Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 9ވަނަބައި

Anha Level 110 Stories100 Comments
August 26, 2018 7 Mins Read
22 Comments

އަލަން މަޑުމަޑުން ލާނާގެ ޓީޝާޓުގައި ހިފައިލިއެވެ. ވާންމިއުޅެނީ ކީއްކަން ލާނާގެ ސިކުނޑިއަށް ވިސްނޭކަށް ގިނައިރެއް ނުނެގިއެވެ. ލާނާގެ ހަށިގަނޑު ބިރުން ރޫރޫއަޅައިގަތެވެ.

ޓީޝާޓުގައި ހިފި އަލަންއަށް މަޑުޖެހުމެއް އައީ ބިރުންތެޅިގަތް ލާނާފެނިފައެވެ. އޭރު އެމޫނުން ފެންނަނީ ހިތްދަތިކަމެވެ. ލާނާގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުން ދިޔައެވެ. މަޑު ގިސްލުމެއް އެއަޑުގައި އެކުލެވިގެންވިއެވެ. އަލަން ހިނދުކޮޅަކަށްނަމަވެސް ލާނާގެ މޫނާއި ދުރުވެލިއެވެ. އެމޫނުން އަލަންއަށް ފެންނަނީ މައުސޫމުކަމެވެ. “އަލަން ހެޔޮނުވާނެ އަހަންނަށް ތިހެން ނަހަދާ. އަލަން ބުނިހައި ގޮތެއް ހަދައިގެން އަހަރެން މިހުރީ. ޕްލީސް އަހަރެން ދޫކޮށްލާ.” ގިސްލެވޭތީ ލާނާއަށް ވާހަކަދެއްކެނީ ކިރިޔާއެވެ. ކީއްވެކަމެއް ނޭނގެއެވެ. ލާނާ އެގޮތަށް ވާހަކަދެއްކުމުން އަލަންގެ ހިތަށް އަސަރުކުރިއެވެ. މަޑުމަޑުން ލާނާގެ ގައިން އަލަން ދޫކޮށްލުމަށްފަހު ހަމަޖެހިލިއެވެ. މިވަނީ ކިހިނެއްހެއްޔެވެ. އެއީ އަލަން އެންމެ ނަފްރަތުކުރާ މީހާއެވެ. ދުވަހަކު ލާނާއަށް އުފަލެއް ލިބުމަކަށް އަލަން ނޭދެއެވެ. ވީއިރު ލާނާ އެގޮތަށް ރޯތަން ފެނުމުން ހިތަށް އުނދަގޫ ވަނީ ކީއްވެހެއްޔެވެ. އެލޮލުން ކަރުނަ އަންނަތަން ފެނުމުން ނުރޯށޭބުނެ ދެލޯ ފޮހެދޭން ބޭނުންވަނީ ކީއްވެހެއްޔެވެ. ރޯތަންފެނުމުން މޭގައި އެތުނި ހަށިގަނޑު ފޮރުވައިލަން ބޭނުންވަނީ ކީއްވެހެއްޔެވެ. އަލަންގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ. ލާނާގެ މޫނުފެނި އިތުރަށް އުނދަގޫވާންފެށިއެވެ. “ތިކަން ހުއްޓާކަށް ނުވޭތަ އަދިވެސް. އެވަރު ކަމެއްވީއެއްވެސް ނޫނޭ އެވަރަށް ރޯން. ކަމެއް ވާއިރަށް ‘ވޯޓާރ ވޯރކްސް’ އަރުވަން ފަށާނެ. މައިތިރި ވެގެން އިނދެބަލަ.” އަލަން އިތުރަށް ރުޅިއައެވެ. ހަޅޭއްލަވައިގަތް އަލަންފެނި ލާނާގެ ރުއިން މަޑުވިއެވެ. އިތުރަށް ރޮންޏާ ދެންވާނޭ ގޮތެއް އިނގޭނީއެއްނޫނެވެ.

އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އަލަން އަނެއްކައިވެސް ފެށިއެވެ. “ސޯ ޕަޕީފޭސް. ކޮބާ އިދާން؟ ބްރޭކްއަޕް ވެފިންތަ؟ މަށާ އިންނަނީވެސް އެ އިދާންއަކާ ރައްޓެހިވެގެން އުޅެމުންތަ؟” ލާނާގެ ދެލޯ ބޮޑުވިއެވެ. ރޭގައި ވީ ކަންތަކަށްފަހު އިދާންއާއި އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. ފޯނު ބޭއްވީވެސް ލާނާ އަމިއްލައަށް ބައްޕައާއި ވާހަކަ ދެއްކުމަށްފަހު ގުޅާނެކަމަށް ބުނެއެވެ. އޭގެފަހުން ފޯނުގައި އަތްވެސް ނުލެވެއެވެ. ލާނާގެ ހަބަރެއް ނުވެގެން މިހާރު އިދާން އުޅޭނެއެވެ. އެފަކީރު އުޅޭނެ ހާލެއްވެސް އިނގެނީއެއް ނޫނެވެ. ހިނދުކޮޅަކަށް ނަމަވެސް މިހުރެވެނީ އަލަން ކައިރީގައިކަން ލާނާ ހަނދާންނެތުނެވެ. ފޯނުލެވުން ތަނެއް ހަނދާންކުރަމުން ލާނާ ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ޑްރެސިންގް ޓޭބަލް މަތީގައިއޮތް ފޯނު ލޮލުގައި އަޅައިގަނެ ލާނާ ފުންމައިގެން އެނދުން ތެދުވެގެން ގޮސް ފޯނުނެގިއެވެ. ހާސްވެފައި ފޯނުނަގައި ބަލައިލިއިރު އިދާންގެ އެތައް މެސެޖަކާއި މިސްޑް ކޯލްސް ހުއްޓެވެ. “އޯހް މައި ގޯޑް. އައިއެމް ސޯ ސޮރީ އިދީ.” އިދާންއަށް ގުޅަންފެށި ލާނާ ސިހުނީ ކުރިމައްޗަށްއެރި އަލަން ފެނިފައިއެވެ. މިހުރެވެނީ އަލަންގެ ކުރިމަތީގައިކަން ލާނާއަށް ރޭކައިލީ އެވަގުތުއެވެ. “ގުޅައިގެން މާފޮޅުވަން ވީއެއް ނޫނޭ. ތިކަން ނިންމާލަންވީ. އަޑުއިވިއްޖެތަ.” ހަޅޭއްލަވައިގަތް އަލަންފެނި ލާނާ ބިރުން ސިހުނެވެ. ކޮންމެ މީހަކުއައިސް އެހެން ބުނިކަމުގައި ވިޔަސް އެކަން ކުރާނީ ކިހިނެއްހެއްޔެވެ. އިދާންއާއި ރުޅިވާނީ ވަކި ކީކޭ ކިޔާފައިހެއްޔެވެ. ލާނާއަށް ރޮވުނެވެ. “އަލަން އައި ކާންޓް. އަހަރެންގެ ނެތް އެހައި ހިތްވަރެއް. މިހާގިނަދުވަހު އުޅެފަ އަހަރެން ކިހިނެއް ކުއްލިއަކަށް އިދީއާއި ރުޅިވާނީ. ހެޔޮނުވާނެ އަލަން. އައި ޖަސްޓް ކާންޓް ޑޫއިޓް. އެންޑް އިދީއަށް އިނގޭނެ އަހަރެން އެހެން ހަމަ ހުރެފަ ރުޅިނުވާނެކަން.” އާދޭސް ކުރަންފެށި ލާނާ ފެނި އަލަންގެ ރުޅި ކޮންޓްރޯލުން ނައްޓައި ޑްރެސިންގް ޓޭބަލް މަތީގައިހުރި އެއްޗެހިތައް އުކާލިއެވެ. އަލަންއަކީ ރުޅިގަދަ މީހެއްކަން ލާނާއަށް އިނގެއެވެ. އެކަމަކު މިހައި ރުޅިގަދަކަން މިއިނގުނީ އަދިކިރިޔާއެވެ. “ބަލަ ލާނާ ހީކުރީ މަ މަޖާ ކުރަނީ ކަމައްތަ. މަށަށްހެޔޮ ކޮންމެ އެއްޗެކޭ ކިޔަސް. ހަމަ މިހާރު ރުޅިވޭ. މަ ބުނާގޮތް ނުހަދަންޏާ އިނގޭ ދޯ ކަންތައް ވާނެގޮތް. އެކަމަކު އިދާންވެސް ކަލެއަށް ނަފްރަތުކުރާވަރު ކުރަންޖެހޭނެ. އޭނައަށްވެސް އިނގެން ޖެހޭނެ އެންނު ތީ ސުންޕާ އަންހެނެއްކަން. ހަމަ މިހާރު ގުޅާ” އަލަން އޭނާގެ ފަހުބަސް އިއްވައިލިއެވެ. ގައިގާނެތް ހިތްވަރުލާފައި ލާނާ ފޯނުނަގައި އިދާންއަށް ގުޅިއެވެ.

