Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 3

cookie Level 1
August 25, 2018 4 Mins Read
42 Comments

މިކްޔާލް ހުއްޓިލީ ރިސާރވް ޖަހާފައިވާ މޭޒު ނަންބަރު ތިނެއް ކައިރީގައެވެ. އެ މޭޒުގައި މިކްޔާލަށް ފުރަގަސް ދީގެން އިން އަންހެން ކުއްޖާ މިކްޔާލްގެ ލޮލުގައި އަޅައިގަތެވެ. އެ އަންހެން ކުއްޖާގެ މޫނު ބަލާލުމަށްޓަކައި އެ އަންހެން ކުއްޖާއާ ވީ ފަރާތަށް ދިޔައެވެ. މޫނު ފެނުމާއެކު މިކްޔާލްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެބުމަ ގޮށްޖެހުނެވެ.

“އެކްސްކިޒުމީ..މީ ރިސާރވްޑް ޓޭބަލް އެއް..އިޓްސް ރިސާރވްޑް ފޯރ މީ..” މޭޒުގައި ޓަކި ޖަހާލަމުން މިކްޔާލް ބުންޏެވެ. އެއާއެކު އަޔާނީ އޭނާގެ ފޯނަށް ހަދިޔާކޮށްފާ ވާ ނަޒަރު މިކްޔާަލަށް ދިނެވެ. “ޔޫ..” މިކްޔާލްއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އަޔާނީ ދެލޯ ކުޑަކޮށްލިއެވެ. “ޔެސް މީ…” ނުލަފާ ގޮތަކަށް މިކްޔާލް ހީލިއެވެ. އަދި އަޔާނީގެ ކުރިމައްޗަށް ވާގޮތަށް އިން ގޮނޑި ދަމާލަމުން އޭނާ އިށީނދެލިއެވެ.

“ސޯ..ދެން އެހެން މޭޒަކަށް ދާންވީނު ދޯ މީ މަގޭ މޭޒޭ..” ފުންނޭވާއެއް ދޫކޮށްލަމުން މިކްޔާލް ބުނެލިއެވެ. “ނޮޕް..މަގޭ މަންމަ ބުނީ މީ މަށަށް ރިސާރވް ކޮށްފަ އިންތަނެކޭ..އެންޑް އައި ކޭމް ހިއަރ ފަސްޓް” އަޔާނީވެސް ހުރީ ގޮތުގައެވެ. “އާޗާ..ހާދަ ބަސްއަހާ ކުއްޖެކޭ ދޯ..މަގޭވެސް މަންމަ ބުނީ މީ މަގޭ ތަނޭ..” ބަހުސް ކުރުމަށް މިކްޔާލް ޝައުގުވެރިވިއެވެ.”ޔޫ….” އަނެއްކާވެސް މިކްޔާލްއާ ދިމާލަށް އަޔާނީ ޝަހާދަތް އިނގިލި ދިއްކޮށްލިއެވެ. ބުނާނެ އެއްޗެއް ނޭނގުމުންނެވެ. ގޮނޑި ތެދުވަމުން އޭނާގެ މޫނު މިކްޔާލްގެ މޫނާ ކައިރިކޮށްލީ ރުޅިއައި ވަރުންނެވެ. “ތިހާ ކައިރިވަނިކޮށް ތި ލިޕްސްޓިކް ކޮޮޅު މަގޭ ތުންފަތުގަ އުނގުޅިދާނެ…” މިކްޔާލް އޭނާގެ މޫނު އަޔާނީގެ މޫނާ ދުރުކޮށްލަމުން ކޮށްލީ ލާނެއް ސަމާސާއެކެވެ. ހަމަ އެވަގުތު ދުރުން އަޔާނީމެން ދެމީހުންނަށް އަމާޒު ކުރެވުފައިވާ ކެމެރާ ފްލޭޝްވިއެވެ. ކެމެރާގެ ވެރިފަރާތް އެ ކެމެރާއިން ނެގިފައި ހުރި އަޔާނީމެންގެ ފޮޓޯތަކަށް ބަލަމުން ދިޔައެވެ. ނުލަފާ ހިނިތުންވުމަކާއެކުގައެވެ.

