Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނާށެ ލޯބި ނުވަނީހޭ 01

Blackpearl Level 210 Stories100 Comments100 Login
August 29, 2018 4 Mins Read
16 Comments

” މާމަގެ ދަރިފުޅު ދެން މާމައަކަށް ނުފެންނާނެ ދޯ.. ދުވަސްކޮޅަކުން މާމަމަތިން ހަނދާން ނެތޭނެ ދޯ.. ” ފޮއްޓަކަށް އެއްޗެހި އަޅަމުން އުމުރުން 50 އަހަރުގެ ޖުވެއިރިޔާ ބުނެލިއެވެ. އޭނާ އެހެން ބުނުމުން ރާޔާ ގޮސް އޭނާގެ ގައިގައި ބައްދައިލިއެވެ. ކުޑަކުޑަ ދެއަތުން ކަރުނަތައް ފުހެލަދިނެވެ. ނަމަވެސް އަނގައިން ބަހެއްނުބުނެއެވެ.

” މަންމަ ދައްކާ ވާހަކަ.. ދެން މަންމަމަތިން ހަނދާނެއް ނުނެތޭނެއެއްނު ދޯ.. އަހަރުމެންގެ ދެމައިންގެ ހުރިހާ ކަމެއް ކޮއްދިން މީހަކީ މަންމަ ވިއްޔަ.. މަންމަ ނެތްނަމަ އަހަރެން މިއަދު އުޅެން ޖެހޭނެ ހާލެއްނުވެސް އިނގޭ.. ރާއްކޮވެސް މާމަމަތިން ވަރަށް މިސްވާނެ ދޯ..” ޔާނާވެސް ގޮސް ޖުވެއިރިޔާ ގަައިގައި ބައްދައިލިއެވެ.

“މަންމައަށް އެނގެއެްނު އަހަރެން މިދަނީ އަހަންނަށް މިނޫން ގޮތެއް ނެތިގެންކަން.. ”

” މަންމައަަށް އެނގެޔޭ.. އެކަމަކުވެސް ދަރިފުޅާއި ރާއްކޮ ނޫނީ މަންމަގެ އިތުރު މީހަކުވެސް ހުރީކީ ނޫންވިއްޔަ މިތާގައި.. އަމިއްލަ ދަރިވެސް ލޮލަށް ނުފެންނަތާ މިހާރު 10 އަހަރު މިވީ.. ތިދެމައިން މިތާ ތިބުމުން ހާދަ ހިތްހަމަޖެހެޔޭ.. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދެމައިންނަށް މިކޮޅަށް އާދެވޭނެ.. ރާއްކޮ އަދި ރަގަނޅުވާނެ..” ރާޔާގެ ބޮލުގައި ފިރުމަމުން ޖުވެއިރިޔާ ބުނެލިއެވެ.

” ކީއްކުރާނީ މަންމާ.. އަހަރެންވެސް ވަރަށް އާދޭސްކުރަން އޭނަ ކައިރީ މިކޮޅަށް މަންމަ ކައިރިއަށް އަންނަން.. އޭނަ ހުރީ ޗުއްޓީއަކަށްވެސް މިކޮޅަށް އަންނަ ގޮތަކަށްނޫން.. އަބަދުވެސް ބުނަނީ މަންމަ އެކޮޅަށް އޭނަ ކައިރިއަށް ދާން.. އަހަންނަށް ފެންނަނީ ދުވަސްކޮޅަކަށް ނަމަވެސް މަންމަ އޭނަ ކައިރިއަށް ގޮސްލަން..”

” މަށަކަށް އެ މަތިންދާ އެއްޗަކަށް ނޭރޭނެ.. ކަނޑުމަގުން ދެވެން އޮންނަނަމަތާ ދެވުނީހީ.. ހައްޖަށް ދިޔަ ދަތުރުވެސް އެޔައްއެރީ އެނޫން ގޮތެއް ނެތިގެން.. ” ޖުވެއިރިޔާ އެހެން ބުނުމުން ޔާނާ ހޭންފެށިއެވެ.

