Skip to content
އެސްފިޔަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 1

މާމެލާމެލީގައި ހުރި ކުދި ކުދި ޝަބްނަމް ތިކި ތަކުގެ ސަބަބުން އެއެއްޗިއްސަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރެއިން ސުރެއް ވެހެމުން ދިޔަ ވާރޭއަށް ނިމުމެއް އައީ އަދި ކިރިޔާއެވެ. ގަޑިން ހެނދުނު ހަތެއް ޖެހިއިރު ކަޅު ބޯ ވިލާތަކުން އިރުވަނީ ފަރުދާވެފައެވެ. ފަޒާގައި ހިފާފައިވާ ތެތްފިނިކަމަކަށް ބަދަލެއް ނާދެއެވެ. ޖެހިލާ ފިނި ރޯޅި ތަކުގެ ސަބަބުން ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ. މިނިވަންކަމާއެކު ދިވެހި ދިދަވެސް ދިޔައީ ވިހުރެމުންނެވެ.

މުޅި މާލޭ ވަށާ ބުރެއް ޖެހުމަށްފަހު މިކްޔާލް މަޑުކޮށްލީ އެއް ނަންބަރު ޖެޓީ ކައިރީގައެވެ. ވައިރޯޅިއަށް ކިޔަމަން ވަމުން އޭނާގެ ފަން އިސްތަށިގަނޑު ވިހުރެނީއެވެ. ސޯޓުގެ ޖީބުން ފޯނު ނަގަމުން ފެއްސާ ރަތާ ހުދުން ދިވެހި ހުއްބުލް ވަތަން ރަމްޒު ކޮށްދޭ ދިދައިގެ ފޮޓޯ އެއްނަގާލިއެވެ. ދުވަހަކީ ހުކުރު ދުވަހަކަށް ވެފައި މޫސުން ގޯސް ވުމުގެ ސަބަބުން މަގުމަތީގައި އުޅޭ މީހުންގެ އަދަދު މަދެވެ. އެހެންނަމަވެސް މިކްޔާލް ފަދައިން ޖޮގިން އަށް އައިސް އުޅޭ މީހުން މޫސުމަށް ސަމާލުކަން ދޭހެނެއް ހިޔެއް ނުވެއެވެ. މި ހިތްފަސޭހަ ވަގުތުގެ ފުރިހަމަ އުފާ އެމީހުން ލިބިގަންނަމުން ދިޔައެވެ.

މަޑު ހިނގުމެއްގައި މިކްޔާލްް މަޑުކޮށްލީ އާންމުންގެ ލޯންޗުތަކާއި ފެރީތަށް ކައިރިކުރާ ބަނދަރު ކައިރީގައެވެ. ވައިރޯޅި ތަކުގެ އަރާމު ކަމުން ލޯމަރާލެވުނެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ. ފިކުރު ބޮޑުވާންވީ ކޮންކަމަކާ ހެއްޔެވެ. މުއްސަނދި އާއިލާއަކަށް އުފަންވުމުން އޭނާއަށް ނުލިބޭ އެއްޗެއް ނެތެވެ. ބައްޕަގެ ކުންފުނީގެ މަތީ މަގާމެއްގައި ވަޒީފާ އަދާކުރަމުން ދާއިރު އޭނާ ކަންބޮޑު ވާންވީ ސަބަބެއްނެތެވެ. ދެމަފިރިންގެ ދޭތެރޭ ޖެހޭ މައްސަލަތަކާ ވިސްނަންޖެހޭނީ އަންބެއް ހުރި ނަމަތާއެވެ.

އަމިއްލަ ހިޔާލީ ފޮށާ ކައްކަމުން ދިޔަ މިކްޔާލްގެ ތަވާ ބަނޑުން ޖެހުނެވެ. ހެމުން ހެމުން ސަކަރާތް ޖަހަމުން އައި ދެއަންހެން ކުދިންގެ އަޑު އޭނާގެ ފަހަތުން އިވުނެވެ. މިކްޔާލް ފަސް އެނބުރި ބަލާވެސް ނުލިއެވެ. އޭނާއާ ބެހޭ ކަމެއް  ހެއްޔެވެ.

އެހެންނަމަވެސް އެކަންތަށް ވެގެން ދިޔައީ އޭނާއާ ވެސް ބެހޭ ކަމަކަށެވެ. ދުވަމުން އައި އަންހެން ކުދިންގެ ތެރެއިން އެކަކު އައި ގޮތަށް އައިސް ޖެހިގަތީ ބަނދަރުގެ މަގަތުގައި ހުރި މިކްޔާލްގެ ބުރަކަށީގައެވެ. ހަމަ އެޔާއެކު އެދެމީހުން އެކީގައިހެން މޫދަށް ވެއްޓުނެވެ.

