީތެރިކަމާ ހިތްވަރު. ބޭބެ ޖެހޭނެ އެހިތްވަރު އަރްޒަން އަށްދޭން.” ގޮނޑީގައި އިސްޖެހިފައިއިން ޝިހާމުގެ ކޮނޑުގައި ފިރުމަމުން ހާޝިމާ ވިސްނައިދެމުން ދިޔައެެވެ. އެވަގުތު އެދިމާއަށް ހިނގައިފައި އައި ނިޝްޔާ ފެނުމުން ހާޝިމާގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ.

“ކޮބާ އަރްޒަން؟” ނިޝްޔާ އައިސް ހުއްޓިލުމާއެކު ޝިހާމު އަހައިލިއެވެ. “ކޮޓަރިއަށް ވަނީ. ބުނި ތިމަންނަ މިހުރީ ވަރަށް ވަރުބަލިވެފައޭ. އެކަނިވެލާށޭ ބޭނުމީ.” ހާޝީމާއާއި ޖެހިގެން ހުރި ގޮނޑީގައި އިނށީދެލަމުން ނިޝްޔާ ޝިހާމުގެ ސުވާލަށް ޖަވާނުދިނެވެ. ވަކިއެއްޗެކޭ ނުބުނެ ޝިހާމުވެސް ބޯޖަހައިލީއެވެ.

“އަހަރެން ހިތަށްއަރާ މަންމައަކާ ނުލައި އެދަރިފުޅު..” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އެހެން ބުނެލަމުން ޝިހާމު ހުއްޓައިލިއެވެ. ޝިހާމު ބުނަން އެއުޅު އެއްޗެއް ހާޝިމާއަށް ވިސްނުނުނެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ހާޝިމާ އަނެއްކާވެސް ޝިހާމުގެ ކޮނޑުގައި ފިރުމަންފެށިއެވެ.

“ބޭބެ އެކަމާ ކަންބޮޑު ނުވެބަލަ. އަރްޒަން އެކަންޏެއް ނުވާނޭ. އަހަރުމެންވެސް މިތިބީނު. މަންމައަކު ނެތްކަން އެދަރިފުޅަށް އިހުސާސުވިޔަކަ ނުދޭނަން. ނިޝްޔާވެސް އެހުރީނު. އޭނާގެ އެއްބާރުލުންވެސް މިކަމުގައި ލިބޭނޭ.” ހާޝިމާގެ ވާހަކައަށް ނިޝްޔާ ނިކަން އަވަހަށް ބޯޖަހައިލަމުން އެއީ ތެދެކޭ ބުނެލިއެވެ. ފަނޑު ނަމަވެސް ހިިނިތުންވުމެއް ޝިހާމުގެ ތުންފަތްމައްޗަށް އެދެމައިންގެ ވާހަކައިން ވެރިވެގެން ދިޔައެވެ.

“އަހަރެންގެ ދަރިފުޅުވެސް ބޮޑުވީ މައެއްގެ ލޯބި ނުލިބި. އެދަރިފުޅު ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަން އަހަރެން ހާދަ ވޭނަކާއި ބުރައެއް އުފުލީމޭ. އިނގޭ އެކަމުގައިވެސް ކޮއްކޮގެ އެހީ ލިބުނުގޮތަށް މިއަދުވެސް ލިބޭނެކަން. އެޔަގީންކަން އަހަރެންނަށް އޮވޭ.” ނޭފަތް އެތެރެއަށް ދަމައިލަމުން ޝިހާމު މަޑުމައިތިރި އަޑަކުން ބުނެލިއިރު އެއަޑުގައި އެތައްހާސް އިހުސާސެއް އެއްފަހަރާ އެކުލެވިގެން ދިޔައެވެ. ތެދެކެވެ. އަރްޒަންގެ މަންމަ ލައިލާ ވަނީ އޭނާ ވަރަށް ތުއްތުއިރު ކެންސަރު ބަލީގައި ނިޔާވެފައެވެ. އެއީ ޝިހާމަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިހާނެކެވެ. އެތަކެއް ވޭނާއި ހިތާމަތަކެއް އުފަލަން ޖެހުނު ދުވަސްވަރެެވެ. އެހެނަސް ހާޝިމާގެ އެހީއާއިއެކު އޭނާވަނީ އެދުވަސްތައްވެސް ކެތްތެރިކަމާއެކު ވޭތުކޮށްފައެވެ. މިއަދުވެސް އޭނާގެ ކޮއްކޮގެ ފަރާތުން އެ އެހީތެރިކަމާއި ހިތްވަރު ލިބޭނެކަމާއިމެދުގައި އޭނާ ޝައްކެތް ނުކުރެއެވެ.