“އަނހަ..އޭރުވެސް ހިތަށް އެރިއޭ…އެއް ޓޭބަލްއެއްގަ މި ދެކުދިން އިށީނދެގެން މިކަހަލަ ކަމެއް ވެދާނެއޭ…” މޭޒުގެ ކަނާތް ފަރާތުން އިވުނު އަޑުގެ ސަބަބުން އެ ދިމާއަށް މިކްޔާލްމެން ދެމީހުން ބަލައިލިއެވެ. ފެނުނު މަންޒަރުން ހައިރާންވިއެވެ. މިކްޔާލްއާ ދިމާލަށް ގުދުވެ އޮތް އަޔާނީވެސް އޭނާގެ ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އަޔާނީގެ ދެފަރާތުގައި އިށީނދެލީ އޭނާގެ މަންމައާއި ބައްޕައެވެ. މިކްޔާލްގެ ދެފަރާތުގައި އޭނާގެ މައިންބަފައިންނެވެ.

ސުވާލު މާކު ޖެހިފައި އަޔާނީއާއި މިކްޔާލް ތިބިއިރު އެ ދެފަރާތުގެ މައިންބަފައިންގެ މޫނުމަތިން ފެނުނީ ހިތްހަމަޖެހުމެވެ. އަޔާނީއާއި މިކްޔާލް ތިބީ އެކަކު އަނެކަކަށް ނުބަލަން ހުވާކޮށްގެން ފަދައެވެ. “ސޯ..އެހަށް އެއްޗެއް އޯޑަރު ކުރަމާ..ކައިނިންނާމާލައިގެން ދޯ ވާހަކަ ދައްކާނީ…” އަޔާނީގެ ބައްޕަ ނިޒާރު ބުނި އެއްޗަކަށް އެންމެންވެސް އެއްބަސްވިއެވެ.

** ** ** ** ** **

ކެމެރާ ކަރުގައި އަޅައިގެން ހުރެ ސިމްޕްފޮނީ ރެސްޓޯރެންޓުން ނިކުތް އިނާން މިސްރާބުޖެހީ ތަންކޮޅެއް ދުރުގައި ޕާކްކޮށްފައި ހުރި އޭނާގެ ސައިކަލު ކައިރިއަށެވެ. ސައިކަލަށްް އަރައިގެން ދުއްވާލީ އަތަމާ ގޯޅިން ނިކުންނާށެވެ. ދެތިން މިނެޓުގެ ދަތުރަކަށްފަހު އޭނާ މަޑުކޮށްލީ ގެސްޓު ހައުސެއްގެ ކުރިމައްޗަށެވެ. ސައިކަލު ޕާކު ކޮށްލަމުން ގެސްޓު ހައުސަށް ވަނެވެ. ލިފްޓު ހުއްޓެއްކަމަކު އޭނާ ޙިޔާރު ކުރީ ސިޑިއެވެ. ލިފްޓަށް މާގިނަ މީހުން އެރީމައި ކަމަށްވެސް ވެދާނެއެވެ.

ރޫމް ނަންބަރު ސަތޭކައިގައި ޓަކިވެސް ނުދީ ދޮރު ހުޅުވާ އަޅާލިއެެވެ. އެނދުމަތީގައި ޝީޝާ ފުޅިއެއް އަނގައަށް ޖަހައިގެން އިން ޒިވާނަށް ނަޒަރު ހިނގާލިއެވެ. ޒިވާނާ ދިމާލަށް އޭނާ ހިނގައިގަތެވެ. “ބުރޯ ބަލާބެއަ ކަލޭގެ ވަފާތެރި ބިޓު ރެސްޓޯރެންޓުަގައި ހާވާ ހަޑި..” ކެމެރާ ހުޅުވާލަމުން ފަހަރަކު ފޮޓޯ އެއް ޒިވާނަށް ދައްކަން ފެށިއެވެ.

