Skip to content
އެސްފިޔަ

ބަރުބާދު (ފަސްވަނަބައި)

“..މަން..މާ..” ކައިލް މަންމައާ ދިމާއަށް ބަލާލަމުން ގޮވާލުމާއެކު މަންމަ އަތުގެ ހޫނު އެތިފަހަރެއް ކައިލްގެ ކަންކަށި މައްޗަށް އަރައިގެންދިޔައެވެ.

އަހަރެންނަށް ހީވީ އަހަރެންގެ ކަންކަށިމަތީ ވީއްލާލިހެންނެވެ. މޫނު މަތިން ދިލައަރައިގެން ދިޔަހެންހީވިއެވެ. އެހިނދު އަހަރެންނަށް މަންމައާ ދިމާއަށް ބާރަށް ފިޔަވަޅުތައް އަޅަންފެށުނީ ބޭއިޚްތިޔާރުގައެވެ. ނަމަވެސް މަންމަ އެކުރީ މަންމަގެ މަޤާމްގައި އަހަރެން ހުރި ނަމަވެސް ކުރާނެކަމެއްކަން ވިސްނުމުން ހުއްޓުނީއެވެ.

ކައިލް އެއްފަރާތަކަށް މޫނު އަނބުރާލައިގެން ހުރެފައި މަންމައާ ދިމާއަށް އެނބުރުނުއިރު އެލޮލުގެ ތެރޭގައިވަނީ ކަރުނަތައް ގިނަވެފައެވެ.

“..މަމް.. އައި އޭމް ސޮރީ..” ކައިލްގެ އަޑުވެސްވަނީ ބެދިފައެވެ.

“.. ހަބަރުދާރު.. މަށަށް މަންމަ ނުކިޔާތި..” މަންމަގެ ބާރު އަޑާއެކު ކައިލްގެ ކަންކަށި މައްޗަށް އަނެއް ބޮނޑި އަރާގެންދިޔަ ހިނދު ކައިލްއަށް ދެލޯމަރާ ބާރުކޮށްލެވުނީ މޫނަށް އަރައިގެން ދިޔަ ދިލައަށް ކެތް ނުވެގެން ކަންނޭގެއެވެ. އޭނާއަށް ވާނެ ތަދު އަހަރެންނަށް އިޙްސާސްކުރެވުން ކަމުގައި ވިޔަސް އެދެމެދަށް ނުވަނުމަށް އަހަރެންހުރީ އަޒުމް ކަނޑައަޅައިގެންނެވެ.

“..މަމް..” ކައިލް ލޯ ހުޅުވާލަމުން އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތްކުރިއެވެ.

“..ބުނެފީމެއްނުން.. މަށަށް މަންމަ ނުކިޔާށޭ.. މަގޭ ދަރިޔަކު ތިފާޑަކަށް ނޫޅޭނެ..” މިފަހަރުވެސް މަންމަ ކައިލް ގައިގާ ޖެހުމަށް އަތްނެގިތަން އަހަރެންނަށް ފެނުނެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ މަންމަގެ އަތުގައި ޔުމްނު ހިފެހެއްޓިތަނެވެ. ޔުމްނު އެދޭތެރެއަށް އެވަނީ ކޮން ހައްޤެއް އޮވެގެންބާއޭ އަހަރެންގެ ހިތަށް އެރިއެވެ. ހިތުގައި ފޫހިކަމެއް އުފެދިގެންދިޔައެވެ.

“..ދައްތާ ހެޔޮ ނުވާނެ.. ދައްތަގެ ދަރިޔެކޭ އެއީ..” މަންމަގެ އަތުން ދޫކޮށްލަމުން ޔުމްނު ބުނެލިއެވެ. މަންމަ ޔުމްނުއާ ދިމާލަށް ބަލާލީ ނަފްރަތުގެ ބެލުމަކުންނެވެ. ރުޅިވެރި ނަޒަރަކުންނެވެ.

“..ތީ އޭނަގެ ކާކުތަ؟..” މަންމަ ނުރުހިފައި ބުނެލި ޖުމްލައާއެކު ޔުމްނު އިސްދަށަށްޖަހާލިއެވެ.

“..ބުނެބަލަ..” މަންމަ ތަންކޮޅެއް ބާރަށް އެހެން ބުނެލުމާއެކު ޔުމްނުއަށްވެސް ކޮންމެސް ވަރެއްގެ ސިހުމެއް ލިބުނެވެ.