އަނދިރިކަން ވެރިވެފައިވާ ކޮޓަރީގެ ތެރޭގައި ހަރުލައިފައިހުރި އަރްޒަންގެ ގިސްލުމުގެ އަޑު ދިޔައީ އިރެއްއިރަކަށް ބާރުވަމުންނެވެ. އެނދުކައިރީގައި އިނށީދެ ކަކުލުގައި ވަށައިލެވިފައިވާ ދެއަތް ދޭތެރޭގައި މޫނު ފޮރުވައިލަމުން ގިސްލަގިސްލާފައި އަރްޒަން ރޮމުންދިޔައިރު އޭނާގެ ފައިކައިރީގައި ހުޅުވައިލެވިފައިވާ ފޮޓޯ އަލްބަމްއެއް އޮތެވެ.

“ޝީ އިޒް ނޯ މޯ.” ޑޮކްޓަރުގެ ދުލުން ނުކުތް އެޖުމުލަ އަރްޒަންގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ. އެވަގުތުކޮޅަކީ އޭނާގެ ދުނިޔެ އެފުށް މިފުށަށް ޖެހުނު ވަގުތުކޮޅެވެ. ގަބޫލުކުރަން ދަތިވިނަމަވެސް ޔޫލީ ދެންއެނބުރި އޭނާގެ ގާތަށް ނާނެކަން އަރްޒަންއަށް އެނގެއެވެ.

އޭސީގެ ފިނިކަމާއެކު ތެމިފައިހުރުމުގެ ސަބަބުން އަރްޒަން ތުރުތުރުއަޅަމުން ދިޔައިރުވެސް އިންތަނުން ގުޑިލަންވެސް އޭނާގެ ހިތް ނޭދޭފަދައެވެ. ގާތުގައިއޮތް ފޮޓޯ އަލްބަމަށް ނަޒަރު ހުއްޓައިލަމުން އަރްޒަން އޭގައި ފެންނަންއިން ޔޫލީގެ ތަސްވީރުގައި ލޯތްބާއެކު ފިރުމައިލިއެވެ. އެވަގުތު ރިންގްވި ފޯންގެ އަޑާއެކު އަރްޒަން އެނދުމައްޗަށް ބަލައިލީ ފޯނު އެތަނުގައި ބޭވިފައި އޮތުމުންނެވެ.

“ދަރިފުޅާ. ދެންމެ ޑޮކްޓަރާ ބައްދަލުކޮށްފަ ބައްޕަ މިއައީ. އެހެންވެ މިގުޅައިލީ ދަރިފުޅު އަންނައިރެއް ބަލައިލަން.” ޝިހާމު އޯގާތެރިކަމާއެކުގައި ވާހަކަ ދެއްކިއެވެ. “ކީކޭތޯ ޑޮކްޓަރ ބުނުއްވީ؟” ކުރެހިފައިވާ އަޑަކުން އަރްޒަން އަހައިލުމާއެކު އޭނާ އަދިވެސް ރޮނީކަން ޝިހާމަށް އެނގުނެވެ. އެކަމާ ގުޅޭގޮތުން ވަކި އެއްޗެކޭ ބުނުމެއްނެތި ޝިހާމު ވާހަކަދައްކަންފެށިއެވެ.

“ދަރިފުޅުގެ އިތުރު މައްސަލައެއް ނެތުމާއެކު މިއަދު އިރުއޮއްސުނީމަ ގެއަށް ގެންދިޔަސް އެންމެ ރަނގަޅޭ ބުނީ.” އެއަޑުގައި ކޮންމެވެސް ވަރެއްގެ ހިތްހަމަޖުހެމެއް އެކުލެވިފައި ވިއެވެ. ޝިހާމުދިން ޚަބަރާއެކު އަރްޒަންއަށްވެސް ކަރުނައިގެ ތެރެއިން ހިނިތުންވެލެވުނެވެ. “އަޅުގަނޑު މިދަނީ އިރުކޮޅަކުން. ވަރަށް އަވަސްކޮށްލާނަން.” ކުޑައިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އަރްޒަން ބުނެލިއެވެ. އެންމެ ރަނގަޅޭ ބުނަމުން ޝިހާމުވެސް އެވަގުތަށް ފޯނުބޭވިއެވެ.