” އަހަރެން މިދަނީ ރާއްކޮއަށް ކާންދޭން އިނގޭ..” އެހެން ބުނެފައި ޔާނާ އޭނާގެ 4 އަހަރަށް އޮތް ދަރިފުޅު އުރައިލައިގެން ކޮޓަރިން ނިކުތެވެ.

**********************

ރައިހާންއާއި އޭނާގެ އަންހެނުން ޔަސީރާ ކާމޭޒުދޮށުގައި ތިބީ ރާދިންގެ އިންތިޒާރުގައެވެ. ރާދިންއަކީ ކެއުމާއި ދުރު ކުއްޖެެެއް ކަމުން އާއްމުކޮށް އޭނާ ރޭގަނޑު ކެއުމަކަށް ނުނިކުމެއެވެ. ނަމަވެސް މިރޭ ރައިހާންވަނީ އޭނާ ގާތު ވާހަކައެއް ދައްކަން ބޭނުންވާކަމަށް ބުނެފައެވެ.

” ޔަސީރާ އަހަންނަކަށް ހީޔެއްނުވޭ އެސޮރު ނިކުންނާނެހެންނެއް.. ހިނގާ ކާން އުޅެމާ..” ރައިހާން އެހެން ބުނުމުން ޔަސީރާ ކާގޭ ދޮރާ ދިމާއަށް ބަލައިލިއެވެ. ދޮރުން އެތެރެއަށް ވަދެގެންއައި ރާދިން ފެނުމުން ހިނިތުންވެލާފައި އަވަހަށް އިށީންނުމަށް ބުނެލިއެވެ.

” އެއްޗެއް ކާންވީނު ދަރިފުޅާ..” ޔަސީރާ އެހެން ބުނުމުން ވަގުތުން ރާދިން ނޫނެކޭ ބުނެލިއެވެ. އަދި ފެންތައްޓެއް ދިނުމަށް ބުނެލިއެވެ.

” ދަރިފުޅާ ބައްޕަމެންނަށް ފެންނަނީ ދެން ދަރިފުޅުވެސް ދިރިއުޅުމެއް ފަށަން.. ތިހެން ހުސްކޮށް އިނުމުގެ ބޭނުމެއްނެތް.. އޭނައެއް ދެން ނާންނާނެ.. އޭނައަށް އިންތިޒާރު ކުރުން އެއީ ބޭކާރުކަމެއް..” ރައިހާން އެފަދަ ވާހަކައެއް ދައްކަފާނެ ކަމަށް ރާދިން ހީވެސްނުކުރެއެވެ. ވަގުތުން ތެދުވެ އެތަނުން ނިކުންނަން އުޅެފައި ހުއްޓުނީ ރައިހާން ދެފަހަރަކު ގޮވުމުންނެވެ.

” ބައްޕަކައިރީ ކާކު ބުނީ އަހަރެން މީހަކަށް އިންތިޒާރު ކުރަނީއޭ..އަހަރެން މީހަކަށް އިންތިޒާރެއްވެސް އަދި އިތުބާރެއްވެސް މީހާރަކު ނުކުރަން..ދިރިއުޅުމެއް ފެށީމަ އަހަންނަށް ލިބުނު ލަނޑު ބައްޕަމެންނަށް އެނގެއެއްނު.. އަހަރެން ދެން އިތުރު ކައިވެންޏެއް ކުރާކަށް ގަސްދެއް ނުކުރަން..”

” ދަރިފުޅާ ހުރިހާ އަންހެނުން އެއްގޮތެއްނުވާނެ.. ” ޔަސީރާ އެހެން ބުނުމުން ރާދިން އޭނާގެ މޫނަށް ބަލައިލިއެވެ. އެހެން ބުނަން އޭނައަށް ފަސޭހަނުވާނެކަން ރާދިންއަށް އެނގެއެވެ. ރާދިން އޭނާއަށް ބަލަން ހުރުމުން އޭނާ އިސްޖަހައިލިއެވެ. ރާދިން އެއްޗެކޭ ނުބުނެ އެތަނުން ނިކުތެވެ.