** ** ** ** ** **

ކައިނިންމާލަމުން ނެޕްކިންގައ އަތްފޮހެލި އިމާދު އޭނާގެ ކުރިމަތީގައި އިނދެ ކައިނިންމާލި ނިޒާރަށް އެއްބުމަ އަރުވާލީ ވާހަަކަ ފަށާށޭ ބުނަމުންނެވެ. ނިޒާރު ކަރުކެހިލިއެވެ. މޭޒު ކައިރީގައި ތިބި އެންމެންގެ ނަޒަރު ހުއްޓުނީ ނިޒާރަށެވެ. “މިހާރު ބުނެވިފަ ކަންނޭނގެ އޮންނާނީ ވާހަކައެއް ދައްކާވާހަަކަ ދޯ..” ނިޒާރު ބުނި އެއްޗައް ޖަވާބު ދޭނެ މީހަކު ނުވިއެވެ. “އިމާދުއާ އަޅުގަނޑާ ވަރަށް ވިސްނާފަ ނިންމި ނިންމުމެއްމީ..އަޅުގަނޑުމެން ދެމީހުންގެ ދެދަރިންގެ ކައިވެނި ހަމަޖައްސަން އެކަކު އަނެކަކާ..” ނިޒާރު ބުނެލި އެތި އަޔާނީއަށާއި މިކްޔާލަށް ގެޓުވާ ގޮތެއް ނުވިއެވެ. ގެޓު ނުވީ އެދެމީހުންނަށް އެކަންޏެވެ.

ހަމަ އެވަގުތެވެ. ނިޒާރުގެ އާއިލާއާއި އިމާދުގެ އާއިލާ އިށީނދެގެން ތިބި މޭޒުގެ އަޑީގައި ހިނގަމުން ދާ ކަންކަމަކީ އަޔާނީއާއި މިކްޔާލަށް އެކަނި އެނގޭ ކަންކަމެވެ. ކައިނިންމާލަމުން މިކްޔާލް އޭނާގެ ފައިދަމާލިއެވެ. މިކްޔާލްގެ އޮފިޝަލް ބޫޓު ގޮސް ޖެހުނީ އަޔާނީގެ ކަށި ފައިވާނުގައެވެ. އަޔާނީ ހީކުރީ އެއީ މިކްޔާްލް އޭނާއަށް ކޮށްލި ޖެއްސުމެއް ކަމަށެވެ. އަޔާނީ އޭނާގެ ފައިގައި ހުރި ބާރެއް ލާފައި މިކްޔާލްގެ ފައިމަތީގައި ޖެއްސެވެ. “އައްދިއްޔޯއި..އަމާ..” މިކްޔާލް ހަޅޭއްލަވައިގެތެވެ. އޭނާ ބުނަން އުޅުން އެތި ފުރިހަމަ ނުވިކަން ނަސީބެކެވެ.

“ކިހިނެތްވީ..” މިކްޔާލްގެ މަންމަ ޒިދުނާ ހާސްވެފައި އެއްސެވެ.  ވާހަކަ ދައްކަން އަނގަ ހުޅުވާލި ނިޒާރުގެ ނަޒަރުވެސް ހުއްޓުނީ އެދިމާއަށެވެ. ނިޒާރު އެކަންޏެއް ނޫނެވެ. ސުފުރާ މަތީގައި ތިބި އެންމެންވެސް މެއެވެ. ކަމެއް ނުވެޔޭ ބުނާ ފަދައިން މިކްޔާލް ދެފަރާތަށް ބޯ ހަލުވާލަމުން ހިނިތުންވެލިއެވެ. އަޔާނީގެ ތުންފަތުަގައި ވީ ނުލަފާ ހިނިތުންވުމެކެެވެ. އަޔާނީއާ ދިމާލަށް ބަލާލަމުން މިކްޔާލް އަތުން އިނގިއްޔެއް ދައްކާލިއެވެ. އެހެން މީހުންނަށް ނުފެންނާނެހެންނެވެ.