“ޔޫލީ. އަހަރެން މިދަނީ އަހަރުމެންގެ ދަރިފުޅު ބަލާ. ހިތަށްއަރާ އެދަރިފުޅާ އެކު އެނބުރި ގެއަށް އަންނަން ޔޫލީވެސް ހުރި ނަމައޭ. އެކަމަކު.. އާހް. މިހިތަށް ހާދަ ތަދުވެޔޭ ޔޫލީ. އަހަރެން ކިހިނެއް އެކަނި އެހައިބޮޑު ޒިންމާއެއް ނަގާނީ؟ އަހަރެންނަށް ޔޫލީގެ އެހީވެސް ބޭނުންވާނެކަން ޔޫލީއަށް ނޭނގުނީތަ؟ ކީއްވެ އަހަރެން ދޫކޮށްލާފަ ތިދިޔައީ؟ ކީއްވެ؟” ވޭން އެކުލެވިފައިވި އަޑަކުން އަރްޒަން ތަސްވީރުގައިހުރި ޔޫލީއަށް ބަލަމުން ޝަކުވާކުރަމުން ދިޔައެވެ. ޖަވާބެއް ނުލިބޭނެކަން އިނގޭއިރުވެސް މެއެވެ.

އިރުކޮޅަކު އެގޮތުގައި އިނުމަށްފަހު އަރްޒަން އިންތަނުން ތެދުވަމުން ތުވާލި ހިފައިގެން ފާޚާނާއަށްވަނީ ފެންވަރައި ތާޒާވެލުމުގެ ގޮތުންނެވެ.

އިރުއޭގެ ވާޖިބުއަދާކުރުމަށްފަހު އޮއްސެން ދިޔައިރުވެސް އުޑުމަތި ބައްދައިލައިފައިވާ ބޯކަޅު ވިލާތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިއުމުގެ ސަބަބުން މާހައުލުގެ ފިނިކަންވަނީ އިތުރުވެފައެވެ.

ތުއްތު ދަރިފުޅު އުރައިލައިގެން ގެއަށްވަތް އަރްޒަންގެ ހިތުގައި އެތައް ޝަކުވާއަކާއި އުދާހެއްވިއެވެ. އެލޯބި މަންޒަރުދެކެން ޔޫލީ ހުރިނަމައޭ އޭނާ ހިތަށްއެރީ ކިތަށްފަހަރުކަމެއްވެސް ނޭނގެއެވެ. ދަރިފުޅު ގަޔާލައި ބޮނޑިކޮށްލައިގެންހުރެ މަޑުހިނގުމެއްގައި އަރްޒަން ސިޑިން އަރައިގެންގޮސް ކޮޓަރިއަށްވަތްތަން ބަލަންހުރި ޝިހާމު ފުންނޭވާއެއްލަމުން ދުރަށް ނަޒަރު ހިންގައިލިއެވެ. ޝިހާމާއި ދިމާއަށް ބަލަންހުރުމަށްފަހު ނިޝްޔާއާއި ދިމާއަށް ބަލައިލަމުން ހާޝިމާ ކޮށްލި އިޝާރާތާއެކު ކުޑަދަރިފުޅުގެ ވަށިގަނޑު ހިފައިގެން އޭނާވެސް އަރްޒަންގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.

ދޮރުގައި މީހަކު ޓަކިދިންއަޑަށް އެނދުގެ އެއްފަރާތުގައި ބަހައްޓައިފައިހުރި ކުޑައެނދު ކައިރީގައިހުރި އަރްޒަން އެދިމާއަށް ބަލައިލަމުން ވަންނާށޭ ބުނެލިއެވެ. ދޮރުހުޅުވައިލުމަށްފަހު އެތެރެއަށްވަތް ނިޝްޔާ ފެނުމުން އަރްޒަން އެއްވެސް އަސަރެއް ނެތްގޮތަކަށް ނިޝްޔާގެ މޫނަށް ބަލަންހުއްޓެވެ.