**********************

ޝައުންއަށް ހޭލެވުނީ ފެން ބޮަވައިގަނެގެންނެވެ. އޭރު އޭނާގެ އަންހެނުން އައިރާ ކޮޓަރިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަނީއެވެ. އިރުއިރުކޮޅާ ފޯނު ކަންފަތުގައި ޖަހައެވެ. ހިވާގޮތުން ކޮންމެވެސް މީހަކަށް ގުޅަނީއެވެ.

” އިރާ އަދިވެސް ނުނިދަނީތަ.. އަދިވެސް ހަމަ އޭނައަށް ގުޅޭތޯތަ ތިއުޅެނީ.. ދެން ނިދާލެވޭތޯ އުޅެބަލަ..” ތެދުވެ އެނދުގައި އިށީންދެލަމުން ޝައުން ބުނެލިއެވެ.

” ޝައުން 4 އަހަރު.. 4 އަހަރު ފަހުންނޭ ޔަންނުގެ ހަބަރެއް އެވީ.. އެވެސް ހަމަ އެކަނި މެސެޖެއްކޮއްލީ.. ކީއްވެތަ އަޅެ އަހަރެން ގުޅީމަ ފޯނު ނުނަގަނީ އެ.. ” ޝައުން ކައިރީގައި އިށީންދެލަމުން އައިރާ ޝަކުވާ ކުރަންފެށިއެވެ.

” އަހަންނަށް އިނގެޔޭ އިރާ ޔަންނުމަތިން މިސްވާކަން.. މިވޭތުވެދިޔަ ހަތަރު އަހަރުގައިވެސް ޔަންނުގެ ވާހަކަ އިރާ ނުދައްކާ ދުވަހެއް މަދުވާނެ.. ދެން އޭނަ އެބުނީނު މާދަން މިކޮޅަށް އަންނަ ވާހަކަ.. އައީމަ އިރާވާނެ އިނގޭ ވަރަށް އެއްޗެހި ކިޔާލަން.. ދެން އަވަހަށް ނިދާލެވޭތޯ ބަލާ.. އަހަރެންވެސް ބަލާނަން ޔަންނު އަންނަ ތަނަށް ދެވޭތޯ..” ޝައުން އެހެން ބުނުމުން އައިރާ ނިދަން އޮށޯތެވެ.

**********************

” ޔާނާ ދަރިފުޅާ ދެން ހޭލަން އުޅޭ އަވަހަށް މިހާރު 6 ޖަހަން އުޅެނީ.. 8 ޖަހާއިރަށް ވާނެއެއްނު ބަނދަރަށް ދެވޭތޯ ބަލަން..” ޔާނާ ކޮޓަރީގެ ދޮރުގައި ތަޅަމުން ޖުވެއިރިޔާ ވާހަކަ ދެއްކިއެވެ. ” މަންމާ އަހަރެން ހޭލައޭ މިއުޅެނީ.. ރޮށި ފިހަން ނިކުންނަން އުޅެނިކޮށް ތިގޮވީ ހަމަ..” ކޮޓަރިން ނިކުންނަމުން ޔާނާ ބުނެލިއެވެ.

” މަންމަ ހުންނާނީ މިހާރު ރޮށި ފިހެފައި ކުޑަމީހާއަށް ގަރުދިޔަވެސް ކައްކާފައި.. ދަރިފުޅު ދެން މަސްހުނިކޮޅެއް މޮޑެލާ އިނގޭ..” ޔާނާ ޖުވެއިރިޔާ އެކަނި މަސައްކަތްކުރުމުން ޝަކުވާކުރަން ފެށިއެވެ.

” ދެން މަންމައަށް ދަރިފުޅުމެން ފެންނާނެ ދުވަހެއް ނުވެސް އިނގޭ ވިއްޔަ.. ކޮންމެ ދުވަހަކުވާނެ މަންމައަށް ގުޅަން އިނގޭ.. ” ޖެވެއިރިޔާ ބުނެލިއެވެ. ޖަވާބުގައި ޔާނާ ބުނެލީ މާލެ ދާހިތްނުވާކަަމަށެވެ. އެއީ ޔާނާ ޖުވެއިރިޔާ ދެރަވެފަ ހުންނާތީ ބުނާ އެއްޗެއްނޫނެވެ. އޭނާ ހަގީގަތުގައިވެސް މާލެދާކަށް ބޭނުމެއްނުވެއެވެ. މާޒީ ހަނދާންކުރާކަށް އޭނާ ބޭނުންނުވެއެވެ. މާލޭ ދާން އޭނާ ބިރުވެސް ގަނެއެވެެ.