” ނިޒާރު ކުރިއަށް ގެންދޭ.” އިމާދު ބުނެލިއެވެ. “މި ބުނީ މިކްޔާލްއާއި އަޔާނީގެ ކައިވެނި ހަމަޖައްސަންށޭ މި ވިސްނީ..” ނިޒާރުގެ ވާހަކަ ފަށައިގަތްތަނުން އަޔާނީއާއި މިކްޔާލް ކޮށިއެރިއެވެ. އަނގައިގައި ފެންނެއްކަން ނަސީބެކެވެ. “މިހާރު މިވީ ކުޑަ ދުވަސް ކޮޅުގެ ތޭރަގައިވެސް އަޅުގަނޑާ ނިޒާރާ ދެމެދު ވިޔަފާރީގެ ތެރެއިން ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ..އެހެންވީމަ މި ގުޅުން އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގަ ދެ އާއިލާ އެކީގައި ގުޅުވާލުމަކީ ރަނގަޅު ހިޔާލެއް ކަމަށް މި ބެލީ ” އިމާދު އިތުރުކޮށްލިއެވެ.” ދެކުދިންވެސް މީހަކާ އިންނަ ހިޔާލު އަދި ނުކުރާތި އިނގޭ..ކޮބާ ޖަވާބަކީ..” ނިޒާރު އަހާލިއެވެ. މައިންބަފައިންގެ ކުރިމަތީގައި ގަދަ ހަދަން ނުކެރޭ އަޔާނީއާއި މިކްޔާލަށްވެސް ޖެހޭނީ އާބަސް ބުނާށެވެ. އިތުރުު ގޮތެއް ނެތެވެ.

“އަޅުގަނޑަށް އެންމެ ރަނގަޅު..-” ހިތާ ދެކޮޅަށް މިކްޔާލް ބުނެލިއެވެ. އޭނާއަށް ނޫނެކޭ ބުނެ ދެއްކޭނީ ކޮން އުޒުރެއް ހެއްޔެވެ. އޭނާއަކީ ހުސްހަށިބައި މީހެއްްކަން މައިންބަފައިން ކައިރީ ވާނީ މާ ކުރިންވެސް ބުނެވިފައެވެ. މަންމައާއި ބައްޕަ ދައްކާ ކުއްޖަކާ ކައިވެނި ކުރާނަން ކަމަށްވެސް ބުނެވުނު ދުވަހެއްވެއެވެ. “އަޅުގަނޑު ބޭނުން ވިސްނާލަން..” އަޔާނީގެ ޖަވާބު ތަފާތެވެ. “އޯކޭ..އެހެންވީމަ ވިސްނާލަން އެހަފްތާ ރަނގަޅުވާނެ ދޯ..ދެން މިހަފްތާގެ ތެރޭގައި ދެކުދިން ކުޑަކޮށް ގުޅުން ބަދަހިކޮށްލާ ހެދިދާނެއެއްނު..” ނިޒާރު ދިނީ ރަނގަޅު ހިޔާލެކެވެ.

ވާހަކަ ދައްކާ ނިންމާލަމުން ރެސްޓޯރަންޓުން ނުކުންނަން އެ ދެއާއިލާ ހިނގައިގަތެވެ. ވިޔަފާރީގެ މަޝްވަރާތަކުގައި އިމާދާއި ނިޒާރު ކުރިއަށް ދިޔައިރު ޒިދުނާއާއި އިފާ ދައްކަމުން ދިޔައީ ބޮލީވުޑުގެ ވާހަކައެވެ. އަޔާނީއާއި މިކްޔާލްއާ ދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. އިމާދާއި ޒުދުނާގެ ދެމަފިރިން ނައްޓާލީ ސައިކަލުގައެވެ. “ދަރިފުޅާ ގެއަށް ދަނީ ކިހިނެތް މިގަޑީގަ ޓެކްސީއަކަށް އަރާކަށް ނުވާނެއެއްނު..” ނިޒާރުގެ ސައިކަލު ފަހަަތަށް އަރަމުން އަޔާނީއާއި މުޙާތަބުކޮށް އިފާ ބުނެލިއެވެ.

