Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 10 ވަނަބައި

Anha Level 110 Stories100 Comments
August 28, 2018 6 Mins Read
19 Comments

އާލިމް އަންނަ ވާހަކަ ބުނުމުން އާލާއާއި އަލަންގެ މޫނު އުޖާލާވެގެން ދިޔައެވެ. އާލިމް މެލޭޝިޔާގައި ޑޮކްޓަރުކަން ކިޔަވަން ހުންނަތާ މިހާރު 7 އަހަރު ވެއްޖެއެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް އެއްފަހަރު ޗުއްޓީ ލިބުމުން ރާއްޖެއާދެއެވެ.

ހ.ކެތީގައި އެންމެންދިޔައީ ރޭގަނޑު ކެއުމަށް އިންސާފުކުރަމުންނެވެ. މޭޒުމަތީގައި އެކި ބާވަތްބާވަތުގެ އެއްޗެހި އެތުރިފައިވާއިރު އެންމެން ކެއުމައިގެން އަވަދިނެތިއުޅުނެވެ. އަދިވެސް ދެކެވެމުންދިޔައީ ކައިވެނީގެ ވާހަކައެވެ. ޝާކިރު ބޭނުންވަނީ އޭނާގެ ރިސޯޓުގައި ހަފްލާ ބާއްވާށެވެ. ހަސީނު ބޭނުންވީ މާލޭގައި ކުލަގަދަކޮށް ބާއްވާށެވެ. ކުލަޔާއި އެއްޗެހި ކަނޑައެޅުމުގެ ވާހަކަ ދައްކަމުން ގެންދިޔައީ އަންހެންވެރިންނެވެ. މިއިން އެއްވެސް ކަމަކާއިނުވެ އިނީ ލާނާއެވެ. ލާނާ އެއްވެސް ބަހެއްނުބުނެ ސަމްސަލުން ތަށި ހާވަންއިނީއެވެ. އަލަންއިނީ ދަތްޕިލަ އަތަށްލައިގެންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަލަންގެ މިހުރިހައި ދުވަހުގެ މަސައްކަތް ކާމިޔާބުވީއެވެ. ދެން އޭނާ ބޭނުންގޮތެއް ލާނާއަށް ހަދައިލެވޭނެއެވެ.

“ދަރިފުޅާ ލާލާ. ކީއްވެ އެއްޗެއް ނުބުނެ ތިއިނީ؟ ކޮބާތަ ކުލައަކީ؟ ދަރިފުޅު އެންނު ކުލަ ކަނޑައަޅާނި” އެއްޗެއް ނުބުނެ މާ މަޑުން ލާނާ އިންނަތަން ފެނުމުން އާސިމާ ސުވާލުކޮށްލިއެވެ. “ލާލާއަށް މައްސަލައެއްނެތް ކޮންމެ ކުލައެއްވެސް. އާސިމާއްތަމެން ބޭނުން ކުލައެއް ހަދާ.” ލާނާ ހާސްކަން ފޮރުވޭތޯ ބަލަމުން ޖަވާބު ދިނެވެ. “އާސިމާއްތައެއް ނޫން. މަންމަ ކިޔާ. މިއީ މިހާރު ދަރިފުޅުގެވެސް މަންމައޭ.” އާސިމާ ލޯތްބާއިއެކު ލާނާގެ ބޮލުގައި ފިރުމައިލިއެވެ. އެންމެން ލާނާދެކެ ވާލޯބިފެނި ލާނާގެ ފެންކަޅިވިއެވެ. އެއްކޮޅުން ލާނާދެކެ އިންތިހާއަށް ނަފްރަތުކުރާ ވާންއުޅޭ ފިރިމީހާ އަލަންއެވެ. އަނެއްކޮޅުން ލާނާދެކެ އިންތިހާއަށް ލޯބިވާ އަލަންގެ އާއިލާއެވެ. ކިތަންމެ އުނދަގުލަކާއި ކުރިމަތިލާން ޖެހުނުކަމުގައިވިޔަސް އޭނާ އެކަނި ނުވާނެކަން ލާނާއަށް އިނގުނެވެ. އާސިމާގެ ހިތުގައި ލާނާއަށްއޮތް ލޯބިފެނި ފާހިރާގެ ލޮލުން ކަރުނައައެވެ. އެންމެ ލޯބިވާ ދަރިފުޅު މިދޫކޮށްލެވެނީ ރަނގަޅުބައެއްގެ އަތްމަތްޗައްކަން ފާހިރާއަށް ޔަގީންވިއެވެ. “ދަރިފުޅާ ލާލާ. ދެންބުނޭ ކޮންކުލައެއްކަން މަންމަމެން ކައިރީ” ލޮލުން ވެއްޓުން ކަރުނަތިކި ފޮހެލަމުން ފާހިރާ ވާހަކަ ދެއްކިއެވެ. “އާލާ ކަނޑައަޅާނި ކައިވެނީގެ ކުލަ. އާލާގެ ޓޭސްޓު ނުވާނެ ގޯހެއް ” އަމިއްލަ އިހުސާސްތައް ފޮރުވަމުން ލާނާ ވާހަކަދެއްކިއެވެ. ހަގީގަތުގައި މިކައިވެނީގެ އެއްވެސް ނިންމުމެއް ނިންމާކަށް ލާނާ ބޭނުމެއްނުވެއެވެ. “ޔޫ އާރ ދަ ބެސްޓް ލާލާ.” އާލާ އުފަލުން ބުނެލިއެވެ. މިކަމުން އެންމެ އުނދަގޫވީ އަލަންއަށެވެ. އަދި ކައިވެނި ވީއެއްވެސް ނޫނެވެ. މިހާރު މުޅިގޭތެރޭގައި ލާލާގެ ހުންގަނޑު ފެތުރުނީއެވެ. “ބެސްޓް މައި ފުޓް. ކައިވެނި ނުވެގެން އަދި މިއުޅެނި. މިހާރު އެންމެންނަށް ލާލާ ހުންޖެހިފަ. މިދެން ކިހާދެރަ ކަމެއް.” އަލަން ހިތައިހިތުން ލާނާއަށް އެތިވަރުގޮވިއެވެ.