“..ދައްތާ ރުޅިމަޑުކޮށްފަ އެއްފަހަރުވެސް ހަމަޖެހިލައިގެން މިކަމާމެދު ވިސްނާލާބަ.. ކައިލް ދައްކާ ވާހަކަ އަޑު އަހާބަލަ..” ޔުމްނު މަންމަގެ މޫނަށް ބަލަމުން ވާހަކަދެއްކީ ބިރުން ހުރެއެވެ.

“..އަދިވެސް މި ދައްތައަށްތަ ނުވިސްނިގެން މިއުޅެނީ..” މަންމަގެ އަޑު އެންމެ ތަންކޮޅެއްވެސް މަޑެއްނުވެއެވެ. މަންމަ އެހާ އަޑުގަދަކޮށް ވާހަކަދައްކަނިކޮށްވެސް މިނޫނީ އިވިފައެއްވެސް ނުވެއެވެ.

“..ބުނެބަލަ.. ޔުމްނުއަށް ތިކުރެވެނީ މާ މޮޅުކަމަކީތަ؟..” މަންމަ ޔުމްނު ކައިރިއަށް ޖެހިލިއެވެ. “..ކައިލް އެއީ މީހެއްގެ ފިރިއެއްކަމެއް ދަރިއެއްގެ ބަފައެއްކަމެއް ޔުމްނުއަކަށް ނޭގޭތަ؟.. ޔުމްނު މިކަމާމެދު ވިސްނާލިންތަ؟ ތިގޮތަށް ކަންތައްކޮށްގެން ކިތައްމީހުންގެ ދިރިއުޅުންތަ ހަލާކުވެގެން އެދަނީ… ދަރިޔަކު ބަފައެއްގެ ލޯބިން މަހުރޫމްކޮށްލާ އަތްބަކު ފިރިއެއްގެ ލޯބިން މަޙްރޫމްކުރާއިރު ޔުމްނުގެ ހިތައް ހަމަ އެކައްޗެއްވެސް ނާރަނީތަ؟ މާތްﷲ ހަރާމްކުރައްވާފައިވާ ފާފަތައް ކުރަމުން ދުވާއިރު ބިރެއްވެސް ނުގަންނަނީތަ؟ “

މަންމަގެ ވަށްވެފައިވާ ދެލޮލުން ބަލަމުން ޔުމްނުއާ ދިމާއަށް އެހުރިހާ އެއްޗެއް ކީއިރު ޔުމްނު ހުރީ އިސްދަށަށް ޖަހާލައިގެންނެވެ. ކައިލްވެސް ހުރި ފިޔަވަޅުމަތީ ހުއްޓި ހުރީއެވެ.

“..އެހެންވީމަ ދައްތައަށް ވިސްނާދިނުމަށްވުރެ އަމިއްލައަށް ކަންތައް ކުރެވޭ ގޮތާމެދު ވިސްނާލުން މާރަނގަޅުވާނެ..” ޔުމްނުއަށް ބަހެއް ބުނަން ނުކެރުނުތާގައި އިސްއުފުލާލައި ބަލާލަންވެސް ނުކެރުނެވެ.

“..ދެން މިހުރީ މި ފިރިހެނާ..” މަންމަ ކައިލްއާ ދިމާއަށް އެނބުރެމުން ބުންޏެވެ.

“..ކޮންފާޑަކަށް އުޅެން ދިމާކޮށްފަ ތިހުރީ.. އުމުރުން 26 އަހަރު ފުރިފަހުރި ބޮޑު ފިރިހެނެކޭތީ.. ދަރިއެއްގެ ބަފަޔެކޭތީ.. ލަދު ނުގަންނަ ކަމޭ ހިތަށް އަރާ.. ތީ ގައިމު ކައިލްގެ މަންމައެއް ބައްޕައެއް އުޅުނުގޮތެއްނޫން.. މިހާރު ކައިލްތީ އަހަރެން ބަނޑުއަޅާ ވިހޭ ދަރިޔެކޭ ބުނަންވެސް ލަދުގަނޭ..” އެހެން ބުނަމުން މަންމަ ކައިލްއަށް ފުރަގަސް ދިނެވެ.