ބްރޭކަށް ގެއަށްއައިސް ހުރި އިދާންގެ މޫނުމަތި އުޖާލާވެގެންދިޔައީ ފޯނުގެ ސްކްރީންފެނިއެވެ. އެގުޅަނީ ލާނާއެވެ. އެއަޑު އަހާލާ ހިތުން ހުންނަތާ ކޮންއިރެއްހެއްޔެވެ. ” ހަލޯ ލާލާ. ތޭންކްގޯޑް ޔޫ ކޯލްޑް. ކީއްވެތަ ހަބަރެއްނުވެ ތިއުޅެނީ. ނޭނގޭތަ އިދީ ހާސްވާނެ ވަރެއް. އިސް އެވްރިތިން އޯކޭ؟” އިދާން ޝަކުވާކޮށްލިއެވެ. ފޯނު ލައުޑް ސްޕީކަރަށް ލައިގެންހުރި ލާނާހުރީ ރޯއަޑު އިވިދާނެތީ ތުންފަތުގައި ދަތްއަޅައިގެންނެވެ. ކައިރީގައި ހެވިފައި އަލަން ހުއްޓެވެ. “ޔެސް އިދީ. އެވްރިތިންގް އިސް ފައިން. ބަޓް ވީ ނީޑް ޓު ޓޯކް. އައި ވޯންޓު ބްރޭކްއަޕް.” ދެލޯމަރައިގެންހުރި ލާނާ ވާހަކައެއްކީ ހިތްކުދިކުދި ވެފައިވާ ހާލުއެވެ. އިދާންއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. ލާނާ މިކިޔަނީ ކީކޭ ހެއްޔެވެ؟ ޔަގީނެވެ. މިއީ އަލަންގެ ކަމެކެވެ. “ލާލާ ކީކޭތަ ތިކިޔަނީ. ކީއްވެތަ ކުއްލިއަކަށް ރުޅިވާންވީ. ލާލާ ސަމާސާ ކުރަނީ ދޯ.. ދިސް އިސް ނޮޓް ފަނީ. އަލަންގެ ކަމެއްތަ މީ. ލާލާ ބުނެބަލަ. ޓޯކް ޓު މީ.” އިދާންގެ ކެތްތެރިކަން ކޮޅުންލިއެވެ. ލާނާއަށް އިތުރަށް ރޮވުނެވެ. ނަމަވެސް ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. “ނޯ. އަލަން ނުކުރޭ ކަމެއް. އަހަރެން ބޭނުންވަނީ ރުޅިވާން. އަހަރެން ނުވޭ އިދާންދެކެ ލޯތްބެއް. އެންޑް އިދާންއާއި އަހަރެންނާ އެކަށީގެންނެއް ނުވޭ. އަހަރެން މީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކުއްޖެއް. ޔޫ ނޯ ވަޓް އައި މީން. އިޓްސް ބެޓާރ އިފް ވީ ބްރޭކްއަޕް.” އިދާނައަށް ހުރީ ކަންފަތަށް އިވުން ބަސްތައް ގަބޫލުނުކުރެވިފައެވެ. މިއީ ހަމަ އޭނާ ލޯބިވެގެން ރައްޓެހިވި ލާނާ ހެއްޔެވެ. ސަމާސާ ކުރަނީ ކަމުގައި ހީވިޔަސް އެއީ ސަމާސާނޫންކަން އިދާންއަށް އިނގުނެވެ. މީގެކުރިން ދުވަހަކުވެސް ލާނާ އެގޮތަކަށް ވާހަކަދައްކާފައެއް ނުވެއެވެ. “ލާނާ. މިހުރިހައި ދުވަހު އުޅެފައިތަ އިނގުނީ ލޯބި ނުވާކަން؟ އަހަރެންނަށް އިނގޭ އަހަރެން މީ މުއްސަނދި އާއިލާއަކަށް ނިސްބަތްވާ މީހެއްނޫންކަން. ކީއްވެ ލާނާ؟ ކީއްވެ ތިހެން ތިހެދީ؟ އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެން ލާނާ ގޮތަށް މުއްސަނދި ނުވީމަތަ. ހެޔޮނުވާނެ އަހަރެންނަށް ތިހެން ނުހަދާ. އައި ކާންޓް ލިވް ވިތް އައުޓް ޔޫ. ” އިދާންގެ އަޑު ކުރެހުނެވެ. އެއަޑުގައި ވީ ވޭނެވެ. ލާނާ އެގޮތަށް އެ ކަންތައްކުރަނީ ކޮންމެވެސް ސަބަބެއް އޮތީމަކަން އިދާންގެ ހިތްބުނެއެވެ.

ފޯނު ހިފަހައްޓައިގެންހުރި ލާނާ އަނެއް އަތުން އަނގަމަތީގައި އަތްއެޅިއެވެ. ރޯއަޑު އިދާންއަށް އިވިދާނެތީއެވެ. މިހިތުގެ ހާލު އިދާންއަށް އިނގޭނެނަމައެވެ. މިހިތުގެ އަޑު އިދާންއަށް އިވޭނެނަމައެވެ. ލާނާ ބޭނުންވީ އިދާންގެ މޫނުގައި ބޮސްދޭށެވެ. ބައްދާލާށެވެ. މިއީ އަދިވެސަ އިދާންގެ ލާލާއޭ ބުނާށެވެ. ނަމަވެސް މިއަދު ލާނާއަށް މަޖުބޫރެވެ. ” އޯހް ޕްލީސް އިދާން. އަހަރެން މަތިން ދެން ހަނދާން ނައްތާލާ. އެއީ ނުވާކަމަކަށް ހަދާ. ގުޑްބައި އިދާން.” އިތުރަށް ކެތްނުވުމުން ލާނާ ފޯނު ކަނޑައިލިއެވެ. ފޯނު ބޭއްވުމަށްފަހު ލާނާ ނުރޯން ވަރަށް މަސައްކަތްކުރިއެވެ. އަލަންގެ ކުރިމަތީގައި އެހައި ބަލިކަށިކަން ދައްކަން ބޭނުންނުވީއެވެ. ނަމަވެސް ހިފަހައްޓައިލެވުނީ ސިކުންތުކޮޅަކަށެވެ. ހަޅޭއްލަވައިގަނެފައި އަޑުގެ ނެތްތަނަށް ލާނާ ރޯންފެށިއެވެ. ރޮމުން ރޮމުންގޮސް ލާނާއަށް ހުރިތަނަށް ތިރިވެވުނެވެ. ވޭނުން ފުރިގެންވާ ގޮތަކަށް ލާނާ ރޯތަންފެނުމުން އަލަންގެ ހިތަށް ބުނަން ނޭނގޭކަހަލަ އުނދަގުލެއްވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. ވަގުތުން ލާނާ މައިތިރި ކުރަން އަލަންއަށް އުޅެގަނެވުނެވެ. އަލަން ލާނާގެ ކޮނޑުގައި ހިފާ ކޮޅަށްނެގިއެވެ. ނުވިސްނައިހުރި އަލަންގެ ހޭވެރިކަން ވީ ލާނާގެ އަތުގެ ހޫނުއެތިފަހަރު ކޮތާފަތަށް އެރުމުންނެވެ. “ހަބަރުދާރު. މަގޭ ގައިގަ ތި މުޑުދާރު އަތުން އަތް ނުލާތި. މަށަކަށް ކަލޭގެ އެހީއެއް ބޭނުމެއް ނުވޭ. ކަލޭގެ ސޫރަވެސް މަ ދެކޭކަށް ބޭނުމެއްނޫން. މިހުރިހާ ކަމެއްވެސް މިވީ ކަލޭގެ ސުންޕާކަމުން. އިދީއާއިވެސް ރުޅިވާންމިޖެހުނީ ކަލޭގެ ސަބަބުން. އައި ހޭޓް ޔޫ އަލަން. އައި ހޭޓް ޔޫ. ގޯޓު ހެލް.” ރޮމުންރޮމުން ލާނާ ހަޅޭއްލަވަމުން  އަލަންގެ މޭމަތީގައި ތަޅަމުން ގެންދިޔައިރު ހީވަނީ މޮޔައެއް ހެންނެވެ. ހިނދުކޮޅަކަށް ނަމަވެސް ލާނާއަށް އެހީވާން އުޅެވުނީތީ އަލަންއަށް މޮޔަހީވެވުނެވެ. މިއީ އެހީވާވަރު މީހެއް ނޫނޭ އަލަންގެ ހިތަށްއެރިއެވެ. މިއީ ހަމަ އެ ލާނާއެވެ. އަލަންގެ ދެބުމަގޮށްޖެހުނެވެ. ވަގުތުން ލާނާގެ ދެއަތުގައި ހިފައި ފާރަށް ތަތްކޮށްލުމަށްފަހު އަނގަމަތީގައި ހިފިއެވެ. “ދެވަނަ ފަހަރަށް މަގޭ ކުރިމަތީގަ ހަޅޭއްލަވަން ހިތަށްވެސް ނާރުވާތި. މަގޭ ނުލަފާކަން ދައްކާލާނަން. އަދި މަ ބޭނުންއިރަކު ލާނާގައިގަ އަތްވެސް ލާނަން. މިހާރު ތިހެން ބުންޏަސް އިނީމަ މަބޭނުން ގޮތެއް ހަދާނި ލާނާއަށް. މިހާރުން ފެށިގެން މަ ބުނާ ގޮތެއް ހަދައިގެން އުޅޭ.” ބަދަލުގައި އަލަންވެސް ހަޅޭއްލަވައިގަތެވެ. ނަމަވެސް އަލަންގެ ހަޅޭކުން ލާނާއަށް ކުރި އަސަރެއްނެތެވެ. ހިތުގައިޖެހިފައި ހުރިވަރު ބޮޑުކަމުން ރުއިންނޫން އިތުރުކަމެއް ނުވެއެވެ. “އަހަރެން މިރޭ އަންނާނަން ކައިވެނީގެ ވާހަކަ ދައްކަން. ތައްޔާރުވެގެން ހުންނާތި. ކަލޭ އަމިއްލައަށް ޖެހޭނި މަށާ އިންނަން ބޭނުމޭ ބުނަން. އިވިއްޖެތަ.” އަލަން ރުޅިވެރިކަމާއިއެކު މިހެން ބުނުމަށް ފަހު ލާނާގައިން ދޫކޮށްލައި ނުކުމެގެންދިޔައެވެ. އަލަން ނުކުމެގެން ދިޔައިރުވެސް ލާނާ އެހުރިގޮތަށް ހުރީއެވެ.