*****************************

އެންމެން ކައިނިމިގެން ގެއަށް ދިއުމުން ލާނާ ކޮޓަރިއަށްވަނީ ބޭރުގައި މަޑުކުރަން ބޭނުންނުވުމުންނެވެ. އެވަގުތު އެނދުމަތީގައިއޮތް ފޯނު ލޮލުގައި އަޅައިގަތެވެ. އަވަހަށް ފޯނު ނަގައި ބަލައިލީ އިދާންގެ މެސެޖެއް ނަމަވެސް އިންނާނެކަމަށް ހީކޮށެވެ. ނަމަވެސް އެ ފޯނު ކޯލަށްފަހު އިދާންގެ މެސެޖެއް އަދި ކޯލެއްވެސް ނާދެއެވެ. ލާނާއަށް ރޮވުނެވެ. “އިދީ.. އައި މިސް ޔޫ. އިދީއަށް ގަބޫލު ކުރެވޭތަ ލާލާ އެހެން ބުނެފަ އިދީ ދުރުކޮށްލާނޭ. އިދީއަށް ލާލާ ނޭނގޭތަ.” ފޯނު މޭގައި ޖައްސައިގެން ހުރެ ލާނާ އަމިއްލަ ނަފްސާއި ވާހަކަ ދެއްކިއެވެ. ރޯންހުރި ލާނާ ދޮލޯ ހުޅުވައިލީ ފޯނަށް މެސެޖެއް އައިސްގެންނެވެ. އަވަސްއަވަހަށް ކާކުގެ މެސެޖެއްތޯ ބެލީ އިދާން ކަމަށް ހިކޮށެވެ. ލާނާގެ ފޫހިކަން އިތުރުވީ ސްކްރީނަށް އަރާފައިއިން އަލަންގެ ނަންފެނިފައެވެ. ހިތްފުރޭވަރު ނުވަނީ ހެއްޔެވެ. އަލަންއަށް ޖެއްސުންނުކޮށް ނުހުރެވެނީހެއްޔެވެ. ލާނާ ފޯނު ހުޅުވުމަށްފަހު އަލަން ފޮނުވި މެސެޖުކިޔައިލިއެވެ. އޭގައި އޮތީ އޮންލައިން ވުމަށެވެ. ވީ ފޫއްސެއްގެ ބޮޑުކަމުން ފޯނު ހޫރާލަފާނަމޭ ލާނާގެ ހިތަށް އެރިއެވެ. އޮންލައިންވާން ބުނާނީ ކޮންމެސް އުނދަގުލެއްކުރާށެވެ. ހިތާއި ދެކޮޅަށް ލާނާ ވައިފައި އޮންކޮށްލިއެވެ. ވަގުތުން ނޮޓިފިކޭޝަންތައް އޮހެންފެށިއެވެ. ލާނާގެ ދެބުމަ ގޮށްޖެހުނީ އަލަން ފޭސްބުކްއިން ފޮނުވާފައި އިން ފްރެންޑް ރިކުއެސްޓު ފެނިފައެވެ. މިހާރު އަނެއްކަންތައް ފެށީއެވެ. ލާނާ ހުރީ ރިކުއެސްޓް ގަބޫލު ކުރާކަށްނޫނެވެ. ނަމަވެސް އަލަން އަނެއްކައި މެސެޖަކުން ރިކުއެސްޓް ގަބޫލުކުރަން ބުނުމުން ކުރީއެވެ. އެހެންނަހަދައިފިނަމަ ދެން ކަންތައްކުރާނެ ގޮތެއް އިނގެނީއެއް ނޫނެވެ. އިރުކޮޅަކުން އަނެއްކައި ލާނާއަށް ނޮޓިފިކޭޝަންއައީ އަލަންމެންގެ އާއިލާ ވައިބާރ ގުރޫޕަށް ލާނާ ލުމުންނެވެ. ނަމަވެސް މިފަހަރު އެއީ އަލަންއެއް ނޫނެވެ. އާލާއެވެ. އާލާ އެ ގުރޫޕަށް ލާނާ ލުމަށްފަހު ‘ވެލްކަމް ޓު އަވަރ ފެމިލީ ލާލާ’ ޖަހާފައި އިނެވެ. އެ ގުރޫޕުގައި ތިބެނީ ޝާކިރުގެ ދެމަފިރިންގެ އިތުރަށް އާލާއާއި އަލަންއާއި އާލިމްއެވެ. އާލިމްވެސް ލާނާއަށް މަރުހަބާ ކިޔާފައި އިނެވެ. ލާނާ ބަދަލުގައި ތެންކިއު އޭ ޖަހައިލިއެވެ. ލާނާ ފޯނު އެނދުމައްޗަށް ހޫރާލުމަށްފަހު އެއްޗެހި ބަދަލުކޮށްގެން އައިސް އޮށޯވެލިއެވެ. އެތައްފަހަރަކު އިދާންއަށް ގުޅަން ލާނާ ހިތަށްއެރިއެވެ. އެއަޑު އަހާލައި ހިތުންނެވެ. ނަމަވެސް އެހިތްވަރެއް ނުލިބުނެވެ.