“ބޭބީގެ ބާސްކެޓް.” އަތުގައިއިން ވަށިގަނޑު ދައްކަައިލަމުން ނިޝްޔާ އެހެންބުނެލުމާއެކު ކޮޓަރީގެ އެއްފަރާތުގައި ބަހައްޓައިފައިހުރި ކުޑަމޭޒާއި ދިމާއަށް އަރްޒަން އިޝާރާތްކޮށްލިއެވެ. ވަކިއެއްޗެކޭ ނުބުނެ ނިޝްޔާގޮސް ވަށިގަނޑު މޭޒުމަތީގައި ބެހެއްޓުމަށްފަހު އެނބުރި އަރްޒަންއާ ދިމާއަށް ބަލައިލިއެވެ. އޭރުވެސް އަރްޒަން އެހުރިގޮތަށް ކުޑަދަރިފުޅު ބާވައިލައިފައިއޮތް އެނދާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އަރްޒަން.” މަޑުމަޑުން ނިޝްޔާ ގޮވައިލުމާއެކު އަރްޒަން އެދިމާއަށް ނަޒަރު ހުއްޓައިލީ ކިހިނެއްވީހޭ އަހައިލާފަދަ ގޮތަކަށެވެ. އަރްޒަންގެ އެބަލައިލުމުން ނިޝްޔާއަށް އިތުރު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ދެފަރާތަށް ބޯހޫރުވައިލަމުން އަވަސް އަވަހަށް ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

“ޔޫ ލުކް ޖަސްޓް ލައިކް ޔޯ މޮމް.” ނިދިފައިއޮތް ދަރިފުޅުގެ ތުއްތު މޫނުގައި އަތުގެ ނުފުށުން ފިރުމައިލަމުން ލޯތްބާއެކު އަރްޒަން ބުނެލިއެވެ. އެވަގުތު ޔޫލީގެ ބަނޑަށް 8 މަސް ފުރުނު ދުވަހު އޭނާ ބުނެފަިއިވާ ވާހަކައެއް އަރްޒަންގެ ހަނދާނަށް އައެވެ.

“އަހަރުމެންގެ ބޭބީއަށް ކިޔާނީ ކޮންނަމެއް؟” އަރްޒަންގެ މޭގައި ބޯއަޅައިލައިގެން އޮށޯވެއޮތް ޔޫލީ ލޯބި ހިނިތުންވުމަކާއެކު އިސްއުފުލައިލަމުން އަރްޒަންގެ މޫނަށް ބަލަައިލުމަށްފަހު އަހައިލިއެވެ. “ހެހެ. އަހަރެން އަދި އެވަރަށް އެކަމަކާ ނުވިސްނަން. އަހަރެން ބޭނުމީ ޔޫ ބޭނުންނަމެއް ކިޔަން.” ލޯތްބާއެކު މަޑުމީރުވަހެއް އެކުލެވިފައިވާ އެފަންއިސްތަށިގަނޑުގައި ބޮސްދެމުން އަރްޒަން ބުނެލިއެވެ. އެއާއެކު ޔޫލީ ފުންވިސްނުމަކަށް ގެއްލުނުފަދައެވެ.

“އޫމް އަހަރެން ހުންނާނެ ނަންތަކެއް ހޯދާފަ. އެކަމަކު އެތަނުންވެސް އެންމެ ކަމުދާ ދެނަމެއް އިންނާނެ ނަގާފަ.” ލުއި ހިނިތުންވުމަކާއެކު ޔޫލީ ބުނެލިއެވެ. “ޓެލް މީ ދަ ޓޫ ނޭމްސް.” ގަޔާވެލައިފައި އަރްޒަން ބުނެލިއެވެ.

“ހޫމް. އަންހެން ކުއްޖެއް ވެއްޖެއްޔާ އައިނީ. ފިރިހެންކުއްޖެއް ވެއްޖެއްޔާ އައިކް.” އެޖުމުލަތައް އަރްޒަންގެ ސިކުނޑީގައި ދައުރުވަމުންދިޔަ ކަހަލައެވެ. މިއަދު ޔޫލީ ދުނިޔޭގައި ނެތްނަމަވެސް އޭނާ ބޭނުންވީ ޔޫލީއަށް ކަމުދިޔަ ނަން އެމީހުންގެ ދަރިފުޅަށް ކިޔާށެވެ.

“މުޙައްމަދު އައިކް އަރްޒަން.” ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ފިރުމައިލަމުން އަރްޒަން ވައިއަޑުން ބުނެލިއެވެ. އެއާއެކު ޔޫލީގެ ވަކިވުމަށްފަހު ފުރަތަމަ ފަހަރަށް އެތުންފަތްމައްޗަށް ހަގީގީ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.

ކޮޓަރީގެ ބެލްކަނީގައި ހުއްޓިހުރި ނިޝްޔާގެ ނަޒަރުވަނީ ވެހެމުންދިޔަ ބޯވާރެއަށް ހުއްޓިފައެވެ. އެއްވެސް ހަރަކާތެއްނެތި އެގޮތުގައި އޭނާ ހުންނަތާ މިހާރު ކިތަންމެ އިރެއްވެދާނެއެވެ. އެވިއްސާރަރޭގެ ތޫފާނަށްވުރެ އެސިކުނޑީގައި ހިނގަމުންދިޔަ ތޫފާނުގެ ވަރުގަދަކަން މޫނުމަތިން ފައުޅުވަމުންދިޔަ ނުތަނަވަސްކަމުން އަންގައިދެއެެވެ.

