Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތުގެ ތެޅުން 12 – ފަހުބައި

Jinni Level 410 Stories100 Login100 Comments500 Login
November 28, 2018 8 Mins Read
12 Comments

“ދޯ…” ޖީލާން ދޯ ކިޔައިލިއެވެ. އިރުކޮޅެއް ފަހުން ޔަޝަލްއަށް ހޭން ފެށުނެވެ. ޖީލާންއަށްވެސް ހެވިއްޖެއެވެ. ދެމީހުން ހުއްޓުމެއް ނެތީ ހީހީފައި ހުއްޓައިލިއިރު މޫނުމަތިން އުފާވެރިކަން ނުފިލައެވެ. ޔަޝަލް ޖީލާންއާއި ގާތަށް ކެހިލާފައި ކޮނޑުގައި ބޯ އަޅައިލިއެވެ. ޖީލާން އޭނާގެ އަތް ޔަޝަލްގެ ފަހަތުން ގެންގޮސް ކޮނޑުގައި އަޅުވައިލިއެވެ.

*************************

އެޕާރޓްމެންޓް ދޮރުގެ ރަނގަބީލުވީ އަޑަށް ޖެނީ ކަންނެތް ގޮތަކަށްގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީ ހުރި ޑޭވިޑް ފެނިފައި ޖެނީގެ މޫނުމަތިން އެ ކަންނެތްކަމުގެ ހުރިހާ ކުލަވަރެއް ފިލައިގޮސްފިއެވެ. އެތެރެއަށް ވަނުމަށް ބުނެ ތަން ދެއްކީ، ކުރީރޭ ހިނގި ކަންތައް ހިތަށް އަރައި، އޭނާއަށް މާ ހިތް އަވަސްވެވުނީކަން ވިސްނިގެންނެވެ. ޑޭވިޑް އެތެރެއަށް ވަދެ ސޯފާގައި އިށީނެވެ. ހެނދުނުގެ ވަގުތެއްކަމުން، ސައި ބޮއެފިންހޭ ޖެނީ އަހައިލިއެވެ. ޑޭވިޑް ޖަވާބުގައި  އާނއެކޭ ބުންޏެވެ. އެއަށްފަހު  ޖެނީގެ އެޕާރޓްމެންޓު ތެރެއަށް ނަޒަރުހިނގައިލި ގޮތުން ޖެނީގެ ހިތް އަވަސްވިއެވެ. ޑޭވިޑްގެ ހިތުގައި ވަނީ ކޮން އެއްޗެއްކަމާއި، އައި މަގުސަދު އިނގެން ކެތްމަދުވިއެވެ.

“އަަހަރުން ވަރިވެއްޖައިން… އަހަންނާ ވިކްޓޮރިއާއާ. އެހެންވީމަ… ޖެނީ އަހަރެން ބުނި ކަމާ ވިސްނާލައްޗޭ.” ޖެނީއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ހަމަ އެހާ ފަސޭހައިން ވިކްޓޮރިއާ އާއި ވަރިވީ ހެއްޔެވެ؟

“ބުނީމެންނު ވިކްޓޮރިއާ ލޯބިވާނީ އެހެން މީހެއްދެކެއޭ. އޭނަވެސް އަހަންނާ އިނީ މައިންބަފައިންގެ ނުފޫޒުން. ދެން އަހަރުން އެއްކޮށް އުޅުމުގެ ބޭނުމެއް ނެތެންނު.” ޖެނީ ދުލުން އެއްޗެއް ނުބުނަނީސް ހިތުގައި އޮތް ސުވާލު ޑޭވިޑްއަށް އިނގުނުކަހަލައެވެ. ޖެނީއަށް ވިސްނައިދެވޭތޯ ޑޭވިޑް މަސައްކަތްކުރިއެވެ.

“އަހަންނަށް ވަގުތުކޮޅެއް ދީ…” ޖެނީ ބުންޏެވެ. ހަޔާތުގައި ދިމާވެފައިވާ ދަތި އުނދަގޫތަކާއިހެދި އޭނާވަނީ އަވަސް އަރުވާލައިގެން ނިންމުމެއް ނުނިންމަން ދަސްކޮށްފައެވެ. ޑޭވިޑް އޭނާގެ ނިންމުމަށް އިހުތިރާމްކުރިއެވެ. އަދި ކިތަންމެ ދުވަހެއް ވަންދެންވެސް އިންތިޒާރު ކުރާނަންކަމަށް ވައުދުވިއެވެ. ޑޭވިޑްގެ މި ވައުދުން އަނެއްކާވެސް ޖެނީއަށް ދެވަނަ ވިސްނުމެއް ވިސްނައިލަން މަޖުބޫރުވިއެވެ. އެހާ ގިނަ ދުވަހު ޑޭވިޑް އޭނާއަށް އިންތިޒާރުކުރާކަށް އޭނާ ނޭދެއެވެ. އެފަދަ ކެކުޅުމެއް ޖައްސާކަން އޭނާ ބޭނުމެއްނުވެއެެވެ. ވީއިރު ވީހާވެސް އަވަހަކަށް ގޮތެއް ނިންމަން ޖެހޭނެކަން އޭނާއަށް ވިސްނުނެވެ.

“އަހަރެން އަދި ޖެހޭނެއެންނު އަހަރެންގެ ދަރިފުޅާ ބައްދަލުކޮށްލަންވެސް. އަދި މިއުޅެނީ ރަނގަޅަށް ވާހަކަވެސް ދައްކާނުލެވިގެން.” ޑޭވިޑް ކުއްލިއަކަށް ޔަޝަލް މަތިން ހަނދާންވިއެވެ.