**************************

ފޯނުގެ ކޯލަށްފަހު އިދާންގެ ހާލު މުޅިން ގޯސްވިއެވެ. ލާނާ އެގޮތަށް ކަންތައްއެކުރީ ކީއްވެހެއްޔެވެ؟ އެއީ އިދާން ދަންނަ ލާނާއެއް ނޫނެވެ. ކޮންމެސް ނުބައެއް އެބަ އުޅޭކަން އިދާންގެ ސިކުނޑިއަށް ވިސްނުނެވެ. ނަމަވެސް ލާނާ އިދާންއާއި ރުޅިވާންޖެހޭނެ އޮންނާނީ ވަކި ކޮން ސަބަބެއް ހެއްޔެވެ؟ އިދާންއަށް ރޮވުނެވެ. ފިރިހެނަކަށް ވިޔަސް ކޮންމެ މީހެއްގެވެސް ހިތެއް އޮވެއެވެ. ކެތްކުރެވޭނީ ވަކިވަރަކަށެވެ. އިދާންއަށް ދެން ޑިއުޓީއަށް ނުދެވޭނެތީ ބަލިކަމަށްބުނެ ސަލާމްބުންޏެވެ. މީހުންގެ ކުރިމައްޗަށް އަރާނެ ހިތްވަރެއް ގަޔަކު ނެތެވެ. އިދާން ފޯނުނަގައި ގެލެރީގައިހުރި ލާނާއާއި ދެމީހުންގެ ފޮޓޯތައް ބަލަންފެށިއެވެ. “ކީއްވެ ލާލާ؟ ކީއްވެ ތިހެން ތިހެދީ؟ އަހަރެންގެ ކުށަކީ ކޮބާ؟” އިދާން އަމިއްލަ ނަފްސަށް ޝަކުވާކުރިއެވެ. ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ވިސްނިވަރަކަށް އިދާންގެ ބޯހާސްވަމުންދިޔައެވެ. މަޑުމަޑުން އިދާންގެ މޫނުގެ ކުލަވަރުބަދަލުވިއެވެ. ލާނާއަށް އަދި އެހެންނެއް ނުދެވޭނެއެވެ. “އަހަރެން ހޯދާނަން ކީއްވެކަން ލާނާ އެހެން ކަންތައްކުރީ. އައިއެމް ކަމިންގް ލާނާ. ޔޫ ކާންޓް ރަން އަވޭ ފްރޮމް މީ. ތިހެން ފިލައިގެންނެއް ނޫޅެވޭނެ.” އިދާން އަމިއްލަ ނަފްސަށް ވައުދުވިއެވެ.