މަންމަގެ މޫނު މަތީގައިވާ އުދާސްތައް އަތުގެ ނުފުށުން ފުހެމުންދިޔައިރު ދިޔައިރު އެއަތުގައިވި ތުރުތުރުލުމާއި ތުންފަތުގައިވި ތުރުތުރުލުން އަހަރެންނަށް ވަރަށް ރީއްޗަށް ފެނުނެވެ. ދަރިޔަކު އެފަދަ ގޮތަކަށް އުޅުމުން މަޔެއްގެ ހިތަށް ކުރާނެ އަސަރު އަހަރެންނަށްވެސް އިހްސާސްވެއެވެ. މަންމަ ރުޅިއައިސްފައި ހުރިނަމަވެސް އެހިތުގެ އެންމެ ފުނަށްވެސް އަސަރުކޮށްފައިވާކަން ލޮލު ތެރެއަށް ޖަމާވަމުންދިޔަ ކަރުނަތައް ހެކިދެއެވެ. އެހިތް ފަޅަފަޅައިގެންގޮސްފައިވާ ކަހަލައެވެ. އެކަރުނަތައް ހިންދުމަށް އަވަސްއަވަހަށް އެސްފިޔަ ޖަހަމުންދިޔަ ނަމަވެސް މަންމައަށް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. ކަރުނަތައް ލޮލުން އޮހެމުން ދިޔަވަރަކަށް ބޮޑުވާ އިނގިލިން ފޮހެމުންދިޔައެވެ.

“..މަމް..” ކައިލް އިސްއުފުލާލަމުން ވާހަކަދައްކަންފެށުމާއެކު މަންމަ ދެލޯ މަރާލީ އެއަޑު އިވުމުން ކުރި އަސަރެއްގެ ބޮޑުކަމުން ކަންނޭގެއެވެ. “..ކަންތައްވީގޮތް އޮޅުން ފިލުވަދޭން އަހަރެން ބޭނުން..”

ކައިލް އެއުޅެނީ ކޮން ވާހަކައެއް ދައްކަން ހެއްޔެވެ؟ މަންމައަށް ސާފުނުވާ އިތުރުކަމެއް އެބައޮތްބާއޭ އަހަރެންގެ ހިތަށް އެރިއެވެ. އެހިނދު ކައިލްގެ ޕްލޭން މަތިން ހަނދާންވުމާއެކު ހިތުގައި ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ.

މަންމަ ލޯ ހުޅުވާލަމުން ދެއަތައް ބަލާލަމުން އަތް ތިރިކޮށްލަމުން ބޯ ހޫރުވާލިއެވެ. މަންމައަށް އަތް އިސްކުރެވުމުން އަމިއްލަނަފްސު ކުއްވެރި ކުރެވުނީހެން އަހަރެންނަށް ހީވިއެވެ.

“..މަންމާ..” ކައިލް މަޑުމަޑުން މަންމަގެ ކޮނޑުގައި އަތްބާއްވާލި ހިނދު މަންމައަށް ދެލޯ މަރާބާރުކޮށްލަމުން ދެތުންފަތް ފިއްތާ ބާރުކޮށްލީ ރުޅި ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުންނެވެ.

“..މަންމާ.. ޤަބޫލްކުރަން ކުއްވެރިޔަކީ އަހަރެންކަމަށް.. އަހަރެން ބޭނުން މަންމައަށް ހުރިހާ ކަމެއް ސާފުކޮށްދޭން.. މަންމާ އަހަރެން..” މަންމަ ދެލޯ ހުޅުވާލަމުން ކަރުނަތައް ފޮހެލަމުން ކައިލްއާ ދިމާއަށް އެނބުރުނީ ކައިލްގެ ވާހަކަތައް ހުއްޓުވުމަށް އަތުން އިޝާރާތްކޮށްލަމުންނެވެ.

“..ކައިލް މަންމަ މިދައްކާ ވާހަކަ އަޑުއަހާ..” މަންމަގެ އަޑުގައި ހަރުކަށި ކަމެއް ހުއްޓެވެ. “..ކައިލް ސާފުކޮށްދޭންޖެހޭ ވަރުގެ ކަމެއް ނެތް.. ކައިލް ކުޅެމުން އައި ކުޅިގަނޑު މިއޮތީ ލޯ ކުރިމައްޗަށް ފެނިފަ.. ޔުންމުއާ އިންނަން ބޭނުންވެގެން އުޅޭކަންވެސް މިމަންމައަށް އެނގޭ.. ދެން ކައިލް އިތުރައް އޮޅުންފިލުވައި ދޭންޖެހޭ އެއްޗެއް ނެތް.. އެހެންވީމަ މަންމަގެ ނިންމުން މިބުނަނީ ތި ކާވެންޏެއް ލޫޝާއާ އިނދެގެންހުރެ ނުކުރެވޭނެ.. އަދި ބުނަން ލޫޝާ ވަރިކޮށްލައިފިނަމަ ނޫނީ މިހިރަ ފެންނަ ޔުމްނުއާ އިނދެފިނަމަ ކައިލްއަށް ކައިލްގެ މަންމަ މަރުވެއްޖެކަމަށް ހީކޮށްލާ..”