“ތިވެސް ތެދެއް. ޔަޝަލް އަދި ގެންނަންވާނެ ލަންޑަނަށް.” ޔަޝަލްގެ ނަން އިވުމުން ޖެނީގެ މޫނުމައްޗަށް އެރި އުފާވެރިކަން ފެނިފައި ޑޭވިޑް ވަރަށް ހިތްހަމަޖެހުނެވެ. އެކާވީސް އަަހަރު ފަހުން ދިމާވިއިރު ޖެނީގެ ހިނިތުންވުން ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެއީ އޭނާގެ ހިތް އެދެމުންދިޔަ ހިނިތުންވުމެވެ. ޑޭވިޑް ބަލަހައްޓައިގެން އިންތަން ފެނިފައި ޖެނީ ނޭންގޭކަމަށް ހަދައި، ބަދިގެފަރާތައް އެނބުރުނު ގޮތުންވެސް ޑޭވިޑްއަށް ހެވުނެވެ.

އެނބުރި ހަވޭއްޔަށްގޮސް ކޮޓަރިއަށް ވަތް ޑޭވިޑްގެ ހިތް އުފަލުން ނަށަނީއެވެ. ފޯނު ރިންގުވީ އަޑަށް ނަގައި ނުދަންނަ ނަންބަރަށް ޖަވާބުދިނީވެސް ހެވިފައި ހުރެއެވެ.

“ހަލޯ… މީ ކާކުކަން އިނގޭތަ؟” އެކޮޅުން ވާހަކަދެއްކީ އަަންހެނެކެވެ.

“ކާކު؟ ނޭންގެ…” ޑޭވިޑް ދެ ބުމަ ގާތްކޮށްލަމުން ބުންޏެވެ.

“މީ ޖަންނަތް.” ޖަންނަތް ބުންޏެވެ. ޑޭވިޑްގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.

“ޖަންނަތް؟؟؟ ތީ އެ ޖަންނަތްތަ؟ ކީއްވެ ކުއްލިއަކަށް ނުވެސް ބުނެ ރާއްޖެ ދިޔައީ؟ ގޮއްސަވެސް ގުޅާވެސް ނުލާ. އަހަންނަކަށް ނޭންގެ ނަންބަރެއްވެސް. ތީ ކޮންކަހަލަ މީހެއް؟” ޑޭވިޑް ޝަކުވާކުރަންފެށިއެވެ. “ކިހިނެތްތަ ހާލު؟” ޑޭވިޑް ހާލު އެހުުމުން ރަނގަޅޭ ބުނެ ޖަވާބުދިން ޖަންނަތް ހުރީ ޑޭވިޑްގެ މިޒާޖު ހަމަ އޭނާއާއި އެކުވެރިޔާގެ ގޮތުގައި އުޅުނު އިރާއި ތަފާތެއްނެތޭ ހިތަށް އަރާފައެވެ.

“އެއުޅޭ ލުތުފީ ކައިރީ އެހީމަވެސް ބުނީ ޖަންނަތްގެ ހަބަރެއް ނުވެއޯ. އޭނަ އަނެއްކާ ކިހާ ދެރައެއްވާނެ. އޭނާ އެއީ ޖަންނަތާ ހެދި އުޅުނު މީހެއް.”

“ކާކު؟ އެއްކަލަ ލުތުފީ؟ އޭނަ އުޅުނީ އަހަންނާ ހެދި؟” ޖަންނަތައް ބުނެވުނެވެ. ޖަންނަތްގެ ޖުމުލައިން ޑޭވިޑްއަށް އަނގަމަތީ އަތް އަޅާއިލެވުނެވެ. ކުއްލިއަކަށް މި ބުނެވުނީ ޖަންނަތަށް ފަހުމެއްވެސް ވެފައި ނުވާ ކަމެއްގެ ވާހަކަކަން ވިސްނުމުންނެވެ.

“އާނ… އަހަރެން ޖެނީގެ ވާހަކަ ޖަންނަތައް ކިޔައިދޭހެން އޭނަ އަހަރެން ކައިރީ ކިޔައިދޭނެ ޖަންނަތްދެކެ އޭނަ ލޯބިވާ ވާހަކަ. އެކަމަކު އަހަރެން އޭނައަށް ވިސްނައިދިނީ ޖަންނަތްއަކީ އަހަރުން ކަހަލަ އިންސާނެއް ނޫންކަން. މިހާރު އެކަމާ ވިސްނާލީމަ ހިތަށްއަރާ ޖަންނަތް ކައިރީ ބުނެވުނުނަމައޭ…… ދެން ނަމަ ނަމައަކުން ރިހައެއް ނުކެއްކޭނެ. މިހާރު އޭނަ އުޅެނީ މީހަކާ އިންދެގެން ވަރުގަދަ މުއްސަންޖަކަށް ވެގެން.” ޑޭވިޑް ކިޔައިދިނެވެ.

“ޑޭވިޑް އުޅުނިންތަ އަހަންނާ ހެދި؟” ޖަންނަތްގެ ސުވާލުން ޑޭވިޑް ހަމަހިމޭންވިއެވެ.

“ތީ ކޮންކަހަލަ ސުވާލެއް؟ އަހަރެން ޖެނީ ނޫން އެހެން މީހެއްދެކެ ލޯބި ނުވާނެކަން އެންމެ ރަނގަޅަށް އިނގޭނީ ޖަންނަތަށްނު. މި ބުނީނު ލުތުފީއޭ ޖަންނަތާ ހެދި އުޅުނީ. އޭނާ އުޅުން ވަރަށް ވަރުވެގެން. ކީ އޭނައާ އެކީ ނޫޅެވެންޏާ އެހެން މީހަކާއެކީވެސް އުޅުނަކަ ނުދޭނަމޯ. އެކަމު ޖަންނަތް މީހަކާ އިން ފަހުން ބުނީ މިހާރު ޖަންނަތް މަތިން ހަނދާން ނައްތައިލައިފީމޯ.” ޑޭވިޑް ހީވީ ފުރަތަމަ ދުވަހު ސްކޫލުން އައިސް މަންމައަށް ސްކޫލުގައި ވީ ކަންތައް ކިޔައިދޭ ކުޑަ ކުއްޖެއްހެންނެވެ. އެ ކިޔައިދެވުނީ ކޮންފަދަ ހަގީގަތަކަށް މެދުވެރިވާނެ ވާހަކައެއްކަން ނޭންގޭ ހާލުއެވެ.