**********************************

ބޭރުންއައިސް ގެއަށްވަތް އަލަން ފުރަތަމަވެސް ބަލައިލީ އާސިމާއާއި ޝާކިރު ކޮބައިތޯއެވެ. އޭރު އާސިމާ އިނީ ފަހާށެވެ. ޝާކިރު އިނީ ސޯފާގައި ޓީވީ ބަލާށެވެ. ކައިރީގައި އާލާ ފޯނުހިފައިގެން އިނެވެ. ވަގުތު ބަލާފައި އަލަންފެށިއެވެ. “މަންމާ. ބައްޕާ. މިރޭ ހަސީނުބޭ މެންގެއަށް ދާންވާނެ. އާލާވެސް ވާނެ ދާން. ވާހަކައެއް ދައްކަން ވެގެން.” އާސިމާ ފެހުން މެދުޖައްސައިލުމަށްފަހު އަލަންގެ މޫނަށް ބަލައިލީ ސުވާލުން ފެރިގެންވާ ގޮތަކަށެވެ. ޝާކިރުވެސް އަލަންގެ ވާހަކަ އަޑުއިވިފައި ވަގުތުން ޓީވީ ނިއްވައިލިއެވެ. މަޑުން ނޯވެވުނީ އާލާއަށެވެ. “ދޮންބޭ. އައި ކާންޓް ގޯ. އަހަރެން އެބަޖެހޭ ޝޮޕިންގްއަށް ދާން.” އާލާ ވަގުތުން ދެކޮޅުހެދިއެވެ. އެވަގުތު އާލާއާއި ދިމާލަށް އަލަން ލޯއަޅައިގަތެވެ. “ފަހުންވެސް ދެވިދާނެ ދޯ ޝޮޕިންގްއަށް. މިރޭ ޖެހޭނެ އާލާވެސް ދާން. އައި ޑޯންޓް ވޯންޓް އެނީ އެކްސްކިއުޒެސް.” އަލަންގެ އަޑުގައިހުރި ހަރުކަށިކަމުން އާލާ ވަގުތުން ދާން އެއްބަސްވިއެވެ. “ދަރިފުޅާ އަލަން. ކީއްކުރަންތަ ކުއްލިއަކަށް އެގެއަށް ދަނީ.” އާސިމާ ސުވާލުކޮށްލިއެވެ. ޝާކިރުވެސް އިނީ އަލަންގެ ޖަވާބުގެ އިންތިޒާރުގައިއެވެ. “ދެވުނީމަ އިނގޭނެ މަންމަމެންނަށްވެސް. މިރޭ 8.30 ތައްޔާރުވާތި.” އަލަން މިހެންބުނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށްވަތް އަލަން ފޯނުނަގައި ލާނާއަށް ފޮނުވަން މެސެޖެއް ލިޔަންފެށިއެވެ. “ތިގޭގަ މިރޭ ކައްކާފަ ބަހައްޓާތި. އަހަރެން ބައްޕަމެން އެންމެން ދާނެ. ޔޫ ހޭވް ޓުވު ޓޯކް އިންފްރޮންޓް އޮފް އެވްރީވަން. ގުޑް ލަކް ޕަޕީފޭސް. 8.30 އަށް ރެޑީ ވާތި. މަ ރުޅިއަރުވަން ނޫޅޭތި އޮޅިގެންވެސް.” މެސެޖު ލިޔުމަށްފަހު ލާނާއަށް އެ މެސުޖު ފޮނުވައިލިއެވެ.

******************************

ބާލީހުގައި ބޯއަޅައިގެން ރޯންއޮތް ލާނާ ސިހުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. ވަގުތުން ފޯނުނަގައި ބަލައިލީ އިދާންގެ މެސެޖެއް ކަމަށް ހީކޮށެވެ. ލާނާގެ މާޔޫސްކަން އިތުރުވީ އަލަންގެ މެސެޖެއްކަން ފެނިފައެވެ. ކިތަންމެ ކިޔަން ބޭނުންނުވިޔަސް ލާނާ އެމެސެޖުކިއެވެ. މެސެޖު ކޔުމަށްފަހު ލާނާއަށް ފުންމައިގެން ތެދުވެވުނެވެ. އަލަން ހަމަ އަސްލުވެސް އޭނާގެ މަންމަމެން ގޮވައިގެން އަންނަނީތާއެވެ. މިހާރު ގަޑިން 7 ޖަހަނީއެވެ. އެ އެންމެންނަށް ކައްކާނީ ކިހިނެއް ހެއްޔެވެ. ލާނާގެ ހާސްކަން އިތުރުވިއެވެ. ހާސްވެފައިހުރިވަރު ބޮޑުކަމުން ލާނާ ހިނދުކޮޅަކަށް ނަމަވެސް އިދާންގެ މަތިން ހަނދާންނެތުނެވެ. މިހުރި ގޮތަށް ބޭރަށް ނުކުންނާކަށް ނުކެރޭނެއެވެ. މުޅި މޫނާއި ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. މިގޮތަށް ނުކުމެއްޖެނަމަ ރެޝްމާއަށްވެސް ލާނާ އެހުރީ ރޮއެފައިކަން އިނގޭނެއެނެއެވެ. ދެންކަންތައް ކުރަންވީގޮތް ވިސްނަން ހުރި ލާނާ ފޯނުނަގައި ފާހިރާއަށް ގުޅައިލިއެވެ. “މޯމް. މިރޭ ޝާކިރުބޭގެ ދެމަފިރިންނާއި އަލަންމެން މިގެއަށް ކާން އަންނާނެ 8.30 ގައި. މޯމް އާއި ޑޭޑްވެސް އެގަޑިއަށް އަންނައްޗޭ.” ފާހިރާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ލާނާ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމަށްފަހު ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައިލުމަށްފަހު ރެޝްމާއަށް ގޮވައިލިއެވެ. “ލާލާއްކޮ ކިހިނެއްވީ.. މެޑަމް ގޭގަ ނެތީ.” ކޮޓަރިކައިރިއަށް އައި ރެޝްމާ ވާހަކަދެއްކިއެވެ. “ރެޝްމާ. މިރޭ 8.30 އަށް އަންނާނެ ބަޔަކު ކާން. އޭރަށް ވާއިރަށް ކައްކަދީބަލަ ޕްލީސް. ކޮންމެ އެއްޗެއް ކެއްކިޔަސް މައްސަލައެއްނެތް.” ލާނާ ދޮރާއި ނިވާވެގެން ހުރެގެން ވާހަކަ ދެއްކުމަށްފަހު ބަންލާފައި ދޮރުޖެހިއެވެ.