ޕާކުކޮށްފައި ހުރި ޕްރައިވެޓު ކާރުގެ ދޮރު ހުޅުވަމުން ދިޔަ މިކްޔާލަށް މި އަޑުއިވުނެވެ. އަޔާނީ އެކަނި ޓެކްސީއެއްގައި މިއޮއްފަދަ ރެއެއްގައި ދާވާހަކަ ބުނުމުން އޭނާގެ ހިތުގެ ހަމަޖެހުން ގެއްލުނީ ކީއްވެކަމެއް ޙުދު އޭނާއަކަށްވެސް ނޭނގުނެވެ.” އަޅުގަނޑު ޑްރޮޕް ކޮށްދީފާނަން..” މިކްޔާލަށް ބުނެވުނީ އިޙްތިޔާރުން ބޭރުގައެވެ. އިފާވެސް އުފަލުން ހުރެ އަޔާނީގާތު މިކްޔާލްއާއެކު ދިއުމަށް ބުނެލިއެެވެ. “އާރގްގްގް މަށަށް ޖެއްސުމެއް ކުރާނެ ގޮތެއް ނޭނގިގެންތަ އޭނަ އެއުޅެނީ” މިކްޔާލާ ދިމާލަށް މިސްރާބުޖެހި އަޔާނީ ހިތާހިތުން ބުނެލިއެވެ. އޭރު ނިޒާރާއި އިފާވެސް ސައިކަލުގައި ގޮސް މަގުގެ ކޮޅަށް އޮބާލައިފިއެވެ.

ކުއްލިއަކަށެވެ. މިކްޔާލާ ދިމާއަށް މިސްރާބުޖެހި އަޔާނީގެ ފަހަތުން މީހަކު އައިސް އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އަދި އެއަތް ނައްޓާލަމުން ފޮތިގަނޑެއް ބަންނަން އުޅެނެވެ. އަޔާނީއަށް ހަޅޭއް ލަވައިގަނެވުނެވެ. ނަމަވެސް އޭނާގެ އަޑު ކެނޑުނީ ފޮތިގަނޑު އެއްސުމުންނެވެ. އެމީހަކު އަޔާނީ ދަމާފައި ގެންގޮސް ވެއްދީ ކަޅު ކާރެއްގެ އެތެރެއަށެވެ.

ކާރުގެ ތަޅުގައި ތަޅުދަނޑިފަތި ޖައްސާލި މިކްޔާލަށް އަޔާނީގެ ހަޅޭކުގެ އަޑު އިވުނެވެ. އެ އަޑު އައިހެން ހީވާ ދިމާލަށް ދުއްވައިގަތެވެ. އޭނާއަށް ފެނުނު މަންޒަރުން ދެލޯ ބޮޑުވިއެެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

cookie

Level 1

Other Articles

Previous

ފެވިފާނަންތިވޭ ހިތުގާ 2

Next

ހާސިލް ވުމަށް އެދި ހިތް ރޮޮނީ 3

Next
August 25, 2018

ހާސިލް ވުމަށް އެދި ހިތް ރޮޮނީ 3

Previews
August 23, 2018

ފެވިފާނަންތިވޭ ހިތުގާ 2

42 Comments!

  1. Dandelion ? says:
    August 25, 2018 at 1:42 pm

    Me first dhw..haadha inthizaareh kurymey mi stry ah..