މަންމަގެ އެޖުމްލައާއެކު ކައިލްއަށް ހައިރާންކަމާއެކު މަންމަގެ މޫނަށް ބަލާލެވުނުއިރު ޔުމްނުވެސް އިސްއުފުލާލައި މަންމައަށް ބަލާލިއެވެ. އަދި ކައިލް ޔުމްނުގެ މޫނަށް ބަލާލަމުން މަންމަގެ މޫނަށް ބަލާލީ މޮޅިވެރިކަމާއެކުއެވެ.

“..އެދުވަހަކުން މިމަންމައާ ކައިލްއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނެކަން ހަނދާންކުރާތި..” މަންމަ އެހެންބުނަމުން ބާރު ހިނގުމުގައި ކޮޓަރިން ނުކުތުމަށް ހިނގައިގަތީ އަހަރެން ކައިރީ ގެޔަށް ދިޔުމަށް ބުނަމުންނެވެ.

ކައިލް ދެއަތުން މޫނުމަތި ފުހެލަމުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތްކޮށްޕާލަމުން އެނދުގައި އިށީނީ ހާސްވެހުރެއެވެ. އަހަރެން ކޮޓަރިން ނުކުތުމަށް ހިނގައިގަތްއިރު ހިތަށް ހަމަޖެހުމެއް ލިބިފައިވެއެވެ. ކަންތައްވެ ނިމިގެން ދިޔައީ އަހަރެން ބޭނުންވިގޮތަށެވެ. ކައިލްއާ ޔުމްނުގެ ކާވެންޏެއް ދެނެއް ނުކުރެވޭނެއެވެ. ދެން ކައިލްއަށް ޖެހޭނީ މަޖުބޫރުން ވިޔަސް އަހަރެންނާއެކު އުޅޭށެވެ. އަހަރެން އެމަޖުބުރީގެ ފައިދާނަގައި ކައިލްއަށް ކުރިޔަށްވުރެ ބޮޑަށް އަޅާލައި ވާހަކަދައްކައިގެން އެލޯބި އަނބުރާ ހޯދުމަށް މަސައްކަތްކުރާނަމެވެ.

“..ކަލެޔަށް މާމޮޅުކަމެއް ނޫން އިނގޭ ތިކުރެވުނީކީ..” އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ޔުމްނުގެ ބާރު އަޑުއިވިފައެވެ.

އަހަރެން ފަހަތަށް އެނބުރި ބަލާލުމާއެކު ޔުމްނުގެ ރުޅި އައިސް ރަތްވެފައިވާ މޫނުފެނުނެވެ. އެދޮލޮލުގައި ވަނީ ނަފްރަތުގެ އަލިފާން ގަނޑެއް ރޯކޮށްލާފައެވެ. އެދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. އަހަރެން ތުންފަތްމަތީ ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ. ޔުމްނު ބާރު ހިނގުމުގައި އަހަރެންނާ ދިމާއަށް ހިނގަމުން އައި އިރު ހީވީ ލޮލުތެރޭ އަނދަމުންދާ އަލިފާންގަނޑުން އަހަރެން ފިއްސާލަން ބޭނުންވެގެން އައި ހެންނެވެ.

“..މަންމަ މިތަނަށް ވައްދައިގެން.. މަންމަ ބޮލަށް ހުތް އަޅައިގެން ކަލެޔަށް ކާމިޔާބުވާނޭ ހީނުކުރާތި..” ޔުމްނު އަހަރެން މޫނުގައި އިނގިލި ޖެހޭ ވަރަށް ކައިރިކޮށްލަމުން ބުނެލިއެވެ. އަހަރެން އެނދުމަތީ އިށީދެނގެން އިން ކައިލްއަށް ބަލާލަމުން ޔުމްނުގެ އިނގިލި ތިރިކޮށްލީ ހިނިތުންވެ ހުރެއެވެ. އަދި  ކޮޓަރިން ނިކުންނަން ހިނގައި ގަތީ ވިހަ ހިނިތުންވުމަކާއެކުއެވެ. އެހިނިތުންވުމުން ޔުމްނުގެ ލޭތައްކެކިގެން ދާނެކަން އަހަރެންނަށް އެނގެއެވެ.

“..ބުނާނެ އެއްޗެއް ކަމަނާއަށް ނޭގުނީތަ؟..” ޔުމްނު އަހަރެންގެ އަތުގައި ހިފަހައްޓައިލަމުން ޔުމްނުއާ ދިމާއަށް އަނބުރާލިއެވެ. “..އަނގަ ބަންދުވީތަ؟ އެނގޭ ވިއްޔަދޯ މަންމަ އެހެން ބުންޏަސް ކަލޭ ވަރިކޮށްފަ ނަމަވެސް މި ޔުމްނުއާ އިންނާނެކަން..”