“ނިޝޫ.” އެތަނަށް އައިސް ހުއްޓުނު ހާޝިމާ ހައިރާންކަމާއެކުގައި ނިޝްޔާއަށް ގޮވައިލިއެވެ. އެއަޑަށް ސިހިފައި އެނބުރި ނިޝްޔާ ބަލައިލިއިރު އޭނާގެ މޫނުމަތީގައިވި ނުތަނަވަސްކަން ހާޝިމާއަަށްވެސް ފާހަގަވިއެވެ. “ކިހިނެއްވެފަ؟” އެހިސާބަށް އައިސް ނިޝްޔާ ގާތުގައި ހުއްޓިލަމުން ކަންބޮޑުވެފައި ހާޝިމާ އަހައިލިއެވެ.

“ކަމެއްނުވޭ. ވިސްނާލަން ހުރީ.” އަނެއްކާވެސް އެނބުރި ވާރޭގެ ތިކިތަކަށް ނަޒަރު ސީދާ ކޮށްލަމުން ނިޝްޔާ މަޑުމަޑުން ބުނެލިއެވެ. “ކޮންކަމަކާ؟” އަނެއްކާވެސް ހާޝިމާ އަހައިލިއެވެ. “މަންމައަށް ތިހެން އަހާއިރުވެސް އިނގޭނެ އަހަރެން ވިސްނާނީ ކޮންކަމަކާކަން. އަރްޒަން.. މިހާދިސާގެ ސަބަބުން އަރްޒަން ވަރަށް ބަދަލުވެއްޖެ. އަހަރެންނާ.. ރަނގަޅަށް ވާހަކަވެސް ދައްކާ ނުލާ.” އެހުރިގޮތަށްހުރެ ނިޝްޔާ ބުނެލީ ޝަކުވާގެ ރާގަކަށެވެ.

“ސާބަސް ދަރިފުޅަށްވެސް. މިހައިބޮޑު ހާދިސާއެއް ދިމާވީމަ ކޮންމެ މީހަކަށްވެސްވާނީ އެހެން. ދަރިފުޅު އެކަމާ އެހައިވަރަށް ނުވިސްނާ. ދުވަސްވާހަމައަކަށް ހުރިހައިކަމެއްވެސް ރަނގަޅުވާނެ. ދަރިފުޅުވާނެ އަރްޒަންއަށް އެކިކަންކަމުގައި އެހީ ފޯރުކޮށްދޭން ހުންނަން. މަންމަ ބުނާގޮތަށް ކަންތައްކުރީމަ ހުންނާނީ ރަނގަޅަށް.” ލުއި ހިނިތުންވުމެއް ވެރިވެފައިވާ ހާޝިމާގެ މޫނުމަތީގައިހުރި އަސަރުތައް ދެނެގަންނަން ދަތިވި ނަމަވެސް ބޯޖަހައިލަމުން ނިޝްޔާވެސް ހިނިތުންވެލީ އެކަމަށް އެއްބަސްވަމޭ ބުނާކަހަލަގޮތަށެވެ.

އަރްޒަންއަށް ޚިޔާލުތަކުން ބޭރަށް އާދެވުނީ އައިކްގެ ރުއިމުގެ އަޑަށެވެ. ހާސްވެފައި އެތުއްތު ދަރިފުޅު އުރައިލަމުން އަރްޒަން ދެފަރާތަށް ހިނގަންފެށީ ހަދާނެގޮތްހުސްވެފައި ހުރި މީހަކު ފަދައިންނެވެ. އެވަގުތު އައިކްގެ ރުއިމުގެ އަޑަށް ދުވެފައިކަހަލަ ގޮތަކަށް އެކޮޓަރިއަށްވަތް ހާޝިމާ ފެނުމުން އަރްޒަންގެ ހިތަށް ހަމަޖެހުން ލިބިގެންދިޔައެވެ.

