ކައިއާ….06
ކޮޓަރީގެ އެކިދިމަދިމާއިންއަންނައުނުތައް ނަގައިގެން ފާހާނާއަށް ކައިއާ ވަންއިރުވެސް ޔާނިސްއަށް ހަދާނެގޮތެއް ނޭނގިފައި ހުރެވުނީއެވެ. ކައިއާގެ ތުރުތުރު އަޅަމުންދިޔަ ހަށިގަނޑާއި ހިނގުމަށް އުނދަގޫވެގެން އުޅުނު މަންޒަރު ފެނުމާއެކީ އަމިއްލަ ނަފްސް ކުށްވެރިކުރެވުނީވެސް ވަކިވަރަކަށްނޫނެވެ.
ބައިގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް ކައިއާ ފާހާނާއިން ނުނިކުތުމުން ޔާނިސް ދެފަރަކު ދޮރުގައި ޖަހާލިއެވެ. ކައިއާގެ ހަބަރެއްނުވުމުން ކުރިއަށްވުރެ ބާރަށް ދޮރުގައި ތަޅައިގަތެވެ. ފެންމާގަނޑުން ފެންތައް އޮހެރެމުންދާ އަޑުފިޔަވައި އެއްވެސް އަޑެއްނީވުމުން ޔާނިސްއަށް ހަދާނެ ގޮތް ބޮޑުވިއެވެ. ކައިއާއަށް ވެދާނެ ގޮތަކާމެދު އެނޫނީ ވިސްނުނު ވަގުތެއް އައިކަމެއްވެސް ނޭނގެއެވެ.
“ދެން ކިހެނެއް އަހަރެން ހަދާނީ…. ކައިއާއަށް ގޮތެއްވެއްޖެނަމަ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފުކުރުވޭނެ…..” ޔާނިސްގެ ހިތަށް އަރަމުންދިއައެވެ.
ދެފަހަރަކު ދޮރުގައި ބާރަށް ޖެހިގަންނައިރަށް ތަޅުހަލާކުވެގެން ދޮރުހުޅުވިއްޖެއެވެ. ޔާނިސް ނުވެއްޓުނީވެސް ކިރިއާއެވެ. ފާހާނާ ތެރެއަށް ބަލާލުމާއެކު ޔާނިސްއަށް ބޮލުގައި ދެއަތުން ހިފަހައްޓާލެވުނެވެ. ފައިބަމުންދާ ފެނުގެ ސަބަބުން ކައިއާ އަތުން އަންނަމުންދިޔަ ލޭގެ އަސަރުތައް ފެވެމުންދިޔަ ނަމަވެސް ހޯސްލާފައި އަންނަމުންދިޔަ ލޭތަކުން މުށިތަކުގެމަތީގައި ރަތްކުލައިގެ އަސަރުފެންނަމުންދިޔައެވެ. ކައިއާގެ ދެކޮނޑުގައި ހިފާތަޅުވައިގަންނައިރަށް ކައިއާގެ އެސްފިޔަތައް ތަޅުވާލައިފިއެވެ. ކަރުނުން ފުރިފައިވި ދެލޯ ފެނުމުން ޔާނިސްގެ ހިތަށްވެސް އަސަރުކުރިއެވެ.