އަހަރެންނަށް ދަތްތަކަށް ބާރުކޮށްލެވުނެވެ. ޔުމްނު ހީކުރީ ކީކޭކަމަށް ހެއްޔެވެ. އަހަރެން އަނގައިން ނުބުނަން މިހުރީ ހަމަ އެންމެ ސަބަބަކަށްޓަކައެވެ. ބުނާނެ އެއްޗެއް ނޭގިގެނެއް ނޫނެވެ. ކައިލް މިހާރު އެއިނީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައިކަން އަހަރެންނަށް އެނގެއެވެ. ކައިލްގެ އެހާސްކަމުގެ ތެރެއިން އަހަރެން ބުނެލާ ބަހަކުން އޭނާގެ ރުޅިއައިސް ރުޅި ކޮންޓްރޯލްއިން ނެއްޓިގެން ގޮސް ހުރިހާކަމެއް ގޯހުން ގޯހަށް ދާކަށް އަހަރެން ބޭނުމެއްނޫނެވެ.

“..ބުނެބަލަ.. ދޫހެލޭ ކަމަނާ އެއްޗެކޭ ބުނެބަލަ..” ޔުމްނު އައިސްފައިހުރި ރުޅިއާއެކު އަހަރެންގެ މޭމަތީ އަތް ޖައްސާލަމުން ފަހަތައް މަޑުމަޑުން ކޮއްޕާލިއެވެ. އަހަރެންގެ ލޭތަށް ކެކިގެންދިޔަ ހިނދު ލޯ ވައްކޮށްލަމުން ޔުމްނުއަށް ބަލާލެވުނެވެ. ހަމައެސިކުންތުގައި އަމިއްލަ ނަފްސް ހަމަޔަކަށް އަޅުވަން މަސައްކަތްކޮށްލީމެވެ. މިވަގުތު ޔުމްނުއާ ކުރިމަތި ނުލުމަށް ސިކުނޑިއަށް ވިސްނާދިނީމެވެ.

“..ނޭގުނު ދޯ ބުނާނެ އެއްޗެއް.. ތީ ކަލޭގެ ފެންވަރަކީ އަހަރުމެންގެ ކުރިމަތީ ކަލެޔަށް ނުކެރޭނެ ޗުއްޕްވެސް ބުނަން.. ކަލޭ ތިހެން އަނގަ ބައްދައިގެން ހުއްޓާ މި ޔުމްނު ޝަޢުޤަތު ކަލޭގެ ފިރިމީހާ އަޙްމަދު ކައިލްއާ އިންނާނީވެސް.. އެވެސް ދެއަތްބަށް.. ކަލޭ އިންނަންޖެހޭނީ ކޮޓަރި ކަނަކަށްވަދެ ރޯލަ ރޯލާ.. އަޑު އިވިއްޖެތަ؟.. މިދުވަސް ވަރަށް އަވަހަށް ކަލެޔަށް ފެންނާނެ..”

“..އެހެންތަ ހީވަނީ.. ނިކަން އިނދެބަލަ ކައިލްއާ.. އިނދެވިދާނޭ ކަލެޔަށް ހީވަނީތަ؟ އޭނ.. ” އަހަރެންނަށް ހަޅޭ ލަވާގަނެވުނީ ކެތްނުކުރެވިގެންނެވެ. އަހަރެން ޔުމްނުއާ ކުރިމަތިލީމެވެ. “..މި ލޫޝާ ޢަލީއާ އިނދެގެންހުރެ ތި ޔުމްނު ޝަޢުޤަތަކާ އިންނާކަށް ހަމަ ލާހިކު ކުޅަދާނައެއްނޫން… ކަލޭ ހީކުރީ މަށަށް ބުނާނެ އެއްޗެއް ކުރާނެ ކަމެއް ނޭގިގެން އުޅެނީކަމަށްތަ؟ އޭނ.. މަށެއްނޫން ކަނަކަށް ވަދެ ރޯންވީކީ.. ކަލޭ ރޯންވީ ވަގުތު އައިސްޖެހިފަ މިއޮތީ.. އަދި ބުނަން މަށެއް ނޫޅެމޭ ކަލޭހެން ލަދު ހަޔާތް ކުޑަވެގެންނެއް.. ހިލޭ ފިރިހެނަކާ ގުޅުން ހިންގަމުން ދުވާއިރު ލަދެއްވެސް ނުގަނޭނުން.. އަނގަފުޅާކޮށްފަ ވާހަކަ ދައްކާއިރު ކަލެޔަށް ހީވަނީތަ ތިކުރެވެނީ މާމޮޅުކަމެކޭ..”