********************************

އާދުވަހަކަށް އިރުއަރައިގެންއައީ އެކިމީހުންގެ ހަޔާތަށް އެކި ކުލަ ޖައްސަމުންނެވެ. އެމީހެއް އެމީހެއްގެ ދުވަހުގެ ކަންތަކައިގެން އުޅެމުންގެންދިޔައެވެ. ލާނާ އާދައިގެމަތިން ތައްޔާރުވެގެން އޮފީހަށްދާން ނުކުތެވެ.  ހަގީގަތުގައި ހިތުގައި މަލަންއަޅައި ފޮރުވައިގެން އުޅެން މަސައްކަތްކުރަނީއެވެ. ގެއިން ބޭރަށް ފިޔަވަޅުއެޅި ލާނާ ސިހުނީ ގޭގެ ދޮރުމަތީގައި ހުއްޓިލައިގެންހުރި އިދާންފެނިއެވެ. ކުއްލިއަކަށް އިދާން ފެނުމުން ލާނާ ސިއްސައިގެން ދިޔައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަމުން ލާނާ އިދާންއަށް ފުންކޮށް ބަލައިލިއެވެ. ބޯހެވިފައި ދެލޯކައިރި ވަނީ ކަޅުވެފައެވެ. ކަޅުކުލައިގެ ފަޓުލޫނަކާއި އަޅިކުލައިގެ ގަމީހެއް ލައިފައި ހުރިއިރު ބެގީ ވަނީ ނެއްޓިފައެވެ. އެވަގުތު އެއީ އޭގެ ކުރީދުވަހު ޑިއުޓީއަށްދާން ލައިގެންދިޔަ އެއްޗެހިކަން ލާނާއަށް ވިސްނުނެވެ. އެ މޫނު މައްޗަށް ބަލައިލުމުން ނުނިދާހުރިކަން ރަނގަޅަށް ހާމަވެއެވެ. ލާނާގެ ހިތުގައި ޖެހުނެވެ. އޭއީ އޭނާ ބޭނުންވި ގޮތެއް ނޫނެވެ. އިދާން އެހާލުގައި އުޅޭތަން ބަލާކަށް ލާނާއަކަށް ކެތެއްނުވިއެވެ. “އިދީ.. ކިހިނެއް ހަދާފަ ތިހުރީ. ބަލާބަލަ މީހާ ހުރި ހާލު.” ލާނާ ހާސްވެފައި ވާހަކަ ދެއްކިގޮތުން އިދާންގެ ގާތަށް ހިނިއައެވެ. “ހާދަ އަސަރެއް ތިކުރީ. އަދިވެސް ބުނާނި ލޯތްބެއް ނުވެޔޭތަ.” އިދާން މަލާމާތުގެ ރާގަށް ވާހަކަ ދެއްކިކަމުގައި ވިޔަސް އެއަޑުގައި ރިހުން އެކުލެވިގެންވެއެވެ. އިދާންގެ ވާހަކަ އިވިފައި ލާނާ ކަންހިނގައިދިޔަ ގޮތުގެމަތިން ހަނދާންވިއެވެ. އަދި ވަގުތުން މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. “އަ.. އާނ. އަހަރެން ނުވޭ ލޯތްބެއް.. އިދާން ކީއްކުރަން މިތަނަށް ތިއައީ.” ހަރުކަށިކަން ދައްކަމުން ލާނާ ވާހަކަދެއްކިއެވެ. “ޖަވާބު ހޯދަން މިއައީ. ހިނގާ އަހަރެންނާއެކު ދާން. އަހަރެން ބޭނުން ލާނާއާއި ވާހަކަ ދައްކަން.” އިދާންވެސް ބަދަލުގައި ބުންޏެވެ. އިދާންގެ އަޑުގައިހުރި ހަރުކަށިކަންފެނި ލާނާ ސިހުނެވެ. އެއީ އޭނާ ދަންނަ އިދާންއެއް ނޫނެވެ. އޭނާ ދަންނަ އިދާންއަކީ މަޑުމައިތިރި މީހެކެވެ. މީހުންގެ ކުރިމަތީގައި އަޑުއުފުލާ މީހެއްނޫނެވެ. ލާނާ ވަގުތުން ދާން ދެކޮޅުހެދިއެވެ. ނަމަވެސް އިދާންހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ވަގުތުން ލާނާގެ އަތުގައި ހިފައި ދާން ހިނގައިގަތެވެ. މިކަމަށް ނުވިސްނައިހުރި ލާނާ ހަމައަކަށް އެޅެން އިރުކޮޅެއްނެގިއެވެ. އެއަށްފަހު އަތްފޮޅުވައިލިއެވެ. “އިދާން ޑޯންޓް ޓަޗް މީ. އަހަރެން ދާން ބެނުންނުވާތީ މިބުނީ. އިތުރަށް ދައްކާނެ ވާހަކައެއްނެތް.” ލާނާ ހިތްހަމަނުޖެހިފައި ބުންޏެވެ. އަދި ޓެކްސީއެއް ނެގުމަށްފަހު އެރިއެވެ.