މޫދު އަޑިން ބޯ ނެގުމަށްފަހު އިސްތަށިގަނޑުން ފެންފޮޅާލިއެވެ. މިއީ ފައި ނުޖެހޭ ހިސާބެއްކަން އިނގުނީ އަޑިއަށް މީހާ ދާން ފެށިމުންނެވެ. ބަނދަރުގެ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ދަގަނޑު ބުޅިގަނޑުގައި މިކްޔާލް ހިފާއްޓާލިއެވެ. ވަށައިގެންވާ ކަނޑަށް ބަލާލިއެވެ. އޭނާ ސިއްސައިގެން ދިޔައީ އޭނާއާ ޖެހިގެން ހުރި އަންހެން ކުއްޖާ ފެނުމުންނެވެ. މޫދު އަޑިއަށް ގެނބެމުން ދިޔަ އަންހެން ކުއްޖާގެ އަނގައަށް ހުއްޓުމެއް ނެތި ލޮނުފެން ވަންނަމުން ދިޔައެވެ. ސަލާމަތާއި ރައްކާތެރިކަން ހޯދުމަށްޓަކައި އެކުއްޖާ ބައްދައިގަތީ މިކްޔާލްގެ ގައިގައެވެ. އެ ދެ ޒުވާނުންގެ ފުރާނަ ސަލާމަތްކޮށްދިނީ ދަގަނޑު ބުޅި ގަނޑެވެ.

މުށި ކުލައިގެ ކަޅިއެއްގެ ވެރި އެ ނިޔަނެތި އަންހެން ކުއްޖާ މޫނަށް މިކްޔާލް ނަޒަރު ހިނގާލިއެވެ. ޝަބްނަމް ތިކިތަކެއް ފަދައިން އެކުއްޖާގެ މޫނުގައި ފެން ތިކިތަށް ދިޔައީ ބަބުޅަމުންނެވެ. މަލެއްގެ ފިޔަ ފަދަ ފިޔާތޮށި ކުލައިގެ ތުންފަތް ފެނުމުން މިކްޔާލްއަށް ހިންދިރުވާލެވުނެވެ. އަރުން ލީ ލޮނު ރަހައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. ވާވަރަށް ލޮނުވެސް ބޮވިއްޖެ ވިއްޔާއެވެ. ނޭނގި ނަމަވެސް އެ އަންހެން ކުއްޖާގެ ސަބަބުން މިކްޔާލްގެ ހިތުގައި ފުރަތަމަ ފަހަރަށް އާގޮތަކަށް ވިންދު ޖަހާލިއެވެ. ނޭނގޭ އިޙްސާސެއް ކުރެވުނެވެ.

“އަޔާނީ…އޯކޭތަ..އެ ލޯންޗު އެބަ ކައިރި ކުރޭ އިނގޭ..މަޑުކޮށްލާ..” އަޔާނީ އަތުކުރުމަށް ދުވުނު ދިޔާނާ އޮތީ މޫދާ ދިމާލަށް ބޯދިއްކޮށްގެންނެވެ. އަޔާނީ އާ މުޙާތަބުކޮށް އޭނާ އިޝާރާތް ކުރީ އަޔާނީ މެންނާ ދިމާލަށް ކައިރި ކުރަމުން ދިޔަ ލޯންޗެވެ. އެ ލޯންޗު އެވަގުތު އެތާނގައި އޮތްކަންވެސް ނަސީބެކެވެ.

“އަޔާނީ..” މަޑުމަޑުން މިކްޔާލް ކިޔާލިއެވެ. ދިޔާނާއާ ދިމާލަށް ނަޒަރު ހުއްޓާލައިގެން މަތި ބަލަން އޮތް އަޔާނީއަށް އެ އަޑު އިވުމުން މިކްޔާލްއަށް ބަލާލިއެވެ. އޭނާ އެއްބުމަ އަރުވާލީ ބޮޑޭގޮތަކަށެވެ. ދެލޯ ކަރުނުން ފުރިފައިވާ ހާލުވެސް ހިތްވަރު ގަދަކަން ދައްކަން އަޔާނީ އުޅުމުން މިކްޔާލް ހިނިއައެވެ. އަޔާނީގެ ދެބުމަ ގޮށްޖަހާލިއެވެ.