ފާހާނައަށްވަތް ލާނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. މުޅި މޫނުވަނީ ދުޅަވެ ރަތްވެފައެވެ. ދުވަހަކު އުފަލެއް ލިބުން ވައްތަރެއް ނުޖަހައެވެ. އަމިއްލަ ހާލަތު ފެނުމުން ލާނާއަށް ރޮވުނެވެ. ދެއަތުން މޫނު ފޮހެލުމަށްފަހު ލާނާ މޫނު ދޮންނަންފެށިއެވެ. އެތައްފަހަރަކު މޫނު ދޮވުމުންވެސް ހިތްހަމަޖެހޭ ގޮތެއް ނުވިއެވެ. މޫނުދޮވެ ހިތްހަމަ ނުޖެހުމުން ގޮސް މާގަނޑު ދޫކޮށްލައި ބޮލަށް ފެންއަޅަންފެށިއެވެ. އެތައް އިރަކު ފާހާނައިގައި ފެންވަރަން އުޅުމަށްފަހު ލާނާ ފާހާނައިން ނުކުމެ ގަޑި ބަލައިލިއެވެ. އޭރު 8 ޖަހަން ހުރީ ދިހަ މިނަޓެވެ. ލާނާ ބޯހިއްކަމުން އަލަމާރި ހުޅުވައިލިއެވެ. ގަޔަށް ދޫ ގޮޅިޖެހި ގަމީހަކާއި ނޫކުލައިގެ ޖީންސެއް ނެގުމަށްފަހުލިއެވެ. އަދި ބޯހިއްކަމުން ލޯގަނޑު ކުރިމައްޗަށްއެރިއެވެ. އަދިވެސް މޫނާއި ދެލޯ ހުރީ ދުޅަވެފައެވެ. ލާނާ ފައުންޑޭޝަންފުޅިނަގައި އުނގުޅަންފެށިއެވެ. ފައުންޑޭޝަން ހިތްފުރޭވަރަށް ލެވުމުން މޫނުގައި ފުށްކޮޅެއް ޖަހައިލިއެވެ. ލާނާ އަނެއްކައިވެސް ލޯގަނޑުން މޫނު ބަލައިލިއެވެ. މޫނުމަތިން ކަމެއް ފާހަގަވާކަށް މިހާރުނެތެވެ. ނަމަވެސް އަދިވެސް ދެލޮލުގައި ރަތްކަން ހުއްޓެވެ. ލާނާ އައިލައިނާރ ނަގައި އެބޮޑު ދެލޯ ވަށައިގެން އަޅައިލިއެވެ. އަދި އިތުރަށް ފޮރުވުމަށްޓަކައި މަސްކަރާ އެޅިއެވެ. މިހާރު ލާނާ ރޮއެފައި ހުރިކަން އިނގޭނީ ވަރަށްބޮޑަށް މޫނަށް ބެލީމައިއެވެ. ލާނާ ހިތްހަމަޖެހުމުގެ ނޭވާއެއްލިއެވެ. ކުޑައިރުކޮޅަކަށް ލޯގަނޑުން މޫނަށް ބަލަން ހުރުމަށްފަހު މެރޫންކުލައިގެ ލިޕްސްޓިކް ނެގުމަށްފަހު ޖައްސައިލިއެވެ. އަދި އިސްތަށިގަނޑު ނަގައި ބޮލުގެ މެދަށް ހުޅިއެއް ޖަހައިލިއެވެ. ފަހުކަމަކަށް ސެންޓު ބުރުވައިލުމަށްފަހު ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ގަޑިން ބަރާބަރު 8.30 ވިއިރު ލާނާއާއި ހަސީނުގެ ދެމަފިރިން ތިބީ ސޯފާގައި ޝާކިރުމެންގެ އިންތިޒާރުގައިއެވެ. “ދަރިފުޅާ ލާލާ. ކޮންވާހަކައެއް ދައްކަންތަ ޝާކިރުބޭމެން އެ އަންނަނީ.” ހަސީނު ވާނުވައި ނޭނގިގެން ސުވާލުކުރިއެވެ. “ޝާކިރުބޭމެން އައީމަ ބުނާނަން.” ހާސްކަން ފޮރުވަމުން ލާނާ ވާހަކަދެއްކިއެވެ. އިރުކޮޅެއްނުވެ ގޭގެ ބެލްޖެހި އަޑުއިވުނެވެ. ލާނާއަށް ފުންމައިގެން އިންތަނުން ތެދުވެވުނެވެ. ހަސީނުއާއި ފާހިރާވެސް ޝާކިރުމެންގެ އިސްތިގުބާލުގައި ތެދުވިއެވެ. ހަސީނުގޮސް ދޮރުހުޅުވައިލިއެވެ. ޝާކިރު އާއި ހަސީނު ސަލާމް ބަދަލުކުރިއިރު އާސިމާއާއި ފާހިރާވެސް ސަލާމްބަދަލުކުރިއެވެ. އާލާ އެތެރެއަށްވަތްގޮތަށް ލާނާގައިގާ ބައްދާލިއެވެ. “ގުޑް ޓު ސީޔޫ އެގެއިން ލާލާ.” އާލާ އުފަލުންހުރި ބުނެލިއެވެ. ލާނާ އަމިއްލަ ހާސްކަން ފޮރުވަމުން ވާހަކަދެއްކިއެވެ. އެތެރެއަށްވަތް އަލަންގެ ނަޒަރު ފުރަތަމަވެސް ހުއްޓުނީ ލާނާއަށެވެ. ގަޔަށް ދޫ ގަމީހަކާއި ފަޔަށް ހިފާފައިހުރި ޖީންސެއްލައިގެން ހުރިއިރު ލާނާ ވަރަށް ރީއްޗެވެ. ނަމަވެސް މާބޮޑަށް މޭކަޕްކޮށްފައި ހުރުމުން އަލަންއަށް އެހައި ކަމަކުނުދިޔައެވެ. އަލަންގެ ނަޒަރު ހުއްޓިފައި ހުރިކަން އިނގުމުން ލާނާގެ ރުޅިގަނޑު ދަގަވިއެވެ. ދެލޯނަގައި އަތަށް ލައިދީފާނަމޭވެސް ހިތަށްއެރިއެވެ. ލާނާގެ ރުޅިވެރި ނަޒަރު އަލަންއަށް އަމާޒުވުމުން އަލަން ގާތަށް ހިނިއައެވެ.