އޮފީހަށްއައިސް ވަތް ލާނާގެ ސަމާލުކަން ދިޔައީ ހެވިފައި ކެބިން ކުރިމަތީގައިހުރި އަލަންއަށެވެ. ކޮންމެވެސް ނުބައެއް އެބަ އުޅޭކަން ލާނާގެ ސިކުނޑިއަށް ވިސްނުނެވެ. “ހާއި މައި ގޮންގް ޓު ބީ ވައިފް.” އަލަން އެންމެންނަށް އިވޭނެހެން ބުނެލިއެވެ. ނަމަވެސް ލާނާ އެއްޗެއް ނުބުނެ ކެބިންއަށް ވަދެވޭތޯބެލިއެވެ. “ހެ ހޭ. ކީއްވެތަ މިފަހަރު ‘ގޮނަބީ ވައިފް މައި ފުޓް’ އޭ ނުބުނީ.” އަލަން މަލާމާތުގެ ރާގަކަށް ހޭންފެށިއެވެ. ކެބިންއަށް ވަންނަންއުޅުން ލާނާ މަޑުކުރަންޖެހުނީ އަލަން ކުރިބެއްދުމުންނެވެ. އަލަން ލާނާގެ ކޮނޑުގައި ހިފައި އެންމެންތިބި ދިމާއަށް އަނބުރައިލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިތިބީ ލާނާއާއި އަލަން އަށެވެ. “ހެލޯ އެވްރީވަން. މީޓް ލާނާ. ފިއުޗާރ މިސިސް އަލަން ޝާކިރު. ވީ އާރ ގެޓިންގް މެރީޑް ވިތްއިން ޓޫ ވީކްސް.” އަލަން ހެވިފައި އެންމެންގެ ތެރޭގައި ކައިވެނި އިއުލާންކުރިއިރު އެއަޑުގައި ވީ މަލާމާތެވެ. އެންމެން ހައިރާންވެފައި ބަލަންތިބީއެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އޮފީސް އެންމެންގެ ކުރިމަތީގައި އެތައް ޒުވާބެއްކުރެވިފައި އެބަ ހުއްޓެވެ. ލާނާ ލަދުގަތެވެ. އިތުރު އެއްޗެއް އަލަން ބުނުމުގެ ކުރިން ކެބިންއަށް ދެމިގަތެވެ.