“އެހެން ދޯ. ދެން މިހާރު އެކަން ހަނދާން ނައްތައިލާފަ އޮތީއާ މައްސަލައެއް ނެތެންނު.” ޖަންނަތް ބުންޏެވެ. ނަމަވެސް އޭނާގެ ހިތުގައި އޮތީ އެއާއި އިދިކޮޅަށެވެ. ހަމަ ހަގީގަތުގައިވެސް ލުތުފީ އޭނާ މަތިން ހަނދާން ނެތިއްޖެބާއެވެ؟ މި ކަމުގައި ލުތުފީގެ އަތެއްވާކަމަށް ޖަންނަތްއަށް ޝައްކުކުރެވެން ފެށީ ޔަގީނާއި ގާތަށެވެ.

ޖަންނަތް ވަދެގެންދިޔައީ ބިންގަރާހެއްގެ ތެރެއިންނެވެ. ވަކި ހިސާބަކަށް ވަދެވުމުން ކުރި ބަންދުވެއްޖެއެވެ. ޖަންނަތް ކުރިމަތީ ހުރި ފާރުގައި އަތް ޖައްސައިލިއެވެ. އަތައް ބާރެއް ލުމާއިއެކު ފާރު އެތެރެއަށް ވަދެ ދޮރެއްހެން ހުޅުވިއްޖެއެވެ. ދޮރުން އެތެރެއަށް ވަތްއިރު ކުރިމަތީ ކަޅުކުލައިގެ ދުންތަކަކުން މައްޗަށް އުފުލިފައި ހުރީ ފަލާހުއެވެ. ހަމަ އެ ދުންތަކުގެ ބައެއް ވާގަނޑެއްގެ ސިފައިގައި ފަލާހު ބަނދެފައިވިއެވެ.

“ލިއަމް.” ޖަންނަތް ގޮވައިލީ ފަލާހުގެ އުފަން ނަމުންނެވެ.

“ބުނީމެންނު ތިހެން ނުގޮވާށޭ. އަހަރެންގެ ނަމަކީ ފަލާހު.” ފަލާހު ބޭނުންވަނީ އޭނާ އިސްލާމްކަށް ވީ އިރު ކީ މުސްލިމް ނަމުން މީހުން އޭނާއަށް މުހާތަބު ކުރަންށެވެ.

“ކީއްވެ ކަލޭ އާއިލާ މީހުން އަހަންނަށާ ހައިޝަމްއަށް ރާއްޖެ ނޭރޭގޮތް ހެދީ؟” ޖަންނަތް ސުވާލުކުރިއެވެ. އެއީ އޭނާއަށް މިހާތަނަށް ނުވިސްނިފައިވާ ކަމެކެވެ.

“އަހަންނަށްތަ އިނގެނީ؟ އެއީ އަހަރެންގެ މަންމަ ކުރިކަމެއް. މަންމަ އޭރު ހުރީ ކަލޭމެން އާއިލާގެ ހައްޔަރުގަ. އެކަމަކު އެއީ ހަމަ ގައިމުވެސް މަންމަގެ ބާރު. އަހަންނަށް އިނގޭ ވަކިކުރަން.”

“އަހަރުންގެ ހައްޔަރުގައޭ؟ އަހަރުންނެއް އެކަކުވެސް ހައްޔަރެއް ނުކުރަން.” ޖަންނަތް ޔަގީންކަމާއިއެކު ބުންޏެވެ. ހަނގުރާމަ ހުއްޓުވަން މަސައްކަތްކުރި ހަމައެކަނި މީހާގެ ހައިސިއްޔަތުން ޖަންނަތް އެމީހުންގެ އާއިލާގެ ހުރިހާ ހަމަލާތަކެއްވަނީ ގާތުން ދެކެފައެވެ. އެވަރު ކަމެއް ވީއިރު ނޭންގި ނުހުންނާނެއެވެ.

“ދެން ކާކު…” ފަލާހުގެ ޖުމުލަ ފުރިހަމަނުވަނީސް ޖަންނަތްގެ މޫނުގެ ކުލަވަރު ބަދަލުވީ އެއްޗެއް ވިސްނުނު ފަދައަކުންނެވެ. އަވަސްއަވަހަށް އެނބުރި ބޭރަށް ނުކުތެވެ.

“ލުތުފީ…” ފޯނުން ޖަންނަތްގެ އަޑު އިވުމުން ލުތުފީ ހުރީ ގަބުވެފައެވެ. ހުވަފެނެއްބާއޭ ހިތް އެއްސެވެ.

“ޖަންނަތް؟…” ޔަގީންކޮށްލުމަށް ލުތުފީ ގޮވައިލިއެވެ.

“އާނ… ކިހިނެއްތަ ހުރިހާ ކަމެއް؟” ޖަންނަތް ފެށީ އާދައިގެ ގޮތަކަށެވެ. ހިތުތެރޭ ކިތަންމެ ގިނަ ސުވާލެއް ބޮނޑިޖެހިފައި ވީ ނަމަވެސްއެވެ.