ދެމައިން ސައިބޮއެގެން ތައްޔާރުވެވުނުއިރު 8 ޖަހަން 10 މިނެޓަށްވެއްޖެއެވެ. ޖުވެއިރިޔާ އިރުއިރުކޮޅާ އައިސް ގަޑިންވީވަރު ބުނާނެއެވެ. ” މަންމާ މިނިމުނީއޭ..” ޔާނާ ރާޔާގެ އަތުގައި ހިފައިގެން ނިކުންނަމުން ބުނެލިއެވެ. ޖުވެއިރިޔާ ރާޔާ އުރައިލައިގެން ހިނގައިގަތެވެ. ” މާމަ ދަރިފުޅުވާނެ މަންމިގެ ބަސްއަހަން އިނގޭ..މާމަ ގުޅީމަ މާމައާއި ވާހަކަދައްކައްޗޭ އިނގޭ.. ” މީހަކު އެއްޗެކޭ ކިޔާހެންވެސް ކުޑަކުޑަ ރާޔާއަށް ހީނުވެއެވެ. ކޮނޑުގައި ބޯއަޅައިގެން އޮތީއެވެ.

ލޯންޗު ކައިރިއަށް ދިޔައިރު މީހުން ތިބީ ފުރަން އެރިއެވެ. ޖުވެއިރިޔާ ދެލޮލުން ކަރުނަ އަންނަތަން ފެނުމުން ޔާނާ ވަރަށް ދެރަވިއެވެ. އޭނާ ގޮސް ޖުވެއިރިޔާގެ ގަައިގައި ބައްދާލާފައި ވަރަށް ހަނދާންވާނޭ ބުނެލިއެވެ. ޔާނާ ގާތުގައި ލޯންޗަށް އަރަން ބުނުމުން އޭނާ ޖުވެއިރިޔާގެ އަތުގައި އިން ރާޔާ އުރައިލިއެވެ.
” މާމާ ބާއި ބާއި..” ކުޑަ ކުޑަ ރާޔާ އަތް ހޫރާލަމުން ޖުވެއިރިޔާއަށް ބުނެލިއެވެ. ޖުވެއިރިޔާވެސް ރާޔާއަށް ބަލަމުން އަތް ހޫރުވައިލިއެވެ. ޔާނާ ދަނީއޭ ބުނެފައި ލޯންޗަށް އެރިއެވެ.ލޯންޗު ލޯމަތިން ގެއްލެންދެން ޖުވެއިރިޔާ އެއިން ފިޔަވަޅުމަތީގައި ބަލަންއިނެވެ.

**********************
ރައިހާން އޮފީހަށް ދާން ނިކުތުމުން ޔަސީރާ އަލަމާރި ތެރޭން ކުޑަ ފޮއްޓެއް ނަގައި އެނދުމަތީގައި އިށީނެވެ. އޭގެ ތެރެއިން އޭނާ ނެގީ ފޮޓޯގަނޑެކެވެ. އެއީ އަންހެން ކުއްޖެއްގެ ފޮޓޯއެކެވެ. ކަޅުކަންގަދަ ރާޅުބާނި އިސްތަށިގަނޑެއް ލިބިފައިވާ އެއަންހެން ކުއްޖާ އެފޮޓޯގައި ހުރީ ހުދުކުލައިގެ ބުޅަލެއް އުރައިލައިގެންނެވެ.