    1. cookie says:
      August 26, 2018 at 4:36 am

      Ey wait ehemma assu naash eh nuney dhw mifaharu first akee it’s dandelion. Hehe ur ten minutes early ekm ur comment moderation wait kureema nufenunee hehe ?? congratulations dhen mifaharu dhekudhin first kamah balany ? Thank you dandelion I’m also waitin for ur stry dear ❤❤❤❤❤

  2. naash says:
    August 25, 2018 at 1:52 pm

    haha e 2 myhn ulhey gothn hama heehee halaaku vejje… stry hama superb dear.. u r the bst.. maasha allah .. adhi mihaa reethi stry eh nukiyan…. maasha allah u r a perfect writer dear… keep it up… abadhu vx beeley mi stry up veytho.. hama kiyaa hithn keh nuvey viyya.. hehe.. whn nxt… vaguthu vvema avahah up kohla dhechey dear…

    1. cookie says:
      August 25, 2018 at 3:40 pm

      Hahaha naash hehvaa levuneema I’m proud of ma self ????. .haha ekm naash heehee halaaku veema so sad? Btw thank you so so so much ur also such a wonderful perfect reader ?? tomorrow up kohdheynan ingey ❤❤❤???

  3. naash says:
    August 25, 2018 at 1:53 pm

    nd me first dhw.. yayy…

    1. cookie says:
      August 25, 2018 at 3:34 pm

      Yayyy you first congraa hingaa celebrate kuran dhw ?

  4. Ibsha says:
    August 25, 2018 at 1:53 pm

    Wow❤❤❤

    1. cookie says:
      August 25, 2018 at 3:25 pm

      Thank you my dear ❤❤❤?

    2. cookie says:
      August 25, 2018 at 3:26 pm

      Thank you my dear ❤❤❤?hopin to see u next prt ga ves ☺

  5. hamtii says:
    August 25, 2018 at 2:08 pm

    v salhi nge….next ves up kohla ba miadhu cookie plx….waitings

    1. cookie says:
      August 25, 2018 at 3:16 pm

      Aww hamtti dear testah ready vaathee miadhu buxy. .ekamu maadhen publish kohlaanan ingey ❤❤ Thank you my friend ??

  6. Airah says:
    August 25, 2018 at 2:12 pm

    story hamahabeys????

    1. cookie says:
      August 25, 2018 at 3:05 pm

      U adhi maa habeys ingey ?? Thank you airah ❤❤

  7. R says:
    August 25, 2018 at 2:54 pm

    Hehe.. v habbu.. mikahala romantic comedy scenes future ga vx genes dhechey

    1. cookie says:
      August 25, 2018 at 3:11 pm

      Ayee thank you ❤❤ yes as you wish. I’ll make this stry full of romantic comedy scenes nge ??

  8. goldie says:
    August 25, 2018 at 3:02 pm

    v salhi mi story.

    1. cookie says:
      August 26, 2018 at 4:47 am

      Ur stry too dear ? Thank you bodukoh ❤❤❤❤

  9. cookie says:
    August 25, 2018 at 3:04 pm

    Guys finally ?? reward of patients has arrived ❤❤ I hope u all enjoy mi part ves ?? hatharu vana bai maadhen ingey hopefully ?? thanks for the endless love and support ??

  10. Nazi says:
    August 25, 2018 at 4:02 pm

    Wow. Beautiful?? pls make it looonnnng

    1. cookie says:
      August 25, 2018 at 7:28 pm

      Aye thank you ❤❤❤ yh next part ?

  11. hana says:
    August 25, 2018 at 4:16 pm

    aneh part

    1. cookie says:
      August 25, 2018 at 7:30 pm

      Very soon ❤❤

  12. Reen says:
    August 25, 2018 at 5:49 pm

    Masha allah..nerunu hurihaa part eh ves vvvv salhi..next part kiyaa hithun hama kehmadhuvefa mihury?

    1. cookie says:
      August 25, 2018 at 7:32 pm

      Aww thank you reen vrh loabi name maasha allah ❤❤❤ Next part just submitted ??

  13. Mal says:
    August 25, 2018 at 6:19 pm

    V v majaa mi part…????hyhy halaaku dhemyhun ulheygothun…?????BTW mikyal v nice name eh….❤❤❤❤❤❤ stry kuriah gendhaaleh v furihama…???keep up the good work dear….lots of love..❤❤❤❤❤❤?????