“ރަނގަޅު. އެހާ ދުވަސްކޮށްލާފަ ތި ގުޅީ، ކަމެއް ދިމާވީތަ؟” ޖަންނަތްގެ އަޑު އިވުމުން ލުތުފީގެ ސިކުނޑިގައި، ފަނަރަ އަހަރު ކުރިން އޭނާ ހިންގި ހާދިސާގެ ހަނދާން ތާޒާވެލިއެވެ.

“މިއަދު މަ ގުޅާލިން އެއްކަލަ ޑޭވިޑްއަށް.” ޖަންނަތް ބުންޏެވެ.

“އެހެންތަ؟ ޑޭވިޑްއާ މަށާ ވަރަށް ދިމާކުރަން. އެއް ދާއިރާއެއްގަ މަސައްކަތް ކުރާތީ ވަރަށް އެއްކޮށް އުޅެނީ.” ލުތުފީ ވާހަކަ ގުޅުވާލިއެވެ. ޖަންނަތް އެހެންދޯއޭ ބުނެ ހީލިއެވެ. “ޖަންނަތް އެކަނި މަދީ. އަންނަންވީނު ލަންޑަނަށް އަހަރުންނާ ބައްދަލުކޮށްލަން.”

“ލުތުފީ ބޭނުންތަ އަހަންނާ ބައްދަލުވާން؟” ޖަންނަތް އަހައިލި އެތިން ލުތުފީ ހިނިގަނޑެއް ޖަހައިލިއެވެ.

“އޮފްކޯޒް. ކިހާ ޒަމާނެއް ވެއްޖެ ތިން މީހުން އެއް ނުވާތާ؟”

“އާނ… ޑޭވިޑް ބުނި އަދި ވަރަށް މަޖާ އެއްޗެއް. ލުތުފީ… ހަހަހަ… ލުތުފީ އުޅުނީ މަށާ ހިތާވެގެންނޯ އޭރު.” ޖަންނަތް ސަމާސާ ރާގަކަށް ހެމުން ބުނެލިއެވެ. ލުތުފީގެ ކަރުގައި ހީވީ ގާގަނޑެއް ތާށިވިހެންނެވެ. ހިންދިރުވާލަންވެސް ނޭންގިފައި އޭނާ ހުރީ ދޭނެ ޖަވާބެއް ނުވިސްނިފައެވެ. ލުތުފީގެ ހަމަހިމޭންކަމުން ޖަންނަތްގެ ޝައްކަށް އިތުރު ޔަގީންކަމެއް ލިބުނެވެ. “އެ ތެދެއްތަ އަނެއްކާ؟” ޖަންނަތް ކުރިއަށް ގެންދިޔައެވެ.

“އޭރު އާނ… މިހާރު މީހަކާ އިނދެގެން ކުދިންވެސް ތިބޭ. އެއީ ދެން ޅަ އިރެއްނު.” ލުތުފީ ހެމުން ހެމުން ބުންޏެވެ. އެއީ އޭނާ ހިތުން ފޮހެލަން ބޭނުންވާ މާޒީއެވެ. އެވާހަކަ ދައްކާކަށް އޭނާއަށް މާ ފަސޭހައެއް ނޫނެވެ. ޖަންނަތް ނިންމީ ދެން އެވާހަކަ އެހަށް މަޑުޖައްސައިލަންށެވެ. އެ ހާދިސާގައި ލުތުފީގެ އަތެއް ވާކަމަށް ކުޑަކޮށްވެސް އެކަށީގެންވާ ހިނދަކު، ލުތުފީ ކައިރީ ސީދަލަށް އެ ސުވާލުކުރާކަށް އޭނާ ބޭނުމެއްނުވިއެވެ. އޭނާގެ ޝައްކު ދޮގަކަށް ވެއްޖެނަމަ ލުތުފީގެ ބޮލުގައި އެ އެޅުވެނީ ދޮގު ތުހުމަތަކަށްވާނެތީއެވެ.

ޔަޝަލްއާއި ޖީލާން، ހައިޝަމް އަދި ޖަންނަތްވެސް ޖީލާންގެ ގެއަށް އެއްވެ ތިބީ އެއް މައްސަލައަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށެވެ. އެ ހާދިސާގެ ފަހަތުގައި ވީ ލުތުފީކަން ޔަގީންކުރާނެ ގޮތަކާއި މެދުއެވެ. ހަތަރު މީހުން ސިއްސުވާލީ އައި ނައި ދިމާއެއް ނޭންގި މެދަށް ފާޅުވި ދެ މީހުން ފެނިފައެވެ. އެކަކަކީ ދޮށީ އުމުރުގެ އަންހެނެކެވެ. އަނެކަކަކީ ލުތުފީއެވެ. އަންހެން މީހާ ހުރީ ލުތުފީގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓައިގެންނެވެ. ލުތުފީގެ ލޯ ހީވަނީ ދެންމެ ދެންމެ ނުކުމެދާނެހެންނެވެ. އޭނާ ހުރީ ދާހިތްލާ ފޯވެފައެވެ. ބިރުން ތުރުތުރު އަޅަނީއެވެ.

“އަހަންނަކީ މައުސޫމާ. ފަލާހުގެ މަންމަ.” މުސްކުޅި އަންހެންމީހާ ބުންޏެވެ. ޖަންނަތަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.

“ލިއަމްގެ މަންމަ؟ ކީއްކުރަން އެ އައި؟ އަހަރެން މަރާލަންތަ؟ ލިއަމް އަަހަރެން އަތްދަށުގަ ވާކަން އިނގުނީތަ؟” ޖަންނަތްގެ ހިތަށް ވެރިވީ ބިރުވެރިކަމެވެ.