ކެބިންއަށް ވަތް ލާނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި އިށީނެވެ. އިރުކޮޅެއްނުވެ ދޮރުހުޅުވައިލުމަށްފަހު ހުޒާމް ވެދެގެންއައެވެ. “ހޭއި. ލާލާ އޯކޭތަ؟” ހުޒާމް ކަންބޮޑުވެފައި އަހާލިއެވެ. ފަނޑުހިނިތުންވުމެއް ރައްދުކޮށްލުންނޫން އިތުރުކަމެއް ލާނާއަކަށް ނުވިއެވެ. “ކޮބާ އިދީ. އަހަރެން ވަރަށް ގުޅައިފިން. ފޯނެއް ނުނަގާ.” ހުޒާމް ސުވާލުކޮށްލިއެވެ. ލާނާގެ ހިތަށް އުނދަގޫވިއެވެ. ހުޒާމްއަށް ކަންތައް ވީގޮތް ކިޔައިދޭންވީބާވައެވެ. އެކަމަކުއެއީ އަލަންގެ އެންމެ ގާތް ރަހުމަތްތެރިޔާއެވެ. ވިސްނާލުމަށްފަހު ލާނާ ކަންތައް ވީގޮތުގެ ކުރު ހުލާސާއެއް ހުޒާމްއަށް ދިނެވެ. ނަމަވެސް ކައިވެންޏަށް މަޖުބޫރިކުރި ވާހަކަ ސިއްރުކޮށްފައެވެ. “ޒިމީ ބަލައިދީބަލަ އިދީ އުޅޭގޮތެއް. އަހަރެން ވަރަށް ހާސްވޭ.” ލާނާ ދެރަވެފައި ވާހަކަ ދެއްކިއެވެ. ލާނާގެ މޫނުފެނި އޭނާ އިދާންދެކެ ލޯބިވާވަރު ހުޒާމްއަށް އިހުސާސްވިއެވެ. ނުވިސްނުން ތަންކޮޅަކީ ލާނާ ކައިވެންޏަށް އެއްބަސްވި ގޮތެވެ. މިކަމުގެ އަޑީގައި ވަރަށްބޮޑު ނުބައެއް އުޅޭކަން ދެނެގަންނާކަށް  ހުޒާމްއަށް ގިނައިރެއްނުނެގިއެވެ. ކޮންމެގޮތެއް ހަދާފައިވިޔަސް މިކަމުގެ ހަގީގަތް ހޯދަން ހުޒާމް އަޒުމުކަނޑައެޅިއެވެ.

“ލާލާ ދެން ނުވިސްނާ އެކަމާ. އަހަރެން އިދީއަށް ބަލާނަން. ބަލައިގެން އުޅޭތި. ހިތްވަރު ދެރަނުކުރާތި. ވީ އާރ އޯލް ވިތް ޔޫ.” ހުޒާމް މަސައްކަތްކުރީ ލާނާ ހިތްހަމަ ޖައްސައިދެވޭތޯއެވެ. ވާހަކަ ދައްކަންތިބި ހުޒާމްއާއި ލާނާގެ ވާހަކަ މެދުކެނޑުނީ އެތެރެއަށްވަތް އަލަންފެނިފައެވެ. “އޯހ. މިތާ ކޮން މަޝްވަރާ ބައްދަލުވުމެއް މިދަނީ. ޒިމީއަށްވެސް ‘ލާލާ ފީވާރ’ ޖެހުނީތަ. ގައިން ގަޔަށް އަރާ ބައްޔެއްތަ މީ.” ލާނާއަށް ޖެއްސުން ނުކޮށެއް އަލަންއަކަށް ނުހުރެވެއެވެ. ލާނާގެ ރުޅިގަދަވިއެވެ. “އެހެންނު ވާނީ އަލަންގެ ދެފައި މުޅި ރާއްޖޭގަ” ލާނާ ދޫދޭކަށް ބޭނުމެއްނުވިއެވެ. އަލަންގެ ރުޅިގަނޑު އަނެއްކައި ގަދަވާންފެށިއެވެ. “އޯކޭ ހުއްޓާލާ. ފަށާނެ ގޮތެއް ނުފެނިފަ ދޯ ދެމީހުން ތިބެނީ.. އަހަރެން މިތަނަށްއައީ ލާލާގެ ހާލު ބަލައިލަން ވެގެން ހަމަ. އަލަންޓޭ ކީއްކުރަން މިތަނަށް؟” އަލަންއަށް އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ހުޒާމް ވާހަކަދެއްކިއެވެ. އަލަން ރުޅިއައިސްހުރެ ލާނާއަށް ލޯ އަޅައިލިއެވެ. “އަހަރެން މިއައީ މިއަދު ރަންކިޔަން ނުދާނެ ވާހަކަ ބުނަން. މާދަން ބޭބެ އައިމަ  އޭނަ ގޮވައިގެން ދާނަން ޕަޕީފޭސް ކައިރިއަށް. ބައްޕަމެން ކައިރީ ބުނާތި.” އަލަން އޭނާ އެތަނަށްއައި ބޭނުން ހާމަކުރިއެވެ. ލާނާ ޝައުގުނެތްގޮތަކަށް ބޯ ޖަހައިލިއެވެ. އެއްގޮތަކުން ރަނގަޅެވެ. މިއަދު ނާންނާނެ ނޫންހެއްޔެވެ. އަލަންއާއި ހުޒާމް އިތުރަށް މަޑުނުކޮށް ނިކުމެގެންދިޔައެވެ. އެމީހުން ނުކުމެގެން ދިއުމުން ލާނާވެސް މަސައްކަތައިގެން ކުރިޔަށްދެވޭތޯއުޅުނެވެ.

