Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކައިއާ….04

riya Level 3100 Comments10 Stories
May 1, 2014 2 Mins Read
6 Comments

“އާ ޔޫ އޯކޭ” ކައިއާގެ މޫނަށް އަލިކޮށްލަމުން ޔާނިސްއަހާލިއެވެ. ފޯނުން އެޅިގެންދިޔަ ފަނޑުއަލީގައި ކައިއާގެ ރީތިކަން އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. ތުރުތުރު ލަމުންދިޔަ ކައިއާގެ ތުންފަތް ފެނުނު ހިނދު އަމިއްލަ ނަފްސުގެ މައްޗަށް އޮންނަ އިތުބާރު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުހީވިއެވެ. ކައިއާގެ ކޯތާފަތުގައި ޔާނިސްގެ އިނގިލިތައް ބީހިލުމާއެކު ކައިއާއަށް ލޯމަރާލެވުނެވެ. އަދި ޔާނިސްގެ ޓީޝާޓުގައި ކައިއާއަށް ހިފާލެވުނެވެ. ޔާނިސް ކައިއާގެ ތުންފަތުގައި ބޮސްދިނެވެ. ޔާނިސްގެ ފޯން ރިންގުވި އަޑަށް ދެމީހުންނަށްވެސް ސިހުންގެނުވިއެވެ. ޔާނިސް ކައިއާއާއި ދުރަށް ޖެހިލަމުން ފޯނަށް ޖަވާބުދިނެވެ. މާގިނަ އިރުތަކެއްނުވެ ކަރަންޓްވެސް އައުމުން ޔާނިސް ރޭގަނޑުގެ ސަލާމްކުރުމަށްފަހު ވަކިވެއްޖެއެވެ.

ދުވަސްތައް އޭގެ ހަލުވި ދުވެލީގައި ފާއިތުވަމުންދެއެވެ. އަހަރީ ދުވަހުގެ ތައްޔާރީ ތަކުގައި އެންމެންވެސް އުޅެމުންދިޔައީ ވަރަށްބުރަކޮށެވެ. ޔުނިވަސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ އެކިއެކި ޕްރޮގްރާމްތަކުގައި ހަރަކާތްތެރިވަމުންދިޔައެވެ. މަސައްކަތުގައި އުޅުމަށްފަހު ބްރޭކްއެއް ނެގުމަށް ބޭނުންވާތީ ޔާނިސްއާއި އޭނަގެ ރަހްމަތްތެރިން ދިޔައީ އެމީހުން އަބަދުވެސް ދާ ރެސްޓޯރެންޓަށެވެ.

“ރެއިން މިހާރު އެގެންގުޅެނީ ސަޅި މަންޖެއެއްދޯ ނަވީން…” ލޫތު ބުނެލިއެވެ. އަބަދުވެސް އެމީހުންގެ އާދައިގެ މަތިން ދައްކަމުންދިޔައީ އަންހެންކުދިންގެ ވާހަކައެވެ.

“އާނ…. އެކަމުން އަހަރެމެންނަށް ކުރާނީ ކޮންފައިދާއެއް… މި ޔާނުވެސް ކައިއާ ސެޓްކޮށްފަ ފްރެންޑްވެސް ކޮށްދިނީއެއްނޫން” ނަވީން ބުނެލިއެވެ.

“އެނިވާރސަރީ ޕާޓީތެރޭން އެކަން ކުރަންވީނު…. އަނެއްކާ ގެއްލިދާނެތީ ބިރުންތަ؟ ޔާނު ސީރިއަސްކޮށް ކުރާކަމަކީތަ؟” ރާއިންވެސް އެމީހުންނާއި އެއްބައިވެ ވާހަކަ ދެއްކިއެވެ.

“ހެހެހެ… މަ ވާނެތަ ސީރިއަސް… އެހެން ނޫނަސް ރެއިންއަށް ނުވިކަމެއްވީމަ އަހަރެންނަށް ވާނެކަން ދައްކާލީ….. އަހަރެންމީ ހަމަ ކާމިޔާބު މީހަކީއޭ ދޯ…. ހެހެހެ” ޔާނިސް ބުނެލިއެވެ.