“ޖަންނަތް. ކަލޭގެ އެކުވެރި ލުތުފީ ހުރިހާކަމެއްގެ އަޑީގަ ހުރީ. އަހަރެންގެ ދަރިފުޅު، ކަލޭގެ ފިރި މަރުވީ މީނަޔާހެދި. ކަލޭދެކެ ލޯބިވީއޯ ކިޔާފަ ފަލާހާމެދު ހިތުގަ ލީ ހަސަދައިން.” މައުސޫމާގެ ލޮލުގައިވީ ނަފްރަތެވެ. އަހަންނަށް މިކަން އިނގުނުކަމަށް ލުތުފީ ސިހުރުގެ ބޭނުންކޮށްގެން އަހަރެން ހައްޔަރުކުރީ. އަހަރެން ފުރަތަމަ ހީކުރީ ހައްޔަރުކުރީ ކަލޭމެން ކަމަށް. އެެހެންވެ އާއިލާ ހިމާޔަތްކުރަން ކަލޭމެން ލަންޑަނުން ނެރުނީ. އޭގެ ފަހުން އިނގުނީ ހުރިހާ ކަމެއް ހިންގީ މީނަކަން.” މައުސޫމާ ލުތުފީ ބިންމައްޗަށް ހޫރައިލިއެވެ. ސިހުރުން ސަލާމަތްވެ ބަދަލުހިފުމުގެ ރޫހުގައި މައުސޫމާ އައުމުން ލުތުފީގެ ތުރުތުރުލުން ނުހުއްޓުނެވެ. މައުސޫމާ އަަތުން ނެރެލި އަލިފާންގަނޑު ލުތުފީއާއި ދިމާއަށް އަމާޒުކޮށްލިއެވެ. ނަމަވެސް އޭނާ ކުރަން އުޅުނު ކަންތައް ހުއްޓުވީ ޔަޝަލްއެވެ. އޭނާ ލުތުފީގެ ހިމާޔަތަށް ހުރަސްވެލިއެވެ. ކިތަންމެ ނަފްރަތުކުރާ މީހަކަސް އެއްއިރެއްގަ ބައްޕައެއްގެ މަގާމު ދިން މީހާ އަނިޔާވެރި ގޮތަކަށް މަރާލާތަން ދެކޭކަށް ކެތެއް ނުކުރެވުނެވެ.

“އަހަންނަށް މާފުކުރޭ. ކުށެއް ކުރެވުނީ. ޖަންނަތްދެކެ ލޯބިވެވިގެން ކުރެވުނު ކަމަކަސް އެއީ ކުށެއްކަން ގަބޫލުކުރަން. މަރާނުލައިފިއްޔާ ދެން ދުވަހަކުވެސް ތީން މީހެއްގެ ހަޔާތަށް ވަސްވެސް ނޭޅޭނަންކަމަށް ވައުދުވަން. މާފުކުރޭ.” ލުތުފީ ކަރުނައަޅަމުން އާދޭސްކުރިއެވެ. އަނގައިން ބަހެއް ނުބުނެ ބަަލަހައްޓައިގެން ހުރި މައުސޫމާ ލުތުފީގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.

“ދެން މަގޭ ދަރިއޯ؟ އޭނަ އަލުން އަނބުރާ ދުނިޔެއަށް އަންނާނެތަ؟”

“ލުތުފީ މަރާލައިގެން އަންނާނެތަ؟” ޔަޝަލް ގޮންޖަހައިލިއެވެ. މައުސޫމާގެ ނުރައްކާތެރި ނަޒަރު ޔަޝަލްއަށް އަމާޒުވެއްޖެއެވެ.

“ލިއަމް މަރެއް ނުވޭ!” ޖަންނަތް ގޮވައިލިއެވެ. މައުސޫމާ ވަގުތުން ހިމޭންވިއެވެ. “ލިއަމް މި ދުނިޔޭގަ އެބަ ހުރި މަންމާ. އެހެންވީމަ އެހެން އެއްވެސް ކަމަކާ ނުވިސްނާ. އަޅުގަނޑު މަންމަ ކުރިމައްޗަށް ލިއަމް ގެންނާނަން.” އެހެން ބުނުމަށްފަހު ޖަންނަތް ކަޝްފުވިއެވެ.

ލުތުފީ އަނބުރާ ލަންޑަނަށް ލާފައި މައުސޫމާ އައިއިރު ކުރިމަތީ އޭނާގެ ލޯބިވާ ދަރިފުޅުު ހުއްޓެވެ. މައުސޫމާގެ ލޮލުން ކަރުނަ ހިލުނެވެ. މަޑުމަޑުންގޮސް ފަލާހުގެ ބޮލުގައި ފިރުމާލިއެވެ. ފަލާހު އެނާގެ މަންމަ ގައިގައި ބައްދައިލިއެވެ.

“އަހަރެން ހައްޔަރުކުރި ވާހަކަ ނުބުނާތި.” ކަރުނުން ފުރިގެންވީ ވަގުތުކޮޅަކަށްފަހު ޖަންނަތް ފަލާހުގެ ކަންފަތްބުޑުގައި ވައިއަޑުން ބުނެލިއެވެ. ފަލާހުގެ ހަމަހިމޭންކަން ޖަންނަތް ނެގީ އެއްބަސްވުމެއްގެ ގޮތުގައެވެ. މައުސޫމާއަށް އެ މައުލޫމާތު ދީގެން އަނެއްކާ ބޭކާރު ލޭ އޮހޮރުވުމެއް ފަލާހުވެސް ބޭނުމެއް ނޫނެވެ.