އޮފީހުގެ މަސައްކަތްތައް ނިންމުމަށްފަހު ލާނާ ގެއަށްދާން ބޭރަށް ނުކުންނަމުން ހަސީނުއަށް ގުޅައިލީ ބަލައި އާދެވޭނެތޯ އަހަންވެގެންނެވެ. ނަމަވެސް ހަސީނުހުރީ މީޓީންގް އެއްގައިކަމުން އާދެވޭގޮތެއް ނުވިއެވެ. ލާނާގެ މާޔޫސްކަންއިތުރުވިއެވެ. ހަވީރުގެ ވަގުތު ކަމުން މާލެއިން ޓެކްސީއެއް ހޯދުމަކީ އުނދަގޫކަމެކެވެ. މަޑު ހިނގުމެއްގައި ނުކުންނަންއައި ލާނާގެ ފިޔަވަޅު ހުއްޓުނީ ސައިކަލު މަތީގައި މަޑުކޮށްގެންއިން އިދާންފެނިފައެވެ. ލާނާ ވަގުތުން އެތެރެއަށް ވަންނަން ހިނގައިގަތެވެ. ބާރު ބާރަށް އެތެރެއަށް ވަންނަންއައި ލާނާ ލައިގަތީ ބޭރަށް ނުކުންނަންއައި އަލަންގެ ގައިގައެވެ. ކައިރީގައި ހުޒާމްވެސް ހުއްޓެވެ. އަލަން ހަށިގަނޑު ބެލެންސް ކުރަމުން ލާނާ ވެއްޓުނަ ނުދީ ހިފެހެއްޓިއެވެ. “ޕަޕީފޭސް. ހަމަ ބަލައިގެން ނުހިނގެނީތަ މަންޖެއަށް. ނޫނީ އާދަކަށްވެފަ ހުންނަ ކަމެއްތަ މިއީ.” އަލަން އަޑަށް ބާރުލާފައި ބުންޏެވެ. ލާނާ ވަތުގުން ދުރަށް ޖެހިލިއެވެ. “ލާލާ ގެއަކަށް ނޫންތަ ތިދަނީ؟” ހުޒާމް ސުވާލުކޮށްލިއެވެ. ” އަ. އާނ. އަލަން. އަހަރެން ގެއަށް ލައިދީފާނަންތަ؟ ބައްޕައަށް އާދެވެން ނެތުމުން ދާނެ ގޮތެއް ނެތިގެން.” އިތުރު ގޮތެއް ނެތުމުން ލާނާ އަހައިލިއެވެ. އަލަން ގާތަށް ހިނިއައެވެ. އެންމެފަހުން ކަމަކުވެސް ކިއީތާއެވެ. ކޮށްދޭން ބޭނުންނުވި ކަމުގައިވިޔަސް އަލަން އެކަމަށް އެއްބަސްވިއެވެ. ލާނާ އެކަނިކޮށްފައި ދާންބޭނުންނުވާތީއެވެ.