    1. cookie says:
      August 25, 2018 at 7:35 pm

      Alhey…thank you for the lovely comment plus the hearts❤❤❤ hehe ma liyan in iru ves hevey.. dhen mamma bunee moyavanee hehyyo ?? lots of love to you too mallu ???

  14. naash says:
    August 25, 2018 at 6:31 pm

    ey dear mirey party ah annache… first libunyma ekan celebrate kuran mi ulheny dear bunihn… hahahah… nd dear ah kon gothakn rashaa ngeny… just askng ngey… eii naash ge sis eh v ma hama ahaaliii

    1. cookie says:
      August 25, 2018 at 7:38 pm

      Aan okay dhaan veema calleh jahai ingey hahah lifteh ves dhehchey ??? rashaa eyy my teacher ekey ?? yhhh hudher comment kuri number ma save kohleema rashaa miss ge photo fenunee hehe ☺☺

  15. Unknown girlll.. says:
    August 25, 2018 at 6:41 pm

    Alugandu hama hee heehalaakuvejje… ?????hate is the begining of love….mi kala gotjakah dhw mi story midhany..mashallah v reethi…dhen vaany kihineh…cant wait soo curious keitherikan kolhun nulanys up kohdhehchey ingey…story kiyaavarakah alhugandakah ves madun nuhurevey…..haaha lol…keep up the good work??????…luv ya, ❤❤❤ cheer up with some cookies..

    1. cookie says:
      August 25, 2018 at 7:42 pm

      Awwwww bundle of love to you too gurl ❤❤❤ yup hate is the start haha ?? dhen vaane gotheh guesse kuramaa submit kohlaifin ingey mihaaru .maa gina ireh nuvaane hen heevane dhen ??hahah fayah hini aranee dhw ? ahan cookies ma power ☺ loabi you more ????

  16. Anonymous says:
    August 25, 2018 at 7:40 pm

    varah furihama. hama filmeh balaalevey kahala. waiting for next part… 🙂

    1. cookie says:
      August 25, 2018 at 7:46 pm

      Aww thank you ❤❤❤ u might see mee in a film someday ? next prt just submitted ???

  17. Anonymous says:
    August 25, 2018 at 7:43 pm

    varah salhi. i luv this story. next part ah waiting… 🙂

    1. cookie says:
      August 25, 2018 at 7:48 pm

      Thank youuuuu anonymous dear ❤❤❤❤ luv yah too ? nxt prt vrh avahah kiyaalan libeyne ☺☺☺

  18. naash says:
    August 25, 2018 at 8:01 pm

    sis eii dear ge quran teacher right… anyway ready vejje annan v nu

    1. cookie says:
      August 25, 2018 at 9:55 pm

      Yh☺ okkk miadhanyy hama mihaaru ekm iru kolheh vedhaane ingey kudakoh fuhjahain jeheynu ????

  19. Mal says:
    August 25, 2018 at 8:28 pm

    Heiii mallu ae frndx kiyaa ulhey nameh….??????

    1. cookie says:
      August 25, 2018 at 9:58 pm

      Cookie ves dhen ehen kiyaanee ok dhw ❤❤

  20. Its me says:
    August 25, 2018 at 9:44 pm

    Alheyy…yaar..ehaa avahah nihmaalii thi….nulaahiku kiyaa hithunn iny ves….. anyway up soon … darling

    1. cookie says:
      August 26, 2018 at 4:48 am

      Hahaha kihaa goas dhw ?? yup I will thank you darling ❤❤❤??

  21. Name says:
    August 26, 2018 at 4:01 pm

    Varah reethi ekm thiah vure romantic kolli nama dhen bai thah Varah romantic kurachey

  22. #unknown says:
    September 15, 2018 at 2:42 pm

    very interesting and amazingly beautiful part dear… ❤️hope dhen anna part ves miahvuren reethi vaanekamah… ??… With loads of luv

Comments are closed.

Next Episodeއިތުރަށް ހަމަ ލޯތްބޭ ވެވެނީ 4←


All Right Reserved!