ކަންތައްތައް ހަމައަކަށް އެޅުމުން ހައިޝަމް ދިޔައީ ފަލާހާއި މައުސޫމާއާއިއެކު ޖިންނިންގެ ދުނިޔެއަށެވެ. ހަފްތާއެއް ފަހުން ޖަންނަތް އަނެއްކާވެސް ވިޔަފާރި ދަތުރަކު ރާއްޖެއިން ބޭރަށް ފުރިއެވެ.

“އަވަސްކުރޭ! އެއޮށް ގަޑި ޖެހެނީ.” ކޮޓަރީގައި އުޅުން ޖީލާންއަށް ޔަޝަލް ގޮވައިލިއެވެ. މާ ގިނައިރެއް ނުވެ ޖީލާން އޭނާގެ ފޮށި ހިފައިގެން ކޮޓަރިން ނުކުތެވެ. ޖިލާން ކައިރިއަށް އައުމުން ޔަޝަލް ޖިލާންގެ ހޭވިފައިވައި އިސްތަށިގަނޑު އަތުން ހަމައަކަށް އަޅުވައިލިއެވެ.

“ބަލަ ހަމަ ޔަޝަލް ވީމަ އޯކޭދޯ. އެހެން މީހަކު އިސްތަށިގަނޑުގަ އަތްލައިފިއްޔާ ކަތިލާނެ.” ސަނީހު ބުންޏެވެ.

“އޭނަ ބޮލުގަ އަތް ލެވެނީ ލޯބިވާ މީހުންނަށް އެކަންޏޭ.” ޔަޝަލް ސަނީހުގެ ކަންފަތާއި ގާތް ވެލަމުން މަޑުމަޑުން ބުނެލާފައި އެއް އަރިއަށް ހީލިއެވެ.

“ހޫން ދެން ހެވޭ ލޯބިވާ މީހުން ފެނުނީމަ އެކުވެރިން ދޫކޮށްލާފަ ތަންތަނަށް ފުރާނެ.” ސަނީހު ބޮޑާހާކާލިއެވެ.

“ކަލެއަށް ގެނަސްދޭންވީދޯ އެކޮޅުން ބިޓެއް” ހެވޭ ކިޔާ ތުން ދަމާލަމުން ސަނީހު ނުކުތީ ޓެކްސީއަކަށް ގުޅަންށެވެ. ޖިލާންއާއި ޔަޝަލް ލަންޑަނަށް ފުރަން އެއާޕޯޓަށް ދިއުމަށެވެ.

“އަސްލުވެސް އޯކޭވާނެތަ މަ ދިޔަޔަސް؟” ޖިލާން އެ ސުވާލުކޮށްލީ ވިހި ވަނަ ފަހަރު ކަންނޭންގެއެވެ.

“އާނއެކޭ މިހާރު ކިތައްފަހަރު ބުނެވިއްޖެ؟ ޑޭވިޑް ޓިކެޓު ފޮނުވީ ޖީލާންއަށާ އެއްކޮށޭ އަންނާށޭ ކިޔާފާ.” ޔަޝަލް ބުންޏެވެ.

ލަންޑަންގައި ހުރި ޑޭވިޑްގެ ހަވޭއްޔަށް ދެވުނުއިރު ޖިލާން ހުރީ ބަލާނެ ނުބަލާނެ ދިމާއެއް ނޭންގިފައެވެ. ހަމަ ސީދާ އިނގެރޭސި ފިލްމެއްގެ ސީންއެކޭ ހިތަށް އެރިއެވެ. އެހާ ބޮޑު، ރިތި ގެއެއް ހަމަ ގައިމުވެސް ރާއްޖެއިން ނުފެންނާނެއެވެ. ގެއަށް ވަތްއިރު ފެންޑާގައި ޑޭވިޑްއާއި ކްރިސްގެ އިތުރުން ޖެނީވެސް އިނެވެ. ޑޭވިޑް ދެ ޒުވާނުންނަށް މަރުހަބާ ކިޔުމަށްފަހު އަވަހަށް ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގެ ކުރިން ތާޒާވެލަން ދާން ބުނެ ޖީލާންއަށް ގެސްޓް ރޫމް ދެއްކުމަށް ޖާރިޔާއަކު ފޮނުވިއެވެ.

ކެއުންގަނޑު ވަރަށްވެސް ފުރިހަމައެވެ. އާއިލާ ފުރިހަމަކޮށްލުމަށް ކްރިސްގެ ލޯބިވެރިޔާ ޔާޝާވެސް އައިސް ކެއުމުގައި ބައިވެރިވެ އިނެވެ. އެސައިލަމްގައި އެއް އަހަރު ދުވަސް ހޭދަކުރުމަށްފަހު ދޫކޮށްލީ ފަރުވާ ނިމުމުންނެވެ. ވޭތުވެދިޔަ އެއް އަހަރު ތެރޭ ޑޭވިޑްއާއި ޖެނީގެ ގުޅުންވެސް ވަނީ ބަދަހި ވެފައެވެ. ސުފުރާމަރިން ދެއްކުނު އެއް ވާހަކައަކީވެސް އެ ހަފްތާގައި ކުރާ ޑޭވިޑްއާއި ޖެނީގެ ކައިވެނީގެ ވާހަކައެވެ. މަންމައާއި ބައްޕަ އެކީގައި އުޅޭތަން ދެކެން ޔަޝަލް ކިތަންމެހާވެސް އެދުނެވެ. އޭނާ ލަންޑަނަށް އައީވެސް އެ މަންޒަރު ދެކޭހިތުންނެވެ.

“ވަދޭ…” ކައިނިމިގެން އެނދުމަތީ އޮތް ޖީލާން، ކޮޓަރި ދޮރުގައި ތަޅައިލި އަޑަށް ގޮވައިލިއެވެ. ދޮރު ހުޅުވާފައި ވަދެގެން އައީ ޔަޝަލްއެވެ.