“ބޮޑުދައިތާ.. އައިކް.” އެހިސާބަށް ބުނެފައި ކަންބޮޑުވެފައިހުރި އަރްޒަން ހާޝިމާއާއި ދިމާއަށް އައިކް ދިއްކޮށްލިއެވެ. ހާޝިމާގެ ފަހަތުގައި ހުއްޓިހުރި ނިޝްޔާއަށް ބަލައިލަމުން އަވަހަށް ބުއްފުޅި ތައްޔާރުކޮށްގެން ގެންނަން ހާޝިމާ ބުނެލިއެވެ. ބޯޖަހައިލަމުން ނިޝްޔާވެސް އަވަހަށް އެކަމާއި ވެގެން އުޅެގަތެވެ.

“ދަރިފުޅަށް ކިޔާނެ ނަމެއް ހޯދީތަ؟” އައިކް ގޮވައިގެން ދެފަރާތަށް ހިނގަމުން މަސަލަސްކުރަން މަސައްކަތް ކުރަމުން ހާޝިމާ އަހައިލިއެވެ. “ހޫމް. އައިކް.” އެދިމާއަަށް ބަލަންހުރި އަރްޒަން ބުނެލިއެވެ. އެނަން އަޑުއިވުމުން ހާޝިމާ ހިނިތުންވެލިއެވެ.

ބުއްފުޅި ހިފައިގެން އައިސްވަތް ނިޝްޔާގެ އަތުން ބުއްފުޅި އަތުލަމުން ހާޝިމާ އައިކްއަަށް އެދެވޭތޯ އުޅެގަތެވެ. އެމަންޒަރު ފަރުވާތެރިކަމާއެކުބަލަން އަރްޒަން ހުރީ އެހުރިހައިކަމެއް ދަސްކުރާފަދަ ގޮތަކަށެވެ. ފަނޑު ނަމަވެސް ހިނިތުންވުމެއް އެތުންފަތްމަތީގައިވިތަންފެނި ނިޝްޔާއަަށްވެސް ހިނިތުންވެލެވުނެވެ.

** ** **

4 އަހަރު ފަސް…

** ** **

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ރާސްތާ 31

Next

ރާސްތާ 32

Next
September 1, 2018

ރާސްތާ 32

Previews
September 1, 2018

ރާސްތާ 31

66 Comments!

  1. Nau says:
    September 1, 2018 at 5:44 am

    Salaam all.. Happy to see yah guys again.. Hehe.. So here is the first part of my story.. Hope u all like the starting.. Just like before, ehvx bodu kameh nujeheyhaa hindhaku in sha allah this story will also upload daily.. ?.. Plx point out the mistakes for me.. So i can improve myself in sha allah.. Thanks alot for the support n love u guys r giving.. Really appreciate it. Have a nice day. Love yah all my dear readers.. ❤?

    1. Reader says:
      September 1, 2018 at 12:47 pm

      It’s nice…. Dhen mistakes… Shakkeh kiyaa iruga innaany alifu sukun. And I think ehaibodu eh noon kanneynge liyaa iruves innaaneee (ehaa bodu). Not sure
      Dhen.. Aiss(space) vaiy… And ebai liyaa iru innaany vaavu abafili, alifu ibifili dhen noonu sukun…
      Overall koh vaahaka and ideas habeys, Let’s hope for the best,Glad that you are back :))

    2. Nau says:
      September 1, 2018 at 1:04 pm

      Thanks alot dear.. In sha allah dhn huri bai thakuga thi kiyaadhin mistakes rangalhu kuran i will try my best.. ?❤

  2. Lotus says:
    September 1, 2018 at 5:57 am

    Hey i waited so long for this story.. mi prt v salhi. Story vx v salhi vaanekama ummeedhukuran.. keep it up dear ????

    1. Nau says:
      September 1, 2018 at 7:42 am

      Awwn thank u soo much dear?

  3. Rish says:
    September 1, 2018 at 6:29 am

    V v furihama.. keep it up dear

    1. Nau says:
      September 1, 2018 at 7:42 am

      Thanks dear?

  4. a huge fan of nau says:
    September 1, 2018 at 7:10 am

    OMG ma nau is back..n of course I have no words to describe how amazing mi part is..I juss love it ingey..keep it up and if u don’t mind can u tell me the name of the app u use to edit ur strys cover pics ❤❤❤❤???❤?❤?❤???❤?

    1. Nau says:
      September 1, 2018 at 7:44 am

      Awwwnn.. Thank u sooo much dear.. ❤.. Yah ofcourx.. Heheh.. E app ah kiyany blend me photo editor.. ?

    2. a huge fan of nau says:
      September 1, 2018 at 8:53 am

      Thank youuuuu sis..n did u type all the parts in ur account… cux actually my friend wants to write strys in here n she was inspired by u she needs some idea that’s why hehe ?❤❤❤

    3. Nau says:
      September 1, 2018 at 12:19 pm

      Awwn so happy to hear that.. ?.. No i didnt write my storys in my account.. Actually i downloaded this app “folhuvai” dhn eyga liyefa copy past kurany up kuran vyma.. ?