“ނޮޓް ބޭޑް… އަދި ކިރިއާ މިގްރޫޕްއަށް ކުފޫ ހަމަވަނީތި…” ރާއިން ބުނެލިއެވެ.

“ރެއިންގެ ބީޑޭގަ އެންމެންނާއި ކައިއާ މީޓް ކޮށްދޭނަން…. އިޓްސް އަ ޕްރޮމިސް” ޔާނިސް ބުނެލިއެވެ.

“ވެއިޓިންގ ފޯރ ދެޓް ދޭ” ލޫތު ރާއިންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ.

އަހަރީ ދުވަހުގެ ހަރަކާތްތައް ނިމިގެންދިޔައިރު ޓެސްޓާއި ދޭތެރޭގައި މާގިނަ ދުވަސްތަކެއްނެތެވެ. ކިޔެވުމުގައި ވަގުތު ހޭދަކުރަމުން ކައިއާއަށް ވަގުތު ދިނުން ޔާނިސްއަށް ވެގެން ދިޔައީ އުނދަގޫ ކަމަކަށެވެ. ނަމަވެސް ރަހްމަތްތެރިންގެ ގާތުގައި ވެވުނު ވައުދު ފުއްދެންއޮތީ ކައިއާއާއި ދެމެދު އޮތްގުޅުން އިތުރަށް ބަދަހިވެގެންނެވެ. ކައިއާ ޔާނިސްއަށް ގުޅުމުން އެ އެޕާޓްމަންޓަށް ދިޔައެވެ. ކައިއާއަށް ނޭނގޭ ތަންތަން އޮޅުން ފިލުވައިދިނުމަށްފަހު ހަމަޖެހިލެވުނުއިރު އެގާރަޖަހަނީއެވެ. ކައިއާ ކޮފީ ހަދަން ދިއުމުން ޔާނިސް ވިސްނަމުންދިޔައީ ރާއިންގެ އުފަންދުވަސް ފާހަގަ ކުރުމަށް ކައިއާ އެތަނަށް ގެންދާނެ ގޮތަކާއިމެދުގައެވެ.

ކައިއާ ބެހެއްޓި ކޮފީ މަގުން ޔާނިސް އެތިފޮދު ފޮދުން ބޮމުންދިއައެވެ. އެވަގުތު ޔާނިސްއަށް އެކަން ހަނދާންކޮށްދިނުމަށް ލޫތު ފޮނުވި މެސެޖު ލިބުނެވެ.

“އޯ… ހަނދާންވެސްނެތިފަ މިހިރީ….. މިއަދު ރެއިންގެ ބީޑޭ… އައި ހޭވް ޓު ގޯ ނައު” ޔާނިސް ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

“ކޭން ޔޫ ގޯ ވިތް މީ…. ހުރިހާ ފްރެންޑުންގެ ޖީއެފްގޮވައިގެން ދިޔައީމަ، އަހަރެން ވަރަށް ބޯރިންގ ވާނެ” ޔާނިސް ކައިއާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އޯކޭ…. އެހާ ގިނައިރަކަށްނޫން، ޔާނު އަހަރެން ގެނެސް ދޭނަމެއްނު ދޯ” ކައިއާ ވިސްނާލަމުން ބުނެލިއެވެ.

“ޝުއަރ..” ޔާނިސް ހިނިތުންވެލިއެވެ.

“ޗޭންޖުކޮށްލައިގެން މި އަންނަނީ…” ކައިއާ ކޮޓަރިއާއި ދިމާއަށް ދަމުން ބުނެލިއެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއެކު ލޫތުއަށް ކައިއާ ގޮވައިގެން ދާކަމަށް މެސެޖުކުރިއެވެ.