“ހިނގާ ބޭރަށް.” އެނދުމަތީ އިށީންނަމުން ޔަޝަލް ބުންޏެވެ.

“ނިދިއަންނަނީ. ވަރުބައްޔެއްވެސް ނުވޭތަ؟” ޖީލާން އެއްސެވެ.

“މަ ވެސް ކައިރީގަ ނިދަންވީތަ؟” ޔަޝަލް އެއް ބުމަ ހިއްލައިލަމުން އަހައިލިއެވެ.

“ނިދާނަންތަ؟” ޖީލާން ލާނެއް ރާގަކަށް އެއްސެވެ.

“ދެން، އެހެން ކަމެއްތަ ކުރަންވީ؟” ޔަޝަލް ޖީލާންއާއި ޖެހިގެން އަރިއަކަށް ވާގޮތަށް ޖައްސައިލަމުން އެއްސެވެ. ޖީލާންގެ ތުންފަތުގައި ދުވެލީ ހިނިތުންވުމެކެވެ.

“ކޮންކަމެއް؟” ޖީލާން ޔަޝަލްއާއި ގާތަށް ޖެހިލަމުން ތަންކޮޅެއް މަޑުމަޑުން އަހައިލިއެވެ. ދެ މީހުން ތިބީ ހަތަރު ކަޅި ހަމަކޮށްލައިގެންނެވެ. އެ ދެ ލޮލުގައި ވަނީ އެކަކު އަނެކަކަށްޓަކައި ވީ ލޮބީގެ ޖަޒުބާތުތަކެވެ.

“ޕިސް… ހިނގާ ބޭރަށް.” ޔަޝަލް ކުއްލިއަކަށް ތެދުވެ ޖީލާންގެ އަތަށް ދަމައިގަތެވެ. ޖީލާން ހީލާފައި ހިނގާށޭ ކިޔައި ތެދުވިއެވެ. ދެ މީހުން އަތު ގުޅުވައިގެން ގެއިން ނުކުތްތަން ބަލަން ހުރި ޑޭވިޑްއާއި ޖެނީ ތިބީ އުފަލުން ހިތްހަމަޖެހިފައެވެ.

ކެފޭއެއްގައި ކޮފީތަށި ދަމަދަމާ އިން އެމިލީގެ މޫނު ކުލަވަރު ވަނީ އޮއްސިފައެވެ. ލޮލުގައި އަޅައިގަތީ އަތުގުޅުވައިގެން ކެފޭގެ ބިއްލޫރިގަނޑު ކުރިމަތިންލާފައި ދިޔަ ޔަޝަލްއާއި ޖީލާންއެވެ. ރަނގަޅަށް ބަލައިލުމަށް ލޯ ބޮޑުވެސްކޮށްލެވުނެވެ. އެއީ ހަމަ އެ ދެމީހުންނެވެ. އޭނާގެ ލޮލުން ކަރުނައެއްވެސް ނައެވެ. ޖީލާންގެ ހަނދާނުގައި އަހަރެއް ވަންދެން ރޮއެރޮއެ ކަރުނަ ހުސްވީ ކަންނޭންގެއެވެ. އެމިލީއަށް ސިހިފައި ތޫނު އަޑުން ހަޅޭއްލަވައިގަންނަމުން ބަލައިލެވުނީ އަނެއް ފަޅިން ގަޔަށް އެއްޗެއް ވެރުމުންނެވެ.

“ސޮރީ!… އައިމް ސޯ ސޮރީ!” ތަބައް ހިފައިގެން ހުރި ވެއިޓަރު ވަރަށް ހާސްވެފައި އެމިލީގެ ގަޔަށް ވެރުނު ހޫނު ކޮފީތައް ޓިޝޫއަކުން ފޮހެން ފެށިއެވެ. ވެއިޓަރުގެ މޫނު ފެނުމާއެކު އެމިލީ އައި ރުޅި އެރީ ހަވަޔަށެވެ. އެއީ ބަލާބެލުމަށް އެމިލީއަށްވުރެ ހަގު ކުއްޖެކެވެ. ވާނީ އަށާރަ ނޫނީ ނަވާރަ ވަރަކަށް އަަހަރެވެ. ހާސްވެ ކަންބޮޑުވެފައި އޭނާގެ އަތް ފުހެން ހުރި އެ މައުސޫމު މޫނު އެމިލީގެ ހިތް ޖަހައިގަތްފިއެވެ.

“އިޓްސް އޯކޭ.” އެމިލީ އެކުއްޖާގެ މޫނަށް ކަޅި ޖަހައިނުލާ ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. ފިރިހެންކުއްޖާ އެމިލީގެ މޫނަށް ބަލައިލިއެވެ. އެމިލީ ހަދިޔާކޮށްލި ހިނިތުންވުމުން އޭނާގެ ހިތްވެސް ތަޅުވާލައިފިއެވެ. “ކާކު ޖީލާންއަކީ؟ ކާކު ކްރިސްއަކީ. އައިމް އިން ލަވް….” އެމިލީގެ ހިތުގައި މިއުޒިކެއް ކުޅޭލިއެވެ.

ޑޭވިޑްއާއި ޖެނީގެ ކައިވެނި ޕާޓީ ނިމުންއިރު ޔަޝަލް ހުރީ ވަރަށް ވަރުބަލި ވެފައެވެ. އަވަހަށް ގެއަށްގޮސް ފެން ވަރައިގެން ނިދާލާނީއޭ ހިތާ ހިނގައިގަތްތަނާ ޖީލާން އައިސް އަތުގައި ހިފައި ހުއްޓުވިއެވެ. ހިނގާބަލާށޭ ކިޔާ ޔަޝަލް ގެންދިޔައީ ދާ ތަނެއް އަންގާލުމަކާނުލައެވެ.