“.. ކަލޭއޭ ލަދުގަންނަންވީ.. ކަލެޔަށް މޮޅަށް ކަންތައް ނުކޮށްދެވޭތީއޭ ކަލޭގެ ފިރިމީހާ މަކައިރިއަށް އައިސް އެއިނީ.. އެކަމާ..” ޔުމްނުއަށް ބުނެވުނީ އެހިސާބަށެވެ.

“..ގޮތްގުޑަ އަންހެނާ..” އަހަރެން ތުރުތުރު އަޅާގަތްލެއް ބާރުކަމުން ރުޅި ކޮންޓްރޯލްއިން ނެއްޓިގެން ދިޔަހިނދު ޔުމްނުގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވިހެލެވުނެވެ.

“..ލޫޝާ..” ކައިލްގެ ބާރު އަޑުވެސް އިވިގެންދިޔައީ ހަމައެވަގުތުއެވެ.

“..ރައްކާވޭ މިތަނުން..” ކައިލް އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާލަމުން ކޮޓަރި ދޮރާދިމާއަށް ބާރަށް ހޫރުވާލިއެވެ.

އަހަރެން ހޫރުވާލިލެއް ބާރުކަމުން ގޮސް ޖެހުނީ ހުޅުވިފައި ހުރި ދޮރުގެ ދާރާގައެވެ. އަހަރެންގެ ނިތްކުރި ހީވީ ދާރާގެ ތެރެއަށް ވަދެގެންދިޔަހެންނެވެ. ބޯބީތާވެ ނިތްކުރިމައްޗަށް ދިލައަރައިގެން ދިޔައިރު މޫނުމަތިން ކުދި ކޮކާ ބުރަން ފެށިއެވެ. އަހަރެންގެ ބޮލަށް ވަމުންދިޔަ ތަދުގެ ސަބަބުން ނިތްކުރިމަތީ އަތް ޖައްސާލެވުމާއެކު ތެތްކަމެއް އިޙްސާސް ކުރެވުނު ވަގުތު މޫނު މައްޗަށް އަނދިރިވެގެން އަރިއަޅާލައިގެން ވެއްޓުނެވެ.

*********

އަހަރެން މަޑުމަޑުން ލޯ ހުޅުވަން މަސައްކަތްކުރީމެވެ. ނަމަވެސް ބޮލަށް ވެފައިވާ ތަދު އަދިވެސް ފިލައިގެން ނުދެއެވެ. ލޯ ނުހުޅުވުން ނަމަވެސް އަހަރެންނަށް އޮވެވުނީ ޓައިލްގަނޑުމަތީގައި ކަން އެނގެއެވެ. އަހަރެން ނިތްކުރިމަތީ އަތް ޖައްސާލުމާއެކު ނިތްކުރިން ތަންގަނޑެއް ފަޅާގެން ގޮސްފައި ހުރިހެން ހީވިއެވެ. އިނގިލިތަކުގައި ތެތް އެއްޗެއް ހޭކެމުންދިޔައެވެ. މަޑުމަޑު މަޑުން ލޯ ހުޅުވާލަން މަސައްކަތްކުރީ ދެއަތް މުއްކަވާލައި އަޅަމުންދިޔަ ވޭނަށް ކެތްކުރަމުންނެވެ. ހަމައެވަގުތު އަހަރެންގެ އަނގަޔާއި ނޭފަތާއެކީ ކޮންމެވެސް މީހަކު ފޮތިގަނޑެއް ކަހަލަ އެއްޗަކުން ނިވާކޮށްލިއެވެ. އަދި ބާރަށް ފިއްތާލީ ނޭވާ ހާސްކޮށްލާ މަރާލަން އުޅޭ ފަދަގޮތަކަށެވެ. އަހަރެންނަށް ތެޅިފޮޅި ގަނެވުނެވެ. ނޭވާ ހާސްވާންފެށިއެވެ. އެމީހެއްގެ އަތްނައްޓުވާލަން މަސައްކަތްކުރަމުން ލޯ ހުޅުވާލުމާއެކު ކައިރީގައި އިނީ ޔުމްނުހެންވެސް ހީވިއެވެ. ފަހަތުން އިތުރު މީހެއްގެ ހިޔަނިފެނުންހެންވެސް ހީވިއެވެ. ހަމައެވަގުތު އަހަރެންގެ ލޯމެރެމުން މެރެމުންގޮސް މެރުނެވެ. ދެންވީގޮތެއް ނޭގުނެވެ.