އެންމެން ސޯފާގައި ހަމަޖެހިލިއެވެ. އަލަންއައިސް އިށީނީ ލާނާއާއި ޖެހިގެންނެވެ. “ކޮބާ ކޮންވާހަކައެއް ދައްކަންތަ ތިއުޅެނީ ދެކުދިން.” ޝާކިރު ކެތްމަދުވެފައި ސުވާލުކުރިއެވެ. އަލަންގެ ނަޒަރު ވަގުތުން ހުއްޓުނީ ލާނާއަށެވެ. ނަމަވެސް ލާނާ ހީވަނީ ވާހަކަނުދައްކަން ހުވާކޮށްގެން އިންހެންނެވެ. އަލަން ގާތަށް ރުޅިއައެވެ. އެންމެންނަށް ނޭނގޭނެހެން ލާނާގެ އަތަށްހިފައި ފިއްތައިލިއެވެ. އަތަށްއެރި ތަދުން ލާނާއަށް އަތްދަމައިގަނެވުނެވެ. އަދި ވަށައިގެން ބަލައިލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައިހުރީ ލާނާއާއި އަލަންއަށެވެ. އަލަންގެ އިންޒާރުގެ ބަސްތައް ހަނދާންވުމުން ވާހަކަ ދައްކަން ބޭނުންނުވިކަމުގައިވިޔަސް ލާނާ ވާހަކަ ދައްކަންފެށިއެވެ. ” މީ.. މި.. މޯމް. ޑޭޑް. ލާލާ ބޭނުމީ އަލަން އާއި މެރީ ކުރަން. ކުރިން މެރީ ނުކުރާނަމޭ ބުނީ މައްސަލައެއް ޖެހިގެން.” ވަރަށް ހިތްވަރުކޮށްފައި ލާނާ ވާހަކަ ދެއްކިއެވެ. ލާނާގެ ދުލުން އެބަސްތައް ބޭރުކުރީ ކިހައި އުނދަގުލުންކަން ދެނެވޮޑިގެންވާނީ ހެއްދެވިފަރާތެވެ.

ލާނާގެ ވާހަކަތައްއިވިފައި އެންމެންގެ މޫނުމަތި އުޖާލައި ވެގެންދިޔައެވެ. އާލާ އުފަލުން އަލަންއާއި ލާނާގެ ގައިގައި ބައްދާލިއެވެ. އާސިމާއާއި ޝާކިރުވެސް އުފަލުން ބުނާނެ އެއްޗެއް ނޭނގިފައި ތިބީއެވެ. “އެކަމަކު ދަރިފުޅާ. ހަމަ ހިތްހަމަނުޖެހޭ ކަމެއްވާއިރަށް ތިކަހަލަ ނިންމުން ނިންމާކަށް ނުވާނެ އެންނު.” ހަސީނު ހިތްހަމަ ނުޖެހުނީ ލާނާ އެގޮތަށް ކައިވެނި ކެންސަލްކުރީމައެވެ. ނަމަވެސް ލާނާ ކައިވެންޏަށް އެއްބަސްވުމުން ހަސީނު ވަރަށްއުފާވިއެވެ. އެންމެން އުފަލުން ކައިވެނީގެ ވާހަކަ ދައްކަމުން ގެންދިޔައެވެ. ޕާޓީ ބާއްވާނެ ތަނެއްގެ މަޝްވަރާ ކުރެވެމުން ދިޔައެވެ. އަލަން ހެވިފައި މިމަންޒަރު ބަލަންއިންއިރު ލާނާ އިނީ ހިތްދަތިވެގެން ބުނާނެ އެއްޗެއް ނޭނގިފައިއެވެ. ވަގުތުގެ ރަނގަޅުކަމުން އަލަން ފުރުސަތުގެ ބޭނުންހިފިއެވެ. ” ބައްޕާ. އަހަރުމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނިކުރަން. މާދަން ފޯރމުލާން ދާނަން. އޭރަށް މާދަން ރަންކިޔޭނެ އެންނު.” އަލަންގެ ވާހަކަ އިވިފައި ލާނާ ސިހުނެވެ. މިހާ އަވަސްއަރުވައިލައިގެން އަލަން އެއުޅެނީ ކީއްކުރަން ހެއްޔެވެ. މިވަރުން ދަންޏާ ހަފްތާއެއް ތެރޭގައި ލާނާ ހުންނާނީ އަލަންގެ އަނބަތް ވެފައެވެ. ” މަންމައަށް ވަރަށް ކަމުދޭ ތިހިޔާލު. ބޭބެވެސް އަންނާނެ މެލޭޝިޔާއިން ދެދުވަސް ތެރޭގައި. މިހާރު އޭޑީކޭއިން ވަޒީފާވެސް ހަމަޖެހިފައިނީ.” އާސިމާ ބުނެލިއެވެ. އާލިމް އަންނަ ވާހަކަ ބުނުމުން އާލާއާއި އަލަންގެ މޫނު އުޖާލާވެގެން ދިޔައެވެ. އާލިމް މެލޭޝިޔާގައި ޑޮކްޓަރުކަން ކިޔަވަން ހުންނަތާ މިހާރު 7 އަހަރު ވެއްޖެއެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް އެއްފަހަރު ޗުއްޓީ ލިބުމުން ރާއްޖެއާދެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 4