  5. Aakko says:
    September 1, 2018 at 7:49 am

    Varah reethi

    1. Nau says:
      September 1, 2018 at 8:30 am

      Thanks dear?

  6. Pinky shifoo says:
    September 1, 2018 at 8:33 am

    Yeyyy Nau is back ???… So happy to see ur new story ???❤️❤️❤️???… Starting v v v reethi ingey Nau n it’s interesting ❤️❤️❤️?????????… I’m a big fan of u Nau ???… Nau ge hurihaa story ehvx kiyan n it’s so nice ??????❤️❤️❤️… Nau akee shifoo ge one of my favourite writer ❤️❤️❤️??????… Best of luck for the story ???❤️❤️❤️…

    1. Nau says:
      September 1, 2018 at 12:18 pm

      Awwwnn so happy to see ur comment dear.. Thanks alot.. For the love n support.. ?❤

  7. Mal says:
    September 1, 2018 at 8:57 am

    Wow our nau is back…???i am so happy..???i waited so long for this stry…????and i also don’t have anywords to describe this…just amazing…?????whn next part????

    1. Nau says:
      September 1, 2018 at 12:19 pm

      Thanks alot my dear.. ❤.. Nxt part in sha allah tmrw?

  8. Ruuuu says:
    September 1, 2018 at 9:25 am

    Wow…this is epic…cover ves story ves hama….obi novey…????story hama varah touching..sifakurun ves hama??????ssoon….jaanu

    1. Nau says:
      September 1, 2018 at 12:20 pm

      Thank u soo soo much dear.. ❤

  9. aalaa says:
    September 1, 2018 at 11:09 am

    Finally nay he story eh yes yeah☺☺☺☺

    1. Nau says:
      September 1, 2018 at 12:20 pm

      Awwwnn.. Heheh dhw?

  10. Naji says:
    September 1, 2018 at 11:10 am

    Wow, furathama bai ves varah reethi, waited so long for this story❤

    1. Nau says:
      September 1, 2018 at 12:21 pm

      Thanks alot dear❤

  11. shaaa says:
    September 1, 2018 at 11:30 am

    wow shaaa ae varah gulhy story eh varah reeethi .waited next part

    1. Nau says:
      September 1, 2018 at 12:21 pm

      Hehe really? Nxt part in sha allah tmrw. Thanks dear?

  12. Shaya says:
    September 1, 2018 at 11:58 am

    Varah reethi??

    1. Nau says:
      September 1, 2018 at 12:22 pm

      Thanks dear❤

  13. samm says:
    September 1, 2018 at 12:12 pm

    when nxt part??? Btw strry is amazin

    1. Nau says:
      September 1, 2018 at 12:22 pm

      Thanks dear.. In sha allah tmrw.. ?

  14. ? Unknown ? says:
    September 1, 2018 at 12:33 pm

    same name ge second story. ??

    1. Nau says:
      September 1, 2018 at 1:01 pm

      Really? Mi name kiyaa ehn stry eh indheytha? I didnt knw.. Sry

  15. shaaa says:
    September 1, 2018 at 12:59 pm

    kondhuvas thakaku mi story genes dhynee

    1. Nau says:
      September 1, 2018 at 1:05 pm

      Bodu kameh nujeheyhaa hindhaku daily koh in sha allah.. ?

  16. Kiyara says:
    September 1, 2018 at 1:09 pm

    Nau is back. Nau ge hurihaa story eh ves varah reethi Masha Allah

    1. Nau says:
      September 1, 2018 at 7:00 pm

      Thanks alot dear?

  17. taetae says:
    September 1, 2018 at 1:20 pm

    varah reethi mi vaahaka Masha Allah. dhen oi bai thah miyah vure dhigu kohlaane kamah ummeedh kuran. i was waiting for this story. keep up the good work nau. <3
    wish we could be friend..

    1. taetae says:
      September 1, 2018 at 1:21 pm

      we could be friends*

    2. Nau says:
      September 1, 2018 at 7:01 pm

      Awwn thanks alot dear.. Yah dhw.. Actually nw stry ge boud bai liyefa innaany parts thah vakin.. So.. It will be difficult to bring a change. Btw if i cn in sha allah i will try to make it lng.. ?