**********

އަހަރެން މަޑުމަޑުން ލޯ ހުޅުވާލީމެވެ. އަހަރެންނަށް އޮވެވުނީ ކޮޓަރިއެއްގެ އެނދުމަތީގައެވެ. ސީލިންގްއަށް ނަޒަރު ސީދާވުމާއެކު އެކޮޓަރިއަކީ އަހަރެންގެ ކޮޓަރިކަން އެނގުނެވެ. ނިތްކުރިމަތީގައި ތަދުގެ އަސަރު ހުރުމުން އަތްޖައްސާލިއިރު ވަނީ ބެންޑޭޖް ގަނޑެއް އޮޅާފައެވެ. އަތުގެ މުލައްދަނޑީގައިވެސްވަނީ ބެންޑޭޖް އޮޅާފައެވެ. ހީވާގޮތުން އެއީ ވެއްޓެނިކޮށް މަށާގެންގޮސްފައިވާ ތަނެކެވެ. ކޮޓަރިތެރޭއަށް ބަލާލިއިރު ކޮޓަރީގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގަޑި ބަލާލިއިރު ގަޑިން 11 ޖަހާ ބޮޑުވެއްޖެއެވެ. ހޭނެތިފައި ދޮޅުގަޑިއިރަށްވުރެ ގިނައިރު އޮވެވިއްޖެއެވެ. އަހަރެން މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ ބޭސް އަޅާދީފައި މިވަނީ ކާކު ހެއްޔެވެ؟ ޔުމްނު ނޫނީ ކައިލްގެ ކަމަކަށް ނުވާނެކަން ޔަޤީނެވެ. ދެން އެގޭގައި އިތުރު މީހަކުވެސް ނޫޅޭއިރު އަހަރެން މިތަނަށް ގެނައީ ކާކުބާއެވެ؟ ޔުމްނު މަތިން ހަނދާންވުމާއެކު އަހަރެން މަރާލުމަށް މަސައްކަތްކުރިކަން ހަނދާނަށް އަޔެވެ. ލޯ ބޮޑުކޮށްލެވުނެވެ. އެމީހުނަށް އެކަން ނުވީ ކީއްވެބާއެވެ؟ ފަހަތުން ފެނުން ހިޔަންޏަކީ ކާކު ހެއްޔެވެ؟ ގައިމުވެސް އަހަރެން ސަލާމަތް އެކުރީ އެމީހެކެވެ. ސިކުނޑީގައި ޖަވާބު ނުލިބޭ އެތަކެއް ސުވާލުތަކެއް ޖަމާވެގެން ދިޔުމާއެކު ބޮލުގައި ރިއްސާގަތެވެ.

“..ދަރިފުޅާ..” މަންމަ ކޮޓަރި ދޮރުހުޅުވާލުމާއެކު އަހަރެން ލޯ ހުޅުވައިގެން އޮތްތަންފެނުމުން ގޮވާލަމުން ހަލުވި ހިނގުމެއްގައި އައިސް އެނދުގައި އިށީނެވެ. މަންމަ ލޯތްބާއެކު ބޮލުގައި ފިރުމާލިއެވެ. އަހަރެން ޔުމްނުގެ ކިބައިން ސަލާމަތްކޮށްދިނީ މަންމަ ހެއްޔެވެ؟

“..މަންމާ..” އަހަރެން މަންމައަށް ގޮވާލަމުން ތެދުވަން އުޅެނިކޮށް ނުތެދުވުމަށް މަންމަ އެދުނެވެ. އަރާމުކޮށްލުމަށް ބުންޏެވެ.

“..މަންމާ ކާކުތަ މިތަނަށް އަހަރެން ގެނައީ..” އަހަރެން އެހީމެވެ.

“..ކައިލް..” މަންމަ ހިނިތުންވެލާފައި އެހެން ބުނެލަމުން ކައިލްއަށް ވަރަށް ބާރަށް ގޮވާލިއެވެ.

ކައިލް ކޮޓަރި ދޮރު ހުޅުވާލައިފައި ވަދެގެން އައީ އަހަރެންނަށް މަންމަ ބުނި އެއްޗެއް ޤަބޫލް ނުކުރެވިގެން މަންމަގެ މޫނަށް ބަލަހައްޓައިގެން އޮއްވައެވެ. ކައިލް އަހަރެން ސަލާމަތްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށް ރަނގަޅުވާނީވެސް އަހަރެން މަރުވިއްޔާއެވެ. އަހަރެންނަށް އެއްފަހަރު މަންމަގެ މޫނަށް އަނެއް ފަހަރު ކައިލްގެ މޫނަށް ބަލަން އޮވެވުނީއެވެ. މަންމަގެ މޫނުމަތިން އުފާވެރިކަން ފެންނައިރު ކައިލްގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ކުއްލިއަކަށް އަހަރެންގެ ހިތުގައި ގޮތް ނޭގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. މަންމަ މިހާ ހަމަޖެހި ހިނިތުންވެފައި މިއިންނަނީ ކީއްވެގެންބާއެވެ؟

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (28)

  1. fathun

    den maa kuru. hadha intizare kuruvaafaey thi genesdhiny. alhe dhn kihinevaanebaa. .