Next

ދުޢާ

Next
August 26, 2018

ދުޢާ

Previews
August 25, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 4

22 Comments!

  1. hamtii says:
    August 26, 2018 at 3:38 pm

    v v habeyx….anha wen next up kohdhenii….cant wait

    1. hamtii says:
      August 26, 2018 at 3:39 pm

      me 1st…yayyyy

    2. Anha says:
      August 26, 2018 at 5:06 pm

      Congrats hamtii on being the first?? and thankyou. Next part on tuesday. Keep reading?

  2. Ahana says:
    August 26, 2018 at 4:15 pm

    V reethi adhi inthizaaru kurevey vaahaka eh mee.. When is next part?

    1. Anha says:
      August 26, 2018 at 5:07 pm

      Thankyou ahana. Insha allah next part on tuesday. Keep reading.?

  3. Aesh says:
    August 26, 2018 at 4:36 pm

    Maa sha Allah.. Vrh Vrh Vrh furihama.. ??☺️☺️?? just love itt!!! ?☺️????❤️❤️❤️ Ekam e Alan eh… Hate that boy.. Anhen kuhjakah evaru kuran heyovaanetha.. Evves varakah eyna respect nukurey Laanaa ah.. Arrrgggh..???????????? btw this part is also wonderful… Good job dear, and keep it up..

    1. Anha says:
      August 26, 2018 at 5:09 pm

      Thankyou so much aesh. Alan akee adhi goas kujjekey. Fahun neyge ennu rangalhu nuvaane kameh? keep reading. Next part on tuesday insha allah. ❤?

  4. Anha says:
    August 26, 2018 at 5:05 pm

    Hello everyone. So heres the 9th part. Hope you all will like this part too. Let me know what you all think of this part. Thankyou for all the love and support. Insha allah next part on tuesday. Keep reading. ?❤

  5. Cherry? says:
    August 26, 2018 at 6:26 pm

    Mi part ves varah reethi waiting for the nxt part❤❤

    1. Anha says:
      August 26, 2018 at 11:43 pm

      Thankyou cherry. Next part on tuesday❤

  6. Unknown girlll.. says:
    August 26, 2018 at 7:11 pm

    Mi part ves awsum ..can’t wait….. aalim ah ingeyne dhw idhaan……v. curious..inthizaaru kuramey loabivaathy..mi vaahakaige nxt part kiyumahtakai.. haahaa??? keep up the good work??? luv ya more?❤?

    1. Anha says:
      August 26, 2018 at 11:44 pm

      Thankyou so much dear.❤? aalim might know idhaan.. ? lets see what happens next. Keep reading?

  7. ??? says:
    August 26, 2018 at 7:38 pm

    E laana fakyrah hadhaa goi dhw…. ?
    Bt story hama vrh salhi

    1. Anha says:
      August 26, 2018 at 11:49 pm

      Thankyou dear??

  8. Abc says:
    August 26, 2018 at 10:49 pm

    Vara foohi laala ulhey gothun .thee dhivehi mahaula gulhey kame noon . Thioi gut huri kujja thioi ganna bire

    1. Anha says:
      August 26, 2018 at 11:50 pm

      Lana might come back much stronger right?? keep reading..

  9. Loona says:
    August 27, 2018 at 6:29 am

    Laala and Alan guluvachay pls …story vrh reethi

    1. Anha says:
      August 27, 2018 at 1:15 pm

      Thankyou dear.. keep reading?

  10. Eekko says:
    August 27, 2018 at 10:43 pm

    Luv yur story.. Its awsome ❤?❤?❤

  11. hash says:
    August 28, 2018 at 11:11 am

    love this alot..next part waitin waithing…?????????

  12. Regular reader says:
    August 28, 2018 at 1:37 pm

    Haadha Lahey up waaleh ?

  13. Abdulla says:
    August 29, 2018 at 8:03 am

    Anhenhen kudhinge visnun koshi kamuge heki anhenegge faraathun mioh fennany… story nice…

Comments are closed.

Next Episodeކުށަކާނުލައި- 10 ވަނަބައި←


All Right Reserved!