  18. Twinkle? says:
    September 1, 2018 at 1:21 pm

    Vvv rythi masha allah

    1. Nau says:
      September 1, 2018 at 7:01 pm

      Thanks dear?

  19. Twinkle? says:
    September 1, 2018 at 1:21 pm

    Vvv rythi masha allah…

  20. Twinkle? says:
    September 1, 2018 at 1:22 pm

    Ooops… sry… olhign dhefaharah cmnt kurevuny

    1. Nau says:
      September 1, 2018 at 7:02 pm

      Hehe its ok.. It hppns.. ?

  21. Huvey says:
    September 1, 2018 at 1:37 pm

    Vrh salhi..
    Waiting….

    1. Nau says:
      September 1, 2018 at 7:02 pm

      Thanks dear?

  22. Mal says:
    September 1, 2018 at 1:53 pm

    Wow varah reethi mi story???

    1. Nau says:
      September 1, 2018 at 7:02 pm

      Thanks dear?

  23. shannu says:
    September 1, 2018 at 2:14 pm

    Nau ge stry eh vihyaa shahkkehves neh hama yageen rythi vaanekan… thy shannu ah mihaa thanah fenun enme enme molhu vaahaka liyun theriyaky… ibaaraah kurunves hama habeys n story athuraalaa goehves hama ehvana…

    1. Nau says:
      September 1, 2018 at 7:05 pm

      Awwwnn.. So sweeet.. Bt i blv there e ppl who r btr than me.. Still.. This one has really given me strength to improve myself for the best.. Thanks a loads dear?❤

  24. ? Unknown ? says:
    September 1, 2018 at 4:46 pm

    Itx hpns. ?. Btw mi story vx v reethi. N all the best.♥️♥️

    1. Nau says:
      September 1, 2018 at 7:05 pm

      Ya dhw.. Hehe.. Thanks alot dear?❤

  25. Eekko says:
    September 1, 2018 at 5:46 pm

    Maasha Allah varah reethi.. Waiting for next partt…?

    1. Nau says:
      September 1, 2018 at 7:05 pm

      Thanks dear❤

  26. Maya says:
    September 1, 2018 at 5:52 pm

    Yey nau is back… Vvvv habeys MashaAllah vvvvvvvvv reethii… ??????????nau ge stories thakuga abadhuves Sifakurun vv habeys…. I love your stories.. ????????thaqdheer gothah I’m sure hama ehaa reethi vaanekan.. ????????❣️???

    1. Nau says:
      September 1, 2018 at 7:06 pm

      Awwwn thanks alot dear.. Yah in sha allah i will try my best mi vaahaka readers ah kamudhaa stry akah hadhan.. ❤?

  27. shaain says:
    September 1, 2018 at 9:33 pm

    Yayy nau is back..n of course stry ge author name ah balaaleemaves ingey mi stry habbu vaane kan it’s really beautiful n intresting..I bet this is gonna get more intresting in every part ❤❤❤❤❤❤?????? may Allah bless u my favourite writer of all time?????I wish yuh a bright future ahead of yuh ?☺☺

    1. Nau says:
      September 1, 2018 at 11:12 pm

      Awwwnn so sweet. Thank u sooo much dear?❤

  28. SURE says:
    September 1, 2018 at 10:51 pm

    I read this before..im 100 percent sure..

    1. Nau says:
      September 1, 2018 at 11:13 pm

      May be u read the trailer.. I included some parts of this in the trailer..

  29. Jumss says:
    September 2, 2018 at 6:59 pm

    Vrh reethi dear keep it up ??

    1. Nau says:
      September 2, 2018 at 7:13 pm

      Thanks dear❤

  30. Saadhu says:
    September 2, 2018 at 9:51 pm

    Nau mis u so much.kihinetha.v inthizaaru ga hurefi vahaka up vaane dhuvahaka n v ufaavege vahaka up veema.u are tha best wirtter.v furihama vahaka shifakurun ves v sali.?

    1. Nau says:
      September 2, 2018 at 10:07 pm

      Missed u too dear.. Hehe.. M grt alhamdhulillah.. Hw abt u? Happy to see a comment frm u.. Thanks alot dear?

  31. aruu says:
    September 3, 2018 at 10:41 pm

    This story made me cry??. Masha allah v salhi ❤

  32. Adhoo says:
    September 15, 2018 at 7:23 pm

    Vvv chaalu varah vess furihama. Mivaruge vaahakaeh nukiyan

  33. Nivuu says:
    September 20, 2018 at 8:39 pm

    Nice stroy maahaa alpha???????

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (2)←


All Right Reserved!