ޖީލާން ޔަޝަލް ގޮވައިގެން ގޮސް ހުއްޓުނީ ފެން ކޯރެއް ކައިރީގައެވެ. އޮއްސެމުންދިޔަ އިރުގެ ދަޅަތަކުން ފެންގަނޑަށް ވަނީ އެކި ކުލަކުލަ އަރާފައެވެ. ވަރަށްވެސް ފުރިހަމަ މަންޒަރެކެވެ.

ޔަޝަލް ޖީލާންއަށް ގޮވައިލިއެވެ. ޖީލާން ޖަވާބުދިނީ ފެންގަނޑަށް ބަލަހައްޓައިގެން ހުރެއެވެ. ” އަހަރުންވެސް ހިނގާ އިންނަން.” ޔަޝަލްގެ މި ޖުމުލައިން ޖީލާން ދިޔައީ އެއްލިގެންނެވެ.

“ޔަޝަލް!!!” ޖީލާން މާ ބާރަށް ގޮވާލުމުން ޔަޝަލް ބަލައިލިއެވެ. އޭނާގެ ބޮޑުވެފައިވާ ދެ ލޯ ފެނިފައި ޔަޝަލް ހީކުރީ ހަމަ ވަގުތުން ނޫނެކޭ ބުނަން އުޅޭކަމަށެވެ. ޔަޝަލް!!!!! ކީއް ތިކުރީ؟ ދެން ޕިސް….” ޖީލާން ކިޔައިގަތެވެ.

“ކިހިނެއްވީ ތަ؟ މަށަށް ހަމަ އެހާ ގޯސް އެއްޗެއްތަ މި ބުނެވުނީ؟” ޖީލާންގެ ހަރަކާތްތަކުން ޔަޝަލް ހިތްހަމަނުޖެހޭގޮތްވިއެވެ.

“މަ ޔަޝަލް މި ތަަނަށް މި ގެނައި ޕްރޮޕޯޒް ކުރަންށޭ.” ޖީބުން ނެގި ރިހި އަނގޮޓި ދައްކައިލަމުން ޖީލާން ބާރަކަށް ބުންޏެވެ. “އެއޮއް ވަރަށް ޕްލޭން ކުރީމަ ކިހިނެއްތަ ތި ހެދީ؟!!” ޔަޝަލް ހުރީ އެއްޗެއް ބުނަންވީތޯ ނުބުނަންވީތޯ ހިތަށްއަރާފައެވެ.

“އޯ… އާ… އަމް… ދެނޯ؟…” ޔަޝަލް ކިޔައިލިއެވެ.

“ދެން ނޭންގެ… ހިނގާ އިންނަން.” ޖީލާން ޔަޝަލްގެ ވާތުގައި ހިފައި ކަށި އިނގިލީގައި އަނގޮޓި އަޅުވައިލިއެވެ. ދެ މީހުން ދެމީހުންގެ ދެ ލޮލަށް ބަލައިލިއިރު ދެ ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. އިރުކޮޅަކު އެހެން ތިބުމަށްފަހު ދެ މީހުންނަށް ހޭން ފެށިއްޖެއެވެ. ވީ މަޖަލުގެ އިތުރުން ލިބުނު އުފާވެރިކަން ފުރި ބަންޑުންވުމުންނެވެ.

(ނިމުނީ)

 

 

 

Share Article

Follow Me Written By

Jinni

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ލޯބި 5 ވަނަ ބައި

Next

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 11

Next
November 28, 2018

ކުރެހުން އެޅުނޭ ހިތުގެ އަޑީގައި 11

Previews
November 28, 2018

ލޯބި 5 ވަނަ ބައި

12 Comments!

  1. hamtii says:
    November 28, 2018 at 12:53 pm

    Hey.. ma dhow first, last part ga..hehe
    Story Hama superb…then story eh liyan tha jinni…I am in love with you story

    1. Jinni says:
      November 28, 2018 at 1:01 pm

      thank u hamtii. liyaahih vejjiyya liyaanan ingey

  2. @AL@A says:
    November 28, 2018 at 12:58 pm

    vrh reethi

    1. Jinni says:
      December 6, 2018 at 6:17 pm

      thank u

  3. Eenoo says:
    November 28, 2018 at 2:49 pm

    Hey Jinni.. can u tell me ur mail?? I want to say something privately ..

    1. Jinni says:
      November 28, 2018 at 3:21 pm

      i cant share my private information here. mi vaahaka ya beheygothun evves comment eh noonee massalaeh otheeya mi comment section ga comment kolla

  4. zayynie says:
    November 28, 2018 at 3:07 pm

    ooooo lalaa broski..heskiyaaha habbu mi vaahaka..jinni ge ithuruvaahaka akah inthizaarukurevey..nd mi stry ge ending hama obi 🙂 vrh majaa..

    1. Jinni says:
      December 6, 2018 at 6:18 pm

      thnx bro mihaaru aa vaahaka eh up koffa innanee

  5. shiff says:
    November 28, 2018 at 8:09 pm

    aslu ves…..varah varah varah varah varah varah varah varah varah varah reethi story eh mee ?❤

    1. Jinni says:
      December 6, 2018 at 6:19 pm

      varah varah varah bodah thank u ?

  6. Leen says:
    November 28, 2018 at 9:11 pm

    Foohi story eh ehaa ginaduvas koffa up kureema kureege bayeih handaaneh ves neh mihaaru

    1. Jinni says:
      November 28, 2018 at 9:25 pm

      update las veethee sorry. leen ah dhen mi vaahaka foohi vee dhw keekkuraanee. vaahaka nimendhen kee thee shukuriyya

Comments are closed.



All Right Reserved!