” ރާދު ކަހަލަ ރަގަނޅު ކުއްޖަކަށް އެކަހަލަ ލަނޑެއް ދިނީ ކީއްވެތަ ދަރިފުޅާ.. އަހަރެން ހީކުރި ކަހަލަ ރަގަނޅު ކުއްޖަކަށް ދަރިފުޅުނުވީ ކީއްވެތަ.. މަންމަ ދަރިފުޅަށް ދަސްކޮއްދިނީ މީހުންނަށް މަކަރުހަދައި އޮޅުވައިލަންތަ.. އެންމެ ކުޑަމިނުން ތިގޮތަށް ކަންތައް ކުރަން ޖެހުނު ސަބަބެއްވެސް ބުނެލިނަމަ ދޯ.. ދަރިފުޅު އެގޮތަށް ކަންތައް ކުރީމަ މަންމަ ދެރަވާނެ ވަރެއް ނޭންގޭތަ..ރާދު ފެންނަ ކޮންމެ ފަހަރަކު އަމިއްލަ މީހާ ކުށްވެރިކުރެވޭ.. އަހަރެންގެ ދަރިފުޅުގެ ސަބަބުން އެކުއްޖާކުރާ ހިތާމަ އަހަންނަށް ފެނެޔޭ.. ނުބުންޏަސް އަދިވެސް ރާދު ދަރިފުޅުދެކެ ލޯބިވާކަން އެނގޭ.. މިސްވާކަންވެސް އިނގޭ.. މަންމަވެސް ދަރިފުޅުމަތިން ހާދަ މިސްވެޔޭ.. ކީއްވެތަ މަންމަމެން ދޫކޮއްލާފައި ދިޔައީ.. މަންމަމެންގެ ކޮން ކުށެށްގެ ސަޒާތަ ދަރިފުޅު ތިދެނީ.. 4 އަހަރުވެއްޖޭ މަންމައަށް ދަރިފުޅުގެ ހަބަރެއް ނުވާތާ.. އުޅޭތަނެއްވެސް އަންގާލީއެއްނޫން..” ފޮޓޯގަނޑު ބަލަމުން ރޮމުންދިޔަ ޔަސީރާ ދެއްކި ހުރިހާ ވާހަކައެއް ދޮރުމަތީހުރި ރާދިންއަށް އަޑުއިވުނެވެ.ހިތްވަރުކޮއްފައި އޭނާ އެތެރެއައްވަދެ ޔަސީރާގެ ގާތުގައި އިށީނެވެ.

ރާދިން ކައިރީގައި އިށީނިމުން ޔަސީރާ އަވަސްއަވަހަށް ފޮޓޯގަނޑު ފޮށީތެރެއައްލައި ކަރުނަ ފޮހެލިއެވެ. އެއައްފަހު ހިނިތުންވެލައިފައި ދަރިފުޅު އެއްޗެއް ބޭނުންވީހޭ އަހައިލިއެވެ.

“މަންމަ ބޭނުންވަނީ ކޯއްޗެއްތަ..” ރާދިން އެހެން ބުނުމުން ޔަސީރާ އެއްޗެކޭ ނުބުނެ ރާދިންއަށް ބަލަހައްޓައިގެން ހުރީއެވެ. ” އަހަންނަށް އިނގޭ މަންމަ ވަރަށް މިސްވާކަން އޭނަ މަތިން.. މަންމަގެ ހުރި ހަމައެކަނި ދަރި ވިއްޔަ އެެއީ.. މަންމަ ބޭނުމިއްޔާ އޭނަ ހޯދަން މަސައްކަތް ކުރިޔަސް އަހަންނަށް އެންމެ ރަގަނޅު.. ވެދިޔަ ކަންތައް އެއީ އަހަރުމެން ދެމީހުން ދޭތެރޭ ވީކަމެއްނު.. މަންމަ އޭނައާއި ވާހަކަ ދެއްކިޔަސް އަހަންނަށް އެންމެ ރަގަނޅޭ..ގޭތެރޭ އޭނަގެ ވާހަކަ ދެއްކުން މަނާކުރީ މަންމަ.. އެކަމަކު މަންމަ ތިކުރާ ހިތާމަ އަހަންނަށް ފެނެޔޭ.. ” ރާދިންގެ ވާހަކަ އަޑުއަހަންއިން ޔަސީރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

” އައި އޭމް ސޮރީ ރާދް.. މަންމަގެ އެދަރިފުޅުގެ ސަބަބުން ރާދުއަށް ލިބުނު ހިތާމަ ކުޑަކުރަންވެގެން އޭނަގެ ވާހަކަ ނުދެއްކުމަށް ބުނީ..އަހަރެން ހީކުރީ ތިދެކުދިން ގުޅުނީ ލޯބިވާތީ ކަމަށް.. ރާދު އަދިވެސް ލޯބިވާކަން އެނގޭ.. އެކުއްޖާ ރާދު ދޫކޮއްލާފައި ދިޔަ ސަބަބެއް މަންމައަކަށް ނުވިސްނުނު..”