ރާއިންގެ އުފަންދުވަސް ފާހަގަ ކުރުމަށް އެމީހުން ނިންމާފައިވީ ޔާނިސް އުޅެމުންދިޔަ ފްލެޓްގައެވެ. ޖާގައިގެ ގޮތުން ބޮޑުވެފައި ހިތްފަސޭހަ ކަމުންނެވެ. އަވަސް އިނގިރޭސި ލަވަތަކުން ހަމަހިމޭން ނެތިކޮށްލަމުންދިއައެވެ. ޕިއްޒާއާއި ކޯކުފަދަ ފިނިބުއިންތަކަށް އިންސާފުކުރެވެމުންދިޔައެވެ. ރާއިން އަބަދުވެސް ކޮންމެވެސް މަޖާ އެއްޗެއް ބުނެލައެވެ. ބުނުމާއެކު އެންމެންގެ ހުނުމުގެ އަޑުން މުޅިތަން ގުގުމާލައެވެ. ކައިއާވެސް އެމީހުންގެ ވާހަކަތަކުގައި ބައިވެރިވުމަށް މަދުމަދުން ކޮންމެވެސްއެއްޗެއް ބުނެލައެވެ. ޔާނިސްގެ އެއްފަރާތުގައި ކައިއާ އިންއިރު އަނެއްފަރާތުގައި އިނީ ލޫތެވެ. ލޫތު ކޯކް ތަށި ހިފައިގެން ކޮޅަށް ތެދުވެ ތެދުވެ ހުއްޓާ ނަވީން ގަސްތުގައި ލޫތް ކޮށްޕާލައިފިއެވެ. އެވަގުތު ތަށީގައި ހުރި ކޯކް ބުރައިގެން ދިޔައީ ޔާނިސްއާއި ކައިއާގެ ގަޔަށެވެ.

“ހެދުން ހަޑިވިތަ؟….” ޔާނިސް ތެދުވަމުން އަހާލިއެވެ.

“އޯކޭ ވާނެ ފެންފޮދެއްލީމަ” ކައިއާ ތެދުވަމުން ބުނެލިއެވެ.

“އެހެރީ ފާހާނަ” ކޮޓަރިއަށް އިޝާރާތްކުރަމުން ބުނެލިއެވެ. ކައިއާ ދާން ޖެހިލުންވެފައި ހުރިހެން ހީވުމުން ކައިއާއާއި އެކުގައި ކޮޓަރިއަށް ޔާނިސްދިއައެވެ. ޔާނިސް ކޮޓަރީގެ ބޮކި ދިއްލަންއުޅެ އުޅެ ދިއްލޭ ގޮތެއްނުވިއެވެ. ފާހާނާގެ ބޮކި ޖައްސާލުމުން ކައިއާ އެތެރެއަށް ވަދެއްޖެއެވެ. އެވަގުތު ކޮޓަރީގެ ދޮރު ލެއްޕުނުއަޑާއެކު ބޭރުން ދޮރު ތަޅުލި އަޑު އިވިގެން ދިޔައެވެ. އަދި ރާއިން އާއި ލޫތުގެ ހުނުމުގެ އަޑުވެސް އިވިގެންދިޔައެވެ.

“ޖަސްޓް އެންޖޯއި ދިސް ނައިޓް….. ގުޑް ލަކް….” ނަވީން ބުނެލިއަޑު އިވުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ހިތް ނުރޮއްވާ… (22)

Next

ބަރުބާދު (ހަތަރުވަނަބައި)

Next
May 1, 2014

ބަރުބާދު (ހަތަރުވަނަބައި)

Previews
April 30, 2014

ހިތް ނުރޮއްވާ… (22)

6 Comments!

  1. އީނާ says:
    May 1, 2014 at 7:34 am

    vvvv reethi mi part ves… wainting 4 next part…

  2. Naanu says:
    May 1, 2014 at 10:23 am

    Nice….. keep it up

  3. irish says:
    May 1, 2014 at 10:48 am

    Rythi.. bt hadha kureyyy… waiting 4 da next part..☺

  4. shai says:
    May 1, 2014 at 11:22 am

    v salhi

  5. shif says:
    May 1, 2014 at 4:36 pm

    nice

  6. GuDuMeena says:
    May 2, 2014 at 3:40 pm

    WOW. . Riyaa ge mivaahaka vx GuDu ah v.v.v.reethi vejje. . 😀

Comments are closed.

Next Episodeކައިއާ….05←


All Right Reserved!