“އައި އޭމް ރިއަލީ ސޮރީ” އެބަސްތައްވީ ޔާނިސްގެ ހިތުތެރޭގައެވެ. ދުލާހަމައަށް ގެންނަށް މަސައްކަތްކުރި ނަމަވެސް ދުލުން ބޭރުކޮށްލެވޭ ގޮތެއްނުވިއެވެ. އަދި ޖީބުގައި އޮތް ކުޑަރުމާލުން ކައިއާގެ އަތުގައި ބާރަށް އަސްސާލިއެވެ. ކައިއާ އެކަމާއި ދެކޮޅެއް ނުހަދައެވެ. ނަމަވެސް ޔާނިސް ކައިއާ ތެދުކުރުމަށް އަތުގައި ހިފަން އުޅުމުން އަތްފޮޅުވާލުމަށްފަހު ތެދުވެ ފާހާނައިން ނިކުމެއްޖެއެވެ. ޔާނިސްވެސް ފަހަތުން އައެވެ. އޭރު ނަވީން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަންނަނީއެވެ. ތެމިފޯވެފައިވާ ކައިއާ ފެނުމާއެކު އެމީހުން ޔާނިސްއާއި ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ޔާނިސްގެ މޫނުމަތިން ފެންނަމުންދިޔަ އަސަރުތައް ދެނެގަންނަން ނަވީންއަށްވީ އުނދަގޫވިއެވެ. ކަމެއް ގޯސްވެއްޖެކަން ލޫތުއަށް ވިސްނުނެވެ. އެއްޗެއް ބުނަން ބޭނުންވި ނަމަވެސް ނުބުނެ މަޑުޖައްސާލީ ބުނެވޭ އެއްޗަކުން ހާލަތު އިތުރަށް ގޯސްވެދާނެތީއެވެ.
ހުޅުވާލެނު ދޮރުން ކައިއާ ނިކުމެގެން ހިނގައްޖެއެވެ. ފަސް އެނބުރި ބެލުމެއްނެތިއެވެ. މަރުވެފައިވާ މައްޔިތަކު ފަދައިން ހަށިގަނޑަށް އިތުރު ހަރަކާތެއްވެސް ނުގެނެހެވެ. ކައިއާ ގޮސް އޮބާލަންދެން އެދިމާއަށް ބަލަހައްޓައިގެން ޔާނިސް ހުއްޓެވެ. އެއްއިރަކު ކައިއާ އެގޮތަށް ދިއުމަށް ބޭނުންވި ނަމަވެސް މިއަދު އޭނާ ކައިއާ ހުއްޓުވަން ބޭނުމެވެ. ނަމަވެސް ހުއްޓުވާނެ ހިތްވަރެއް ނުލިބުނެވެ. ކައިއާގެ ކިބައިން މާފަށް އެދި ކައިއާގެ މާފުލިބުމަށްވެސް ބޭނުމެވެ. ނަމަވެސް އެބަސްތައް ދުލުކުރިއަށް ގެންނާނެ ގޮތެއް ނުވިސްނުނެވެ.
“ކައިއާ” ބާރުބާރަށް ކައިއާއަށް ގޮވާލުމާއެކު ޔާނިސްއަށް ދޮރާދިމާއަށް ދެވުނެވެ. ނަމަވެސް އޭރު ކައިއާވަނީ ޔާނިސްގެ އަޑުނީވޭހާ ދުރަށް ގޮސްފައެވެ.
“އޭ ޔާނު ކިހެނެއްވީތަ؟” ލޫތު ޔާނިސްއަށް ވަމުންދިޔަ ގޮތުން ސުވާލުނުކޮށް ނުހުރެވުމުން އަހާލިއެވެ.
“ޔާނު ވެގެން އުޅޭގޮތެއް ބުނީމަތާ ހެލްޕެއްވާންވެސް އެނގޭނީ” ރާއިން ބުނެލިއެވެ.
“އިޓް ވޯޒް އޯލް މައި ފޯލްޓް…. އައި ޝްޑަންޓް ހޭވް ޑަން ދެޓް” ޔާނިސް އަނެއްކާވެސް ބުނެލިއެވެ.
“ޔާނު ވަޓްސް ރޯންގް ވިތް ޔޫ” ނަވީން ޔާނިސް ގޮނޑިއެއްގައި ބޭންދިއެވެ. ލޫތް ގެނެސް ދިން ފެންފުޅިން ފެންކޯވަރެއް ބޯލުމަށްފަހު ރޭގެ ހާދިސާ ކުޑަގޮތަކަށް އެމީހުންނަށް ކިޔައިދިނެވެ.
“އަސްލު ތިހެން ވެދާނެ ކަމަކަށް ހިޔެއްނުކުރަން…. ދެން ކިހެނެއް ހަދާނީ” ރާއިން އިނީ ހަގީގަތުގައިވެސް ދެރަވެފައެވެ.
“ގިވް ހާރ ސަމްޓައިމް….” ރާއިން އަނެއްކާވެސް ބުނެލިއެވެ.