    1. nishan
      fathun

      adhives kuru tha 🙁 kuree part kurukamah buneema mifaharu kudakoh dhigu kohlaafa meeni.. next part miyahvure dhigukohlan masahkaiy kuraanan.. 10x

  2. GuDuMeena

    v.v.v. HOT. . 😀 heevanee adi neygey v.baivaru kan thah thakeh hinganulheyhen. . 😉 its totaly amaizing. .

    1. nishan
      GuDuMeena

      10x GuDu .. yeah eba heevey thihen neygey kanthah gandeh hingan ulhey hen 😀 soon u will knw ei kon kon kanthah gandeh kan 😛

  3. nayaal

    pls avahah aneh part genesdhy pls nishaaaan .. mom ah vefa huri goiy mihaaru balan beynun

    1. nishan
      nayaal

      soon will up next part 🙂 10x

  4. shyshyshy Esfiya – Dhivehi Vaahaka shySite ވާހަކަ ހުށައަޅުއްވާމަގޭ ވާހަކަތައްއެހެނިހެންބިރުވެރިމަޖާލޯބިފުރަތަމަ ޞަފްހާ ލޮގިން ކުރައްވާ Google+FacebookTwitterMySpace ދ

    Konirakun eneh bainereynee px plx bunebala v v reeti

    1. nishan
      shyshyshy Esfiya – Dhivehi Vaahaka shySite ވާހަކަ ހުށައަޅުއްވާމަގޭ ވާހަކަތައްއެހެނިހެންބިރުވެރިމަޖާލޯބިފުރަތަމަ ޞަފްހާ ލޮގިން ކުރައްވާ Google+FacebookTwitterMySpace ދ

      dhuvaheh dho!! thursday kamah balamaa.. thursday ga up koh nudhevihje nama yageenun vs sunday ga up kohdheynan.. thank yu..

  5. shy

    Sorry

    1. nishan
      shy

      why????

  6. nayaal

    10times aky koacheh/////// 🙂

    1. nishan
      nayaal

      ehehe.. that is 10 ekus ey not 10times .. means thanx ey:D

    2. roze
      nishan

      HAHAHA…..10 times ooo…keke….btw varah reethi story…dhen part thrsday ga tha? ekamaku haadha dhuvahekey….avahah genes dheebo 🙂

  7. nishan

    thank yu roze 🙂 in shaa allah thursday ga .. inthizaaru kohllaa..

  8. saamy

    Magey leyves kakkaalaifi huvaa mibuny manama mhr thi yumnu nolhaalai feemus mibai ves vvv reethi

    1. nishan
      saamy

      ehehe.. cool down saamy … thank yu 🙂

  9. Neem

    Alhe haadha reethi vaahaka ekey hama kiyaa hiyy vany heskiyaafa thursday ge kurin up kohleveythw balaabaa alhe………… 😛

    1. nishan
      Neem

      ehehe.. evarah liyelan vaguthu vaanama konme dhuvahak part eh up kohla dhinymus 😀 trying inge.. in shaa allah thursday ga kiyaalan libeyne 🙂 and thank yu neem

  10. maash

    vvvvv ryythi storyeh. avahah up koh dhehcheyy

    1. nishan
      maash

      yeah laheh nuvaane inge.. n thank yu maash

  11. Ema

    This story is something like dats happend to me… :/

    1. nishan
      Ema

      awwwww Ema :/

  12. Shaya

    Next part avas koh dhehchey 🙂 r

    1. nishan
      Shaya

      yeah now vs nunidhaa meenii thi kamuga 😉

  13. sem

    Salhi

    1. nishan
      sem

      Thank yu sem

  14. aisha

    rythi ..ekm maa lahy up kuraaleh..yumnu maa kurin marry kury kanneynge dhw
    /..loosha ei second kanneynge

    1. nishan
      aisha

      Ehehe.. Aisha thihen kamah vs vedhaane hama 😉 good thinking.. Las nukoh up kohdheyn varah try kuraanan.. Thank yu…

Comments are closed.