” ސަބަބު އެނގެން އަހަރެންވެސް ބޭނުން.. ލޯބިނުވާއިރު ދޮގު ހަދައި އޮޅުވާލި ސަބަބު އަހަރެން ހޯދަން ބޭނުން.. ކައިވެނިކުރީ އޭނަވެސް ލޯބިވާތީކަމަށް އަހަރެން ދެކުނީ.. އަހަންނަށް އެނގޭނީ އޭނަ އަހަރެންގާތު ބުނި އެއްޗެއްތާ ދޯ.. އެކަމަކު މަންމައާއި ވާހަކަ ނުދައްކައި އުޅެންވި ސަބަބެއް ނުވެސްނެތް.. އަހަރެންދެކެ ލޯބިނުވިޔަސް މަންމަދެކެ ލޯބިވާނެއެއްނު..” ރާދިން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

އައްސަލާމް ޢަލައިކުމް

Next

އައިރީން…(10)

Next
August 29, 2018

އައިރީން…(10)

Previews
August 29, 2018

އައްސަލާމް ޢަލައިކުމް

16 Comments!

  1. Baby giral❤ says:
    August 30, 2018 at 5:47 am

    Vrh reerhi mi part..?.. when next part dear?…. nd heevey story vrh salhi vaanehen…?

    1. Blackpearl says:
      August 30, 2018 at 10:00 am

      Thank yuh Baby giral ❤

  2. Blackpearl says:
    August 30, 2018 at 8:11 am

    Salaam
    Mi vaahakaige dhn huri part thah next month 15 in feshigen upload kuran fashaanan ??

  3. kookie says:
    August 30, 2018 at 9:14 am

    story varah habeys. alhe haadha lahakuney thi dhn oih part up kuran thiulheny..im waiting igey.

    1. Blackpearl says:
      August 30, 2018 at 9:59 am

      Knmes varakah story liyelaafa up kuran vegen aee.. keep waiting ?

  4. Whoever says:
    August 30, 2018 at 12:05 pm

    Dhn kmms varakh liyefa up kuri nama . Dhn abadhu vx mihen hadhaathy ey massala aky

    1. Blackpearl says:
      August 30, 2018 at 12:53 pm

      First part up kohly hama trailor ehge gothah..

  5. goldie says:
    August 30, 2018 at 4:41 pm

    v reethi mi part. when is next part

    1. Blackpearl says:
      September 3, 2018 at 12:06 pm

      Thank yuh goldie ?
      Next part on 15th ??

  6. Twinkle? says:
    August 31, 2018 at 7:05 pm

    Vvvv rythi stry eh hn hyvany… masha allah… vvv gina sirruthah ekulevey stry eh kanneynge dhw… ??????

    1. Blackpearl says:
      August 31, 2018 at 8:06 pm

      Thank yuh dear..
      Lets see dhw ??

  7. Unknown ?? says:
    September 1, 2018 at 12:36 pm

    V nice mi story. Just waiting for next part. ?

    1. Blackpearl says:
      September 3, 2018 at 12:06 pm

      Thank yuh dear ??

  8. Fathimath says:
    September 1, 2018 at 1:22 pm

    Hama nau story name aa copy kohfa. And vaagotheh ves negeyge. Feshun ehaa rangalheh noon. Not intresting?

    1. Blackpearl says:
      September 1, 2018 at 4:20 pm

      Fathmath Nauge story name kohfa eh noon aee.. Nauge minan kiyaa story eh inna kameh kuriyakun neynge.. Nau story up kuryma engunyvx.. Vaahaka kuriyah dhaa varakah storyga vaanuvaa engigen dhaane kamah mibalany..

  9. Eva says:
    February 8, 2019 at 6:50 pm

    Varah reethi mi part ☺??hope the other parts will be more entertaining..

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ 02←


All Right Reserved!