ތިންމީހުން އެކީގައި ބޭރަށް ނުކުންނަންއައެވެ. ލާނާހުރީ ހުޒާމްއާއި އަލަންގެ މެދުގައެވެ. ބޭރަށްނުކުތް އަލަންއަށް ސައިކަލު މަތީގައި އިން އިދާންފެނުނެވެ. އަލަންއާއި އެކީ ލާނާ ދާން ނިންމީ ކީއްވެކަން އަލަންއަށް ވިސްނުނެވެ. އަލަން ވަގުތުން ލާނާގެ އަތުގައި ހިފިއެވެ. އިދާންއަށް ދައްކާށެވެ. އަތްފޮޅުވައިލަން ބޭނުންވިޔަސް ލާނާ މަޑުންހުރީ އިދާންއަށް ހުރީމައެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރު ގަބޫލުނުކުރެވިފައި އިދާން އިނެވެ. ލާނާއާއި އަލަންގެ އަތުގުޅިފައިވީ މަންޒަރު ފެނުމުން އިދާންގެ ހިތުގައި ރިއްސައިލިއެވެ. ލާނާ ރުޅިވުމުގެ ސަބަބަކީ މިއީތާއެވެ. ލާނާ ކައިވެންޏަށް އެއްބަސްވީއެވެ. ކީއްވެކަމެއް ނޭނގުނަސް އޭގެ ފަހަތުގައި ބޮޑު ސިއްރެއް ވާނެކަން އިދާންއަށް އިނގުނެވެ. އަދި އެއީ ކޮން ސަބަބެއްކަންވެސް ލާނާ ގެ ދުލުން އިދާން ހޯދާނެއެވެ. އިތުރަށް އެމަންޒަރު ބަލަން ކެތްނުވުމުން އިދާން ދިއުމަށްޓަކައި ސައިކަލު ދުއްވައިލިއެވެ. އިދާންގެ ސައިކަލު އޮބައިލުމުން ލާނާ ވަގުތުން އަތްފޮޅުވައިލިއެވެ. އަލަންގެ ހިނގަނޑެއް ޖަހައިލިއެވެ. ހުޒާމް ލާނާގެ ކޮނޑުމަތީގައި އަތްބާއްވައިލީ ހިތްވަރުދެމުންނެވެ. އަލަން ގަރާޖުން ކާރު ނެރުމުން ލާނާއާއި ހުޒާމް ކާރަށް އެރިއެވެ.

******************************

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ފްލައިޓު ޖެއްސުމާއިއެކު އެ ޒުވާނާ އަވަހަށް ފްލައިޓުން ފޭބުމަށް އަވަސްވެގަތެވެ. ގަމީހުގެ ޖީބުން ރޭބަން އަވިއައިނު ނެގުމަށްފަހު އަޅައިލިއެވެ. ފެންނަ ކޮންމެ މީހެއްގެވެސް ހިތްދަމައިގަންނަ ކަހަލަ ސިފަތަކެއް ލިބިގެންވާ ޒުވާނެކެވެ. އަޅިކުލައިގެ ‘ރިޕްކާރލް’ ގަމީހަކާއި ނޫކުލައިގެ ‘ކުއިކްސިލްވާރ’ ޖީންސެއް ލައިފައި ހުންނައިރު އެ ޒުވާނާ އާއި ވަރަށް ގުޅެއެވެ. އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައި ހުރުމުން އެ މޫނާއި ވަރަށް ގުޅެއެވެ. ތުނބުޅިމަތިމަސް ބަހައްޓަފައި ހުރުމުން ފިރިހެންވަންތަކަން އިތުރު ކޮށްދެއެވެ. އެޒުވާނާ އޭނާގެ ކުއިކްސިލްވާރ ބެކްޕެކް ކޮނޑުގައި އަޅުވައިލުމަށްފަހު ފޯނުން ގަޑި ބަލައިލިއެވެ. އޭރު ގަޑިން މެންދުރު 12 ޖެހީއެއެވެ. އަވަސް އަވަހަށް ލަގޭޖް ހޯދައިގެން އެރައިވަލް ގޭޓާއި ދިމާލަށް ދިއުމަށްޓަކައި ހިނގައިގަތެވެ. ހަމަ އެވަގުތު އެރައިވަލް ގޭޓުން ނުކުންނަންއައި މީހެއްގެ ގައިގައި ލައިގަތެވެ. “އައިއެމް ރިއަލީ ސޮރީ” އެ ޒުވާނާ މަޢާފަށް އެދެމުން އިސްއުފުލައި ބަލައިލިއެވެ. އެވަގުތު ކުރިމަތީގައި ހުއްޓިލައިގެންހުރި އަންހެންކުއްޖާފެނި ހިނދުކޮޅަކަށްނަމަވެސް ބަސްހުއްޓުނެވެ. ހުދުކުލައިގެ ޓީޝާޓަކާއި ނޫކުލައިގެ ޖީންސެއް ލައިގެން ހުރިއިރު އެ ހަށިގަނޑާއި ވަރަށް ގުޅެއެވެ. ފަންފަން އިސްތަށިގަނޑު ހާވާލައިފައި ވާއިރު ދެލޮލުން ފެންނަނީ މައުސޫމުކަމެވެ. އެހާ ދޮން ނޫނަސް ކަޅެކޭ ނުބުނެވޭއެވެ. ފުރަތަމަ ނަޒަރުންވެސް އެ ސޫރަ ހިތުގައި ބިންވަޅު ނެގުނެވެ. “ދަރިފުޅާ އައިކާ. އާދޭ ދާން.” އެވަގުތު އެ އަންހެންކުއްޖާ ކައިރީގައި ހުއްޓިގެންހުރި ހަރުފުރައިގެ އަންހެނެއްބުންޏެވެ. އެމީހާއާއި ޖެހިގެން ހަރުފުރައިގެ ފިރިހެނެއްވެސް ހުއްޓެވެ.