“ޔޫ މަސްޓް ޓޯކް ޓް ހާރ” ލޫތު ބުނެލިއެވެ. ނަވީން އެއްވެސް އެއްޗެކޭ ނުބުނެ ދުރު ބަލަހައްޓައިގެން އިނީއެވެ. ހާސްކަމުގެ އަސަރުތައް ކޮންމެވެސް ވަރަކަށް މޫނުމަތިން ފާޅުވަމުންދިޔައެވެ.
ހަވީރުވެގެން އައިއިރުވެސް ޔާނިސްއަށް ކައިއާ ކައިރިން މާފަށްއެދޭނެ ގޮތެއްނުވިސްނުނެވެ. ވިސްނި ވިސްނިހެން ހީވަނީ ބޯފަޅިފަޅިވެގެން ހިނގައިދާނެ ހެންނެވެ. ގުޅަން އުޅެފައިވެސް ޖެހިލުންވާވަރުން އެކަންވެސް ނުކުރެވުނެވެ. އިރުއޮށްސިގަތް އަނދިރިއާއެކު ޔާނިސް ކައިއާ ކައިރިއަށް ދިއުމަށް ނިކުމެއްޖެއެވެ. ކައިއާގެ އެޕާޓްމަންޓަށް ދިއުމަށް ހޭދަވި މަދު މިނިޓްކޮޅުގެ ތެރޭގައިވެސް އަނބުރާލާފައި ދިޔުމަށް ހިތަށްއެރީ ކިތަށްފަހަރު ކަމެއްނޭގެއެވެ. ނަމަވެސް ޔާނިސްއަށް މާފަށްނޭދި ލިބޭނެ ހިތްހަމަޖެހުމެއް ނެތުމުން ފަސްއެނބުރި ބަލާލުމެއްނެތި ކުރިއަށް ދިޔައީއެވެ.
އެޕާޓްމަންޓްގެ ބެލްގެ އަޑު އިވުމާއެކު ހުދާ ގޮސް ދޮރުހުޅުވާލިއެވެ. ޔާނިސް އެތެރެއަށް ވަންނަމުން ކައިއާ ކޮބައިތޯ ސުވާލުކުރިއެވެ. ޖަވާބެއްގެ ގޮތުން ކައިއާގެ ކޮޓަރިއާއި ދިމާއަށް ހުދާ އިޝާރާތްކުރިއެވެ. އެކަމަށް ޝުކުރު އަދާކުރުމަށްފަހު ޖެހިލުންވެހުރެ ކައިއާގެ ކޮޓަރީގެ ދޮރުގައި ހިފާލިއެވެ. ކައިރިކޮށްލާފައި ހުރި ދޮރު ޔާނިސް އަތްޖައްސާލުމާއެކު ހުޅުވިގެން ހިނގައްޖެއެވެ.
“ހުދާ ކައިރީ ބުނީމެއްނު އަހަރެން ބޭނުނީ އެކަނިވެލަންށޭ…” ކަނު އަނދިރިކަން ވެރިވެފައިވާ ކޮޓަރިތެރޭގައި މީހަކު އޮތްކަންވެސް އެނގުނީ ކައިއާ ވާހަކަ ދެއްކުމުންނެވެ. އެވަގުތުވެސް ކައިއާ ރޮނީކަން ޔާނިސްއަށް އެނގުނެވެ. ޔާނިސް ސްވިޗް ޖައްސާލުމާއެކު ކޮޓަރިތެރެއަށް ވެރިވި މަޑުރަތްކުލައިގެ އަލީގެ ތެރެއިން ބާލީސްތެރޭގައި މޫނު ފޮރުވާލައިގެން އެނދުމަތީގައި ބަންޑުން އޮތް ކައިއާ ފެނުނެވެ. ލައިގެން އޮތް ޓީޝާޓް ރޫތަކުން ފުރިފައިވުމުން އެހެން އޮންނަތާ ގިނައިރުތަކެއްވެފައިވާކަން އެނގެއެވެ.