ލޯންޗު ގާތް ކުރުމުން އެއަށް އެރުމަށްޓަކައި އަޔާނީމެން ދެމީހުންނަށް ފަޅުވެރިން އެހީވެދިނެވެ. “ދެންވެސް ކުޑަކުދިންހެން މަގުމަތީގަ އަތްލާ ކުޅޭ އިރު އެހެން މީހުންނަށް ބަލާލައިން އުޅެއްޗޭ..” ލޯންޗަށް އެރުމާއެކު އަޔާނީއާ ދިމާލަށް މިކްޔާްލް ބުނެލިއެވެ. ލޯންޗުގެ ކައްޕ މަސަތްކަތް ކުރީ ބަނދަރާ ލޯންޗު ކައިރިކުރާށެވެ. “ހުއް..މިތާ ބަނދަރު ކަރީ ނިދާފަ ހުރުމުގެ ކުރިންވެސް ވިސްނާލައްޗޭ..” ވަކި ދެރަނުވާން އަޔާނީވެސް ބުނެލިއެވެ. ހަރު ހިނގުމެއްގައި އެއްގަމަށް އަރައި ދިޔާނާއެކު ހިނގައިގަތެވެ.

“މީ ހާދަ ގައްޑާ ގޮލައެކޭ..” ކުޑަ ކުއްޖެއްހެން ތުން ދަމާލަމުން މިކްޔާލް އަމިއްލަ ނަފްސަށް ބުނެލިއެވެ. އޭނާގެ ދެފައިވެސް ހުރީ އެއްގަމުގައެވެ. މިކްޔާލްއަށް ފަސްދީފައި ދަމުން ފަސް ބަލާލަމުން އަޔާނީ ތުންއަބުރާލިއެވެ. މިކްޔާލްވެސް ދެބުމަ ކައިރިކޮށްލަމުން ހަދާލީ އެހެންނެވެ. އޭނާގެ އަމިއްލަ މޭމައްޗަށް އިޝާރާތް ކުރުމުން ދެލޯ ބޮޑުކޮށްލާފައި އަޔާނީ އޭނާގެ މޭމައްޗަށް ބަލާލިއެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ޓީޝާރޓު ގަޔަށް ތަތްލެވުމުގެ ސަބަބުން އަޑިން ލާފައި ހުރި ބްލޫ ކުލައިގެ އަންނައުނު ވަރަށް ރީއްޗަށް އިނގެއެވެ. މިކްޔާލް އެކޮށްލީ ނުބައި ފްލާރޓެކެވެ. އޭނާ ލައިގެން ހުރި ކޯޓުގެ ޒިބު ކަހާލަމުން އަޔާނީއާ ދިމާލަށް އެއްލިއެވެ. އެއެތިން ނިވާވާށޭ ބުނާ ފަދައިންނެވެ. އަޔާނީ އެ ކޯޓު ހިފިއެެވެ. އެއަށް ބަލާލަމުން މޫނަށް ވައްތަރު ޖައްސާލީ މިކްޔާލްއަށް ފެންާނެކަމަށެވެ. އެހެންނަމަވެސް އޭނާ އަށް ފަސްދީފައި މިކްޔާލް އެހެރަ ދަނީއެވެ.

( ނުނިމޭ )

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (28)

  1. Eenoo

    V reethi story… Kon dhuvas thakehga genedheny?? And make it longer nxt time… 🙂
    :-*

  2. Shiu

    Wow v nice mi vaahaka keep it up konirakun next part ??

  3. Rifuu

    Nice……

  4. Aesh

    Maa sha Allah… Vrh Vrh Vrh reethi… ???❤️❤️❤️❤️❤️❤️??? nxt part kiyaalaa hithun nuhurevey… Avahah up kohdhehchey.. Eyrah readers kiyaa hiyyvaany… ☺️?❤️❤️❤️❤️❤️❤️❤️ Good job dear… Keep it up.. ??????

    1. Aesh
      Aesh

      Haha.. Alhey.. Asluves tha??? ??? Vrh Vrh Vrh ufaavehje… Jazakillah khairan cookie… ☺️???????????❤️❤️❤️❤️❤️❤️?????

  5. Airah

    vvv Reethi .Waiting for the Next part

  6. Unknown girlll..

    V. Reethi..when next part

  7. Nunnu

    Feshunn varah reethi

  8. Laalee

    Varah reethi feshumeh vvvv reethi when next??

  9. Dreamer

    The story is really nice.. n funny parts huryma v kamudheyy… Gud luck with the story.. All the best??

  10. ?

    Nice❤️?

  11. Ayesher.9

    Beautiful❤❤

  12. Unknown ?

    MaSha Allah ❤✨
    Nice story?… Btw I like this story ?

  13. Sameela

    V nice

  14. #unknown

    Ma Sha Allah… Vrh reethi mi part❤️… Eagerly waiting for the next part ?

Comments are closed.