“އައިކާ..” އެ އަންހެންކުއްޖާ ދިޔަދިމާއަށް ބަލަމުން އެ ޒުވާނާ ތަކުރާރު ކޮށްލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

ރާސްތާ 29

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 4

Next
August 28, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 4

Previews
August 27, 2018

ރާސްތާ 29

19 Comments!

  1. Twinkle says:
    August 28, 2018 at 2:16 pm

    Thi Alan ulhey gothun v v foohi. Foohi ekanyeh nun rulhives aadhey ? Thimaa varu kameh nethigen ..
    Mi part ves v v salhi laalaa n idhee dhuru nukurahche..??? Alan beynun haa gothakah hurihaa kameh nunihmahche. Wedding ge kurin idhy ah true ingeyne tha? True ingigen wedding cancel vaane nama??. dhen thi gut vegen ulhey Alan laalaa fahathun dhuvan jeheyne nama ???

    1. Twinkle says:
      August 28, 2018 at 2:18 pm

      Anyway me first dhw ☺️
      Nice story??

    2. Anha says:
      August 28, 2018 at 3:23 pm

      Thankyou so much twinkle. And congrats on being the first?❤ lets see dhw vaa gotheh.. alan adhi laalaa fahathun dhuvaa dhuvaheh aisdhaane ennu dhw .. keep reading?

  2. naash says:
    August 28, 2018 at 3:07 pm

    hey twinkle sis cool veba.. stry vvvv nice

    1. Anha says:
      August 28, 2018 at 3:25 pm

      Thankyou dear❤?

    2. Twinkle? says:
      August 31, 2018 at 3:37 pm

      Hey naash sis… kokkoge twinkle sis eh nun einy cmnt khfa 1st ah… ae ehn twinkle eh… kokkoge twinkle sis adhi kiriyaa mi part mi kii vs… hehe… dhn faharakun rngalhah name ah balaalahche… mi twinkle ge name ga innaane ? eh ???

  3. Anha says:
    August 28, 2018 at 3:21 pm

    Hello everyone. Heres the 10th part of the story. Hope you all will like this part too. Let me know what you all think of this part. Thankyou for the love and support. Insha allah next part on thursday.. keep reading.. ❤❤and any guess whos the “zuvaanaa” is???

  4. hamtii says:
    August 28, 2018 at 4:49 pm

    habeys…keep it up anha…btw the zuvaana is aalim…am i right…wen next

    1. Anha says:
      August 29, 2018 at 5:10 am

      Thankyou hamtii. You might be right.? keep reading. Next part on thursday?

  5. Ibsha says:
    August 28, 2018 at 9:51 pm

    Varah reethi

    1. Anha says:
      August 29, 2018 at 5:11 am

      Thankyou dear?

  6. Unknown girlll.. says:
    August 29, 2018 at 6:08 am

    V. Reethi when nxt

    1. Anha says:
      August 29, 2018 at 7:52 pm

      Thankyou dear. Next part on thursday?

  7. Cherry? says:
    August 29, 2018 at 6:45 pm

    Varah reethi curiouse to know what with happen nxt❤?❤???

    1. Anha says:
      August 29, 2018 at 7:53 pm

      Thankyoi cherry. Next part on thursday?❤

  8. Cute girl says:
    August 30, 2018 at 3:54 pm

    Alhey alan fahun loabi vedhaanu .lalaa ah ves vevidhaanu .eyrun mi story salhi vaane .keep it up. Really cool.hurihaa ehmenge furathama loabi haasil eh nuvaane.❤??

    1. Anha says:
      August 30, 2018 at 8:45 pm

      Thankyou dear❤?

  9. Anha says:
    August 30, 2018 at 8:47 pm

    Guys. 11th part is already uploaded. I uploaded it today morning. And its still on pending. Once the admin approves you can see it. Thankyou all for the support.?

  10. Twinkle? says:
    August 31, 2018 at 3:38 pm

    Mi part vs hama habeys masha allah…

Comments are closed.

Next Episodeކުށަކާނުލައި- 11ވަނަބައި←


All Right Reserved!