“ހުދާ…..” ކައިއާ އެނބުރި ބަލާލަމުން ނުރުހުންވެފައި ގޮވާލިއެވެ. އެތަނުން ޔާނިސް ފެނުމާއެކު ފުންމައިގެން އެނދުން ތެދުވެއްޖެއެވެ. އެންމެ ދުވަހެއްގެ ތެރޭގައި މިލާ މޯޅިވެފައިވާ މޫނާއި ބަދަލުވެފައިވާ އަޑުގެ ސަބަބުން ޔާނިސްއަށް ވާހަކަ ދައްކަންވެސް އުނދަގޫވިއެވެ. ހިތްވެސް ކުޑަ ވަގުތު ކޮޅަކަށް މަޑުޖެހިލި ކަހަލައެވެ. ކުޑަދޮރުކައިރީ ކައިއާ މަޑުކޮށްލީ ޔާނިސްއަށް ފުރަގަސްދެމުންނެވެ. ޔާނިސްގެ މޫނު ފެންނަންވެސް ކައިއާ ބޭނުންނުވާފަދައެވެ. ޔާނިސް މަޑުމަޑުން އައިސް ކައިއާ ކައިރީ މަޑުކޮށްލިއެވެ.
“އައި….އައި.މް….ރިއަ….ލީ…ސޮރީ” ޔާނިސްއަށް އެހެން ބުނެލެވުނީވެސް ވަރަށް އުނދަގުލުންނެވެ. ޔާނިސްގެ އަޑު އިވުމުން ކައިއާގެ ލޮލުން ކަރުނަ އޮހޮރިގަތީ އެއްވެސް ހިފެހެއްޓުމެއްނެތިއެވެ.
“ސޮރީ ކައި…. އައިމް ރިއަލީ ސޮރީ….އަހަންނަން އެނގޭ ހާސްފަހަރު ސޮރީ ބުންޏަސް ނުފުދޭނެކަން…. ރޭގަނޭގުނުވީގޮތެއް ހަމަހޭގައެއް ނޫންކަންނޭގެ ހުރެވުނީކީ….ވާނުވާވެސް ރަނގަޅަށް ނޭނގޭ…. އެނގޭ ވަރަށް ހާޓްކުރެވުނުކަން…” ޔާނިސްގެ އަޑުވަނީ ކުރެހިފައެވެ.
“ކައި… ރޮނީތަ؟….”ޔާނިސް ކައިއާގެ ކޮނޑުގައި ހިފާ އޭނައާއި ދިމާއަށް އަނބުރާލަމުން ކަރުނުން ފުރިފައިވި ދެލޮލަށް ބަލާލިއެވެ. ޔާނިސްއަށް އެހާ އަސަރުކުރި ވަގުތު ކޮޅެއް ހަޔާތުގައިވެސް އައިސްފައެއްނުވެއެވެ. ކުރި އަސަރެއްގެ ބޮޑުކަމުން ކައިއާގެނެސް މޭގައި ޖައްސާލެވުނެވެ. ދެފަހަރު ދުރަށްދިއުމަށް މަސައްކަތްކުރި ނަމަވެސް ޔާނިސްގެ މޭމަތީގައި މޫނު ޖައްސައިގެންހުރެ ކުރިއަށްވުރެ ބޮޑަށް ކައިއާއަށް ރޮވުނީއެވެ. ކައިއާގެ ބޮލުގައި ތުންފަތް ޖައްސާލުމާއެކު ޔާނިސްއަށްވެސް ރޮވުނީއެވެ.
ކައިއާ ހަމައަކަށް އެޅުމުން ޔާނިސްގެ ގައިން ވީއްލިގެން ކުރިންހުރިގޮތަށް ބޭރުބަލަން ފަށައިފިއެވެ. ކައިއާއަށް އަމިއްލަ ނަފްސު ދެކެވެސް ރުޅިއާދެވުނެވެ. އެއަނިޔާވެރިޔާ ކައިއާގެ ގައިގާ ބީހިލުމުން އަމިއްލަ ނަފްސަށް އޭނާއަށް ބާރުނުފޯރުވޭތީއެވެ. އަމިއްލައަށް ހިތާހިތުން އަމިއްލަ ނަފްސަށްވެސް އެތިވަރު ގޮވިއެވެ.
“ކައި…. އަހަރެން ކައިއާގެ މާފް ހޯދަން ހަދަންވީ ގޮތެއް ބުނެބަލަ…. އައި ވިލް ޑޫ އެނީތިންގ ފޯރ ޔޫ” ޔާނިސްގެ އަޑުން ހަމަހިމޭންކަން ފޫދުއްވާލިއެވެ.
“ކިހާ ދެރަކަމެއްމީ…. އަދިވެސް ކުރެވުނު ވަރު ކުޑައީތަ؟…. ފަހަތުން ގެއަށްވެސް އައީއޭ… އަހަރެން ނުދެކެން ތިވަރު ލަދުކުޑަ މީހެއް…. އަހަރެންދެކެ ލޯބިވެޔޭ ކިޔައިގެންވެސް އެއީ ދެއްކި ދަޅައެއްނު…. އަހަންނަން ކޮންކަމެއް ކުރެވުނީތަ… ކޮންކަމެއްގެ ބަދަލެއްތަ ރޭގަ ހިފީ…..” ކައިއާގެ އަޑުބެދުނެވެ.
“ކައިއާ ޕްލީޒް….” ޔާނިސްއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ.
“އަހަންނަން ކަމެއްކޮންދެންޏާ މިތަނުން ނިކުމެގެންދޭ… ދެން ދުވަހަކުވެސް އަހަރެން ހޯދަން ނާންނާތި…” ކައިއާ އަމިއްލަ ހިތާ ދެކޮޅަށް ޔާނިސްއަށް އެތަނުން ނިކުންނަން އެންގިއެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ޔާނިސްވެސް ކައިއާ އެދުނު ފަދައިން ނިކުމެގެން ދިޔައީއެވެ. ކައިއާ އެހާ ނުރުހޭއިރު އެތަނުގައި ހުރެގެން އިތުރު ހިތްދަތިކަމެއް ކައިއާއަށް ދޭން ބޭނުންވެސްނުވީއެވެ.
ހަފްތާއެއް ފާއިތުވެގެން ހިނގައްޖެއެވެ. ޔުނިވަރސިޓީއިން ކައިއާ ފެނުމުންވެސް ޔާނިސް ދުރުގައި ބަލަންހުރެއެވެ. ކައިއާ ނުރުހޭތީ ކައިރިއަށްގޮސް ވާހަކަ ދައްކާކަށް މަސައްކަތެއްނުކުރެއެވެ. ޔާނިސް ކްލާސްތަކަށް ދިޔަނަމަވެސް ފިލާވަޅަށް ދޭންވާ ސަމާލުކަންވެސް ނުދެވެއެވެ. ނަވީންމެން ކިތަންމެ ވަރަކަށް އެކަން ހަނދާން ނައްތާލުމަށް ބުނި ނަމަވެސް އިއްޔެވީ ކަމެއްހެން ޔާނިސްއަށް އެކަން އުނދަގޫކުރަމުންދިއައެވެ. ޔާނިސްގެ މިޒާޖަށްއައި ބަދަލާއެކު ނަވީންއަށް އޭނާގެ އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ އެކަމަކީ އޭނާގެ ހިޔާލުގެ މަތިން ކުރިކަމަކަށްވާތީއެވެ. ރާއިން އާއި ލޫތުއަށް ނޭނގުނަސް، އެކަމުގެ ހަގީގަތް ނަވީންއަށް އެނގޭތީއާވެސް އެކުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Mi part ves v nyc
Waiting for the next
comment nukuriyas i hav read the story so far… v reethi ingey.. keep up the gud work.. when next part geneshdenee
Nice story…… kaiaa n yan
Hadha lahey update vaa goi next part… waiting 4 it..
Haadha lahey up vaaleh konirakuntha next prt up vaany riya
Alhe keevetha mi story update nuvanee… haadha lahey dhw
Alhe mi vaahaka liya kuhja maru v tha..haadha kiya hiy va vaahaka e key v inthizaaru mihaa ru vx kurevey ….v